ކުއްލިއަކަށް މިއްލީގެ އަތުގައި އޮތް ސަމްސާ ވެއްޓުނީ ކުރިމަތިން ފެނުނު މަންޒަރަކުންނެވެ. އެއާއެކު ބަސްބުނާހާ ހިދުކޮޅެއްގެ ތެރޭގައި ދެލޮލަށް ކަރުނަތައް ޖަމާވިއެވެ. “މިލީ….. މިލީ….. ކިހިނެތް ވީ؟…..” ލާމިއު ހައިރާންވެފައި އެހެނަސް ކަންބޮޑުވެފައި އަހާލިއެވެ. އެއާއެކު މިއްލީ ކުރިމައްޗަށް އިނގިލި ދިއްކޮށްލިއެވެ. ލާމިއު އިނީ މިއްލީއާއި ދިމާލަށްކަމުން ފަހަތައް އެނބުރިފައި ބަލައިލިއިރު މިޒްޔަލް، ޒަޔާ އަދި ނުދަންނަ އަންހެން ކުއްޖަކު ކާން ތިއްބެވެ. އެ ނުދަންނަ އަންހެން ކުއްޖާ އިނީ މިޒްޔަލްގެ އަތުގައި ހިފާލައިގެންނެވެ. “މިލީ…. ސާބަސް […]
“ޔާލް….. އައި މިސްޑް ޔޫ…” އެއާޕޯޓުގެ އެރައިވަލްސް ބައިގައި ހުރި މިޒްޔަލް ސިއްސައިގެން ދިޔައީ ކުއްލިއަކަށް އަންހެން ކުއްޖަކު އައިސް ބައްދާލުމުންނެވެ. “ޒީން؟…” މިޒްޔަލްއަށް ބުނެވުނެވެ. އެހެނީ އޭނާއަށް އެއަޑު ވައްތަރުވީ އޭނާގެ ބޮޑުދައްތަ ފާއިޒާގެ ދަރިފުޅު ކައިޒީންއާއެވެ. “އޯހް… ޔާލްއަށް ސިއްރެއް ނުވިދޯ…” ކައިޒީން އޭނާގެ ރަންކުލައިގެ ފަން އިސްތަށިގަނޑު އަތުން އޮޅާލަމުން ތުއިގޮތަކަށް ބުނެލިއެވެ. ކައިޒީންއަކީ ފާއިޒާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. އެންމެ ހަގު ކުއްޖާވެސް މެއެވެ. ބޮޑަށް ތިބޭ ދެފިރިހެން ކުދިން […]
“ޝައި……..” ޝައިހާ ސިއްސައިގެން ދިޔައީ މީހަކު ގޮވާލުމުންނެވެ. އަޑުއައީ ދޮރާއި ދިމާލުން ކަމުން އަވަހަށް ބޭރު ދޮރު ކައިރިއަށް ދިޔައިރު ފެނުނު މީހެއްގެ ސަބަބުން އޭނާގެ ދެފައި ނޯޅުނީ ކިރިޔާއެވެ. “ޑޭޑް….” ކުރިމަތީގައި ހުރީ ޝައިހާގެ ބައްޕަ ސާއިދުއެވެ. 2 މަސް ދުވަސްފަހުން ގެއަށް އައިއިރު އެމީހުން މަތިން ސާއިދު ހަނދާންވީ ވަރު ދެނެވޮޑިގެންވަނީ ހަމައެކަނި މާތް ﷲ އެވެ. “މަންމާ…..” ޝައިހާއަށް ކުރާނެ ކަމެއް ނޭނގުމުން އެންމެ ފަހުން އަޑުގެ ނެތްކޮޅަށް ގޮވާލެވުނީ ފަހީމާއަށެވެ. “ޝައި….. […]
މިއްލީއަށް ހެނދުނު ހޭލެވުނީ މީހަކު އޭނާގެ ބޮލުގައި ފިރުމާލުމުންނެވެ. ލޯ ހުޅުވާލުމާއެކު ސިއްސައިގެންގޮސް ތެދުވެ އެނދުމަތީގައި އިށީނދެވުނެވެ. “ޔާލް……” މިއްލީގެ އަނގައިން ނުކުތީ މިޒްޔަލްގެ ނަމެވެ. މިޒްޔަލް އަވަހަށް ތެދުވެ އެނދުގައި އިށީނުމަށްފަހު މިއްލީއަށް ނަޒަރު ހުއްޓާލިއެވެ. ކަޅުރަތް ކުލައިގެ ޓައިޓަކާއި ކަޅުކުލައިގެ އަތްދިގު ޓީޝާޓެއްގައި ހުރިއިރު ހާދަ ފުރިހަމައެވެ. މޫނުމަތީގައި ވަނީ ނިދީގެ އަސަރުތަކެވެ. “މިލީ…… ގެއަށް ދާން މިދަނީ……..” މިޒްޔަލް ހެނދުނުގެ ސަލާމް ކިޔުމަށްފަހު ބުނެލިއެވެ. އެއާއެކު މިއްލީ ކުއްލިއަކަށް ތެދުވިތަން ބަލާފައި މިޒްޔަލް […]
