Skip to content
އެސްފިޔަ

އަންޖަލް (3)

“މަންމާ..” ގަތްބިރުން އަންޖަލް ވެއްޓުނެވެ. އަދި ފަހަތަށް އެބުރި ޖައިޝްއަށް ބަލާލިއެވެ. މިފަހަރު އެއަށްވުރެ ބާރަށް އަންޖަލް އަށް ހަޅެއްލަވައިގަނެވުނެވެ. ޖައިޝްގެ ސިފަ އަންޖަލްއަށް ފެނުނު މީ ފުރަތަމަ ފަހަރެވެ. ބޯދިގުކޮށްފައި ހުރި އިރު މޫނު ވަނީ ފޮރުވިފައެވެ. ހަމައެކަނި ޖައިޝްގެ މޫނުން ފެންނަން ހުރީ ދެލޮލާއި ނޭފަތެވެ. ތުބުޅިއާއި މަތިމަސް ދިގު ކޮށްފައި ވުމުން މީހާގެ ރީތިކަން ގެއްލި ހީވަނީ “ބެއާ” އެއް ހެނެވެ. އަންޖަލް އަވަސް އަވަހަށް ކަކުލުގައި އަތް އަޅައިގެން ކޮރު ޖަހަމުން ހިގައިގަތީ ބަންގި ގޮވާ އަޑު އިވުމުންނެވެ. މިތަން ފެނުމުން ޖައިޝް ހިފަހައްޓައިގެން ހުރި ހިނިގަޑު ފަޅައިގެން ދިޔައެވެ. އަންޖަލްއަށް  ޖައިޝް ހެމުން ދިޔައީ އޭނާއަށް މަލާމާތްކޮށްފައިކަން އެގުމުން ވީ ފޫސެއް ބުނާކަށްވެސް ނޭގުނެވެ. ކޮޓަރިއަށް ވަދެ ފެންތައްޓަކުން ރޯދަ ވީއްލުމަށްފަހު ނަމާދަށް ދިއުމުގެ ކުރިން އަންޖަލް ބެލްކަނިން ބޯ ދިއްކޮށްލިއެވެ. އޭރު ޖައިޝް ކަދުރު އޮށަކުން ރޯދަ ވީއްލުމަށްފަހު ތަށިބަރީގެ މަތި ޖަހާލިއެވެ. މި މަންޒަރު ފެނުމުން އަންޖަލް ކުޑަކޮށް ދެރަވިއެވެ. އޭނާ ހީކުރީ އޭނާގެ ސަބަބުން ޖައިޝް އެއްޗެއް ނުކެއީ ކަމަށެވެ.  ގޭގެ ހުރިހާ އަންހެން ވެރިން ނަމާދު ކޮށްލުމަށްފަހު ކެއުމަށް އައިސް މޭޒު ދޮށަށް އެރިއެވެ. މޭޒު މަތީގައި ފާޑު ފާޑުގެ ކާއެއްޗެހި ހުއްޓެވެ. މީ އަންޖަލް މިގޭގައި ހޭދަކުރާ ފުރަތަމަ ރޯދަމަސްކަމުން މޭޒުމަތި ފެނިފައި އަނގަހުޅުވައިން އަންޖަލްއަށް އިދެވުނެވެ. ޝަންމައައިސް އަންޖަލް ގައިގާ ކޮށްޓާލުމުން އަންޖަލް އަގަލައްޕާލުމަށްފަހު ހިނިތުންވުމެއް ޝަންމައަށް އެރުވިއެވެ. މި މަންޒަރު ބަލަން ހުރި ޖުނާންއަށް އަންޖަލްގެ ކޮންމެ ހަރަކާތެއްވެސް ވަރަށް ކަމުދިޔައެވެ.

” އާނ… ޝަންމަ.. ޖައިޝް އެއްވެސް އެއްޗެއް ނުކައި ހަމަ އެކަނި ކަދުރު ކައިފަ ގޮސް އެތެރެއަށް ވަދެއްޖެ..” މި ދެއްކެނީ ކިހާ ބޮޑު ވާހަކައެއްކަން ވަޒަން ނުކުރެވޭ އަންޖަލް ހިޔާލެއް ފިކުރެއް ނެތި ޝަންމަ ކައިރީ ބުނެލިއެވެ. އެގަޑީ އާތިކާ ކާން އިން ސަބްމެރިން ތައްޓަށް ލުމަށްފަހު އެތަނުން ތެދުވެގެން ހިގައިގަތެވެ. އަންޖަލް ވީ ގޮތެއް ނޭގިގެން ސުވާލުން ފުރިގެންވާ ނަޒަރަކުން ޝަންމައަށް ބަލާލިއެވެ.

