ހުޝާން ވިސްނަމުން ދިޔައީ އެކަމުން އޭނާ ސަލާމަތްވާނެ ގޮތެކެވެ. އެކަމަކު މަންމަޔަށް އެކަން އެނގުމުން ދެން ސަލާމަތްނުވާނެ ކަންވެސް އެނގެއެވެ. ” ނާއިލާ ކަލޭ ހިތުން އަހަރެންނާއި ކައިވެނި ކުރުމުން ކަލޭ ބޭނުންވާ އުފާތައް ލިބޭނެ ކަމަށްތަ ހީކުރީ..އެހެން ހީނުކުރޭ ތި ކުރެވެނީ މޮޔަ ކަމެއް..؟..” އައި ރުޅީގައި ނާއިލާއަށް ގުޅާގެން ހުޝާން އެއްޗެހި ކިޔަން ފެށިއެވެ. ” އަހަރެން މިކުރަނީ ކިތަންމެ މޮޔަ ކަމަކަށް ވިޔަސް މީ ހުޝާންގެ ދަރިޔަކަށް ނޫނީ ނުވާނެ.. މިއަދު ހުޝާން އަހަރެންނާއި ކައިވެނި ނުކުރިޔަސް މި ދަރި އުފަންވީމައި މީހުން ބުނާނެ ނަހަލާލު ދަރިއެކޭ…ކައިވެނިން ބޭރުގައި ލިބުމުން ނަހަލާލު ވެދާނެ..އެކަމަކު މިދަރީގެ ބައްޕައަކީ ތީކަން ބަދަލެއް ނުވާނެ…ހުޝާން ބޭނުން ނުވިޔަސް އަހަރެންނަށް މި ލަނޑު ދީފައި ހުޝާންއަށް ތިހާ އުފަލުގައި އުޅެން ދޫކޮށްލާކަށް އަހަރެންވެސް ބޭނުމެއް ނޫން..” ނާއިލާވެސް ރައްދު ދިނުމަށްފަހު ފޯނު ބޭއްވިއެވެ.