ކުއްލިއަކަށް މީހަކު ދޮރު ހުޅުވާލުމުން މިއްލީއާއި މިޒްޔަލް ސިއްސައިގެން ގޮސް ދޮރާއި ދިމާލަށް ބަލައިލިއެވެ. “ޔާލް.. މިތާ ކީއްކުރަނީ..” ދޮރުމަތީގައި ހެވިފައި ތިބީ ލާމިއުއާއި ޒަޔާއެވެ. “ޒާއްކޮ، މިތާ ކީއްކުރަނީ ތި..” މިޒްޔަލްވެސް އަހާލީ ހަމަ އެސުވާލެވެ. އޭނައައީ ގޭ އެންމެންނަށް ފިލައިގެން ކަމުން އެކަކަށް ވެސް އޭނާ މިގެއަށް އައިކަމެއް ނޭނގޭނެއެވެ. “މަންމަ ބުނެގެން ކާން ގޮވަންވެގެން ދިޔައިން… ކޮޓަރިއަކު ނެތް…. މުޅި ގެއެއްކޮން ހޯދިން، ގެއަކު ނެތް… އެހެންވެ ހިތައް އެރީ މިގޭގަ ވެދާނެޔޭ… […]
“މިލީ.. މީޓް މައި ބޯއިފްރެންޑް..” ޝައިހާ އެހެން ބުނެލުމާއި އެކު މިއްލީ ބަލައިލިއެވެ. މިއްލީ އާއި އޭނާގެ ހަތަރުކަޅި ހަމަ ވުމާއި އެކު ދެމީހުންނަށް އެއްފަހަރާ ލޯ ބޮޑުކޮއްލެވުނެވެ. “އިޝާންބެ.. ވާއު..” ދެވަނަ ސިކުންތުގައި އޭނާހުރީ އިޝާންގެ އަތުތެރޭގައެވެ. އިޝާންވެސް ހައިރާން ކަމާއެކު މިއްލީއޭ ބުނެލިއެވެ. އޭރު ލާމިއުއާއި ޒަޔާ އަދި މިޒްޔަލްވެސް އެމީހުންގެ ކައިރިއަށް އަންނަނީއެވެ. “އިޝާން..” ލާމިއުއަށް ވެސް އެހިސާބަށް އަރާ ހަމަވެފައި އިޝާން ފެނުމާއިއެކު ބުނެލެވުނެވެ. “މިލީ.. ޑޫ ޔޫ ނޯ ހިމް..” […]
އަހަރެން އިނީ އަތިރިމަތީގެ ރާޅުޖަހާ ހިސާބުގައެވެ. ތަންކޮޅެއް ދުރުގައި އަހަރެންގެ ފިރިމީހާ އިނެވެ. އަހަރެންގެ ހިޔާލު ގުޅިފައިވަނީ އަހަރެންގެ އުފާވެރި އާއިލާއާއެވެ. އަހަރެންގެ ފިރިމީހާއަށް ކެތްނުވެގެން އައިސް އެންމެ ފަހުން އަހަރެންނާއި ސުވާލުކުރިއެވެ. އަހަރެންގެ އާއިލާއަށް ވީ ގޮތަކާއި ބެހޭ ގޮތުންނެވެ. އާނއެކެވެ. އަހަރެމެންގެ ކައިވެންޏަށް އެތަކެއް ދުވަސްތަކެއް ވެފައިވާއިރު ވެސް އަހަރެންގެ ފިރިމީހާއަށް އަހަރެންގެ އާއިލާއާއި ބެހޭ އެއްވެސް މައުލޫމާތެއް ނޭނގޭނެއެވެ. އަހަރެން މާޒީއަށް ފީނާލުމަށްފަހު ކިޔައިދޭންފެށީމެވެ. * * * * * * […]
“މިލީ.. ވިލް ޔޫ މެރީ މީ..” މިޒްޔަލް އެހެން އަހާލުމައި އެކު މިއްލީ ދިޔައީ ސިއްސައިގެންނެވެ. މިއްލީ މިޒްޔަލްއަށް އަވަސް ނަޒަރެއް ދިންއިރު އޭނާ އިނީ މިއްލީ އާއި ދިމާލަށް ބަލަހައްޓައިގެންނެވެ. މިއްލީ ލަދުން މަރުވާވަރު ވިއެވެ. “މިލީ.. ވިލް ޔޫ މެރީ މީ..” މިޒްޔަލް އަނެއްކާ ވެސް ސުވާލު ތަކުރާރު ކޮއްލިއެވެ. “ޔެސް.. އޯ މައި ގޯޑް.. ޔާލް ރިއަލީ.. ޔެސް.. އައި ވިލް މެރީ ޔޫ..” މިއްލީ މިޒްޔަލް ކޮޅަށް ނެގުމަށް ފަހު ބައްދައިގަތެވެ. […]
ހެނދުނުގެ ވަގުތެވެ. މިއްލީ އިނީ ގޭގެ ބަގީޗާގެ ބެންޗެއްގައި ކޮފީއެއް ބޯށެވެ. އޭރު ގަޑިން ނުވައެއް ޖަހަނީއެވެ. އިރުކޮޅެއް ނުވެ ލާމިއުވެސް ކޮފީއެއް ހިފައިގެން އައިސް ބެންޗްގައި އިށީނެވެ. ދެމީހުން ވެސް ވާހަކަ ދައްކަމުން ދިޔައީ ލާމިއުގެ ކައިވެނީގެ ވާހަކައެވެ. ކުއްލިއަކަށް ލާމިއު އެހި ސުވާލަކުން މިއްލީ ކޮށިއެރިއެވެ. “މިލީ.. ޑޫ ޔޫ ލައިކް މިޒްޔަލް؟” ލާމިއުގެ ސުވާލަކީ އެއީއެވެ. “ދޮންބޭ.. ވަޓް ހެޕެންޑް؟” މިއްލީ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ލާމިއުގެ ގާތުގައި ވީ ގޮތް […]