އިރު ތިރިވަމުން ގޮސް ކަނޑުގެ ލޮނުގަނޑު އަޑިއަށް ދިޔައެވެ. އެއާ އެކު ޖައްވު އަނދިރި ވާން ފެށި އެވެ. އިރު އެއްސޭޭ މަންޒަރު ބަލަން ހުރި ސާދަ އަހަރުގެ ލާއިސް ގެއަށް ދާން ހިނގާ ގަތީ އަނދިރި ވާން ފެށުމުންނެވެ. ގެއަށް ދާން ހިނގާ ގަތް ތަނާ ވަރަށް ބާރަށް ވަައި ބާރު ވާން ފެށިއެވެ. ދެން އިވެން ފެށީ ވަރަށް ބާރު އަޑެކެވެ. އެ އަޑު ދިޔައީ ބާރު ވަމުންނެވެ. އެ އަޑު ބާރު ކަމުން […]
(އަޅުގަނޑުގެ ވާހަކަ އަޕް ކުރުމުގައި ލަސްވި ކަމަށްޓަކައި ހުރިހާ ކިޔުންތެރިންގެ ފަރާތުން ނިހާޔަތަށް މައާފަށް އެދެމެވެ. ކިޔެވުމުގެ ކަންކަން ހުރިގޮތުން ، އެކަމަށް ސަމާލުކަން ދިނުމުން ވާހަކަޔާއިގެން ކުރިޔަށް ދާނެ ވަގުތު އަޅުގަނޑަށް ނުވީއެވެ. އަޅުގަނޑުގެ ވާހަކަ އަޕް ނުކުރެވޭތާ ގިނަ ދުވަސްތަކެއް ވެފައިވާތީ ، ކިޔުންތެރިންނާ ހިސާބަށް މިގެނެސްދެނީ 6 ވަނަ ބައި އަދި 7 ވަނަ ބައި އެއްކޮށެވެ. ހުރިހާ ކިޔުންތެރިންނަށް ވެސް ކަމުދާނެކަމަށް އުންމީދުކުރަމެވެ. އަދިވެސް އެއްފަހަރު ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މައާފަށް […]
“މިލީ.. ވިލް ޔޫ މެރީ މީ..” މިޒްޔަލް އެހެން އަހާލުމައި އެކު މިއްލީ ދިޔައީ ސިއްސައިގެންނެވެ. މިއްލީ މިޒްޔަލްއަށް އަވަސް ނަޒަރެއް ދިންއިރު އޭނާ އިނީ މިއްލީ އާއި ދިމާލަށް ބަލަހައްޓައިގެންނެވެ. މިއްލީ ލަދުން މަރުވާވަރު ވިއެވެ. “މިލީ.. ވިލް ޔޫ މެރީ މީ..” މިޒްޔަލް އަނެއްކާ ވެސް ސުވާލު ތަކުރާރު ކޮއްލިއެވެ. “ޔެސް.. އޯ މައި ގޯޑް.. ޔާލް ރިއަލީ.. ޔެސް.. އައި ވިލް މެރީ ޔޫ..” މިއްލީ މިޒްޔަލް ކޮޅަށް ނެގުމަށް ފަހު ބައްދައިގަތެވެ. […]
ހުޝާން ވިސްނަމުން ދިޔައީ އެކަމުން އޭނާ ސަލާމަތްވާނެ ގޮތެކެވެ. އެކަމަކު މަންމަޔަށް އެކަން އެނގުމުން ދެން ސަލާމަތްނުވާނެ ކަންވެސް އެނގެއެވެ. ” ނާއިލާ ކަލޭ ހިތުން އަހަރެންނާއި ކައިވެނި ކުރުމުން ކަލޭ ބޭނުންވާ އުފާތައް ލިބޭނެ ކަމަށްތަ ހީކުރީ..އެހެން ހީނުކުރޭ ތި ކުރެވެނީ މޮޔަ ކަމެއް..؟..” އައި ރުޅީގައި ނާއިލާއަށް ގުޅާގެން ހުޝާން އެއްޗެހި ކިޔަން ފެށިއެވެ. ” އަހަރެން މިކުރަނީ ކިތަންމެ މޮޔަ ކަމަކަށް ވިޔަސް މީ ހުޝާންގެ ދަރިޔަކަށް ނޫނީ ނުވާނެ.. މިއަދު ހުޝާން […]
މަތީނަށް ރަނގަޅަށް އެއީ ކޮން ކުއްޖެއްކަން ޔަޤީންވީ އެ ކުއްޖާ ވާހަކަދެއްކި އަޑު އޭނާގެ ކަންފަތުގައި ޖެހުމުންނެވެ. “ޒާޔާ!” އެ ކުއްޖާއާއި ދިމާލަށް ބަލަހައްޓައިގެން ހުރެ މަތީނަށް ވައި އަޑުން އެ ނަން ކިޔައިލެވުނެވެ. މަތީން އެހެން ބަލަން ހުއްޓައި ޒާޔާމެން ޖެހިގެން އިން ގޯޅިން އަނެއް މަގަށް އަޅައިލަނީއެވެ. މަތީން އިރުކޮޅަކު އެހެން ހުރެފައި ބާރަކަށް ހިނގައިލައިފައި ގޮސް އެ މަގަށް އަޅައިލިއެވެ. އޭރު ޒާޔާ ފެންނާކަށް ނެތެވެ. އެ މަގުގައި ހުރި ފިހާރައެއް ކައިރީ […]
