އެކުއްޖާ 26
* ތިން އަހަރު ފަސް *
އިޒްކާންގެ ތުއްތު ރުއިމުގެ އަޑަށް ރަނާއަށް ކުރަން ހުރި މަސައްކަތް ވެސް ހުއްޓާލެވުނެވެ. ތަރުކާރީ ތަށި މޭޒުމަތީ ބަހައްޓާފައި އަތް ދޮވެލައިގެން ރަނާ ކޮޓަރިއަށް ވަންނަން ދިޔައެވެ.
ކޮޓަރިއަށް ވަތްގޮތަށް ރަނާއަށް ފުރަތަމަ ވަދެވުނީ ފާޚާނާއަށެވެ. އޯކަށް ދަމައިގަތުމުންނެވެ. ފާޚާނާއަށް ވަދެވުނީ ހަމަ ކިރިޔާއެވެ. ރަނާއަށް ހޮޑު ލެވިއްޖެއެވެ. ހޮޑު ލައިލައިފައި ރަނާ އަވަހަށް ފާޚާނާ ތަށި ފްލަޝް ކޮށްލިއެވެ. އެއަޑަށް ލިޔާން އިޒްކާން އުރާލައިގެން ތެޅެމުން ކަހަލަ ގޮތަކަށް އެތެރެއަށް ބޯ ދިއްކޮއްލިއެވެ. “ރަނޫ ބަލީތަ..؟” އަނގަ ދޮންނަން ހުރި ރަނާ ގާތުގައި ލިޔާންއަށް އެހުނެވެ. “ނޭނގޭ… އަދި ނުބަލަން..” ވަރުދެރަ ގޮތަކަށް ރަނާ ފާޚާނާއިން ނުކުތެވެ.
“ޑޭޑީގެ އިޒީ ހާދަ އަވަހަކަށް ހޭލައިގެން އުޅޭ ދުވަހެއް..؟” އިޒްކާން އުރާލައިގެން ލިޔާން އެނދުގައި އިނެވެ. “ސާބަހޭ އިޒީ ނިންދަވާލިނަމަ..” ރަނާ ހީނލާފައި އިޒްކާން އުރާލިއެވެ. “އަދި މާދަން ޖެހޭނެއްނު އިޒްކާން ގޮވައިގެން ހޮސްޕިޓަލަށްވެސް ދާން..” ލިޔާން ޓައީ އަޅަމުން ބުނެލިއެވެ. “އްމްމް.. މެންދުރު ގަޑީދޯ..؟ ލިޔާން ޑިއުޓީއަށް ވެސް ނުދާ ދުވަހަކީތަ..؟ މިހާރު އެ އެކެއް ޖަހަނީ..” ލުއި ހިނިތުންވުމަކާއެކީ ރަނާ ލިޔާންގެ ޓައީ ރަނގަޅު ކޮށްދެމުން އަހާލިއެވެ. “ނޫން.. މިދަނީ ދާން..” ރަނާގެ ކޯތާފަތުގައި ހިފާލާފައި ލިޔާން އިޒްކާންގެ މޫނަށް ބޮސްދިނެވެ.
“އައްސަލާމުއަލައިކުމް..” އިކުވާން ސަލާމް ގޮވާލިއަޑަށް ރަނާ އަވަހަށް ނުކުންނަން ދިޔައެވެ. “ހޭ.. އިޒިއްކޮ ވެސް ހޭލައިގެން އުޅޭ ދުވަހެއްތަ..؟؟” ހިޔާން އުރާލައިގެން އެތެރެއަށް ވަތް ހައިނާ އަހާލިއެވެ. “އާނ.. ރޭ ވަރަށް އަވަހަށް ނިދައިފިއޭ.. ދެން އަނެއްކާ ދޭއް ޖަހާއިރު ނިދާލާފައި ހަތަރެއް ޖަހާލާކަށްހާއިރު ހޭލާނެ..” ރަނާ ބުނެލިއެވެ. “ބޭބީ ކިހިނެތްތަ..؟” ރަނާ އަހާލިއެވެ. “އިޓްސް ނޮޓް ބޭބީ.. ބޭބީސް..!” ހައިނާއަށް އެއްލޯ މަރާލަމުން އިކުވާން ބުނެލިއެވެ. އޭރު އިކުވާންގެ ނަޒަރު ހުރީ ހައިނާގެ ބަނޑާއި ދިމާލަށެވެ. “އޭ ހަމަހުވާ..؟” ރަނާ ބުމަގޮށްޖަހާލާފައި ހައިނާއާއި ދިމާލަށް ބަލާލިއެވެ. “މީ އަދި ހާދަ ސްނީކީ ވާހިތުން އުޅޭ ހައިއެކޭ.. ނުވެސް ބުނެ…” ހައިނާގެ ގައިގައި ބައްދާލަމުން ރަނާ ބުނެލިއެވެ.
