Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންމަޖާލޯބި

އެކުއްޖާ 17 & 18

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
June 2, 2020 16 Mins Read
15 Comments

* “އަޅެ ޖަވާބެއް ނުދޭނަންތަ..؟ ކޮބާތަ އަވްގެ ފޯނު..؟ އަވް ކައިޔަން އަށް ގުޅީމައި ކައިޔަން ޖަވާބެއް ދީފާނެއްނު..؟” އަވްލީންއަށް އެހަމަހިމޭންކަންދެކެ އާދެވުނީ ރުޅިއެވެ. ދެކޮޅު ބަލާލެވުމާއެކީ އޭނާ އޮތް އެނދުގާތުގައި ހުރި މޭޒުމަތީ އޮތް ފޯނު ނުހަނު ފަސޭހައިން ފެނުނެވެ. “ކައިޔަންއެއް ތިފޯނަކަށް ޖަވާބެއް ނުދޭނެ..” އަވީނާއަށް ހިތްވަރުކޮއްލާފައި ބުނެވުނީ އެހެންނެވެ. އަވްލީން ނަމްބަރު  ޖަހަޖަހާ ހުރެފައި ގަނޑުވިއެވެ. *

“ކޮބާ ކައިޔަން..؟؟” އަވްލީންއަށް އަވީނާގެ ކޮނޑު ގައި ހިފާ ތަޅުވައިގަނެވުނެވެ. ތަޅުވައިގަތްގަތީނުން އައިވީ ބޭގުވެސް ތެޅިގަތެވެ.

އަވީނާގެ ލޮލުން ރޮނގަކަށް އައީ ކަރުނައެވެ. އޭނަ އެހާ ދެރަވެފައިވާއިރު އަވްލީންގެ ހިތަށްވާނެ ތަދު އިހުސާސް ކުރެވުނީމައެވެ. “އަވްލީން.. މަންމައަށް އެނގޭ އަވްލީން ކައިޔަންދެކެ ވަރަށް ލޯބިވާކަން.. އެކަމަކު ކައިޔަން……” އަވީނާގެ އަޑުތުރުތުރު އަޅައިގަތެވެ. “ކައިޔަންއަށް ކިހިނެތްވީތަ މަންމާ..؟ ބޭބެ އަޅެ ބުނެބަލަ.. އައިއްކޯ..! މަންމަމެން ކޯޗެކޭ ބުނަންތަ އެއުޅެނީ..؟” އަވްލީންގެ އަޑު ބެދުނެވެ. ހިތް ނުތަނަވަސްވީ ވަރުންނެވެ. ސިކުނޑީގެ ވިސްނުން ހަމައަކަށެއް ނޭޅުނެވެ. މުޅި ދެއަތްތިލަ ފިނި ވެގެން ތުންފަތްވެސް ތުރުތުރު އަޅައިގަތެވެ. ކައިޔަންއަށް އަނެއްކާ ކިހިނެތްވީބާވައެވެ.؟

”ދޮންބެ….. ދޮންބެ އޮތީ ކޯމާއެއްގައި…” ލޮލުން ކަރުނަ ފޮހެމުން ވަތް ޒިވީން ބުނެލިއެވެ.

ކައިޔަންއަށް ގުޅަން ވެގެން ކޯލަށް ފިއްތާލާފައި ވާކަމުން ރިންގުވާ އަޑު އިވެއެވެ. އަވްލީންގެ އަތުން ފޯނު ދޫވެގެން ވެއްޓުނެވެ. އައިކޮންއަކަށްލާފައިވާ ކައިޔަންގެ ފޮޓޯގައި ރެނދުތައް އެޅުނެވެ. އަވްލީން އަށް ބާރުބާރަށް ރޮއިގަނެވުނެވެ. ހިތުގައިވާ ހުރިހާ ވޭނެއް އެކީއެކަށް ބޭރު ކޮއްލެވެންދެން އަވްލީން ރުޔެވެ. ގިސްލަ ގިސްލާފައެވެ. ރޮއި ރޮއި އެރީތި ދެލޯ ރަތްވިއެވެ. އަވްލީން ރޯތަން ފެނުމުން ހައިނާ ފެންކަޅިވިއެވެ. ލޮލުން ކަރުނަ އޮހުނެވެ. ހައިނާގެ ބޯ ވަނީ ބެންޑޭޖްކޮއްފައެވެ. ލިޔާން ބެޓުން ޖެހިތަން ރަނގަޅު ވަންދެނެވެ. ހައިނާ ފަހަތަށް އެނބުރިފައި އިކުވާންގެ ކޮނޑުގައި ބޯއަޅާލިއެވެ. އޭރު އިކުވާންގެ ލޮލުން ވެސް ރޮނގަކަށް ކަރުނަ ދެމިފައިވެއެވެ.

އަވްލީން ރުއިން ހުއްޓާލާ ކުޑަކޮށްވެސް ހަމައަކަށް އެޅުނީ އޭގެ ގަޑިއިރެއް ފަހުންނެވެ. “މަންމާ.. ކައިޔަން ކޮބާ..؟” އަމިއްލަ ނަފްސު ކޮންޓްރޯލަށް ގެންނަމުން އަވްލީން އެއްސެވެ. ނަމަވެސް އޭރުވެސް އަވްލީންއަށް ގިސްލެވެމުންދިޔައެވެ.

”އަވްލީން ދަރިފުޅާ.. ބޭބެއަށް އެނގޭ އަވްލީން ކައިޔަންދެކެ ލޯބިވާވަރު.. އެކަމަކު އަމިއްލަ ނަފުސަށް އަހަންމިއްޔަތުކަންވެސް ދޭންވާނެ..” ފަރުހާން އިޝާރާތްކޮއްލީ އަވްލީންގެ ޒަޚަމުތަކަށެވެ. އަމިއްލަ ނަފުސަށް އަވްލީންއަށް ބަލާލެވުނީ އަދިކިރިޔާއެވެ. ”އަވް ރުޅިނާންނާނެކަމަށް މަންމަ އުންމީދުކުރަން އެކަމަކު އެތަނުގައި ނިތްކުރީގައި ހުރި ލަކުނެއް… އެތަން ފޮރުވާލަން އަވްގެ އިސްތަށިގަނޑުން ސައިޑް ބޭންގްސްކޮޅެއް ވައްޓާލިން…” އަވީނާ ފޯނުގެ ކެމެރާއިން އަވްލީންއަށް އަވްލީންގެ މޫނުދައްކާލަމުން ބުނެލިއެވެ. އަވްލީން ބަލާލިއެވެ. އެއީ ތެދެކެވެ. އަވްލީންގެ އިސްތަށިގަނޑުން އެއްއަރިއަކަށް ސައިޑް ބޭންގްސްކޮޅެއް ވައްޓާލާފައިވެއެވެ.

“ބޭބޭ.. މިހާރު އަމިއްލަ ނަފްސަށް ބެލިއްޖެ.. ދެންވެސް ކައިޔަން ވީތަން ބުނޭ.. އެނޫނީ އަވް އަމިއްލަ އަށް ގޮސްފައި ހޯދާނަން..” އަވްލީން ބުނެލިއެވެ. އަވްލީންގެ ހަރަކާތްތަކުން އަވްލީން އައިވީ ނައްޓާފައި ބާރަށް ދުއްވައިގަންނަންވެސް ފަހެއްނުޖެހޭނެކަން އަވީނާއަށް އިހުސާސްވިއެވެ. “ދަރިފުޅާ..! ހަމަޖެހޭށޭ މަންމަ ކުރިންވެސް ބުނީމެއްނު..؟” އަވީނާ އަވްލީންގެ ކޮނޑުގައި ހިފޭއްޓިއެވެ. ”މަންމާ.. ކައިޔަން ދެކިލަން ބޭނުން..” އަވްލީންއަށް އަނެއްކާވެސް ރޮވުނެވެ.

“އަވް.. ޕްލީޒް..” ހައިނާ އެދުނެވެ. ރުއިން ހުއްޓާލުމަށެވެ. “ހައި.. މިހާރު ހައި މިއެނދުގައި އޮވެފައި އިކުވާން ބޮޑު ކޯމާއެއްގައި އޮތްނަމަ ހައި އަށް ކިހިނެތްވާނީ..؟” އަވްލީން އެއްސެވެ. ހައިނާ ވިސްނި އެވެ. އަވްލީންގެ ވާހަކަ ހަމަޖެހެއެވެ. އިކުވާންވެސް އެފަދަ ބޮޑުކޯމާއެއްގައި އޮތްނަމަ ހައިނާ ޖެހޭނީ ހަމަ އަވްލީންގެ ހާލެވެ.

“އަވީނާ ދައްތާ.. އަވް ފޮނުވާ..” ހައިނާއަށް ބުނެވުނެވެ. އިކުވާން ބޯޖަހާލީ އެއްބަސްވުމުގެ ގޮތުންނެވެ. އަވްލީން ކަރުނަތައް ފޮހެލާފައި އަވީނާގެ ގާތުގައި އާދޭސްކުރިއެވެ. “އެންމެރަނގަޅު.. އައިން.. ނަރުސް ކުއްޖަކަށް ގޮވާލަބަލަ..” އަވީނާ އެންމެ ފަހުން އެއްބަސްވިއެވެ.

އައިން ނަރުހަކަށް ގޮވުމުން ނަރުސް އައިސް އައިވީ ވަކިކޮއްލަދިނެވެ. އަވްލީން ވީލްޗެއަރއަކަށް ލައި ގެން އަވީނާއާއި އެންމެން ކައިޔަން އޮތް ކޮޓަރިއަށް ގެންދިޔައެވެ. “އޭ އަވް ކައި މީތި އަވްއަށް ދޭން ބޭނުން ވެގެން އުޅުނު..” ވަގުތު ބަލާފައި އިކުވާން އަވަހަށް އަވްލީންގެ އަތްތެރެއަށް އެލަކުޑިން ހަދާފައިވާ އެތި ލިއެވެ. އަވީނާ އޭތި ނަގާފައި އަވްލީންގެ ދަބަހަށް ލާދޭނަމޭ ބުނެ ދިޔައެވެ. އެތެރެއަށް ވަދެފައި އަވްލީންއަށް އެނދާއި ދިމާލަށް ބަލާލެވުނެވެ. އޭރު ކައިޔަންގެ ގާތުގައި ޒާއިން އިށީނދެލައިގެން ހުއްޓެވެ.

ކައިޔަން އޮތްހާލެއްގެ ބޮޑުކަމާއެވެ. ނޭވާލަނީ އޮކްސިޖަންގެ އެހީގައެވެ. ގައިގެ އެތަންމިތަނަށް ހޮޅިތައް ގުޅާފައިވެއެވެ. އަވްލީންއަށް ރޮވުނެވެ. ކައިޔަންގެ ހާލަތު ދެކިފައި ކެތްނުވީއެވެ. ކައިޔަންގެ އެއަނިޔާގެ ޒިންމާދާރަކީ އަވްލީންކަމަށް ދެކިގެން އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. ކައިޔަންއަށް އެބޮޑުއަނިޔާ ލިބުނީ އަވްލީން ސަލާމަތްކުރަން ދިޔައީމައެވެ. އަމިއްލަ ފުރާނައަށް ނުބަލާ އަވްލީން ސަލާމަތް ކޮއްދީގެންނެވެ. އަވީނާ އައިސް އެމަންޒަރު ބަލަން ހުއްޓެވެ. ފެންކަޅިވެފައެވެ.

