Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީއެހެނިހެންމަޖާ

އެދަތުރު…

Annna Level 510 Stories100 Comments100 Login
June 20, 2020 6 Mins Read
14 Comments

ދުވަހަކީ ހުކުރުދުވަހުގެ މެންދުރު އެންމެ ހޫނުގަދަ ވަގުތެވެ. އަހަރެންނާއި އަހަރެންގެ ބައްޕަ ފަރާތު ބޮޑު އާއިލާ ތައްޔާރުވަމުން ދިޔައީ ކައިރީގައި އޮތް ފަޅުރަށަކަށް ދަތުރު ދާށެވެ. ދަތުރުދަނީ އަނެއްދުވަހު އަންނަ ގޮތަށެވެ. އަނެއްހެން ބުނާނަމަ އޯވާނައިޓަކަށެވެ.

އަހަރެމެން ނައްޓާލީ ތިނެއްޖަހަނިކޮށެވެ. ދޮންތަބޭގެ ދޯނީގައި އިންނަ ގެގަނޑުގެ މަތީގައި އަހަރެމެން އެންމެން ތިބީމެވެ. ރޭކުރަން ދާތީވެ ގެންދަން ބައިވަރު އެއްޗެހި ހުއްޓެވެ. “މާލޭން ގެންނަ މުދާތެއްވެސް މިއަށް ވުރެ މަދުވާނެ..” ގެންދިޔަ އެއްޗެހި ގިނަކަމުން ބައްޕަ ކިޔާނެއެވެ. ކިޔަނީ އެންމެން ހެއްވާލުމުގެ ނިޔަތުގައެވެ. ކުޑަކުދިން ދާތީވެ ގޮދަޑި އާއި އެއްޗެހި ވެސް ގެންދިޔައީ މެވެ. އެގޮދަޑި ތައް ފަތުރައިގެން އަހަރެމެން ތިބީމެވެ.

އަހަރެންނަކީ ކަނޑައް ވަރަށް ބަލި މީހެކެވެ. ބޯ އަނބުރާވަރުން އަހަރެންނާއި ތުއްތުބޭދައްތަ އޮތީ އޮށޯވެލައިގެންނެވެ. އަނގަޔަށް ފޯއްފޮއްޗެއް ލައިގެން އޮތީ ހޮޑުލަވާހެން ހީވާތީއެވެ. ބޮޑުކުއްބެ އުޅުނީ ފޯނުނަގައިގެން އަހަރެމެންގެ ފޮޓޮއެއް ނަގާށެވެ. ފޮޓޯނަގާފައި އަހަރެމެން ތިބިތާ މަތީގައި ބޭއްވީ ކުއްބެގެ އެންމެ ހަގު ދަރިފުޅު ނުވަތަ ހުރިހާ އެންމެންގެ ސުމައި، ދޮންތަ ކައިރީގައި އިނދެފައި އެދިމާލަށް އަންނާތީވެ އުރާށެވެ. އެއީ އުމުރުން ތިން އަހަރުގެ އަންހެން ކުއްޖެކެވެ.

ފަޔަށް ހަދާލެވުނު ގޮތަކުން ފޯނު ގެގަނޑުގެ ބޭރަށް އިންނަ ދެފޫޓެއްހާ ތަންކޮޅުގައި ޖެހިފައި ވެއްޓުނީ ބޭރަށެވެ. ގެގަނޑު ބަޔާއި ދޯނީގެ ދޭތެރޭގައި ފޫޓެއްހާ ޖާގަވެސް ނޯވެއެވެ. ފޯނަކީ އައިފޯން އިލެވެން ޕްރޯ މެކްސް އެކެވެ. ގަތްތާ އަދި ހަފްތާއެއްވެސް ނުވެއެވެ. އަހަރެމެން އެންމެން ހީކުރީ ފޯނުވެއްޓުނީ މޫދައް ކަމަށެވެ.

