“ޓްރީން…ޓްރީން”އެލާމު ގަޑި އެލާމުވާ އަޑަށް ނިދާފައި އޮތް އައިރީއަށް ހޭލެވުނެވެ. އެނދުގެ ހެޑްބޯޑު މަތީގައި އިން ސޯނާ ގަޑި އެލާމު ނުވާ ގޮތައް ހެދުމަށް ފަހު އައިރީ މޯޅި އަކަށް ދެމިލިއެވެ. އެއަށްފަހު އޭނާގެ ގައިގައި އޮތް ރަޖާގަނޑު ނެގުމަށް ފަހު ކޮޓަރީގައި ދިއްލާފައި ހުރި ފެހި ނިދާބޮކި ނިވާލާ އަލިގަދަ ބޮކިތަށް ދިއްލާލިއެވެ. އެވަގުތު އައިރީ ދެލޯ މަރާލީ ދެލޮލަށް އުނދަގޫ ވުމުންނެވެ. ދެން އައިރީ އަވަސްވެ ގަތީ ތަންމަތި ނަގާށެވެ. ރަޖާ ފަތްޖަހާލުމަށްފަހު ބާލިސް ތައް ހެޑުބޯޑު ކައިރީގައި ބަރިޖަހާ މަތީގައި ރަޖާބޭއްވިއެވެ. އެއަށް ފަހު ހެދުން އަޅުވާ ހަރުގަނޑާ ޖެހިގެން ހުރި ފަހަނައިގެ ދޮރު ހުޅުވާލައިފައި ވަނެވެ. ދަތް އުނގުޅުމަށް ފަހު ވުޟޫ ކޮށްލައިގެން ނިކުމެ ކަކުލާ ހަމަޔަށް އަރާ ރަތާއި އަޅި މާޖެހި ހެދުމަކާއި ކަޅު ހަރަވާޅެއް ލިއެވެ. ދެން ހެދުން އަޅުވާފައި ހުރި ހަރުގައި އޮތް މުސައްލަ ނަގައި ކަޅު އިސްޓާކީނާއި ހުދު ދޮޅިއެޅުމަށްފަހު ފަތިސް ނަމާދު ކުރަންފެށިއެވެ. ނަމާދުކޮށް ނިމުމާއި އެކު އެނދު ކައިރީ ހުރި ސްކޫލު ދަބަސް ހިފައިގެން ކޮޓަރިން ބޭރަށް ނިކުތެވެ. ސިޓިންރޫމަށް ގޮސް އެތާގައި ހުރި މުށި ކިޔަވާ މޭޒުގެ ދެވަނަ ކަބަޑުގެ ވަތްގަނޑަށް ދަމާލުމަށް ފަހު ހުރިހާ ފޮތްތަކެއް ނަގާ ޓައިމްޓޭބަލާއި އެއްގޮތައް ފޮތްތަށް އަޅަން ފެށިއެވެ.
ފޮތްތައް އަޅާ ނިމުމާއިއެކު ބާކީ ހުރި ފޮތްތަށް ވަތްގަނޑަށް އަޅާލިއެވެ. ދަބަސް ހިފައިގެން ގޮސް ކޮޓަރީގައި ބެހެއްޓުމަށް ފަހު ދޮރު ފުރަގަހުގައި ތަތްކޮށްފައި ހުރި ހޫކު ތަކުގައި އިން އޭނާގެ ޓީޝާޓާއި ހެދުން އަޅުވާ ހަރުގައި ހުރި ތުވާލި ހިފައިގެން ފަހަނާއަށް ފެންވަރަން ވަނެވެ. ފެންވަރާ ނިމިގެން ހަރުގައި ހުރި ޔުނީފޯރމާއި ހަރަވާޅު ލިއެވެ. ދެން އޭނާ އަވަސްވެގަތީ އެނދުމަތީގައި އޮތް އޭނާގެ ތުއްތަގެ ދަރިފުޅަށް ގޮވާށެވެ. “މާއްކޯ… މާއްކޯ…މައިޝާ…އަވަސް ކުރޭ…ތެދުވޭ..ތެދުވޭ…” ގައިގައި ރަޖާގަނޑެއް އަޅައިގެން އޮތް މައިޝާ އަށް ގޮވާ ނެގުމަށް ފަހު އެކުއްޖާ ފެންވަރަން ފަހަނާއަށް ވެއްދިއެވެ.
މައިޝާ ފެންވަރައިގެން ނިކުތުމުން މައިޝާގެ ޔުނީފޯރމު ހަރުން ނެގިއެވެ. މައިޝާ އަށް ޔުނީފޯރމު ނުލެއްވި އުޅެނިކޮށް ދޮރުހުޅުވާފައި މައިޝާގެ މަންމަ، މާޝާ ވަނެވެ. “އައިއްކޮ ދެން އަވަހަށް ދޭ ސައިބޯން..” ހިނތުން ވުމަކާއި އެކު މާޝާ މިހެން ބުނެފައި މައިޝާ ތައްޔާރު ކުރުމާއިގެން އުޅުނެވެ. އައިރީ ވެސް ހިނިތުން ވުމަކާއި އެކު ބޯޖަހާލުމަށް ފަހު ކޮޓަރިން ނިކުމެ ކާގެއަށް މިސްރާބު ޖެހިއެވެ.