ރަނާ އިސްތަށިގަނޑު ރީތި ކުރަމުން ކޮޓަރިން ނުކުތެވެ. ފްރިޖުން ފެންފުޅިއެއް ނަގާފައި ތައްޓަކަށް އަޅާ ތަށި ތުމުގައި ޖައްސާލިއެވެ. “ސަތާރަ އަހަރުގެ އަންހެން ކުއްޖަކު ހައްޔަރު ކޮށްގެން މަރާލަން އުޅުނު ފިރިހެން ކުއްޖަކު ހައްޔަރު ކޮށްފި…!” ޓީވީން އިވުނު ޚަބަރާއެކީ ދިރުވާލަން އުޅުނު ފެންފޮދު ވެސް ރަނާގެ އަނގައިން ބޭރުވިއެވެ. ޕޫސް ކިޔާ ބުރުވާލެވުނު ހުރިހާ ފެނެއް ގޮސް ޖެހުނީ ރަނާގެ ކޮއްކޮ އުލްޔާގެ މޫނުގައެވެ. “ޗީޑި..!! ދެން ދޮންތާ..!” ހަޅޭއްލަވައިގަނެފައި އަލްޔާ މޫނު ދޮންނަން ދުއްވައިގަތެވެ. ދެން އިތުރަށް ފެންފޮދެއް ބޯން ރަނާ ނުކުޅެދުނެވެ. އެޅި ފެންތަށިވެސް މޭޒުމަތީގައި ބަހައްޓާފައި ރަނާ ގޮސް ސޯފާގައި އިން ރަނާއާއި ޖެހިގެން ދޮށްޓަށް ހުރި ކޮއްކޮ ރޫޔާގެ އަތުން ރިމޯޓް ދަމައިގަނެފައި އިށީނެވެ. ރޫޔާ ހައިރާންވެފައި ރަނާގެ މޫނަށް ބަލާލިއެވެ.

“ޕްލީޒް ޕްލީޒް ލިޔާންއެއް ނޫން..!” ރަނާއަށް ހިތާހިތުން ކިޔެމުން ދިޔައީ އަދި ލިޔާންގެ ނަންވެސް ނުބުނާތީއެވެ. ”އިބްރާހިމް ލިޔާން..!” ޓީވީއިން ލިޔާންގެ ނަމާއި ފޮޓޯ ދެއްކިއެވެ.

ރަނާ ދިޔައީ އެއްލިގެންނެވެ. ބޮލުގައި އަތް އެޅުނުގޮތަށް ސޯފާގެ މައްޗަށް އުއްޑުން ވެއްޓިގަނެވުނެވެ. ކުއްލިއަކަށް ރަނާއަށް މިވީގޮތުން ރޫޔާ ހުރީ ހައިރާންވެފައެވެ. ކުރިންސުރެ ފަށައިގެން ރޫޔާ ޓީވީއިން ޚަބަރު ބަލާތީ ރަނާ އެކި ގޮތްގޮތަށް ފާޑު ކިޔާއުޅެއެވެ. އަނެއްކާ ރަނާއަށް މިއަދު މި ވެގެން އުޅެނީ ކިހިނެތް ހެއްޔެވެ.؟ “ޝިޓް ޝިޓް ޝިޓް..!” ރަނާ ކަނާތް ނިތްކުރި މަތީގައި ބާއްވާލައިގެން އޮވެ ކިޔަމުން ގެންދިޔައެވެ. “ދޮންތާ..” ރަނާ ހުރިގޮތުން ހިރިލަން ނުކެރިފައި ހުރި ރޫޔާ މަޑުމަޑުން ގޮވާލިއެވެ. ރަނާ ޖަވާބު ނުދިނީ ގަސްތުގައެވެ. މިވަގުތު ސިކުނޑީގައި އުފެދިފައިވާ ހައިޖާނުގަނޑު ކުޑައީކީއެއްނޫނެވެ.

“ވަޓް އޮން އަރތު އިޒް ހީ ޑުއިން..؟؟” ރޫޔާ ހޭންފެށި އަޑަށް ރަނާ ނިތްކުރި މަތިން އަތް ނަގާފައި ޓީވީއާއި ދިމާލަށް ބަލާލިއެވެ. ނަމަވެސް ރަނާއަށް ބަލާނުލެވެނީސް ޖެހިގެން އޮތް ސުރުޚީ ދައްކާލިއެވެ. “ރޫޔާ.. އެމީހާ ކީއްކުރީ..؟” އެއްޗެކޭ ހީވެގެން ރަނާ އަހާލިއެވެ. ރޫޔާ ހުނުން ހުއްޓާލާފައި ރަނާގެ މޫނަށް ބަލާލިއެވެ. “އަމްމް.. ނޭނގޭ.. އަތުން ފާޑެއްގެ އިޝާރާތްތަކެއް ކުރީ..” ރޫޔާ އަތް މުށްކަވާ ފާޑެއްގެ ގޮތްތަކެއް ހަދަން މަސައްކަތް ކުރިއެވެ.

“ހަނދާން ކުރާތި.. މިކަމުގައި އަހަރެމެން ދެމީހުންގެ ތެރެއިން ކޮންމެވެސް އެކަކު ބެދިދާނެ.. އަހަރެން މި ކުރާ ހަރަކާތްތައް ހަނދާން ނައްތާ ނުލާތި.. އަހަރެން ހައްޔަރު ވެއްޖެނަމަ ރަނާއަށް އަހަރެން މި އިޝާރާތްތައް ކުރާނަން.. މި އިޝާރާތަކީ އަހަރެންގެ ގާތަށް އަޔަސް އެންމެ ރަނގަޅު ވާނެޔޭ.. އެކަމް މި އިޝާރާތަކީ އަދި އަހަރެންގެ ގާތަށް އަންނާކަށް ނުވެޔޭ..” އަވްލީން ކިޑްނެޕް ކުރަން ދިޔުމުގެ ކުރިން ލިޔާން ކިޔައިދިން ވާހަކަތައް މަތިން ރަނާ ހަނދާންވިއެވެ. “އޯ ގޯޑް..! އޭނަ ކޮން އިޝާރާތެއް ކުރީ..؟” ރަނާއަށް ބޯ ކަހާލެވުނެވެ.

“އޭތް ރޫޔާ.. ހަނދާންކޮށް ބުނެބަލަ.. އެ މީހާ ކޮންކަމެއް ކުރީ.. ވިސްނާލާފައި ދޮންތައަށް ދައްކަބަލަ..” ރަނާ އެދުނެވެ. އާދޭސްކުރާ މީހެއް ފަދައިންނެވެ. “އަމްމް.. އޯކޭ…މި ބަލަނީ…!” ވިސްނަވިސްނާފައި ރޫޔާ ފާޑެއްގެ އިޝާރާތްތަކެއް ކުރަން ފެށިއެވެ. ނަމަވެސް ރޫޔާގެ ފަރާތުން އެއްވެސް އެހީއެއް ލިބުނު ކަމަކަށްނުވިއެވެ. ރޫޔާ ދެއްކި އެއްވެސް އިޝާރާތްތަކަކީ ލިޔާން ދެއްކި އިޝާރާތްތަކާއި ވައްތަރުވާން ގާތްވެސް ކުރާ އިޝާރާތްތަކަކަށް ނުވާތީއެވެ.

“ޔުއަރ ނޮޓް ހެލްޕިން..” ރަނާ ސޯފާގައި އޮތް ކުޝަން ނަގާ ހޫރާލިއެވެ. ރޫޔާވެސް އައީ ރުޅިއެވެ. “ދެން ނޭނގެންޏާ ހެދޭނެތަ..؟” ރޫޔާ މޫނު އަނބުރާލާފައި ތެދުވިއެވެ. “އެހެން ނޫނަސް އެމީހާއަކީ ކްރިމިނަލްއެއް.. ދެން ކީއްކުރަންތަ ދޮންތަ މާވަރަކުން އޭނަ ކުރާ ކަންތައް ބަލާ ހިތުން ތިއުޅެނީ..؟” ރޫޔާ އަހާލިއެވެ. “ދޭ ކެމިސްޓްރީ ފޮތް ކިޔަވަން.. ކެމިސްޓްރީ ސަރ ދޮންތަގެ ގާތު ބުނީ ރޫޔާ ހުރީ ވަރަށް ދަށް މާކްސްއެކޯ ހޯދާފައި..” ރޫޔާ އެތަނުން ފޮނުވާލަން ރަނާ ބޭނުންވިއެވެ. އެކަނި ހުރެ ވިސްނާލަން ރަނާ ބޭނުންވެއެވެ.

“ދެން ކިހިނެތް ހަދާނީވެސް..؟” ރަނާއަށް ބުނެވުނެވެ. ސޯފާގައި ރިހާކުރު ބޮނޑިއެއްހެން ގުޅަޖެހިފައި އޮވެ އޮވެފައި ރަނާ ކުއްލިއަކަށް ފުންމައިގެން ތެދުވިއެވެ. “ބިންގޯ..!!” ސިކުނޑިއަށް އައި މޮޅު ޚިޔާލުގެ ސަބަބުން ރަނާ ހެވިދިލިއްޖެއެވެ.

ވީލްޗެއަރ އެނދުގެގާތުގައި ބަހައްޓާލުމުން އަވްލީން ކައިޔަންގެ މޫނަށް ވަރަށް ލޯބިން ބަލާލިއެވެ. ލޯ މަރާލައިގެން ފުންނިންޖެއްގެ ތެރޭގައި ކައިޔަން އޮތްއިރުވެސް އޮތީ ހިނިތުންވެފައެވެ. ހީވަނީ ދެންމެ ދެންމެއަކުން ލޯ ހުޅުވާލާފައި އަވްލީންއަށް ގޮވާލާފާނެ ހެންނެވެ. “މަންމާ އަޅުގަނޑު މިތަނަށް ބަދަލު ވާން ބޭނުން..” އަވްލީން ބުނެލިއެވެ. ”މަންމަ ދަރިފުޅު މިތަނަށް ނުގެންނަން އުޅުނީ މިހިރަ ސަބަބުތަކާ ހުރެ..” އަވީނާ ބުނެލިއެވެ.

ފަރުހާން އައިސް ވީލްޗެއަރ ދަމާލަން އުޅުނެވެ. އަވްލީން ގަދަހެދިއެވެ. ބޮޑާ ދެއްކިއެވެ. ނުދާން ރުޔެވެ. އަވީނާއަށް އެންމެފަހުން ޖެހުނީ ޑޮކްޓަރަށް އެކަން އަންގާފައި އަވްލީން އެތަނަށް ބަދަލުކުރާށެވެ. ޑޮކްޓަރުވެސް އައިސްފައި އަވްލީންގެ ގާތުގައި އެހެން ނުހަދަން އެދުނެވެ. ރޫމްގެ ޖާގަ ކުޑަކަމާއި ދެ މީހުންނަށް އެއްފަހަރާ ފަރުވާދޭން ވަރަށް އުނދަގޫވާނެ ކަމަށް ބުންޏެވެ. އަވްލީން ގޮތް ދޫނުކުރުމުން އެ ޑޮކްޓަރަށްވެސް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ.

ރަނާ ދިޔަގޮތަށް ގޮސް ފޯނު ނަގާފައި އެނދުމައްޗަށް ވެއްޓިގަތެވެ. ”ޔޫޓިއުބްގައި އެ ޚަބަރު ހުންނަން ވާނެ..!” ރަނާ އަވަހަށް ޔޫޓިއުބަށް ވަދެ އެ ޚަބަރު ސަރޗް ކޮށްލިއެވެ. ކުއްލިއަކަށް ސްކްރީން ކަޅު ވެގެންދިޔައެވެ. “ވަޓް..؟” ރަނާ ދެތިން ފަހަރަކު ފޯނު ހުޅުވަން މަސައްކަތް ކުރިއެވެ. ފޯނު ހުޅުވުނު އިރު ޗާރޖު ހުރީ އެންމެ ޕަސެންޓަކަށް ދަށްވެފައެވެ. “ޝިޓް..” ރަނާ އަވަހަށް އަތްފޯރާ ހިސާބުގައި ހުރި ޗާޖަރު ނެގިއެވެ. އަދި ފޯނު ޗާޖަށް ޖަހާލަމުން ފޯނު ހުޅުވިއެވެ. އަނެއްކާވެސް ޔޫޓިއުބަށް ރަނާ ވަނެވެ. މާ ގިނައިރެއް ނުވަނީސް ފޯނު އަނެއްކާވެސް ނިވިއްޖެއެވެ. “އާހް..!!” އެ ސޮކެޓް ހުންނަނީ ހަލާކުވެފައިކަން ހަނދާންވީވެސް މާ ފަހުންނެވެ. ރަނާ ބޮލުގައި އަތް އަޅާފައި ހަޅޭއްލަވައިގަތެވެ.

