Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެން

އޯގާވީ ހިތަކުން.. 1

Quwin1326 Level 1
June 1, 2020 2 Mins Read
4 Comments

ތިން އަހަރެްހާ ފަހުން ރާއްޖޭގެ ފަސްގަނދުގައި ފައި ޖައްސާލި ރާޔާ އަށް ކުރެވުނީ ފޮނި އިހުސާސެކެވެ. ރާއްޖޭން ބޭރުގެ ތޮއް ޖެހިފައިވާ މާހައުލު ދޫކޮށް އުފަން ރަށަށް ރާޔާ އައީ އޭނާގެ ހުވަގެން ހާސިލް ކޮށް ނިންމާގެންނެވެ. ރާޔާ ރަށު ތެރެއަށް ނަޒަރެއް ދިނުމަށްފަހު އަވަހަށް ހިނގައި ގަތީ ގެޔާ ދިމާލަށެވެ. ފާއިތު ވި ތިން އަހަރު ތެރޭގައި ގެޔަށް އައިސްް ހުރި ބޮޑެތި ބަދަލުތަކުގެ ސަބަބުން ރާޔާ ހުރީ ބަސް ހުއްޓިފައެވެ.
..
ރާޔާ ގެޔަށް ވަތް މަންޒަރު ބަލަން ހުރި މުނީފާގެ ތުންފަތުގައި ވަނީ ވިހަ ހިނިތުން ވުމެކެވެ.
އަވަހަށް ބޭރަށް ނިކުތީ ރާޔާ އަށް ކާންދިނުމުގެ ބޭނުމުގައެވެ.
” އަނހާ… ދަރިފުޅު އައީ ދޯ.! އަވަހަށް ހިނގާ ކާން ދަމާ. ދަރިފުޅަށް އެންމެ މީރު ނޫޑްލިސް ހުންނާނެ މަންމަ ކައްކާ ދީފަ.އަވަހަށް ތި ދަބަސް ކޮޓަރި އަށް ލައިފާ އާދޭ. ” އެހެން ބުނުމުނއ ރާޔާ އަވަހަށް ދަބަސް ކޮޓަރިއަށް ލައިފާ ކާނ ނިކުތެވެ. އޭރު ބަދި ގޭގައި ރާޔާގެ ކޮއްކޮ ރައުލާ ވެސް އިނެވެ.”ދޮންތަ އައީ ދޯ. ” ކަންނެތް ގޮތަކަށް ރައުލާ އެހެން ބުނުމުން އޭނަ ނިދައިގެން ހޭލީ ދެންމެ ކަން ރާޔާ އަށް އެނގުނެވެ.
“ރައުއްކޯ. ތީ މިހާރު 18 އިޔާސް ފުރިފައި ހުރި ބޮޑު ކުއްޖެކޭ. ރައުއްކޮ ވާނެ ދޯ އަވަހަށް ހޭލަން . މަންމަ އަށް ހެލްޕް ވާން ވެސް ހަމަ ހުރީ ރައުއްކޮ އޭ.” ރާޔާ ރައުލާ އަށް ވިސްނައިދެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.
“ރާޔާ ކޮންމެހެން ރައުލާ އަށް ވިސްނަ ދޭނެ ކަމެއް ނެތް. ބޭރުން ކިޔެވުނަސް ފުކެއް ބޮޑުވަރު ތި. އަހަރެން ހީކުރީ ރައުލާ އަނބުރާ އަންނައިރު ރާޔާ އަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް. އެކަމް އެޔަށް ވުރެ ބޮޑު ވަރު ވެފަ ތީނީ. ” މުނީފާ ވާހަކަ ދެއްކީ އެއްވެސް ކަހަލަ ރަހުމެއް ހުރި ގޮތަކަށް ނޫނެވެ.
“މުނީފާ.. ހާދަ އަޑު ގަދަ ކޮށްލާގެންނޭ. އަހަރެން އޭރުވެސް ބުނީމެއްނު ރާޔާ އަށް އެއްޗެހި ނުކިޔާށެ. ” މުނީފާ އާ ދިމާލަށް ބަލައިލަމުން ފަޒީލް ބުނެލިއެވެ. ފަޒީލަކީ ރަޔާ އާއި ރައުލާގެ ބައްޕަ އެވެ.
“މަންމާ ދެން ދޮންތަ އަށް އެއްޗެހި ނުގޮވާ. ދޮންތަ ވެސް ދެރަ ވާނެ. ވަރަށް ބޮޑަށް ތޭންކުސް ދޮންތާ. ދޮންތަ ބުނި ގޮތަށް އަޅުގަނޑުގެ އަމަލުތަށް ބެހެއްޓޭތޯ ވރަށް މަސައްކަތް ކުރާނަން. އައެމް ޕްރައުޑް އޮފް ހޭވިން ޔޫ އޭޒް މައި ސިސް” ރައުލާގެ ބަސްތަކުން މުނީފާގެ ރުޅި އިތުރަށް ގަދަ ވަމުން ދިޔައެވެ. ނަމަވެސް ފަޒީލް ހުރުމުން ރުޅި މައިތިރި ކޮށްލީއެވެ.
