ދެވަނަބައި ކާރުގެ ދޮރުހުޅުވައިފައި ނިކުތް ވިޝާލް މިސްރާބުޖެހީ ކާރުގެ އަނެއް ފަރާތާއި ދިމާއަށެވެ. ވިޝާލް ކާރުގެ ދޮރު ހުޅުވާލަމުން ނިކުތް އަންހެން ކުއްޖާފެނި ލައުރާގެ އަނގަމަތީގައި އަތްއެޅުނެވެ. *** “ޒިލާ..!!!” ލައުރާ ހައިރާންވެފައި ބުނެލިއެވެ. “ލައުރާ…!!!” ޒިލާވެސް ހައިރާން ކަމާއި އެކު ބުނެލިއެވެ. “ތިދެމީހުން ދަންނަންތަ..؟” ވިޝާލް ހައިރާންވެފައި އެހިއެވެ. “އޮފް ކޯސް.. އެންޑް ނުދަނެ ކިހިނެތްވާނީ.. ޒިލް އިޒް މައި ބެސްޓް ފްރެންޑް..” ލައުރާ އުފާވެފައި އެހިއެވެ. “މިއޮތް ހުރިހާދުވަހު ޒިލް ބުނީ ޝާލް އަކީ […]
ނާއިލާ ވިހަން އެމަޖެންސީކޮށް ވެއްދުނެވެ. ދެއާއިލާގެވެސް ބައެއް މެންބަރުން ބޭރުގައި މަޑުކޮށްލައިގެން ތިއްބެވެ. ފަލާޙާގެ ދެފައި އެއްތާކު މަޑެއް ނުވެއެވެ. ވިހަން ވެއްދިތާ ގަޑިއިރެއްފަހުން ރަޖައެއްގައި އޮޅައިލައިގެން ކުޑަކުޑަ ލޯބި އަންހެން ކުއްޖެއް ނެރުނެވެ. ” ފަލާޙާ!.. ދަރިފުޅަށް ހަތްދުވަސް ފާހަގަ ކުރުން ތިގޭގައި ދޯ ބާއްވާނި…” އެންމެން އެކުއްޖާ ނަގާ ފޮޓޯނަގާ ހަދައި ނިމުމުން ނަރުހުން އަނެއްކާވެސް އެދަރިފުޅު ގޮވައިގެން އެތެރެއަށް ވަނުމުން ޒުލޭޚާ ބުންޏެވެ. ” ޒުލޭޚާ ބޭނުން ގޮތެއް.. ހުޝާން ކޮންމެ ގޮތަކަށް […]
“މިލީ.. މީޓް މައި ބޯއިފްރެންޑް..” ޝައިހާ އެހެން ބުނެލުމާއި އެކު މިއްލީ ބަލައިލިއެވެ. މިއްލީ އާއި އޭނާގެ ހަތަރުކަޅި ހަމަ ވުމާއި އެކު ދެމީހުންނަށް އެއްފަހަރާ ލޯ ބޮޑުކޮއްލެވުނެވެ. “އިޝާންބެ.. ވާއު..” ދެވަނަ ސިކުންތުގައި އޭނާހުރީ އިޝާންގެ އަތުތެރޭގައެވެ. އިޝާންވެސް ހައިރާން ކަމާއެކު މިއްލީއޭ ބުނެލިއެވެ. އޭރު ލާމިއުއާއި ޒަޔާ އަދި މިޒްޔަލްވެސް އެމީހުންގެ ކައިރިއަށް އަންނަނީއެވެ. “އިޝާން..” ލާމިއުއަށް ވެސް އެހިސާބަށް އަރާ ހަމަވެފައި އިޝާން ފެނުމާއިއެކު ބުނެލެވުނެވެ. “މިލީ.. ޑޫ ޔޫ ނޯ ހިމް..” […]