ޔުއާންއާއި ވަކިވުމަށްފަހު ހަނާގެ ދިރިއުޅުން މުޅިން ބަދަލުވެއްޖެއެވެ. ހެދުން އެޅުމުގެ ވައްޓަފާޅިއަށްވެސް ވަނީ ވަރަށް ބޮޑެތި ބަދަލުތައް އައިސްފައެވެ. އޮފީހަށް ދިޔުމަށްޓަކައި ހަނާ ތައްޔާރުވާން ހުއްޓެވެ. ގަޔަށް ދޫ ދިގު މަޑު މޮށި ކުލައިގެ ހެދުމުގައި ހުރި ހަނާ ކަޅުކުލައިގެ ޝޯލް އަޅަމުންދިޔައެވެ. ޝޯލްއިން މުޅި މޭމަތި ނިވާވާހެން އެޅުމުން ހިތްހަމަޖެހުމާއެކު ލޯގަނޑު ކައިރިން ދުރުވިއެވެ. މުށިކަންގަދަ އަތްދަބަސް ކޮނޑުގައި އަޅުވައިގެން ކޮޓަރިން ނިކުމެ ފައިވާން ހަރުގަނޑާ ދިމާލަށް ދިޔައެވެ. ހެނދުނު ފަތިސް ނަމާދު ކޮށްލައިގެން ބޭރަށް ނިކުތުމަކީވެސް މިހާރު ހަނާގެ އާދައެކެވެ. އެހެންކަމުން ފަލާޙާއަށް ވަރަށް ބޮޑަށް ބަދިގެ ކަންތަކުގައިވެސް ލުއިވެގެން ދިޔައެވެ. ” މަންމާ ދަނީއޭ …” ހަނާ ބުންޏެވެ. ” ދަރިފުޅާ ބައްޕަ ބުނި ދަރިފުޅު ނިކުންނަންދެން ބޭރުގައި ހުންނާނަމޭ… ބޭރު އުނދޯލިގެ ބަލާލައްޗޭ ބައްޕަ ހުރިތޯ…” ފަލާޙާ ބުންޏެވެ. ގޯއްޗަކީ ބޮޑު ގޯއްޗެއް ކަމުން ރޫމާން ގެ ހަދައިފައިވަނީ ވަރަށް ހިތްފަސޭހަ ކޮށެވެ. ބޭރުގައި އުނދޯލިގެއެއް ހަދައިފައި ހުންނައިރު އުނދޯލިގޭގެ އެއްފަރާތުގައި ކޮފީ ބުއިމަށްޓަކައި ޚާއްސަކޮށް މޭޒެއް ބަހައްޓާފައި ހުރެއެވެ. މިހާރު ހަނާ ފެންނަ ކޮންމެ ފަހަރަކު ހަނާގެ މައިންބަފައިންގެ ހިތައް ހަމަޖެހުމެއް ލިބިގެން ދެއެވެ. ރޫމާން ކާރު ގަރާޖުން ނިކުންނަންދެން ގޭގެ ބޭރު ގޭޓް ކައިރީގައި ހަނާ މަޑުކޮށްގެން ހުއްޓެވެ. އާދައިގެ މަތިން މަގުގެ އެއްފަރާތެއްގައި އެއްފަށަކަށް ޖަހާފައިވާ މަޑިމަސްގަހުގައި މާތައް އަޅައި އެއްބައި މާތައް ބިންމައްޗަށް ވެއްޓިފައި ހުއްޓެވެ. ފޯނު ނަގައިގެން އެއާ ކުޅެން ހުރެފަ މަގުމައްޗަށް ނަޒަރެއް ދިން ހަނާގެ ލޮލުގައި އަޅައިގަތީ ސައިކަލެއް ދުއްވައިފައި އެދިމާލަށް އަންނަމުންދިޔަ މީހާއަށެވެ. އެއީ ޔުއާން ނޫން ދެވަނަ މީހެއް ނޫނެވެ. ހަނާ ވަގުތުން އޭނާގެ ނަޒަރު ތިރިކޮށްލިއެވެ. އެކަމުން ޔުއާންއަށް ހައިރާންކަމެއް ލިބިގެން ދިޔައެވެ. އެތައް ޒަމާނެއް ކޮށްފައި ހަނާ ފެނުނު އިރު ހަނާއަށް އައިސްފައިވާ ބަދަލު ފެނުމުންވެސް ޔުއާންގެ ހިތައް ގޮތްތަކެއް ވެގެން ދިޔައެވެ. ކުރިއަށްވުރެ އެމޫނުގެ ދޮންކަމާ އުޖާލާކަމާއި ނަލަކަން އިތުރުކޮށްދެއެވެ. ފޯނަށް ބަލައިގެން ހުރިއިރު އެ ތުންފަތުގައިވާ ލުއި ހިނިތުންވުން ޔުއާން ސިނކުނޑިން ބޭރުކޮށެއް ނުލެވުނެވެ. ވިސްނުމެއްގައި ހުރި ޔުއާންއަށް ހޮސްޕިޓަލަށް އައިސް ވަނދެވުނު އިރުވެސް ނޭގުނެވެ. ހަނާއަށް ޔުއާން ފެނުނަސް ގަސްތުގައި ފެނުނުކަމަށް ނުހެދުނީއެވެ. ނަމަވެސް ދުރުންވެސް އެއީ ޔުއާންކަން އެނގި ބެލެވުނީތީވެސް އަމިއްލަ ނަފްސަށް ހަޅޭލަވަމުން ދިޔައެވެ. ކާރުތެރޭގައި ހުރި ހަނާގެ މަޑުމައިތިރިކަން އިހުސާސް ކުރެވުނު ރޫމާނަށް އެކަމާ ބެހޭ ގޮތުން ސުވާލުނުކޮށް ނުހުރެވުނެވެ. ހަނާގެ އުޅުން ހުރިގޮތުން މިހުރިހާ ދުވަހު ރޫމާން ހަނާއާ ގާތް ގުޅުމެއް ބާއްވައިފައި ނުވެއެވެ. ނަމަވެސް އެއީ އެދަރި ދެކެ ލޯބި ނުވާތީއެއް ނޫނެވެ. ބައްޕަގެ ސުވާލަށް ޖަވާބުދޭންވެސް ހަނާއަށް އުނދަގޫވިއެވެ. ” ބައްޕާ! މިވިސްނަނީ ބައްޕަމެން ބުނިހެން ދިރިއުޅުމުގައި ހާދަ ދުވަސްތަކެއް ބޭކާރު ކުރެވިއްޖެއޭ…އެކަމަކު މިއަދު ވަރަށް އުފާވޭއެބަ..އެދުވަސްތައް މިހާރު މާޒީއާ އެކުވެ ހިނގައްޖެ.. އަލުން އަހަރެން ދިރިއުޅުން ފެށިއްޖެ.. މިހުރިހާކަމެއްގެ މަދަދުވެރި ފަރާތަކީ އަހަރެން ހެއްދެވި ފަރާތް… އަހަރެންނަށް އެކަލާނގެ ޝުކުރު ނުކޮށް ނުހުރެވޭ ސިކުންތަކަށްވެސް ބައްޕާ..” ހަނާ ދެއްކި ވާހަކަތައް އިވުނު ރޫމާންގެ ހިތައް ހީވީ ފިނި ފެން އެއްޗެއް އޮއްސާލިހެންނެވެ. ދިރިއުޅުމުގައި މިހާބޮޑު އުންމީދެއް ކޮށްގެން ހުރި ކަންތަކުގެ ކުލަތައް ޖެހެން އަދި ކިރިޔާ ފެށުނީއެވެ.

