ޒާޔާ – ފަސްވަނަ ބައި
އެ ސޫރަ ފެނުމާއިއެކު ބިރުގަތީ ހަމައެކަނި ޒާޔާއެއްވެސް ނޫނެވެ. އެ ސޫރައިގެ ވެރިޔާވެސް ބިރުން ރޫރޫ އަޅައިގެން ދިޔައެވެ. ޒާޔާ ބިރުގަނެފައި ހުރިވަރުން ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. ދުއްވައިގަންނަން ހިތަށް އެރިއެއްކަމަކު ދެން އިތުރަށް އެންމެ ފިޔަވަޅެއްވެސް އަޅާކަށް ޒާޔާއަކަށް ނުކެރުނެވެ. އެ އަންހެންކުއްޖާގެ ދެލޯ ބޮޑުކޮށްލެވިފައިވީއިރު މޫނުގައި އެޅިފައި ހުރި ރޮނގުތަކުން ހީވަނީ މޫނުގައި ރެނދު ލައިފައި ހުރިހެންނެވެ. މޫނުމަތި އެހާ ކުރަކިކޮށް ފެންނަން ހުރިއިރު ހާމައަށް ފެންނަން އޮތް އަތް އޮތީ އެހާ އޮމާންކޮށް ދޮން ކޮށެވެ. ޒާޔާ ބަލަހައްޓައިގެން ހުރުމުން އެ އަންހެންކުއްޖާ ބިރުން އެތަނުން ތެދުވިއެވެ. އެ ކުއްޖާ ތެދުވުމުން އަނެއްކާވެސް ޒާޔާއަށް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. ޒާޔާ ހީކުރީ އޭނާ ކައިރިއަށް އަންނަން އެ ކުއްޖާ ތެދުވީ ކަމަށެވެ. އެހެނަސް ކަންތައްވީ އޭނާ ހީކުރި ގޮތާއި މުޅިން ޚިލާފުކޮށެވެ. އެކުއްޖާ އޭނާއާއި ދުރަށް ދުއްވައިގަތީއެވެ. ޒާޔާގެ ހިތުގައި އުފެދިފައިވި ބިރުވެރިކަން ފިލައި އޭނާގެ މޫނުމަތިން ޙައިރާންކަމުގެ ކުލަވަރު ފާޅުވިއެވެ. އަހަރުމެން އިންސާނުންދެކެ މިފަދަ މަޚުލޫޤެއް ބިރުން އެއުޅެނީ ކީއްވެގެން ހެއްޔެވެ؟ އެ ކުއްޖާ ދުއްވައިގަތް ގޮތުންވެސް އެކުއްޖާ އެދިޔައީ އޭނާދެކެ ބިރުންކަން ޒާޔާއަށް އެނގުނެވެ. އަނެއްކާ އެ ކުއްޖާ އެ ދުއްވައިގަތީ އޭނާ ބިރުވެރި ސިފައެއްގައި ފެންނަން ހުރުމުން ހެއްޔެވެ؟ އެ ސުވާލު ހިތަށް ވެރިވުމުން ޒާޔާއަށް އޭނާގެ މޫނުގައި ފިރުމައިލައި ދެއަތްތިލައަށް ބަލައިލެވުނެވެ. ފުން ނޭވައެއް ދޫކޮށްލެވުނީ އޭނާ ޞައްޙަ ސަލާމަތުން ހުރިކަން އެނގުމުންނެވެ.
“ޒާޔާ!! ޒާޔާ!!” ތަންކޮޅެއް ދުރުން ފަވާޝަރުމެން ގޮވާއަޑަށް ޒާޔާއަށް ފަހަތް ބަލައިލެވުނެވެ. ޒާޔާ ދެންވެސް އެ އަންހެން ކުއްޖާ ދިޔަ ދިމާލަށް ބަލައިލަމުން ފަވާޝަތުމެން ތިބި ދިމާލަށް ހިނގައިގަތެވެ. “ކޮންތާކަށްތަ ޒާޔާ ދިޔައީ؟” ޒާޔާ އައުމުން ހަސްނައިން އެހިއެވެ. “ނުދަން ތަނަކަށް. އެކަނިވެލަންވެގެން އެތާ ދުރު ހިސާބެއްގަ މަޑުކޮށްލީ.” ޒާޔާ މިފަހަރު ދޮގެއް ހަދައިލީ މަޞްލަޙަތައްޓަކައެވެ. އޭނާއަށް އާދަޔާ ޚިލާފު ކުއްޖަކު ފެނުނު ވާހަކަ ބުނުމުން އެންމެން އޭނާދެކެ ބިރުން އުޅެފާނެއެވެ. ނޫނީ އޭނާ ދައްކާ އެއްވެސް ވާހަކައެއް ޤަބޫލުނުކޮށްފާނެއެވެ. ވަކިން ޚާއްޞަކޮށް މި ޒަމާނުގެ މީހުން ޤަބޫލުކުރާގޮތުގައި އެކަހަލަ ކަންތައްތަކަކީ ބޯދާ ވިސްނުންތަކެވެ.