” އަންޖޫ… އާތި މަންމަ ހުންނަ އިރު ޖައިޝްގެ ވާހަކަ ނުދައްކައްޗޭ… ހާއްސަކޮށް ކާން ހުންނައިރު..” ޝަންމަ ވައި އަޑަކުން ބުނެލިއެވެ. އަންޖަލްއަށް އަދިވެސް ވީގޮތެއް ނޭގުނެވެ. ކައިނިމުމުން ޝަންމަ އަންޖަލްގެ އަތުގައި ހިފައިގެން ގޮސް އަންޖަލްގެ ކޮޓަރިއަށް ވަދެ ބެލްކަންޏަށް ނުކުތެވެ. އަދި އަންޖަލްއަށް އެގޮތަށް އާތިކާ އިންނައިރު ވާހަކަ ނުދައްކަން ބުނެލިއެވެ.

” އެއީ.. އެއީ ވެސް އާތިކާގެ ދަރިއެއްނުން.” އަންޖަލް ހައިރާންވެފައި އަހާލިއެވެ.

“ހުމްމް.. އެކަމް އާތި މަންމަ ވަރަށް ރުޅިއަންނާނެ ޖައިޝްދެކެ.. ނޭގެ ޖައިޝްގެ ސަބަބުންނޯ ބައްޕަ ޖުނާން މަންމައާ އިނީ.. އާތި މަންމަ ބައްޕަދެކެ ވަރަށް ލޯބިވާނެ.. ދެން ބައްޕަ އެހެން މީހަކާ އިނުމުންއެރުޅި އަންނަނީ ޖައިޝް ދެކެ.. އަހަރެންވެސް އަޑު އެހީ މިގޭ ގެންގުޅޭ މީހުން ކިޔާ އަޑު.. ” އަންޖަލްއަށް ހަގީގަތް ކިޔާދެން ޝަންމަ އަށް މަޖުބޫރުވިއެވެ.

” އެކަމު ތީގަ ކޮބާ ޖައިޝްގެ ކުށަކީ.. އެދަޑިވަޅުގަ ޖައިޝް ވިހެއުންތަ..” އަންޖަލް ހިތުގައި ޖައިޝްއަށް ހަމްދަރުދީ އުފެދެން ފެށުނެވެ. ޖައިޝްގެ އެއްވެސް ކުށެއް ނެތި ޖައިޝްދެކެ އަތިކާ ރުޅިއަންނާތީ އަންޖަލް އެކަމާ ދެރަވިއެވެ. މަންމަގެ ލޯބިން ޖައިޝް ވަނީ ވޭތުވެދިޔަ 25 އަހަރު މަހުރޫމްވެފައެވެ.

” ޖައިޝް ކިހާ އެކަނި ވާނެ… އެއްވެސް މީހަކު އޭނައާ އަގައިން ނުބުނޭނުން. ކީއްވެ ޝަންމަ އާއި ޖުނާން ވާހަކަ ނުދައްކަނީ..” އަންޖަލް ބޮޑަށް ނުރުހުންވީ އެކަކުވެސް ޖައިޝްއަށް އަޅާ ނުލާތީއެވެ.

” އަންޖޫ.. ދެން ހުއްޓާލާ… އަހަރެންވެސް ޖައިޝްއާ ވާހަކަ ދައްކަން ބޭނުން އެކަމް ޖައިޝް ބޭރަށް ނުކުމެ ނަހަދާ ދެން ކިހިނެއް ވާހަކަ ދައްކާނީ… އަންޖޫ މާ ބޮޑަށް އެކަމާ ނުވިސްނާ.. ރަގަޅުވާނީ ޖައިޝްއާ އަންޖޫވެސް ވާހަކަ ނުދެއްކިއްޔާ..” ޝަންމަ ބުނެލީ އެއީ އެންމެ ރަގަޅު ގޮތްކަމަށް ފެންނާތީއެވެ.