“ސާބަހޭ ދެ ދުވަސް ކުރިން ޑޮކްޓަރަށް ދައްކާފައި ރޭ އެނގުނީވެސް..” ހައިނާ ހިނިތުންވެފައި ބުނެލިއެވެ. “ކޮންގްރާ އިނގޭ..” ލިޔާން ހިޔާން އުރާލަމުން ބުނެލިއެވެ. “ހާދަ ހެވީ ވެއްޖެޔޭ އަންކަލްގެ ބޭބީ..” ހިޔާން އާއި ދިމާލަށް ބަލާލާފައި ލިޔާންއަށް ބުނެވުނެވެ. ހިޔާން އޭނާގެ ޅަ އަޑުން ހިނިގަނޑެއް ޖަހާލިއެވެ.
އިޒްކާންއަށް ވުރެ ހަތަރު މަސް ދޮށި ހިޔާން ހުންނަނީ ފުށްގަނޑެއް ހެންނެވެ. ސިއްހަތު ރަނގަޅެވެ. އިކުވާންގެ އިސްތަށިގަނޑު ހުންނަހެން ހިޔާންގެ އިސްތަށިގަނޑުވެސް ހުންނަނީ ފަންކޮށެވެ. ހައިނާގެ މަޑު މުށިކުލަ ހުންނަ ބޮޑު ދެލޯވެސް ހިޔާންގެ ހުރެއެވެ. ނުހަނު ދޮނެވެ. ހިޔާން އަކީ އުފާވެރި ކުޑަކުޑަ ކުއްޖެކެވެ. އެ ޅަ އަޑުން ހިނިގަނޑެއް ޖަހާ ނުލާ ވަގުތެއް ނުދާނެއެވެ. ރޯނީވެސް މަދު ފަހަރެއްގައެވެ.
“ދަނީ ދެން.. ގުޑް ބައި..” އިކުވާންގެ ކޮނޑުގައި ޖަހާލާފައި ލިޔާން ނުކުންނަން ދިޔައެވެ. “އިކޫ ބްރޭކެއް ނެގީތަ..؟” އިޒްކާން އާއި ހިޔާން އެކީގައި ކުޅެން ހުރިތަން ބަލަމުން ރަނާ އަހާލިއެވެ. “ނޫން.. މިއަދު އޮފް ދުވަސް.. ދެން ގާތްގަނޑަކަށް ތްރީ ނޫނީ ފައިވް މަންތު ވީމައި ޗުއްޓީ ނަގާނީ..” އިކުވާން ބުނެލިއެވެ. “ހައިގެ މަންމަ އާއި ދޮންތަވެސް ގޭގައި އުޅޭނެއްނު..؟ އެހެންވެ ފަސޭހަވެސް ވާނެތާ..” ރަނާ އެހެން ބުނެ ނުނިމެނީސް އޯކަށް ދަމައިގަތެވެ. ރަނާ ފަހަތުން ދުވެފައި ހައިނާވެސް ކޮޓަރިއަށް ވަނެވެ.
“ރަނޫ އާރ ޔޫ އޯކޭ..؟؟” ހޮޑުލައިގެން ނުކުތް ރަނާ ފެނިފައި ހައިނާއަށް ބުނެވުނެވެ. ”ނޭނގެ.. ވަރަށް ވަރުބަލި..” “އަނެއްކާ…!!!” އިކުވާން ރަނާގެ ޖުމްލަ ފުރިހަމަ ކުރާނެ ފުރުސަތެއް ނުދިނެވެ. “އޯ މައި..! އެ ބުނީ ތެދެއް…. ވާނެ ޑޮކްޓަރަށް ދައްކަން.. އޯރ ޖަސްޓް އަ ޗެކް..” ހައިނާ ހީވީ އުފަލުންގޮސް އުޑަށް އަރާފާނެ ހެންނެވެ. “ފަހަރެއްގައި ދޯ.. އިއްޔެ ރޭވެސް ވަރަށް ގަދަޔަށް ހޮޑު ލެވުނު.. ހެނދުނުވެސް..” ރަނާ އެހެން ބުނުމާއެކީ ހައިނާގެ ހިނިތުންވުން ފުޅާވިއެވެ.