އެންމެންނަށްވެސް ގެއަށް ދެވުނީ ނުވައެއްް ޖަހައި ބޮޑުވި ފަހުންނެވެ. ޒާޔާއަށްވެސް ގެއަށް ވަދެވުނުއިރު ނުވައެއް ޖަހައި ތިރީސް މިނެޓް ފާއިތުވެއްޖެއެވެ. “ކަންކަމުގައި އެހާ ތަތްވާކަށް ނުވާނެ.” ޒާޔާ ބަދިގެއަށް ވަނުމުން ކާން އިން ނިހާން ސަމާސާ ރާގަކަށް ބުންޏެވެ. “ދެން ބައްޕަވެސް ދޯ! ބާބަކިޔު އަކީ އެހާ އަވަހަށް ހެދޭ އެއްޗިއްސެއްް ނޫނޭ… ހެހެ. ބައްޕަ ކޯއްޗެއް ތި ކާލަނީ؟” ނިހާން އަށް ކުރިމަތިވާ ގޮަތަށް އިށީންނަމުން ޒާޔާ އެހިއެވެ. “ގޭދޮށުގަ އުޅޭ އަވަށްޓެރިޔަކު ބައްޕައަށް ގެނެސްދިން ކާއެތިކޮޅެއް މީ. ދަރިފުޅަކަށް ދެން ނުކެވޭނެތާ ދޯ! ބަނޑުފުރައި ކައިގެން އައީމަ.” ދެންވެސް ސަމާސާ ރާގެއް އަޅުވައިލަމުން ނިހާން ބުންޏެވެ. ނިހާން އެ ހުރިހާ ސަމާސާއެއްް ކުރަމުން ދިޔައިރުވެސް ޒާޔާއަށް ހިނިތުންވެލުން ނޫންކަމެއް ނުކުރެވުނެވެ. އެ އާދަޔާ ޚިލާފު އަންހެން ކުއްޖާއާއި ދިމާވި ފަހުން ޒާޔާ ހުންނަނީ ގޮތަކަށް ނެގިމަޑުވެފައެވެ. އަނެއްކާ އެ ކުއްޖާ ފެނުމުން އޭނާ މޮޔަވީބާވައެވެ؟ ނޫނީ އެކުއްޖާއާއި އަވަލީބާވައެވެ؟ އެކަހަލަ ސުވާލުތަކަކުން ޒާޔާގެ ހިތް ފުރެން ފެށުމުން އޭނާގެ މޫނުމަތިން ދާ ތިކިތައް ފައިބަން ފެށިއެވެ. އަވަސްއަވަހަށް ދާ ތިކިތައް ފުހެލުމަށްފަހު ޒާޔާ އޭނާގެ ކޮޓަރިއަށް ދިޔައީ ނިހާންއަށް އޭނާގެ މޫނުމަތީގެ ކުލަވަރު ފެނުނަ ނުދިނުމަށްޓަކައެވެ.