” ލާއިސް!! އޭ!” އެ މީހާ އޭނާ އަށް ގޮވާލުމުން މަޑުމަޑުން ފަހަތަށް ބަލާލި އެވެ. ބަލާ ލުމާއެކު އެ ތާ އޮތީ ކާކު ކަން އޭނާ އަށް އިނގިއްޖެއެވެ. އެތާނގައި އޮތީ ލާއިސް ގެ ސިއްރު މަޙްލޫޤު ރިދަން އެވެ. ސަމާސާ ކުރުމުގެ އެއްވަނަ އެވެ. ” ހެހެހެ! ބިރު ގަންފަ ދޯ ތި ހުރީ ބިރު ކުޑަ ސޮރު! ރިދަން ހިނިގަނޑެއް ޖަހާލާފައި ބުނެލިއެވެ.” އޭ ރިދަން މަޖަލެއް ނޫނޭ! “މަ މި އައީ […]
4 ވަނަ އެޕިސޯޑް “ޒާރާ”ޝާލީ ގޮވާލިއެވެ.”ލައްބަ މަންމާ މިދަނީ”ޒާރާ ބުންޏެވެ.”ދަރިފުޅު ޕެކް ކޮއްްލާ މަންމަ މިއުޅޭ ގޭތެރެ މޮޕް ކުރަން.އިރުކޮޅަކުން އަންނާނެ ލިއު ދައްތަވެސް.”ޝާލީ ބުންޏެވެ.”ލައްބަ މަންމާ މި ދަނީ.”ޒާރާ އެހެން ބުނެ ދިޔައީ ޕެކް ކިރާށެވެ. ހަފްތާ އެއް ފަސް……. ދަރިފުޅާ މަޖާތަ މާމަ ރަށުގަ.ލައްބަ މަންމާ ވަރަށް މަޖާ.ދަރިފުޅާ ކޮބާ ބައްޕަ.ބައްޕަ އެބައުޅޭ މާާމަ އާ އެއްކޮށް ދަރު އުނދުން ޖަހަން.ދަރިފުޅާ ނަމާދުކޮށް ގުރުއާން ކިޔަވަން ތަ؟ލައްބަ ގުރުއާން ވެސް ކިޔަވަން ނަމާދު ވެސް […]
“އެދުވަސް އަލުން ލިބޭނެނަމައެވެ. އެދުވަހު އެގޮތަށް ނޫޅެވުނުނަމައެވެ. އެދުވަހު މަންމަގެ ބަސްއެހުނުނަމައެވެ. އެދުވަހު ނުދެވުނު ލޯބި މަންމައަށް ދޭން ލިބޭނެ ނަމައެވެ. ނަމަވެސް ނަމައަކުން ދެންވާނެ ފައިދާއެއް ނޯންނާނެއެވެ. އެދުވަސް އެނބުރިއެއް ނާންނާނެއެވެ. އެދުވަސް ހިނގައްޖެއެވެ. މިހާރު މީ އާދުވަހެކެވެ.” ހިތަށް އަރަމުންދިޔަ އެތައް ވާހަކަތަކުން ލިވާންގެ ދެލޯވަނީ ކަރުނުން ފުރިފައެވެ. ހުދު ބޯކިރު ކޮޅެއްފަދަ ސާފު ދޮންވެލިން ފުރިފައިވާ ރަށުގެ ތުނޑިއަށް ރާޅުތައް އައިސް ބީއްސާލާ އަޑަކީ ހިތްތަކަށް ހަމަޖެހުން ލިއްބައިދޭނޭ އަޑެކެވެ. ހަވީރުގެ މި […]
“ބައްޕައަަށް ކިހިނެތްވީ؟” ކުޑަކޮށް ޒާޔާއާއި ގާތަށް ޖެހިލައި ޒާޔާގެ ދަތްދޮޅީގައި ހިފަހައްޓައިލަމުން ލިއަމް އަހައިލިއެވެ. އޭރު ޒާޔާގެ ލޮލުން ފޭދެމުން ދިޔަ ކަރުނަތައް ލިއަމްގެ އަތްތިލައިގައި ބޮސްދެމުން ދިޔައެވެ. “ފެނުނީ.” ޒާޔާގެ އަޑު ބެދިގެން ދިޔައެވެ. “ވަޓް؟ ކޯއްޗެއް ފެނުނީ؟” ލިއަމްއަށް ޒާޔާ ކީ އެއްޗެއް ރަނގަޅަކަށް ސާފެއް ނުވިއެވެ. “އަހަންނަށް ފެނުނީ.. ބައްޕަ އެ ރެސް.. ރެސްޓޯރެންޓަށް ވަންނަނިކޮށް.” ވަރަށް އުނދަގުލުން ޒާޔާ އެ ޖުމުލަ ފުރިހަމަކުރިއެވެ. ޒާޔާ އެ ބުނި ޖުމުލައިން ނިހާން މާލޭއައީކަމަށް […]