ނަމަވެސް އެއީ ބޮޑުކުއްބެގެ ނަސީބެވެ. އަހަންނަށް ވުރެ އަހަރެއްހާ ދޮށީ ބޭބެ ކުޑަކުއްބެ ބަލާލާފައި ބުނީ އެހަނި ދޭތެރޭގައި ފޯނު އެބައޮތް ކަމަށެވެ. ބޮޑުކުއްބެވެސް އިނީ ވަރަށް ދެރަވެފައެވެ. ފޯނު ވެއްޓުނު ކަމަށް ހީކޮށެވެ.

ބަރާބަރު އެއްގަޑިއިރާއި ދިހަ މިނިޓު ތެރޭ އަހަރެމެންނަށް އަހަރެމެންގެ މަންޒިލާހަމައަށް ފޯރި އެވެ. އޭރު އަހަރެމެން ފަހަތުން ލާންޗު އާދެއެވެ. އޭގައި ތިބީ އެއްބަނޑު އެއްބަފާ ތިއްތިބެއާއި އަހަންނަށް ވުރެ ފަނަރަވަރަކަށް ދުވަސް ކުޑަ ފިރިހެން ކޮއްކޮ ނުވަތަ އަހަރެން ގޮވާ ނަމުން ނަމަ ރިއްކޮ އާއި އޭނަގެ ބެސްޓް ފްރެންޑާއި ދެބެން ދެދަރި ބޭބެ ނުވަތަ ހުރިހާ ކުދިންގެ ތުއްތޮންނެވެ. އާއިލާއިން އެންމެ ދޮށީ މާމަ ދަރިފުޅެވެ. އޭނަގެ އަންހެނުންނަށް ނާދެވުނީ ޑިއުޓީ ބަދަލު ނުކުރެވުމުގެ ސަބަބުންނެވެ.

ދޯނި ވިލުގައި ބާއްވާފައި އެންމެން ލާންޗައް އަރައިގެން ރަށަށް ފޭބީއެވެ. ލާންޗު ބޭއްވީ ކައިރީގައެވެ.

ރަށަކީ ވަރަށް ހިމަ ރަށެކެވެ. ތިލަބޮޅުފުށި ނަމަކަށް ކިޔާ މިރަށުގައި ކުޑަ ކުޅިއެއްވެސް އިނެވެ. އަހަރެމެން އަސްލު ތިބީ ތިލަބޮޅު ފުއްޓަކު ނޫނެވެ. ތިލަބޮޅުފުއްޓަކީ ވަރަށް ވަރަށް ކައިރީގައި އޮތް ރަށެކެވެ. ދިޔަވަރު އެންމެ ހިކި އިރު ލޮނު ކޮޅަކު ނުޖެހި ދެވޭނެއެވެ. އަދި ދިޔަވަރު ބޮޑު އިރު ކަކޫ ފެނުގައި ދެވޭހާ ކައިރީގައި އޮތް ރަށެކެވެ.

ހަތަރުގަޑި ބައިވަނީއެވެ. ފޭބިގޮތައް އަހަރެމެން މިސްރާބުޖެހީ ކުޅިއާއި ދިމާއަށެވެ. އޭރު ދިޔަވަރު ހިކެނީއެވެ. އަހަރެން އިނީ ނުތެމެންށެވެ. އެއީ އެހެން ހެދުމެއްވެސް ގެނެވިފައި ނުވާތީއެވެ. ނަމަވެސް ކަކޫ ފެނުގައި ދާން ޖެހޭތީވެ އަހަރެން ހިތައް އެރީ އުނަގަނޑުފެނުގައި ދިޔަސް ރަނގަޅު ވާނެ ކަމުގައެވެ. އެހެން ހިތާ އަހަރެން ތަންކޮޅެއް ފުނައް ޖެހިލީމެވެ. އަހަރެންނަށް އޭރު އެތާގައި ގުންޑޮޅިއެއް އިންނަކަމެއް ނޭގެއެވެ. އެއްފިޔަވަޅު އެޅުނުތަނާ އަހަރެން އެއްކޮށް ވެއްޓުނީ މޫދު ތެރެއަށެވެ.