އަވްލީން އެ ކޮޓަރިއަށް ބަދަލު ކުރެވުނެވެ. “އަވް.. ޔަގީންތަ ހަމަ..؟” އަލާން ޔަގީން ނޫންގޮތަކަށް އަހާލިއެވެ. އަލާން މާ ހާސްވެފައި ހުރުމުން އަވްލީން ބޭނުންވީ އަލާން ހެއްވާލާށެވެ. “މީގެ ދެގަޑިއިރު ކުރިން ބުނިއަޑު އެހިން ދުވަހަކުވެސް އަވްއޭ ކިޔާ ނުގޮވާނަމޭ…!” އަވްލީން ހީނލާފައި ބުނެލިއެވެ. އަލާން އެއްމިޔަކަނަކަށް ހީނލިއެވެ. އަދި އަވްލީންގެ އިސްތަށިގަނޑު ހާވާލިއެވެ.

“އެލަން.. އައިމް ފައިން..” އަވްލީން ބުނެލިއެވެ. ”އަވް ހިތާމަ ކުރިޔަސް ގާތުގައި ހުންނަ މީހާއަކަށް ނޭނގޭނެ.. އެއަށްވުރެ ހިތާމަތައް ފޮރުވަން އަވް މޮޅު..” އަލާން ހީނލިއިރު އެހުރީ އުފާވެފައި ނޫންކަން އެނގެއެވެ. “ހާސްނުވޭ.. ވަރަށް އަވަހަށް ދޮންބެ އަންނާނެ..” ޒިވީން އަވްލީންގެ ކޮނޑުގައި އަތް ބާއްވާލިއެވެ. “އިންޝާ ﷲ..” އަލާން ޒިވީންގެ އަތުގައި ހިފަމުން ބުނެލިއެވެ.

ކައިޔަންގެ އެނދުގެ ގާތުގައި އިށީނދެގެން އައިން ރޯތީ ޒާއިން ހުރީ ހަދަންވީގޮތެއް ނޭނގިފައެވެ. “އަޅެ ގޮސް ހުއްޓުވާބަލަ.. އޭރުން ދޭނަން ކިޓްކެޓެއް..” ނުކުންނަން ދަމުން އަލާން ޒާއިންގެ ކަންފަތް ބުޑުގައި ބުނި ވާހަކައިން ޒާއިން ކުޅު ދިޔާވިއެވެ. އަވަސްއަވަހަށް އައިންގެ ގާތަށް މިސްރާބު ޖެހުނީ ޗޮކްލެޓުގެ ދަހިވެތިކަމުގައެވެ. “އަތުގައި މަނީ އެބަހުރިތަ..؟ އައިންއަށް ފަސް ކޮޓަން ކޭންޑީ ގަނެދިން ފަހުން ކިޓްކެޓް ގަންނަވަރަށް އެބަހުރިތަ..؟” ޒިވީން އަހާލިއެވެ. އަލާން ހީނލާފައި ބޯ ހޫރާލިއެވެ. “ދެން ކޮން ކިޓްކެޓެއް ދޭން ތި ބުނީ..؟ އެލަން ދެން ސާބަހޭ… ޒާއިން މިހާރުވެސް މާ ގިނައިން ޝުގަރީ އެއްޗެހި ކަނީ..” ޒިވީން ޕިސްޕިސް ކިޔާލިއެވެ.

“ޕްލޭން ތަފާތޭ.. ކޮއްކޮ ގާތަށް ގޮސް އިށީނދެ އޮލަ ވާހަކައިގައި ޖެހުނީމައި އިސާހިތަކު ކިޓްކެޓްގެ މަތިން ހަނދާން ނެތިދާނެ..” އަލާން ހިނިގަނޑެއް ޖަހާލިއެވެ. “އެލަން ވާންވީ ހަމަ ޕޮލިހަކަށް.. މިހާރުވެސް އެހުރީ ރޭވުންތެރިކަން..” ޒިވީން ހީނލާފައި އަލާންއާއެކީ ނުކުންނަން ހިނގައިގަތީ އަވްލީން އާއި ކައިޔަންއަށް ބޭނުންވެދާނެ ސާމާނު ކޮޅެއް ގެނެސްދިނުމަށް އަވީނާ އެދުމުންނެވެ.

”އަމް.. އައިން…” ޒާއިން ގޮވާލިއެވެ. އައިން ދެލޯ ފޮހެލާފައި ޒާއިންއާއި ދިމާލަށް ބަލާލިއެވެ. “ދެން ހުއްޓާލާ.. ދޮންބެ އަހަރެމެންގެ ގާތަށް އަދި އަންނާނެ އިރާދަކުރެއްވިއްޔާ..” ޒާއިން ބުނެލިއެވެ. އެހެން ބުނެލުމާއެކީ އައިންގެ ބަޑި ފަޅައިގެން ދިޔައެވެ.

“ވަރަށް ދެރަވޭ ވަގުބޭބެ އެހެން އޮންނަތަން ބަލަން..” އައިން އަދިވެސް ކައިޔަންއާއި ދިމާލަށް ގޮވަނީ ވަގުބޭބެއޭ ކިޔާފައެވެ. “ހުއްޓާލާ.. ދޮންބެ އަހަރެމެންގެ ގާތަށް އަންނައިރު އައިން ރުއިކަން އެނގިއްޖެނަމަ ކިހާ ދެރަވާނެދޯ..؟” ޒާއިން ވިސްނައިދެމުން ދިޔައީ ބޮޑު މީހެއް ފަދައިންނެވެ. “އޯހް.. މިހެންވެދޯ ކުޑަބެ ޒާއިންއާއި ދިމާލަށް މެޗުއަރ ކޮއްކޮއޭ ކިޔަނީ..” އައިން ނޭފަތް ދަމާލަމުން ލޮލުން ކަރުނަތައް ފުހެލާފައި ހިނިތުންވެލިއެވެ. ޒާއިންވެސް ގޮނޑިއެއް ކައިރި ކޮށްލަމުން އިށީނެވެ. ދެމީހުން ވެގެން އަވްލީން ފޫހިވިޔަނުދީ އެކި ވާހަކަތައް ދައްކަމުން ދިޔައެވެ.

ރަނާ ޗާޖަރާއި ފޯނު ހިފައިގެން ގޮސް ވަނީ ރޫޔާގެ ކޮޓަރިއަށެވެ. ރޫޔާވެސް ފޯނު ޗާރޖަށް ޖަހައިގެން ހުރީ އޭނަގެ އެންމެ ގާތް އެކުވެރިޔާއާއި ވީޑިޔޯ ކޯލް ކޮށްގެން ކަމުން ރަނާއަށް ޖެހުނީ ނުކުންނާށެވެ. އުލްޔާއަކީ ފޯނު ގެންގުޅޭ މީހަކަށް ނުވުމާއެކު އެކޮޓަރިން ޗާޖަށް ޖެހޭކަށް ނެތެވެ. ރަނާ އެންމެފަހުން ގޮސް ވަދުނީ ބަދިގެތެރެއަށެވެ. އޭރު މަންމައާއި ކުޑަދައްތަ ކެއްކުމުގައި އަވަދިނެތި އުޅެއެވެ. ރަނާގެ ދެލޮލުން ބަދިގެ ތެރެ ސްކޭން ކުރަމުން ގެންދިޔައީ ސޮކެޓްތައް ހުންނަ ދިމާތައް ހަނދާން ނުވާތީއެވެ. ކައްކަން ބަދިގެއަށް އެންމެ ފަހުން ވަތް ދުވަހަކީ ކޮބައިކަންވެސް ރަނާ ހަނދާނެއް ނެތެވެ.

ރަނާގެ ލޮލުގައި އަޅައިގަތީ އަވަނެވެ. އަވަނުގެ ކަރަންޓު ބޯޑާއި ދިމާލަށް ރަނާ މިސްރާބު ޖެހިއެވެ. ޗާޖަށް ޖަހަޖަހާ އޮއްވާ ކުޑަދައްތަގާތުގައި ކޭކު އަވަނަށް ލާން މަންމަ އެދުނު އަޑަށް ދަތްތައް ވެރޭހާ ބާރަށް ރަނާ ދަތްކުނޑި ވިކާލިއެވެ. “ރަނޫ.. ކުޑަދައްތަ..” ކުޑަދައްތަ ޖުމްލަ ފުރިހަމަ ނުކުރަނީސް ރަނާ ގަދަކަމުން ހީނލާފައި ކޮޓަރިއަށް ވަނީ ޕަވަރ ބޭންކް ހޯދާށެވެ. ރަނާ އެތަންމިތަން ބަލަމުން ދިޔައެވެ. “މި ރޫޔާގަނޑާއި ހެދި މަށަށް އަބަދު ޖެހެނީ ޕަވަރ ބޭންކު ފޮރުވަން.. މިހާރު ލެވުނު ތަން ވެސް ނޭނގޭ..” ރަނާ އެވަރުންވެސް ކުދި ކިޔަމުން ދިޔައީ ރޫޔާއަށެވެ.

އެތަށްއިރެއްގެ މަސައްކަތް ނާކާމިޔާބު ވެގެން ދިޔައީ ކޮޓަރި އެފުށް މިފުށަށް ޖެހިއިރުވެސް ރަނާއަށް ޕަވަރ ބޭންކު ނުފެނުމުންނެވެ. ރަނާ ބާލީސް މޫނުގައި އަޅާފައި ކަރުބުޑުން ހަޅޭއްލަވައިގަތެވެ.

އަވްލީން އޮތީ ސީލިންގއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ނަރުސް ކުއްޖާ އެތަނުގެ ދޮރު ހުޅުވާފައި އެތެރެއަށް ވަނެވެ. އަދި އަވްލީންގެ ގާތު ހުއްޓިލަމުން ހިނިތުންވެލިއެވެ. އަވްލީން ތެދުވީ އެ ނަރުސް ކުއްޖާގެ އަތުގައި އޮތް ބޭސް ފެނުމުންނެވެ. ”މިހާރުވެސް ވަރަށް ތަދުވޭތަ..؟” ބޭސްކާލާފައި ފެންބޯން ހުއްޓާ އެކުއްޖާ ހިނިތުންވުމާއެކީ އަހާލިއެވެ. އަވްލީން ހީނލާފައި ބޯ ހޫރުވާލިއެވެ. އަދިވެސް ގައިގެ އެތަން މިތަނުގައި ވޭން އަޅައެވެ. ކެތްކުރެވޭވަރު ވާތީ އަވްލީން އޮންނަނީ މަޑުންނެވެ. ރަނާ އެންމެ ބޮޑަށް އަނިޔާ ކޮށްފައިވަނީ ވާތަށެވެ. ވާތް ބޭނުން ކުރެވެނީވެސް ކިރިޔާއެވެ. އަވްލީން ޓައިޕް ކުރަން ޖެހެނީވެސް އެއް އަތުންނެވެ. އެ ނަރުސް ކުއްޖާ ދިޔުމުން އަވްލީން އަނެއްކާވެސް އޮށޯވެލިއެވެ.

ބޭހުގެ އަސަރު ކުރަން ފެށުމުން އަވްލީންގެ ވޭންތަކަށް ލުޔެއް ލިބެން ފެށިއެވެ. ނިދުނީ ހިނދުކޮޅެއްގެ ތެރޭގައެވެ.