” ޔުމާ އަދިވެސް އެއްޗެއް ނުނެގޭ.. ތިމަންނަ ސްޕޯޓްސް ޓީޝާޓް ކޮޅެއް ގަންނާށޭ ކިޔައިފައި.. ނުފެނުނީތަ..މަށަކަށް ހިއެއްނުވޭ މިތަނުގައި ތިބި ސްޕޯޓްސް އެއްޗަށް ވުރެ ރީތި އެއްޗެއް ލިބޭނެހެން..” ޝަމާ ބުންޏެވެ. “އާނ! ނުފެނުނު..ދެން މިރޭ އިތުރައް ތަނެއް ބަލަން ދާހިތެއް ނެތް.. ޝަމާމެން ގަންނަން ބޭނުންވި ވައްތަރު ފެނިއްޖެތަ؟..” ޔުމާ އަހާލިއެވެ. ” އަނ! އަހަރެމެން ދެމީހުން ޕޭ ވެސް ކޮށްފައި މިއައީ..” ޝަމާ ބުންޏެވެ. ” އެހެންވިއްޔާ ދާން ނިކުންނަމާ..” ޔުމާ ބުންޏެވެ. “ނޫނޭ […]
ގާތްގަނޑަކަށް އެއްގަޑިއިރުގެ ދިގު ކޯލަކަށްފަހު މަލްދާ ފޯނު ބޭއްވިހެން ހިޔެއްނުވެ އަނެއްކާ ރިންގުވާންފެށިއެވެ. ބަލާލިއިރު ގުޅަނީ ނުދަންނަ ނަމްބަރަކުންނެވެ. ދެ ހިޔާލެއްގައި ހުރެފައި މަލްދާ އެންމެފަހުން ފޯން ނެގިއެވެ. “ހަލޯ މަލް؟….” އެންމެ ފުރަތަމަ އެއަޑު ކަންފަތައް އެރުމާއެކު މަލްދާގެ ހިތުގެ ތެޅުން އަވަސްވެލިއެވެ. އެއީ މަލްދާ އެއަޑެއް އިވުމަށް އެންމެ ބޭނުންވާ މީހާގެ އަޑެވެ. “އަޒްހާން” މަލްދާ ބުނެވުނެވެ. “އާނ…. އަނެއްކާ ނިދަން އޮއްވާ ތަ މިގުޅުނީ؟” އަޒްހާން އަތުގައި އޮތް ގަޑިޔަށް ބަލައިލަމުން ސުވާލުކޮށްލިއެވެ. […]
ސާރާ އަށް ބުނެވުނީ އެހާހިސާބަށެވެ. ސާރާ އަށް ވީގޮތް ފެނިފައި މަލްދާ، ސާރާ ބަލަހައްޓައިގެން އިން ދިމާލަށް ބަލައިލިތަނާ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. “ބައްޕާ…” މަލްދާ އަށް ބުނެވުނީ އެހާ ހިސާބަށެވެ. ބިރުން ދާހިއްލަން ފެށީ މަދު ސިކުންތުކޮޅެއް ތެރެެއެވެ. “ނަފީީސާާ!! ނަފީސާ!!” މުޅި ގޭތެރެ ގުގުމައިގެން ދިޔައީ ޚާލިދުގެ ހަޅޭކުގެ އަޑުންނެެވެ. “ކިހިނެއްވީތަ؟….. މަލްްދާ؟” ކޮޮޓަރިން ނުކުއިން ނަފީސާއަށް ޚާލިދާއި އޭނަގެ ފަހަތުން ގޭތެރެެއަށް ވައިން މަލްދާ ފެނުމުން ވީ އަމަށަކު ހައިރާނެއް ނޫނެވެ. […]
“ޓްރީން…ޓްރީން”އެލާމު ގަޑި އެލާމުވާ އަޑަށް ނިދާފައި އޮތް އައިރީއަށް ހޭލެވުނެވެ. އެނދުގެ ހެޑްބޯޑު މަތީގައި އިން ސޯނާ ގަޑި އެލާމު ނުވާ ގޮތައް ހެދުމަށް ފަހު އައިރީ މޯޅި އަކަށް ދެމިލިއެވެ. އެއަށްފަހު އޭނާގެ ގައިގައި އޮތް ރަޖާގަނޑު ނެގުމަށް ފަހު ކޮޓަރީގައި ދިއްލާފައި ހުރި ފެހި ނިދާބޮކި ނިވާލާ އަލިގަދަ ބޮކިތަށް ދިއްލާލިއެވެ. އެވަގުތު އައިރީ ދެލޯ މަރާލީ ދެލޮލަށް އުނދަގޫ ވުމުންނެވެ. ދެން އައިރީ އަވަސްވެ ގަތީ ތަންމަތި ނަގާށެވެ. ރަޖާ […]