ކޮޓަރިއަށްވަދެ ފެންވަރައިލައި ނަމާދުކޮށްލައިގެން ޒާޔާ އައިސް އެނދުގައި އޮށޯވެލިއެވެ. ހަމަ އޮށޯވެލުމާއިއެއްކޮށް އެ ކުއްޖާގެ ޚިޔާލުތައް ސިކުނޑިއަށް ވެރިވާން ފަށައިފިއެވެ. ޒާޔާ އެކަމާއިމެދު ނުވިސްނަން މަސައްކަތްކުރިޔަސް ހަމަ ވިސްނެނީއެވެ. ޒާޔާ އެންމެ ބޮޑަށް ޙައިރާންވީ އޭނާ ކަހަލަ އާދައިގެ އިންސާނެއް ފެނިފައި އެކަހަލަ ސިފައެއްގައި ހުރި މަޚުލޫޤެއް ބިރުން އުޅުނީތީއެވެ. ޒާޔާގެ ލޮލަށް ނިދި ސަވާރުވާން ފެށުމުން އޭނާއަށް ދެން އެންމެ ހިނދުކޮޅަކަށްވެސް ހޭލާ ނޯވެވޭނެކަން އެނގިގެން ފޯނުން ޤުރުއާން ޕްލޭކޮށްލުމަށްފަހު އޮށޯވެ ދެލޯ މަރައިލިއެވެ. އެއާއިއެކު މާ ގިނައިރުތަކެއް ނުވެ ޒާޔާއަށް ނިދިއްޖެއެވެ. ޒާޔާ މިރޭ މާ ބާރަކަށް ޤުރްއާން ޖެހި ސަބަބަކީ އެ ކުއްޖާ މިރޭ އެ ކޮޓަރިއަށް ވަދެފާނެކަމުގެ ބިރު ހީވެފަައި އޮތުމުންނެވެ. އެހެނަސް ޒާޔާއަށް ނޭނގުނު ކަމަކީ އެއީ ޒާޔާ ފަދައިން މުސްލިމެއްކަމެވެ.
ރޭގަނޑުގެ ފުރަ މެންދަމުގެ ވަގުތުގައި ވަލުތެރެއިން ހިނގައިލައިފައި މަލައިކާ ރަށުތެރެއަށް ނުކުތެވެ. މަގުމަތީ ހިނގަމުން ދިޔަ މަލައިކާގެ މިޞްރާބަކަށްވެފައިވީ ޒާޔާގެ ގެއެވެ. މަލައިކާ އަޅާ ކޮންމެ ފިޔަވަޅަކާ އެކީ އޭނާ ލައިގެން ހުރި ރަތްކުލައިގެ ދިގު ހެދުމުގެ ފަސްބައި ބިންމަތީގެ ކޭއްތެމުން ދެއެވެ. މަލައިކާގެ ދިގުދިގު ފަން އިސްތަށިގަނޑުވެސް އެއްވެސް ހުރަހެއްނެތި ބިންމަތީގައި ކޭއްތެމުން ދެއެވެ. ހަމުގެ ކުލަ ދޮންކަމުން ރޭގަނޑުގެ ވަގުތުގައިވެސް މަލައިކާ ހީވަނީ އަލިގަދަ ނޫރެއްހެނެވެ. ރަށުތެރެ އަނދިރިކަމުން މަލައިކާ ހިނގަމުން ދިޔައީ އޭނާގެ ބޮޑު ދެލޯ ދިއްލައިގެންނެވެ. ބައެއްފަހަރަށް އޭނާއަށް ލިބިފައިވި ބާރުތައްވެސް ބޭނުންކުރަމުން ދިޔައެވެ. އެގޮތުން މަގުތަކުގެ މެދުގައި ހެދިފައި ހުރި ބައެއް ރުއްގަސްތައް އޭނާގެ ލޮލުގެ ބޭނުންކޮށްގެން ކަނޑާ ވައްޓައިލާ ބިމާ ހަމަކޮށްލައެވެ. އަދި މަގުމަތީގައި އޭނާއަށް އުނދަގޫވާނެ ފަދަ ގޮތަކަށް އެއްޗެއް ބެހެއްޓިފައިވީނަމަ ލޮލުގެ ބޭނުންކޮށްގެން އެ އެއްޗެއް މަގުގެ އެއްފަރާތަށް ލައެވެ. ދިގު ހިނގުމަކަށްފަހު މަލައިކާއަށް ޒާޔާގެ ގެއާއި އަރައި ހަމަކުރެވިއްޖެއެވެ. ގެއަށް ވަދެވޭ ދޮރު ތަޅުލައިފައި ހުރުމުގެ ސަބަބުން މަލައިކާއަށް އެ ގެއަކަށް ނުވަދެވުނެވެ. އެހެނެއްކަމަކު އޭނާގެ ބާރުތައް އެބަހުރިކަން ހަނދާންކޮށް ބާރުގެ ބޭނުންކުރަން ނިންމިއެވެ. އެހެންނަމަވެސް އެ ގެއަށް ގެއްލުންނުވާގޮތަށެވެ.