ރުޅިއައިސް ރަތްވެފައިވާ މިނިކާވަގެއް ފަދައިން ރަނާ މިސްރާބު ޖެހީ މާމަ ގެއާއި ދިމާލަށެވެ. މާމަ ގެ ހުންނަނީ ފުދޭވަރަކަށް ދުރުގައެވެ. ފޯނުގައި ޗާރޖު ނެތުމުން ބަލާ އަންނާށޭ ކިޔާ މީހަކަށް ގުޅޭކަށް ވެސް ނެތެވެ. އެހާއިރު ވަންދެން ހިނގުމުން ރަނާ ހުރީ ގުނބުހިލިފައެވެ. މާމަ ގެއަށް ވަނީ ސަލާން ވެސް ނުގޮވައެވެ. ބަދިގެއަށްވަދެ ފެންތައްޓެއް ބޯން ރަނާ އިށީންއިރުވެސް މާނޭވާ ލެވެއެވެ. “އިބްރާހިމް ލިޔާން..” ފެންބޯން ހުއްޓާ އަނެއްކާ އެ ޚަބަރުގެ އަޑު ރަނާގެ ތޫނު ކަންފަތުގައި ޖެހުނެވެ. ފެންތައްޓަކާ ފެންތައްޓެއް ބަހައްޓާފައި ރަނާ ދުއްވައިގަތީ މާމަ ކޮޓަރިއަށް ދިޔުމަށެވެ. މާމަ ކޮޓަރިއަށް ވަތްއިރު މާމަ ހުރީ ރޭޑިޔޯއިން އެ ޚަބަރު އަޑު އަހާށެވެ.

ރަނާއަށް ބޮލުގައި އަތް އަޅާލެވުނެވެ. “އަނހަ މާމަގެ ރަންކޮޅާ…” މާމަ ހުރީ ސަރަންފީ ގޮނޑީގައި އިށީނދެލައިގެން ހެވިދިލިފައެވެ. މާމަގެ އަނގައިގައި ނުވެއްޓި ހަމައެކަނި އިން ދަތްވެސް ފެންނަން ހުއްޓެވެ. ރަނާ މާމައަށް ހީނލާ ހާލުއަހުވާލު އަހާލީ ރަނާ ރުޅިމޫނު ހަދައިގެން ހުއްޓާ މާމަ މާ ދެރަ ވެދާނެތީއެވެ. ރަނާ މާމަގެ އެނދަށް އަރާ ބަލާލިއިރު މާމަ ގެންގުޅޭ ނޮކިއާ ބައްތި ފޯނު އޮތީ ޗާޖަށް ޖަހާފައެވެ. “މާމާ.. އަޅުގަނޑު އިހަކަށް ޗާޖަށް ޖަހާލަންތަ..؟” ރަނާ އެދުނެވެ. މާމަ މަގޭ ރަންކޮޅާ އަވަހަށް ޖަހާށޭ ބުނުމުން ރަނާ އަވަހަށް އެ ފޯނު ބާލީސް މައްޗަށް ލާފައި ފޯނު ޗާޖަށް ޖެހިއެވެ.

އަދި ފޯނު ހުޅުވާލާފައި ޔޫޓިއުބަށް ވަނެވެ. “ނޯ ކަނެކްޝަން..؟” ހުރެވުނީ މާމަ ގޭގައިކަން ހަނދާންވީ ދެނެވެ. މާމަ ގޭގައި ވައިފައި ނުހުންނާނެ ކަން ރަނާގެ ހަނދާނަށް އައީ މާ ފަހުންނެވެ. “ތުއްތުބޭ.. ކޮބާ މޮޑެމް..؟؟” މާމަ ގޭގައި އުޅެނީ ރަނާގެ ބައްޕަގެ ބޭބެއާއި އޭނަގެ އާއިލާއެވެ. ”މޮޑެމްގެ ޗާޖެއް ނެތް… އޭގެ ޗާޖަރު ގެއްލިގެން ދައްތަވެސް މިއުޅެނީ.. އިންސްޓާއަށް ނުވަދެވޭތާ މަހެއް ވަނީ…” އެ ކޮޓަރިން ނުކުތީ ތުއްތުބޭގެ ދޮށީދަރި އައުޝާއެވެ. “ކަމަކަށް ފަހު ކަމެއް..” ރަނާއަށް ބުނެވުނެވެ. ”ދައްތައަށް އިނގޭ ފޯނު ކާޑު ބޭނުން ކޮށްގެން ޑާޓާ އަޅަން..” އައުޝާ ބުނެލިއެވެ. އައުޝާ އެހެން ބުނުމާއެކީ ވަގުތު ބޭކާރު ނުކޮށް ރަނާ ހިނގައިގަތީ ފިހާރައަށެވެ. ފޯނަށް ޑާޓާ އަޅަން ނޭނގޭތީ ރަނާ އައީ ދެ ފޯނު ކާޑު ގަނެގެންނެވެ. “ދައްތާ.. ޑާޓާ އަޅާދީބަލަ..” ރަނާ ފޯނު ކާޑު ދިއްކޮއްލަމުން އެދުނެވެ. “ހޮޓްސްޕޮޓް ދޫކުރަން ވާނެ..” އައުޝާ ބުނެލިއެވެ. “އޯކޭޔޭ.. އަވަހަށް އަޅާދީފާނަންތަ..؟” ރަނާއަށް ރުންކުރު ވެވުނެވެ.

އައުޝާ ޑާޓާ އަޅާދިނުމުން ރަނާ އަވަހަށް މާމަ ކޮޓަރިއަށް ވަދެ ފޯނު ޗާޖަށް ޖެހިއެވެ. ހިސްޓްރީއަށް ގޮސް އެ ވީޑިޔޯ ހުޅުވާލެވުނުއިރު ރަނާ ވަނީ ނުތަނަވަސްވެފައެވެ. އަދި މާމަ ހުއްޓާނުލާ އަނގަތަޅަމުން ދާތީ ރަނާއަށް މަޖުބޫރުވީ ހެޑްސެޓް އަޅާށެވެ. އައުޝާ އަތުން ހެޑްސެޓު ހޯދައިގެން ރަނާ އަނެއްކާ މާމަ ކޮޓަރިއަށް ވަތްތަނާ އައުޝާވެސް އައިސް އެނދަށް އަރައިފިއެވެ.

ލިޔާން ފުލުހުންގެ ކާރަށް އެރުވިއިރު ހުއްޓާނުލާ ތެޅެމުން ފޮޅެމުން ކުރި އިޝާރާތްތައް މަތިން ރަނާ ހަނދާންވިއެވެ. ނަމަވެސް އެއީ ކޮންކަމަކަށްކުރާ އިޝާރާތެއްތޯ ބުނެދޭން ރަނާއަށް ދަތިވިއެވެ. “މި ހުރިހާ ކަމަކަށްފަހުވެސް ނާކާމިޔާބު..!” ރަނާ ބޮލުގައި އަތް އަޅަމުން ތެދުވިއެވެ. އަދި ގެއަށްދާން މިސްރާބު ޖެހިއެވެ. “މަ ދާނީ..!” ލިޔާން ދެކިލެވޭތޯ ބަލަން ރަނާ ނިންމީ ސްޓޭޝަންއަށް ދިޔުމަށެވެ. އެއްވެސް ކަމެއް ނުކޮށް ހުއްޓާ ކަންތައްތައް މާ ބޮޑުވެދާނެ ޝައްކުވާން ފެށުމުންނެވެ.

އޭގެފަހުން އަބަދުވެސް އަވްލީން އެނދުގައި އޮންނަނީ ކައިޔަންގެ އަތުގައި ހިފައިގެން ނޫނީ ކައިޔަންގެ އިނގިއްޔެއްގައި ނަމަވެސް ހިފާލައިގެންނެވެ. ކާ ގަޑީގައިވެސް އަވްލީން ހުންނަނީ ކައިޔަންގެ މޫނަށް ބަލާށެވެ. އަވްލީއަށް ނިދެނީވެސް ކައިޔަންގެ މޫނަށް ބަލަމުންނެވެ. އެގޮތަށް ދަމުންގޮސް ހަތަރު ހަފްތާ ވެއްޖެއެވެ.

އާދީއްތަ ދުވަހުގެ ހެނދުނެވެ. އަވްލީން ހުރީ ސައިބޯށެވެ. ގާތުގައި އަލާންއާއި ޒިވީން ހުއްޓެވެ. އަވްލީންގެ ހަރަކާތްތައް ދިރާސާ ކުރާށެވެ.

”އަވް އައިމް ވޮރީޑް އަބައުޓް ޔޫ…” އަލާން ބުނެލިއެވެ. “ކީއްވެ..؟” އަވްލީން ސޭންޑްވިޗް ކަމުން އެއްސެވެ. “ކައި ދޮންބެ ހޭލާއިރު އަވް ތިހެން އުޅުނުކަން އެނގުނުނަމަ ކިހާދެރަވާނެ..؟ ހީ ވިލް ރިގްރެޓް..” އަލާން ބުނެލިއެވެ. “ރިގްރެޓޭ..؟ ކޮންކަމަކަށް..؟” އަވްލީން އެއްސެވެ. އަލާން ފާޑަކަށް އަވްލީންގެ މޫނަށް ބަލާލިއެވެ. ބަލާލިއެވެ.

އަވްލީންގެ ލޮލުގައި ދިރުމެއް ނުވެއެވެ. އެ އޮމާން މޫނުމަތި ވަނީ މިލާފައެވެ. އަބަދުހެން ތުންފަތުގައި ކުޅެލާފައި ހުންނަ ރީތި ހިނިތުންވުން ވަނީ ގެއްލިގެން ގޮސްފައެވެ. “އަމް.. ވީއަރ ލީވިން.. ސްކޫލަށް ދާންވާނެއްނު..؟” އަލާން ޖަވާބެއް ނުދިނުމުން ޒިވީން ބުނެލިއެވެ. އަވްލީން ބަހެއް ނުބުނެ މަޑުމަޑުން ބޯ ޖަހާލިއެވެ. ޒިވީން ތެދުވެ ޔުނީފޯރމް ރީތި ކޮށްލަމުން ނުކުތެވެ. އަލާން ނުކުންނަމުން އަދި އެއްފަހަރު އަވްލީންގެ މޫނަށް ބަލާލިއެވެ. ދިރުމެއް ނެތް މީހެއް ފަދައިން އަވްލީން ހުރުމުން އަލާން ނުކުމެގެން ދިޔައެވެ.

އަވްލީން ހުރީ ނޯވެ ކައިޔަންގެ މޫނަށް ނަޒަރު ހިންގާލައިގެން ފުން ޚިޔާލަކަށް ގެއްލިފައެވެ. އަވްލީން ފޯނު ނަގަން މޭޒާވީ ފަޅިއަށް އެނބުރިލިއެވެ. އަވްލީން ދިޔައީ ސިއްސައިގެންނެވެ.

………………………………………………………………………………………………

އެކުއްޖާ 18

 

އަވްލީން ހުރީ ނޯވެ ކައިޔަންގެ މޫނަށް ނަޒަރު ހިންގާލައިގެން ފުން ޚިޔާލަކަށް ގެއްލިފައެވެ. އަވްލީން ފޯނުނަގަން މޭޒާވީ ފަޅިއަށް އެނބުރިލިއެވެ. އަވްލީން ދިޔައީ ސިއްސައިގެންނެވެ. *

އޭރު ކައިޔަން އޮތީ ރީއްޗަށް ލޯހުޅުވާލައިގެން އަވްލީންއާއި ދިމާލަށް ބަލާށެވެ. އަވްލީންގެ ލޮލުން އުފާވެރިކަމުގެ ކަރުނަތައް އޮހެން ފެށިއެވެ. ވަގުތު ބޭކާރު ނުކޮއްލާ ފުރަތަމަވެސް ކައިޔަންގެ މޭމަތީގައި ބޯ އަޅާލެވުނީއެވެ. ތެދުވެ މީހަކަށް ޚަބަރު ދޭން ހިތަށް އެރިއެވެ. ނަމަވެސް އަތަށް ގުޅާފައިވާ އައިވީ އާއި އެކީ ދުވެވޭނެ އެއްވެސް ގޮތެއް ނެތެވެ. ނަމަވެސް ދެން އެހެން ގޮތެއްވެސް ނެތެވެ. އަވްލީން އަތުން އައިވީ ނައްޓަން ތައްޔާރުވީ ވަގުތަކީ އަވީނާ އާއި ފަރުހާން އެތެރެއަށް ވަތް ވަގުތެވެ.

