Skip to content
އެސްފިޔަ

ލޯބިލިބޭތޯ 1

ސާދަވިލޭރޭގެ ހަނދުގެ ވަށައިގެން ތަރިތައްވިދާ ބަބުޅާ މަންޒަރު ވަރަށް ހިތްގައިމެވެ. ބެލްކޮނީގެ ރެއިލިންގްގާ އަތް ވިއްދާލައިގެން ހުރި ކުއްޖާއަށް މި މަންޒަރުން އަސަރެއް ކުރި ހެނެއް ހީނުވެއެވެ. ބަލާބެލުމަށް އޭނާ ވަނީ ވަރަށް ފުން ވިސްނުމެއްގެ ތެރޭގައެވެ. އޭނާ އަށް ލިބިފައިވާ ކަޅު ރޭގަނޑެއް ފަދަ ރާޅުބާނި އިސްތަށިގަނޑާ އެ ހިމަތޮޅި ހަށިގަނޑާ ވަރަށް ގުޅެއެވެ. އޭނާގެ ރީތިކަން އިތުރުކޮއްދެނީ އޭނާއަށް ލިބިފައިވާ ކަޅުކަޅި އެވެ. ” ނާނީ … ތިހާ ވަރަށް ނުވިސްނަބަލަ … ލޮންޑަނަށް ގޮއްސަ މަންމަ މެންނައް ގުޅޭނެއެއްނު … އަހަރެންވެސް ދަމެއްނު ނާނީ އާއެކު …” އަފްނާން ސިއްސައިގެން ދިޔައީ ކައިރިން އޭނާގެ އެންމެ ގާތް އެކުވެރިޔާ ކަމަށްވާ ލިވާކްގެ އަޑު އިވުމުުންނެވެ. ” ލިވްގަނޑާ މަށެއް ނުވިސްނަމޭ … ހިތްހަމަޖައްސާލަން އައީ … ބަލާބާ އުޑުމައްޗައް … ކިހާ ފުރިހަމަ މި މަންޒަރު … ” އަފްނާނާ އެއް ހަމައަކު އައިސް ހުއްޓުނު ލިވާކްގެ ނަޒަރު އެހެން ދިމާލަކައް ދަތުރެއް ނުކުރެއެވެ. ހީވާގޮތުން އޭނާއަށް އަފްނާންއާ ބަލާ މި މަންޒަރު މީ އެކެއްޗެއްވެސް ނޫނެވެ. ” ލައްބަ ފާރިހާއްތާ … ނާނީ ފެނިއްޖެ … އަޅުގަނޑުމެންގޭ ތެރަސްމަތީ … ފަސް މިނިޓެތެރޭ މިދަނީ … ” ލިވާކް އޭނާއަށް އައި ފޯނު ކޯލައް  ޖަވާބުދިނުމައް ފަހު އަފްނާންް އަތު ހިފާ މިސްރާބު ޖެހީ އަފްނާނުމެންގެ ގެއާ ދިމާއަށެވެ.