ދިއްލިފައިވި ލޯ ނިވައިލުމަށްފަހު މަލައިކާ އޭނާގެ ހަށިގަނޑު ޖެލީކޮޅެއްފަދައިން ބަދަލުކޮށްލަމުން ގޭ ވަށައިފާރު ތެރެއިން ގޭތެރެއަށް ވަނެވެ. ގޯތިތެރޭގެ އެކި ދިމަދިމާލަށް ބަލަހައްޓައިގެން ހުރެ މަލައިކާ ގޭތެރެއަށް ވަނެވެ. އޭނާގެ ތޫނުފިލި ސިކުނޑިއަށް ޒާޔާގެ ކޮޓަރި ވީ ހިސާބު ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ. ޒާޔާގެ ކޮޓަރިކައިރިއަށް ގޮސް މަލައިކާ ފާރުތެރެއިން އެ ކޮޓަރިތެރެއަށް ދެމިގަނެއްޖެއެވެ. އޭރު ޒާޔާ މުޅި ގައިގައި ރަޖާ އޮޅައިލައިގެން ނިދައިފައި އޮތެވެ. ކޮޓަރިތެރޭގައިވި ހިމޭންކަން ފަނޑުކޮށްލަނީ ޒާޔާގެ ފޯނުން ޖަހައިފައިވި ޤުރްއާނުގެ އަޑުންނެވެ. އެކަމަކު އެއަޑުން މަލައިކާއަކަށް އެއްވެސް އުނދަގުލެއް ނުވިއެވެ. ސަބަބަކީ މަލައިކާ އަކީ މުއުމިން ޖިންނިއަކަށްވާތީވެއެވެ. ޒާޔާއާއި މިރޭ ދިމާވި ފަހުން މަލައިކާގެ ހިތުގައި ޒާޔާއާއި މެދު ޝައުޤުވެރިކަން އުފެދުނެވެ. ޒާޔާއާއި އެކުވެރިވާން ބޭނުންވިއެވެ. ޒާޔާގެ ސޫރަ ފެނުމާއިއެކު ޒާޔާއަކީ ހިތްހެޔޮ ރަނގަޅު ކުއްޖެއްކަން މަލައިކާ އަށް ވަނީ އެނގިފައެވެ.
މަލައިކާ ދެން އޭނާގެ ނަޒަރު ޢަމާޒުކޮށްލީ ކޮޓަރީގެ އެއްފަރާތުގައި ހުރި ލިޔާ މޭޒަށެވެ. މަލައިކާ ލިޔާ މޭޒުދޮށަށް ގޮސް އެތަނުން ފޮތެއް ނަގަން އުޅުނެވެ. އެކަމަކު މަލައިކާ އެއިން އެއްޗެއްގައި އަތެއްނުލެވުނެވެ. އޭނާގެ ހަށިގަނޑު ހުރިގޮތް ރޭކައިލުމުން ޖެލީކޮޅެއް ގޮތަށް ހަދައިލެވިފައިވި މަލައިކާގެ ހަށިގަނޑު އިހު ހުރިގޮތަށް ބަދަލުކޮށްލިއެވެ. އަދި ލިޔާ މޭޒުމަތިން ފޮތަކާއި ގަލަމެއް ނެގިއެވެ. އެ ފޮތުން ކަރުދާސްކޮޅެއް ނައްޓައިލުމަށްފަހު މަލައިކާ އެ ގަނޑުގައި ކުރުކުރު ލިޔުންކޮޅެއް ލިޔެލިއެވެ. މަލައިކާ ލިޔާތަން ފެންނަ މީހަކު ޙައިރާންވާހާ ވާނެއެވެ. އަތުލިޔުން އަވަސް އިރު ހުރިހާ އަކުރުތަކެއްވެސް ހުރީ ބައްޓަން ރީތިކޮށް ސާފުކޮށް ކިޔަން އެނގޭ ގޮތަށެވެ. އަތުލިޔުމަކަށްވުރެ ބޮޑަށް ހީވަނީ ޓައިޕްކޮށްފައިވާހެންނެވެ. ޒާޔާއަށް ފެންނާނޭފަދަ ގޮތަކަށް އެ ގަނޑުކޮޅު އެނދުގެ ހެޑްބޯޑު މަތީ ބާއްވައިފައި މަލައިކާ އޭނާގެ ހަށިގަނޑު ޖެލީކޮޅަކަށް ހަދައިލަމުން އެ ކޮޓަރިން ނުކުތެވެ.