އައިރީ އަކީ 7 ކުދިންގެ އާއިލާއެއްގައި އެންމެ ކުޑަ ކުއްޖާއެވެ. އެހެންކަމުން އާއިލާގައި ވެސް އައިރީ އަށް ވަނީ ޚާއްސަ ކަމެއް ދެވިފައެވެ. މަންމައާއި ބައްޕަގެ ފޭވަރިޓް އަށް ވުމުގެ އިތުރަށް އޭނާގެ ދައްތަތަކާއި ބޭބެތައް ވެސް އޭނަ ދެކެ ވަރަށް ލޯބިވެއެވެ.
އައިރީ ގޮސް ކާގެއަށް ވަދެ ޖޯޑެއް ނަގައިގެން މައިލޯ ގިރަން ފެށިއެވެ. މައިލޯ ގިރުމަށްފަހު މޭޒު ކައިރީ އިށީންދެ އެއްނޭވާއިން މައިލޯ ތަށި ދަމާލިއެވެ. ދެން އައިސްއަލަމާރިން ފިނިފެން ފުޅިއެއް ނަގައިގެން ތައްޓަކަށް އެޅުމަށް ފަހު ބޯލިއެވެ. އެއަށްފަހު އައިރީ ކާގެއިން ނިކުމެ، ހިމަކޯރިޑޯ ތެރެއިން ލާފައި ގޮސް ކޮޓަރިއަށް ވަނެވެ. އެއަށްފަހު ރީތިވާ މޭޒު ކައިރީގައި ހުއްޓެ ސްކޫލަށް ދާން ރެޑީވާން ފެށިއެވެ. ރެޑީވެ ނިމުމާއި އެކު ސެންޓު ކޮޅެއް ޖަހާލިއެވެ. ދެން އެނދުގައި އިށީންދެ އިސްޓާކީނަށް އެރިއެވެ. އެންމެ ފަހުކަމަކަށް އެނދު ކައިރީ ހުރި ދަބަހާއި އެކައުންޓު ބޮޑު ފޮތް ހިފައިގެން ކޮޓަރިން ނިކުތެވެ. އަދި ކޯރިޑޯގެ ނިމޭ ހިސާބުގައި ހުރި ފައިވާންތައް ކައިރީ ހުރި ހުދު ސްކޫލު ބޫޓައް އަރައިގެން ނިކުމެ ބޮޑު ދޮރާ ހަމަޔަށް ހިނގައިގަތެވެ.
ހަލުއި ފިޔަވަޅު ތަކެއްގައި ދިޔަ އައިރީ މަޑު ޖެހުނީ ކޫތީއޭ ކިޔާފައި ގޮވާލި އަޑު އިވުމުންނެވެ. މަޑުމަޑުން ފަހަތައް އެނބުރެލި އައިރީގެ މޫނު މަތީގައި ވަނީ ފުޅާ ހިނިތުން ވުމެކެވެ. އޭރު ދެއަތް ދެފަރާތަށް ދަމައިލައި ގެން،ބޮޑު ބޮޑު ފައިވާނަކަށް އަރައިންގެން މައިޝާ ދުވެފައިއައެވެ. އޭރު މައިޝާގެ ތުންފަތް މަތީގައި ވަނީ ފުޅާ ހިނިތުން ވުމެކެވެ. ދުވެފައި އައިސް އައިރީގެ ގައިގައި ބައްދާލުމަށް ފަހު މައިޝާ ބުނެލިއެވެ. ” ކޫތީ ގުޑް ލަކް… ހައިއްތަ އަށާއި މާނީދައްތަ އަށް ސަލާމް ބުނައްޗޭ..” “ލައްބަ..ކިއުޓީވެސް ބަސްއަހައިގެން ކިޔަވަށްޗޭ…” މައިޝާގެ ގައިގައި ބައްދާލާފައި ބޮލުގައި ފިރުމާލަމުން އައިރީ ބުނެލިއެވެ. އަދި މައިޝާ ދުރުކޮށްލުމަށް ފަހު ހާނާ އަޅާލަމުން ގޭން ނިކުމެގެން ސްކޫލާއި ދިމާޔަށް މިސްރާބު ޖެހިއެވެ.