“ޔެޕީ..” ހައިނާ ރަނާގެ ގައިގައި ބައްދާލިއެވެ. “ދެން އިކޫ… ނޭމް ވިސްނައިފިންތަ މި ބޭބީއަށް ދޭނެ..؟” ރަނާ އަހާލިއެވެ. “ދެން އެ ދުވަހަކުން އެނގޭނެތާ..” އިކުވާން ބުނެލިއެވެ. “އޯކޭ އޯކޭ.. އިކޫވެސް ލާނެތް ކަމުން.. ޔަގީން ހިޔާން ބޭބީވެސް ވާނީ އެހާ ލާނެތް ކުއްޖަކަށް ކަން..” ރަނާ ހީނގަތެވެ. “ޔަގީން..” އިކުވާންވެސް އެ ސަމާސާގައި ބައިވެރިވިއެވެ.
ހަ މަސް ފަސް…
************************
“ދޮންބޭ… އަވްމެން އަންނަ ގަޑި ޖެހެނީ..!!” އެތެރެއަށް ވަތް އަލާން ދިޔަގޮތަށް ގޮސް ކައިޔަންގެ ދެ ކޮނޑުގައި ހިފާ ތަޅުވައިގަތެވެ. “ހްމްމް.. މިއަދު ހަވީރު ލޯންޗުން އަންނަ ވާހަކަ ބުނެފައި އޮތީ… މިހާރު އެ ތިންގަޑި ބައިވަނީ.. މާ ބޮޑަށްވެސް ލަސްވެއްޖެ..!!” ޒިވީން ބުނެލިއެވެ. ”އައިން އަންނަނިއްޔޯ..! އައިން އަންނަނިއްޔޯ..!” ގޭތެރެ ވަށާ ދުވަމުން ޒާއިން އެކަން އިއުލާން ކުރަމުން ގެންދިޔައެވެ. ”މެޗުއާރ ކޮއްކޯ ދެންވެސް ދޭބަލަ ތައްޔާރުވާން..” އަލާން އަލަމާރި ހާވަމުން ބުނެލިއެވެ.
“ދޮންބޭ ދެން ގަޑި ޖެހޭނީ..!” އަލާމާރިން ހުދު ގަމީހަކާއި ނޫ ޖިންސެއް ނަގަމުން އަލާން ބުނެލިއެވެ. ކައިޔަން ޖަވާބެއް ނުދީ މަޑުން އިނެވެ. އަލާން ފާޚާނާއަށް ވަނުމުން ޒިވީންވެސް ތައްޔާރުވާން ދިޔައެވެ. ކޮޓަރި ހުސްވުމުން ކައިޔަން މަޑުމަޑުން ތެދުވިއެވެ. އަދި ލޯގަނޑު ކައިރީ އިށީނެވެ.
ކައިޔަންއަށް އަމިއްލަ މޫނަށް ބަލާލެވުނެވެ. ދިގުވެފައިވާ ތުނބުޅި ދަތްދޮޅިއަށްވުރެ ތިރިއަށް ނުފައިބާ ހުރީ ކިރިޔަ ކިރިިޔާއެވެ. އެއީ ހުރި ހަމައެކަނި ތަފާތެވެ. ކައިޔަން ގޮނޑީގައި ލެނގިލަމުން ދެލޯ މަރާލިއެވެ. ވޭތުވެ ދިޔަ އަހަރު ތަކުގެ ތެރޭގައި ވީ ކަންތައްތަކުގެ މަތިން ހަނދާން އާ ކޮށްލުމަށެވެ.
އަވްލީން މެލޭޝިޔާއަށް ފުރިތާ ތިން މަސްވީ ފަހުން ރަނާ އާއި ލިޔާން އެންމެންގެ ގާތުން މާފަށް އެދުނެވެ. ހިތްބަރު ނުކޮށް ހުރިހާ އެންމެންވެސް މާފް ދިނެވެ. ކޮންމެ މީހަކަށްވެސް ބަދަލު ވުމުގެ ފުރުސަތު އޮންނާތީ ރަނާ އާއި ލިޔާންވެސް އެ ފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފީއެވެ. ޑްރަގް ނަގާ އުޅޭ މީހުންވެސް އެކަން ހުއްޓާލާ ތައުބާވެ ރަނގަޅު ދިރިއުޅުމެއް އުޅޭތަން ކައިޔަން ވަނީ ދެކިފައެވެ.