” އައްސަލާމް ޢަލައިކުމް..” ގޭގެ ބެލްޖަހާ އަޑު އިވުމުން އައިސް ދޮރު ހުޅުވާލީ ލަނާއެވެ. ކުރިމަތީގައި ތިބި ތިން ފިރިހެނުން ފެނުމުން ކިޔާނެ އެއްޗެއްވެސް ނޭނގި ސުވާލު އުފެދިފައި ލާނާ ހުއްޓެވެ. ” ވަޢަލައިކުމުއްސަލާމް…ކޮންބޭނުމަކު އައި ބައެއްތޯ؟..” އެތެރެއަށް ވަންނާށޭ ބުނުމުގެ ބަދަލުގައި ލާނާ ސުވާލުކޮށްލިއެވެ. ” މިއައީ މިގޭ އިސް ފަރާތާ ބައްދަލު ކޮށްލަން..” އެމީހަކު ބުންޏެވެ. އެވަގުތަކީ ސައީދު ގޭގައި ނެތް ވަގުތެއްކަމުން ލާނާ ޒުލޭޚާއަށް ގޮވައިލިއެވެ. ބަދިގޭގައި ހުރެފައި ނުކުތް ޒުލޭޚާގެ ހިތުގައިވެސް އުފެދުނީ ސުވާލެކެވެ. ” ވަންނަވާ އެތެރެއަށް… ” އެތެރެއަށްވަންނަމުން ސޯފާދައްކައިލަމުން ޒުލޭޚާ ބުންޏެވެ. ” އަޅުގަނޑަށް ކިޔަނީ މުޙައްމަދު ފިރާޝް އިޤުބާލް.. މިގެއަށް މިއައީ މިގޭގެ ލުމާއާއި ކައިވެނި ކުރަން ލުމާގެ މައިންބަފައިންގެ ބަހެއް ހޯދަން…ލުމާއަށް އަޅުގަނޑު އިނގޭނެ…” ފިރާޝް ދެއްކި ވާހަކައިން އޭނައަކީ ހެޔޮލަފާ ކުއްޖެއްހެން ޒުލޭޚާއަށް ހީވިއެވެ. ” މިގަޑީގައި ލުމާގެ ބައްޕަ ނުއުޅޭ.. ފިރާޝް ކުރަނީ ކޮންމަސައްކަތެއްތަ؟..” ޒުލޭޚާ އިތުރަށް ފިރާޝް ދެނެގަންނަން ބޭނުންވާތީ އަހާލިއެވެ. ” އަޅުގަނޑު އުޅެނީ އެމް އެން ޑީ އެފްގައި… އަޅުގަނޑުގެ މައިންބަފައިން އަދި އާއިލާ މިވަގުތު ރަށުގައި ނޫން އުޅެނީ..އެމީހުން ތިބީ ސިންގަޕޯރުގަ..” ފިރާޝް ބުންޏެވެ. ” މިވަގުތު ލުމާ ގެއަކުނެތް… ލުމާ ތިކަމާ އެއްބަސްވާނަމަ އަޅުގަނޑުމެން ތިކަމާ ދެކޮޅެއް ނުވާނަން..އެކުއްޖަކު ދިރިއުޅުމެއް ފަށާނީ އެކުއްޖަކު ހިތްހަމަ ޖެހިގެން އުޅެން ބޭނުންވާ މީހަކާ…” ޒުލޭޚާ ބުންޏެވެ. ” ލުމާގެ މަންމާ..އެހެން ވެއްޖިއްޔާ ލުމާ ކައިވެނި ކުރަން ބޭނުންވާ ދުވަހެއް ބަލާފަ އަޅުގަނޑަށް އަންގާލައްޗޭ…” ފިރާޝް އެގެއިން ދިޔައީ ލުމާގެ މަންމައަތަށް އޭނާއަށް ގުޅޭނެ ނަންބަރެއްވެސް ދީފައެވެ. ލުމާ މުޅި ދުވަހުވެސް އުޅެމުން އައީ އެއްފިހާރައިން އަނެއްފިހާރައިން ދުވުމުގައެވެ. އެކަނި އެކަހަލަ ކަމެއް ކުރަން ޖެހުމުންވެސް ކުޑަކޮށް ނުތަނަވަސް ވާގޮތްވެސް ވެއެވެ. އެކަމަކު ޝަމާމެންނަށް އަންގައިގެން އެކަން ކުރާކަށް އޭނާ ބޭނުމެއްނުވެއެވެ. ހެދުމަށް ބަދަލެއް އަންނަކަން އެނގޭއިރު ޝަމާމެންގެ ދިމާ ކުރުންތަކާ ކުރިމަތިލާން ޖެހިދާނެތީއެވެ. އެތައް ފިހާރައަކަށް ވަނދެ ބޭނުންވާ ކަހަލަ ފޮތިތައް ހޯދައިގެން ގެއަށް އައި މަގުމަތީގައި އެފަހަން ދިނުމަށްޓަކައި ފަހާތަނަކަށް ވަނެވެ. އަދި އޭނާ ބޭނުންވާ ޑިޒައިންތައް ދައްކާލުމަށްފަހު ވަރުބަލިކަމާއެކު ގެއަށް އައިސްވަނެވެ. މިއން ޒަމާނަކުވެސް އެފަދަ ގަޑިއެއްގައި ގެއަށް އައިސް ނުވަންނަ މީހަކު ގެއަށް ވަނުމުން ލާނާ ހުރީ ހައިރާންވެފައެވެ. ސްކޫލް ދައުރު ނިމުނު ފަހުންވެސް ލުމާއަށް ބަދިގެއެތެރެ ލޮލުން ފެނުނު ކަމެއްވެސް ނޭނގެއެވެ. ” ލާނާ އެއްވެސް އެއްޗެއް ބޯން ހަދާފައި އެބަހުރިތަ؟.. މިބުނީ ފްރެޝް އެއްޗެއް ވާހަކަ؟.. ” ލުމާ އަހާލިއެވެ. ” އާނ! ދެންމެ އައިސްކޮށް ހެދި ފޭރުފަނި އެބައިން..” މިހެން ކިޔައި ޖޫސްތައްޓެއް އަޅައި މޭޒުމަތިގައި ބެހެއްޓިއެވެ. ” މެންދުރަށް ކެކިއްޖެތަ؟.. މިއަދަށް ފަހު އަހަރެން ހުރިހާ ވަގުތެއްގައިވެސް ކާނީ ގެއިން.. އަހަރެންނަށް ވަކިން ތަރުކާރި ކޮޅެއް ބޮއިލް ކޮށްފައި ބާސްމަތީ ބަތް ކައްކާނީ..” ލުމާ ބުންޏެވެ. ޖޫސްތަށި ބޮއިލާގެން ލުމާއަށް ގޮސް އެނުދުގައި ޖައްސައިލިތަނުން ދޮރުގައި ޓަކިދޭން ފެށިއެވެ. ” ލުމާ ގެއަށް އައިކަން އެނގިގެން ވާހަކައެއް ދައްކާލަން މިއައީ.. މިއަދު ހެނދުނު މިގެއަށްއައި މީހެއް.. އޭނަ ބުނި ދަރިފުޅާ އިންނަން ބޭނުންވާ ވާހަކަ… ފިރާޝް ބުނި ދަރިފުޅު ބޭނުންވާ ދުވަހެއް ބުނުމަށް..ދަރިފުޅަށް ފިރާޝްއަކީ ކާކުކަން އިނގޭނެއޭ..” ކުއްލިއަކަށް މަންމަ ދައްކަން ފެށި ވާހަކައިން ލުމާ ލަދުގަންނަ ގޮތްވިއެވެ. މިއިން ދުވަހަކުވެސް އެމަންމައާ އޭނަގެ އެއްވެސް ކަމެއް ހިއްސާ ނުކުރި ކަމުގައިވިޔަސް އެމަންމަ އޭނައާ ވަހާކަ ދައްކަމުން އަންނަނީ ލޯތްބާ އޯގާތެރިކަމާ ކުލުނާ އެކުވެރިކަމާއެކުގައެވެ.