******************************************************************
“ދެން ރީ…މިއަދު އޮފީހަކަށް ނުދާނަމޭ…ކަމް އޯން ހަގެއް ދިފާއި މިތާ އޮށޯވެބަ ބޭބީ” ސިންގަލް އެނދެއްގައި ރަޖާގަނޑެއް އަޅައިންގެން އޮތް ހައިޝަން މިހެން ބުނެ ދެފަރާތައް އެނބުރެލިއެވެ. “ހޫމް..ހޫމް ހުވަފެން ބަލާ މީހުން ފެނެއެންނު” ލޯގަނޑު ކައިރީ ރެޑީވާން ހުރި ހައިޝަންގެ ބޭބެ،ސާމިހުގެ މޫނުމަތީގައި ވަނީ ލާނެތް ކަމެވެ. އިރުކޮޅަކު ލޯގަނޑުން ހައިޝަން އާއި ދިމާޔަށް ބަލަން ހުރެފައި އެނދާއި ދިމާޔަށް މިސްރާބު ޖެހިއިރު އޭނާގެ މޫނު މަތީގައި ވާ ހިނިތުންވުމުން އޭނާ ކުރަން އެދަނީ ރަނގަޅު ކަމެއް ނޫންކަން ދޭހަވެއެވެ. އެނދު ކައިރީ ހުއްޓިފައި އެނދުފަޑީގައި އަޅުވާފައިއިން ތުވާލި ނަގާ ބޮލުގައި އަޅާލަމުން ހައިޝަން ކައިރީ ހުއްޓި ހައިޝަންގެ މެދު ހަށީގައި ހިފާލިއެވެ. އަދި ހައިޝަން އާއި ގާތް ވެލާފައި ތޫލި އަޑަކުން ވާހަކަދައްކަން ފެށިއެވެ. “ބޭބީ….އައިރީ މި އައީއޭ…ބޭބީ އާއިއެކީ އެނދަށް އަރަންވީތަ…ސްލީޕް ކޮށްލަން…” ސާމިހު އަށް ހިނިގަނޑު ހިފަހެއްޓެނީ ކިރިޔަ ކިރިޔާއެވެ. ނަމަވެސް ހައިޝަން ވަނީ ނިދާ މަރުވެފައިއެވެ. ދުނިޔޭގައި ހިނގަމުންދާ އެއްވެސް ކަމެއް ހިލަމެއް ނުވާ ހިނދު ސާމީހުގެ އުނަގަނޑުގައި ހިފާ ހައިޝަންގެ ގާތަށް މަޑުމަޑުން ގެންނަން ފެށިއެވެ.ހައިޝަންގެ ތުންފަތަށް ޖައްސަން ފެށި ވައްތަރުން އެއުޅެނީ ކީއްކުރަން ކަން ސާމިހުއަށް ނަގައިގަނެވުނެވެ. ކުއްލިއަކަށް ސާމިހު ހާސްވެއްޖެ އެވެ. ކުރާނެ ކަމެއް ނޭންގުނެވެ. ހައިޝަން ހުއްޓުވާނީ ކިހިނެތް ކަމެއް ނުވިސްނުނެވެ. ހާސްވެފައި ހުރެ އެންމެ ފުރަތަމަވެސް އިސްކުރެވުނީ އަތެވެ.
ހައިޝަންގެ ކަންކަށިމައްޗައް އެރީ ސާމިހުގެ ބޮޑުއަތްތިލައިގެ ހަދިޔާއެކެވެ. ހައިޝަން ޕަށް ކިޔާފައި ދެލޯ ހުޅުވާލިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ދެލޯމަރާލީ ބޮލަށް އެނބުރުން އެޅުމުންނެވެ. “ހައްހާ..ހަހަހަ… ހައްހާހާ” މީހެއްގެ ހެނުމުގެ އަޑަށް ސާމިހު ބަލައިލިއެވެ. ހައިޝަންވެސް ހަމަ ޖެހިލާފައި ބަލައިލިއިރު އެ ދެކުދިންގެ ބޭބެ ސައިމަން ފޯނެއް ހިފައިގެން ހުރެ ހެނީ އެވެ. އިރުކޮޅަކުން ސާމިހު ވެސް ސައިމަން އާއި އެކުގައި ހޭން ފެށިއެވެ. ހައިޝަން އަދިވެސް އިނީ ވާނުވާގައިއެވެ. “އޭ ތިދެމީހުން ބައްތިރީސް ދަތް ދައްކައިގެން ތިހެނީއޯ…ކިހިނެއްވީ؟؟؟” ހައިޝަން ބުމަ އަރުވާލަމުން އަހާލިއެވެ. “މީސްމީހުން ހުވަފެނުގައި ވެސް އެހާ ރޮމޭންސު ކުރާތީ…ހަހަހަ…ކީކޭ ބުނާނީ…ހަހަހަ” ސައިމަން ހިނިއައިސްފައި ބުނެލިއެވެ. “ސާމިބެތަ؟ ..ކޮބާ މަ ފަހަރި؟” ހައިޝަން ހިނިއައިސްފައި ބުނެލިއެވެ. “އައްހާހަހާހައްހާ..”ސައިމަން އާއި ސާމިހުގެ ހުނުންވީ އިތުރެވެ. “ލޮލް..އަހަރަމެންގެ ފަހަރި.. ހަހަހާ..ޒާރިޔާއްތަ ގޭގައި އުޅެ އެންނު އައިރީ ކިޔާ ގޮއްޔެ އެއް..އެކުއްޖާއޭ..”ސާމިން ބުނެލިއެވެ. “ކޮ..ކޮ..ކީކޭ؟؟” ހައިޝަން މޫނުގައި ސުވާލު މާކެއް ޖަހައިގެން ހުރެ ބުންޏެވެ. އިތުރަށް ހައިޝަން ނުތަޅުވާ ސައިމަން އޭނާ ވީޑިއޯ ކުރި ތަންކޮޅު ހައިޝަން އަށް ދެއްކިއެވެ. ވީޑިއޯ ނިމުމާއިއެކު ސާމިހު އާއި ސައިމަން ހައިޝަން އާއި ދިމާޔަށް ބަލައިލިއެވެ.
