**’ކޮބާ.. މި އާދެވުނީ…’ ކާރުގެ ދުވެލި ސުމަކަށް ހުއްޓާލުމަށްފަހު ޔޫނުސް ފަހަތަށް އެނބުރި ނިޒްކާއާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. އެވަގުތު ފެނުނު މަންޒަރަކުން އޭނާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.** ‘ބަލަ ނިޒޫ.. ކީއްތިކުރަނީ؟’ ކާރުގެ ކުޑަދޮރުގައި މޫނު ތަތް ކޮއްގެން ބޭރު ބަލަން އިން ނިޒްކާ އާއި ސުވާލުކުރިއެވެ. އޭރު ވެސް ޔޫނުސް ދިޔައީ ހެމުންނެވެ. ‘ކަމް އޯން ޔޫނުސް.. މިހާ ރީތި ޕާކެއް ރާއްޖެއިން މިފެނުނީ އަދި އަލަށޭ.. ވާވް،، ބަލަ އެހެރަ ރީތީ ބުޝްތަކެއް.. އެހެރަ ފައުންޓައިން ވެސް.. އަދި އެހެރީ ލޮޓަސް ފެންގަނޑެއްވެސް.. އަޅޭ ފޮޓޯ އެއް ނަގަން ހާދަ ރީތި ވާނޭ..’ ނިޒްކާ އާށޯހު ވެފައި ހުރިލެއް ބޮޑު ކަމުން އޭނާއަށް ބުނެވެމުން ދިޔަ އެވެ. ‘އަދި އަލަށްތަ ބަގީޗާއެއް އެ ފެނުނީ.. ދެން ހާދަ ހެއްވައޭ މި މަންޖެ..’ ދުވާރު މަތީ ހުއްޓިގެން ކުޅި ބަލަން ހުރި އީނާލް ހިތާހިތުން ކުދި ކިޔައިގަތެވެ. ކައިރީގަ ޖެހިގެން ހުރި ނަވްރީން ދިޔައީ ޕާކުން ފެންނަމުން ދާ މަންޒަރުތައް އޭނާގެ އައިފޯން އެސް އީ އަށްރައްކާކުރަމުންނެވެ. އެއްބައިފަހަރު ސެލްފީ އެކެވެ. އަނެއްބައި ފަހަރު ހުޅުމާލޭގެ މަގުތަކެވެ. ރަތް ކުލައިގެ ކަކުލާ ހަމަ އަށް ދާ ގޫޗީ ހެދުމަކާއި، ކޮނޑާއި ހަމަ އަށް ދާ ގަދަ މުށި ކުލައިގެ އިސްތަށިގަނޑު އައްސާފައިވާއިރު، ބޮލުގައި ގޫޗީ ހެޑްބޭންޑް އެއް އަޅައިލާފައިވެއެވެ. އަދި ނުވީތާކަށް އަރާފައި ހުރީވެސް ގުޗީގެ ވެޖް އަކަށެވެ. ބަލާލި ކޮންމެ މީހަކަށްވެސް ނަވްރީން އަކީ ގޫޗީ އަށް ލޯބިކުރާ ކުއްޖެއްކަން ފަސޭހަ ކަމާއެކު ދަނެގަނެވޭނެއެވެ. ނިޒްކާ އަށް ކާރު ތެރެއިން ނުކުތުމާއެކު ނަވްރީން އޭނާގެ ފޯނު އަތަށް ހެޔޮވަރު ކޮއްލަމުން އެ ދިމާލަށް ހިނގައިގަތެވެ. ‘ހޭއި މައި ނިޒް ކާޖާ.. ހިނގާބަ ސެލްފީ އެއް ނަގަން..’ ނިޒްކާ އެއްބަސް ވުމުން ނަވްރީން ފޮޓޯ ނަގަން ފެށި އެވެ. އެހެންނަމަވެސް އެއިން ކޮންމެ ފޮޓޯ އެއްގައިވެސް ނިޒްކާ ހުންނަނީ މޫނު ކުނި ކޮށްގެންނެވެ. ނުވަތަ އެހެންކަހަލަ ވައްތަރެއް ޖައްސާގެންނެވެ. އެ ދެކުދިން ފޮޓޯ ނަގަމުން ދިޔަ ވަގުތު އީނާލް އިރު އިރު ކޮޅާ ފޯނަށް ބަލާލައެވެ. ކަޅު ކުލައިގެ ޓީޝާޓު ކޮޅެއްގެ މަތިން ރަތް ކުލައިގެ ޖެކެޓެއް ލާފައި ވާއިރު ޝޯލް އާއި އޭނާ ލައިގެން ހުރި ސްކިނީ ވަނީ ކަޅު ކުލައިންނެވެ. ޓީޝާޓު ސްކިނީ އާއި ދަށަށް ޖަހާފައި ވާއިރު އޭނާ ފެންނަނީ ނުހަނު ރީތި ކޮންނެވެ. މަގުމަތިން ދާހާ ފިރިހެނަކު 16 އަހަރުގެ އީނާލަށް ބަލަމުން ދިޔަ އިރު އޭނާ އެއިން އެއްވެސް ކަމަކާ އަޅައެއް ނުލައެވެ. ހަމަ އެވަގުތު ޔޫނުސްގެ އެއްކަލަ މަރސީޑްސް ކާރު އެތާ ކުރިމަތީ މަޑު ކޮއްލި އެވެ. މިފަހަރު އޭގެއިން ނުކުތީ ހަތަރު އަންހެން ކުދިންނެވެ. ‘ޒައި، ތުގާ، ޔޫލިން ދެން ކާކުތަ މީނީ..’ އީނާލް އެ ކުދިން ފެނުމާއެކު ބުނެލި އެވެ. އެހެން ނަމަވެސް އެންމެ ފަހުން ނުކުތް ކުއްޖާ އަށް ޖެއްސުން ކޮށްލުމުގެ ގޮތުން އޭނާ ނޭނގޭ ކަމަށް ހަދާލިއެވެ.’އަޅޭ ތިމީހުން ދިރި އެބަހުރިން ދޯ..’ ނަވްރީން އޭނާގެ ފޯނު ޖީބަށް ލަމުން އެ ކުދިންނާ ދިމާލަށްއައެވެ. ‘ބަލަ އަވަހަށް ވެސް އާދެވުނީހޭ މިތާ އުޅޭ ޓޮޑީ އަށް ނޭގުނު ވިއްޔަ އަވަސް ކުރާކަށް..’ ރަތް ކުލައިގެ ކަކުލާ ހަމަ އަށް ދާ ހެދުމަކާއި ކަޅު ޝޯލް އަކާއި ސްކިނީ އެއް ލައިގެން ހުރި ކުއްޖެއް ބުންޔެވެ. އޭނާގެ ދޮން މޫނުގައި މަޑު މޭކްއަޕް އެއް ކޮށްފައިވާ އިރު، ތުންފަތުގައި މަޑު ރަތް ކުލައެއް ޖައްސާލާފައި ވެއެވެ. އުމުރުން 19 އަހަރުގެ ޒައިނީ ޗުސް ތަޅަމުން ދިޔަ އިރު ތުގާ އެއަރ ޕޮޑްސް ޖަހައިގެން ބީޓީއެސްގެ ލަވަތައް އަޑު އަހަން ހުއްޓެވެ. ‘ހޫން ދެން ހެވޭ.. ހިނގާބަ އެތެރެއަށް ދާން.. ލަވްޒާ ވެއްޖެ ކަންނޭގެ އެތާ އެހުރި ބްރިޖް-އޯވަރ-ދަ-ލޭކް މަތީ..’ ޔޫލިން އޭނާ އަޅައިގެން ހުރި މަޑު ރަތް ކުލައިގެ ޝޯލް ރީތި ކޮއްލަމުން ބުނެލި އެވެ. ‘ޔާ މައި ޑިއަރ.. މިދަނީ އޭ..’ ނަވްރީން މިހެން ބުނަމުން ޕާކް ތެރެއަށް ހިނގައިގަތެވެ. ‘އަދި ޖެއްސުމަށޭ ނޭނގޭ ކަމަށް ހަދައިން އުޅެނީ.. ވަރަށް ފޫހި..’ ތުން އޫ ކޮށްލަމުން އީނާލް ކައިރިއަށް ދިޔަ ނައިލީ ބުނެލިއެވެ. ‘ނޫނޭ ހަމަ ނުފެނުނީ..’ އެއްލޯ މަރާލަމުން އީނާލް ބުންޔެވެ. ‘ހަމަ ނުފެނުނީ އެއްނޫން.. ނުފެންނަ ކަމަށް ހެދީ..’ ބޮޑާ ހާކަމުން ދިޔަ ކުޑަ ކުއްޖެކޭ އެއްވަރަށް ނައިލީ ދިޔައީ ކުސްތަޅަމުންނެވެ. ‘ދެން މައި ޔަމީ ލޯބިވާ ނެސްޓަމް ނުފެނި ދާނެތަ؟’ ‘ނެސްޓަމް އޭ؟؟ އެއީ އަނެއްކާ ކޯޗެއް؟’ ނައިލީ ފާޑަކަށް އީނާލް އާއި ދިމާލަށް ބަލާލިއެވެ. ‘ދަންނަންތަ ކުޑަކުދިން ކައި އުޅޭ އެއްޗެހި؟ އެގޮތަށް ހުންނަ އެއްޗެއް އެއީ..’ އީނާލް ހެމުން ހެމުން މިހެން ބުނެލާ އިރަށް ނައިލީގެ ލޯ ބޮޑު ވިއެވެ. ‘އައްޗީޑި.. އަދި އަހަންނަށް ކުޑަ ކުދިން ކާ އެއްޗަކާ އެއްވަރު ކޮށްފިޔޭ.. އިއޫ.. ސޯ ގްރޮސް.. ހިޔެއް ނުވޭ ދެން ހޮޑު ނުލާ ދުވަސް ނިމޭނެ ހެނެއް.. ހާދަ ފަކުރޭ.. ޖަސްޓް އިއޫ..’ ނައިލީ އަނގަ މަތީ އަތް އަޅަމުން ވާހަކަ ދެއްކި އެވެ. އީނާލް އެހުރި ގޮތަށް ހޭން ހުއްޓެވެ. ‘ނާންނަނީތަ؟’ ފަހަތް ބަލާލަމުން ނަވްރީން ގޮވާލި އެވެ. ‘އުހުން.. މި ދަނީ.. ކޮބާ ބާކީ ތިބި މީހުން؟ ވަނީ ތަ؟؟’ ދެކޮޅު ބަލާލުމަށް ފަހު ހިނގައިގަންނަމުން އީނަލް ބުންޏެވެ. ފަހަތުން ނައިލީ ވެސް އައެވެ. އޭނާ އަދިވެސް ހުރީ މޫނަށް ފާޑެއްގެ ގޮތެއް ހަދާގެންނެވެ. ‘އާނ.. އެމީހުން ތިބޭނެ ތިދެމީހުން މަރުވެ ކަފުން ކުރަން ދެކަށް ވެސް..’ ލޯ އަޅާލަމުން ނަވްރީން ބުންޏެވެ. ‘އެހެންތަ.. އެހެންވީރު ތި ވީ މާ ރަނގަޅަކަންނުން.. އަހަރުމެން މަރުވަންދެން ކައިރީގަ ބައަކު ތިބޭނެތާ..’ އީނާލް ހިނި ތުންވެލަމުން ބުނެލިއެވެ. ތިން އަންހެން ކުދިންވެސް އެ ޕާކަށް ވަނީ އެކި ވާހަކައިގާ ހުރެ އެވެ. ‘އާދެވިއްޖެ ދޯ؟..’ ލޮޓަސް ފެންގަނޑު ކައިރީ ހުއްޓިލައިގެން ހުރި ލަވްޒާ އަތް އުރާލައިގެން ހުރެ ބުންޏެވެ. ‘ނޫން އަދި ނާދެ ވޭ ކަންނޭގެ.. ލަވޫގެ ކުރިމަތީ މިހުރީ..’ އަނެއްކާވެސް އީނާލް ކިޔައިގަތެވެ. ‘ޕިސް ދެން ތި އަނގަ ހުއްޓޭނީ ކިހިނެތް ހެދީމަ؟’ ނައިލީ އީނާލް ގެ ބޮލުގައި ޖަހާލަމުން ބުންޏެވެ. ‘މި އަނގަ ހުއްޓޭނީ އަޅުގަނޑު މަރުވެ ކަފުންކޮށް ވަޅުލާ ދުވަހު.’ ހިނިގަނޑެއް ޖަހާލަމުން އީނާލް ބުންޔެވެ. ‘ހޫން ދެން ހެވޭ.. އޭތް.. މިތަނަށް ކިޔަނީ ކީކޭތަ އަނެއްކާ؟. ސަންސެޓް ޕާކް އޭތަ؟’ ނައިލީ ވާހަކަ ބަދަލު ކޮށްލުމުގެ ގޮތުން ބުނެލިއެވެ. އެއާއެކު އެތާ ތިބި ހުރިހާ ކުދިންތައް ހޭން ފެށިއެވެ. ‘ނޫނޭ ނައި.. ސެންޓްރަލް ޕާކޭ މީ.. ސަންސެޓް ޕާކެއް ނޫން..’ ހެމުން ހެމުން ޔޫލިން ބުންޏެވެ. އެއާއެކު ޔޫނުސް ކެމެރާ ތަކެއް ހިފައިގެން އައިސް އެކި ތަންތާގައި ބަހައްޓަން ފެށުމުން ހުރިހާ ކުދިންވެސް ވާހަކަ ދެއްކުން ހުއްޓާލިއެވެ. *ނުނިމޭ*
ކޮލެޖު ނިމިގެން ގެއަށް އައިސްވަން ލުމާގެ މޫނުމަތީގައި ވަރުބަލިކަމެއްހުއްޓެވެ. މިއަދަކީ ލުމާ ހަދަމުންދާ ކޯހުގެ ފަހު ޓެސްޓް އޮތް ދުވަހެވެ. ލުމާގެ އެވަރުބަލިކަމަކީ ސްކޫލް ދައުރުގައިވެސް ޓެސްޓް ޖެހުމުން އޭނާގެ ކިބައިން ފެންނަ ކަންތަކެވެ. ” ލުމާ ޓެސްޓް ނިމުނީދޯ؟.. ފަސޭހަތަ؟..” މުނާން އަހާލިއެވެ. ” އެހާ އުނދަގުލެއް ނޫން.. ތިއްތީ މިވިސްނަނީ މެހެލް ކްލިނިކާ ގުޅެން… ދެންމެ އައި މަގުމަތީ ދުށިން އެތަނަށް ވަޒީފާގެ ފުރުސަތަކަށް އިއުލާން ކޮށްފައި އޮއްވައި..” ލުމާ ބުންޏެވެ. ” ރަގަޅު […]
ނޯޓު: ގިނަ ބަދަލްތަކަކާއެކު ކެރެކްޓާރސްތައްވެސް އިތުރަށް އިމްޕްރޫވް ކުރުމައްފަހު މި ވާހަކަ އަލުން އަޕްލޯޑްކުރަން އަޅުގަނޑު ނިންމައިފީމެވެ. ގިނަ ކިޔުންތެރިން ނުރުހުނުކަމުގައިވީނަމަވެސް، އަޅުގަނޑުގެ ޙާލަތު ހުރިގޮތުން މިވީ މަސްދުވަސްތެރޭގައި ވާހަކަ އަޕްލޯޑް ނުކޮށްދެވުނު ކަމަށްޓަކައި މަޢާފަށް އެދެމެވެ. މާދަން ހަވީރު 5 ޖެހުމުގެ ކުރިން 02 ވަނަ ބައި އަޕްލޯޑް ކޮށްލަދޭނަން. ޝުކުރިއްޔާ! ވޯޑް ކައުންޓް: +1300 “ހުރިހާ ކަމެއް ނިމުނީތަ؟ ” ކުރިމަތީގައި ސަފުހަދައިގެންހުރި ހަ ނޯކަރު މީހުންނަށް ބަލާލަމުން ރޫބީ އަހާލިއެވެ. އެ އެންމެންވެސް […]