އޭގެ އަނެއްދުވަހެވެ. މިއަދުވެސް ސްކޫލް ބަންދު ދުވަހެއްކަމުން ޒާޔާ އަށް ހޭލެވުނީވެސް ތަންކޮޅެއް ލަހުންނެވެ. ފާޚާނާއަށްވަދެ ފެންވަރައިލައި ރީތިވެލައިގެން ނުކުމެ ޒާޔާ ފަތިން ނަމާދުކޮށްލިއެވެ. ނަމާދުކޮށް ނިންމައިގެން ޒާޔާ ބަދިގެއަށް ދިޔައީ ސައި ތައްޔާރުކުރުމުގައި ގޭގައި އުޅޭ ބޭރު މީހާއަށް އެހީވެދިނުމުގެ ގޮތުންނެވެ. ބޭރު މީހެއް ކަމަކު ޒާޔާ ދެކެނީ އޭނާއަކީ އޭނާގެ ދައްތައެއް ގޮތަށެވެ. ބޭރު މީހުނެއްކަމަކު ތަފާތުކުރުން ގެންގުޅުމަކީ ގޯސްކަމެއްކަން ޒާޔާ އަބަދުވެސް ހަނދާނުގައި ބަހައްޓައެވެ. އެއީވެސް އިންސާނުންވިއްޔާއެވެ. “ދައްތާ ބައްޕަ ހޭލައިފިތަ؟” ތަށިތައް ދޮންނަން ހުރެފައި ޒާޔާ އަހައިލިއެވެ. “އާނ. ކޮއްކޮ ބައްޕަ ބޭރަށް ގޮސްވަނީ.” ލިލިއަން އޭނާއަށް ދިވެހި ބަހުން ވާހަކަދައްކަން ދަސްވެފައިވި ގޮތަށް ބުންޏެވެ. ޒާޔާ ވެސް އޭނާއަށް ވީވަރަކުން ލިލިއަންއަށް ސާފު ދިވެހި ބަސް ދަސްކޮށްދެމުން ދެއެވެ. “މިއަދު ކޮއްކޮއަށް އެންމެ މީރުވާނެ ކާއެއްޗިހި ހަދަނީ.” ޒާޔާއަށް ހިނިތުންވުމެއް ހަދިޔާކޮށްލަމުން ލިލިއަން ބުންޏެވެ. “ޝުކުރު ޝުކުރު.. ހެހެ” ޒާޔާ އަބަދުވެސް އޭނާ ލިލިއަން އަށް ޝުކުރު ކުރާގޮތަށް ޝުކުރުއަދާކުރިއެވެ.
ނިހާން އުސްމާނުމެން ގެއަށް ދާން އުޅިފައިވެސް އޭނާ އެގެއަށް ނުދިޔައީ ޖަމީލާ އެ ގޭގައި އުޅޭނެކަން އެނގޭނެތީއެވެ. އުސްމާން ހުއްޓަސް ޖަމީލާގެ އުނދަގޫ އޭނާއަށް ޖެހޭނެކަން ނިހާން އަށް އެނގެއެވެ. ނިހާން އެއްގޮތަކަށްވެސް ޖަމީލާގެ ސޫރަ ފެންނާކަށް ބޭނުމެއްނުވެއެވެ. އެ ސޫރަ ފެނުނަސް ނިހާން ގާތަށް އަންނަނީ އަމަށަކު ރުޅިއެއްނޫނެވެ. ނިހާން ގެއަށް ވަންނަން ދޮރާށީގައި އަތް ޖައްސައިލި ވަގުތު ތަންކޮޅެއް ދުރުން އާލިޔާ އަންނަތަން ފެނުނެވެ. އާލިޔާއާ ޖެހިގެން އެހުރި މީހާ ފެނި ނިހާން އަވަސްއަވަހަށް ދޮރާށިން އެތެރެއަށް ވަދެއްޖެއެވެ. އާލިޔާ ކައިރީގައި ހުރީ ޖަމީލާ ނޫން ދެވަނަ އެހެން މީހެއް ނޫނެވެ. ޖަމީލާ އާއި ފަވާޝަތުގެ ބޮޑުދައިތަ އާއި ދެމީހުންގެ ގުޅުމެއް އޮންނަނީބާވައެވެ؟ ހަމައެކަނި ޖަމީލާ އާލިޔާ ގާތުގައި ހުއްޓައި ފެނުމުންވެސް ނިހާންއަށް އޭނާގެ ހިތުގައި ކުރިން އުފެދުނު ސުވާލެއްގެ ޖަވާބު ލިބިގެން ދިޔައެވެ. އާލިޔާ މެދުވެރިކޮށް އޭނާގެ ދަރިފުޅަށް އެ ފޮތްތައް ދިނީ ޖަމީލާކަން ނިހާންއަށް އެނގުންވިއެވެ. އެއާއިއެކު އިތުރަށް ޖަމީލާ ދެކެ ނިހާން ރުޅިއައެވެ. ނިހާން ނިންމީ ކުރިއަށް އޮތްތަނުގައި ޖަމީލާއަށް ސަމާލުވުމަށެވެ. އަދި ޒާޔާއަށް ވަރަށް ބޮޑަށް ސަމާލުވާން އެބަޖެހެއެވެ. މިހާރު ޖަމީލާ ޒާޔާގެ ރުހުން ހޯދަން ދުރުދުރުން މަސައްކަތް ކުރާކަން ނިހާންއަށްވަނީ އެނގިފައެވެ. ހިތާހިތުން މި މުޞީބާތުން ސަލާމަތްކުރެއްވުމަށް އެދި ދުޢާ ކުރަމުން ނިހާން ގޭތެރެއަށް ވަނެވެ.
“ބައްޕާ އާދޭ ސައިބޯން.” ލިލިއަން އާއި އެކީ ސައިބޯން އިން ޒާޔާ ބުންޏެވެ. ނިހާން އައިސް އިށީނުމުން ޒާޔާ ނިހާން އަށް ސައި ހަދައިދޭން އުޅުނެވެ. ނިހާން އަށް ސައި ހަދައިދީ ނިންމައިލުމަށްފަހު އަނެއްކާވެސް ޒާޔާ ސައިބޯން އިށީނެވެ. “ދަރިފުޅު ފިލާވަޅުތައް ދަސްކުރަމުތަ އެބަ؟ ސްކޫލް ކިރިޔާ ހުޅުވިފައިވިޔަސް ހަމަ ފިލާވަޅުތައް ދަސްކުރަން ޖެހޭނެ.” ނިހާން އެ ސުވާލުކުރީ ޒާޔާ ފިލާވަޅު ދަސްކުރާތަން ނިހާންއަށް ނުފެންނާތީއެވެ. “އާނ ބައްޕާ. ފިލާވަޅުތައް ހަމަ ދަސްކުރަން ބަރާބަރަށް. ބައްޕައަށް ނުފެންނާތީވެ ދޯ ތިހެން ތި އެހީ؟ ހެހެ.. އަޅުގަނޑު އިއްޔެގަވެސް ފޮތް ކިޔަން އިނީމޭ.” ނިހާން އެ ސުވާލު ކުރި ސަބަބު ނަގައިގަނެވުމުން ޒާޔާ ބުންޏެވެ. ނިހާން އެންމެ ރަނގަޅޭ ބުނެ ސައި ބުއިމައިގެން ކުރިއަށް ދިޔައެވެ. ދެން އިތުރަށް ދައްކާނެ ވާހަކައެއް ނެތުމުން އެންމެންވެސް ހިމޭންކަން ޚިޔާރުކުރިއެވެ. ޒާޔާ އާއި ލިލިއަން ވާހަކަ ދައްކަން ބޭނުންވިއެއްކަމަކު ނިހާން އިނުމުން އެކަކަށްވެސް އިސްވެ ވާހަކަ ދައްކާކަށް ނުކެރުނެވެ. ނިހާން އައީ ޒާޔާ އާއި ލިލިއަން މަޖާ ވާހަކަތަކެއް ދައްކަން ތިއްބައެވެ. ކޮންމެއަކަސް ނިހާން ސައިބޮއެ ނިންމައިލައިގެން ނުކުމެގެން ހިނގައްޖެއެވެ. އެއާއިއެކު ލިލިއަން އާއި ޒާޔާއަށް އެކަކު އަނެކަކާ ދިމާލަށް ބަލައިލަމުން ހެވައިގަނެވުނެވެ. “ހަހަހަ.. އަސްލު ބައްޕަ އިންނައިރު އެހާ މަޖާ ވާހަކަތަކެއް ނުދެއްކޭނެ ދޯ! މިއަދު ދައްތަ ބިޒީވާނެތަ؟” ޒާޔާ އެހެން އަހައިލީ މިއަދު ލިލިއަން އާއިއެކީ ބޭރަށް ހިނގައިލަން ދާން ބޭނުންވެފައި ހުރި ވަރުންނެވެ. “އާނ. ކުޑަ ބިޒީވަނީ.” މޭޒުދޮށުން ތެދުވަމުން ލިލިއަން ބުންޏެވެ. ޒާޔާ މޫނު ކުނިކޮށްލަމުން އޭނާގެ ކޮޓަރިއަށް ދިޔައެވެ.
