Skip to content
އެސްފިޔަ

ފުރަ މެންދަން ޓްރެއިލަރ

 

ކައިން އަކީ އަށާރަ އަހަރުގެ އަންހެން ކުއްޖެކެވެ. އުނަގަނޑާއި ހަމައަށް އަންނަވަރުގެ ރާޅުބާނި އިސްތަށިގަނޑަކާއި ރީތި މޫނެއްގެ ވެރި އަންހެން ކުއްޖެކެވެ. ފެށުނީއްސުރެ ކައިން ބަލަމުން އަންނަނީ ކައިންގެ ބޮޑުދައިތަ ކާއިނާތުއެވެ. އެކާވީސް އަހަރު ވެފައި ހުރި ކައިރާ އަކީ ކައިންގެ ހުރި ހަމައެކަނި ދައްތައެވެ.

މޫދަށް ދިޔުމަކީ ކައިން ކުޑައިރުއްސުރެ ބޭނުންވާ ކަމެކެވެ. ނަމަވެސް ކާއިނާތު އެކަމާއި ދެކޮޅު ހަދައެވެ. އޭގެ ސަބަބެއް ކާއިނާތު ދުވަހަކުވެސް ނުބުނެއެވެ. ނަމަވެސް ކާއިނާތުއަށް އަންގާ ނުލާ ކައިން ގޮނޑުދޮށަށް ދެއެވެ. ކައިން އަކީ ހުނަރުވެރި ކުރެހުންތެރިއެކެވެ. އަބަދުވެސް މޫދާއި ގުޅިގެން ކައިން ދެކެމުން އައި ހުވަފެންތައް ކައިން ބުނެދެނީ ފެންކުލައިގެ ޒަރިއްޔާއިންނެވެ. ނަމަވެސް އެއްރެއަކު ކައިންއަށް އާދަޔާޚިލާފު ހާދިސާއެއް ކުރިމަތިވެގެން ދެއެވެ. ނަމަވެސް ކައިން ބިރެއް ނުގަނެއެވެ. އެވީ ކިހިނެތްތޯ ބަލަން ކައިން ޝައުގުވެރިވެއެވެ.

ކައިންގެ އެންމެގާތް އެކުވެރިޔާ ރައިނާގެ ގެއިން ކައިން އާއި ޝަވާން ދިމާވެއެވެ. ފުރަތަމަ ނަޒަރުންވެސް އެ ދެމީހުންގެ މެދުގައި އުފެދެނީ ކޮޅެއްނެތް ރުޅިވެރިކަމެވެ. ނަފްރަތުގެ ބަސްތަކާއި ކޯޅުމަކީ އެދެމީހުންގެ އާދައަކަށް ވެދެއެވެ.

އޭގެފަހުން އައި ހާދިސާތަކަކަށް ފަހު ކައިންއަށް ރީތި ހަދިޔާއެއް ލިބެއެވެ. އޭގެ ހަގީގަތް ހޯދަމުން ދަނިކޮށް ކައިން އާއި ޔާޒަލް ބައްދަލުވެގެން ދަނީ ހީވެސް ނުކުރާ ގޮތަކަށެވެ. ފުރަތަމަ ފެނިލުމުންވެސް ޔާޒަލް ކައިންއާއި ދޭތެރޭ ބަހައްޓަނީ އެކުވެރިކަމަކަށް ވުރެ ގާތް ގުޅުމެކެވެ. ކައިންއަށް ސަބަބެއް ނޭނގެއެވެ. ނަމަވެސް ކައިން އެ ސަބަބު އެނގެން ބޭނުންވެއެވެ.

ޔާޒަލްގެ ބައްޕަ ޔަލްޒާން އަކީ މަކަރުވެރިކަމުގެ ”ސިނޮނިމް” އެކެވެ. ޔަލްޒާން ކައިންގެ ކިބައިން ބަދަލު ހިފަން ބޭނުންވެއެވެ. ޔަލްޒާން އޭނަގެ ހަގު ދަރިފުޅު ޔައުހަލްގެ ކިބައިން އެހީތެރިކަމަށް އެދެއެވެ.