***
ރޭގަނޑުގެ ހިތް ގައިމު ވަގުތެވެ. ބީބީ ކިއު ހަދަމަުން ދިޔަ ޒުވާނުންގެ ގުރޫޕުގެ އަޑު އެރަށު ބީބީ ކިއު ޕޮއިންޓްގައި ހިފާލަފައި ހުއްޓެވެ.
“މި ނަބީލު ގަނޑު އައިއްސިއްޔާ މުޅި ތަން ފަޅާލާނެ ދޯ ހައިއްޓޭ.” މައިޝަން އެހެން ބުނެލީ ހިނިގަނޑު ހިފަހައްޓާގެން އިނެ އެވެ.
“އޭ ތިޔެއް ނޫނޭ.. އިނގޭތަ އެއްކަލަ އަހަރުން ކުލާހު ރާޔާ. އެގޮލާ އަތުވެއްޖޯ ޑޮކްޓަރުކަން ކިޔަވައިން ” ނަބީލު އެހެން ބުނުމުން އެންމެން ހޭނ ފެށިއެވެ.
“ތި ކަމުން އެންމެ އުފާ ލިބޭނީ ހައިއްޓެ އަށް ހަމަ.” މައިޝަން ބުނެލިއެވެ. “ބައްޔެއްނު ދެން. މަގެ ދައްތަ އެކޭ އެ. މައިޝަން ހަމަ އިންނަން ޖެހޭނީ އޭނަ އާ. ” ހައިޝަމް ބުނެލީ ރުޅި އަންނަ ކަމަށް ހަދައިގެންނެވެ.
“ނުލާހިކު ރީތި ކުއްޖެއް. ކާކު ހިތާ ނުވަނީ. ހައިޝަމް ތިކަން ނުކުރަންޔާ އަހަރުން ތިކަން ކޮއްފާނަމެ. ”
މައިޝަން ހަގީގަތުގައި އހެން ބުނީ މަޖަލަކަށެވެ. ނަމަވެސް އެތާ ތިބި އެންމެން ވަގުތުން ސީރިއަސް ވެއްޖެވެ.
“ހައްހާ. ހައިޝަމްގެ ހިތަށް އަސަރެއް ކޮއްލާފިއޭ.” ނަބީލު އެތާނގެ ސީރިއަސް ކަން ކަނޑުވާލުމުގެ ގޮތުން ބުނެލިއެވެ.
“މި ނޫން ވާހަކަ އެއް ދައްކަބަ ދޯ ދެން.” ހައިޝަމް ބުނެލިއެވެ.” ތެދޭ. ކޮބާ އެ އަރުޝަދު. އަންނާނަމޭ ކިޔާފަ.” މައިޝަން ބުނެލިއެވެ.
“އޭނަނގޭ މީހުންނާ އެކު މަހަށް ދިޔާ ކަމަށް ވާނީ. ”
ހައިޝަމް ބުނެލިއެވެ.
“އޭ ލަވައެއް ޖަހާބަ” ހައިޝަމް ބުނެލިއެވެ.
“ކޮން ލަވައެއް ޖަހަންވީ.”
》ނުނިމޭ《

 

Share Article

Follow Me Written By

Quwin1326

Level 1

Contact me: [email protected] . Hope u guys will like my stories.??? Point out the mistakes ???

Other Articles

Previous

ވާލޯބި އެނގޭނަމަ…(12)

Next

ލޯ ފޮހެލާދޭށެ މަގޭ 21

Next
June 1, 2020

ލޯ ފޮހެލާދޭށެ މަގޭ 21

Previews
June 1, 2020

ވާލޯބި އެނގޭނަމަ…(12)

4 Comments!

  1. Quwin1326 says:
    June 1, 2020 at 9:30 am

    Hellow. Oagaavee hithakun first part is here next part in sha allah tomorrow love ya all. Positive and negative comment aa accepted

  2. Kylie says:
    June 1, 2020 at 3:40 pm

    Reethi mi part… Waiting fr nxt

    1. Quwin1326 says:
      June 1, 2020 at 4:29 pm

      Thnk u ❤?

  3. Chimmy says:
    July 9, 2020 at 10:02 pm

    maashaa allah mi vaahaka reethi
    waiting for the next part!?

Comments are closed.



All Right Reserved!