އޭރު ހުރީ ވާނެއެއްޗެއް ވެނިމިފައެވެ. އަހަރެން އެއްކޮށް ތެމުނީއެވެ. ފައިތިލަ ފެނުގައި އަހަރެމެން ކުޅީގެ ފެންގަނޑު ތެރޭގައި އުޅުނީމެވެ. ކުޅިއަކީ މޫދާއި ގުޅިފައި އޮންނަ ރަށެކެވެ. އެހެން ކަމުން ދިޔަވަރު ހިކޭއިރު ކުޅިވެސް އެއްކޮށް ހިކެއެވެ. ދިޔަވަރު ހިކިގަޑީގައި އެއީ ކުޅިއެކޭ މީހަކު ނުބުނާނެއެވެ.

ގަސްގަނޑުގެ ތެރެއަށް އެންމެން ވަނެވެ. ބޮޑުކުއްބެ އާއި ކުޑަކުއްބެގެ އިތުރުން މެދު ކުއްބެއެއްވެސް އަހަރެންގެ އިނދެއެވެ. ނުވަތަ ހުރިހާ ކުދިންގެ ކުއްބެ އެވެ. ކުއްބެ އާއި ތުއްތު އުޅުނީ ކަކުނި ހިފާށެވެ. ދެމީހުން ދެކަކުނި ހިފައިގެން އެތާގައި އިން ރުކަކަށް ޖަހާ މަރާލައިފައި އަތައް ނެގިއެވެ. އެހެން ކުދިން އުޅުނީ ބިރުންނެވެ.

ތުއްތުބޭދައްތަ އާއި އަހަރެން އުޅުނީ ވީޑިއޯ ކޮށެވެ. އަނެއްހެން ބުނާނަމަ މުޅި ދަތުރުގެ ކެމެރާ މަނުންނަކީ އަހަރެމެން ދެމީހުންނެވެ. ވީޑިއޯ އެއް ހަދަންވެގެން އެކިމީހުން ގަޔަށް ކަކުނި ލަމުން ދިޔައެވެ. އެންމެ މަޖަލީ ދޮންތަ ގަޔަށް ކަކުނި ލީގަޑީ އެވެ.

ކުޅިން ނިކުމެގެން ދިޔައިރު ލާންޗު ގާތް ކޮށްގެން އެއްބުރަށް އެއްޗެހި ބާލަނީއެވެ. އެއްގަމަށް އަރުވަން އަހަރެންވެސް އެހީވީމެވެ. އަހަރެމެން ތިބެން ހަމަޖެހުނުތަނުގައި ފާހާނަ ތައްޓެއްވެސް އިނެވެ. ފަންޖަހާ ޓިނުން ހިޔާކޮށްފައި އެތަން ކޮޅު އިނެވެ. އެތެރެ ބަލާލިއިރު ވަރަށް ހަޑި އެވެ. އެހެންވެ ގެނައި ކަކުލާހަމައަށް އަރާ މޭޒު ބެހެއްޓީ ދޮރު ކުރިމަތީއެވެ.

ހުރިހާ އެންމެން އަވަސްވެގަތީ އަޞުރު ނަމާދު ކުރާށެވެ. ބޮޑު ޖަމާއަތުގައި އަޞުރު ނަމާދު އެންމެން ކުރީމެވެ. ބައިވެރި ނުވަނީ ދޮންތަބޭމެންގެ ކޮންސްޓްރަކްޝަން ގުރޫޕު ބަންގްލަދޭޝް މީހެކެވެ. މުސްލިމެއް ނޫނެވެ.

ދޯނީގެ ކައްޕި އާއި ދޮންތަބޭ އަކީ ބެސްޓު ފްރެންޑުންނެވެ. އެދެމީހުންނާއި ބިޖޯއި ކިޔާ ބިދޭސީ މީހާ އުޅުނީ ޖަނަރޭޓާރު ބަހައްޓައެވެ. ބައްޕަ އާއި އެހެން މީހުން އުޅުނީ ޓެންޓު ޖަހައެވެ. މަންމަ އުޅުނީ ކޮފީ ގިރައެވެ. އެދަތުރުގައި ސައުވީސް ގަޑިއިރު ކޮފީ ލިބެން ހުއްޓެވެ. ކައްކާން ގެންދިޔައީ ކުޑަ ގޭސް އުނދުނެކެވެ. ބޭރުން ބަލާލާ މީހަކު ބުނާނީ އެއީ މަކިޓާ ބުރުމާ ފޮއްޓެއް ކަމަށެވެ. ނަމަވެސް އެތެރޭގައި އިންނަނީ އެއް އުނދުނުން ކެއްކޭ އުނދުނެވެ. ގޭސް ފުޅިވެސް ހީވާނީ ސެލްޓަކްސް ފުޅި އެއްހެންނެވެ.