ކައިޔަން އަކީ މިހާރު އެރަށުގެ ސްކޫލްގައި މަސައްކަތް ކުރަމުން އަންނަ ސަރއެކެވެ. ގިނަ ކުދިންގެ ރުހުމާއި ލޯބި ކައިޔަން ވަނީ ހޯދާފައެވެ. ކައިޔަން އެއީ ރަށު ސްކޫލްގައި އުޅޭ އެންމެ މަގުބޫލު ޓީޗަރޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ކުޅަދާނަކަމާއެކީ ކުދިންނަށް ކިޔަވައިދެމުން ކައިޔަން ދިޔައެވެ. ޓީޗަރުންނާއި ޕްރިންސިޕަލްވެސް ނުހަނު އިހްތިރާމް ކުރާ ޓީޗަރަކަށް ވާތީ ކައިޔަން ވެފައިވަނީ އެ ސްކޫލްގެ ނަސީބަށެވެ. އެއީ ކުދިންނާއި ޓީޗަރުން ކައިޔަންއަށް ތައުރީފް ކުރާނަމަ ފުރަތަމަވެސް ބުނެލާ ޖުމްލައެވެ.
މެލޭޝިޔާގެ ފަސްގަނޑުގައި ފައި ބީއްސާލެވުމާއެކީ އަވީނާ އެދުވަހު ކައިޔަންމެންނަށް ވީޑިޔޯ ކޯލް ކުރިއެވެ. އޭގެ ފަހުން ކޮންމެ ދުވަހެއްގެ މެންދުރާއި ރޭގަނޑު ގަވައިދުން އަވީނާމެން ވީޑިޔޯ ކޯލް ކުރެއެވެ. ޒާއިން ބައެއްފަހަރު އައިންއާއި ވަކިން ވާހަކަ ދައްކާ އުޅެއެވެ. ކައިޔަންވެސް ވަކިން އަވްލީންއަށް ވީޑިޔޯ ކޯލް ކޮށްގެން ވާހަކަ ދައްކައެވެ.
ވީޑިޔޯ ކޯލްތައް ކުރުން އަވީނާ މެދުކަނޑައިލީ އަވްލީން އޮޕަރޭޝަން ކޮށްގެން ނެރުނު ފަހުންނެވެ. އޭގެ ފަހުން ވީޑިޔޯ ކޯލެއްތޯ އާދައިގެ ކޯލެއްވެސް ނުދެއެވެ. ހާލު ބަލާލަން މެސެޖެއްހާ ހިސާބުވެސް ކޮށްނުލައެވެ. އަވީނާ ޖަވާބެއް ދޭތޯ ކޮންމެ ދުވަހަކުހެން ކައިޔަން ފުލުފުލުން އެތައްހާސް މެސެޖެއް ކުރެއެވެ. ސީން ޒޯން ކޮށްލާފައި އަވީނާ ދުވަހަކުވެސް އެ މެސެޖްތަކަށް ރިޕްލައިއެއް ނުދެއެވެ. ގުޅީމައި ފޯނު ކަނޑާލައެވެ. ނޫނީ ޖަވާބެއް ނުދީ ރިންގު ކެނޑެންދެން އަވީނާ ފޯނު ބާއްވަނީއެވެ.
ޖަވާބެއް ދޭތޯ ކައިޔަން އަވްލީންގެ ފޯނަށް އެދުވަހު ވީހާ ކަމެއް ލިޔެފައި އަވްލީންއަށް މެސެޖް ކުރެއެވެ. ޑައިރީއެއް ލިޔާ ފަދައިން އެންމެ ކަމެއްވެސް މަދުކޮށްނުލާ ކައިޔަން އަވްލީންއަށް މެސެޖްގެ ޒަރިއްޔާ އިން އެކަންކަން ކިޔައިދެއެވެ. ނަމަވެސް އަވްލީންވެސް އެއަށް ރިޕްލައިއެއް ނުދެއެވެ.
ހައިނާ އާއި ރަނާ އަލުން ބެސްޓްފްރެންޑުންނަށް ވާން ނެގީ މަދު ދުވަސްކޮޅެކެވެ. ހައިނާ އާއި އިކުވާން އަދި ރަނާ އާއި ލިޔާންގެ ވެޑިންގ ބޭއްވުނީ ހަމަ އެއް ދުވަހަކުއެވެ. ރަނާ ލިޔާންދެކެ ލޯބިވާކަން އެނގޭނީ އަވްލީންއަށް އެކަނިކަމުން އެހެން އެންމެންނަށް އެކަން ވެގެން ދިޔައީ ނުހަނު ހައިރާން ކުރުވަނިވި ކަމަކަށެވެ. އޭގެ ފަހުން ހައިނާއަށް ކުއްޖަކު ލިބުނެވެ. އެއީ ހިޔާންއެވެ. އޭގެ ހަތަރު މަސް ފަހުން އިޒްކާން ރަނާއަށް ލިބުން ވެގެން ދިޔައީ އެންމެންނަށްވެސް އައި ތިންވަނަ އީދަކަށެވެ.
