ތިންވަނަ އެޕިސޯޑުގެ ތެރެއިން… “އޭތް! މަންޖެ ހިތަށް އަރަނީ ކީކޭ؟ އަލުން ހައިނާ އާއި ފިރުޝާން ވާހަކަ ދައްކާނެތަ؟” މާނީ ޖަވާބު ނުދިނުމުން ޠާއިލް އަނެއްކާ ސުވާލު ކުރިއެވެ. “މަ މީ މާމޮޅައް ފިއުޗާރ އިނގޭ މީހެއްދޯ! މަށައް އިނގޭތަ؟” މާނީ ޖަވާބު ދިނުމުގެ ރާގުންވެސް އުނދަގު ވާކަން އިނގެއެވެ. “އާނ! މަންޖެ ތީ ހަމަ ފައްކާ ސުޕަހިޔުމަން އެއްނު!” “ހޫން މަމީ ސުޕަހިޔުމަންއެއް! ހިތްހަމަ ޖެހިއްޖެތަ؟” މާނީގެ ގާތަށް މިފަހަރު ވަނީ ހަމަ […]
ދެވަނަ އެޕިސޯޑުގެ ތެރެއިން.. “ހިނގާ ފްލޯރަލް ތީމް އަކަށް ޑެކަރޭޓު ކުރަން.. ފްލާވާރސް އާ ބަޓާރފްލައިސް ލައިގެން.. ވަރަށް ކިއުޓު ވާނެ..” ހައިނާ ހިޔާލީ ގޮތަކަށް އަތް ދެކޮލުގައި ޖައްސައިގެން އިނދެ ބުނެލިއެވެ. “ހައިނާ” ފިރުޝާން ގޮވާލިއެވެ. “ޔަޕް..”ހައިނާ ބުނެލިއެވެ. “ބޭބީކޮޅާ..މި އުޅެނީ އެކެއްގަތަ؟އޭނ ފްލާވާރ އޯ” *ހައިޝަން ބުނެލިއެވެ. *މިތާގައި ހައިޝަންގެ ނަމުގެ ބަދަލު ގައި އިންނާނީ ފިރުޝާންގެ ނަމެވެ. ތިންވަނަ އެޕިސޯޑު “ތިއަށްވުރެ ރަނގަޅުވާނެ ބެޓްމޭން ޖަންގިޔާ ބުރި ކުރުހިއަސް..ނޫނީ ސްޕައިޑާރމޭން ބޮކްސާ ކުރުހަން […]
އެއްވަނަ އެޕިސޯޑުގެ ތެރެއިން.. ދެމީހުން ވެސް އިރުކޮޅަކުން ދެލޯ ހުޅުވާލިއިރު ހަތަރު ކަޅު ވަނީ ސީދާ ވެފައިއެވެ. ހައިޝަންގެ އަތް އައިރީގެ އުނަގަނޑު ގައިވާ އިރު އައިރީގެ އަތުން ވަނީ ހައިޝަންގެ ޓައީގައި ހިފަހައްޓާފައިއެވެ. ދެމީހުންވެސް ވަށައިގެން ވާކަންކަމުގެ ހިޔާލެއް ނެތިފައި އޮވެވުނީ ދެލޮލަށް ގެއްލިފައިއެވެ. އެހާ ކައިރިން އައިރީގެ މޫނު ފެނުމާއިއެކު ފުރަތަމަ ފަހަރަށް އައިރީގެ ރީތި ކަމާއިމެދު ހައިޝަންއަށް ވިސްނާލެވުނެވެ. ހަމައެގޮތަށް އައިރީ ވެސް ހައިޝަންގެ މޫނުން ނަޒަރު ވަކިކޮށްލަން ބޭނުންނުވާ ކަހަލަ އެވެ. […]
“ޓްރީން…ޓްރީން”އެލާމު ގަޑި އެލާމުވާ އަޑަށް ނިދާފައި އޮތް އައިރީއަށް ހޭލެވުނެވެ. އެނދުގެ ހެޑްބޯޑު މަތީގައި އިން ސޯނާ ގަޑި އެލާމު ނުވާ ގޮތައް ހެދުމަށް ފަހު އައިރީ މޯޅި އަކަށް ދެމިލިއެވެ. އެއަށްފަހު އޭނާގެ ގައިގައި އޮތް ރަޖާގަނޑު ނެގުމަށް ފަހު ކޮޓަރީގައި ދިއްލާފައި ހުރި ފެހި ނިދާބޮކި ނިވާލާ އަލިގަދަ ބޮކިތަށް ދިއްލާލިއެވެ. އެވަގުތު އައިރީ ދެލޯ މަރާލީ ދެލޮލަށް އުނދަގޫ ވުމުންނެވެ. ދެން އައިރީ އަވަސްވެ ގަތީ ތަންމަތި ނަގާށެވެ. ރަޖާ […]
އޯތާރ ނޯޓު:- އަޅުގަނޑު މިހާރު އެއްޕާޓު ސަބްމިޓް ކޮށްފައިވާ ވާހަކަ “ފެންނަ ހިނދު” ވަޤުތީ ގޮތުން ހުއްޓާލަމެވެ.އެއީ މިވާހަކަ އަކީ އަޅުގަނޑު މާކުރިން ލިޔެފައިވާ ވާހަކައަކަށް ވާތީއެވެ.ދެން “ފެންނަ ހިނދު” މިވާހަކަ ކުރިޔައް ގެންދަން ކަނޑައަޅަނީ އަޅުގަނޑުގެ ރީޑާރްސްގެ ފީޑްބެކް އަންނަ ގޮތަކުންނެވެ.ރީޑާރސް ބޭނުންނަމަ “ފެންނަ ހިނދު” ވާހަކައިގެ ބަދަލުގައި މިވާހަކައިގެ ސީސަން2 ވެސް ގެނެސް ދެވިދާނެއެވެ.ތިކުދިން ވިދާޅުވި ގޮތެކެވެ. ****************************************************************** އައިރީއާއި ހައިޝަން އަކީ ގްރޭޑް އެކަކުން ފެށިގެން އެކުގައި ކިޔަވަމުން އައި ދެކުދިންނެވެ.އެހާ އެކުވެރި […]
“ހިތް އަވަސް ވާގޮތް ވިޔޭ…ބާރު ދޫވާގޮތް ވިޔޭ..މޭތެޅޭ ހެން ހީވިޔޭ..ވާގޮތެއް ވެސް ނޭނގެޔޭ..ލޯބި ވާހެން ހީވަނީއޭ.. ގެއްލިފާ ނިދިވެސް ވަނީ..ހާލު ބުނެދޭ ގޮތް ވަނީ..އިންތިޒާރޭ ކުރެވެނީ..ހިތް މަގޭ ކުދިކުދި ވަނީ..އިންތިހާޔައް ލޯބި ވެވުނީ..މަސްތުގައި މިހިތޭ ޖެހުނީ….” ******************************** އަހަރެންނަށް ދެލޯ ހުޅުވާލެވުނީ ކޮޓަރީގައި ޖަހާފައި ހުރި ލަވަ ނިވުމުންނެވެ. ކައިރީގައި އޮތް ފޯނު ނެގުމަށްފަހު ހުޅުވާލީ ޗާޖު ހުރިތޯ ބަލައިލުމަށްށެވެ. ފޯނުގައި ފުލް ޗާޖު އެބަހުއްޓެވެ.ދެން ބަލައިލެވުނީ ސްޕީކަރު ހުރި ދިމާޔަށެވެ. ސްޕީކަރު އަތައް ލައިގެން […]