” އަހަރެން މީ މިގޭ މީހުންނެއްނުން… އަހަންނަށް ގޯހީ މިގޭ މީހުން… ޖައިޝް އެހެން އުޅެން ޖެހުނީވެސް މިގޭމީހުންގެ ސަބަބުން… ހީ ނީޑްސް ލަވް ޝަންމާ… އަހަރެން ހައިރާންވޭ އެކަކުވެސް ޖައިޝް އާ ވަހަކަ ދައްކަން ޓްރައިވެސް ނުކުރާތީ.. ” އަންޖަލް އާއި ޝަންމަ ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން ޖައިޝް އަދިރީތެރޭގައި ހުރިކަން އެމީހުންނަކަށް ނޭގެއެވެ. ޖުނާން ޝަންމަ މާލަސް ވުމުން އަންޖަލް ކޮޓަރިއަށް އައިސް ވަނެވެ. އޭރު އަންޖަލް އާ ޝަންމަ ދައްކަމުން ދިޔަ ވާހަކަ ހުއްޓާލިއެވެ. އަންޖަލް ހިގައިގަތީ ޖައިޝްއަށް ގެންދިޔަ ތަށިބަރިތައް ނެގުމަށް ޖައިޝްގެ ކޮޓަރިއާ ވީ ފަޅީގައި ހުރި މޭޒު ދޮށަށެވެ. ތަށިބަރި ހިފައިން އެބުރުނު ތަނާ ޖައިޝް އަންޖަލް އަށް ފެނުނެވެ. އަންޖަލްއަށް ހީވީ ބިރުވެރި ހަންޑިއެއް ފެނުނުހެންނެވެ.

” ކޮންމެ ފަހަރަކު އަހަރެން ބިރު ގަންނަވަނީ.. އަހަރެން ކީއްތަ ކުރީ..” އަންޖަލް ދެލޯ ފޮހެމުން ފޮހެމުން އައިސް ޝަންމަ ކައިރީ މަޑުކޮށްލިއެވެ. އެތާ ޖައިޝް ހުރިކަން ޝަންމައަށް އެގުމުން އަވަސް އަވަހަށް އަންޖަލް ގޮވައިން ތިރިއަށް ދިޔައެވެ.

” ދޮންބޭ… ތިހެން ހުރީމަ ނޭގޭތަ އަންޖަލް ބިރުގަންނާނެކަން… އަންޖަލް އާ ތިގޮތަށް ދިމާ ނުކުރިއްޔާ އަހަންނަށް ރަގަޅީ..” ޝަންމަމެން ދިއުމުން ޖުނާން ޖައިޝް ކައިރިއަށް ގޮސް ބުނެލިއެވެ.

” ޖުނާންއަށް ކޮންކަމެއް އަހަރެން ކޮންމެ ކަމެއް ކުރިއަސް.. ކިހިނެއްވީ އަނބިމީހާގެ ކޮއްކޮއެއް ވީމަތަ… ނޫނީ ޖުނާން އޭނައާ އަޅައިގަތީތަ..” ޖައިޝް ޖެއްސުން ފާޑަކަށް ބުނެލިއެވެ. ޖުނާން ރުޅިއައިސްގެން އަތް މުއްކަވާލިއެވެ. ޖައިޝްއާ ވާހަކަ ދައްކައިން ވާނެ މޮޅެއް ނޯންނާނެކަން ޖުނާންއަށް އެގެއެވެ. އަޅާނުލާ އެތަނުން ޖުނާން ދިޔައެވެ. ޖައިޝްއަށް މަޑު މަޑުން އަންޖަލްއާ ދޭތެރޭ ވިސްނެން ފެށުނެވެ. އަންޖަލް އޭނަގެ އިހުސާސްތައް އެގޭކަހަލައޭ ހީވާންފެށިއެވެ.