ނިހާން ދިއުމުން ޖަމީލާ ނިހާ ގޮވައިގެން ކޮޓަރިއަށް ވަނެވެ. އެނދުމަތީގައި ނިހާ ކުޅެން ބައިންދައިފައި ތެދުވަން އުޅުނުތަނާ ޖަމީލާއަށް ފެނުނީ އެނދުމަތީގައި އޮތް ޒާޔާގެ ފޮޓޯގަނޑެކެވެ. ޖަމީލާ އެ ފޮޓޯގަނޑު ނަގައި އެއަށް ރަނގަޅަށް ބަލައިލިއެވެ. އެ ފޮޓޯގަނޑުގައި ޒާޔާ ހިނިތުންވެލައިގެން އިން އިރު ޖަމީލާއަށް ހީވީ ނޭނގޭ މީހަކު އައިސް އޭނާގެ މޫނުމަތީގައާއި ބޮލުގައި އެއްޗަކުން ޖަހާހެންނެވެ. ބަލާކަށް ނުހުރެ ޖަމީލާ އެ ފޮޓޯގަނޑު ވީދައި ކުދިކުދި ކޮށްލިއެވެ. އަދި ކޮޓަރީގެ ކުޑަދޮރުން ބޭރަށް ކުދިކުދިވެފައިވި […]
” ދައްތާ އަހަރެން އޯކޭ…އެކަމަކު އަހަރެން މިކައިވެންޏަށް އާއެކޭ ބުނުމުން އެހެން މީހުން ރުޅި ނާންނާނެތަ؟.. އަޅުގަނޑަކީ މިގެއަށް ދުރުން އައިސްހުރި މަސައްކަތު މީހެއް…އަސްލު އަޅުގަނޑާ މުނާންއާ އެކަށީގެނެއްވެސް ނުވޭ….އެކަމަކުވެސް މުނާން ބޭނުންވަންޏާ އަދި ދައްތަމެންވެސް އޯކޭ ވިއްޔާ ކުރާގޮތަށް މިހުރީ…” އެކަމަށް ސީދާ އެއްބަސްވާން ނުކެރި ހުރެވެސް ލާނާ ބުންޏެވެ. ” ލާނާއަށް އެނގޭނެ ދައްތަޔަކީ ދައްތަގެ ދަރިން ދިރިއުޅުމެއް ފަށަންވީމަ އެކުދިންނަށް މަޖުބޫރު ކުރާނެ މީހެއްނޫން.. އެކުއްޖަކު ދިރިއުޅުމެއް ފަށާނީ އެކުއްޖަކު ބޭނުންވާ މީހަކާ […]
އެއްވަނަބައި ކޮލެޖުން ނިކުމެގެން އައި އަންހެން ކުއްޖާ ފަރާތް ފަރާތައް ކަޅި ހިންގާލީ ދެކެން ބޭނުންވި މީހާ ނުފެނުމުންނެވެ. މައްޗައް ކަޅިހިންގާލައިފައި ފައި ބިންމަތީގައި ޖަހާލީ ކުސްތަޅާ ގޮތަކަށެވެ. ފިޔާތޮށިކުލަ އަރާ ތުނި ތުންފަތެކެވެ. ވަށްމޫނަކާއި ބަޓަން ނޭފަތެކެވެ. ބޯއެއްފިޔަތައް މައްޗައް ލެނބިފައި