ޒާޔާ ކޮޓަރިއަށް ވަދެ އެންމެ ފުރަތަމަވެސް އެނދުގެ ހެޑްބޯޑު މަތީގައި އޮތް ފޯނު ނަގަން ދިޔައެވެ. ފޯނު ނެގި ވަގުތު ކުޑަ ކަރުދާސްކޮޅެއް ފެނިފައި ޒާޔާގެ ދެބުމަ ގޮށްޖެހުނެވެ. އޭނާ ގައިމުވެސް އެތާ ކަރުދާސްކޮޅެއް ނުބާއްވައެވެ. ޒާޔާ އެ ގަނޑުކޮޅު ނަގައި އޭގައި ލިޔެވިފައިވި ލިޔުންކޮޅު ކިޔައިލިއެވެ. “ޒާޔާއަށް އާދެވެންޏާ މިރޭ އިރުއޮއްސޭ ވަގުތު ތުނޑިއަށް އައިސްލަދެއްޗޭ. އަހަރެން ހުންނާނަން އިންތިޒާރުގަ. ވިތް ލޮޓްސް އޮފް ލަވްސް. މަލައިކާ.” އެ ލިޔުންކޮޅު ކިޔައިލެވުމުން ޒާޔާގެ ދެބުމަ އިތުރަށް ގޮށްޖެހުނެވެ. މިއީ ކޮން މަލައިކާ އެއް ހެއްޔެވެ؟ އިރުއޮއްސޭ ވަގުތު ބައްދަލުކުރަން އެބުނީ ކޮން ސަބަބެއް އޮވެގެން ހެއްޔެވެ؟ މި މަލައިކާ އަކަށް ޒާޔާގެ ނަން އެނގެނީ ކިހިނަކުން ހެއްޔެވެ؟ އެތައް ސުވާލުތަކަކުން ޒާޔާގެ ހިތް ފުރެމުން ދިޔައިރު ޒާޔާއަށް ހުރެވުނީ އެ ގަނޑުކޮޅު ގުޅަ ކޮށްލަ ކޮށްލައެވެ. ޒާޔާ އަކީ އަބަދުވެސް އޭނާގެ ހިތުގައި އުފެދޭ ސުވާލުތަކުގެ ޖަވާބު ވަގުތުން ވަގުތަށް ހޯދަން ބޭނުންވާ ކުއްޖެއްކަމުން ޒާޔާ ނިންމީ އިރުއޮއްސޭ ވަގުތު ތުނޑިއަށްދާާާާށެވެ. މި މަލައިކާ އަކާ ބެހޭގޮތުން އެނގެން ޒާޔާ ބޭނުންވިއެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
19 Comments!
Comments are closed.





Salaam hurihaa kiyuntherin. Miothee hatharuvana bai upload vefa. Unmeedhukuran hurihaa kiyuntherinnau es kamudhaanekamau. V bodau sorry kurukou genesdhevuneema. Ekamaku es hurihaa kiyuntherin ufaaverikamaaekee mi bai kiyaalaanekamau heekuran. Insha Allah dhn anna episode iraadhakurevviyyaa dhigukollaanan. E episode already prepare koffa innaanee. So hama copy paste kollaafa maadhamaa e bai submit kollaanan iraadhakurevviyyaa. Ehnveema, enjoy reading and leave a comment. Love you all <3 <3 <3 <3 <3 <3 <3 <3
Sorry it’s fifth episode.
Me first dhw Adhi kiyaalaafa comment eh kohlaanan ❤️❤️❤️❤️❤️
LYM❤️❤️❤️❤️❤️❤️❤️
Curiously waiting for you comment ? ? Love you too <3 <3 <3
Ma sha allah vrh vrh vrh rythi mi part vx… dhonthyge sifa kurun vrh rythi ma sha allah.. i’ll be waiting fr next part ..
