Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ނޭދެމޭ ދުރުވާކަށެއް ލޯބިވާ…5

autti_quin._ Level 110 Stories
June 1, 2020 3 Mins Read
12 Comments

“ހެޕީ ބާތްޑޭ” ލާޝާ ގޭތެރެއަށް ވަދެ ބޮކި ދިއްލާލުމުން އެންމެން އެއް އަޑަކުން ގޮވާލިއެވެ. އޭރު އެންމެންނަށް ވުރެން ތަންކޮޅެއް ކުރީގައި ހުރި ނިއަލް އަތުގައި ހެޕީ ބާތްޑޭ ލާޝާ ޖަހާފައި އިން ކޭކެއް އިނެވެ. ނިއަލްގެ ފަހަތުގައި ލާޝާ އާއި އަދި ނިއަލްގެ މައިންބަފައިންނާއި، ނައިހާގެ މަންމަ އާއި ނާއިކްގެ މައިންބަފައިންނާއި، ލާރާގެ އިތުރުން ނައިހާ ވެސް ހެވިފައި ތިއްބެވެ. ލާޝާގެ ހިތުގައި އެތަކެއް ސުވާލުތަކެއް ފުނިޖެހެމުން ދިޔައެވެ.  ލާޝާ އަކީ ދުވަހަކުވެސް އޭނާގެ އުފަންދުވަސް ހަނދާން ނެތުނު ކުއްޖެއް ނޫނެވެ. ނަމަވެސް މިފަހަރު މިވީ ކިހިނެއް ހެއްޔެވެ؟ ލާޝާ އޭނާގެ އަތުގައި އޮތް ފޯނުގެ ސްކްރީނަށް ނަޒަރު ހިންގާލިއެވެ. ފޯނުން ފެންނަ ގޮތުގައި މިއަދުގެ ތާރީޚަކީ މާރިޗު މަހުގެ ދިހަ ވަނަ ދުވަހެވެ. އެހެންނަމަވެސް ލާޝާގެ އުފަންދުވަހަކީ މާރިޗު މަހުގެ އެގާރަ ވަނަ ދުވަހެވެ. ދެން މިއަދު ލާޝާގެ އުފަންދުވަސް ފާހަގަ ކުރަންވީ ވަކި ކޮން ސަބަބަކާހުރެ ހެއްޔެވެ؟ ލާޝާ ނިއަލް އަށް ބަލާލީ އޭނާގެ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ދެށޭ ބުނާ ފަދަ ނަޒަރަކުންނެވެ. ނިއަލް އޭނާގެ އަތުގައި އިން ކޭކު މޭޒުމަތީގައި ބަހައްޓާފައި، ގޮސް ހުއްޓުނީ ލާޝާގެ ކުރިމަތީގައެވެ. “ލާޝް.. އަސްލު މިއަދަކީ ލާޝްގެ އުފަންދުވަސް.. އަހަރެން ލާޝްގެ ފޯނުން ތާރީޚު ބަދަލު ކުރީ” ނިއަލް ލާޝާ އާއި ހަތަރުކަޅި ހަމަ ކޮށްލަމުން ބުނެލިއެވެ. “އެކަމަކު ކީއްވެ އެހެން ހެދީ؟” ލާޝާ އަހާލިއެވެ. “އެއީ އަހަންނަށް އެނގޭ މިއަދަކީ ލާޝްގެ އުފަންދުވަސްކަން ލާޝް އަށް އެނގިއްޖިއްޔާ، ލާޝް އަށް ސަޕްރައިޒް އެއް ދޭން ވަރަށް އުނދަގޫ ވާނެ ކަން..” ނިއަލް ލާޝާގެ ސުވާލަށް ޖަވާބު ދިނެވެ. “ބައި ދަ ވޭ ހޭޕީ ބާތްޑޭ ލަވް” ނިއަލް ލާޝާގެ ނިތުގައި ތުންފަތް ޖައްސާލަމުން ބުނެލިއެވެ. ” އޭތް ދެން އާދެބަލަ މި ކޭކު ފަޅަން… އެހެން ނޫނީ އަހަރެން މި ފަޅަންތަ” ނާއިކް މާޖާ ގޮތަކަށް ބުނެލިއެވެ. “ނޫން… ތި ކޭކު ފަޅާނީ އަހަރެން.. އެހެންނޫނަސް ނާއީގެ ނަމެއް ނުވެސްނޫނެއްނު ތި ކޭކުގަ އިނީ ވެސް..” ލާޝާ ކުޑަ ކުއްޖަކު ފަދައިން ބުނެލިއެވެ. އަދި ކޭކު ބަހައްޓާފައި އިން މޭޒު ކައިރިއަށް ގޮސް ހުއްޓުނެވެ. ކޭކު ފެޅުމަށް ފަހު އެންމެން އެތައް ސަކަރާތެއް ޖެހިއެވެ. ލާޝާމެން ގެއަށް ދިޔައީ އެރޭ ބާރަ ޖަހަން ވަރަށް ކައިރިވެފައި ވަނިކޮށެވެ.

