* ތިން އަހަރު ފަސް * އިޒްކާންގެ ތުއްތު ރުއިމުގެ އަޑަށް ރަނާއަށް ކުރަން ހުރި މަސައްކަތް ވެސް ހުއްޓާލެވުނެވެ. ތަރުކާރީ ތަށި މޭޒުމަތީ ބަހައްޓާފައި އަތް ދޮވެލައިގެން ރަނާ ކޮޓަރިއަށް ވަންނަން ދިޔައެވެ. ކޮޓަރިއަށް ވަތްގޮތަށް ރަނާއަށް ފުރަތަމަ ވަދެވުނީ ފާޚާނާއަށެވެ. އޯކަށް ދަމައިގަތުމުންނެވެ. ފާޚާނާއަށް ވަދެވުނީ ހަމަ ކިރިޔާއެވެ. ރަނާއަށް ހޮޑު ލެވިއްޖެއެވެ. ހޮޑު ލައިލައިފައި ރަނާ އަވަހަށް ފާޚާނާ ތަށި ފްލަޝް ކޮށްލިއެވެ. އެއަޑަށް ލިޔާން އިޒްކާން އުރާލައިގެން ތެޅެމުން ކަހަލަ ގޮތަކަށް […]
“ޒާރާ… ދެން ތިކަމާ ނޫޅޭ… ދޮންތަބެ ބޭނުމެއް ނޫން އިތުރަށް މިއާއިލާގައި މައްސަލައިގެ މުލަށް ވާކަށް… އެހެންވީމަ ތިކަން ހަނދާނުން ނައްތާލިއްޔާ މާ ރަނގަޅުވާނެ! އެއްވެސް ހެލްޕެއް ބޭނުމިއްޔާ ދޮންތަބެއަށް ގުޅާތި… އާން! އަދިއެއްވާހަކަ… ޒާރާއަކަށް ދޮންތަބެމެންގޭ ދޮރެއް ބަންދެއް ނުވާނެ!” ލައިޝް ހީނލަމުން ބުނެ ޝަބާނާ ގޮވައިގެން އަނބުރާ ގެއަށް ދާން ހިނގައިގަތެވެ. އޭރުވެސް ޒާރާގެ ލޮލުން ކަރުނަ ނުހިކެއެވެ. އެދުވަހަށް ފަހު ޒާރާގެ ދިރިއުޅުން އެއްކޮށް ބަދަލުވި ކަހަލައެވެ. ޒާރާގެ ބައްޕައާއި […]
ޖުޑާޑޯ ހުއްދަ ދިނުމުން ޖޭސިސް ހާތިބުމެން އުޅޭ ބަޔަށް އައެވެ. ހާތިބު އުޅޭ ކޮޓަރި ކައިރިއަށް އައިސް ޖޭސިސް ހާތިބުއަށް ގޮވާލިއެވެ. އަދި ރަށުތެރެ ބަލައިލަން އޭނާއެކު ދިޔުމަށް އެދުނެވެ. ހާތިބު އޭނާގެ ބައްޕަ ކައިރީ ބުނެފައި ނިކުންނަނީ ކަމުގައި ބުންޏެވެ. ވަރުދާން ލޮލުން އޭނާގެ ދަރިފުޅާ ވާހަކަ ދެއްކިއެވެ. އެމީހުންނާއެކު ދިޔަޔަސް ވާހަކަ ދައްކަންވާނީ ވަރަށް ވިސްނައިގެންކަމާ ކޮންމެ ކަމެއްވެސް ކުރާނީ ވިސްނައިގެން ކަން ހަނދާން ކޮށްދިނެވެ. ހާތިބުއާ ޖޭސިސް ގަނޑުވަރުން ނިކުތެވެ. ” ހިނގާ […]
ދުވަހަކީ ހުކުރުދުވަހުގެ މެންދުރު އެންމެ ހޫނުގަދަ ވަގުތެވެ. އަހަރެންނާއި އަހަރެންގެ ބައްޕަ ފަރާތު ބޮޑު އާއިލާ ތައްޔާރުވަމުން ދިޔައީ ކައިރީގައި އޮތް ފަޅުރަށަކަށް ދަތުރު ދާށެވެ. ދަތުރުދަނީ އަނެއްދުވަހު އަންނަ ގޮތަށެވެ. އަނެއްހެން ބުނާނަމަ އޯވާނައިޓަކަށެވެ. އަހަރެމެން ނައްޓާލީ ތިނެއްޖަހަނިކޮށެވެ. ދޮންތަބޭގެ ދޯނީގައި އިންނަ ގެގަނޑުގެ މަތީގައި އަހަރެމެން އެންމެން ތިބީމެވެ. ރޭކުރަން ދާތީވެ ގެންދަން ބައިވަރު އެއްޗެހި ހުއްޓެވެ. “މާލޭން ގެންނަ މުދާތެއްވެސް މިއަށް ވުރެ މަދުވާނެ..” ގެންދިޔަ އެއްޗެހި ގިނަކަމުން ބައްޕަ ކިޔާނެއެވެ. ކިޔަނީ […]