މަގުމަތިން ދިޔައިރު ދެމީހުންގެ ދެމެދުވަނީ ހަމަހިމޭންކަމެއް ވެރިވެފައެވެ. އެކަކައްވެސް ކުރިން ބައިމަތިން ވާހަކަދައްކަން ނުކެރުނެވެ. ލިވާކަށް އެ ހަމަހިމޭންކަން ކަމުނުދިޔައެވެ. ލިވާކް އަބަދުވެސް ހުންނާނީ އަފްނާނައް ކޮންމެވެސް  ޖެއްސުމެއް ކޮއްލަކޮއްލައެވެ. “ނާނީ… މިހާރު އޭ ލެވަލްވެސް ނިމުނީއެއްނު… ކުއްޖަކާއި ރައްޓެހިނުވަންތަ?..” ލިވާކް އަފްނާންް ކައިރިއަށް ރުޅިއަރުވާލުމުގެ ނިޔަތުގައި ބުންޏެވެ. އެކަން ކާމިޔާބު ވެސް ވިއެވެ. އަފްނާނަކީ ކުދިންނާ ރައްޓެހިވާ މައުލޫއަށް ދިޔަސް ރުޅިގަދަވާ ކުއްޖެކެވެ. ” ފޯ ޔުއާ ކައިންޑް އިންފޯމޭޝަން.. ނާނީ އެއް ނުވިސްނަން ތިކަހަލަގެ ބޭކާރު ކަންތަކާ ދޭތެރޭގައެއް.. އެންޑް ނާނީ އަށް އަދި ނުފެނޭ ކަމުދާ ކުއްޖަކު ވެސް.. ނާނީ އަބަދުވެސް ކުރާނީ  ކަމަކަށް ކަމޭވާ ކަންތައް… ލިވް ކީއްވެ ކުއްޖަކާ ރައްޓެހިނުވެ ތިހުރީ?.. ލިވް ވެބަލަ.. މަށެއް ނޫޅެން ކުރާނެކަންތެއް މަދުވެގެން… ކިޔަވާ ނިންމާފައި ވެސް ތިކަމާ އުޅެވިދާނެއްނު.. ” އަފްނާންް އެއްފައްޗަކަށް އޭނާގެ ރުޅި ބޭލިއެވެ. އޭނާ ނިންމާލަމުން ކުރި ސުވާލުގެ ސަބަބުން ލިވާކްގެ އަނގަބެދުނު ކަހަލައެވެ. އަނެއްކާ ވެސް މަގުމައްޗަށް ހަމަހިމޭންކިންވެރިވިއެވެ. މަގަކީ ފުޅާ މަގެކެވެ. ދެފަރާތުގައި އިންދާފައި ހުރި މާގަސްތަކުން މަގުމަތީގެ ފާޅުކަން ފިލުވައިދެއެވެ. ފުރިހަމަ ހަނދުވަރުގެ އަލީގައި އެ މަންޒަރު ވަރަށް ހިތްގައިމެވެ. ހަމައެކަނި އެ މަގަށް ބަލާލިޔަސް އެ ރަށު މީހުންގެ ހިތުގައި ގަސް އިންދުމަށް އޮންނަ ލޯބި ހާމަވެގެން ދެއެވެ. ލިވާކްގެ ގެ ހުންނަ މަގުން ވާތުހުރި މަގަށް އަޅާލާފައި ހުރި ސީދަލައް ދިޔައިމަ އެހުރީ އަފްނާންް މެންގެ ގެއެވެ.