މުޖާހިދު އަދިވެސް ޖަލުން ދޫކޮށެއް ނުލައެވެ. ލަހުފާވެސް އޭނައަށް ހައްގުވާ އަދަބު ލިބިގަނެފިއެވެ. ލަހުފާ ވެސް ޒާހިދު އާއި ކައިވެނިކޮށްގެން ޒީޝްއާއެކީ އުޅެމުން ދިޔައެވެ. މީހުން ކުރާ މަލާމާތާއި ފުރައްސާރަ ތަކަކީ މިހާރު ލަހުފާއަށް ލިބޭ އިބްރަތެކެވެ. އޭރު ކުރެވުނީ ކުށެއްކަން ލަހުފާއަށްވެސް ވިސްނިއްޖެއެވެ. ޒީޝް ގޮވައިގެން ލަހުފާ ބައެއްފަަހަރު ކައިޔަންމެންގެ ގެއަށްވެސް ދެއެއެވެ.
ކުރިން ލަހުފާ ކަންތައް ކުރިގޮތުން އެހާ ހިތްހަމަ ނުޖެހުނު ކަމުގައި ވިޔަސް ކައިޔަން ލަހުފާ އައުމަކުން މައްސަލައެއް ނުޖައްސައެވެ. ލަހުފާއަކީ އަދިވެސް ކައިޔަންގެ މަންމައަށްވާތީ ލަހުފާއާއި ދޭތެރޭ ކައިޔަން އަމަލު ކުރަނީ ރަނގަޅަށެވެ. ޒާހިދުވެސް ކައިޔަންމެންނަށް އެހާ ރަނގަޅެވެ. އޭގެ ސަބަބުން މުޖާހިދުގެ މަތިން ޒިވީންވެސް ހުންނަނީ ހަނދާން ނެތިފައެވެ. ޒިވީންމެންނަށް ބޭނުންވާ އެއްޗެހި ގަނެދީ ޒާހިދު ހަދައެވެ. ކައިޔަންއަށްވެސް އެންމެންނަށް ޚަރަދު ކުރުމަކީ އުނދަގޫވާނެ ކަމެއްކަން އެނގޭތީއެވެ.
ނަވާރަ އަހަރުވެފައިވާ އަލާން އާއި ޒިވީން އުޅެނީ ކޮލެޖްގައެވެ. ސޯޅަ އަހަރުވެފައިވާ ޒާއިން ދިގުކަމުން އަލާންއާއި އެއްވަރުވެއެވެ. އޭލެވެލް ކިޔަވަމުން ދިޔައިރުވެސް ޒާއިންގެ ޝަކުވާއަކަށް ވެފައިވަނީ އައިން އާއި ވާހަކަ ދައްކާލަން ނުލިބުމެވެ. ނަމަވެސް ހިތްވަރާއި އެކު އޯލެވެލް ނިންމާލިއިރު ޒާއިންގެ ނަތީޖާވެސް ވަރަށް ރަނގަޅެވެ.
އޭގެ ފަހުން އަހަރެއް ވާން ގާތް ކުރަނީއެވެ. ހުރިހާ ކަމެއްވެސް ދިޔައީ މަޑުމަޑުން ހަމައަކަށް އެޅެމުންނެވެ. ކައިޔަން އިކުވާން އަދި ލިޔާން އަކީވެސް ނުހަނު ގާތް އެކުވެރިންނެވެ. ކުރީގައި ވީހާކަމެއްގެ މަތިން ހަނދާން ނައްތާލާފައި ކުރިއަށް ދިޔުމަކީ އެންމެންވެސް ބޭނުންވި ގޮތް ކަމަށްވާތީ އެކަކުވެސް ކުރީގެ އެ ވާހަކަތަކެއް ނުދައްކައެވެ. ހިޔާން އާއި އިޒްކާން ލިބުނު ފަހުން ޔޫޝުއަލްތަކަށް ހުއްޓުމެއް އައީތީ މިހާރު އެމީހުން ޔޫޝުއަލްގެ މަޖާ ވާހަކަތައް ދައްކާފައި އެ ހަނދާންތައް އާކުރެއެވެ. އެންމެންވެސް އެދެނީ އުފާވެރި މުސްތަގުބަލަކަށެވެ.
އޭގެ ދުވަސްތަކެއް ފަހުން އަވީނާ ވަނީ ކައިޔަންގެ ފޯނަށާއި އަލާންގެ ފޯނަށް މެސެޖެއް ކޮށްފައެވެ. އެމީހުން އެރަށަށް އަންނާނެ ދުވަހާއި ވަގުތު ނޫން އެހެން މައުލޫމާތެއް ލިޔެފައި ނުވާ އެ މެސެޖުން އެކަނިވެސް އެ އެންމެންގެ ހިތްތަކަށް ހިތްހަމަޖެހުން ގެނުވިއެވެ. އޮޕަރޭޝަންގެ ސަބަބުން އަވްލީން އެ ދުނިޔެއަށް އަލްވަދާއު ނުކިޔާ ކަން އެނގުމުންނެވެ.