”މަންމާ..! ބޭބޭ..! ކައިޔަން އިސް އެވޭކް..” އަވްލީންއަށް ހަޅޭއްލަވައިގަނެވުނެވެ. އަވީނާ ވަގުތުން ޑޮކްޓަރަށް ގޮވިއެވެ. ފަރުހާން ކައިޔަން ރަނގަޅުތޯ ބަލާ ޗެކް ކުރަމުން ދިޔައެވެ.

ޑޮކްޓަރު ކައިޔަން ގެންދިޔައިރު ވެސް ކައިޔަން އަނގައިން ބުނެ ނުލައެވެ. ގެންގޮސް ޗެކަޕްތަކާއި އެހެން ކަންކަންކޮށް ނިންމައިގެން އަނބުރާ ރޫމަށް ގެނައިއިރު އަވްލީން ހުރީ ކައިޔަންއާއި ވާހަކަދައްކާ ހިތުން މަރުވާވަރު ވެފައެވެ. “ކައިޔަން.. ކައިޔަން..” ކައިޔަން ކޮޓަރިއަށް ވެއްދިތަނާ ފުރަތަމަވެސް އަވްލީންއަށް ގޮވާލެވުނީއެވެ. ކައިޔަން އަވްލީންއާއ ދިމާލަށް ބަލަހައްޓައިގެން ހުރިގޮތުން އަވްލީންއަށް ކައިޔަންގެ ގައިގައި ބައްދާލެވުނެވެ. ކައިޔަން ފާޑަކަށް އަވްލީންގެ މޫނަށް ބަލާލިއެވެ.

“އެކްސްކިއުޒް މީ..؟ ތިއީ ކާކު..؟” އަވްލީން ގަޔާ ދުރުކޮށްލަމުން ކައިޔަން ކުރި ސުވާލުން އަވްލީންގެ މޫނުމަތީގައި މީހަކު ވަރުގަދަ ބޮނޑިއެއް އަޅާ އެނދަށް ވައްޓާލިހެން ހީވިއެވެ. ލޯ ބޮޑު ކޮށްލާފައި އަވީނާއަށް ވެސް އަނގަމަތީގައި އަތް އެޅުނެވެ. “އަޅުގަނޑު ދޭން އައި ޚަބަރަކީ މިއީ.. އެ ނުރައްކާތެރި އެކްސިޑެންޓުގައި ކައިޔަންގެ ބޮލަށް ލިބިފައިވާ އަނިޔާތައް ވަރަށް ބޮޑު… އެކަމާއި ގުޅިގެން ކައިޔަންގެ ފަހުގެ ހުރިހާ ހަނދާންތަކެއް ވަނީ ގެއްލިގެން ގޮސްފައި ކަމަށް ބެލެވެނީ.. ދިސް ބޯއި އިޒް އަ ވެރީ ލަކީ ބޯއި.. ގިނަފަހަރަށް އެކަހަލަ އެކްސިޑެންޓެއްގައި މީހާގެ ފުރާނަ ހަށިގަނޑާއި ވަކިވެގެން ދާނީ.. ދިސް އިޒް އަ މިރެކަލް.. ދެން އަޅުގަނޑުމެން ބޭނުންވަނީ ކައިޔަންގެ މާޒީއާއި ގުޅިފައިވާ މީހުން ކޮޅެއް ގެނެސްގެން ސުވާލު ކުރަން.. މިކަން ވެދާނެތޯ..؟؟” ޑޮކްޓަރު އެހެން ބުނެލުމުން އަވީނާ ހިތުގައި ޖެހުނެވެ.

އަވްލީންއަށް ހުރެވުނީ ގަނޑުވެފައެވެ. ކައިޔަން އެ ދެލޯ ހުޅުވާލަންދެން އަވްލީން ކުރި އިންތިޒާރުގެ ވާފަށް އެކީ އެކަށް ބުރިބުރި ވެގެން ހިނގައްޖެއެވެ.

ކައިޔަން ވަކިވަކިން އެންމެންގެ މޫނަށް ނަޒަރު ހިންގާލިއެވެ. ބީރައްޓެހި ބެލުމަކުންނެވެ. “ކައިޔަން.. ދައްތައާއި ދިމާލަށް ބަލާލަބަލަ.. ދައްތަ މަތިން ހަނދާނެއް ނުވޭތަ..؟” އަވީނާ ކައިޔަންގެ މޫނުގައި މަޑުމަޑުން އަތްޖައްސަމުން އެއްސެވެ. “އަވީނާދައްތާ.. ކޮން އިރަކުތަ މިކޮޅަށް އައީ..؟” ކައިޔަން އުފާވެފައި ހުރެ އަހާލިއެވެ. އަވީނާ ހިތްހަމަޖެހުމުގެ ނޭވާއެއް ލިއެވެ.

“ކައިޔަން ބޭބެ މަތިން ހަނދާން އެބަހުރިތަ..؟” ފަރުހާން އެހެން އަހާލިއިރު އަޑުގައި ކުޑަ ތުރުތުރެއް ހުއްޓެވެ. މިވީހާ ދުވަސްތަކުގެ ތެރޭގައި ފަރުހާންގެ ހިތުން ކައިޔަން މަތީ މަޤާމެއް އަތުލާފައި ވާކަން އެނގުނީ ކައިޔަން ބޯ ހޫރުވާލުމާއެކީ ފަރުހާންގެ ލޮލުން ނީރާލި ކަރުނަ ތިކިންނެވެ. އަވީނާވެސް އޭރު އަނގަ މަތީ އަތް އަޅާ ރޯން ފަށައިފިއެވެ. އެންމެންގެ ހާސްވެ ދެރަވެފައިވާ މޫނުތަކަށް ކައިޔަން ބަލަމުން ދިޔައީ ހައިރާންވެ ހުރެއެވެ. އެންމެންނަށް ބަލަން ހުރެހުރެފައި ކައިޔަން ހިތުގައި ޖެހި ޖެހިފައި ރޯން އިން އަވްލީންއާއި ދިމާލަށް ބަލާލިއެވެ.

ކައިޔަންގޮސް ހުއްޓުނީ އަވްލީން ކުރިމަތީގައެވެ. ރޯން އިން އަވްލީން މޫނުމަތިން ދެއަތް ނަގާ ކައިޔަން އާއި ދިމާލަށް ބަލާލިއެވެ. ކައިޔަންއަށް އަވްލީން ވަކިކުރަން އެނގޭނެ ކަމުގެ ކުޑަ ކުޑަ އުންމީދެއް އޮތުމުންނެވެ. “ހޭއި… ތިއީ ކާކު..؟ ތި ރޮނީ ކީއްވެ..؟” ވަރަށް އެކުވެރި ގޮތަކަށް ކައިޔަން އެއްސެވެ. އެއީ ކައިޔަންގެ ހުންނަ ގޮތެވެ. އަންހެން ކުދިންނާއި ފްލާރޓީކޮށް ވާހަކަ ދެއްކުމަކީ ކައިޔަންގެ އާދައެވެ. އަވްލީންއާއި ދިމާވިފަހުން ކައިޔަން ބަދަލުވެފައިވާ ވަރު ރޭކާލީ ދެނެވެ. އެކަމުން އަވްލީންއަށް އިތުރަށް ރޮވުނީއެވެ.

ކައިޔަން ކުޑަކޮށް ސިހުނެވެ. އެއީ އަންހެން ކުއްޖެއް އޭނަޔާ ހެދި ރޯންފެށި ފުރަތަމަ ފަހަރު ކަމަށް ވާތީއެވެ. ”ކޮބާތަ މަންމަ..؟ ކޮބާ މުޖާހިދު..؟ ކޮބާ ޒިވީ..؟” ކައިޔަން އަވީނާގެ ގާތުގައި އަހާލައިފިއެވެ. “މަންމައާއި ބައްޕައޭ..؟؟ ލަހުފާއާއި މުޖާހިދުގެ ވާހަކަތަ..؟” އަވީނާއަށް އެހުނެވެ. ”ކިހިނެތްވީތަ..؟ މަންމަ ރަށުން ބޭރުގައިތަ…؟” ކައިޔަން އެއްސެވެ. އަވީނާ ފެންކަޅިވިއެވެ. ނުވަ އަހަރު ވަންދެން ބަލާ ބޮޑުކުރި ކަމުގައި ވިޔަސް ކައިޔަންގެ އެއްވެސް ހަނދާނެއް އާނުވާތީއެވެ. އަވީނާގެ ހިތުގައި ކައިޔަންއަށް އޮތް ލޯތްބަކީ މަޔެއް ދަރިއަކަށް ދޭނެ ލޯތްބެވެ.

ވަގުތުން ލަހުފާއާއި މުޖާހިދަށް ފަރުހާން ގުޅިއެވެ. ނަސީބު ދިމާކުރި ގޮތުން އޭރު ލަހުފާ އޮތީ ހޮސްޕިޓަލުގައެވެ. ކައިޔަން އެ ކޮޓަރިއަށް ގެންދެވުނު ތަނާ މަންމާއޭ ކިޔާ ކައިޔަން ލަހުފާގެ ގައިގައި ބާރަކަށް ބައްދާލިއެވެ. ވަރުދެރަ ވެފައި އޮތް ލަހުފާއަށް ހީވީ ކުޑަވަރެއްގެ ހާރޓްއެޓޭކެއް ދިންހެންނެވެ. މިއީ ވޭތުވެ ދިޔަ ދުވަސްތައް ތެރޭގައި ވެސް ކައިޔަން އެހާ ލޯބިން ލަހުފާއަށް ގޮވާލި އެންމެ ފުރަތަމަ ފަހަރެވެ. ވަގުތުން ލަހުފާ ފެންކަޅިވިއެވެ. އޭރު ލަހުފާގެ ގާތު ގައި ކުޑަކުޑަ އަންހެން ކުއްޖެއް އޮތެވެ. “އަޝް.. މިއީ ޒީޝް.. އަޝާންގެ އަންހެންކޮއްކޮ..!” ލަހުފާ ބުނެލިއެވެ. “މަންމާ އަޅުގަނޑަށް ކިޔަނީ ކައިޔަން..” ކައިޔަން ބުނެލިއެވެ. ގައިމުވެސް އެވަރު ކައިޔަންގެ ހަނދާނުގައި އެބަހުރިތާއެވެ.

“އެކަމަކު ތިއީ އަބަދުވެސް މަންމަގެ އަޝާން..” ލަހުފާ އުފަލުން ފުރިފައިހުރެ ކައިޔަން ގެނެސް މޭގައި ޖައްސާލާފައި ބުނެލިއެވެ. ގާތުގައި މުޖާހިދު ހުއްޓެވެ. ވާނުވާ ނޭނގިފައެވެ. ޒިވީންއާއި ކައިޔަން ހޯދަން އައިސްގެންނެއް ނުވާނެޔޭ ކިޔާފައި ކައިޔަން މިކުޅެނީ ކޮންކަހަލަ ޑްރާމާއެއް ހެއްޔެވެ.؟ އެ ދެލޮލުން ހަގީގަތް އެނގެން ބޭނުންވާވަރު އަންގައިދެއެވެ. އަވީނާއާއ ދިމާލަށް ބަލާލިގޮތުން މުޖާހިދު ބޭނުންވަނީ ފަރުދާގެ ފަހަތުގައި ނުހުރެ ސްޓޭޖަށް އަރާ ޑްރާމާ ކުޅެން ކަން ފަހުމު ވެގެން ދިޔައެވެ.