ފިރިހެން ކުއްޖަކަށް ވިޔެއް ކަމަކު ހައިޝަންގެ މޫނު ވަނީ ލަދުން ރަތް ވެފައިއެވެ. “ކޮބާ؟ ކޮބާ؟ހީވޭ މީސްމީހުން ވެސް ޓުރޫލަވް ވާ ވަރުންދޯ!!!”ސާމިހު ސައިމަން އަށް ދޯ އެއްލިއެވެ. “މި ފަހަރު އެމަޅީގައި ޖެހުނީ އަހަރުމެންގެ ދެލޮލުގެ ނޫރު…”ސައިމަން ވެސް ސާމިހު އާއި އެއްބައި ވެލިއެވެ. “ކާކުތަ ބުނީ ރީގެ މާނައަކީ އައިރީއޭ..ހަމަ އެހެން ކުއްޖަކަށް ވެސް ވެދާނެއެންނު..” ހައިޝަން ވެސް ދެރަ ގަބޫލު ކުރަން ބޭނުން ނުވާ ކަހަލައެވެ. “ހައިޝަން..ސާމިހު..ކޮބާ ތައްޔާރު ވީތަ؟” ކޮޓަރި ތެރެއަށް ބޯ ދިއްކޮށްލަމުން އެކުދިންގެ މަންމަ ޒަރީރާ ބުނެލިއެވެ. އެވަގުތު ސަމީހު އާއި ސައިމަން ހައިޝަން އާއި ދިމާޔަށް ބަލައިލިއެވެ. ހަމައެކަނި އާރސެނަލްގެ ސޯޓެއްގައި އިން ހައިޝަންގެ ގައިގައި ނޫކުލައިގެ ރަޖާއެއް އޮތެވެ. ދެލޮލުގެ ކައިރީ ނިދި މަޑުވާއިރު މުޅި ބޯވަނީ ހޭވިފައިއެވެ. “ސުއްބޫހުން ގުއްދޫސުން…ދަރިފުޅާ ހައިޝަނޫ..ގަޑިން ވީ ވަރެއް އިނގޭތަ؟؟އަދި ފެނެއް ވެރީކީނޫން..ދަތެއް އުނގުޅީކީ ނޫން..ދެން ކިހިނެއް ދަރިޔާ ގަޑިއަށް ސްކޫލަށް ދެވޭނީ..” ހައިޝަންގެ މަންމަ އަތް އުކުޅުގައި ވިއްދައިގެން ހުރެ ކުދިކިޔާލިއެވެ. “އާނ މިދަނީ..ހަމަމިހާރު މިދަނީ” ސައިމަންމެން ކައިރިން ސަލާމަތް ވެވުނީތީ ހިތާހިތުން ޝުކުރު ކުރަމުން ތުވާލި ހިފައިގެން ހައިޝަން ފަހަނާއަށް ވަނެވެ.
ފެންވަރަން މާގަނޑު ދޫކޮށްލާ އޭގެ ދަށުގައި ހުއްޓެލި ހައިޝަންގެ ހިތް ވަނީ ސުވާލުތަކުން ފުރިފައެވެ. ސައިމަންމެން ކައިރީ ކިތަންމެ ނޫން ވިޔެއްކަމަކު ރީ އަކީ ކުޑައިރު އަބަދުވެސް އައިރީ އާއި ދިމާޔައް ހައިޝަން ކީނަމެކެވެ. ނިދީގައި އޮވެ ހައިޝަން އަށް އައިރީ އަށް ގޮވެންވީ ސަބަބެއް ކޮބާ ހެއްޔެވެ؟ ވިސްނާ ވިސްނާ ވެސް ހައިޝަންއަށް އެދެވޭ ޖަވާބެއް ނުލިބުނެވެ. އެހާވަރަށް ވިސްނާނަމަ ހައިޝަން މޮޔަވެދާނެއޭ ހިތައް އެރިއެވެ. ގަޑިވެސް ޖެހެން ކައިރިވެފައި ވާތީ ހައިޝަން މިއަދުވީ ކަންތަން ހަނދާން ނައްތާ ލުމަށްފަހު ފެންވަރަން އަވަސްވެގަތެވެ.
******************************************************************
ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުނުކަން އެންގުމަށް ބެލް ޖެހުމާއިއެކު ހުރިހާ ކުދިން ސްކޫލު ތެރެއަށް ވަދެގަތެވެ. ހީވީ މަސްއައިނެއް ފަހާލިހެންނެވެ. ހުރިހާ ކުދިންގެ މޫނުމަތިން ހިނިތުންވުން ނުފެނުނު ކަމުގައި ވިޔަސް މި އަހަރު ދިހަޔަކަށް ވަންނަން ދިޔަ ކުދިންގެ މޫނުމަތިން ފެންނަނީ ޖޯޝާއި ފޯރީގެ ކުލަތަކެވެ. އަހަރުގެ ބޮޑު އިމްތިހާނުން އެދެވޭ ނަތީޖާއެއް ގެންނާމޭ ބުނާހެން މޫނުމަތިން ހީވެއެވެ.
