މި ވާހަކައިގެ ޓްރެއިލަރ އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ވަރަށް އަވަހަށް އަޕް ކޮއްލާނަން… އިންތިޒާރު ކޮށްލައްވާ..!
ރޭ ހުޝާންއާ އެއްކޮށް ބޭރަށް ދިޔަފަހުން ހުޝާންގެ ޚަބަރެއް ނުވެއެވެ. އެތައް ފަހަރަކު ގުޅާވެސް ލެވިއްޖެއެވެ. މެސެޖުވެސް ކޮށް ހެދިއްޖެއެވެ. އެންމެ ފަހުން ނައިލާ އެފްބީއިން ހުޝާން އޮންލައިންގައި ހުރިތޯ ބަލައިލިއެވެ. ހުޝާން އޮންލައިންގައި ހުރިތަން ފެނުމުން ނާއިލާ މެސެޖު ކުރިއެވެ. ނަމަވެސް ހުޝާން އެމެސެޖުތައް ބަލައިވެސް ނުލިއެވެ. ނާއިލާގެ ހިތައް ވަރަށް ބޮޑަށް ތަދުވަމުން ދިޔައެވެ. ހުޝާން ކަމަކާ ހިތްހަމަ ނުޖެހުނަސް ނުބުނާނަމަ އޭނާއަކަށް ނޭގޭނެ ނޫން ހެއްޔެވެ. ރޭގަ އޭނަ ގެއަށް ލާދޭން އައިރުވެސް […]
ކޮންމެއަކަސް ނުގުޑާފަދަ ވަރުގަދަ ޢަޒުމެއް ހިތުތެރޭ އަށަގަންނުވަމުން ލިއަމް އޭނާގެ ފޯނު ހިފައިގެން މިޞްރާބު ޖެހީ ދަރުމަވަންތަ ހޮސްޕިޓަލާއި ދިމާލަށެވެ. “އައްސަލާމް ޢަލައިކުމް.” ދަރުމަވަންތަ ހޮސްޕިޓަލަށް ވަދެ ރިސެޕްޝަން ކަައިރިއަށް ގޮސް އެތަނުގައި އިން އަންހެން ކުއްޖާ އަށް ބަލައިލަމުން ލިއަމް ސަލާމް ގޮވައިލިއެވެ. އެކުއްޖާ ސަލާމް ބަލައިގަންނަމުން ހަދައިދޭންވީ ކިހިނެތްތޯ އަހައިލިއެވެ “މީ މި ހޮސްޕިޓަލަށް މީގެ އިރުކޮޅެއް ކުރިން އެމަރޖެންސީކޮށް ގެނައެއްނޫންތޯ އަންހެން ކުއްޖެއް؟ އެކުއްޖާ ބާއްވާފަ އޮތީ ކޮން ފްލޯއެއްގަ ހުރި ކޮން […]
* ޒައިލީން އަވަހަށް އެ ޕޭޕަރބޭގް ކަނޑާލިއެވެ. އެތެރޭގައި އޮތް އެތި ފެނިފައި ރަވިކާން ކޮށިއެރިއެވެ. އަލްޔާ އާއި ޒައިދާންވެސް ގުދުވެލާފައި އެތެރެއަށް ބަލާލިއެވެ. ހެއިލަންވެސް ބޯ އަރިކޮށްލިއެވެ. “މީ.. މީ…….” ހައިރާންވެވުނު ވަރުން ޒައިލީންގެ ދޫ ހަރަކާތެއް ނުކުރިއެވެ. ޒައިލީން މަޑުމަޑުން އެތެރޭގައި އޮތް އެތި ނެގިއެވެ. * އޭގެ ތެރޭގައި އޮތީ އޮޅާލާފައި އޮތް ގަނޑުކޮޅެކެވެ. ޒައިލީން ހައިރާންވެފައި ހުރެ ގަނޑުކޮޅު ނެގިއެވެ. އެ ގަނޑުކޮޅު އޮތް ކުލައަށް ބަލާލާފައި ރަވިކާން ޒައިލީންގެ އިސްތަށިގަނޑަށް […]
ލުމާ ވަނީ ހިޔާލުތަކުން ސިކުނޑި ފުރިފައެވެ. ތިއްތި އެބުނާ ދިރިއުޅުމުގެ ހިތްހަމަޖެހުން ލިބޭނީ ދެން ކިހިނެއް ހެދުމުން ހެއްޔެވެ. ވިސްނެމުންދަނީ އެ ހިތްހަމަޖެހުމަކީ ކޮބައިތޯއެވެ. އޭނަ ނާހިދުއާވެސް ވާހަކަ ދައްކާލުމުން ހިތްހަމަޖެހުން ލިބެއެވެ. ދެން ތިއްތި މިކިޔާ އެއްޗެއް ނޭނގުނެވެ. އެއީ ހިލޭ ފިރިހެނަކަށް ވީމަ ހެއްޔެވެ؟. އެކަމަކު ހިލޭ މީހަކާ ވާހަކަ ނުދައްކާ ކައިވެންޏަކާ ހަމައަށް ދެވޭނީ ކިހިނެއް ހެއްޔެވެ؟.. އަނެއްކާ މައިންބަފައިން ދައްކާ މީހަކާ ކައިވެނި ކުރުން ހެއްޔެވެ؟.. އެހެން ވެއްޖިއްޔާ ތިއްތި މިކިޔަނީ […]