ކައިޔަންއާއި ލަހުފާއަށް ވަގުތުކޮޅެއް ދިނުމުގެ ނިޔަތުގައި ބޭރަށް ނުކުމެ ފަރުހާންއާއި އަވީނާ މުޖާހިދު އާއި ވާހަކަ ދައްކަން ފެށިއެވެ. ކައިޔަން ވަނީ ވަރަށް ނުރައްކާތެރި އެކްސިޑެންޓަކާއި ކުރިމަތި ލާފައި ކަމާއި އެކަމުގެ ނަތީޖާއަކަށް ހަނދާންތައް ކައިޔަންއާއި ވަކިވެގެން ދިޔަކަން މުޖާހިދަށް ކިޔައިދިނެވެ. “އެހެންވީމައި އެކުއްޖާގެ ހަނދާންތައް ފޮހެވިގެން ދިޔައީތާ…؟” މުޖާހިދަށް ބުނެވުނެވެ.

”ކައިޔަން ބޭނުންވަނީ އަލުން ޒިވީންއާއެކީގައި ތިގޭގައި އަލުން އުޅެން ފަށަން.. އެކަން ވެދާނެތަ..؟” އެތެރެއަށް ވަންނަމުން އަވީނާ އެއްސެވެ. “ވާނެ..!!!” މުޖާހިދު ވަގުތުން ބުނެލިއެވެ. ލަހުފާ ހުރީ ކުޑަކޮށް ހައިރާން ވެފައެވެ. މުޖާހިދަކީ ކައިޔަންއާއި ޒިވީން ގެއިން ނުނެރެލެވިގެން އެންމެ ކަންބޮޑުވި މީހާއެވެ. އަނެއްކާ މުޖާހިދުގެ ރޭވުމަކީ ކޮބައިބާވައެވެ.؟

އަވްލީން ރުއިމެއް ނުހުއްޓާލައެވެ. ކައިޔަން އެކޮޓަރިއަށް ވެއްދިފަހުންވެސް އަވްލީން އިނީ ރޯލަރޯލައެވެ. ކައިޔަން ހުރީ އަދިވެސް މި ނުދަންނަ އަންހެން ކުއްޖާއަށް ބަލާށެވެ. އަޅެފަހެ އެކުއްޖާ މާ ގަދަޔަށް އެރޮނީ ކީއްވެބާއެވެ.؟ “ހޭ މާބޮޑަށް އިންޖަރީސް އަށް ތަދުވަނީތަ..؟ ޑޮކްޓަރއަށް ގޮވާލަދެންތަ..؟” ކައިޔަން ބޭނުންވީ މި ނުދަންނަ ހޫރުޕަރީއަށް އެހީތެރިވެ ދިނުމަށެވެ. އަވްލީން ޖަވާބެއް ދޭން އަނގަ ހުޅުވާލިއެވެ. ނަމަވެސް އަޑެއް ނުނުކުތެވެ. އަޑުވެސް ވަކި ހިސާބަކުން ތާށިވީ ތޯއްޗެކެއެވެ. އަވްލީން ގެ އަނގައިން އަނެއްކާވެސް ބޭރުވީ ރުއިމުގެ އަޑެވެ.

ކައިޔަން ހުރީ ހަމަ ހައިރާންވެފައެވެ. އެކުއްޖާ ހާދަހާ ރީއްޗެވެ. އެ ކުރު އިސްތަށިގަނޑުވެސް ފަން ވެފައި ވިދުން ގަދައެވެ. އެ ދެލޮލުގައި ހުރި ކުލައަކީ ފެންކުލަ ފޮށީގައި ހުރި ފެހިކުލަތައް އެއްކޮށްގެން ވެސް ނުހެދޭނެ ކުލައެކެވެ. ކައިޔަންއަށް ހަމްދަރުދީ ވެވުނީ ބޭއިޚްތިޔާރުގައެވެ. ރޮއިރޮއި ގޮސް ރަތް ވެފައިވާ އެކުއްޖާގެ ދެލޯ، ނުރޯނަމަ ކިހާ ރީތިވާނެބާއޭ ކައިޔަންގެ ހިތަށް އެރިއެވެ. އެ އޮމާން ދޮން ކޯތާފަތް މަތި ތެންމާލަމުން ތިރިއަށް ނީރާލާ ކަރުނަ ތިކިތައް ފޮހެލަދޭން ބޭނުންވިއެވެ. ނަން އަހާލަންވެސް ބޭނުންވިއެވެ. ވާހަކަ ދައްކާލާ ހިތްވިއެވެ. ނަމަވެސް އެކުއްޖާގެ ދަތި ހާލަތު ދެކިފައި އެއީ އެންމެ ރަނގަޅު ނޫން ވަގުތު ކަމަށް ނިންމާ ކައިޔަން ހަނު ހުންނަން ގަސްތު ކުރީއެވެ. ނަމަވެސް ކައިޔަންއަށް އަބަދު ހުރެވެނީ އެކުއްޖާގެ ހަރަކާތްތަކަށް ބަލާށެވެ.

ސްކޫލް ނިންމާލިގޮތަށް ޒިވީންއާއި ޒާއިންގެ އިތުރުން އަލާންއާއި އައިންވެސް ހޮސްޕިޓަލަށް ދިޔައީ ވިދުވަރެއްހާ ބާރަށެވެ. ކައިޔަންއަށް ނުހަނު ފަސޭހައިން ޒިވީން ވަކިކުރަން އެނގުނެވެ. ނަމަވެސް ޒާއިންއަކީ ކާކުކަމެއް ނޭނގުނެވެ. ޒިވީންގެ ޚިޔާލަށް އިކުވާންއާއި ހައިނާވެސް ގެނެވިއްޖެއެވެ. ކައިޔަން އަށް އެދެމީހުން ވަކި ކުރަން އެނގިއްޖެއެވެ. އިއްތިފާގުން ރަނާއަށް ވެސް ގުޅުނެވެ. ފޯނު ކޯލުތަކާއި ހަވާލުވެގެން ހުރީ ފަރުހާންއެވެ. ކައިޔަންއާއި ރަނާއާއި އަވްލީންގެ މެދުގައިވާ ތިނެސްކަން ރޮނގު ނޭނގެނީ ފަރުހާންއަށް އެކަނި ކަމަށްވާތީ ފަރުހާން ކައިޔަންގެ ފޭވަރިޓް ކޮށްފައިވާ ކޮންޓެކްޓްސް ބައިން ރަނާގެ ނަން ފެނުމުން ގުޅީއެވެ.

ރަނާ ހުރީ ޑްރެސިން ޓޭބަލްގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެގެންނެވެ. އެ ދުވަހު އެވަރަށް ލިޔާންއާއި ބައްދަލު ކުރަން ދާން ހިތަށް އަރުވައިގެން ހުއްޓާ ފަހު ވަގުތު ދާން ނުކެރުމުން ރަނާއަށް އަމިއްލަ ނަފްސާއި މަލާމާތް ކުރެވެނީއެވެ. މިހާރު ލިޔާން ޖަލަށް ނުލާކަމެއް ވެސް ނޭނގެއެވެ.

އެ ކޮޓަރިތެރޭ އޮތް މަރުފަދަ ހަމަ ހިމޭންކަން ފޫދުއްވާލީ ވައިބްރޭޓްވާން ފެށި ރަނާގެ ފޯނެވެ. ފޯނަށް އަރާފައިވާ ނަމުން ރަނާއަށް އެއްފަހަރާ ދެ އިހުސާސް ކުރެވުނެވެ. ހައިރާންކަމާއި އުފާވެރިކަމެވެ.

“ހަލޯ ރަނާ ދެއްތޯ..؟؟” ފޯރިއާއެކީ ފޯނު ނަގާ ކަންފަތުގައި ޖައްސާލި ރަނާގެ ތުންފަތުން ހިނިތުންވުން ފިލީ ވާހަކަ ދައްކަނީ ނޫންކަން އެނގުމުންނެވެ. “ކާކު…؟” އެކޮޅުން ފަރުހާން ވާހަކަދެއްކި އިރު ހުރި އިހުތިރާމެއް ރަނާގެ އަޑަކު ނެތެވެ. އެކޮޅުން ވާހަކަދައްކަނީ ކައިޔަން ނޫންކަން އެނގުމުން ރަނާ ހުރީ އަވަހަށް ފޯނު ކަނޑާލަން ބޭނުންވެފައެވެ. ހިތުގައި ނުތަނަވަސްކަމެއް އުފެދި ނޭވާ ތާށިވާހެން ހީވާން ފެށިއެވެ. ”ކައިޔަން އެކްސިޑެންޓެއް ވެގެން ހޮސްޕިޓަލްގައި އެބައޮތް.. ވަރަށް އަވަހަށް ރަނާ އަށް މިކޮޅަށް އާދެވިދާނެތޯ..؟” ފަރުހާން އަހާލިއެވެ. ރަނާ ހިމަ އަޑަކުން އާނއެކޭ ބުނެލާފައި ރަނާ ތެދުވެ ރީތިވާން ފެށިއެވެ. އޮރެންޖް ޓީޝާޓަކާއި އައިސްބްލޫ ރިޕްޑް ޖިންސެއްލާފައި ރަނާ ލޯގަނޑު ކުރިމަތީ ހުއްޓި ރީތިވާން ފެށިއެވެ. މެރޫން ލިޕްސްޓިކްއަކުން ތުންފަތް ފަވާލަމުން ރަނާ އަމިއްލަ އިސްތަށިގަނޑަށް ބަލާލިއެވެ. ރަނާގެ ހަނދާނަށް އައީ ލިޔާން ބުނެލި ޖުމްލައެވެ.

އެއީ ރަނާ އިސްތަށިގަނޑު ފަން ކޮށްގެން ލިޔާންއާއި ބައްދަލު ކުރި ދުވަހެކެވެ. “އައްދޭ މީ ރަނާތަ..؟ ނޫނީ އެހެން އަންހެން ކުއްޖެއްތަ..؟؟” ހީގަންނަމުން ލިޔާން ފުރަތަމަވެސް އަހާލި ސުވާލަކީ އެޔެވެ. ރަނާ ބުނާނެ އެއްޗެއް ނޭނގިގެން އުޅެނިކޮށް ލިޔާން “ރަންގަނޑު..” އޭ ކިޔާ ރަނާއަށް ގޮވާލިއެވެ. އެއީ އެދުވަހު ރަނާ ފެނުމުން އަތް ހޫރުވާލާފައި ލިޔާން ބުނެލި ނަމެވެ. “ކީއްވެގެންތަ އިސްތަށިގަނޑު ފަން ކުރީ..؟ ރަނާ މާރީތި އިސްތަށިގަނޑު ބުޅިކޮށްލީމަ.. ހީވަނީ ބާރބީ ޑޯލްއެއްހެން…” އެވަރުން ރަނާ ފުނާ އަޅައިގެން އައި އިސްތަށިގަނޑު ހާވާލާފައި ލިޔާން ބުނެލިއެވެ.

“ދެން ޕްލޭން ކުރާއިރު މަ އިނގިއްޔަށް އޮޅާނީ ކޯޗެއް..؟” ލިޔާން ބުނީ ދޮގެއް ނޫނެވެ. އެދެމީހުން ދެން އަޅާނެ ފިޔަވަޅަކާއި ދޭތެރޭ ވިސްނާއިރު ލިޔާން އަބަދު ހުންނާނީ ރަނާގެ ބުޅި އިސްތަށިކޮޅުތައް އިނގިއްޔަށް އޮޅާލަ އޮޅާލައެވެ. “އަމިއްލަ އިސްތަށިގަނޑު އަދިވެސް ބުޅިއެއްނު..؟” ރަނާ ބުނެލިއެވެ. އެ ދުވަހު ލިޔާން ހޭންހުރިގޮތް ހަނދާންވެފައި ރަނާއަށް ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ.

