އެކުއްޖާ 15
* އަވްލީންގެ ލޮލުން އޮހިގަތީ އުފާވެރިކަމުގެ ކަރުނަކަމެއް ރުޅިވެރިކަމުގެ ކަރުނަކަމެއް ދެރަވުމުގެ ކަރުނަ ކަމެއް ނޭނގެއެވެ. އަވްލީންއަށް ބުނެދޭން ދަތި ގޮތްތަކެއްވިއެވެ. އެދިގުކޮއްލާފައިވާ އިސްތަށިގަނޑުގެ ތެރެއިން އަވްލީންއަށް އެއީ ލިޔާން ކަން އެނގެން ސިކުންތެއްވެސް ނުނެގިއެވެ. “އަވްބޭބީ.. ލޯންގް ޓައިމް ނޯ ސީ..” *
ކުރިމަތީގައި ހުރި ލިޔާން ބުނެލިއެވެ. އަވްލީންގެ ޗޭނުފަށް ތަކުން ސަލާމަތްވާން ބޭނުންވިއެވެ. ލިޔާން އާއި ސަލާމް ކޮއްލަން އެހިތް ތެޅިފޮޅުނެވެ. އެއީ ކައިޔަން ފެނުމުން ވެސް އަވްލީންއަށް ނުވިވަރެކެވެ.
“ކިހިނެތްވެގެން މިހާރު ތިއައީ.؟ ލިޔާން. ޔޫ ލެފްޓް މީ.. އަވްލީން ދެން ލިޔާންއާއި ވާހަކަ ދައްކާކަށް ބޭނުމެއްނޫން..” ދެވަނަ ވަގުތުކޮޅުގައި އަވްލީން ކައިޔަންގެ މަތިން ހަނދާން ކޮއްލާފަ ބުނެލިއެވެ. “ބޭބީ ކިހިނެތްތަވީ..؟ ކާކު އަނެއްކާ މެދަށް ވަނީ..؟” ލިޔާން އެހެން އެހިއިރު ހީވަނީ މާޒީގައި ފާއިތުވެގެން ދިޔަ ހުރިހާ ހާދިސާއެއްގެ މަތިން ހަނދާން ނެތުނީހެންނެވެ.
“ލިޔާން.. ލިޔާން ކުރީގައިވީހާ ކަމެއް ހަނދާން ނައްތާލިޔަކަސް އިއްޔެ ވީކަމެއްހެން އަވްގެ ސިކުނޑީ ގައި ހަރުލާފައިވޭ… ލިޔާން ދެން ހީނުކުރާތި އިތުރުކަމެއް ކުރެވޭނޭ..” އަވްލީން ދަތްކުނޑި ވިކާލާފައި ބުނެލިއެވެ. “އެހެންތަ އަވް..؟ އެދުވަހު އަވްއާއި އެޑޮކްޓަރާއި ދެމެދުގައި ހިނގި ކޮންވަޒޭޝަންގެ މަތިންވެސް ހަނދާން ހުންނާނެކަމަށް މިބަލަނީ.. އަދި އެވާހަކަތައް މަގޭ ކަންފަތާއި ހަމައަށް ފޯރިމަތި ހަނދާންވޭތަ..؟ އަވް މަގޭ ބޭބީއަށް ވެގެން ހުރެ ކިތައްދޮގު ހެދިންތަ..؟ މަށަށް އެދުވަހު ވީގޮތް އަވްއަށް ފެނުނުތަ އޭނ..؟ މަށަށް ހީވީ މުޅި ދުނިޔެ ހުއްޓުނުހެން.. ހިތްވެސް ހުއްޓުނުހެން ހީވަނީ.. ނޭވާދިޔަ.. މޫނުމައްޗަށް އަނދިރިވި.. މަންޒަރުތައް ފުސްވި.. ސިކުނޑީގެ ބާރުދިޔަ.. ހިތަށްއަރާ އަދި ވެސް އަވް ތިހާލުގައި މީހަކާ އުޅެނީ ކީއްވެބާއޭ…” ލިޔާން ބުނެލިއެވެ. “އެއީ އިރަކު ލިޔާން ބެހެވެން ހައްގު އޮތް ކަމަކަށް ވިޔަސް ދެން މިހާރު ލިޔާންއާއި ބެހޭކަމެއްނޫން..” އަވްލީންވެސް ސާބިތުކަމާއެކީގައި ބުނެލިއެވެ.
”އަޅެ އެދުވަސް މަތިން ހަނދާންކޮއްލަންވީނު..؟” ލިޔާން ބުނެލިއެވެ. އަވްލީންގެ ސިކުނޑި އެހަނދާން ތަކުގެ ތެރެއަށް ފީނައިގަތެވެ.
********
“އަވް.. މިއަދު ވެސްތަ.؟” ލިޔާން ކޮލެޖުގެ ތެރޭގައި ހުރި ބެންޗުގައި އިށީނދެލައިގެން ހުރެ އެއްސެވެ. “އައިމް ސޮރީ.. ދެން އަވްގެ ބޮޑުދައިތަގެ ގާތަށް ދާންވާނެއްނު..؟” އަވްލީން އަނގައަށް ޖަހައިގެން ހުރި ހޮޅި ނައްޓާލަމުން ބުނެލިއެވެ. “އަޅެ ކިހާ މުހިއްމުވެގެންތަ ކޮންމެ މަހެއްގެ ނިމޭދުވަހު އަވްގެ ބޮޑުދައިތަގެ ގާތަށް އަވް ދަނީ..؟” ލިޔާން އެއްސެވެ. “އެއީ އަވް އެމީހުންދެކެ ލޯބިވާތީ… އެމީހުންނާއި ބައްދަލު ކޮއްލަންވެސް ލިބެނީ އެންމެ ދުވަހެއް.. އެދުވަސް ދެން ނުދާނީ ކާކު..؟” އަވްލީން ޖޫސްޕެކެޓު ހުސްކޮއްލަމުން އެއްސެވެ. ”އެހެންވިއްޔާ އަވްއާއެކީ މިއަދު މަ ވެސް ދާނަން.. އެމީހުންނާއި ބައްދަލު ކުރަން މިއަދު ބޭނުން..” ލިޔާން ބުނެލިއެވެ. ”ނޫން.. ލީ ދެން އަވްގެ ބަސްއަހަންވީނު.؟ އަވް ބުނިން ކުރިންވެސް ބޮޑުދައިތައަކީ މެހެމާނުންދެކެ އެހާ ލޯބިވާ މީހެއްނޫނޭ.. ބޮޑުދައިތަގެ ކުދިންވެސް ވަރަށް ލަދުގަންނާނެ..” އަވްލީން ބުނެލިއެވެ. “އޯކޭ.. އެ ބްރޭކްގަޑިވެސް ނިމުނީ.. ހިނގާ ކްލާހަށް ދާން..” ލިޔާން އަވްލީން ކޮޅަށް ނަގަމުން ކޯތާފަތުގައި ބޮސްދިނެވެ.
“ތެންކިއު.. ހިނގާ ދަމާ..” އަވްލީން ތެދުވެފައި ހިނގައިގަތެވެ.