ބަނދަރުމަތީގައި ވެސް މީހުންތައް ދައްކަނީ ހަމަ ޒާޔާގެ ވާހަކައެވެ. ޒާޔާ އެންމެ ފަހުން އޭނާގެ ދެކަންފަތުގައި އަތް އަޅައިފައި ހާމައަށް ބޮޑު ކަނޑަށް ފުންމައިލިއެވެ. “އޭތް އޭތް. ތި ސައިކު މަޑުކޮށްބަ.” ސައިކަލު ދުއްވަން އިން ނޫމާންގެ ކޮނޑުގައި ތަޅައިގަންނަމުން ހަސްނައިން އަވަސްކޮށް ބުންޏެވެ. ނޫމާން ކިހިނެތްވީހޭ ބުނަމުން ސައިކަލުގެ ބުރަކި ޖައްސައިލިއެވެ. އެއާއިއެކު ހަސްނައިން ދުވެފައި ގޮސް ކަނޑަށް ފުންމައިލިއެވެ. “އޭތް ހަސްނައިން. މޮޔަވީތަ!” ހަސްނައިން ގޮސް ކުއްލިއަކަށް ކަނޑަށް ފުންމައިލުމުން ނޫމާން ގާތަށް ރުޅި […]
މަގުމަތީގެ އެއްފަރާތަކުން އެއްވަރަކަށް ކުރިއަށް ދިޔަ އެ އަށް އަންހެން ކުދިންނަށް މަގުމަތީގައި ހުރި ހުރިހާ ބައެއްގެ ނަޒަރު ވަނީ ހުއްޓިފައެވެ. އެއްބައި މީހުން އެ ކުދިންގެ އޮޓޯގްރާފް ހޯދަން ދިޔައިރު އަނެއްބައި މީހުން ދިޔައީ އެކުދިންނާއި އެކީ އެންމެ ފޮޓޯއެއް ނަމަވެސް ނެގުމުގެ ޝަރަފް ލިބޭތޯއެވެ. ހިތްތައް ކަތިލާ ފަދަ ރީތި ހިނިތުންވުމަކާއި އެކީ އެއިން ކޮންމެ ކުއްޖަކުވެސް އަންނަ ކޮންމެ މީހަކަށް އޮޓޯގްރާފް ލިޔެދެނީ ހިތްހެޔޮ ކަމާއި އެކީގައެވެ. ތަފާތު އެކި މީހުންނާއި އެކީގައި […]
“ހަހަހަހަ… ބަލަން ހުރޭ. އިން އަ ފިއު ސެކެންޑްސް ޒާޔާގެ މުޅި ދިރިއުޅުން އެއްކޮށް….. ރުއިންޑް…. ހަހަަހަހަ.. ކްލެވަރ ޖަމީލާ.” ކުރެވުނު ކަންތަކާއި މެދު ފަޚުރުވެރިވެފައިވާ ޙާލު ޖަމީލާ ނުލަފާ ވައްތަރަކަށް ހިނިތުންވެލިއެވެ. ކޮޓަރީގައި ފޯނާއި ކުޅެން އޮތް ޒާޔާ ސިހިގެން ދިޔައީ އެ ކޮޓަރި ދޮރު ބާރަކަށް ހުޅުވުނު އަޑަށެވެ. ޒާޔާއަށް ފުރަތަމަ ހީކުރެވުނީ އޭނާގެ ބައްޕަ އަށް ހުރިހާ ކަމެއް އެނގުމުން އައި ރުޅިން ބާރަށް ދޮރު ހުޅުވީ ކަމަށެވެ. އެހެނަސް ކުރިމަތީގައި ޖަމީލާ […]
ހެނދުނުގެ ވަގުތެވެ. މިއްލީ އިނީ ގޭގެ ބަގީޗާގެ ބެންޗެއްގައި ކޮފީއެއް ބޯށެވެ. އޭރު ގަޑިން ނުވައެއް ޖަހަނީއެވެ. އިރުކޮޅެއް ނުވެ ލާމިއުވެސް ކޮފީއެއް ހިފައިގެން އައިސް ބެންޗްގައި އިށީނެވެ. ދެމީހުން ވެސް ވާހަކަ ދައްކަމުން ދިޔައީ ލާމިއުގެ ކައިވެނީގެ ވާހަކައެވެ. ކުއްލިއަކަށް ލާމިއު އެހި ސުވާލަކުން މިއްލީ ކޮށިއެރިއެވެ. “މިލީ.. ޑޫ ޔޫ ލައިކް މިޒްޔަލް؟” ލާމިއުގެ ސުވާލަކީ އެއީއެވެ. “ދޮންބޭ.. ވަޓް ހެޕެންޑް؟” މިއްލީ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ލާމިއުގެ ގާތުގައި ވީ ގޮތް […]