” އާނ! މަންމާ!.. ފިރާޝްއަކީ ރަގަޅު ކުއްޖެއް..އޭނަ އަޅުގަނޑު ކައިރީ ރައްޓެހިވާންވެސް ނާހާ..އެކަމަކު އޭނަޔާ އިންނަން އެދުނީ.. މަންމަމެން ބުނެބާ ދުވަހެއް..” ލުމާ ބުންޏެވެ. ” އޭނަ ބުނި އޭނަގެ އާއިލާގެ އެންމެން ތިބީ ބޭރުގައޭ..މަންމައަށް ފެންނަނީ ހުރިހާކަމެއްވެސް އެމީހުންވެސް ތިބެގެން ނިންމަން..އޭރުން މިކަހަލަ ކަމެއްގައި ދެއާއިލާގެ ގުޅުންވެސް ބަދަހިވެގެންދާނީ..” ޒުލޭޚާ ބުންޏެވެ. ” އެހެންވީމަ އެމީހުންނަށް މިކޮޅަށް އާދެވޭ ދުވަހެއް ބަލާފައި ކައިވެންޏަށް ރަންކިޔުމަށް ދުވަހެއް ނިންމާނި..” އަނެއްކާވެސް ޒުލޭޚާ ބުންޏެވެ. ” ތިގޮތްވެސް ރަގަޅު..އޭރުން އަހަރެންނަށްވެސް ކުއްލިޔަކަށް ފިރާޝްގެ މައިންބަފައިންނާއި ބައްދަލު ކުރުމުގެ ބަދަލުގައި އެނގިގެން ދާނެތާ..” ލުމާ ބުންޏެވެ. ” އަދި ބައްޕަ ކައިރީ މަންމަ މިވާހަކައެއް ނުދައްކަން.. ބައްޕަ ގެއަށް އަންނާނެ މެންދުރު ކާން އައިމަ ދައްކާނަން..” ޒުލޭޚާ ބުންޏެވެ. ޒުލޭޚާ އެކޮޓަރިން ނިކުތީ ފިރާޝް އޭނާއަށް ދިން ނަންބަރު ލުމާއަތައް ދީފައެވެ. އަދި ޖަވާބެއް އޭނާއަށް ދިނުމަށްވެސް ބުނެފައެވެ.