އިރުއޮއްސޭއިރަށް ބައްޕާ އާއި ތުއްތު ތޮއްޓައް ދިޔައެވެ. ފުރަތަމަ ދާގޮތައް އޮތީ ހުރިހާ އެންމެންނެވެ. ނަމަވެސް ނައްޓާ ލެވުނު އިރު ހަނދު އަރާ ދިޔަވަރު ގެއްލުމުން ނުދިޔައީއެވެ. ފަހަތުން އެތާތިބި ދިހަ އަހަރުގެ ކުއްޖަކާއި އަށް އަހަރުގެ ކުއްޖަކާއި ހަ އަރުގެ ކުއްޖަކު ދިޔައެވެ. ހުރިހާ އެންމެން ލޯބިން ގޮވާ ނަމުންނަމަ ދޮންބި އާއި ތިއްތި އާއި ބޭބީ އެވެ. ތިން ފިރިހިން ކުދިންނެވެ. ބޭބީ ދިޔައީ ފައިވާނަށްވެސް ނާރައެވެ. ތުއްތު ނުވަތަ އޭނަގެ ބައްޕަ އުޅެން ޖެހުނީ އޭނާ ކޮނޑައް ލައިގެންނެވެ. އެހެން ކަމުން ތުއްތު އެކުދިން ގޮވައިގެން ވަރަށް އަވަހަށް އައެވެ. ނަމަވެސް ބައްޕަ އެއް ނާދެއެވެ.

މާގިނައިރެއް ނުވެ ބައްޕަވެސް އައެވެ. އައި އިރު އަތުގައި ހެޔޮވަރުގެ ބޯވައެއް އޮތެވެ.އެއީ އަހަރެންނަށް ވަރަށް މީރު އެއްޗެކެވެ. ބޯވަ ބޭއްވީ އައިސް ފޮއްޓެކެ ތެރެއަށް ލައިފައެވެ.

އެންމެން އެއްބަސް ކިޔައިގެން ނިންމީ ފުޓު ބޯޅަ މުބާރާތެއް ބޭއްވުމަށެވެ. ތޭރަ ފިރިހެނުން ކުޅެން ހަމަޖެހުނު މުބާރާތަކު ބަހާލީ ހަތަރު ޓީމަކަށެވެ. ބޮޑުކުއްބެ އާއި ބައްޕަ އާއި ރިއްކޮގެ ބެސްޓް ފްރެންޑް އެއްޓީމަކަށެވެ. އެއީ ޓީމް ބޮޑު ކުއްބެއެވެ. ތުއްތުއާއި ރިއްކޮއާއި ކުއްބެ އެއްޓީމަކަށެވެ. އެއީ ޓީމް ތުއްތު އެވެ. ދޮންތަބޭ އާއި އަހަރެންގެ އެއްބަނޑު އެއްބަފާ ދޮންބެ އާއި ބިޖޯއި އެއްޓީމަކަށެވެ. ޓީމް ދޮންތަބޭއެވެ. ތުއްތޮންނާއި ކުޑަކުއްބެ އާއި ތިއްތި އާއި ދޮންބި އެއްޓީމަކަށެވެ. އެއީ ޓީމް ހާޑު ނަރެވެ. އެޓީމަށް މިނަން ދެވުނީ އެޓީމުގެ ކުޅުން ތެރިން މާބޮޑައް ރުޅިގަދަ ވާތީއެވެ. ރެފްރީއަކީ އެއްބަނޑު އެއްބަފާ ތިއްތިބެއެވެ.