ނިއަލް އާއި ލާޝާ ގެއަށް ގޮސް ފެންވަރާލައިގެން ނިދަން އޮށޯތެވެ. ލާޝާ ނިއަލްގެ މޭމަތީގައި ބޯ އަޅާލައިގެން އޮވެ ދައްކަމުން ދިޔަ ހުރިހާ ވާހަކައެއް ފޫހިކަމެއްނެތި އަޑުއަހަން ލާޝާގެ ބޮލުގައި ފިރުމާލަ ފިރުމާލައި ނިއަލް އޮތެވެ. އެކިއެކި ވާހަކަތައް ދައްކަންއޮއްވާ ލާޝާ އަށް ނިދުނެވެ. ލާޝާ ނިދުމުން ނިއަލް ލާޝާގެ ނިތުގައި ބޮސްދިނުމަށްފަހު ގުދުރަތީ ރީތިކަމެއް ލިބިފައިވާ އެ ރީތި މޫނަށް ބަލަން އޮތެވެ. ފަތިސް ނަމާދަށް ބަންގި ވެސް ގޮވީ ނިއަލް ލާޝާގެ މޫނަށް ބަލަން އޮއްވައެވެ. ރޭގައި ނިއަލް އަށް އެންމެ ނިދި ކޮޅެއްވެސް ނުނިދުނެވެ. ލާޝާގެ މައުސޫމު، އެ ރީތި މޫނަށް ބަލަން އޮވެވުނީއެވެ. ބަންގީގެ އަޑަށް ނިއަލް ލާޝާ އަށް ގޮވާލިއެވެ. ލާޝާ އާއި ނިއަލް ވުޟޫ ކޮށްލައިގެން ނަމާދު ކޮށްލިއެވެ. “ލާޝް.. އަހަރެން ބޭނުން މި ގަޑީގަ ނިދާލަން.. ކުޑަކޮށް ބޮލަށް ތަދުވޭ އެބަ..” ނިއަލް ނަމާދު ކޮށް ނިމިގެން އެނދުގައި އިށީނދެލަމުން ބުނެލިއެވެ. “ރޭގަ ނުނިދާތަ އުޅުނީ؟” ލާޝާ ނިއަލް ކައިރިއަށް ގޮސް އެނދުގައި އިށީނދެލަމުން ބުނެލިއެވެ. “އާނ ރޭގަ ނުނިދުނު.. ލާޝް ގެ ތި ރީތި މޫނަށް ބަލަން އޮވެވުނީ” ނިއަލް ލާޝާގެ އަތުގައި ހިފާލަމުން ލާނެތް ގޮތަކަށް ބުނެލިއެވެ. “ދެން އަހަރެންގެ މޫނަށް ނުބަލާ ނިދިނަމަ” ލާޝާ ނިއަލްގެ ކޮނޑުގައި ބޯ އަޅާލަމުން ބުނެލިއެވެ. “އަހަންނަށް ހީވަނީ ލާޝް އަހަރެންނާ ވަކިވަން އުޅޭހެން.. އެހެންވެ ބިރު ގަންނަނީ” ނިއަލް ބުނެލިއެވެ. އޭރު ނިއަލްގެ ކޯތާފަތް މަތީގައި ބީހެމުން ދިޔަ ހޫނު ކަރުނަ ތަކުގެ އެއްވެސް ހިލަމެއް ލާޝާ އަކަށް ނުވެއެވެ. ލާޝާ ނިއަލްގެ މޫނަށް ބަލާލިއެވެ. ނިއަލްގެ ކޯތާފަތް މަތީގައި ބީހެމުން ދިޔަ ކަރުނަތައް ފެނުމުން ލާޝާ އަށް ހީވީ އޭނާގެ ހިތަށް ތީރުތަކެއް ހެރުނުހެންނެވެ. “އަހަރެން ނޫޅެމޭ ނިއާ ދޫކޮށްލާފަ ދާކަށް”ލާޝާ ނިއަލްގެ ކޯތާފަތް މައްޗަށް ފައިބަމުން ދިޔަ ކަރުނަތައް ފޮހެދެމުން ބުނެލިއެވެ.