މަންމަ އޭނާއަތައް ފޯނު ނަންބަރު ދިނަސް އެނަންބަރަށް މެސެޖެއް ހައި ހިސާބުވެސް ކުރާކަށް ނުކެރުނެވެ. ނަމަވެސް ކޮންމެވެސް ޖަވާބެއްގެ އިންތިޒާރުގައި ފިރާޝް ހުންނާނޭކަން އެނގޭތީ ތުރުތުރުއަޅާ ހުރި އަތަކުން ފޯނުނަގައި ލިޔަން ފެށިއެވެ. ” ފިރާޝްގެ އާއިލާ މިކޮޅަށް އައީމަ އެންމެން އެއްތަނެއްގައި ތިބެގެން ރަން ކިޔަން ބޭނުންވަނީ” މެސެޖު ލިޔެ ތިރީގައި ލުމާގެ ނަންޖަހާފައި ލުމާ ފޮނުވިއެވެ. ފޮނުވުނު މެސެޖު ލިޔުނީވެސް ރަގަޅަށްތޯ އެތައްފަހަރަކު ލުމާއަށް ތެޅިތެޅިއޮތް ހިތަކާއެކު ބަލާލެވިއްޖެއެވެ. ” އެންމެ ރަގަޅު.. ފެމިލީ އަންނާނެ ކުރިއަށް އޮތް ހަފްތާގައި އިންޝާﷲ..” ފިރާޝް ފޮނުވި އެކުރު މެސެޖުވެސް އެތައް ފަހަރަކު ލުމާ ކިޔައިފިއެވެ.