މެދުތެރެއިން ބައްޕަ ޖައްސާލާ އާޓު ތަކުން މާޙައުލު ފަޅު ފިލުވާލައެވެ. “ދޮންބޭ ނިކަން އާޓެއް ދައްކާލަ..” ކެމެރާ ކުރަމުން ތުއްތުބޭދައްތަ ގޮވާލާނެއެވެ. ބައްޕަ އަކީ އާއިލާއިން އެންމެ ދޮށީ ފިރިހިން މީހާއެވެ. ހުރިހާއެންމެންގެ ދޮންބެ އެވެ. އެންމެ ދޮށީ ދޮންތަ އެވެ.

ޗެންޕިއަން ކަން ލިބުނީ ޓީމް ތުއްތު އަށެވެ. ރަނަރަޕް ކަން ހޯދީ ޓީމް ބޮޑުކުއްބެ އެވެ. އެންމެ ފޮނިކަނޑާފައި އުޅުނު ޓީމް ހާޑްނަރު ދިޔައީ ތިން ވަނައެވެ. ހަތަރުވަނަ ދިޔައީ ޓީމް ދޮންތަބޭއެވެ. “ބަލަ އޭ އަހަރުން ދޫކޮށްލީއޭ..” ދަށް ނުވާންވެގެން ތުއްތޮން ކިއެވެ.

ފޮޓޯ ނަގާފައި ތުއްތުބޭދައްތަ ވައިޖެހޭގެ ވައިބާ ގުރޫޕަށް ލުމުން މާލޭގައި ލޮކްޑައުން ވެފައި ތިބި ތިއްތިބޭ އާއި ތިއްތިބޭ ދައްތަގެ އާއިލާ މީހުން ވަރަށް ހަނދާން ވާކަމަށް ލިޔެފައި އޮތެވެ.

އޭގެފަހުން އެންމެން ނަމާދު ކުރީއެވެ. ނަމާދު ކޮށް ނިމުމުން އޮތީ ކެރަމް ބޯޑު ކުޅުމެވެ. އަންހެނުންނާއި ފިރިހެނުން ވަކިންނެވެ. ދަށްވާބަޔަކު ޖެހެނީ ރޭގަނޑުގެ ކެއުން ތައްޔާރު ކުރާށެވެ. ތިންގަނޑުން މަންމަ އާއި ތުއްތުބޭދައްތަ، ވެގެން ފިރިހިން ޓީމް ބައްޕަ އާއި ބޮޑު ކުއްބޭ ބަލި ކުރިއެވެ. ވަގުތުން އެއްބަނޑު އެއްބަފާ ދޮންބެ ނައްޓާލީ ކައްކާށެވެ.

ފަހުން އަހަރެންނާއި ދޮންތަ އާއި ދޮންތަބޭ ވެގެން ވެސް ކުޅުނީމެވެ. ކައިރީގައި ސުމައިވެސް އިނެވެ. އޭރު ގަޑިން ދިހައެއްވެސް ޖަހައިފިއެވެ. ބޮޑުކުއްބެގެ ދޮންބި އާއި ދެވަނަ ދަރިފުޅު ދޮންތީ އާއި ތިންވަނަ ދަރިފުޅު ތުއްތިވެސް ނިދައިފިއެވެ. އެންމެ ކުޑަ ސުމައި ނުނިދީ ދޯނިމަތީގައި ނިދުމުންނެވެ.

ކެރަމް ކުޅެ ނިމިގެން ދިޔައިރު ބައްޕަ މެން ފީނަން ނައްޓާލީއެވެ. ދޮންބެ އުޅުނީ ނޫޑުލިސް ކައްކައެވެ. ފިރިހިނުންގެ ތެރެއިން ނުދަނީ ދޮންތަބެއާއި ބޮޑު ކުއްބެ އާއި ބިޖޯއި އާއި ދޯނީގެ ކައްޕިއެވެ. އަހަރެން ބެލީ އެވަގުތުތައް ފޯނުން އިންސްޓަ ކުރެވޭތޯއެވެ.