ގައު ޖަހާފައިވާ ޕޯކިޓޯގައި ހިނގަމުން ދިޔަ މާނީގެ މޫނުމަތީގައި ވަނީ ހިތްހަމަ ނުޖެހުމެވެ. ހިތުގައި ވީ ޝަކުވާއެވެ.”އެވަރަށް ގަޑި ކިޔާފަވެސް ހައިނާ އަކަށްވެސް އައިރީ އަކަށް ވެސް ނޭނގުނެއްނު އަންނާކަށް..ހުހް! ވަރަށް ޕާރފެކްޓު އެންޓްރީ އެއް ވިއްޔަ މި ލިބުނީ” މާނީ ހިތާއި ހިތުން ކުދި ކިޔާލިއެވެ. ބޫޓު ބަހައްޓާ ހަރުގައި ބޫޓު ބެހެއްޓުމަށް ފަހު މާނީ ގޮސް ކުލާސް ތެރެއަށް ވަނެވެ. އެކިކޮޅުކޮޅައް ނަޒަރު ހިންގާލިއިރު ހުސް ތިން ގޮޑި އިނީ ހަމައެކަނި ފަހަތުބަރީގައިއެވެ. ތަފްސީލުކޮށްދޭ ނަމަ މުޅި ބަރިވަނީ ހުސްކޮށްނެވެ. މާނީ ގޮސް ކަނާއަތްފަޅީގެ ކުޑަދޮރާ ކައިރީގައި އިށީންދެ ހަމަޖެހުލުމަށްފަހު ގެއިން ގެނައި ވާހަކަ ފޮތް ކިޔަން ފެށިއެވެ.
މާނީ އިސްއުފުލައިލީ ކައިރީގައި ހުރި ގޮޑިއަށް މީހަކު ދަމާލިހެން ހީވުމުންނެވެ. “އެކްސްކިއުޒް މީ..ތީ އައިރީގެ ސީޓް” ކުރިމަތީގައި ހުއްޓެގެން ހުރި ޠާއިލް ގާތުގައި މާނީ ބުނެލިއެވެ. “އޯ ހެލޯ އާމިނާބީ..އާ އަހަރެއް ވީމަ މަ މިހުރީ މަންޖެ އާއި އަދި ނުތޮޅެން..ބަޓް ތި ފެށީދޯ..މިތާ ގައި އައިރީގެ ނަމެއްނެއް.. މިއީ ގޮއްޔެ ބައްޕަގެ ތަނެއްނޫން، ގޮއްޔެ ބުނާ ގޮތެއް މީހުން ހަދާކަށް..މަ އިންނާނީ ބޭނުން ތަނެއްގައި.. މަންޖެ މަމިތާ އިންނަން ބޭނުން ނުވަންޏާމު އެހެން ތާކަށްދޭ…”ޠާއިލް ފަށައިގަތެވެ. “އެއްކަލަ ބޮލިރަވަ ދޯ.. އާރްރްރްރްގްގްގް…ހޫމް ހޫމް އިށީންދޭ ..ބޭއްފުޅާ ބޭނުން ގޮތެއް..”މާނީގެ މޫނު މަތީގައި ހިނިތުން ވުމެއް ވިނަމަވެސް ދެދަތްޕިލަ ވަނީ ޖައްސާ ބާރުކޮށްފައިއެވެ. ޠާއިލް މާނީ އާއި ދިމާޔަށް ދޫ ނެރެލާފައި އިށީންދެ އިނެވެ.
އިރުކޮޅަކުން ހައިނާ އާއި ފިރުޝާން ވަދެގެން އައިތަން ފެނުމާއިއެކު މާނީ އާއި ޠާއިލްގެ މޫނު މައްޗައް ހިނިތުން ވުން ވެރިވިއެވެ. ހައިނާ ވެސް މާނީއަށް ހިނިތުން ވުމެއް ދީފައި ހަލުއި ފިޔަވަޅު ތަކެއްގައި އައީ ޠާއިލް އާއި ޖެހިގެން އިން ގޮޑީގައި އިށީންނާށެވެ. ނަމަވެސް ހައިނާ އަށް ދަބަސް ލެވުމުގެ ކުރިން ފިރުޝާން އޭނާގެ ދަބަސް ބަހައްޓާ ގޮނޑީގައި ހަމަޖެހެލިއެވެ. “ޔޫ ފިރުޝާނޫ..ނުފެނޭތަ މަމިތާ އިންނަށް އައި ތަނެއް؟ އޭނ!އޭ ބީރު ބޮލާ..ކަލެއާއޭ މި ވާހަކަދައްކަނީ..ތެދުވާށޭ…”ހައިނާ ހަށަން ބަނދެލައިގެން ހުރެ ހަޅޭއް ލަވައި ގަތެވެ. ނަމަވެސް ފިރުޝާން ކަހާތަން ހިރުވާ ވެސް ނުލިއެވެ. އެދެމީހުންގެ ކޯޅުން ބަލަން ތިބި މާނީއާއި ޠާއިލް ހީނގަތެވެ. މާނީ ހީގަތް އަޑަށް ޠާއިލް މާނީ އާއި ދިމާޔަށް ބަލައިލިއެވެ. މާނީ އަށް ޠާއިލް ބަލާކަން އެނގުމުން ޠާއިލް އަށް ނަޒަރެއް ދިނުމަށްފަހު ތުން އަނބުރާ އަނެއް ފަރާތައް އެނބުރުނެވެ.