***

ރޯދަމަސް ފާއިތުވެގެން ދިޔައީ ނޭގޭހާވެސް އަވަހަށެވެ. ކޮންމެ ދުވަހަކުވެސް ޖައިޝްއަށް ތަށިބަރި ގެންދަނީ އަންޖަލްއެވެ. މިހާރު ޖައިޝް ފެނުނަސް އަންޖަލް ބިރެއް ނުގަނެއެވެ. މިއަދަކީ ރޯދަމަހުގެ އެންމެ ފަހު ދުވަހެވެ. އާދައިގެ މަތިން ތަށިބަރި ހިފައިން އަންޖަލް ބެލްކަންޏަށް ދިޔައިރު ޖައިޝް ބޭރަށް ނުކުމެ ހުއްޓެވެ. ޖައިޝް ފެނުމާއެކު ކައިރީގައި ހުރި ފިހިގަޑު އަތަށް ނަގާ ޖައިޝާ ދިމާލަށް އަންޖަލް ދިއްކޮށްލިއެވެ.

” ކާކު… މިތާ ކީއްކުރަނީ؟ ކިހިނެއް މިގެއަށް ވަނީ؟” އަންޖަލް ދަޑިބުރި ދިއްކުރަމުން ކުރަމުން ބުނެލިއެވެ. ޖައިޝް ބަލާލިގޮތުން އަންޖަލްއަށް އެއީ ޖައިޝްކަން އެގުނެވެ. ކުރިން ޖައިޝްގެ މޫނު އެއްކޮށް ނިވާ ކޮށްފައި އޮތް އިސްތަށިގަޑު ވަނީ ރީތިކޮށް ކޮށާފައި ބްރައުން ކުލަ ޖައްސާލާފައެވެ. ކުރިން ހުރި ތުބުޅިއާއި މަތިމަސް އެއްކޮށް ބާލާފައި ހުރުމުން މީހާގެ ރީތި ކަން އިތުރަށް ފުރިހަމަ ވެގެން ދިޔައެވެ. އަންޖަލްއަށް ކަޅިވެސް ޖަހާނުލާ ޖައިޝްއަށް ބަލަހައްޓައިގެން ހުރެވުނެވެ. ޖައިޝް ގަތް ލަދުން އަވަސް އަވަހަށް ގޮސް ކޮޓަރިއަށް ވަނެވެ.

  • ނައިސް- އަންޖަލް ހިތާ ހިތުން ކިޔާލިއެވެ.

އެންމެން ސިޓިންގްރޫމަށް ޖަމާވަމުން ދިޔައީ އިސްހާޤު ތަރާވީހަށް ފަހު އައުމަށް އަންގާފައި އޮތުމުންނެވެ. ޝަންމަގެ އަތުގައި ހިފައިން ޖުނާން އައިސް އިށިދެލިއެވެ. އޭރު ޖޫދުވެސް އާތިކާގެ ކޮޑުގައި ބޯއަޅާލައިގެން ފޯނުން ގޭމް ކުޅެމުން ދިޔައެވެ. އަންޖަލް ސިޑިން ފައިބައިގެން އައި އިރު އެންމެން ސިޑިއާ ދިމާލަށް ބަލަހައްޓައިގެން ތިއްބެވެ. އަންޖަލް ލަދުވެތި ގޮތަކަށް ހީލުމަށްފަހު އައިސް އަސްމާ ކައިރީ އިށީދެލިއެވެ. އޭރުވެސް އެންމެންގެ ލޯ އަމާޒުވެފައި ހުރީ ސިޑިއާ ދިމާލަށެވެ. އަންޖަލް އެބުރި ފަހަތް ބަލާލީ ކިހިނެއްވީތޯ ބެލުމަށެވެ. އޭރު ޖައިޝް އެއްއަތުން ބޮލުގައި އަތްކާތާލަމުން ސިޑިން ފައިބައިގެން އައެވެ. ހީވަނީ ހިންދީ ފިލްމެއްގެ ބަތަލާއެއް ހެންނެވެ. ދިގު އިސްކޮޅަކާއި، ހަމުގެ ކުލަ އައްޔެވެ. މީ މިފަދަ ބައްދަލްވުމަކަށް ޖައިޝް އައި ފުރަތަމަ ފަހަރެވެ. އެހެން ކަމުން އެކަން ގަބޫލު ނުކުރެވިފައި އެންމެނަށްވެސް ބަލަހައްޓައިގެން ހުރެވުނީއެވެ. އިސްހާޤުގެ މޫނުމަތިން ހިނިތުންވުން ނުކެޑިހުރީ މިހާ ދުވަސް ކޮށްލާފައި ޖައިޝް ކޮޓަރިން ބޭރަށް ނުކުތުމުންނެވެ. އިސްހާޤް އަބަދުވެސް ޖައިޝްއަށް ވިސްނައެވެ. އާތިކާ ކަންތައް ކުރާ ގޮތުން އަބަދުވެސް އާތިކާއާ އޮންނަނީ ޒުވާބުކުރަން ޖެހިފައެވެ. އެންމެން ހަމަވުމުން އިސްހާޤު ވާހަކަ ދައްކަން ފެށިއެވެ.