(19 ސެޕްޓެމްބަރ 2020 އާ ގުޅޭ ) ކުއްލިއަކަށް އަތުގައި އޮތް ބެލްޓުން އަމްޖަދު އެލީން ގައިގައި ޖެހުނި ތަނެއްގައި ޖަހަމުން ދިޔައިރު މުޅި ގޭތެރޭގައި ގުގުމާލާފައިވީ އެލީންގެ ވޭނުން ފުރިގެންވި އަޑެވެ. ނަމަވެސް، އެކަމަށް އަޅައިލުމެއްނެތި އަމްޖަދު އޭނާ ގައިހުރި ބާރެއް ލާފައި ބެލްޓުން އެލީންގެ ގައިގައި ޖަހަމުން ދިޔައެވެ. ހިނދުކޮޅެއްފަހުން އަޑު މަޑުވަމުން ގޮސް އެއްކޮށް އެލީންގެ އަޑު ހިނދިގެން ދިޔައިރު ހުސްވުމެއްނެތް ކަރުނަތައް ދެލޮލުން ފައިބަމުންދިޔައިރު މަޑުމަޑުން އެ ނިކަމެތި އަންހެންކުއްޖާގެ ދެލޯ މެރިގެން […]
*’ހޫން ދެން ހެވޭ.. އޭތް.. މިތަނަށް ކިޔަނީ ކީކޭތަ އަނެއްކާ؟. ސަންސެޓް ޕާކް އޭތަ؟’ ނައިލީ ވާހަކަ ބަދަލު ކޮށްލުމުގެ ގޮތުން ބުނެލިއެވެ. އެއާއެކު އެތާ ތިބި ހުރިހާ ކުދިންތައް ހޭން ފެށިއެވެ. ‘ނޫނޭ ނައި.. ސެންޓްރަލް ޕާކޭ މީ.. ސަންސެޓް ޕާކެއް ނޫން..’ ހެމުން ހެމުން ޔޫލިން ބުންޏެވެ. އެއާއެކު ޔޫނުސް ކެމެރާ ތަކެއް ހިފައިގެން އައިސް އެކި ތަންތާގައި ބަހައްޓަން ފެށުމުން ހުރިހާ ކުދިންވެސް ވާހަކަ ދެއްކުން ހުއްޓާލިއެވެ.* ‘އޯކޭ އެހެންމަ ހިނގާ ދޯ މިގަޑީގެ ޝޫޓިންގ ފަށަން..’ ޔޫނުސް ހުރިހާ ކެމެރާ ތަކެއް އަތުރާ ނިންމާލުމަށް ފަހު އެކުދިންނާއި ކުރިމަތި ލިއެވެ. ކަޅު ކުލައިގެ ގަމީހަކާއި ފަޓުލޫނަކާއި އެއްކޮށް ބޮލުގައި ބޭސްބޯލް ތޮތްޕެއް އަޅައިގެން ހުރުމުން އޭނާގެ ފިރިހެން ވަންތަކަން ހާމަ ވެއެވެ. ދޭތެރެ ދޭތެރެއިން އޭނާ ދިޔައީ އޭނާ އަޅައިގެން ހުރި ރޯލެކްސް ގަޑި އަށް ބަލަމުންނެވެ. ‘އޯކޭ ހިނގާ.. މިހާރު ދިހައެއް އެ ޖަހަނީ.. 12 ޖަހާ އިރު މާލެ ދާން ވާނެ ދޯ..’ ނަވްރީންގެ އިސްތަށިގަނޑާއި ކުޅެމުން ޔޫލިން ވާހަަކަ ދެއްކިއެވެ. ‘އެ ކީއްކުރަން މާލެ ދަނީ؟’ ޔޫނުސް މޫނުމަތީގައި އަވި އައިނު އަޅައިލަމުން ޔޫލިން އާއި ދިމާލަށް ބަލަމުން ބުނެލި އެވެ. ‘އަޅެ ޔޫނުސް ނޭނގޭތަ؟ ޔޫލިން އަށް އަބަދުވެސް ހުރެވޭނީ ބަނޑުހައިވެގެން އެއްނުން.. ޔަގީން އެ އުޅެނީ އަހަރެމެން ގޮވައިގެން މެކް ޑޮނަލްޑްސް އަށް ގެންދަންކަން..’ ނިޒްކާ ބޮލުގައި އަތް އަޅައިލިއެވެ. ‘އެހެން ދޯ.. އެކަމު މެކްޑޮނަލްޑްސް އަކަށް ނެތޭ ދެވޭކަށް..’ ޔޫނުސް ހިނިއައިސްހުރެ ބުނެލިއެވެ. ‘އެއީ؟’ ލިބުނު ސިހުމުގައި ހުރިހާ ކުދިންނަށް ބުނެވެވުނެވެ. ޔޫލިން ނަވްރީންގެ އިސްތަށިގަނޑަށް ދަމާލެވުނެވެ. ‘އައްދޯތް..’ ޔޫލީންގެ އަތް ނައްޓުވަމުން ނަވްރީން ބާރަށް ބުނެވެވުނެވެ. ‘އޫޕްސް..’ އަނގަމަތީ އަތް އަޅަމުން ޔޫލީން ނަވްރީން ގެ ކިބައިން މާފަށް އެދުނެވެ. ‘ކީއް ވެގެން ޔޫނުސް ތި ހެނީ؟ ތިހާ ބޮޑު އިއުލާނެއް އަދި ދުވަހަކު ވެސް ނުކުރޭ؟ ދެން މިފަހަރަު ކީއްވެ މެކް ޑޮނަލްޑްސް އަށްނުދެވެނީ؟’ ޔޫލީން އަނެއްކާ ވެސް ވާހަަކަ ދެއްކިއެވެ. ނަމަވެސް ޔޫނުސް އަށް ޖަވާބެއް ދެވޭވަރު ވީ އޭގެ ތިން މިނެޓު ހާއިރު ފަހުންނެވެ. ‘އެއީ..އެއީ ރާއްޖޭގަ އަދި މެކް ޑޮނަލްޑްސްގެ ބްރާންޗް އެއް ނެތީމަ.. މުސްތަގުބަލުގައި ދެވިދާނެ ކަންނޭގެ ދިރި ހުރިއްޔާމު.. ހަހަހަ.. އަހަންނަށް ހެވެނީ ތި ކުދިންނަށް ވީ ގޮތް ފެނުނީމަ.. ހަހަހަހަ..’ ޔޫނުސް އަށް ހެވޭވަރުން ބަސްތައް އައީ ބުރިބުރި ވެގެންނެވެ. އޭނާ ހެމުން ދިޔައީ އެހާވެސް ގަދައަށެވެ. ބާރަށެވެ. އެއާއެކު އެހުރިހާ ކުދިން މޫނު ކުނި ކޮށް ތުން އޫ ކޮށްލިއެވެ. ‘ދެން ހޭ ވަރު ކަމެއްތަ.. ޔޫނުސް ދާން ބޭނުން ވާ ތަނަކަށް ނުދެވިއްޖެޔާ ޝުޑް ވީ ލާފް ޓޫ؟’ އީނާލް އިރުކޮޅެއް ފަހުން ވާހަކަ ދެއްކިއެވެ. އެއާއެކު ޔޫނުސް އަވަސް އަވަހަށް ހުނުން ހުއްޓާލައިފައި ކެމެރާ އަކާއި ދިމާލަށް ހިނގައިގަތެވެ. ‘އެ އަނގަ ބަންދު ވީ.. މައި އެލެފެންޓް ވާ މޮޅު..’ އަތް ތިލަ ބަޑި ޖަހާލަމުން ނައިލީ ވާހަކަ ދެއްކި އެވެ. ‘އެލެފެންޓޭ؟ އަހަންނަށްތަ ތިގޮވީ؟’ މިފަހަރު ލޯ ބޮޑު ކޮށްލަން ޖެހުނީ އީނާލް އަށެވެ. ނައިލީ އެއްޗެކޭ ނުބުނުމުން އީނާލް އޭނައާއި ދިމާލަށް ދޫ ނެރެލިއެވެ. އެހެންނަމަވެސް ނައިލީ އެކަމެއް ވީކަމަކަށް ވެސް ނެހެދިއެވެ. ‘ހޫން ނެސްޓަމް އޭ ގޮވީމަ ދޯ… އަދިވެސް ގޮވާނަން..’ އީނާލް އަކީ ގޮތް ދޫނުކުރާ ކުއްޖެއްކަމުން ނައިލީ އަށް މިފަހަރުވެސް ރައްދުދިނެވެ. ‘ހޫން ގޮވާބަ.. ނައިވެސް އެލެފަންޓުއޭ ކިޔާފަ ގޮވާނީ..’ ނައިލީ ވެސް އޭނައަށް ރައްދު ދިނެވެ. ދެކުދިން ޒުވާބު ކުރަމުން ދިޔަ އިރު ޔޫނުސް ކެމެރާ ޖައްސާލުމަށްފަހު ލަވަ ޖަހާލިއެވެ. އެއާއެކު އެދުވަހުގެ ޝޫޓިންގް ފެށުނެވެ. ހަމައެހެންމެ ޕާކުގައި ވަގުތު ހޭދަ ކުރަމުން ދިޔަ މީހުން ދުރުން ނަމަވެސް ފޮޓޯ އާއި ވީޑިއޯ ނަގަމުން ދިޔައެވެ. ނަމަވެސް މީހުން ގިނަވާން ފެށުމުން ބަންގްޓަން ގަރލްސް ގެ މުއައްޒަފުންނަށް މަޖުބޫރުވީ އެތާ ތިބި މީހުން ފޮނުވާލުމަށެވެ. މީހުންތައް ދިޔުމުން އަނެއްކާވެސް ޝޫޓިންގ ކުރިޔަށް ދިޔައެވެ. ބަންގްޓަން ގަރލްސްގެ ޝޫޓިންގް ކުރިޔަށް ދާ ވަގުތު އެކުދިންގެ ތައާރަފަކަށް ދަމާ ހެއްޔެއެވެ. މިކުދިންނަށް ދޮން ހަންގަނޑަކާއި ހިމަ ތޮޅި ހަށިގަނޑެއް ލިބިފައިވެއެވެ. އެ ކުދިންގެ ދޮން މޫނުގައި އިރު އިރު ކޮޅާ މާނަވީ ހިނިތުންވުމެއް ކުޅެލައެވެ. ބަލައިލާ ކޮންމެމީހަކަށް ވެސް މިކުދިންނަކީ އުފާވެރި ކުދި ބައެއްކަން ދެނެގަންނާކަށް އުނދަގުލެއް ނުވާނެއެވެ. ލަވްޒާ އަކީ މިއަށް އަންހެން ކުދިންގެ ތެރެއިން އެންމެ ބޮޑަށް ހުންނަ ކުއްޖާއެވެ. އުމުރުން 20 ގެ ލަވްޒާ އަކީ ވަރަށް އާދައިގެ އާއިލާ އަކުން އައިސްފައިވާ ކުއްޖެކެވެ. މައިންބަފައިންނަށް ލިބުނު 3 ކުދިންގެ ތެރެއިން އެންމެ ދޮށީ ކުއްޖާއެވެ. ލަވްޒާ އަކީ ކިޔެވުމުގައިވެސް ބޮޑެތި ކުރި އެރުން ތަކެއް ލިބިފައިވި ކާމިޔާބީ ދަރިވަރެކެވެ. އަދި އުމުރުން އެންމެ ފަނަރަ އަހަރުގައި އޭނާ ބަންގަޓަން ގަރލްސް އަށް ވަނީ ގިނަ ގުނަ އުންމީދު ތަކަކާއި އެކު އެވެ. އެކަމުގެ ފޮނި ނަތީޖާވެސް ދިޔައީ ފެނިގެންނެވެ. 