ހުރިހާ ކުދިން ވަންނަމުން ވަންނަމުން ގޮސް އައިރީ ވެސް ވަނެވެ. “އައިއްކޯ…ކަމް..އައި ސޭވެޑް އަ ސީޓް” އައިރީ އަންނަތަން ފެނުމާއިއެކު ހައިނާ ގޮވާލިއެވެ. ނަމަވެސް އައިރީ އަށް ވުރެ ކުރިން ހައިޝަން ގޮސް އިށީނެވެ. ހައިނާ އަތް މުއްކަވާލަމުން ދެލޯ މަރާލިއެވެ. އައިރީވެސް ބަހަކުން ބަހެއް ނުކިޔާ އައިސް ހައިޝަންގެ ގޮޑި ކައިރީ ހުއްޓެލިއެވެ. “ހައިޝަނޫ! ކަލޯ ނުތެދުވާތި އިނގޭ..” ޠާއިލް ބުންޏެވެ. “އެބުނީ ތެދެއް! ކައެ އިނދޭ ނުތެދުވެ..” މިއޮއްހާއިރު މަޑުން އިން ފިރުޝާނުވެސް ބުނެލިއެވެ. މި ދެމީހުންގެ މަޤްސަދަކީ އެދެކުދިން ރުޅި އެރުވުން ކަހަލައެވެ. އަދި މިދެމީހުން ވަރަށް ރަނގަޅައް އެކަން ކާމިޔާބުވެސް ވިއެވެ. މާނީ އާއި ހައިނާ ގެ ދެބުމަ ގޮށްޖެހިފައިވާ އިރު މޫނު މަތިން ވަނީ ރޭގަނޑު ބާރަޖަހާފައިއެވެ. ކަންތައް މިހާ ހިސާބަށް ދިޔުމާއި އެކު ހައިޝަން އަށް ތެދުވެއްޖެއްޔާ ކަންތައް ހިނގާނެ ގޮތް ތަސައްވަރު ކޮށްލެވެއެވެ. ކުދިން އަޅުވާ ކިޔާ ވަރުން ނޭވާވެސް ނުލެވޭނެކަން އިނގެއެވެ. ނަމަވެސް އައިރީއަށް އެ ގޮނޑި ދިނުމަށް ހިތް ވަނީ ބޭނުން ވެފައިއެވެ. އައިރީ އާއި ހައިނާ އަދި މާނީގެ ގުޅުން ހައިޝަން އަށް ވަރަށް ރަނގަޅަށް އިނގެއެވެ. ނަމަވެސް މިއަދު ހިތުގައު ގައުގަނޑެއް ބާއްވާފައި ނަމަވެސް ކެތްކުރަން މިއަދު މަޖުބޫރެވެ. ނަސީބު ދިމާ ކުރި ގޮތުން އައިރީ ވެސް މާބޮޑު ކަމަކަށް ނަހަދައި ހައިޝަން އާއިޖެހިގެން އިން ގޮނޑީގައި އިށީނެވެ.
ގަޑި އަކާއި ގަޑިއެއް ޖެހެމުން ގޮސް އިންޓަވަލް ގަޑި ޖެހެން އެއް ގަޑިއަށް ވެއްޖެއެވެ. ކުލާހައް ވަން ދިވެހި މިސް، ފާއިޒާ ސަލާމް ގޮވާލިއެވެ. ހުރިހާ ކުދިން ކޮޅައް ތެދުވެ އަދަބުވެރިކަމާއި އެކު ސަލާމް ބަލައިގަތެވެ. އާދައިގެ މަތިން ކުދިން ކައިރީ ޗުއްޓީ ދިޔަގޮތް އަހާލުމަށްފަހު ފާއިޒާ އަހަރުގެ ބޮޑު އިމްތިހާނާއި ބެހޭ ގޮތުން ވާހަކަދައްކަން ފެށިއެވެ. މިސް ދޭން ބޭނުންވާ ވަރަށް މައުލޫމާތު ދިނުމަށް ފަހު ކޮންމެ ބަރިއެއްގައި ތިބި ކުދިން ކައިރީ ގުރޫޕު ހެދުމަށް ބުންޏެވެ. ހުރިހާ ކުދިން ހަމަޔަށް ގުރޫޕު ހަދާ ނިމުނު އިރު އައިރީ މެން ގުރޫޕައް އެއް ކުއްޖެއް މަދުވިއެވެ. ދެވަނަ ބަރީގައި ތިބި ކުދިންގެ ގުރޫޕުގައި އެއްކުއްޖެއް ގިނަވިއެވެ. އެހެން ކަމުން ހައިޝަން އެތާއިން ހައިތަމް އަށް ގޮވާ ގެނައެވެ.