” މާދަން އީދެއްނުން… ބައްޕަ އިންނާނެ އަންގްސަނަ ރިސޯޓުގަ ބުކިން ހަދާފަ… ޖުނާން ދެމަފިރިންނާއި ޖައިޝް ޖޫދު ދެބެންނާއި އަންޖަލް ދާންވީނުން ރިސޯޓަށް މާދަން..” އިސްހާޤު މިހެން ބުނުމުން އެންމެންވެސް ބަލާލީ ޖައިޝްއަށެވެ.

” ޖައިޝްއެއް ނުދާނެ… އެއީ އެހެންނޫނަސް ބޭރަށް ނުކުންނަ ކުއްޖެއް ނޫނެއްނުން..” އާތިކާ އަވަސް އަވަހަށް ބުނެލިއެވެ.

” އެތެދެއް އަހަރެން ނުދާނަން..” އާތިކާ ހިތްހަމަ ނުޖެހިފައި ހުރުމުން ޖައިޝް ހިތާ ދެކޮޅަށް މިހެން ބުނެލިއެވެ. އޭނާ އިންތިހާއަށް މިދަތުރު ދާން ބޭނުންވެއެވެ. ސަބަބަކީ އަންޖަލްވެސް މި ދަތުރުގައި ދާތީއެވެ. އިސްހާޤަށް ޖައިޝް ދާން ބޭނުންވެފައި ހުރިކަން އެގުނެވެ. ދާން ބޭނުން ނުވާ މީހެއްނަމަ މިއަދު މިތަނަށް ނާންނާނެކަންވެސް އިސްހާޤަށް އެގެއެވެ.

” ޖައިޝް ނުދަންޏާ އެހެން އެކަކުވެސް ދާނެ ކަމެއްނެތް.. ބައްޕަ ބުކިން ކެންސަލް ކޮށްލާނީ..” އިސްހާޤު އާތިކާއަށް ބަލާލަމުން ފޯނު ނަގާ ނަންބަރަކަށް ގުޅާލަމުން ބުނެލިއެވެ.

” ދެން މަންމާ… އަހަރެން ވަރަށް ދާން ބޭނުން.. ދޮންބޭ.. ހިގާބަލަ ދާން..” ޖޫދު ބޮޑާ ހާކާ ފާޑަކަށް ބުނެލިއެވެ.

” ތެދެއް ދޮންބޭ ހިގާބަލަ ދާން..” ޖުނާން ޖޫދުގެ ބަހަށް ތާއިދު ކުރަމުން ބުނެލިއެވެ. އެންމެން ކިޔަން ފެށުމުން ޖައިޝް ބޯޖަހާލިއެވެ.

” ހަލޯ ކަޑުމަސް އެބަހުރިތަ..” އިސްހާޤް ފޯނު ނަގާ މަހުގެ ވާހަކަ ދެއްކުމުން އެންމެންނަށް އެއްފަހަރާ ހޭން ފެށުނެވެ. އިސްހާޤު ގުޅީ ބުކިންގް ކެންސަލް ކުރާކަށް ނޫނެވެ. އެއީ ޖައިޝް ދޭތޯ ހެދި މަޅިއެކެވެ.

އިސްހާޤު އެންމެންގެ ސީޕްލޭން ޓިކެޓް ދިނުމަށް ފަހު 8 ޖަހާއިރަށް އެއާރޕޯޓަށް ދާން ތައްޔާރުވުމަށް ބުނެފައި އެތަނުން ދިޔައެވެ. އަންޖަލް ލޮލުގެ އިޝާރާތުން ޝަންމަ ކައިރީ އައުމަށް ބުނުމަށްފަހު ގޮސް ގޯތިތެރެއަށް ނުކުތެވެ.

” ޝަންމަ.. ޖައިޝް ދޭތަ އަސްލުވެސް..” އަންޖަލް ހުރީ ޖައިޝްދާކަމުގައި ވަންޏާ ނުދާން ނިންމައިގެންނެވެ.