ކޮލެޖް ގަޑި ނިމިއްޖެއެވެ. އަވްލީން ލިޔާންއާއި ވަކިވީ ކޮލެޖްގެ ގޭޓް ކުރިމަތިންނެވެ. ލިޔާން އަވްލީން ހުޅުމާލެ ފެރީޓާމިނަލަށް ލައިދޭން އުޅުމުންވެސް އަވްލީން ކުރީ އިންކާރެވެ. އަވްލީން ލޮލުކޮޅަށް އޮބާލުމުން ލިޔާން ދަބަސް ތެރެއިން ކަޅު ހުޑީއެއްނަގާ އެ ލާފައި ސައިކަލަށް އަރާ ފެރީ ޓާމިނަލަށްދާން ދުއްވާލިއެވެ.
ފެރީޓާމިނަލަށް ދާން ގޯޅި އެޅި ތަނާހެން ފެރީޓާމިނަލްގެ ކުރިމަތީގައި ހުއްޓިލައިގެން ހުރި އަވްލީން ލިޔާންގެ ލޮލުގައި އަޅައިގަތެވެ. ލިޔާން ކޮންމެވެސް ވަރަކަށް ހައިރާންވިއެވެ. އަވްލީން ހުޅުމާލެއަށް ދާން އުޅޭނަމަ ފެރީ ޓާމިނަލްގެ ތެރޭގައި ނުހުރީ ކީއްވެބާވައެވެ.؟
ކުއްލިއަކަށް ކަޅުކުލައިގެ ޕްރައިވެޓް ކާރެއް އަވްލީންގެ ކުރިމައްޗަށް ހުއްޓުމުން އަވްލީން އެއަށް އެރިއެވެ. ހައިރާންވެ ކަންބޮޑު ވުމަށްވުރެ އަވްލީން ކުރަން އުޅޭކަމެއް ބަލާލަން ލިޔާން ބޭނުންވިއެވެ. އެހެން ކަމުން ކާރު ނުގެއްލޭނެހެން ގޯޅިތައް އަޅަމުން ލިޔާންއަށް އެރުނީ ހޮސްޕިޓަލްގެ ކުރިމައްޗަށެވެ. ލިޔާންގެ ހައިރާންކަން ވެގެން ދިޔައީ އިތުރެވެ. އަވްލީން ހުންއައިސް ރޯގާ ޖެހިގެން އުޅޭނަމަ ލިޔާންގެ ގާތުގައި ނުބުނެއެއް ނުހުންނާނެއެވެ. އަވްލީން ކުޑަކޮށް ބާރަށް ހިނގަމުން ގޮސް ހޮސްޕިޓަލް ތެރެއަށް ވަނެވެ. ލިޔާންވެސް ވަގުވަގަށް އެތެރެއަށް ވަނެވެ. ހޮސްޕިޓަލުގެ ތެރޭގައިވެސް ލިޔާން އުޅެންޖެހުނީ ފިލަ ފިލައިގެންނެވެ.
އަވްލީން އެޕޮއިންޓްމެންޓް ނަގާފައި ވަނީ ޕްރައިވެޓް ރޫމެއްގެ ތެރެއަށެވެ. އޭރު އެތަން ތެރޭ ޑޮކްޓަރެއް ހުއްޓެވެ. މޫނުމައްޗަށް ބަލާލާފައި ގައިމުވެސް އެމީހާއަކީ ސާޅީހުން މަތީގެ ދުވަސްތައް ގުނަމުންދާ މީހެއްކަން އަންގައިދެއެވެ. ލައިގެން ހުރީ ކަޅު އަބާޔާ ހެދުމެކެވެ. އަޅާފައި ވަނީ ރަތް ކުލައިގެ ތިން ކަން ބުރުގާއެކެވެ. މުސްކުޅިވެގެން ރޫ ޖެހިފައިވާ އެމީހާގެ އަތް ރީތި ކޮށްދެނީ އަޅާފައިވާ ރަން ގަހަނާ ތަކުންނެވެ. އަޅައިފައިވާ ވަށް އައިނު ރީތި ކޮށްލަމުން އެމީހާ ހީނލާފައި އިށީނުމަށް އެދުނެވެ. އެކޮޓަރީގެ ކުޑަދޮރު ވަނީ ހުޅުވާފައެވެ. އެތެރެއަށް ވަގުކަޅިއަކުން ނަޒަރެއް ހިންގާލާފައި ބަލި ތަކާއި ބެހޭގޮތުން މައުލޫމާތު ލިޔެފައިވާ މެގަޒިންއެއް ކިޔާކަމަށް ހެދިގެން އެކުޑަދޮރުގެ ގާތު ހުއްޓިގެން ހުރެ އަވްލީންއާއި އެ ޑޮކްޓަރުގެ ވާހަކަތައް ލިޔާން އަޑު އަހަންފެށިއެވެ.
“ހެއި ޑޮކް..!” އަވްލީން ހިނިތުންވެފައި ކުރިމަތީ ހުރި ގޮނޑީގައި އިށީނެވެ. “އަވްލީން.. މިއީ މަޖާ ކުރަންވީ ވަގުތެއް ނޫން…” އެ ޑޮކްޓަރު ނުރުހުންވެފައި ބުނެލިއެވެ. “އިނގެޔޭ އިނގެޔޭ.. ވަރަށް ބަލައިގެންނޭ އަޅުގަނޑު މިއުޅެނީ.. ބޭސް ވެސް ގަވައިދުން ކަމޭ….” އަވްލީން ބުނެލިއެވެ. ދެ މީހުން ގެ ވާހަކަ ހުރި ގޮތުން އެ ދެމީހުން އެ ބައްދަލުވީ ފުރަތަމަ ފަހަރަށް ނޫންކަން އަންގައިދިނެވެ. ”އަވް. މާ ގަދަޔަށް ފިކުރު ނުކުރާތި…” އެމީހާ ފެށީ ނަސޭހަތުގެ ބަސްކޮޅެކެވެ. “ހްމްމްމް..” އަވްލީން މާ ޝައުގުވެރި ވާހެންނެއް ހިޔެއް ނުވެއެވެ.
“އަވްލީން.. ހަނދާން ކުރާތި.. މިވަގުތަށް ދުޅަހެޔޮ ހާލަތެއްގައި ހުއްޓަކަސް ދުވަސްކޮޅަކުން އަވްލީންގެ ހާލަތު ފެންނަން ފަށާނެ… ހޭނެތިދާނެ… ބޮލަށް އެނބުރުން އަރާ ފެނުން ފުސްވެދާނެ…. އަދިވެސް އަޅުގަނޑު ބުނާގޮތަށް އަވް މެލޭޝިޔާއަށް ދާން މެޑިކަލް އެރޭންޖްމެންޓުތައް ފައްޓަވާކަށް ބޭނުމެއްނޫންތަ..؟” އެޑޮކްޓަރު ސީރިޔަސްކަމާއެކީ އެހެން ބުނެލުމުން ލިޔާން ކުޑަކޮށް ދާހިއްލަން ފެށިއެވެ. އަވްލީންއަށް ވީ ކިހިނެތްބާވައެވެ.؟
“އަވްލީންގެ ތިހަށިގަނޑާއި ގުޅިފައިވާ……..” ޑޮކްޓަރު ބުނެލި ޖުމްލައިން ލިޔާންއަށް ހަތަރު އުދަރެސް ފެނު ޖެހުނު ފަދައެވެ. މޫނުމައްޗަށް އަނދިރި ވެގެން ވެއްޓެން ދިޔައެވެ. ނަމަވެސް ފާރުގައި އަތްޖައްސާ ލެވުމުން ލިޔާން ނުވެއްޓި ސަލާމަތްވިއެވެ. އަދިވެސް މޫނުމަތީގައި ކޮކާބުރައެވެ. “ނޫން.. އަޅުގަނޑު ބޭނުމެއްނޫން..” އަވްލީން ޖަވާބު ދިނުމުން ޑޮކްޓަރު އެކިކަހަލަ ޗެކަޕްސްތައް ހަދަން ފެށިއެވެ.