♥️Ly dhonthy
Thank you so much Sadha. Yes dear keep waiting inge. Love you too <3 <3 <3
And Sadha kuree part egga bunefa in kanneynge dhonthi gaathu echcheiy ahaalan beynumey Public veema nubuneveyey. Info box ga eynee dhonthige mail. Sadha mail use kurangnaa mail kollaa.
Maasha allah vvv reethi Mi part vxx?…. Mi faharu kylie heekuri gothah hama jinni eh dhw eii.?…. Hehe.?…. Mi part ga jameelaa ge vaahaka ehaa bodakah nei dhw.?….. E Malaikage hageegai v bodah balaalaa hiy vejje?….. Waiting fr nxt sissyy?… ?Ly nd Stay safe dear…
Awlhey thank you so much Kylie. 🙂 🙂 Aan mifaharu hama Kylie heekuri gothau e vee. Yeah mi part ga jameelaage bai hama gasdhuga kudakou genesdhinee. Hehe. 😀 😀 Malaikaa ge hageegaiy Insha Allah dhn anna episode in ingigen dhaane inge 🙂 🙂 Love you too and stay safe <3 <3 <3 <3 <3 <3
Ur right Kylie I also want e malaikaa ge hageegaih vvv bodhah balaahihvehje ❤️❤️❤️❤️❤️btw mi part ves vvvvvvvvvvvvvvvvv reethi nd waiting for nxt part lysm siss ???????
Donthy pls nxt part dhegu kohladhehchey nd avahah up ves kohladheythe nukiya keatheah nuvaane ????hehe??
#STAY HOME #STAY SAFE ????
Awwwww Ahuu.. 🙂 🙂 🙂 Thank you so much. It really means a lot for me. Love you too Ahuu <3 <3 <3 <3 <3
Yes Ahu next part hama v dhiguvaane inge. And miadhu hama submit kollaanan next episode. Keiy nukurevunas hama keiytherivaan jeheynee dhw 😛 😛 😛 Hahaha. You too stay safe. <3 <3 🙂 🙂
Woowwwww???….varah varah reethi mi bai vx???…speechless…dhonthy kn irakun nxt part☺️☺️…alhey vrh curious vehjje…malaikaa ge hageegai balaalaa hiyy vehjje???…alhey dhonthy your sooooooo talented….masha allah??…..one of my fav writter???…hehe…and your good and kind sis tooooo????……ilysmmmmm sisssss……stay safe always???…
Awlhey dhonthi meenee hama speechless vefa Kairaage thi dhigu dhigu comment fenifa, Haadha lwbii comment ekey. Thank you so much Kairaa <3 <3 <3 <3 VVV ufaavejje. Malaikaage hageegaiy engigen dhaane inge. Ehenveema next ep upload vandhen madukollaa 🙂 🙂 Once again hama vvvv bodau thank you Kairaa for this beautiful and lovely comment. Love you more dear <3 <3 <3 <3 <3 <3 You too stay safe 🙂 🙂 🙂
Woah.. mi part ves varah nice. Keep it us Dhonthy. Anekkaa malaikaa aa gulhigen zaayaa ah dhera eh nulibeyne baa ? ?❤
Sorry for the late reply dear ☹️ mi comment publish vi kanneynge mi comment fonuvithaa dhuvaskolheiy fahun. Ekm dhenme mi fenunee. Sorry for that. Anyways thank you so much Saaji ? ? ? anekkaa heeveybaa Malaikaa Zaayaa au dhera eiy dheefaanehen? ? ? ?
Masha allah
Vrh furihama
Cant wait for next???
Awwww thank you so much ARU 🙂 🙂 🙂 Can;t wait ey??? 😛 😛 . Hehe. Keep waiting inge. Mihaaru mi next ep submit kollanee 🙂 🙂 🙂
Ehen V Ma Hama SHARAN heekuri gothah dhw e v Malaika akee Jinni Eh dhw eyna ge hageegai ingen Varah Beynun And whn nxt LYSM DHONTHY
Yes SHARAN heekuri gothau vefa eothee. Hehe. Malaikaa ge hageegaiy engeyne kiyamun dhaavarakau inge. Love you too SHARAN
Love ya more more