****8 އަހަރު ފަސް**** ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އެރައިވަލް އިން ނިކުތް ޒުވާނެކެވެ. އޭނާގެ ދެލޯ އަތުގައި އޮތް ފޯނަކާއި ވަތްކެއް ނުވެއެވެ. ލޮލުގައި އަޅައިގެންހުރީ ރޭބަންގެ ކަޅުކުލައިގެ އަވި އައިނެކެވެ. މަތިމަސްހުރީ ތުނިކޮށް ކޮށާލެވިފައެވެ. ގައިގެ ހަމުގެ ކުލަ ކަޅެކޭ ނުބުނެވޭނެއެވެ. އެހާވެސް ހަމުގެ ކުލަ އައްޔެވެ. ހުއްޓިގެން ހުރިގޮތުންވެސް އެޒުވާނާ ހުރިމީހެއްގެ އިންތިޒާރުގައިކަން ބަލާލި ކޮންމެ މީހަކަށްވެސް އިނގޭނެއެވެ. “ދޮންބޭ!!” އެހެން ކިޔާ ގޮވާލި އަޑު އިވުމާއެކު އެޒުވާނާ އެނބުރި ބަލާލިއެވެ. އޭރު 5 […]
ޔާނިއު ސައިކަލުގައި ދުއްވާފައި އަންނަނިކޮށް އޭނާއަށް ބަލަހައްޓައިގެން އިން އަންހެން ކުއްޖާ ފެނުމުން އާޝޯޚްވިއެވެ. ހީވީ ހޫރު ޕަރީއެއް ކުރިމަތިން ފެނުނު ހެންނެވެ. އޭނަ ފެނުމުން އެއަންހެން ކުއްޖާ ދިން ހިނިތުންވުމުން އޭނައަށް އިތުރަށް އެއަންހެން ކުއްޖާއާ ދިމާލަށް ދާނެ ދަމާބާރަކަށް ވެގެން ދިޔައެވެ. ޔާނިއު ރަގަޅަށްވެސް އެނުދަންނަ އަންހެން ކުއްޖާގެ ޖާދޫގައި ޖެހިއްޖެއެވެ. ސައިކަލް ޕާކު ކުރާޒޯނުގައި ބަހަށްޓާފައި ޔާނިއު އައިސް ނަވްލާ އިށީދެގެން ހުރި ތަނުން އެއްތަން ދޫކޮށްފައި އިށީނެވެ. އަދި ނަވްލާއާ ވާހަކަ […]
ޒަަަޔާ އޯލެވެލް އަށްްްފަހު, އޭލެވެލް ހެދުމަށް މާލެ ބަދަލުވެއެވެ. ޒަޔާ އާއި އެކީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ޒިވްްްްޔަން ވެސް އޭލެވެލް ހެދުމަށްްް މާލެ ބަދަލުވެއެވެ. ދުވަސްތަކަކަށްުޕަހު, އީތަން ނަމަކަށް ކިޔާ ކުއްޖަކު ސުކޫލަށް އާދެއެވެ. އީތަން އަށް ޒަޔާާ ފެނުނު އެންމެ ފުރަތަމަ ދުވަހުވެސް ,,, އީތަންގެ ހިތް ޒަޔާ އަށް ދެވުނެވެ. ޒިވްޔަން އާއި ޒަޔާ އަކީ އެންމެ ގާތް ރަޙްމަތްތެރިންނަށް ވެފައި, ޒަަަޔާ އަށް ނޭނގުނު ކަމަކީ ޒިވްޔަން ވެސް ޒަޔާ […]
ރިސެޕްޝަން ތެރެއިންލައިފައި އަހަރެން މިސްރާބުޖެހީ ލިފްޓަށް އަރަންދިއުމަށެވެ. ރިސެޕްޝަންގައި ލައިފައި ހުރި މަޑު އަޅިކުލައާއި އެލުވައިފައި ހުރި “އެއަރ ޕްލާންޓު”ތަކުން އެތަނުގެ ހިތްގައިމުކަން އިތުރުވެގެންދެއެވެ. އަދި އެތާ ބަހައްޓައިފައި ހުރި ޒަމާނީ ފަރުނީޗަރުތަކުން އެތަން އިތުރަށް ފުރިހަމަކުރުވައެވެ. ލިފްޓަށް އަރައިފައި އަހަރެން ދާންވީ މަންޒިލުގެ ނަމްބަރަށް އޮބާލީމެވެ. ފަސްވަނަ ފަންގިފިލާއަށް ލިފްޓު ހުޅުވުމުން އަހަންނަށް ފެނިގެންދިޔައީ އުފާވެރި މާހައުލެކެވެ. މަޑުހިނގުމެއްގައި ހިނގަމުންދިޔައިރު އަހަންނަށް ފާހަގަވީ މުއައްޒަފުންގެ އެކުވެރިކަމެވެ. އެމީހުންގެ މޫނުމަތިންފެންނަ ހިނިތުންވުމެވެ. ބިއްލޫރި ދޮރު އެތެރެއަށް […]