ލިޔާން އެއްލެމުން އެއްލެމުންގޮސް ހޮސްޕިޓަލްގެ މެދަށް ގުޅައަކަށް ޖެހުނެވެ. ފިރިހެނަކަށް ވިޔަސް ކެތް ކުރެވޭނީ ވަކިވަރަކަށެވެ. މަންޒަރު ދުށް މީހުންތައް އައިސް ލިޔާންއަށް ނަގާ ފަރުވާ ދޭންފެށިއެވެ.
އަވްލީން ޗެކްއަޕްސްތައް ހަދާ ނިންމުމަށްފަހު ކޮޓަރިން ނުކުތްއިރު މީހުންތައް އަނބުރައިގަނެފައިވާ ލިޔާން ނަގާ އެނދަށް ލަނީއެވެ. ”ލީ އައިމް ބެކް..” އަވްލީން ފުންނޭވާތަކެއް ދޫކޮއްލަމުން ލިޔާންއަށް ގުޅާލިއެވެ. ލިޔާން އަވްލީންއަށް ޚާއްސަ ކޮށްލާފައިވާ ރިންގްޓޯންގެ އަޑު އިވުނީ ދާދި ގާތުންނެވެ. ”ބޭބީ އިސް ކޯލިން… ބޭބީ އިސް ކޯލިން..” އަވްލީން އެ ރިންގްޓޯން އަންނަ ފޯނު ހޯދަން ކަނާތަށް އަދި ވާތަށް ބަލާލިއެވެ. އޭރު ލިޔާން ލިފްޓަށް އަރުވައިފިއެވެ. އަވްލީން ފަހަތަށް ބަލާލިއެވެ. އެ ދިމާ ބަލާލާފައި އަވްލީންގެ އަތުން ފޯނު ވެއްޓި އެކި ބައިބައިތައް ބުރައިގެންގޮސް ހަލާކުވިއެވެ. ދެލޯ ބޮޑުވެ ދެ ފައިން ވަރުދޫވާހެން ހީވިއެވެ.
”އަބަދަކު ދުޅަހެޔޮކޮށެއް ނުހުރެވޭނެ..” ޑޮކްޓަރުގެ ޖުމްލަ މަތިން އަވްލީން ހަނދާންވިއެވެ. ފެނުން ފުސްވެފައި ބޮލަށް އެނބުރުން އެރީއެވެ.
އޭރު ރިންގްޓޯންގެ އަޑު ކެނޑިއްޖެއެވެ. ލިފްޓްގެ ދޮރު ކެހުނީއެވެ.
“މީ ކިހިނެތްވީ ކަމެއް..؟ ލިޔާންގެ ރިންގްޓޯން އެހެން މީހެއްވެސް ގެންގުޅެނީ ކަންނޭނގެ..” އަވްލީން ގެއަށް ދިޔައެވެ.
ލިޔާންއަށް ލޯ ހުޅުވާލެވުނުއިރު އޮވެވުނީ ހޮސްޕިޓަލްގެ އެނދުމަތީގައެވެ. އައިސްފައިވާ ރުޅިންނާއި ވެފައިވާ ދެރައިން ލިޔާން އަތަށް ގުޅާފައިވާ އައިވީ ނައްޓާލިއެވެ. އަތުން ލޭގަނޑު އޮހިގަތެވެ. ލިޔާން އަށް ހީވާ ކަހަލައެވެ. ލިޔާންގެ އަތަށްވާ ތަދަށްވުރެ ހިތަށްވާ ތަދު މާކަ ބޮޑެވެ. އަވްލީން އޭނާ ހައްލާލައިގެން ގެންގުޅުނީ އެތައް ދޮގެއް ހަދައިގެންނެވެ. ކޮންމެ މަހެއްގެ ފަހު ދުވަހު އަބަދު އަވްލީން ދަނީ އަވްލީންގެ ‘ބޮޑުދައިތަ’ގެ ގާތަށެއްނޫނެވެ. ނުވިތާކަށް ހުޅުމާލެއަކަށްވެސް ނޫނެވެ. ނަމަވެސް އަވްލީންގެ މެޑިކަލް ޑޮކްޓަރާއި ބައްދަލުކޮށް އޭނާގެ ސިއްހަތު ރަނގަޅުތޯ ބަލަން ހޮސްޕިޓަލަށެވެ.
ލިޔާން ކޮޓަރިން ނުކުމެގެން ދިޔައިރު ލިޔާންދިޔަ މަގު ރަނގަޅަށް އެނގެން ހުއްޓެވެ. “އަވްލީންގެ ހަށިގަނޑު ގައިވާ……..” އެޖުމްލަ ލިޔާންގެ ކަންފަތް ބުޑުގައި ތަކުރާރުވަމުން ދިޔައެވެ.
އަވްލީން ގެއަށް ގޮސް ލިޔާންއާއި ގުޅޭތޯ ބެލިއެވެ. އަވްލީން ތިން ފަހަރަށް ގުޅިއިރަށް ވެސް ލިޔާން ފޯނު ކަނޑާލަނީއެވެ. ދެން ގުޅިއިރު ވަނީ ފޯނުނިއްވާލާފައެވެ.
ޖެހިގެން އައި ދުވަހު އަވްލީން ކޮލެޖަށް ދިޔައެވެ. ލިޔާންގެ ދުރުކަން ފާހަގަ ކުރެވި އަވްލީން ސުވާލު ކުރަންވެސް އުޅުނެވެ. ނަމަވެސް އޭގެކުރިން އަވްލީންގެ ގާތުގައި ހުރެފައި ލިޔާން ގޮނޑި ބަދަލު ކުރިއެވެ. ކެންޓީނުގައި ވެސް ލިޔާން އުޅުނީ އެހެން ބަޔަކާއި އެކީގައެވެ.
“އަވް ޔޫ ލަޔަރ..!” ފަހު ވަގުތުގައި ކެތް ނުކުރެވިގެން ލިޔާންއަށް ހިތް އަންދަމުން ދިޔަ އަލިފާނުގެ ދުން ތައް ބޭރުކޮއްލެވުނެވެ.
އަވްލީން ދިޔައީ އެއްލިގެންނެވެ. ދެން އަވްލީންގެ ފެށީ ހޭށެވެ. “ލީ ޖޯކް ހަދަން ކިތަންމެ މޮޅަސް އަވް ދެން ނުހެއްލޭނަން..” އަވްލީން ބުނެލިއެވެ. އަވްލީންގެ އެހުނުމުން ލިޔާންގެ ހިތްތެރޭ އެތަށްހާސް މަލެއް ފޮޅިގެންދިޔައެވެ. ދެވަނަ ސިކުންތުކޮޅުގައި އެމާތައް ހިތް އަންދަމުން ދިޔަ އަލިފާނުގައި ޖެހި އަނދައިގެން ދިޔައެވެ.