އެވަގުތު ވަރަށް ވައިގަދަ ވެފައި ބޯކޮށް ވާރޭ އޮއްސައިލިއެވެ. ޓެންޓު ވެސް ހީވީ އެއްލައިލަ ފާނެހެންނެވެ. ކަންބޮޑު ވެފައި އެންމެން ތިއްބާ ވާރޭ ހުއްޓައިލައިފައި އުޑުމަތި ކުރިއެކޭ އެއްގޮތައް ރީތިވިއެވެ.

ކައިގެން އަހަރެން ގާތު މަންމަ ބުނީ ނިދަން އުޅެން ވީކަމަށެވެ. އަހަރެން ބޭނުންވީ އެރޭ ހިފާ ހަނދު ކޭތަ ބަލާލުމަށެވެ. އެނިޔަތުގައި އެތާއޮތް ބޮޑު، މޫދައްލާ ބެޑުގައި އޮށޯތީމެވެ.

އެއީ ގޮދަޑިއެއް ވަރުގެ އެއްޗެކެވެ. އޭގައި އޮތީ ތުއްތުބޭދައްތަގެ ކޮއްކޮ އަކާއި އަހަރެންނާއި އަހަރެންނަށް ވުރެ އަހަރެއް ކުޑަ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ. އަހަރެން ފޯނުން ގޭމެއް ކުޅެން އޮއްވާ މަންމަ ފޯނު ބާއްވާށޭ ބުނުމުން ޖެހުނީ ބާއްވާށެވެ. ފޯނު ބާއްވާފައި އަހަރެންނަށްވެސް ނިދުނީއެވެ. އޭގެ މާކުރިން އަހަރެންގެ ކޮއްކޮ ނިދައިފިއެވެ.

ދެން ހޭލެވުނީ މޫނައް ފެންތިކި ޖަހާވަރުންނެވެ. ފެންތިއްކެއް ނޫނެވެ. އަހަރެންގެ މޫނު އޮތް ދިމާ މަތި އެއްކޮށް އިންނަނީ ނުބައްދައި ކަމުން ވާރޭކަނި ޖަހަނީއެވެ. އޭރު އެއްބަޔަކު ތިބީ ތުނޑީ ގައި ސަތަރި އާއި ގޮދަޑި އަޅައިގެން ނިދާފައެވެ.

ވާރޭ ބޯކޮށްލީ އެގޮތުގައި ތިއްބައެވެ. އަހަރެންވެސް ތެދުވެފައި ބޯލާކޮޅުގައި އިން ކެރަމް ބޯޑު އެއްފަރާތް ކުރީމެވެ. ފަހަރަކު މީހަކު އައިސް ޓެންޓު ފުރާލައި އަޑު ގަދަ ވިއެވެ. އަނެއްކާވެސް ކޮންމެވެސް އެއްޗެކޭ ކިޔައިފައި ހޭންފެށިއެވެ.

ފަތިސް ނަމާދު ކޮށްލައިގެން ދިޔައީ ތޮއްޓަށެވެ. ތޮއްޓައް ދިޔައީ މަންމަ އާއި ބައްޕަ އާއި ތުއްތުބޭދައްތަ އާއި އަހަރެންނާއި ތިއްތި އާއި ދޮންބި އާއި ތުއްތި އާއި އަހަރެންގެ ކޮއްކޮ އާއި ބޮޑު ކުއްބެއެވެ. އެހެން އުޅެނިކޮށް ތަޅުދަނޑި ފައްޗެއް ފެނިއްޖެއޭ ކިޔައި ތުއްތުބޭދައްތަ ގޮވާލިއެވެ. އެއީ ސްޓާ ފިޝް އެކެވެ.

އެހިފައިގެން އަހަރެމެން ދިޔައީ މޫދުތެރެއިން ލާފައިއެވެ. ފައިތިލަ ފެނުގައެވެ. އެކަނި ދާން ކެރުމުން އެހެން މީހުންނަށް ވުރެ ކުރިން އަހަރެން ގޮސް ތޮށިގަނޑުން ފެއިބީ މެވެ.