” އާނ. ކިހިނެއްވީ އޭނަ ދިޔަޔަސް ކޮބާ މައްސަލައަކީ… އަބަދު އޮންނާނީ ކޮޓަރި ތެރޭ..” ޝަންމަ މިހެން ބުނުމުން އަންޖަލް ހަމަޖެހުމުގެ ނޭވާއެއްލިއެވެ. 8 ޖަހާއިރަށް ތައްޔާރުވާން ޖެހޭތީ އެންމެންވެސް އަވަހަށް ގޮސް ނިދިއެވެ. ޖައިޝް އެދުގައި ފުރޮޅިލަ ފުރޮޅިލާ އޮތީ އޭނާގެ ހިތް އާދަޔާ ހިލާފަށް ތެޅެމުން ދިއުމުންނެވެ. މާދަމާގެ ދަތުރުގައި އަންޖަލް އާ ވަހަކަ ދެއްކުމަށް ޖައިޝް އަޒުމް ކަޑައަޅައިން ހުއްޓެވެ. ޖައިޝްއަށް ނޭގިނަމަވެސް އޭނާއަށް ދިޔައީ އަންޖަލް ދެކެ ލޯބިވެވެމުންނެވެ. ކޮންމެ ހިދުކޮޅެއްވެސް އަންޖަލް ފެނޭތޯ ޖައިޝް ހޯދައެވެ. އަންޖަލް އަންނަން ވާއިރަށް ބެލްކަންޔަށް ނުކުންނަނީވެސް ދެކިލާހިތް އެދޭވަރުންނެވެ. އަހަރު ދުވަސް ވަންދެން ނުކޮށާ ހުރި ބޮލާއި ތުބުޅިއާއި މަތިމަސް ބާލާ ކޮށީވެސް އަންޖަލްއަށް ދެއްކުމައްޓަކައެވެ.

***

ހަތްގަޑި ފަންސާސް ވިއިރު އަންޖަލް ނޫނީ އެންމެން ބޭރުގައި މަޑުކޮށްގެން ގޭގެ ވޭން އަންނަންދެން ތިއްބެވެ. އަސްމާއާއި އާތިކާވެސް ދޮރުމަތީގައި ކުދިންކޮޅު ފުރުވާލުމަށް މަޑުކޮށްލައިގެން ތިއްބެވެ. ވޭން އައިސް މަޑުކޮށްލުމުން އެންމެން ވޭނަށް އަރާ ހަމަ ޖެހިލިއެވެ. އަންޖަލް ކޮޑުގައި ދަބަސް އަޅުވައިގެން ދެއަތުން ބޯއައްސަމުން ދުވެފައި އައިސް ވޭނަށް އެރިއެވެ. އަވަސް އަރުވާލާފައި ހުރުމުން އަންޖަލްއަށް އައިސް އިށީދެވުނީ ޖައިޝް ކައިރީ އިން ގޮޑީގައެވެ. ޖައިޝް ހިތަށް އަރާފާނެ އެއްޗެއް ވިސްނާފައި އަންޖަލް އެތާ އިށީދެލައިން އިނެވެ. ވޭން ތެރޭގައި އެކި އެކި ވާހަކަ ދެކެވެމުން ދިޔައިރު ޖައިޝް އަގައިން ބަހެއްވެސް ނުބުނެއެވެ. އަންޖަލް އިރު އިރުކޮޅާ ޝަންމަ އާ ވާހަކަ ދައްކަން އެބުރިލާ ގަޑީގައި އަންޖަލްގެ އަތް ގޮސް ޖައިޝްގެ އަތުގައި ބީހިލައެވެ. ޖައިޝް އެއަތުގައި ކިތަންމެ ހިފާ ހިތުން ހުއްޓަސް ކެއްކޮށްލައިގެން ހުރީއެވެ. ޓިކެޓް ނަގައިގެން ސީޕްލޭންއަށް އަރާ ސީޓް ހޯދުމުގައި އެންމެން އުޅެމުން ދިޔައެވެ. ޝަންމަ އާއި ޖުނާން އަށް ކައިރި ކައިރިން ސީޓް ލިބުނު އިރު ޖައިޝް އާއި އަންޖަލް އަށް ލިބުނީ ޖެހިޖެހިގެން އިން ދެ ސީޓެވެ. ޖޫދު އަށް ވަކިން އިންނަން ޖެހުމުން ތުން ދަމާލައިގެން ގޮސް ގޮޑީގައި އިށީދެލިއެވެ. އިރުކޮޅަކުން ޖޫދު ކައިރީ އައިސް އިށޭދެލީ ވަރަށް ރީތި ދޮން ގެސްޓެކެވެ.