“އާނ އަވް.. ދެން އަހަރެންނެއްވެސް ނުހެއްލޭނަން.. އަވް ތިޔަ ފަލަދޮގުތައް ހަދައިގެން ކިތައް ދުވަހު އަހަރެން ގެންގުޅެން ތިވިސްނަނީ..؟ ސިއްރުސިއްރުން ކަންތައްތައް ކޮއްލީމަ ނިމުނީކީ ނޫނޭ..” ލިޔާން ގެ އަޑު ގަދަވިއެވެ. ”ލީ.. ކިހިނެތްވެގެންތަ ތިއުޅެނީ..؟ މިއީ ކޮލެޖްތެރެޔޭ.. މަޑުން ވާހަކަދައްކަބަލަ…” ގިނަ ކުދިންގެ ނަޒަރު އެދެމީހުންނަށް ހުއްޓެން ފެށުމުން އަވްލީން ބުނެލިއެވެ.
”ދައްކާނަން.. ދައްކާނަން.. އަވްގެ ދޮގުތައް މިއަދު އެންމެންނަށް އެނގެންވާނެ.. އަވް ހީކުރީ ފޭކު ބޮޑުދައިތައެއް ގެންގުޅެފައި ހުޅުމާލެއަށްދާ ވާހަކަ ބުނީމަ އަހަރެން ހެދުނީ ކަމަށްތަ..؟ ނޫން.. އިއްޔެ ތެދުދޮގު ހާމަވެއްޖެ.. ދެން އަވްގެ މަޅީގައި މަށެއް ނުޖެހޭނެ..” ލިޔާން އަޑަށް ބާރުލާފައި ބުނެލިއެވެ. އެއަޑަށް ބައެއް ކުދިންތައް ހުއްޓުނެވެ. އަދި އެދިމާލަށް ބަލަން ފެށިއެވެ.
“ލީ ކޮން ވާހަކައެއްތަ ތިބުނަން ތިއުޅެނީ..؟” އަވްލީން ބޯ ހާސްވިއެވެ. “މިބުނަން އުޅެނީ އަވްގެ ހަށިތެރޭ ވާއެތީގެ ވާހަކަ.. ޑްރާމާގެ ސްކްރިޕްޓް ލިޔެލައިގެން އަވްއަށް މިހުރިހާ ދުވަހަކު ޑްރާމާ ކުޅެލެވިއްޖެ.. ދެން ޑްރާމާ ނިމުނީ.. އަވް.. ޔުއަރ ނޮޓް މައިން..!!” ލިޔާން ހަޅޭއްލަވައިގަތެވެ.
އަވްލީން ދިޔައީ ސިއްސައިގެންނެވެ. ވީނުވީއެއް ނޭނގުނެވެ. ލިޔާން އެބުނެލީ އަވްލީންގެ ސިއްރުގެ ވާހަކައެވެ. ލިޔާންއަށް އެކަން އެނގުނުގޮތެއް އަވްލީންގެ ބޮލަކަށް ނައެވެ. “ކޮބާ އަވް..؟ ކިހިނެތްވީ.؟ އަހަރެންގެ ސުވާލަށް ދޭނެ ޖަވާބު ހުސްވީތަ..؟ ނޫނީ ދައްކާނެ އެހެން އުޒުރެއް ނުވިސްނުނީތަ..؟ ނުވަތަ އަހަރެން މިބުނަނީ ތެދަށްވުމުން ހުންނަނީތަ.؟ ނޫނީ ޑްރާމާގެ ސްކްރިޕްޓް ލިޔަންހުރި ގަނޑު ހުސްވީތަ..؟؟” ލިޔާން އެއްސެވެ. ”ލީ.. އަޑުއަހާ….” އަވްލީން ކިޔައިދޭން އުޅުނެވެ. “ލީއެއް ލީއެއް ކިޔާނެކަމެއްނެތް މަރިޔަމް އަވްލީން.. ދެން އަހަރެންނަކީ އަވްލީން ގެ ލީއެއްނޫން.. އަދި ތީ އަހަރެންގެ އަވްއެއްނޫން.. އަވްލީންއަށް އަހަރެންމީ ލިޔާން.. ހަމައެކަނި ލިޔާން.. އަހަރެންނަށް ތިއީ ހަމައެކަނި އަވްލީން.. މިހާރު އަހަރެމެން ދެމީހުންނަކީ ހަމައެކަނި ކޮލެޖްމޭޓުން.. އިތުރު އެހެން އެއްވެސް ބައެއްނޫން..!!” ލިޔާން ބުނެލިއެވެ. މަންޒަރު ދެކެން ހުރި އެންމެން ޗުކުޗުކު ލައްވަމުން ދިޔައެވެ.
”އެންމެންނަށް އެނގޭތަ..؟ އަވްލީންގެ ހަށިތެރޭގައި އެބައޮތް………………..” ލިޔާން އެންމެންގެ ކުރިމަތީގައި އަވްލީންގެ ސިއްރު ފާޅު ކޮއްލިއެވެ. އެއްބައި މޫނުތަކުން ހިތާމައިގެ އަސަރު ފެންނަމުން ދިޔައެވެ. އަނެއްބައި މޫނުތަކުން ފާޅުވަނީ ހިތްހަމަނުޖެހުމުގެ ކުލަވަރެވެ. އެ އެންމެންގެ ނަފްރަތުގެ ބަސްތައް އަވްލީންއާއި ދިމާލަށް އަމާޒުވިއެވެ.
“ލިޔާން.. އަޑުއަހާ..” އަވްލީން ލިޔާންގެ އަތުގައި ހިފޭއްޓިއެވެ. ”ދޫކޮއްލާ.. ކަލެއަކީ ނަމްބަރު އެކެއް ނޫން.. ކަލެއަކީ ދޮގު ހަދާ ދަށު ދަރަޖައިގެ އާރެއް ބާރެއްނެތް މެންޓަލް ސުމެއް.. އެނގިއްޖެތަ..؟ އައިލް ގެޓް ރިވެންޖް އަދި އަވްއާއި ހެދި އަހަރެންގެ ހަޔާތުން ބޭކާރުވެގެން ދިޔަ ދުވަސްތަކަށް.. އަވް އެހެން ހަދާނެ ކަމަށް ކާކު ހީކުރާނީ..؟ ހަނދާންކުރާތި..! އަހަރެންގެ ނަންމަތިން ހަނދާން ނައްތާ ނުލާތި..!! އައިލް ގެޓް މައި ރިވެންޖް..! ޔޫ ވޭސްޓެޑް ހާފް އޮފް މައި ލައިފް…!!!!” ލިޔާން ހަޅޭއްލަވައިގަތީ ދަތްކުނޑި ވިކާފައެވެ.