އެހެން މޫދުގައި އުޅެނިކޮށް ހުރިހާ ބޮޑެތިމީހުން ކައިރީގައި އޮތް ފަޅު ވެފައި އޮތް ރަށަކަށް ދާން އުޅުނެވެ. ލާންޗުގައި ނައްޓާލީ އަހަރެންނާއި މަންމަ އާއި ބައްޕަ އާއި ކުއްބެ އާއި ތުއްތޮންނާއި ދޮންތަ އާއި ދޮންތަބެއާއި ތުއްތު އާއި ތުއްތުބެދައްތަ އާއި ދޮންބެ އާއި ކޮއްކޮ އާއި ތުއްތުބެދައްތަގެ ކޮއްކޮ އެވެ. އެއީ ސުނާމީގައި ފަޅުވެފައި އޮތް ގެމެންދޫ ނަމަކަށް ކިޔާ ރަށެކެވެ.

ރަށު ތެރެ ބަލާލަން އަހަރެމެން ވަނީމެވެ. ގޭގޭގެ ފާރުތައް ހުރިއިރު ފުރާޅެއް ނެތެވެ. ދެގަހެއް ދޭތެރޭ ތާށިވެފައި އިން އޭރުގެ ފަހާފޮއްޓެއްވެސް އިނެވެ. ބައެއް ގޭގޭގެ ފެން ވަޅުތައްވެސް ހުއްޓެވެ. ދޮންނަ މެޝިނެއްވެސް އޮތެވެ.

އޭރު ވައި ތަންކޮޅެއް ގަދަވެފައި ވިއްސާރަ ވިލާ އުފެދެމުން ދިޔައެވެ. ބައިގަޑި އިރެއްހާއިރު އެރަށުގައި އުޅުމަށްފަހު ފުރައިގެން ދިޔައީ މެވެ. އަހަރެންނާއި ކޮއްކޮ އާއި ތުއްތުބެދައްތަގެ ކޮއްކޮ ދޯނީގައި ބެހެންޓުމަށް ފަހު އެހެން މީހުން ދިޔައީ ރަށައް އެއްޗެހި ބަލައެވެ. އެއްޗެހިތައް ހިފައިގެން އައި ފުރަތަމަ ދަތުރުގައި އަހަރެން އަނބުރައި އެރަށަށް ދިޔައީމެވެ. ދޯނި ތަޅުވާވަރުން ކެތް ނުވެގެންނެވެ. ހޮޑު ލައިފިނަމަ އެތާ ތިބި އެހެން މީހުންވެސް ހޮޑު ލެވި ދާނެތީއެވެ.

ދިޔައިރު އެމީހުން އުޅެނީ ހީނާފަތް އަޅައިގެންނެވެ. އަހަރެންވެސް ބޮލުގެ އިސްތަށި ގަނޑުގައި ހޭކީމެވެ. މަންމަ އަތުގައެވެ. ދޮންބެ އާއި ބައްޕަ ބޮލުގައެވެ. އަހަރެންނަށް ނުހުރެވިގެން ފަތާލާ ހިތުން އިސްތަށިގަނޑު ދޮވެލީ ފަނަރަ މިނިޓުވެސް ނުވަނީހެވެ. އޭރު ބާރަޖަހައިފިއެވެ. “ކޮބާ ހިނގާ ދަމާ..” ބައްޕަ ބުންޏެވެ. “ނޫން.. ދެން ދާނީ މާދަން..” އެއްމެ ކުޑަ ސުމައި މިހެން ބުނުމުން އެންމެން ހޭޏް ފެށިއެވެ. ދޭއްޖަހާއިރު ދޮންބެ ޑިއުޓީ އަށް ދާންޖެހޭތީވެ އަވަސް ކޮށްލައިގެން ނައްޓާލީއެވެ. ހުރިހާ އަންހެނުންނާއި ކުޑަކުދިން ލާންޗުގައި ގޮސްފައި އެއްބަޔަކު ދިޔައީ ދޯނީގައެވެ.