ނަމަވެސް ޔައުހަލްގެ ހިތް ބަދަލުވެއެވެ. ކާއިނާތުވެސް ބަދަލުވެއެވެ. ޝަވާންގެ މަންމައަކީ ކައިން ހީވެސް ނުކުރާފަދަ ގާތް އަންހެނެކެވެ. ކުޑައިރުއްސުރެ ކައިންއަށް ކާއިނާތު ބުނެދެމުން އައީ ކައިންގެ މައިންބަފައިން މަރުވީ ކާރު އެކްސިޑެންޓެއްގައި ކަމަށެވެ. ނަމަވެސް އެއީ ތެދު ނޫންކަން ސާބިތު ވުމާއެކީ ކައިން ޝަވާންގެ އެހީތެރިކަމަށް އަތް ދިއްކޮއްލައެވެ. ކައިންގެ އާއިލާ މީހުންވެސް އެނބުރި އަންނަނީ ރަނގަޅު ގަޑިއެއް ގައެއްނޫނެެވެ. ކާމިލް، ދައުހާ އަދި އެމީހުންގެ ކުދިންގެ އިތުރުން ކައިލްގެ އެނބުރި އައުން ވެގެން ދަނީ އެ ހައިޖާނުގަނޑަށް އިތުރުވި ބޮޅަކަށެވެ. ކައިންގެ ކުޑަބެ ކައިލް ވެގެން ދަނީ ކައިން ހީކުރި ފަދަ މީހަކަށެއް ނޫނެވެ.

ކައިންގެ މަންމަ ކައިލިންގެ މަރުގެ ސިއްރު އެނގިގެން ދަނީ ހިތާމައިގެ ފުން ކަނޑަކަށް ކައިން ގަންބާލަފައެވެ. އެހުރިހާ އެއްޗެއް އެނގޭ ދުވަހު އެންމެ ލޯބިވި ދޮންތަވެސް ވެގެން ދަނީ އެންމެ ނުބައި ހަތުރަކަށެވެ. ފަރުދާގެ އަނެއް ފަރާތުގައި ފޮރުވިފައިވާ މާޒީ ފާޅުވެގެން ގޮސް ކާއިނާތުގެ އަސްލު ސޫރަ ފާޅުވެގެން ދެއެވެ. ބާރަ އަހަރު ވަންދެން ފޮރުވި ވަޅުލެވިފައިވާ ސިއްރުތައް އަނބުރާ ތިލަވަނީ އެންމެން ނުހަނު ބޮޑު ސިހުމަކަށް ގެންދަމުންނެވެ.

ކައިންއަށް ކައިލިންގެ މަރުގެ ސިއްރު ހޯދޭނެ ބާވައެވެ.؟ ޝަވާންގެ ހިތް ކައިންއަށް ހެޔޮވާނެ ބާވައެވެ.؟ ކައިންއަށް ޝަވާންއާއި ދޭތެރޭ އެހެން ނަޒަރަކުން ދެކެވެން ފަށާނެބާވައެވެ.؟ ކައިލްއަކީ ކާކު ބާވައެވެ.؟ ޔަލްޒާން ކައިންގެ ކިބައިން ބަދަލު ހިފަން ބޭނުންވަނީ ކީއްވެގެން ބާވައެވެ .؟ ކާއިނާތު ކައިން މޫދަށް ނުފޮނުވަން އެ މަސައްކަތް ކުރަނީ ކީއްވެބާވައެވެ.؟ ޔައުހަލް ބަދަލުވީ ކީއްވެ ބާވައެވެ.؟ ކާއިނާތުގެ އަސްލަކީ ކޮބައިބާވައެވެ.؟ ކައިންއަށް ދިމާވާ ހާދިސާ ތަކުގެ އަސްލަކީ ކޮބާ ބާވައެވެ.؟ ޔާޒަލް ކައިންއާއި ދޭތެރޭ މާ ގާތްކަން ބަހައްޓަނީ ބަދަލު ހިފަންބާވައެވެ.؟ ބާރަ އަހަރު ވަންދެން ފޮރުވިފައިވާ ސިއްރަކީ ކޮބައިބާވައެވެ.؟ އެ ސިއްރުތައް ފަޅާއެރުމުން އެންމެންގެ ދިރިއުޅުން ބަދަލުވެގެން ދަނީ ކީއްވެބާވައެވެ.؟ ކައިން ޚިޔާރު ކުރާނީ ޔާޒަލް ބާވައެވެ.؟ ނުވަަތަ ޝަވާން ބާވައެވެ.؟