”ލިޔާން.. އައިމް ސޮރީ.. ލިޔާންގެ ގާތުގައި އެވާހަކަ ނުބުނީ ލިޔާން އަވް ބާކީ ކޮއްލަފާނެކަމުގެ ބިރު ގަނެގެން.. ލިޔާން އަވް ދޫކޮއްލާނެ..” އަވްލީން އެހެން ބުނެލިއިރު އަވްލީންގެ ކޯތާފަތް މަތީގައި ރޮނގަކަށް ކަރުނަ ތިކި ދުވެލާފައިވެއެވެ. އެ ކަރުނަތައް ފެނިފައި ލިޔާންގެ ހިތް ތަންކޮޅެއް މަޑުވިހެން ހީވީ އެ ކަރުނަތައް ފުހެލަން ލިޔާން އަތް ނެގުމުންނެވެ. އެ ކުށްހީއަކަށް ބަދަލުވެގެން ދިޔައީ ދެބުމަ ގޮށް ޖަހާލާފައި ލިޔާން އަތް ތިރި ކޮށްލުމުންނެވެ.
“ނޫން.. އަވް ތިވިސްނަނީ ނުބައިކޮށް.. އަވް ކުރިން ތިވާހަކަ ބުނިނަމަ އަހަރެން އަވްދެކެ ވާލޯބި އިތުރުވާނީ.. އަހަރެން އަހަރެންގެ އަވް ދޫކޮއްލާނީ ދެން ކިހިނެތް..؟ އެކަމަކު ސިއްރު ކޮއްގެން އެ ވާހަކަ ގެންގުޅުނީތީ ވަރަށް ރުޅިއައިސް ދެރަވެއްޖެ.. އަވް.. އިނގޭތަ އަވް ތިނަގާލީ އަހަރެންގެ ހަޔާތުން ކިތައް ދުވަސްކަން..؟ އަވް.. ދެން އަހަރެންގެ ބަސް ހުސްވެއްޖެ.. އިތުރަށް ބުނާނެ ވާހަކައެއް ނެތް.. ފެއަރވެލް..” ލިޔާން އަނބުރާލާފައި ހިނގައިގަތެވެ.
އެދުވަހަށްފަހު އަވްލީން އުޅުނީ ގެއިން ނުނިކުމެއެވެ. އަލާންއާއި އަލީއަހުމަދުގެ އާދޭހަށްވެސް އަވްލީން ގެ ޚިޔާލު ބަދަލެއް ނުވިއެވެ. ލިޔާން ފެނިއްޖެނަމަ މާ ހިތްބަލި ވާނެތީއެވެ. ނުވަތަ ލިޔާންއާއި އެކީ ހުންނާނެ އަންހެން ކުއްޖާދެކެ ރުޅިއައިސް ނަފްރަތު ކުރެވޭނެތީއެވެ.
*************
“ރިވެންޖް.. ލިޔާން ތިއައީ އަވްގެ ގާތުން ބަދަލުހިފަންތަ..؟” އަވްލީންގެ އަޑު ތުރުތުރު އަޅައިގަތެވެ. މިހާ ދުވަސް ވަންދެން އަވްލީން ހީކޮށްގެން ހުރީ އަވްލީންގެ މަތިން ލިޔާން ހަނދާން ނެތޭނީ ކަމަށެވެ. އެ ސިއްރު ނުބުނެގެން އެއީ ބަދަލު ހިފަން ހެޔޮވެސް ނުވާނެ ކަމެކެވެ. ލިޔާންއަށް ވިސްނޭނެ ނަމައެވެ.
“ހަނދާން އެބަހުރިދޯ…؟ އަދިވެސް ތިސިކުނޑީގެ ސިއްހަތު ރަނގަޅުދޯ..؟ އަވް.. އަވް މިއަދު ޖެހޭނީ އަހަރެން ބުނާގޮތް ހަދަން..” ލިޔާން ބުނެލިއެވެ. އަވްލީން ދެފަރާތަށް ބޯހޫރުވާލިއެވެ.
“ނޫން..” އަވްލީން ބުނެލިއެވެ. ”އަވް.. ސަމާސާ ނުކުރޭ.. އަވް ދޫކޮއްލި ފަހުންވެސް އަވް އަދިވެސް އަހަރެންދެކެ ވަރަށް ލޯބިވޭ.. ދޮގެއްތަ..؟ އަހަރެން މިއައީ ކަމެއް ކުރަންވެގެން.. ދެޓް ވިލް ބީ މައި ރިވެންޖް…! އޭރުން އަވްއަށް ދުވަހަކުވެސް އަހަރެންގެ މަތިން ހަނދާން ނައްތައެއް ނުލެވޭނެ… ދުވަހަކުވެސް…” ލިޔާން އެއްސެވެ. “ދޮގެއް..!” އަވްލީން ބުނެލިއެވެ. އަވްލީން ލައްވާ އެ ދުވަސް ހަނދާން ކުރުވީތީ ލިޔާން މަތިން ފޫހިވިއެވެ.
”އޯވް.. އަވް ދޮގުހަދާ ކުދިން ދާނީ ނަރަކައަށް..” ލިޔާން ބުނެލިއެވެ. “ތިބުނީ ތެދެއް.. އެކަމަކު އަވް މިހަދަނީ ދޮގެއްނޫން.. އަވް ލޯބިވަނީ ކައިޔަންދެކެ.. ލިޔާން އަވް ދޫކޮއްލިފަހުން ކައި ފިޔަވާ އިތުރު މީހަކު މި ހިތަކު ނެތް.. އެންޑް ދެޓް ވޯންޓް ޗޭންޖް..” އަވްލީން ބުނެލިއެވެ. “ކައިޔަން..؟ ތިކިޔަނީ މީނަތަ..؟؟” ލިޔާން ޖީބުން ފޮޓޯގަނޑެއް ނަގާ ދައްކާލިއެވެ. އަވްލީންއަށް އެއަށް ބަލާލެވުނެވެ. އެއީ ކައިޔަންގެ ފޮޓޯގަނޑެކެވެ. އެއީ ރިސޯޓަށް ދިޔަދުވަހު ނަގާފައިވާ ފޮޓޯއެކެވެ. އެ ފޮޓޯގައި ކައިޔަން ހިނިތުންވެގެން ހުރި ގޮތް ފެނިފައި އަވްލީންއަށް ވެސް ހިނިތުންވެވުނެވެ. ”ހްމްމް.. ކައިޔަން..” އަވްލީން ކުޑަ ކޮށް ޖެހިލުންވެފައި ހުރެ ބުނެލިއެވެ. މި ފަހަރު ކޮންމެގޮތެއް ވިޔަސް އޭނައާއި ހެދި ކައިޔަންގެ ފުރާނަ ނުރައްކަލަކަށް ވެއްޓެން އަވްލީން ނޭދެއެވެ.
“އަވް ބަސް ނާހަންޏާ ކައިޔަންއަށް ވާނީ މިހެން….” ލިޔާން އަވްލީންއާއި މުޚާތަބު ކުރީ ޅަ ދަރިއަކާއި މުޚާތަބު ކުރާނެ ހެންނެވެ. އެކަމުން އަވްލީންއަށް ނުހަނު އުނދަގޫވިއެވެ. ލިޔާން ކަތުރެއް ނަގާ އެ ފޮޓޯގަނޑުގައި ހުރި ކައިޔަންގެ ކަރާއި ދިމާލުން ވީދާލިއެވެ. އެ ފޮޓޯގެ ދެ ބައި ގޮސް ބިންމަތީ ޖެހުމުން އަވްލީން ލިޔާންއާއި ދިމާލަށް ކަޅި އަޅާލިއެވެ.