ހުރިހާ ކުދިން ހަމަޖެހުމާއިއެކު ފާއިޒާ މިސް ވާހަކަދައްކަން ފެށިއެވެ. “މިއަދުގެ ފިލާވަޅަކީ ކުރުވާހަކައެއް ޑްރާމާ އަކަށް ބަދަލުކޮށްގެން ޑައިލޮގާއި އެކު ލިޔުން. މި ފިލާވަޅު ހަދާނީ ގުރޫޕު މަސައްކަތެއްގެ ގޮތުގައި. އެހެންވީމަ ހުރިހާ ކުދިންވެސް ވާނެ ރީއްޗައް ހެދޭތޯ ބަލަން. މި ފިލާވަޅުން މިސް ވަނަ ހޮވާނަން. ދެން އަމިއްލައަށް އިސްނަގައިގެން ދެ ކުދިން ދޭބަލަ ލައިބަރަރީން ހަ ކުރުވާހަކަ ހިފައިގެން އަންނަށް” އެވަގުތު ޑަސްބިން ކައިރީ ތުނޑު ޖަހަން ހުރި އައިރީ އާއި ކަބަޑުން ފޮތެއް ނަގަން ގުދުވެގެން އިން ހައިޝަން އަތް ހިއްލައިލީ އިއްތިފާޤުންނެވެ.
“ވަރަށް ރަނގަޅު. މިސް އުންމީދު ކުރަން އަދި ގިނަގިނައިން އެހެން ކުދިންވެސް އިސްނަގާނެކަމަށް. ދެން އަވަހަށް އައިރީ އާއި ހައިޝަން ދޭ ލައިބްރަރީއިން ފޮތްތައް ހިފައިގެން އަންނަން ” ފާއިޒާ މިސް އުފަލުން ހުރެ ވާހަކަ ދެއްކިއެވެ. އައިރީ އާއި ހައިޝަން ދެމީހުންނަށް ނަޒަރެއް ދިނުމަށް ފަހު ލައިބްރަރީއަށް ހިނގައިގަތެވެ. ދެމީހުން ގޮސް ލައިބްރަރީއަށް ވަދެފައި ވާހަކަފޮތް ހޯދަން ފެށިއެވެ. ދެމީހުންގެ މެދުގައި އެއްވެސް ވާހަކައެއް ނުދައްކާތީ ދެމީހުންގެ މެދުގައި ވަނީ ހަމަހިމޭންކަމެވެ. އެ ހަމަހިމޭން ކަމުން ދެމީހުންނަށް ވެސް ދިޔައީ އުނދަގޫ ވަމުންނެވެ. ނަމަވެސް އެކަކުގައިގައި ވެސް އިސްނަގާ ވާހަކަ ދައްކާނެ ހިތްވަރެއް ނެތެވެ. ހައިޝަންވެސް ދެ ފަހަރަކު އަނގަ ހުޅުވާލުމަށް ފަހު އަނގަ ލައްޕާލީ ދައްކާނެ ވާހަކައެއް ހިތައް ނައުމުންނެވެ.
އައިރީ ވެސް މަޑުމަޑުން ހުރެ ފޮތްތައް ހާވަމުން ދިޔައެވެ.ހައިޝަން އާއި ވާހަކަ ދައްކަން ބޭނުން ވިޔަސް ހައިޝަން އިސްވެ އެއްޗެއް ނުބުނާތީ އައިރީ މަޑުން ހުއްޓެވެ. އައިރީ ބޭނުންވާ ވާހަކަ ނުފެނުމުން ހައިޝަން ބަލަން ފެށި ހަރުގަނޑާ ދިމާޔަށް އެނބުރުނެވެ. އެވަގުތު ހައިޝަން ބަލަން ހުރި ހަރުގެ ތިރީ ހަރުގައި އައިރީ ބޭނުންވާ ވާހަކަ އިންތަން ފެނުނެވެ. ނަމަވެސް ހައިޝަން އަށް ވުރެ އައިރީ ކުރުކަމުން އައިރީގެ އަތް ނުފޯރާނެކަން އައިރީއަށް އިނގުނެވެ. އެކަމަކު ހައިޝަން ކައިރީ އަހާކަށް އައިރީ އަކަށް ނުކެރުނެވެ. އައިރީ ކުޑަކޮށް ފައި ހިއްލާލައިފައި އެވާހަކަ ފޮތް ނެގޭތޯ އުޅުނެވެ. ނަމަވެސް އައިރީގެ އަތް އެވާހަކަ ފޮތުގައި ޖެހުމުގެ ކުރިން އައިރީގެ ފައި ހަރުގައި ޖެހި ބެލެންސު ކަޓައި ވެއްޓެން އުޅުނެވެ. އެވަގުތު އައިރީ އަށް ގޮސް ހިފުނީ ގާތުގައި ހުރި ހައިޝަންގެ ޕްރިފެކްޓް ޓައީގައިއެވެ. ހައިޝަން ވެސް ނުވިސްނައި ހުރުމުން ގޮސް އައިރީ އާއި އެކީ ވެއްޓުނެވެ.