” ހެލޯ ބިއުޓިފުލް..” ޖޫދު ފްލާރޓް ކުރާ ވައްތަރަކަށް އެ ގެސްޓް މީހާގެ އަތުގައި ހިފާލަން އަތް ދިއްކޮލިއެވެ. އެމީހާ ޖޫދު ގެ އަތުގައި ހިފާލުމަށްފަހު އިށީދެ ޖޫދު އާ ވަހަކަ ދައްކަން ފެށިއެވެ. 35 މިނެޓުގެ ދަތުރެއް ކަމުން އަންޖަލް މެގަޒިންނެއް ނަގައި އެކިޔޭތޯ ހަމަޖެހިލިއެވެ. ދޭތެރެ ދޭތެރެން އަނެއް ފަޅީގައި އިން ޖުނާންއަށް ކަޅި ހިންގާލައެވެ. މިކަން ޖައިޝްއަށް ފާހަގަ ކުރެވުނެވެ. ޖައިޝްއަށް ސިހުމެއް ލިބުނީ އޭނާގެ ކޮޑުގައި އަންޖަލް ބޯ އަޅާލުމުންނެވެ.

=ނުނިމޭ=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (37)

  1. Livy

    Varah varah reethi ❤️❤️❤️❤️ maa sha Allah
    Curiously waiting for the next part ???

    1. Krystal
      Livy

      Thank you livy ❤❤?

  2. ?Ril?

    Ohhh wow Hama varah sali. Masha Allah. When next

  3. Afu

    Masha Allah varah reethi mi part …❤️❤️❤️
    Seriously waiting avahah up kohdhehchey sissoo
    Stay safe
    Luv yah ❤️❤️

    1. Krystal
      Afu

      ? Thank you afu
      Insha allah avahah up koh dheynan ingey..
      Stay safe lysm…

  4. Izabell

    Varah try kurin midhiya part ah comment kuran vx. But nuvi kanneyge. Btw, mi part varah reethi, Ma Sha Allah ❤❤❤❤❤❤❤❤ curiously waiting for next part ???? ly

    1. Krystal
      Izabell

      Hello izabell long time no see..
      Hehe ehentha… izabell story kiyanikoh krystal ah nimuny….
      Awwnnn thank you belll ???? LYT

    2. Krystal
      Izabell

      Yes izabellge msg krystal kin. Kury part ge.. eythi iny pending ga.. dont know why!!!

  5. Laya

    Alhey.. laya first ah annan beynun vefa hury… so sad… anyways sis varah reethi mi partves… masha allah hama best ??
    Love triangle eh dhw miulheny sis…. v reethi ingey… take care stay safe…. ❤

    1. Krystal
      Laya

      Awnn. Laya miadhu kudakoh las v dhw… hehe…
      Thank you…
      Haha aan love triangle eh dhw.. ?
      Take care too..

  6. Min Suga ❤

    Masha allah sis. ?. varah furihama… aathika banduhaives nuveytha adhi nameh ganelaa irah kaa ehchehi bahattafa dhaan…
    Curiously waiting for next part.. avahah up kohdhehchey ingey…

    1. Krystal
      Min Suga ❤

      Thanks Min Suga ❤
      Hahaha aan roadha ah hurefa bandu hai nveema hairaan dhw….
      Insha allah avahah up kohdheynan

  7. ?Ril?

    Emm where is blue bird I miss her

  8. Krystal

    Hei ril I figured out all you messages are pending… i could see it from my side.. awwn you have tried so many times dhw… why is it not publishing???
    I miss you sweety… alhe alun ehen namehgga try kohllaba… is it only nit working for my stories??? Miadhuves ril ge two comments ebain pending ga..

    1. Jasmin
      Krystal

      Miss u too sissy

  9. Krystal

    And about blue bird I havent seen her around… i am worried about her..
    BTW did anyone report any of your comments to be pending??? Just asking cause I have got somany commenta of yours ril….