ހުރިއިރު ފުންކަނޑެއްފަދަ ލޮލަށް ހިޔަނި އެޅިފައިވެއެވެ. ތަންކޮޅެއް ކުރުކޮށް އިން މިޒުވާނާ ހަންގަނޑު އަލިވެފައި ބަލާލަން ހިތްގައިމެވެ. އޭނާގެ އެންމެ އަޅައިގަންނަ ސިފައަކީ ގުދުރަތުން ދެއްވާފައިވާ މަޑު ނޫކުލައި ކަޅިއެވެ. އެހެން ވުމުގެ […]
ރަނގަބީލުގެ އަޑާއެކީ ހުރިހާ ކުދިން ގޭޓުން ވަދެގެން ދާން ހިނގައިގަތެވެ. “މަލް” ދުވަމުން ކަހަލަ ގޮތަކަށް އައި ސާރާ މަލްދާއާއި އަރާ ހަމަކުރަމުން ގޮވާލިއެވެ. އޭރު އޭނާއަށް މައިނޭވާ ލެވެއެވެ. ދެކުދިން އެކީ ކުލާހާ ދިމާލަށް ދަނިކޮށް ފަހަތުން މީހަކު އައިސް މަލްދާގެ ގައިގައި ޖެހިގަތެވެ. އެމީހަކު ފެނުމާއެކު ވަގުތުން މަލްދާގެ މޫނުގައިވީ ހިނިތުންވުން ފިލައިގެން ދިޔައެވެ. ދެބުމަ ގޮށްޖެހިގެން ދިޔައެވެ. “ވަހީދް ސަރ” ސާރާ މަޑުމަޑުން ބުންޏެވެ. “ވަރަށް ބޮޑަށް ސޮރީ މަލްދާ… ސަރ ގަޑި […]
ލާއިސް މޫނު މައްޗަށް އުފާވެރި ކަމުގެ ކުލަވަރު އައީ އެ މަޚްލޫޤު ހަމްދާނު ހޯދައިދިނުމުގައި އެހީތެރި ވާނެ ކަމަށް ބުނުމުން ނެވެ. ” ކަލެއަށް ކިޔަނީ ކޮން ނަމެއް ހެއްޔެވެ.؟” ލާއިސް ދެން ވެސް ކޮއްލީ ސުވާލެކެވެ. ” އަހަރެންގެ ނަމަކީ ރިދަން” އެ މަޚްލޫޤު ޖަވާބު ދިނެވެ. ” ހަމްދާނު ހޯދަން ދާން ޖެހޭނީ ކޮންތާކަށް” ލާއިސް މި ފަހަރު ސުވާލު ކުރީ ހަމްދާނާއި ބެހޭގޮތުން ނެވެ. ” ފުރަތަމަ އަހަރެން ސަލާމަތް ކުރީ މަ […]
މެންދުރު ނަމާދު ކޮއްގެން ކިޔާރާ ކޮޓަރިން ނުކުމެ ކައިލް ގޭގައި އުޅޭތޯ ބެލިއެވެ. ނެތްކަން ޔަގީން ކޮށްފައި ކައިލްގެ ކޮޓަރިއަށް ވަދެ އޭނާގެ ފޯނު ހިފައިގެން ނުކުތެވެ. ކުރާނެ މާބޮޑު ކަމެއް ނެތުމާއެކު މެންދުރު ކާން އެކަކު ވެސް އަދި ނާންނާތީ ކިޔާރާ ދިޔައީ ނައިނާ ކޮޓަރިއަށެވެ. ކޮޓަރި ދޮރުގައި ޓަކި ޖަހާލިތަނާ ނައިނާ ދޮރު ހުޅުވާލައިފި އެވެ. “ވީ ހެވެންޓް މެޓް ބިފޯރ ޕާސަނަލީ. އައިމް ކިޔާރާ”. “އައިމް ނައިނާ” ނައިނާ ހީލުމަށްފަހު ސަލާމްކޮށްލިއެވެ. “އާރ […]