ނޯޓް : މީ ނީޝް މި ސައިޓަށް ލިޔާ ފުރަތަމަ ވާހަކައެވެ. ނީޝްގެ އެންމެ ބޮޑު އެހީތެރިކަމެއް ދިނީ
”އެ ކުއްޖާ” ވާހަކައިގެ ރައިޓަރ ޔޫން ކަމަށްވާތީ މި ފުރުސަތުގައި ނީޝް ޔޫންއަށް ވަރަށް ޚާއްސަކޮށް ޝުކުރު އަދާ ކުރަމެވެ. ( ލަވް ޔޫ ވެރީ މަޗް ސިސް ?? ) އަދި އިތުރަށް ނީޝްގެ ދެވަަނަ ހިތްވަރަކީ ޒެލް ( އިބްރާހިމް ޒިހުނީ )އެވެ. ”ވެވުނީ ލޯތްބޭ ޔާރު ހުވާ” އަދި “ބަޑި” ވާހަކައަކީ ޒެލްގެ ވާހަކަތަކުން ނީޝްއަށް އެންމެ ކަމުދާ ދެ ވާހަކައެވެ. ޒެލްގެ ވާހަކަތަކަކީ ނީޝްއަށް ހިތްވަރު ލިބުނު އެއް ސަބަބެވެ. ޔޫން ދިން ހިތްހެޔޮ ހިތްވަރުގެ ބަސް ތަކާއި ޒެލްގެ ވާހަކަތަކުން ނީޝްއަށް ލިބުނު ބޮޑު އިންސްޕިރޭޝަންގެ ސަބަބުން ނީޝް އިރާދަކުރެއްވިއްޔާ މި ވާހަކަ ކާމިޔާބުކަމާއެކީ ނިންމާނަމެވެ.

ނީޝް ކުޑަވީމަ މި ވާހަކަ އެހާ ރީތި ނުވެދާނެއެވެ. ނީޗް މިވާހަކަ އެހާ 18+ އެއް ނުކުރާނަމެވެ. އެކަމަކު ހުރިހާ ކިޔުންތެރިންގެ ސަޕޯޓަކީ ނީޝް އުފަލާއި އެކީ ބަލައިގަންނާނެ އެއްޗެކެވެ. ނީޝް އުންމީދު ކުރަނީ ވީހާވެސް ގިނަ ސަޕޯޓަރުން ލިބުމެވެ. ނީޝްއަކީ ހިތުގެ ބަލި ހުންނަ ކުއްޖަކަށް ވާތީ ނެގެޓިވް ކޮމެންޓްސް ދިނަސް އެހާ އެހާ ނުބައި އެއްޗެހި ކިޔާފައި ކޮމެންޓް ނުދެއްވުން އެދެމެވެ. ނީޝްގެ ލައިފް މިޝަން އަކީ ސައިޓެއްގައި ވާހަކައެއް ލިޔުން ކަމަށްވާތީ މި މިޝަން ކާމިޔާބުވާނެ ކަމަށް އުންމީދު ކުރަމެވެ. އަދި ނީޝްގެ ބަލިހާލަތު މާ ސީރިއަސް ވެއްޖެ ނަމަ ފަހަރެއްގައި އަޕް ނުކުރެވިދާނެކަމަށް ހިތާމައާއެކީ ބުނެލަމެވެ. މި ވާހަކަ ކިޔުންތެރިންނަށް ކަމުދިޔަ ނަމަ ލަވްރިއޭކްޓެއް ކޮށްލުން އެދެމެެވެ . އަދި އިމްޕްރޫވް ކުރަންވީ ބައިތައް ކިޔާދީފައި ކޮމެންޓެއް ކޮށްލުން އެދެމެވެ. ޔޫން ތި ހުރިހާ ކިޔުންތެރިންދެކެ ވަރަށް ބޮޑަށް ލޯބިވެއެވެ. ތިއީ އަބަދުގެ އަބަދަށްވެސް ނީޝްގެ ހިތްވަރެވެ.