އަލުން ބުޅިކޮށްލާފައި އޮތް އިސްތަށިގަނޑުގައި ފުނާ އަޅާ ނިންމާލަމުން ރަނާ ޗޮކްލެޓް ކުލައިގެ ވެޖް އަށް އެރިއެވެ. ސެންޓު ޖަހާލާފައި ބޭރަށް ނުކުތްއިރު ރަނާ ހިނގާ ކޮންމެ މަގެއް ހުވަނދު ވާނެކަން ޔަގީންވެއެވެ. އެވަރަށް ސެންޓް ޖަހާފައި ހުއްޓެވެ. އެކުވެރި ކުއްޖަކު ސައިކަލުގައި ބަލާ އައުމުން ރަނާ ހޮސްޕިޓަލަށް ދާން ނައްޓާލިއެވެ.

ކައިޔަން އޮތް ކޮޓަރީގެ ގާތަށް ރަނާއަށް ދެވުނީ ކުޑަކޮށް ޖެހިލުން ވެގެން ހުރެއެވެ. ކައިޔަން އަނެއްކާ އޭނާ ބޭޒާރު ކޮއްލާނީ ހެއްޔެވެ.؟ ގައިމުވެސް ދެން ކައިޔަން އަވްލީންގެ އަތުން ދޫކޮށެއް ނުލާނެއެވެ. އަވްލީން ކުރިކަނޑާފައި ރަނާއަށް ދެން ނޭރޭނެކަން ރަނާއަށް ވިސްނިއްޖެއެވެ. އެންމެން ކުރިމަތީގައި ވަރުގަދަ ލެކުޗަރެއްދީފައި ރަނާ ލަދުގަންނަވާލަންވެސް ކައިޔަންއަށް މިހާރު ކެރެން ޖެހޭނެއެވެ. މިހިރަ ޚިޔާލުތަކާއި ހުރެ ކައިޔަން ގާތަށް ވަންނަން ރަނާ ފަސް ޖެހުނެވެ. ކޮންމެ ގޮތެއްވިޔަސް ހެޔޮކަމަށް ރަނާ ފުން ނޭވާއެއްލާފައި ވަންނަން ދިމާކޮށްލިއެވެ.

ހިންމިއަކަށް ދޮރު ހުޅުވާލާފައި ރަނާ އެތެރެއަށް ބަލާލީ ވަރަށް ގިނަ މީހުން ހުރިތޯ ބަލާލަން ވެގެންނެވެ. ފުރަތަމަވެސް ލޮލުގައި އަޅައިގަތީ މޯޅިވެފައިވާ މަލެއްހެން އިން އަވްލީންއެވެ. ރަނާ ބުމަ ގާތްކޮއްލީ ރުޅިއައި ވަރުންނެވެ. “ކައިޔަންގެ ހިޔަނިގެން އަދި މި އަންހެނާ އުޅެން ޖެހޭތަ..؟؟” ރަނާ ތުންފަތުގައި ދަތް އަޅާލިއެވެ. އަވްލީން ފެންނައިރަށް ހަމަ ރުޅި އަންނަނީއެވެ. އަނެއްކޮޅުން ލިޔާންވެސް ހައްޔަރު ކޮއްފިއެވެ. ރަނާގެ ޕްލޭން މޮޅުކަމުން ރަނާއަށް އެއްވެސް ތުހުމަތެއް ނާންނާނެ ގޮތަށް ހަދާލީއެވެ. އެއްވައްތަރަށް ހެދުން ލައިގެން ހުރިކަމުން ފުލުހުންނަށްވެސް އޮޅުނީއެވެ. ފުލުހުން ވަތް ވަގުތު ލިޔާން އެތަނުގެ ތެރޭގައި އެކަނިކޮއްލާފައި ފަހަތު ކުޑަދޮރަކުން ރަނާ ފިލީއެވެ.

ހަގީގަތުގައި ކައިޔަން އެކްސިޑެންޓްވުމުގެ އަސްލަކީ ރަނާއެވެ. އެސައިކަލުގައި ހުރި މީހަކީ ރަނާއެވެ. އެއީ ލިޔާން ގެންގުޅުނު ސައިކަލެވެ. ރަނާގެ މަގުސަދަކަށްވީ ކައިޔަން އެކްސިޑެންޓެއް ވުމެއް ނޫނެވެ. ރަނާގެ މަގުސަދަކީ އަވްލީންއާއި ކައިޔަން ކުރިމަތީގައި ކާމިޔާބު ނުވަނީސް ނުހުއްޓާލާނަމޭ ބުނުމެވެ. އެނޫސަތަރިގަނޑު އައިސް އެޅުމަކީ އިއްތިފާގެކެވެ. ކައިޔަން އެކްސިޑެންޓްވީކަން އެނގިގެން ވަގުތުން އަވީނާމެންނަށް އެ ޚަބަރު ދީފައި ފުލުހުންނަށް މައުލޫމާތު ދިނީވެސް ހަމަ ރަނާއެވެ. އެއީ ކައިޔަން މި ދުނިޔެ ދޫކޮށްދިޔަނަމަ ރަނާގެ ހުރިހާ ޕްލޭނެއް ފެއިލްވާނެކަން އެނގޭތީއެވެ.

ރަނާ އެތެރެއަށް ވަނުމާއެކީގައި ކައިޔަންގެ މޫނުމަތި އުޖާލާވެގެންދިޔައެވެ. ރަނޫއޭކިޔާ ގޮސް ރަނާގެ ގައިގައި ކައިޔަން ބައްދާލިއެވެ. އަވްލީންގެ ގާތުގައި އިށީނދެގެން އިން ހައިނާގެ އަނގަ ހުޅުވުނެވެ. ދެންމެ އެތެރެއަށް ވަތް އިކުވާންގެ އަނގަ ހުޅުވިފައިވާލެއް ބޮޑުކަމުން ހީވަނީ ދެންމެދެންމޭން ދަތްދޮޅި ގޮސް ބިންމަތީގައި ޖެހިދާނެ ހެންނެވެ.

ނަމަވެސް އެހެން އެންމެންނަށް ޖެހުނު ޝޮކަށް ވުރެ ބޮޑަށް ރަނާއަށް ޖެހުނު ޝޮކު މާ ވަރުގަދަ ހެން ހީވެއެވެ. ރަނާ ހުރީ ގަނޑުވެފައެވެ. ކައިޔަންގެ ފަރާތުން އެފަދަ ހަރަކާތެއް އަންނާނެ ކަމަށްވެސް ރަނާ އުންމީދެއް ނުކުރެއެވެ. “ކައިޔަން… ރަނާގެ މަތިން ހަނދާންވޭތަ..؟” އަވީނާ އެއްސެވެ. “ރާނީ މަތިން ހަނދާން ނެތޭނީ ކިހިނެތް..؟” ކައިޔަން ހެވިފައި ހުރެ ބުނެލިއެވެ. ރަނާ ވަގުތުން ކައިޔަންގެ އަތުން ދެމިގަނެފައި އަވީނާގެ ގާތަށް ޖެހުނެވެ. މަންޒަރު ދިޔައީ ނުބައި ކޮށެވެ. އެހެންޏާ ރަނާ އައިސް ކައިޔަންގެ ގައިގައި އޮޅުލައިގަންނައިރަށް ރަނާގެ އަތުން ދެމިގަނެފައި ދުރަށް ޖެހޭނީ ކައިޔަންއެވެ. ނަމަވެސް މިފަހަރު ކައިޔަން އޮޅުލައިގަތުމުގެ ސަބަބުން ދުރަށް ދެމިގަންނަން ޖެހުނީ ރަނާއަށެވެ.

“މިއުޅެނީ ކިހިނެތް ވެގެން ދައްތާ..؟” ރަނާ ހުރީ ހައިރާންވެގެން ގޮސް އަނެއް އަތަށް އެނބުރިފައެވެ. “ކައިޔަންގެ އެ އެކްސިޑެންޓުން….” އަވީނާއަށް ޖުމްލަ ކުރިޔަށް ނުގެންދެވުނީ ދެރަވި ވަރުންނެވެ. “ކައިޔަންއަށް..؟؟” ރަނާ އެއްސެވެ. “ކައިޔަންގެ ހަނދާންތައް ވަނީ ފޮހެވިގެން ގޮސްފައި.. ކައިޔަން ހަނދާންވަނީ ވެސް ކުރީގައި ހިނގައިދިޔަ ކަންތަކުގެ މަތި….” އަވީނާ ބުނެލިއެވެ.

”އަޅުގަނޑު އެބައަންނަން ވަރަށް އަވަހަސް ފާޚާނާއަށް ވަދެލާފައި….” ރަނާ އެހެން ބުނެފައި ބާރު ހިނގުމެއްގައި ގޮސް ހޮސްޕިޓަލްގެ ފާޚާނާއަށް ވަދެ ރަނގަޅަށް ތަޅުލިއެވެ.

“ތެންކިއު ގޯޑް… އޯ ތެންކިއު ތެންކިއު…!!!” ރަނާގެ މޫނުމަތީގައި ހިނިތުންވުން ދުވެލީ ދެނެވެ. މުޅި ފާޚާނާ ގުގުމާލީ ރަނާގެ ހުނުމުގެ އަޑުންނެވެ. “އެންމެފަހުން..! ކައިޔަން އިސް މައިން..! ހީ ފޮގޮޓް އަބައުޓް އިންލޭންޑް ޓައިޕެން..!! އައި ކާންޓް ބިލީވް އިޓް..!!!” ރަނާ ހެމުން ހެމުންގޮސް ބަނޑަށް ތަދުވާ ވަރަށް ހުނެވެ. ހެމުންގޮސް ލޮލުން ފެންވެސް އައެވެ.

ރަނާ އަނބުރާ ކޮޓަރިއަށް އައިސް ކައިޔަންއާއި ވާހަކަ ދައްކަން އެތަށްއިރެއް ވަންދެން އިނެވެ. އެ މަންޒަރު ބަލަން ކެތްނުވެގެން އަވްލީން އޮށޯވެ އަނެއް ފަރާތަށް އެނބުރުނު އިރު ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ. ނަމަވެސް އަވްލީންއަކީ ރަނާ ފަދައިން ހަމައެކަނި ލޯތްބައްޓަކައި މީހުން މަރާ ހިސާބަށް ދާވަރު ކުއްޖެއް ނޫންކަމުން ހިމޭން ކަރުނަތަކެއް އޮހޮރުވަން އޮތީ މަރުވެފައިވާ މީހެއް ފަދައިންނެވެ.

ރަނާ ގެއަށް ގޮސްފައި ކަރުދާސް ކުދިކޮށް ކޮށާފައި އަމިއްލަ ވިކްޓްރީ ފާހަގަކުރިއެވެ. ފުއްޕާހަން އެލުވިއެވެ. ކޭކު ގަނެގެން އަމިއްލައަށް ކޭކުފަޅާ ކެއެވެ. ގޭ މީހުންވެސް ހުރީ ހައިރާންވެފައެވެ. މިއަދު ހެނދުނު ހާސްވެގެން ސައިވެސް ނުބޮއި ހުރި ރަނާ ހަވީރު ގަޑީ އައިގޮތަށް އައިސް އުފާފާޅު ކުރަން ފެށުމުންނެވެ. ދޮންތަ އެހުރީ ޖިންނި މޮޔަވެފައޭ ކިޔާ އުލްޔާ ރޯންވެސް ރުއެވެ.

“އަވް.. އަހަރެމެން މިދަނީ.. ލުކް އާފްޓަރ ޔޯ ސެލްފް އެންޑް……” އިކުވާން ބުނެލަން އުޅުނު ޖުމްލަ ނުބުނެ ދާން އެނބުރުނީ ހައިނާ ބޯ ހޫރުވާލުމުންނެވެ. “ހްމްމް..” އަވްލީންއަށް ބުނެވުނީ އެހެންނެވެ. ރޮއިރޮއި ގޮސް ބާލީސްވެސް ފޯވެއްޖެއެވެ.