ގެއަށް ވަނުމާއެކު އެންމެ ފުރަތަމަ ވެސް ފެށުނީ ފާރިހާގެ ޝަކުވާއެވެ. ” ދަރިފުޅަށް ނޭނގޭތަ މަންމަ ހާސްވާނެކަމެއް.. ކީއްވެ ނުބުނެ ދިޔައީ.. ދެން އެހެން ނަހަދައްޗޭ .. މަންމަ ކިރިޔާ ހާޓަޓޭކެއް ނުޖެހުނީ..” އަފްނާންްގެ ބޮލުގައި ފިރުމަމުން ފާރިހާ ދިޔައީ އޭނާ ހާސްވެފައި ހުރިވަރު ބަޔާންކުރަމުންނެވެ. މި ކުޑަކުޑަ އަމަލުންވެސް އޭނާގެ ލޮލުގެ ކޮއެ ފަދަ ދަރިފުޅު ދެކެ ވާ ލޯބި ހާމަވެގެން ދެއެވެ. “މަންމާ އަޅުގަނޑައް މާފުކުރައްވާ.. ދެން އަޅުގަނޑު އެހެނެއް ނަހަދާނަން..” އަފްނާންް އޭނާގެ މަންމަގާތުގައި މާފައް އެދުނެވެ. ” ދަރިފުޅާ.. އަދި ކިރިޔާ މަންމަ ހަނދާން މިވީ… ސްކޯލާޝިޕް ލިބިއްޖެ.. އަލްޙަމްދުﷲ… މި އަންނަ ހަފްތާ އާދީއްތަ ދުވަހު ފުރުން އޮތީ…. ބަސްއަހައިގެން ކިޔަވައްޗޭ މަންމަގެ ދޮންދޫންޏާ..” ފާރިހާ މަސްނޫޢީ ހިނިތުންވުމަކާއެކު ވާހަކަ ދެއްކިއެވެ. އޭނާގެ ދަރިފުޅަށް މިފަދަ ކާމިޔާބީއެއް ލިބުމުން އޭނާ މިކަމާ ފަހުރުވެރިވެ އުފާކުރެއެވެ. ނަމަވެސް އޭނާގެ ދެލޮލުގެ ކޮއެ ފަދަ ދަރިފުޅު އޭނާޔާ ދުރުގާ ހުރުމަކީ އޭނާގެ މައިލަނގޮޑިއަށް ކެއްވާނެވަރުގެ ކަމެއްނޫނެވެ. އެކަމަކުވެސް އޭނާ ކެއްކުރާނެއެވެ. އޭނާގެ ދަރިފުޅުގެ ހުވަފެނުގައި ކުލަޖެހުމައް މެދުވެރިވާ ހުރަހަކަށް އޭނާ އެއް ނުވާނެއެވެ.  އޭނާއަށް ނޭނގުނު ކަމަކީ މި ދަތުރަކީ އެންމެންގެ ދިރިއުޅުން ބަދަލުކޮއްލާނޭ ދަތުރެއް ކަމެވެ.

?ނުނިމޭ?

Comments (21)

  1. Nenny

    Interesting story ❤..Keep it up ?

    1. Nayaanee
      Nenny

      Thanks nenny?

  2. Nayaanee

    Salaam readers… Here’s the first part of loabilibeythoa.. Hope you guys like this part.. Don’t forget to comment after reading… Both negative and positive comments are welcomed.. ???❤️

  3. ❤️Nanoo❤️

    ❤️Mi stry vrh ves kamudey vrh reethi waiting for nxt part ❤️

    1. Nayaanee
      ❤️Nanoo❤️

      Thanks nanoo?.. Insha allah next part vrhh avahah up kohladheynan.., ?

  4. ?Ril?

    Wow haama habeys ingey so u are 14 year girl I am also same year as u wow amazing dhw. But story varah nice ingey when next????

  5. Laalu

    Masha Allah❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. Nayaanee
      Laalu

      Thanks laalu❤️

  6. Meekkomee

    Love it ? Masha Allah ?? curiously waiting for the next ✌️✌️✌️

    1. Nayaanee
      Meekkomee

      Thanks meekko?… Insha allah next part vrhh avahah up kohladheynan ?.. Vrhh ufaavejje meekko ah kamudhiyaiima

  7. ✨Shaanee

    next part thankolheh dhigukoladhehchey

    1. Nayaanee
      ✨Shaanee

      Labba?

  8. ✨Shaanee

    v v v reethi mi story

    1. Nayaanee
      ✨Shaanee

      Thanks Shaanee ?

  9. Kylie

    First part varah interesting???…. Adhi haassa koh ninmaalamun bunefa in jumlaage sababun v bodah mi story kiyaa hiyy vejje.???….. Stay safe dear.???…. Lym

    1. Nayaanee
      Kylie

      Thanks kylie?… Insha allah vrhh avahah next part up kohladheynan… You too?

  10. ARU

    Ooh
    MASHA ALLHA
    vrh salhi???
    Kepp it up

    1. Nayaanee
      ARU

      Thanks ARU?

  11. Imkko

    wow .. interesting … hope mi story v salhi vaane kamah …. curiously waiting for the next part ❤(=^▽^=)

    1. Nayaanee
      Imkko

      Thanks imkko?… Insha allah next part vrhh avahah up kohladheynan ?

  12. Lamko

    Masha allah vrh reethi story eh???…can’t wait to read nxt part…avahah up kollahchey…stay safe dear??

Comments are closed.