އަލާން ފާޚާނާ އިން ނުކުތްގޮތަށް ހަމައެކަނި ޖިންސު ލައިގެން ބޯ އޮމާން ކުރަނީއެވެ. ކައިޔަން އަލަމާރިން އަޅިކުލައިގެ ގޮޅިޖެހި ގަމީހަކާއި ނޫ ޖިންސެއް ހިފައިގެން ފާޚާނާއަށް ވަނެވެ.
“އޯ ވާވް.. ދޮންބޭ ޔޫ ލުކް އެމޭޒިން..!” ކައިޔަން ފާޚާނާއިން ނުކުތްއިރު ޒިވީން ހުރީ އިންތިޒާރުގައެވެ. ކައިޔަން ނުކުތީ ތުނބުޅި ތުނި ކޮށްލައިގެންނެވެ. އެކަންތައް ކައިޔަން އަމިއްލައަށް ކުރަނީ ޚަރަދު ކުޑަ ވާނެތީއެވެ. ކަށިކަށިކޮށް ހުރި އެ ތުނި ތުނބުޅީގައި އަތް ކާއްތާލާފައި ކައިޔަން ހިނިތުންވެލިއެވެ. ޒިވީން ވެސް ހައިރާންވެފައި ހުރެ ހިނިތުންވެލިއެވެ. މި ނޫނީ އަވްލީން ދިޔަފަހުން ކައިޔަން އެހާ އުފަލުން ހިނިތުންވި އަހަރެއް ނުދާތީއެވެ.
ގަމީސް ލާފައި ކައިޔަން ފުނާ އެޅިއެވެ. އިސްތަށިގަނޑު އަދިވެސް ހުންނަނީ ކަނދުރާގައި ޖެހޭ ނުޖެހޭ ހިސާބުގައެވެ. ގަޔަށް ސެންޓް ބުރުވާލައިގެން ނުކުތްއިރު އެންމެން ހުރީ ކައިޔަންގެ އިންތިޒާރުގައެވެ. ލަހުފާ ވެސް ޒީޝް އުރާލައިގެން ހުރީ ކައިޔަންގެ އިންތިޒާރުގައެވެ. ”އާދޭ ދާން.. އެ ހަތަރެއް ޖަހަނީ..!” އަލާން ކައިޔަންގެ ކުޑަވާ އިނގިލީގައި ހިފާ ދަމައިގަތެވެ.
ކައިޔަން ދިޔައީ އަލާން ޒިވީން ޒާއިން އަދި ޒީޝް ގޮވައިގެން ކާރުގައެވެ. ލަހުފާ އާއި ޒާހިދު ސައިކަލުގައި ޖެޓީ ދޮށަށް ދިޔައެވެ. ކާރު ޕާކުކޮށްފައި ފުރާ މީހުން އަދި މަޑު ކުރާ މީހުންނަށް ޚާއްސަކޮށް ހަދާފަދައިވާ ތަނަށް ދެވުނުއިރު އިކުވާން އާއި ހައިނާގެ އިތުރުން ރަނާ އާއި ލިޔާން ހުރީ އެތާ ކައިރީ ޕާކުގައި ހިޔާން އާއި އިޒްކާން ގޮވައިގެންނެވެ.
ހައިނާ ހުރީ ފިޔާތޮށިކުލައިގެ ފައިތިލައާއި ހަމައަށް އަންނަ ވަރުގެ ހެދުމެއް ލައިގެންނެވެ. އަޅާފައިވާ ނޭވީ ބްލޫ ޝޯލްގެ ސަބަބުން މިހާރު ހައިނާ ނުހަނު ތަފާތު ކަމަށް ދައްކައެވެ. ބަނޑުގެ ސަބަބުން ހައިނާ ކުރިއަށް ވުރެ ރީތިކަމަށް ދައްކައެވެ. ރަނާވެސް ހުރީ ބަދަލުވެފައެވެ. ބުރުގާ އެޅުމުން ރަނާވެސް މާ ރީއްޗެވެ. ކުރިން ގެންގުޅުނު މާ ފެޝަން ގޮތްގަނޑާއި ފެޝަން ހެދުންތައް ދޫޫކޮށްލާފައި މިހާރު ރަނާ ލަނީ ކަކުލަށްވުރެ ތިރިއަށް އަރާ ހެދުންތަކެވެ. ކުރު ހެދުމެއް ލިޔަސް ރަނާ ލަނީ ފައިގެ ބައްޓަން ފާޅު ނުވާނެހާ ފުޅާ ހަރުވާޅެވެ. ނޫނީ ދިގު ސްކާރޓް ތަކެވެ. މިހާރު ރަނާ ލައިގެން ހުރީ ރަތް ކުލައިގެ ހެދުމަކާއި މާ ޖެހި ކްރީމް ސްކާޓްކޮޅެކެވެ. އަޅާފައިވާ ކްރީމް ޝޯލްގައި ހުރީ ރަތް މަލެއް ޖަހާފައެވެ.