ކޯޓުން ނިކުމެގެން އައި ދެއާއިލާގެ މީހުންވެސް ކޯޓުގެ ބޭރުގައި މަޑުކޮށްލިއެވެ. ނާއިލާއަކީ އެދެމަފިރިންގެ ހުރި ހަމައެކަނި ދަރިއަށް ވީތީ ޒުލޭޚާއެދުނީ އެދުވަހުން ފަށައިގެން ހުޝާންގެ ދިރިއުޅުން އެގެއަށް ބަދަލުކުރާށެވެ. މަންމަ ކުރިމަތީގައި ބަހެއް ކިޔަން ބޭނުން ނުވާތީ ހުޝާން އެކަމާ އެއްބަސްވިއެވެ. ނާއިލާ ފެންނަނީ ވަރަށް ވަރުދެރަކޮށެވެ. އެމޫނު މައްޗަށް ބަލައިލިޔަސް އަވަހަށް ޖައްސައިލަން ބޭނުންވެފައި ހުރިކަން އެނގެއެވެ. ” ނާއިލާ އެހުރީ ވަރަށް ބަލިވެފަ.. ހުޝާން ދޭ ނާއިލާ ގޮވައިގެން ގެއަށް.. މަންމަ ގެއަށް ގޮސްފަ ތިއްތިއަތަށް ދީފައި ހުޝާންގެ އެއްޗިހިތައް އެބަ ފޮނުވަން..ދެން އިތުރު އެއްޗެއް ގެންދަން ބޭނުންވާނަމަ ހުޝާން ފަހުން އައިސް ނަގައިގެން ދޭ..” ޒުލޭޚާ އެހެން ބުނުމުންވެސް ހުޝާންގެ ލޭ ކެކިގެން ދިޔައެވެ. އަދި އަމުދުން ނާއިލާގެ ގޭގައި އޭނާ އުޅޭނީ ކިހިނެއް ހެއްޔެވެ. އޭނަގެ މުޅި މިނިވަންކަންވެސް ނާއިލާ ބޭނުންވަނީ ފޭރި ގަންނަން ހެއްޔެވެ. ކިތައްމެ ރުޅިއައިސް ހިތްހަމަ ނުޖެހި ހުއްޓަސް ޒުލޭޚާމެންގެ ކުރިމަތީއެއްޗެއް ނުކިޔަންވެގެން ހުޝާން ހުރިހާ ރުޅިވެރިކަމެއް ހިތުތެރޭގައި ގަންވާގެން ހުއްޓެވެ.

” ދައްތާ އަހަރެން އޯކޭ…އެކަމަކު އަހަރެން މިކައިވެންޏަށް އާއެކޭ ބުނުމުން އެހެން މީހުން ރުޅި ނާންނާނެތަ؟.. އަޅުގަނޑަކީ މިގެއަށް ދުރުން އައިސްހުރި މަސައްކަތު މީހެއް…އަސްލު އަޅުގަނޑާ މުނާންއާ އެކަށީގެނެއްވެސް ނުވޭ….އެކަމަކުވެސް މުނާން ބޭނުންވަންޏާ އަދި ދައްތަމެންވެސް އޯކޭ ވިއްޔާ ކުރާގޮތަށް މިހުރީ…” އެކަމަށް ސީދާ އެއްބަސްވާން ނުކެރި ހުރެވެސް ލާނާ ބުންޏެވެ. ” ލާނާއަށް އެނގޭނެ ދައްތަޔަކީ ދައްތަގެ ދަރިން ދިރިއުޅުމެއް ފަށަންވީމަ އެކުދިންނަށް މަޖުބޫރު ކުރާނެ މީހެއްނޫން.. އެކުއްޖަކު ދިރިއުޅުމެއް ފަށާނީ އެކުއްޖަކު ބޭނުންވާ މީހަކާ އެކު.. ދައްތަޔަށް ހެޔޮ އެއީ ކިތަންމެ ނިކަމެތި އާއިލާއަކުން އައިސް ހުއްޓަސް.. ހުޝާންއަށްވެސް މަޖުބޫރު ކުރަން ޖެހުނީ ކަމެއް ވީމަތާ…” ޒުލޭޚާ ބުންޏެވެ.