2016 ވަނަ އަހަރުގެ ޖީސީ އޯލެވެލް އިން އެކައުންޓިންގ ދާއިރާ އިން މުޅި ދުނިޔެއިން ދެވަނަ ވަނީ ލަވްޒާ އަށް ލިބިފައެވެ. މަޑުމައިތިރި މިޒާޖެއް ލިބިފައިވާ ލަވްޒާ އަކީ މިހާރު އޭނާއަކީ ބަންގޓަން ގަރލްސް ގެ އިސް ލަވަ ކިޔުންތެރިޔާއެވެ. އިނގެރޭސިން ބުނާނަމަ ‘މެއިން ވޯކަލިސްޓް’ އެކެވެ. ލަވްޒާ އާއި ޖެހިގެން ހުންނަނީ ޒައިނީ އާއި ނިޒްކާއެވެ. ދެކުދިންނަށް ވެސް 19 އަހަރެވެ. އެހެންނަމަވެސް ޒައިނީ ނިޒްކާ އައްވުރެން ބޮޑު ވާނީ ތިން މަސް ދުވަހެވެ. އެހެންކަމުން ދެން ޖެހިލާނީ ޒައިނީ އަށެވެ. އުމުރުން15 އަހަރުގައި މި ބޭންޑް އަށް ވަން ޒައިނީ އަކީ މަޖާ މިޒާޖެއްގެ ވެރިއެކެވެ. މުއްސަނދި އާއިލާ އަކުން އައިސް ފައިވާ ކުއްޖެއް ކަމުން އޭނާ ބޮޑު ވީ އޭނާއަށް ބޭނުން އެއްޗެއް ލިބެމުންނެވެ. ގިނަ މުއްސަނދި ކުދިންނާއި ޚިލާފަށް ޒައިނީ އަކީ އޭނާއަށް ލިބޭ ރިޒުޤަށް ޝުކުރުވެރިވާ ކުއްޖެކެވެ. އެއްވެސް ކަހަލަ ބޮޑަ ވެރިކަމެއް ނުގެންގުޅެއެވެ. ކިޔެވުމަށް ފަރުވާތެރި އެވެ. ރަހުމަތްތެރިން ގިނައެވެ. މައިންބަފައިންނާއި ކޮއްކޮ މެންގެ ލޯބި އިންތިހާ އަށް ލިބިފައެވެ. 2017 ވަނަ އަހަރުގެ އޯލެވެލް އިން ޤައުމު ފެންވަރުގެ ވަނަ އެއްނުލިބުނަސް، އޭނާއަށް ވަނީ މުޅި ސްކޫލުގެ ޓޮޕް 10 ގައި ހިމެނިފައެވެ. އެތުލެޓިކްސްގެ ދާއިރާ އިން ވެސް އޭނާއަށް ވަނީ އެހާމެ ގިނަ އަދި ފަޚުރުވެރި ކާމިޔާބީތަކެއް ލިބިފައެވެ. ދެން ނިޒްކާ އަށް ޖެހިލަމާ ހެއްޔެވެ. ނިޒްކާގެ ތަޢާރަފެއް ވާނީ ޕާޓް 1 ގައި ގެނެސް ދީފައެވެ. ނަމަވެސް ކުޑަ އަލިއަޅުވާލުމަކަށް ދަމާތޯވެ. އުމުރުން14 އަހަރުގައި ބަންގްޓަން ގަރލްސް އަށް ވަން އިރު އޭނާ އަށް ވަނީ އެކި އެކި އިންޒާރު ތަކާއި ކުރިމަތި ލާން ޖެހިފައެވެ. އެކަންކަމަށް އަޅާނުލާ އޭނާ ދިޔައީ ގަދަ އަޅައި މަސައްކަތް ކުރަމުންނެވެ. އެކަމުގެ ފޮނި ނަތީޖާ އޭނާއަށް ވަނީ ލިބިފައި އެވެ. އޯލެވެލް އިން ގަދަ 10 ގައި އޭނާގެ ނަން ރަން އަކުރުން ފަވާލެވިފައިވަނީ އެއް ވަނައިގައެވެ. މައިންބަފައިންގެ ބަސްއެހުމުގެ ވެސް ނަތީޖާއެވެ. *ނުނިމޭ*