އޭރު ފަސްގަޑި ފަނަރަ ހިނގައިފިއެވެ. އުޑުމަތީގައި ރަތްވިލާ ލާން ފެށިއިރުވެސް އަވްލީންމެން އަންނަން ބުނެފައި އޮތް ލޯންޗެއް ނައެވެ. “އެ އަންނަނީ..!!” ޒާއިން ފުންމައިގެން ތެދުވެފައި ޕާކުގައި ހުރި ކައިޔަން މެންނަށް އެ ޚަބަރު ދޭން ދުއްވައިގަތެވެ.
“ދޮންބޭ..!!!” ލިޔާންއާއި ވާހަކަ ދައްކަން ހުރެފައި ކައިޔަން ފަހަތަށް ބަލާލީ ޒާއިން ބާރުބާރަށް ގޮވާލުމުންނެވެ. “އައީތަ..؟” ވިނަގަނޑުމަތީ ފޮޓޯ ނަގަންވެގެން އިށީނދެލައިގެން ހުރި ރަނާ ތެދުވެ އަހާލިއެވެ. “އާނ.. އަންނަނީ..” އެ ސުވާލަށްވެސް ޒާއިން ޖަވާބު ދިނެވެ. ހައިނާ ހިޔާން އުރާލައިގެން އެ ދިމާލަށް ހިނގައިގަތެވެ. “ކައި ބަލާ މި ފޮޓޯ.. އަވް މިީގައި ހުރިނަމަ ވަރަށް ސަޅިވީސް..” ރަނާ ދައްކާލީ އެންމެން އެކީ ނަގާފައިވާ ސެލްފީއެވެ. އޭގައި އަވްލީން ނޫން އެންމެން ހުއްޓެވެ.
ކައިޔަން ހިނިތުންވެލުން ފިޔަވާ އެހެން އެއްވެސް ކަމެއް ނުކުރިއެވެ. އެންމެން ކެތްމަދުވެފައި ހުއްޓާ ލޯންޗު ލޮލުކޮޅަށް ދައްކާލައިފިއެވެ. ކައިޔަންގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ.
ހިނދަކަށްފަހު ހިނދެއް ލޯންޗު ކައިރި ކުރަމުންދާ ވަރަކަށް އެންމެންގެ ހިތްތަކުގެ ތެޅުންވެސް ދިޔައީ ބާރު ވަމުންނެވެ. ”ތްރީ….. ޓޫ…… ވަން…..!” އަލާން އިއުލާން ކޮއްލިއެވެ.
ލޯންޗު ގާތް ކޮއްލުމުން މީހުންތައް ގާތްވެގަތެވެ. ”ނޯ ފެއަރ..!” ޒާއިން ހިތްހަމައެއް ނުޖެހުނެވެ. ހިނީގެ ފައުޖެއްހެން މީހުންތައް ލޯންޗުން ފައިބައިގަތެވެ.
ކައިޔަންގެ ލޯ ދުށުމަށް ކެތް މަދުވެފައި ހުރި ކުއްޖާ ދައްކާލީ އިރުކޮޅެއް ފަހުންނެވެ. އެކުއްޖާގެ އިސްތަށިގަނޑު ދިގުވެފައިވާވަރުން ބިންމަތީގައި ކޭއްތި ނުކޭއްތި ހުރީ ކިރިޔަކިރިޔާއެވެ. ދިގުވެފައި ވާވަރުންނެވެ. އެހަމުގެ ކުލަ ކުރިއަށްވުރެ ރީތިވެފައި ވާހެން ހީވެއެވެ. ލޮލުގައި އަޅައިގެން ހުރި އައިނު ނަގާ އެކުއްޖާގެ ދެލޯ ހާމަ ކޮއްލިއެވެ. އެއީ އެތައް ދުވަހެއް ވަންދެން ކައިޔަން ނުފެނިގެން އުޅުނު ދެލޮލެވެ. އެކުއްޖާ ފަރާތް ފަރާތް ބަލާލިގޮތުން ހީވަނީ ކޮންމެވެސް މީހަކު ހޯދާލިހެންނެވެ. އެތުންފަތުގައި ފާއްދާލާފައިވާ ރަކި ހިނިތުންވުމުން ކައިޔަންގެ ގާތަށް އައީ ލާނެތް ހިންޏެކެވެ. އެހޯދަނީ ކާކުކަން މާ ރަނގަޅަށްވެސް ކައިޔަންއަށް އެނގޭ ކަހަލައެވެ.