ދޯނީގައި ދިޔަ މީހުންތެރެއިން ހިމެނުނީ ދޮންތަބެ އާއި ކުއްބެ އާއި ކުޑަ ކުއްބެ އާއި ރިއްކޮ އާއި އޭނަގެ ބެސްޓް ފްރެންޑާއި ބިޖޯއި އެވެ. ދޮންބި ވެސް ދާން އުޅުނީ ދޯނީގައެވެ. ނަމަވެސް ތިއްތި އާއި ބޭބީ ދޯނީގައި ދާން އުޅުމުން ދޮންބި ވެސް ދޯނިން ބޭލުވީއެވެ. ކޮއްކޮ އާއި ތުއްތުބޭދައްތަގެ ކޮއްކޮ ވެސް ލާންޗައް ފަހުން އެރީއެވެ.

ރަށައް ދެވުނު އިރު އެކެއް ނުޖަހައެވެ. މިއީ އަހަރެން ދިޔަ ތިންވަނަ އޯވާނައިޓެވެ. އުމުރުގައިވެސް ދެވުނު އެންމެ އުފާވެރި ދަތުރުތަކުގެ ތެރެއިން ހޮވާލެވޭ ދަތުރަކަށް މިދަތުރު ވާނެއެވެ.

-ނިމުނީ-

05.06.2020 – 06.06.2020

 

Share Article

Follow Me Written By

Annna

Level 510 Stories100 Comments100 Login

I am a girl who loves to read n write dhivehii stories☺.... Love to read comments from readers..❤ Accepting positive and negative comments tooo... can contact via my insta private acc @__asnaaaaa_ ... or author acc @i_an.nna and my email id [email protected] My short stories: Myra, Dhonmanma, Maizal, Erey, Edhathuru, Ehves kuhjaku baaky nukuramaa, Manzil, Badhaluvi aadha My long stories: Aina, Kaamiyaabu, Aharenge Vaahaka, Aina S2, Loabivaavaru an'gadheyhiyvey.. My on going story: - Aina S3 _Annna

Other Articles

Previous

ކުރުވި ދިގު އިންތިޒާރު… 5

Next

ޝަހަރު 12ވަނަބައި

Next
June 20, 2020

ޝަހަރު 12ވަނަބައި

Previews
June 20, 2020

ކުރުވި ދިގު އިންތިޒާރު… 5

14 Comments!

  1. Faiherrr?? says:
    June 20, 2020 at 10:34 pm

    A aar, I thought that you were really big in age kamah. But same as me I was suprised ehaa molhah vaahaka liyaathy. Eyy girl can we be friends buddy

    1. A aaR says:
      June 21, 2020 at 7:57 am

      thnx a lot faiherrr.. of course we can be friends..

  2. Faiherrr?? says:
    June 20, 2020 at 10:36 pm

    Please reply kurahcheyy I love your stories very much

    1. A aaR says:
      July 22, 2020 at 1:49 pm

      ??❤️

  3. Faiherrr?? says:
    June 21, 2020 at 12:26 pm

    Thank you A aar. Stay safe take care love ya ??☺️☺️☺️☺️

    1. A aaR says:
      July 10, 2020 at 9:07 am

      Welcome dearr.. ❤️ Stay safe TC.. N lyt?❤️?

  4. Riyaa says:
    June 24, 2020 at 10:33 pm

    Faiherr u are from which island?

    1. A aaR says:
      July 25, 2020 at 10:10 pm

      !?

  5. Iyaadh says:
    June 30, 2020 at 10:47 am

    I love this story

    1. A aaR says:
      July 22, 2020 at 1:49 pm

      Jazaakallah khairan ??

  6. Shamha says:
    July 8, 2020 at 1:16 pm

    Vvv Kada

    1. A aaR says:
      July 10, 2020 at 9:05 am

      Jazaakallah khairan Shamha for your opinion.. ?

  7. މޯދީ says:
    July 25, 2020 at 8:38 pm

    Mee vaahakaeh tha noonee mazumoonehtha?. beykaaru baithah maagina kamah faahaga kurevey.

    1. A aaR says:
      August 6, 2020 at 11:22 pm

      Jazaakallah khairan moadhi.. fr your opinion

Comments are closed.



All Right Reserved!