ނިއަލް އޮތީ ލާޝާގެ އުނގުގައި ބޯ އަޅާލައިގެންނެވެ. ލާޝާ ނިއަލްގެ ބޯ މަސާޖް ކޮށްދެމުން ދިޔައެވެ. ގިނައިރު ތަކެއްނުވެ ނިއަލް އަށް ނިދުނެވެ. ނިއަލް ނިދުމުން ލާޝާ ނިއަލްގެ ބޯ ދަށަށް ބާލިހެއް ލައްވާލިއެވެ. އަދި ގައި މަތީގައި ބެޑުޝީޓު އަޅައިދިނުމަށްފަހު ލާޝާ ނިކުމެލީ ބެލްކަނީ  އަށެވެ.

***************

ރޭގަނޑުގެ ވަގުތެވެ. ނައިހާ އޮތީ ސޯފާގައި ވާހަކަ ފޮތެއް ހިފައިގެން އެ ކިޔާށެވެ. ކުއްލިއަކަށް ފޯނު ރިންގުވި އަޑަށް ނައިހާ ދިޔައީ ސިއްސައިގެންނެވެ. ގުޅަނީ ލާޝާ ކަން އެނގުމުން ނައިހާ ސޯފާގައި އިށީނދެލަމުން ފޯނު ނެގިއެވެ. “ނައި.. ވަރަށް އަވަހަށް އާދެބަ ހޮސްޕިޓަލަށް” ނައިހާ ފޯނު ނެގުމުން ލާޝާ އަވަސް އަވަހަށް ބުނެލިއެވެ. “ކީއްކުރަން ހޮސްޕިޓަލަށް؟ އަނެއްކާ ކިހިނެއްވީ؟” ނައިހާ ހާސްވެފައި ހުރެ އަހާލިއެވެ. “ނާއިކް އެކްސިޑެންޓް ވެގެން މި އުޅެނީ..” ލާޝާގެ މި ޖުމުލައިން ނައިހާގެ ހިތް ފޮތިފޮތިވި ކަހަލައެވެ. ނައިހާ އިތުރު އެއްޗެކޭ ނުބުނެ ފޯނު ކަނޑާލުމަށްފަހު ހޮސްޕިޓަލަށް ދާން ތައްޔާރު ވެލިއެވެ. އޭރު އޭނާގެ ލޮލުން އިޚްތިޔާރަކާނުލާ ކަރުނަތައް ފައިބަމުން ދިޔައެވެ.

ހޮސްޕިޓަލް ތެރެއަށް ވަދެގެން އައި ނައިހާ އަށް ލާޝާ އާއި ނިއަލް ފެނުމުން ދުވެފައި ކަހަލަ ގޮތަކަށް އެތަނަށް ދިޔައެވެ. އަދި އަވަސް އަވަހާ ނާއިކް ކޮބާތޯ ސުވާލު ކުރިއެވެ. ނިއަލް އެތާ ކުރިމަތީގައި އިން ކޮޓަރިއަށް އިޝާރާތް ކޮށްލުމުން ނައިހާ އަވަސް ފިޔަވަޅުތަކެއްގައި ގޮސް އެ ތަނަށް ވަނެވެ. ނާއިކް ފެނުމުން ނައިހާގެ ލޮލުން ހޯސްލައިފައި ކަރުނަ ފައިބަން ފެށިއެވެ. ނާއިކްގެ އަތާއި، ފަޔާއި، ބޮލުގައި ބެންޑޭޖު އަޅައިފައިވާއިރު މުޅި ކޮޓަރި ތެރޭގެ ހަމަހިމޭންކަން ފޫއަޅުވާލައިފައި ވަނީ މެޝިނުތަކުގެ އަޑުންނެވެ. ނައިހާ ނާއިކް އޮތް އެނދު ކައިރީގައި ބަހައްޓާފައި އިން ގޮނޑީގައި އިށީނެވެ. އަދި މަޑުމަޑުން ނާއިކްގެ އަތުގައި ހިފާލިއެވެ.”ނާއީ ދެން ތެދުވެބަ… ނާއީ އަށް ދެރަ ގޮތެއް ވެއްޖިއްޔާ އަހަރެން ވަރަށް ދަރަވާނެ… އެނގޭތަ ކީއްވެ ކަން؟… އެއީ އަހަރެން ނާއީ ދެކެ ލޯބިވާތީ… އަހަރެން ނާއީ ދެކެ ވަރަށް ބޮޑަށް ލޯބިވޭ” ނައިހާ ނާއިކް އޮތް އެނދުގައި ބޯ އަޅާލައިގެން އޮވެ ވާހަކަ ދައްކަމުން ދިޔައެވެ. ނައިހާ އަށް ނޭނގުނު ކަމަކީ އޭނާ ދައްކަމުން ދިޔަ ހުރިހާ ވާހަކަތަކެއް ނާއިކް އަށް އަޑު އިވުނުކަމެވެ. ހަގީގަތުގައި ނާއިކް އެކްސިޑެންޓް އެއް ވެސް ނުވެއެވެ. އެކްސިޑެންޓެއް ވެގެންނޭ ކިޔާފައި ނައިހާ ހޮސްޕިޓަލަށް ގެނައީވެސް އޭނާ ނާއިކް ދެކެ ލޯބިވޭތޯ ޔަގީން ކޮށްލުމުގެ ބޭނުމުގައެވެ. މިފަހަރު ރަނގަޅަށް ވެސް ނާއިކް އެކަން ކާމިޔާބު ކޮށްފިއެވެ. “އައި ލަވް ޔޫ ނާއީ.. އައި ލަވް ޔޫ ސޯ މަޗް… ނާއީ ދެން ތެދުވެބަލަ” ނައިހާ ބުނެލިއެވެ. “އައި ލަވް ޔޫ ޓޫ ނައި” ނާއިކް ވެސް ރައްދުގައި ބުނެލިއެވެ. އިވިގެން ދިޔަ އަޑުން ނައިހާ އަށް ލިބުނީ ހައިރާން ކަމެވެ. ނައިހާ ނާއިކްގެ މޫނަށް ބަލާލިއެވެ. އޭރު ނާއިކް އޮތީ ލާނެތް ގޮތަކަށް ހިނިތުންވެލައިގެން ނައިހާ އާ ދިމާއަށް ބަލާށެވެ.  “ނާއީ ޑޮކްޓަރަކަށް ގޮވަންތަ؟” ނައިހާ އަހާލިއެވެ. ނާއިކް ނޫނެކޭ ބުނުމަށްފަހު ނާއިކް އަށް އެ ކަންތައް ކުރަން އެހީވެދިނީ ލާޝާ އާއި ނިއަލް ކަމަށާއި ، ހަގީގަތުގައި އޭނާ އެކްސިޑެންޓެއް ނުވާކަމަކަށް ނައިހާ ގާތުގައި ބުންޏެވެ. އަދި އެނދުން ތެދުވެ ނައިހާގެ ގައިގައި ބައްދާލިއެވެ. އުމުރަށް ވެސް އެކުގައި ވަށޭ ބުނާފަދަ ގޮތަކަށެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