އެކުއްޖާގެ އިސްތަށިގަނޑު ޖެހުނު ވަޔަށް މައްޗަށް ވިހުރުވިގެން ދިޔައެވެ. ލައިގެން ހުރި ކްރީމްކުލައިގެ ދިގު ޖެކެޓްގައި އެކުއްޖާ ދެއަތުން ހިފާއްޓާލިތަން ފެނިފައި ކައިޔަން އެދިމާލަށް ދާން ކުރިއަށް ފިޔަ ވަޅެއް އެޅިއެވެ. އެކުއްޖާ ލައިގެންހުރި ކަނޑުނޫ ކުލައިގެ ޖިންސާއެކީ ބެގީ ކޮށްލާފައިވާ މަޑު އޮރެންޖް ޓީޝާޓު ކައިޔަންއަށް ކަމުދިޔައެވެ. އެކުއްޖާގެ މޫނުގައި ހިފާލާފައި އެދެލޮލަށް ބަލާލަން ކައިޔަން ހުރީ ނުހަނު ބޭނުން ވެފައެވެ.
ކައިޔަން ދިޔަގޮތަށްގޮސް އަވްލީންގެ ގައިގައި ބައްދާލިގޮތަށް ވައިގެ ތެރެއަށް ހިއްލާލިއެވެ. އަވްލީންގެ ލޮލުން ފެނިގެންދިޔައީ ހައިރާންވިކަމުގެ ކުލަވަރެވެ. ”ތިއީ ކާކު..؟؟” އަވްލީން އެއްސެވެ. ކައިޔަންގެ ހިނިތުންވުން ގެއްލިގެން ދިޔައެވެ. ލޯ މަރާލާފައި އަވްލީން ބިމުގައި ބެހެއްޓުނުގޮތެއް ވެސް ކައިޔަންއަކަށް ނޭނގުނެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.





Yoon ehaa varah meehun change vefaa huri iru Alhey mi vaahaka ige pic badalu kohlun varah muhinmu
I’m working on that dear 🙂 Thanks mint 🙂
alheyyyy mi vaahaka is the best story ever… comment eh nukuran dhw kurinneh hehe ?! but read this story hama feshuneehsure… One of the best stories I’ve ever read so far.. I love it so much but there are no stories that will last for ever so nimen kithah epsodes. ? Yoon adhives mi site ah story liyaanan dhw even after this right ?? Love you so much ur such an amazing writer… Really love your work 😛 I’m 14 and I love your story because its marvelous LOVE YOU PS BIGGEST FAN EVERRR !!!!!
Annehkaa avleen ge hadhaan thah ves dhiyaeetha? No please ehen viyyaa story ehaa nice eh ves nuvaane. Please egothah nahadhanchey??????
Let’s see dhw riyaa 🙂 Let’s see ingey.. Yoon mihaaru submit kollaifin.. Insha allah you’ll get to read it vrh avahah 🙂 lysm
Wooooww so nice I love it and is av okay ? love this story it’s amazing hama ❤️❤️❤️❤️❤️ Lyvm yoooon ?
Aw thanks MIKKKO dear 🙂 🙂 🙂 Av okey thw balaalan nxt bai kiyaalaa ingey 🙂 Love you more dear 🙂
This is the best story I’ve ever read. Yoon marry me
?????????????????????
Hama huvaa… Magey moonugai miihaku echakun jehihen hiivvii…. Yoooon dhen yoooon ge readers evarah thalhuvaakah nuvaanenu… ????. Ekm hama asluves avlyn ge handyman thah dhiya nudhechey… Hama rovey varu vejje..? ? ? ? ? ? ? ? ? ? ? ? ? ? ?. Btw vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv. Loabi… ? ?… Keep it up.. UR my favourite writer in Esfiya……. ?????. May God Bless You with his great blessing. ?????STAY SAFE, AND STAY HOME…..
LOTS OF LOVE : UR NO 1 FAN
NAYA
Awwwnnnn Thanks a lot dear that means a lot to me 🙂 May allah bless you with his great blessings too Naya 🙂 You stay safe too dear 🙂 Love you so much 🙂
???nice….
Wow this story is the best best best everrrrr ?❤️ Yoon your one of the best writers in esfiya. when next cause I cannot wait ??? Love you so much yoooon ?❤️?
Varah reeithi. Waiting next part