އެ ކުއްޖާ ޕާރޓް 24 * އެއީ ރިހިކުލައިގެ ކުޑަކުޑަ ‘ކީ ޗެއިން’ އެކެވެ. އޭގައިވަނީ ކޮންމެވެސް އެއްޗެކޭ ލިޔެލާފައެވެ. އޭތި ކުޑަ ކަމުން ރަނގަޅަށް ނުފެންނާތީ އަވްލީން އާއި ކައިޔަން ބޯ ތިރިކޮށްލިއެވެ. “މަރިޔަމް އަވްލީން.. އައި ލަވް ޔޫ ސޯ މަޗް..” އެ ރިހި ކުލައިގެ ކުޑަ ކީ ޗެއިންގައިވާ އިބާރާތްކޮޅު ދެމީހުންނަށްވެސް ކިޔާލެވުނެވެ. ކައިޔަން ވަގުތުން ތެދުވިއެވެ. އެކުއެކީހެން އަވްލީންއަށް ވެސް ތެދުވެވުނެވެ. ”މަރިޔަމް އަވްލީން.. ތީ އެ ކުއްޖާ އަކީ..!!!!” ކައިޔަން […]
“ބައްޕާ! އެ ދައްތަ އަކީ ވަރަށް ރަނގަޅު މީހެއް. އަހަންނަށް ބައިވަރު އެއްޗެހިވެސް ހޯދަދީފަ އެބަހުރި. އެހެންމީހުނާ ވަރަށް ތަފާތު ދައްތައެއް އެއީ. އަހަރެންވެސް ވަރަށް ބޭނުން އެ ދައްތަ އަހަރެންގެ ކައިރީގަ މިގޭގަ އުޅެން. އަހަންނަށް ވަރަށް އަޅާލާ ވަރަށް އޯގާތެރިވާ ދައްތައެއް އެއީ. އެކަމަކު ބައްޕާ! ބައްޕައަށް ހީވޭތަ ތީ ރަނގަޅު ކަމެއްހެން؟” ޒާޔާ އާނއެކޭ ބުނާނެ ކަމަށް އުންމީދުކޮށްގެން ހުއްޓައިވެސް ޒާޔާގެ ފަރާތުން އިވުނީ އެހެން ވާހަކަތަކެކެވެ. ޒާޔާ ދެއްކި ވާހަކަތަކުންވެސް އޭނާ […]
އިރު މެދު އުޑުގައި މުޅި ދުނިޔެއަށް އަލިކަން ކުރަމުން ދިޔައެވެ. އިރުގެ ރަންއަލިން މުޅި ދޮންވެލި ފަސްގަނޑު ދިޔައީ ވިދާ ބަބުޅަމުންނެވެ. ދޮންވެލި ގަނޑު މަތީގައި ރާޅުޖަހާ ފަށުގައި ހިނގަމުން އަހަރެން ދިޔައީ އަހަރެންގެ ކުދި ފިޔަވަޅުތައް ފަހަތައް ދޫކުރަމުންނެވެ. ކުދި ރާޅުތައް މަޑު މަޑުން އައިސް އަހަރެންގެ ފައިތިލައިގައި ބޮސްދީފައި އެނބުރި މޫދުގެ ތެރެއަށް ގެއްލިގެން ދެއެވެ. އެރާޅުތައް އަހަރެން ފަހަތައް ދޫކުރަމުން އައި ފިޔަވަޅުތައް ފުހެލަމުން ގެންދިޔައެވެ. އަހަރެންވެސް ބޭނުންވަނީ އެގޮތައް އަހަރެން ފަހަތައް […]
ޖައިޝް ބާރަކަށް ބޮޑު ދޮރު ލައްޕާލުމަށްފަހު އައިސް މައްޗަށް އަރާ އަންޖަލްގެ ކޮޓަރިއަށް ވަނެވެ. ” ތީ ބުދެއްތަ މީހަކު ކިޔާހާ އެއްޗަކާ ކުރާހާ ކަމެއް ބަލަން..” އަންޖަލްގެ ދެކޮޑުގައި ހިފާލަމުން ޖައިޝް ބުނެލިއެވެ. ” އައްދޯތް ތަދުވޭ..” ޖައިޝްއަށް ހިފިފައި ހުރީ ފުދޭވަރަކަށް ބާރަށް ކަމުން އަންޖަލްއަށް ތަދު އިހުސާސް ކުރެވުނެވެ. ޖައިޝް އޭނާގެ އަތް ދުރުކޮށްލީ އަންޖަލްއަށް އިތުރަށް ތަދުވެދާނެތީއެވެ. ” އަންޖަލްގެވެސް އަގައެއް އޮވޭނުން.. މީހުން ކިޔާހާ އެއްޗެއް ކިޔަން ނުހުންނާތި..” ޖައިޝް […]
ނޯޓު: މިއީ އަޅުގަނޑު މީގެ ދެތިން މަސްވަރަކަށް ކުރިން ލިޔަން ފަށާފައިވާ ވާހަކައެކެވެ. އަނެއްކާ އަލުން ބޮޑެތި ބަދަލް ތަކަކާއި އެކު މި ވާހަކަ ކިޔުންތެރިންނަށް ގެނެސްދެން އަޅުގަނޑު މިވަނީ ގަސްދުކޮށްފައެވެ. އަދި މި ވާހަކައިގެ ތެރެއިން އަޅުގަނޑުގެ ނުނިމި ހުރި ވާހަކަތަށް ‘ ހިތުގެ އުދާހުން ދުރުވާނެބާ! ‘ އަދި ‘ ނަމަވެސް..ތިޔަ ހަނދާނޭ ވަނީ ‘ ގުޅުވާލައިގެން ލިޔަން އަޅުގަނޑު މިވަނީ ނިންމާފައެވެ. بسم الله الرحمن الرحيم “ހުރިހާ ކަމެއް ނިމުނީތަ؟ ” […]