autti_quin._

Level 110 Stories

Other Articles

Previous

އިޙްނާ (10)

Next

ހިތް ކަލާޔަށް އެދޭތީ..14

Next
June 1, 2020

ހިތް ކަލާޔަށް އެދޭތީ..14

Previews
May 31, 2020

އިޙްނާ (10)

12 Comments!

  1. Ahuu says:
    June 1, 2020 at 2:45 am

    Me first dhw Adhi kiyaalaafa comment eh kohlaanan

    1. autti_quin._ says:
      June 1, 2020 at 5:45 am

      Yessss ur the first?

  2. Ahuu says:
    June 1, 2020 at 3:00 am

    Wooow mi part ves vvvvvvvvvvvvvvvvv reethi nd waiting for nxt part lysm siss ❤️❤️❤️❤️❤️❤️

    1. autti_quin._ says:
      June 1, 2020 at 5:46 am

      Thnkyu❤️

  3. Saula says:
    June 1, 2020 at 8:32 am

    Mi part vvvv salhi… Dhigu koh genes dhevunu Nama maa hiy gaimu bees♥️ keep it up ♥️

    1. autti_quin._ says:
      July 22, 2020 at 1:55 pm

      Thank yu♥️

  4. Kylie says:
    June 1, 2020 at 12:44 pm

    Maasha allah v reethi mi part vx??….
    Naihaa Nd naaik gulhuny dhw emme fahun.???….
    Btw waiting 4 nxt part…. LYSM sis…. Be Safe dear????…

    1. autti_quin._ says:
      June 2, 2020 at 9:00 pm

      Thank u kylie❤️
      Lym.. Be safe ❤️❤️

  5. Lamko says:
    June 1, 2020 at 10:02 pm

    Awwwnnn naaii nd naiii vc gulhunii dhww??☺️
    thats soo cute???
    Nd varah varah reethi neynge hama bunaane ehcheh vc sisoo☺️☺️masha allah
    Kon irakun nxt part up kolleveynii..
    Curiously waiting 4 the nxt partt?
    ….?Be safe?….

    1. autti_quin._ says:
      June 2, 2020 at 9:01 pm

      Thank u lamko❤️
      Nxt part vrh avahah up koh dheveythw balaanan..
      Be safe☺️

  6. Adhikko says:
    June 6, 2020 at 11:21 am

    Varah varah rythi mi part ves ? when is next part

    1. autti_quin._ says:
      June 9, 2020 at 7:15 am

      Thanks❤️

Comments are closed.

Next Episodeނޭދެމޭ ދުރުވާކަށެއް ލޯބިވާ…6←


All Right Reserved!