“އަވް.. ބުނެބަލަ.. ހިތަށް އަރުވާލަބަލަ… ކައިޔަންއަށް ތި ސިއްރު އެނގޭ ދުވަހު ކައިޔަންއަށް ވާނީ ކިހިނެތްބާވައޭ..” ލިޔާން އެހެން ބުނެލި ރާގުން އަވްލީންގެ ދެލޯ ބޮޑުވިއެވެ. “އެހެންވީމަ ލިޔާންތާ ރިސޯޓުގައި އަވްމެންނާ ސްޕައި ކުރީ.. ރަނާގެ އެދުމަށް އަދި ލިޔާންގެ ރިވެންޖަށް.. އެހެންވެދޯ ރަނާ އާއި ލިޔާން މި އެހާ ސުލްހަވެރިކޮށް އެއްބައިވީ..؟” އަވްލީންއަށް އެމީހުންނަށް ނޭނގި ހިނގިހާކަމެއް ތަރުތީބު ކޮއްލެވުނެވެ. “ލިޔާން.. ލިޔާން ކުރާ ކޮންމެ ސުވާލަކަށް އަވް ނުޖެހޭނެ ޖަވާބުދޭކަށް.. އެހެން ނޫނަސް އެހުރީ ރަނާ.. ރަނާއާއި އެކީގައި ހެޕިލީ އެވަރ އާފްޓާރއެއް އުޅެން ދޭބަލަ..!” އަވްލީން ދެބުމަ ގޮށް ޖަހާލަމުން ބުނެލިއެވެ.
“ރަނާ… އިހަކަށް އަވް ރަނާއާއި ހަވާލު….” ލިޔާން އިރުކޮޅަކު ވިސްނާލާފައި އަވްލީންގެ ސުވާލަށް ޖަވާބު ނުދީ ބުނެލިއެވެ. ލިޔާންގެ މޫނު މަތިން ފާޅުވި އާދަޔާޚިލާފް ކުލަވަރު ފާހަގަވީ އަވްލީންއަށް އެކަންޏެވެ.
ރަނާ އިރުކޮޅަކުން އައިސް ވަނެވެ. އޭރު ރަނާ ހުރީ ލިޔާންއާއި އެއްވައްތަރަކަށް ހެދުން އަޅައިގެންނެވެ. ތަފާތަކީ ލައިގެން ހުރި ޑެނިމް ސޯޓާއި އަރައިގެން ހުރި ރަތް ހައިހީލްއެވެ. ދެ މީހުން ވެސް ލައިގެން ހުރި ހޫޑީ ހުރީ ޕްލެއިން ކޮށެވެ. އެވައްތަރަށް ހުއްޓަސް ސިކުނޑިއެއް ހުރި މީހަކަށް އެއީ ދެ މީހެއްކަން ފާހަގަ ވާނެއެވެ. އެހާވެސް ދެމީހުންގެ ތަފާތުތައް ހުއްޓެވެ.
”ލިޔާން… އިހަކަށް ގޮސް ކައިޔަން ކުރާކަމެއް ބަލާލަދީ.. އަންހެނާ… ކޮންތާކު ކައިޔަންވީ..؟” ރަނާ އެއްސެވެ. “ނުބުނާނަން..” އަވްލީން ބުނެލިއެވެ. އަވްލީންއާއި ހެދި އަލުން ކައިޔަންއަށް އަނިޔާއެއް
ވާކަށް އަވްލީން ބޭނުމެއްނޫނެވެ. “ދޫ ބުރި ކޮއްލަން ވީތަ..؟” ރަނާ އެއްސެވެ. ކުރިން ދުވަހު ރަނާ ވަނީ ރަނާ ބޭނުންކަމެއް ކުރެވޭނެކަން އަންގާލަދީފައެވެ. “ބުރިކުރިޔަސް ނުކިޔައިދޭނަން..” އަޑުގައި އުފެދުނު ތުރުތުރު ފޮރުވަމުން އަވްލީން ބުނެލިއެވެ. “މިރަށަކީ ކިތަންމެ ބޮޑު ރަށަކަސް މިރަށުގައި ކައިޔަން ދާނެ ތަންތަން މަށަށް އިނގޭ..” ލިޔާން ހުޑް އަޅާލަމުން ނުކުތެވެ. އަވްލީން އިތުރަށް ހާސްވިއެވެ. އެމީހުންނަށް ފާރަލާން ރިސޯޓަށް ދާން ފަސް ނުޖެހުނު ލިޔާން ކައިޔަން ހުރިތަނަކުން ދަމާ ނެރޭނެއެވެ. އަވްލީންގެ ނިތްކުރިމަތީގައި ދާ ތިކިތައް ވިދަން ފެށިއެވެ.
ރަނާ މޭޒުމަތީގައި އޮތް ބޮޑު އެލުމީނިއަމް ބެޓު ނެގިއެވެ. “ކައިޔަންގެ ގާތުން ދުރަށް ދާންއުޅޭ.. އެ ނޫނީ މިއައްވުރެ ބޮޑަށް ވޭން އަޅާނެ..” ރަނާ ބާރަށް އަވްލީންގެ އަތުގައި ބެޓުން އެތިފަހަރެއް އެޅިއެވެ.
އަވްލީންގެ އަތްއެކީ ދުޅަވެ ރަތްވިއެވެ. ”އޯވް.. ތަދުވީތަ.؟” އަވްލީން ތޫލިއަޑަކުން ހަޅޭއްލަވައިގަތުމުން ރަނާ ބެޓު އެއްލާލާފައި އައީ ޗޭނުފަށްތަކެއް ހިފައިގެންނެވެ. ފައި މުހާލުމަށް ފަހުގައި މެދުހަށީގައި އިތުރު ޗޭނު ފަށްތައް އޮޅިއެވެ.
އިރުކޮޅަކުން ލިޔާން އައިސް ވަނެވެ. ފަހަތުން ކައިޔަންވެސް ފެންނާނެ ކަމަށް އަވްލީންއަށް އުންމީދު ކުރެވުނަސް ކައިޔަން ލިޔާންގެ ފަހަތަކުން ނުވަނެވެ. “ބޭޑް ނިއުސް.. ކައިޔަންއެއް ނުފެނުނު..” ލިޔާން ބުނެލިއެވެ. “އަތިރިމަތި..؟ ގޭ ކައިރި..؟ މޫދު.؟ އައިސްކްރީމް ވިއްކާތަން..؟ އެއްތަނަކުވެސް ނެތް..؟” ރަނާއަށް ގަބޫލުކުރަން ދަތިވިއެވެ. ކައިޔަން މާމޮޅުވެގެން މިއަދު ހުރީ ކޮންތާކު ބާވައޭ ހިތަށް އެރިއެވެ.