( ނުނިމޭ )

50

13 Comments

  1. ޔާމާ

    September 16, 2020 at 6:09 am

    Vaahaka vrh reethi..ekm mistake eh ebeh kanneyge…aslu firaash innan ulhuny luma aka noonehnu. Yuma aa ehnu..and hushaan and naaila ge kaivenives nuvaane dhw halaaleh

    • kudhoo

      September 16, 2020 at 8:29 am

      🙂Thank you. Yaamaa. Ekamuga ilmu veringe medhuga khilaafu onnakan alhugandah engenee.

    • kudhoo

      September 16, 2020 at 8:30 am

      Laaba e ee mistakeh.

  2. єℓєνєη αηυαнѕ

    September 16, 2020 at 7:42 am

    ηιċє ѕтσяу♥️💯🥰…єкαм уααмαα вυηιнєη нυѕнααη αηԃ ηαιℓαα ցє мαяяιαցє нαℓααℓєн ηυνααηє ԃнω…αѕℓυ єтнαη єнαα єнησση.. วυѕт тαкє ιт ρσѕιтινє кυԃнσσ😊😉..ιѕℓααм ԃнєєηυցα нαяααм кαмєн ԃнω єιι αѕℓυ..єуαн νυяє ѕαℓнι νιѕ кαηηєуηցє ηαιℓαα νιнαααƒα кαινєηι кυяєємα..тнιнєη кανєηι кυяєємα αѕℓυ кυяєνυηυ ƒααƒα ƒσяυνααℓєνєуєє мєєнυηցє ℓσα мαнċнαн єкαηι ԃнω…วυѕт αηυ αн ƒєηηα ցσιу вυηєℓαԃнιηєє..нσρє υ ωιℓℓ тαкє ιт ρσѕιтινє..😊😊…αηԃ уєαн ƒιяααѕн ιηηαη υℓнєηу ℓυмαα αкαα ησσηєнηυη..уυмα αα єнηυη..кєєρ ιт υρ кυԃнσσ..ℓу ♥️ѕтαу ѕαƒє ѕтαу нσмє🏠..ωαιтιηց ƒσя тнє ηєχт ραят..υρ ѕσση..тċ

    • kudhoo

      September 16, 2020 at 8:33 am

      Evvatharegge dhe nan veema liyamun dhiyairu mistakeh hedhunee. Faahaga kolla dhinee thee shukuriyya.
      🙂Thank you eleven anvahs

  3. thiththaaa

    September 16, 2020 at 4:44 pm

    masha allah kudhu….vrah furihama…

    • kudhoo

      September 16, 2020 at 9:03 pm

      🙂🙂😘Thank you thiththaaa

  4. ukku

    September 16, 2020 at 5:31 pm

    kudhoo please kiyaadheeba cover photo laa goi

    • kudhoo

      September 16, 2020 at 9:05 pm

      Mi site ga liyaa vahaka thakah photo laa vahakatha???

  5. Naa

    September 16, 2020 at 10:02 pm

    yup vaahakaige cover photo laagoi

    • kudhoo

      September 16, 2020 at 10:27 pm

      Feature images laan in thanah click kohleema annaane

  6. Ram

    September 17, 2020 at 7:31 am

    Maasha allah haadha reehchy😍😍😍😍😍😍😚😚😚😚

    • kudhoo

      September 17, 2020 at 8:01 am

      🙂🙂🙂😘 Thank you Ram

Comments are closed.