* ހައިނާ ޗޮކްލެޓް އައިސްކްރީމް ގަނެލައިގެން ކަމުން އައެވެ. “އޯވް ޔޫޝުއަލްގެ މަތިން ހާދަ ހަނދާން ވެޔޭ..” ހައިނާ އައިސްކްރީމް ބޮމުން އެމީހުން ޔޫޝުއަލް ބާއްވާތަން ހުރި މަގުން އައެވެ. ޖޯލިފަތިތައް ހުރަސް ކޮއްފައި އެތާ ގާތުގައިވާ ވީރާނާ ވެފައިވާ ކުޑަ ގެގަނޑާއި އަރާހަމަވިއެވެ. “މިގެ އެހެންޏާ ހާދަ އަލިކޮށޭ ހުންނަނީ..؟” ހައިނާ ސުވާލު އުފެދުނެވެ. އެގޭތެރޭގެ ހާލު ބަލާލާ ހިތްވިއެވެ. އައިސްކްރީމް ތަށި ހިފައިގެން މަޑުމަޑުން ހައިނާ އެގޭތެރެއަށް ވަނެވެ. އޭރު އެތަނުގައި ވަނީ […]
17 މާރޗް 2014 އެރޭވެސް ރޭވި ގޮތާއި އެއްގޮތަކަށް ނުދިޔަ ނަމަވެސް އަހަރެމެންނަށް އުޝާއާއި އުޝާގެ މައިންބަފައިންގެ ސިއްރު ފަރާތެއް ވާކަން ޔަގީނާއި ހަމައަށް އެނގުނެވެ. އެރޭ އުޝާ އޭނާގެ ބައްޕަގެ ރިސޯޓަށް ދަތުރު ގޮއްސަ ގެއަށް ދިޔައީ ނަޝްވާ މެންގެ ގެއަށް ގޮސް އެކަންޏެވެ. އަނދިރި ގޯޅިއަކުން ލާފައި އެއްވެސް ބިރެއް ނެތި އޭނާ ދަނިކޮށް އަހަރެމެންގެ ގޭންގުން ދެ މީހުން އުޝާއަށް ފޮށި އޭނާ ގަދަކަމުން އެތާ ހުރި ހަދަން ފަށާފައި ހުރި […]
ކަނޑުގެ ލޮނުގަނޑު ކަފަމުން ރަށުގެ ފަޅުތެރެއަށް ވަތް ލޯންޗް ފެނި ފަވާޝަތު ގާތަށް ހިނި އަންނަ ގޮތްވިއެވެ. “ހަހަހަ. މިތަ ނޫމާން އަހަންނަށް ދޭން އޮތް ބޮޑު ސަރޕްރައިޒަކީ؟ އަހަންނަށް އަލަކަށް ނޫނޭ ލޯންޗެއް މި ފެނުނީ.” ފަވާޝަތު ހީކުރީ ނޫމާން އޭނާ ގޮވައިގެން ބަނދަރަށް އައީ އެ ބޮޑު ލޯންޗު ދައްކަން ކަމަށެވެ. އެހެންނަމަވެސް ފަވާޝަތަށް އެވަގުތު ނޭނގުނު ކަމަކީ އެ ލޯންޗު ތެރޭ އޭނާ ޙައިރާންކުރުވާނެފަދަ ސަރޕްރައިޒެއް އިންނާނެ ކަމެވެ. ފަވާޝަތު ހެމުން ދިޔައިރު […]
ނިއަލް އާއި ލާޝާ އަށް ގެއަށް އާދެވުނު އިރު ހުރީ އެގާރަ ޖަހަން ކައިރިވެފައެވެ. ނިއަލް ކާރު ޕާކު ކޮށްފައި އައިސް ލާޝާގެ އަތުގައި ހިފައިގެން ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. ގޭތެރެއަށް ވަދެ ވުމާއެކު ސިިޓިންރޫމުގައި އިން ނިޔާޝާ އާއި ނާއިމް އެ ދެމީހުންނަށް ފެނުނެވެ. އެހެންކަމުން ކޮޓަރިއަށް ދިއުމުގެ ބަދަލުގައި ލާޝާ އާއި ނިއަލް ގޮސް އިށީނީ ނިޔާޝާމެން ކައިރީގައި، ސޯފާގައެވެ. އެ ހަތަރު މީހުން އެކިއެކި ވާހަކަތައް ދައްކަން ވަރަށް ގިނައިރު ވަންދެން އެ […]
އަހަރެން ރާއިންއަށް އަނެއްކާވެސް ފާރަލާން ފެށީމެވެ. ނަޝްވާގެ ކިބައިން ބަދަލު ހިފަން އޭނާ ނަޝްވާމެން ގެއަށް ވަދެ މިއުވާން ނޫޅޭތޯ ޔަގީން ކޮށްފައި އެގޭންގުގެ އިތުރު ދެމީހަކާއެކު ނަޝްވާގެ ކޮޓަރިއަށް ވަތް އިރު އަހަރެން ހުރީ ނަޝްވާގެ ކޮޓަރީގެ ކުޑަދޮރު ކައިރީގައި އެމީހުން ކުރާ ކަންތައް ބަލާށެވެ. އެމީހުން ނަޝްވާގެ ގަޔަށް އަރަން އުޅުމުން އަހަރެން ފުރަތަމަ އުޅުނީ އެމީހުން ކުރާ ކަންތަކުގެ ވީޑިއޯ ކޮށްފައި މާދަމާ ހެނދުނު މިއުވާންއަށް ފޮނުވާށެވެ. ނަމަވެސް ނަޝްވާއަށް އެހާލު ޖައްސާކަށް […]