“ނެތޭ ނެތޭ…!! ނުފެނުނޭ..” ލިޔާން ބުނެލިއެވެ. “އެހެންވިއްޔާ ކައިޔަން އަމިއްލައަށް ޖެހޭނީ މިތަނަށް އަންނަން.. ޕްލޭން ބީ..” ރަނާ ލިޔާންގެ ފޯނު ވީޑިޔޯއަށް ލިއެވެ. ރަނާ ކަޅު މާސްކެއް އެޅިއެވެ. ލިޔާން ވެސް ކަޅު މާސްކެއް އަޅާލިއެވެ. އެއީ ލިޔާންއާއި ރަނާ ވަކިކުރަން ނޭނގޭހާ ވަރަށެވެ. އުނަގަނޑުން މަތި ވީޑިޔޯ ކޮށްފިއްޔާ ރަނާއާއި ލިޔާން އެ އަނދިރި ގަނޑުގައި ވަކިކުރަން ދަތި ވާނެއެވެ.
”އަވް ހާދަ ލަހެކޭ އެވަނީ.. އެ ހަޔެއް ޖަހަން އުޅެނީ..” ކައިޔަން ބުނެލިއެވެ. “ސާބަހޭ ހަމަޖެހިބަލަ.. އަވް ބަލިވީ ކަންނޭނގެ އެއްނު..؟ ނޫނީ މަންމައާއެކީ ތަނަކަށް ދާން ޖެހުނީ ކަންނޭނގެ އެއްނު..؟” އަލާން ބުނެލިއެވެ. “އަވްއާއި ދިމާލަށް އަދިވެސް ދޮންތައޭ ކިޔާ ގޮވާނުލާތި..” ކައިޔަން އަލާންގެ އިސްތަށިގަނޑަށް ދަމައިގަތެވެ. “އައު..” އަލާން ބުނެލިއެވެ. “ދޮންބެ ގުޅިންތަ..؟” ޒިވީން އަނެއްކާ އެއްސެވެ. ”ޒިވީ ގާތު އުނދަގޫ ނުކުރާށޭ ކިޔާފައި ދޮންބެ އަވްއަށް ގުޅޭތޯ ބަލައިފިން އަދި ހަތަރު ބުރަށް.. އެއިން އެންމެ ފަހަރަކުވެސް ފޯނެއް ނުނެގި.. އިރުކޮޅެއް ކުރިން ރިންގުވި… އެކަމް ފަހުން ނިއްވާލާފައޭ ބުނަނީ..” ކައިޔަން ބުނެލިއެވެ.
“އަވް ހުރެފާނެ ފޯނު ޗާޖަށް ޖަހާފައި ސްވިޗް އޮފްކޮއްގެންވެސް.. އެއީ އަވްގެ ގޮތަކީ..” އަލާން ބުނެލިއެވެ. “އާނ ދޮންބޭ.. ތި ކަންބޮޑުވަނީ އެއްވެސް ކަމަކާ ނުލާ..” ޒިވީން ބުނެލިއެވެ. “ދޮންބެ އަދިވެސް ހީކުރަނީ އެ ރަނާ އައިސް އަވް ކާލަފާނެޔޭ ދޯ..؟” އަލާން ސަމާސާއަކަށް ހަދާފައި ބުންނަސް ނޭނގުނީ އެ ބުނެވުނު ޖުމްލައިގެ މުހިއްމު ކަމެވެ. “އަވްދައްތަ ނޫޅުނު ފުލުހުންނަށް ރިޕޯޓް ކުރާކަށް ވެސް.. ދެޓް ވޯޒް ވޯރތް ރިޕޯޓިންގ..!” ޒިވީން ބުނެލިއެވެ. ”އިނގެޔޭ އިނގެޔޭ… މަ ވެސް ބުނިން ކުރާށޭ… އެކަމް މި ސަންތި މަރިޔަނބު ނޫޅުނު ހިލާ ރިޕޯޓް ކުރާކަށް… ސައިކޭޓްރިސްޓަކަށް ވާން ބޭނުންވާތީ މާ ހިތް ހެވީ އަވްގެ..!” އަލާން ޕިސްޕިސް ކިޔާލިއެވެ.
”ހޫމް ޒިވީ.. ދެންދޭބަލަ ކުޅެން.” ކައިޔަން ބުނެލިއެވެ. “ދޮންބެ ހީކުރީ އަހަރެމެން ކުޑަކުދިންގެ ހަވީރަށް މިއައީ ކުޅެން ކަމައްތަ..؟” ޒިވީން އެއްސެވެ. “ދެން އެހެން ކޮންކަމެއް ތިކުރަނީ…؟؟؟” ކައިޔަން ހައިރާން ވެފައި އެއްސެވެ. “މިހަމަ ވާހަކަ ދައްކާލަނީ.. ސާބަހޭ.. ފަނަރަ އަހަރުވެފައި ހުރި ދެމީހުން އަދި ވަރަށް ރީތިވާނެ ކުޑަކުދިންގެ ކައްސާ ހަރުގަނޑަށް އަރައިގެން މަޖާ ކުރީމައި..” އަލާން ކައިޔަންގެ މޮޔަކަމަށް މަލާމާތް ކޮށްލަމުން ބުނެލިއެވެ. “އޯކޭ.. ދެން ދޮންބެގަނޑުވެސް މާހާސްވެގެން ތިސިކުނޑި ގޮއްވާނުލާތި..” ޒިވީން ބުނެލިއެވެ. “އޯކޭ…” ކައިޔަން އެހެން ބުންޏެއް ކަމަކު ހުރީ ކުޑަކޮށް ހާސްވެފައެވެ. ހާސްވެ ހުރެގެން އެތަނަށް އެއްލާލާފައިވާ ލަކުޑި ކޮޅަކުން ކައިޔަންއަށް ތަޅުދަނޑިން ‘ކަރވް’ކުރަމުން ވަރަށް ރީއްޗަށް ތަޅުދަނޑިއަށް ލައްވާ ދޭތިކޮޅު ހެދުނެވެ. “މިއީ އަވްއަށާ ކައިއަށް… ކައިޔަން ހީނލިއެވެ.
“އޯކޭ..” ލިޔާން ބޮޑުވާ އިނގިލި ދައްކާލަމުން ފެށިޔަކަސް އެންމެ ރަނގަޅުކަމަށް ބުނެލިއެވެ. ވީޑިޔޯ ރަނގަޅަށް ސެޓު ކޮއްލާފައެވެ. ރަނާ ވިހަ ހިނިގަނޑެއް ޖަހާލާފައި އަވްލީންގެ ގައިގެ އެތަން މިތަނުގައި އެދަގަނޑު ބެޓުން ތަޅަންފެށިއެވެ. އަވްލީން ސަލާމަތަށް އެދި ރޮމުން ދިޔައެވެ. ދެފަރާތަށް ތެޅެ ފޮޅެން ވެސް ހަކަތައެއް ނެތެވެ. އެހާވެސް ގައިގައި ވޭން އަޅައެވެ. އެކަމަކު ރަނާގެ ކަންފަތަށް އެއަޑު ފޯރިކަމަކަށް ނުވެއެވެ. ރަނާ އަޅާލާ ކޮންމެ އެތިފަހަރަކީ އަވްލީންގެ ދުލުން ވޭނީ އާހް އާހްތަކެއް ބޭރުވާ ފަހަރުތަކެވެ.