ދެން އޮތް ބަޔަށް ހުރިހާ ރީޑަރސްވެސް އިންތިޒާރު ކޮށްލާނެ ކަމަށް ނީޝް އުންމީދު ކުރަމެވެ. ޓްރެއިލަރ އަޕްވިހާ އަވަހަކަށް ނީޝް 1 ވަނަ ބައި އަޕް ކޮށްލަދޭނަމެވެ. ވީވަރަކުން ކޮންމެ ދުވަހަކުވެސް އަޕް ކޮށްލަދޭނަމެވެ. އިންތިޒާރު ކުރާނެކަމަށް އުންމީދު ކުރަމެވެ.

.. ނުނިމޭ ..

Comments (11)

  1. Sindbad

    Reethi vaanehen heevany… Ekam keevetha korea aa hisaabu firihenun(anhenun) cover ah lany haadhah hadi ey heevany hus anhenun thibeyhen… Cover badhalu kuraane kamah ummeedhu kuran… Thankolheh reethi meeheh laaba thunbulhi eh vess hunna… Kuda kudhin lyma kamku nudhaaneyey

    1. NeeshXrX
      Sindbad

      Thank u dear Sindbad ? Neesh mee korean series ge V bodu fan eh… Ehenve E pic thah choose kuree. Yoon Neesh ah profile edit koh dhinee ?? I hope u continue reading although u do not like the cover ?☺ Stay safe ??

  2. Livy

    Trailer varah varah reethi ❣️❣️??✨✨
    Maa sha Allah ???????????
    Waiting for the first part ✨✨✨✨✨✨✨

    1. NeeshXrX
      Livy

      Thank u ?? thank u so much Livy ? Keep on waiting ?? I will upload part 1 very soon
      ?? stay safe Livy dear

  3. Saeedha Mohamed

    Vaahaka vvv reethiadhi ehaame furihama

    1. NeeshXrX
      Saeedha Mohamed

      Aww thank u very much Saeedha Mohamed.. ? That was very sweet and kind of you ?? I loved ur comment and Hope u are waiting for part 1.. stay safe Love ???

  4. ?Ril?

    Oh a new story. Varah sali habeys. Masha Allah. An love u too❤❤ waiting for the next part.

  5. yoon

    Your very welcome Neesh.. Remember ingey.. Don’t over think anything. Just write write write.. and I love the start.. Neesh dhooni keep up the brillient work.. I’ll Always be with you.. I think this story is going to be very amazing.. trailer v. mysterious 🙂 varah gina kan kan foruvifa eba hurihen heevey.. 🙂 I will keep reading this story dear don’t worry.. I love you very much too dear 🙂 🙂 sorry I cant put any emoji cux this is the lap ingey.. Negetive comments aa dheytherey ehaa bodah nuvisnaathi.. everything is gonna be alright insha allah 🙂 🙂 Lyvm dear 🙂

    = from Auther Yoon, To Auther NeeshXrX 🙂 🙂 🙂

  6. Zeny

    V reethi trailer eh Masha Allah..??? loved it! ❤️❤️❤️❤️❤️❤️❤️❤️ BTW, Kon dhuvasthakehga story up kohdheynee? Waiting 4 part 1… ?

    1. NeeshXrX
      Zeny

      Alhe thank u so much Zeny ??? Neesh bali nooniyya will try to upload komme dhuvahaku vs ingey ?? Love you and thank u again ???

  7. Lily

    Vrh Reethi adhi neesh heyo haalathuga hunnaane kamah ummeedhu kuran insha allah eyrun neesh ge story kiyaa leveynee vx vrh Reethi mi bai Heevany vrh Reethi vaane hen ? I really like to read horror stories..

Comments are closed.