    1. ?Ril?
      Krystal

      Nope

  10. blue bird

    Krystal sis… Awwwn…..I missed you too …..I’m sorry…….. But I’ll will be always in touch with you on Fridays…….. Though I don’t comment I’ll be always on your side……..
    BTW……..this story is freaking gorgeous……. Maashaa Allah…… Keep it up….. Lots of love from your dongseng?????????????????????i purple you….. Take care…….?????????????????????????????

    1. Krystal
      blue bird

      Hei sweety… i thought something happened and was quiet worried about you… glad you are fine and well..
      Awwwnnnn thank you dongsaeng ❤❤
      On fridays dhw.. great I will also come and see you on fridays.. hoe everything is fine.. and your sister park jimin too….
      Saranghae… jal jinae ???

    2. blue bird
      blue bird

      I’m totally fine as well as my sis…… The truth is my dad gives me hotspot cuz I use my tab…. And he is going fishing now so he comes every Friday….. But after this covid crisis I’ll be available to you everyday inshaa Allah…… About sis… Her comments aren’t getting published ……she’s sad cuz she ain’t able to encourage you……. Good luck… Wish you a good health…… Love you……

    3. Krystal
      blue bird

      Alhamdhulillah.. ohh i see… so daddy noolheythy dhw online nuveveny.. insha allah this will end soon.. yeah I saw her comment in pending section.. i could see that she read it.. awwnnn.. i can understand.. i am happy as long as she reads and likes it…
      Stay safe you too… Btw what is your real name if you dont mind sharing…
      Its totally fine if you dont want to tell I can always call you dongsaeng ???

  11. blue bird

    Ril chingu… I feel sorry for you……. Hope to see you soon….. Take care….. Love you my chingu….???????????????????????????????????????????????????????

    1. Krystal
      blue bird

      Her comments are all in pending.. I am so shocked to see all her comments.. that was quiet a lot.. hope all of it get published… maybe she could try with a different name…
      Only write the comment and name then click comment. That might work I guess…

    2. ?Ril?
      blue bird

      Yaa how are u my little dongseon

    3. ?Ril?
      blue bird

      Yaa Uri dongseon
      Love u more.
      Now we can chat dhw
      So happy
      U too take care ❤❤ and miss u

  12. Krystal

    Jimin I can see your comments… i dont know why yours and rils keep pending!! There are some other comments too whose are pending… anyways.. glad you read the story.. hope you like it…
    Stay safe and healthy ???

  13. Jasmin

    Awn yes I guess u see it. Miss u guys . I am so sad that my comments are not publishing. So I am trying with another name as jasmin but call me ril saarangey

    1. Krystal
      Jasmin

      Alhamdhulillah to see them again… i saw like a bundle of your comments pending…

  14. ?Ril?

    Are u seeing my comments
    Let’s see from my previous name

    1. Krystal
      ?Ril?

      Yes yes yes… i can see them now….
      ????

  15. ?Ril?

    Oh I am seeing it ohh how fast it is getting publishing. Thanks Krystal sis
    So I can start from my other name ril

    1. Krystal
      ?Ril?

      Hehehe… ril i ddint do anything… just asked to check with a different name… glad it worked… so happy to see your comments.. ❤❤
      Stay safe and well ??

  16. ?Ril?

    Yaa sissy u too stay safe
    Story Hama sali ingey
    Jal jinesseyo????❤❤❤

    1. Krystal
      ?Ril?

      Thank you sweet ril ?
      Nae jaljinaeyeo… neonun??

  17. ?Ril?

    Wlcm sweet sis
    Jeoneun jal jinesseoyo!!!!
    ❤❤❤❤❤❤❤❤❤❤
    By the way sis where are u from

  18. blue bird

    Hey Ril chingu……. Love you…….. Take care….. I’m fine…….. Where u from… If you don’t mind…
    Oh..Krystal eonnie……. Sorry but I don’t want to publish my name…… See you both… Jal jinae????????????????????????????????????????????????????????????????????????????

    1. ?Ril?
      blue bird

      Hi chingu❤ olenmaniyo??? and love u more ❤ glade u are fine
      Ohh I am from R atoll?
      An where are u from??
      Yaa an see u josimhaeyo

Comments are closed.