ރޭގަނޑު ވަގުތެވެ. ހަތަރު ކުދިންނާއެކީ އަވީނާ އައީ ކައިޔަންއާއި އަވްލީންއަށް ކާނެ ބޯނެ އެއްޗެހި ހިފައިގެންނެވެ. “އަވްދައްތަ ކިހިނެތް..؟” ޒާއިން ގޮސް އިށީނީ އަވްލީންގެ ގާތުގައެވެ. ކައިޔަންގެ ގާތުގައި އިށީންނަން ބޭނުންވިޔަސް ދެން ކައިޔަންއަށް ޒާއިންއާއި ދިމާލަށް ކޮއްކޮއޭ ކިޔާ ގޮވުން ވާނީ އޮޅުން އަރާނެ ކަމަކަށް ވާނެތީއެވެ. ކައިޔަންގެ ގާތުގައި އިށީނީ ޒިވީން އެކަންޏެވެ. އަވީނާ އިށީނީ ކައިޔަން އާއި އަވްލީންގެ މެދުގައެވެ.

ކުއްލިއަކަށް އެތަނަށް ފުލުހުންގެ ތެރެއިން ދެ މީހަކު އައިސް ވަނެވެ. އެމީހުން އައީ އެކްސިޑެންޓްއާއި ގުޅޭގޮތުން ކުޑަ މައުލޫމާތެއް ހޯދާލަންކަމަށް ބުނެލިއެވެ. އަވީނާ އެ ދެ މީހުންނަށް ކައިޔަންގެ ހާލު ބުނެދިނުމުން އެމީހުން ސުވާލު ކުރީ އަވްލީންއާއި އެކަންޏެވެ. ނަމަވެސް އަވްލީންގެ ފަރާތުން އެދެވޭ މައުލޫމާތެއް ނުލިބުނެވެ. އެމީހުން ނުކުމެގެން ދިޔައީ މަސައްކަތް ކުރި ފަނަރަ މިނެޓްތެރޭ އެ މީހުންގެ ކަންފަތަށް އިވުނީ އަވްލީން ރޯއަޑު އެކަނި ކަމަށްވާތީއެވެ.

ކައިޔަން ހޮސްޕިޓަލުން ދޫކޮއްލީ އަވްލީން ދޫކޮއްލިތާ ފަސް ދުވަސް ފަހުންނެވެ. ކައިޔަން ފަހުން ކުއްޔަށް ހިފި ގެއަށް ގެންދަން އުޅުމުން ކައިޔަން ސުވާލު ކުރިއެވެ. އެހެން ކަމުން ކައިޔަންގެ އެއްޗެހިތައް ހިފައިގެން އަލުން ކައިޔަން ޒިވީންއާއި އެކީ ލަހުފާމެންގެ ގެއަށް ބަދަލުވިއެވެ. އެގެއަށް ނުދާން ވެގެން ޒިވީން ރޮއި އާދޭސް ކުރިއެވެ. ކައިޔަން އެއްވެސް ކަމެއް ހަނދާން ނުހުންނާނެކަން އެނގި ހުރެއެވެ. ނަމަވެސް އަލުން އެ އަނިޔާވެރިކަމުގެ ބޮޑުހޮރަށް ދާން ޒިވީން ބޭނުމެއް ނުވެއެވެ. ނަމަވެސް ކައިޔަން ޒިވީން ގެންދިޔައެވެ.

ޒިވީން ކޮޓަރިންބޭރަށް ނުކުންނަނީ ކާން އެކަންޏެވެ. އެ ވަގުތެއްގައި މުޖާހިދު ފެނުނަސް ޒިވީން ބިރުން ވިރެއެވެ. މިފަދަ ހަރަކާތްތަކުން ކައިޔަންގެ ސުވާލުތައް ވަނީ ގިނައެވެ.

އަންގާރަ ދުވަހުގެ ހަވީރެވެ. ފިހާރައަކުން މެގްނަމެއް ގަނެލައިގެން ކަމުން ގެއަށް ވަތް ވަގުތަކީ ޒިވީން ސައިބޮއިގެން ކޮޓަރިއަށް ވަތް ވަގުތެވެ. އޭރު މުޖާހިދު ފޯނެއްގައި ހުރެ ޒިވީންގެ ގާތުގައި ޒީޝް އުރަން ބުންޏެވެ. ޒިވީން ޒީޝް އުރާލިއިރު ޒިވީންގެ އަތް އޭރުވެސް ތުރުތުރު އަޅައެވެ. އަތް ތުރުތުރު ލާވަރުން ޒިވީންގެ އަތުން ޒީޝް ސޮހިގެން ވެއްޓުނެވެ. މުޖާހިދު ފޯނުގައި ހުރެފައި ކުއްލިއަކަށް އެ ދިމާލަށް ކަޅިއަޅައިގަތެވެ. ނުވިތާކަށް އެ އަގުބޮޑު ފޯނު ބިންމައްޗަށް ޖެހިއެވެ. އަދި ޒިވީންއާ ދިމާލަށް ހަޅޭއްލަވައިގަތެވެ. ޒިވީން އަވަސްއަވަހަށް ޒީޝް އުރިއެވެ. ”ޒިވީން.. މީގެފަހުން ޒިވީންގެ ކޮޓަރީގައި ޒީޝް އޮންނަންވާނީ. ޒިވީން ޖެހޭނެ ޒީޝްއަށް ޒިވީންއަކީ ރަނގަޅު ދައްތައަކަށް ވަންދެން ޒީޝް ބަލަން..” މުޖާހިދު ލަވައިގަތް ހަޅޭއް އަޑުއަހާފައި ކައިޔަންއަށް އޮޅުންއެރިއެވެ. މުޖާޙިދު އެހެން އެ ބުނީ ޒީޝް ބެލުމަކީ މުޖާޙިދަށް އޮތް ބޮޑު ބުރައަކަށް ވެފައިވާތީކަން އެނގެނީ ޒިވީންއަށް އެކަންޏެވެ. ހޮސްޕިޓަލުން ލަހުފާ ދޫކޮށްލިފަހުންވެސް ލަހުފާ ބަލިކޮށް އުޅޭތީ ޒީޝް ބެލުމާއި ގޭތެރޭގެ ގިނަ ކަންކަން ކުރަން ޖެހެނީ މުޖާހިދު އަމިއްލައަށް ކަމަށްވާތީއެވެ.

މުޖާހިދު ހަޅޭއްލަވަލަވާފައި ދިޔުމުން ކަރުނަތައް ފޮހެފައި ޒީޝް ގޮވައިގެން ޒިވީން ކޮޓަރިއަށް ވަންނަން އުޅުނެވެ. ކައިޔަން އަވަހަށް ދުވެފައި އައިގޮތަށް ޒިވީން ހުއްޓުވިއެވެ. “ޒިވް ކީއްވެގެންތަ ޒީޝް ވައްޓާލީ..؟ އަޅެ މިލޯބިކުއްޖާކޮޅު ވައްޓާލަން ދެން މީހަކަށް ކެރޭނެތަ..؟” ޒީޝްގެ ކޮލުގައި ހިފާލަމުން ކައިޔަން އެއްސެވެ.

“ދޮންބޭ…! ވައި..؟ ވައި ޑިޑް ޔޫ ބްރިންގް މީ ޓު ދިސް ހެލްހޯލް އެގެއިން..؟” ޒިވީންއަށް ރޮވިފައިވާ ހާލުގައި ޒިވީންއަށް އެހުނެވެ.

“ކީކޭ..؟ ކޮން އެގެއިންއެއްތަ ޒިވް..؟ މިއީ އަހަރެމެންގެ ގެއޭ..؟ އަހަރެމެން އުޅެނީ މިތާއެއްނު..؟” ކައިޔަން ބުނެލިއެވެ. “ޔޫ ވިލް ސޭ ދެޓް.. ދޮންބެ ހުރިހާ ކަމެއްގެ މަތިންހަނދާން ނެތުނީމައި ވާނީ އެހެންނެއްނު..؟ އަޅެ ދޮންބެ އަވްލީން މަތިން ހަނދާނެއް ނުވޭތަ…؟ އަވްލީންދެކެ ދޮންބެ ލައިކްވީ މަތިން ހަނދާނެއްނުވޭތަ..؟ ސްކޫލަށް ވަޒީފާއަށް ދިޔަމަތި ހަނދާނެއް ނުވޭތަ..؟ ހައިނާއާއި ދޮންބެގެ ބެސްޓް ފްރެންޑް ސްޓާޓްކުރި މަތިން ހަނދާނެއްނުވޭތަ..؟ އަނެއްކޮޅުން އެނުރައްކާތެރި އެކްސިޑެންޓްގެ މަތިން ހަނދާނެއްނުވޭތަ…؟ އަޅެ އެންމެ ކުޑަމިނުން އަވްގެ މަތިން ހަނދާނެއްނުވޭތަ..؟ ދޮންބެ އަވްދެކެ ވީ ލޯބި ހަނދާނެއްނުވޭތަ.؟!!” ޒިވީން ރޮމުން ހަޅޭއްލަވައިގަތެވެ.

 

= ނުނިމޭ =

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

ނުފިލާނޭ މިހިތަކުން… 7

Next

ޝަހަރު 8ވަނަބައި

Next
June 2, 2020

ޝަހަރު 8ވަނަބައި

Previews
June 2, 2020

ނުފިލާނޭ މިހިތަކުން… 7

15 Comments!

  1. Aru says:
    June 2, 2020 at 1:42 am

    Keevetha alhe av mathin handhaan nethuny…? ranaa akah ehvx adhabeh nulibeytha….. ekamvx Story v vx reethi engey …
    Keep it up ????

    1. yooon yoooon says:
      June 2, 2020 at 2:51 pm

      Thanxxiessss ??? very happy Aru.. ?

  2. ARU says:
    June 2, 2020 at 4:34 am

    Noo who stole my name
    Anyways its fine
    Masha allah
    Wonder ful story

    1. yooon yoooon says:
      June 2, 2020 at 2:52 pm

      Awww that as very sweet of u ARU ??? Very happy.. ??

  3. Livy says:
    June 2, 2020 at 6:48 am

    Varah Varah reethi ❤️❤️❤️❤️❤️❤️❤️❤️❤️
    Maasha Allah ???????????
    Curiously waiting waiting waiting for the next part ?????????????

    1. yooon yoooon says:
      June 2, 2020 at 2:54 pm

      Thank you thank you Livy ?????????
      Thanks again ??????
      Thank you very much you all are my inspiration
      ??????????????????

  4. Kiara✯ says:
    June 2, 2020 at 10:41 am

    Omg hama habeys!!keep up the good work igey sis<3 your my fav author in this site ly and be safe!??

  5. Een says:
    June 2, 2020 at 3:51 pm

    This part is also very lovely….. curiously waiting for the next…lysm Yoon

    1. yooon yoooon says:
      June 3, 2020 at 5:10 am

      Tnk u soo much Een.. ?? Love you more dear ???????

  6. Izabell says:
    June 2, 2020 at 5:30 pm

    Mi part vx varah reethi, Ma Sha Allah ??????? ekam mi Ranaa gandu dheke haadha rulhi aadhey eyy. Adhi raany ey kiya eh nu, eii raany eh noon eii devil.???? Dhen Av evarah rwthy haadha dhera ve eyy?????? ekam vx mi part varah lwbi. ?????? when is next part?? Imma curiously waiting for next part ??? ly

    1. yooon yoooon says:
      June 3, 2020 at 5:12 am

      Aw thank you Izabell ???? I loved your comment ??? And Love you more dear ??

  7. Anonymous says:
    June 2, 2020 at 10:33 pm

    mujaahidh ehn kanthh kuryma vx kai ge handhaanakh naadhey thr kurin mujaahidh zivyn ah knthh kuraagothh….mi part vx vrh salhi ingey❤❤

    1. yooon yoooon says:
      June 3, 2020 at 5:14 am

      Awwww thank u anonymous ?? Hope you will read the upcoming parts dear to know what happened ?? Lyvm ?????

  8. 123 says:
    June 3, 2020 at 8:18 pm

    ?????

  9. Kiara says:
    June 4, 2020 at 9:19 pm

    Omiigadd hama habeys!! btw your my fav writer and 2 prt ehkoh genesdhinyma vv happy❤️..keep up the good work. ly & stay safe!! <3

Comments are closed.



All Right Reserved!