އަވްލީންއަށް އެހެން ހަދަން ރަނާގެ މޭ ތެރޭ ހިތެއް ނެތީ ހެއްޔެވެ.؟ ކިރިޔާވެސް ހިތެއް އޮތް މީހެއް ނަމަ ހަމްދަރުދީވެގެން ވެސް ތެޅުން ހުއްޓާލާނެއެވެ. ރަނާ މާ ތަފާތެވެ. ރަނާ ގޮތެއް ނިންމައިފިނަމަ އެހެން މީހެއްގެ ޚިޔާލާއި ފިކުރަކީ ބޭނުންވާ އެއްޗެއްނޫނޭ ބުނާ ކަމީ ހަމަ ތެދެވެ. އަވްލީންގެ އެނިކަމެތި ހަށިގަނޑުގެ އެތަން މިތަން ދުޅަވެ ރަތްވެ ލޭއޮހޮރެމުން ދިޔައެވެ. ރޮއިރޮއި ގޮސް އެދެލޯ ރަތްވިއެވެ. ހަޅޭއްލަވަ ލަވާ އަޑު ކެނޑުނެވެ އެ އަނިޔާތަކުން އަވްލީން މަރުނުވެ ހުރީ ހަމަ ކިރިޔާއެވެ.
ބެޓުން ޖެހި އެންމެ ފަހު އެތިފަހަރު ރަނާ ޖެހީ އަވްލީންގެ ބޮލުގައެވެ. އެއީވެސް ނުހަނު ބާރަށެވެ. ޖެހިލެއް ބާރުކަމުން އަވްލީންގެ ހޭވެރިކަން ކެނޑިގެން ނުދިޔައީ ހަމަ ކިރިޔާއެވެ. މޫނު މައްޗަށް އަނދިރިވެ ކަރު އެލުނެވެ. އޭރުން ނިތްކުރި މަތި ފަޅައިގެން ގޮސް ލޭތައް އޮހެނީއެވެ. އެ ލޭތައް އަވްލީންގެ ކަރުނަތަކާއި އެކީގައި އެކުވެގެން ތިރިއަށް ފައިބަމުން ދިޔައެވެ. ލައިގެން ހުރި ކްރޮޕްޓޮޕާއި ހައިވެއިސްޓް ވެސް ކަޅި ވެފައިވަނީ ލެއިންނެވެ.
ރަނާ މަތީގައި ދިގު ޗޭނުފަށެއް ދަމާލަމުން ކުޑަ ގޮށެއް ޖަހާފައި ދަންމަޅިއެއް ހެދިއެވެ. އަދި އަވްލީންގެ ކަރަށް އެބައި މަހާލިއެވެ. ޗޭނުގެ އަނެއްކޮޅަށް ބާރަށް ދަމާލައިފިނަމަ އަވްލީން ދަންޖެހުމަކީ ގާތް ކަމެކެވެ.
“އަވްލީން ބޭނުމިއްޔާ މިތަނަށް އާދޭ..” ލިޔާން ވީޑިޔޯއަށް ނާރާ ފޯނާއި އަނގަ ގާތްކޮއްލާފައި ބުނެލިއެވެ. އެވަރުން ވީޑިޔޯއަށް އަޑު އަރާނެއެވެ. އޭރު އަވްލީންގެ ފުރާނަ ހުރިކަމެވެ. އެ ފަކީރަކީ ދުނިޔޭ ގައި ހުއްޓަސް މަރުވެފައިވާ މީހެކޭ ފެނުނު އެންމެންވެސް ބުނާނެއެވެ. އެވަރު ކޮށްލާފައި ވެއެވެ. ލިޔާން ފޯނު ހިފައިގެން ގޮސް ހުއްޓުނީ ކުޑަދޮރުގެ ގާތުގައެވެ. ހަލާކުވެފައިވާ ބައިން ފެނުނު މަންޒަރުން ލިޔާންގެ ތުންފަތް މައްޗަށް ވިހަ ހިނިތުންވުމެއް ވެރިވިއެވެ.
ހައިނާ ޗޮކްލެޓް އައިސްކްރީމް ގަނެލައިގެން ބޮމުން އައެވެ. “އޯވް ޔޫޝުއަލް މަތިން ހާދަ ހަދާންވެޔޭ..” ހައިނާ އައިސްކްރީމް ބޮމުން އެމީހުން ޔޫޝުއަލް ބާއްވާތަން ހުރި މަގުން އައެވެ. ހައިނާއާއި ރަނާއާއި ދެމެދު އެ ކޫސަނި މައްސަލަ ގަނޑު ޖެހުނު ފަހުން ޔޫޝުއަލްތަކަށް ވެސް ވަނީ ނިމުމެއް އައިސްފައެވެ. ޖޯލިފަތިތައް ހުރަސް ކޮއްފައި އެތާގާތު ގައި ހުރި ވީރާނާ ވެފައިވާ ކުޑަ ގެގަނޑާއި ހައިނާ އަރާ ހަމަވިއެވެ. ކުއްލިއަކަށް ހައިނާގެ ފޯނު ވައިބްރޭޓް ވިއެވެ. “ނުވަންނާނަންތަ..؟؟؟؟” ސޭވް ނުކުރާ ނަންބަރަކުން އެ ކޮށްފައިވާ މެސެޖަށް ބަލާލާފައި ހައިނާ އެއްބުމަށް އަރުވާލާފައި ވަށައިގެން ހޯދާލިއެވެ. ފިލާ މީހަކު ހުރިތޯ ބަލާލުމަށެވެ. އެކަކުވެސް ނެތްތާ ހައިނާ ހުރީ ތަނެއްގެ ގާތުގައި ކަން އެ މީހަކަށް އެނގުނީ ކިހިނެތް ހެއްޔެވެ.؟
“މިގެ އެހެންޏާ ހާދަ އަލިކޮށޭ ހުންނަނީ…” ހައިނާ ސުވާލު އުފެދުނެވެ. ކުއްލިއަކަށް އެގޭތެރޭގެ ހާލު ބަލާލާ ހިތްވިއެވެ.
އައިސްކްރީމް ތަށި ހިފައިގެން މަޑުމަޑުން ހައިނާ އެގޭ ތެރެއަށް ވަނެވެ. އޭރު އެތަނުގައި ވަނީ ފޮށި ގަނޑުތަކެއް ޖަހާ ބަންދުކޮއްފައެވެ. ހައިނާ މަޑުމަޑުން ކުރިއަށް ޖެހެމުން ދިޔަތަނާ ފޮށި ނުޖަހާ ހުރި ދިމާއެއް ފެނުނެވެ. ފެނުނު މަންޒަރުން ހައިނާ އަނބުރައި ނުގަތީ ކިރިޔާއެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.





Vv Reethi
ekam thankolheh drama bodeE
mi vaagothun vaahaka dhaa misraabeh neynge
when next
Thank you very much Sama ??
As usual this part is also very nice Yoon… Btw when next??? Curiously waiting….?????
Aw ? thank you Een ?? The nxt part will also be uploaded soon.. maybe tmrw Or Day after tmrw.. Keep on waiting dear ???
Vrhh salhi❤️
Vvv reethi mi part……. It’s very curious……Waiting 4 nxt….. Ly sisyy…. Stay safe dear
Awww ??? Thank you honey ?? Keep on waiting varah avahah up kolla dheynan ? Love you more ??? You stay safe too Kylie ?