ދެމީހުން ވެސް އިރުކޮޅަކުން ދެލޯ ހުޅުވާލިއިރު ހަތަރު ކަޅު ވަނީ ސީދާ ވެފައިއެވެ. ހައިޝަންގެ އަތް އައިރީގެ އުނަގަނޑު ގައިވާ އިރު އައިރީގެ އަތުން ވަނީ ހައިޝަންގެ ޓައީގައި ހިފަހައްޓާފައިއެވެ. ދެމީހުންވެސް ވަށައިގެން ވާކަންކަމުގެ ހިޔާލެއް ނެތިފައި އޮވެވުނީ ދެލޮލަށް ގެއްލިފައިއެވެ. އެހާ ކައިރިން އައިރީގެ މޫނު ފެނުމާއިއެކު ފުރަތަމަ ފަހަރަށް އައިރީގެ ރީތި ކަމާއިމެދު ހައިޝަންއަށް ވިސްނާލެވުނެވެ. ހަމައެގޮތަށް އައިރީ ވެސް ހައިޝަންގެ މޫނުން ނަޒަރު ވަކިކޮށްލަން ބޭނުންނުވާ ކަހަލަ އެވެ. ދެ މީހުންނަށް ވެސް ހޭވެރިވީ މީހަކު ކަރުކެހެލި އަޑަށެވެ.
ނުނިމޭ
9313 Comments
Comments are closed.
Eekko_11
September 13, 2020 at 8:36 amHahaha😂😂😂😂😂
Haishan ulhey goiy dhw
Nidheega vx romance🤦🤦🤦😂😂😂😂
But story vrh reethi ingey
Waiting for next part
Luv you😍😍😘😍😘😍😍😘😘😍❤️❤️❤️😁❤️😁😁❤️☺️🎂☺️🤗🤗☺️☺️🤗☺️🙂🙂😉😊😊😀😀😀🙂
sunflower girl
September 13, 2020 at 12:49 pmhehe…
haishan dhw..
thnks dear..
keep waiting..
luv you too
❤️shyn❤️
September 13, 2020 at 8:37 amV. Reethi mi part ves… 💗💗
TC
LYSM💖💖💖
sunflower girl
September 13, 2020 at 12:50 pmthnks dear…
tc
ly
R¥N
September 13, 2020 at 8:41 amMaasha Allah 💞💞💞💞V Reethi… 💞curiously waiting for the next 💞💞
TC 💞💞💞💞
sunflower girl
September 13, 2020 at 12:55 pmthnks ryn..
keep waiting dear..
tc
sunflower girl
September 13, 2020 at 8:55 amHi peeps✌️✌️… Hws hurihaa kudhin???? So here’s the first part ☺️… I apologise for the delay in posting 🙃… Hope you will understand… Something personal happened… I would like to thank my gud friend kukkyy for helping me go through the the though time ❤️❤️❤️… Insha Allah you will be able to read next part in next Sunday 😀😀😀… Let me know if you want more parts of maaniy or haina 👇👇….
Stay safe
Sending love
🥀Kukkyyy🥀
September 13, 2020 at 2:51 pmYou’re most welcome darling ❤️I’m so glad that I got a chance to help you ☺️ You r really a very brave girl ❤️Always keep smiling n keep up the good work ❤️
sunflower girl
September 14, 2020 at 8:19 amAwwwn❤️❤️❤️
🥀Kukkyyy🥀
September 13, 2020 at 2:48 pmHey baby girl ❤️ This part is really amazing 😊 I loved it ❤️ Haishan vx ulhey goiyy dhw Dhn 😂nidhyga vx romance kurany viyyaa 😂school ah gossa vx kudhi kudhi kanthakaa fight kurany dhw Gr 10 ah dhiyaama vx 🤣but it’s really cute😍mi part Hama vrh loabi ❤️waiting for the next part ❤️ luv u so much n always stay safe, healthy and take care darling 💞😘
sunflower girl
September 13, 2020 at 3:19 pmHey cutie ✌️… Thnk😊.. Keep loving… Haishan is one of a kind 👌😂😂… 10 ah dhiyayas adhives bodu nuvaa kudhin kolhekey Mi stry ga ulheniy 😂😂.. Thnks keep waiting
Stay safe
Tc
😻KIMSAMUEL😻
September 13, 2020 at 9:44 pmYowwwwwww 😆 Wowwwwwwwwww ❤️💙💚💜💛 Mi verhaka vrh reethi varne henn heevay 😍 Hoping to read next part soon 😁
sunflower girl
September 14, 2020 at 8:23 amThnks KIMSAMUEL☺️… Insha Allah… I will not let you down 😊😊😊… Keep waiting dear🖤