ކޮންމެ މީހަކީވެސް ހަޔާތުގައި ތަފާތު ކަންތައްތަކަކާ ކުރިމަތިލާން ޖެހޭނެ މީހެކެވެ. އަބަދު އޮއްގޮތަކަށް ހުރިހާ ކަމެއް ނޯވެދާނެއެވެ. ބައެއްފަހަރު ކަންތައްތަކާ ކުރިމަތި ލާން ޖެހޭނީ އެކަމަށް އެއްގޮތަކަށްވެސް އުއްމީދު ކޮށްގެން ހުންނަ ދަނޑިވަޅެއްގަ އެއް ނޫނެވެ. ބައެއް ކަންކަމަކީ މީހާ އެކަމާ ކިތައްމެ ތައްޔާރު ނޫން ނަމަވެސް ކުރިމަތިނުލާ ނުވާނެ ކަންކަމެވެ. މިއީ ދުނިޔޭގެ އާދައެވެ. ހިތާމަތަކާ އުފާތަކެވެ. ތަފާތު މީހުން މިކަންކަމާ ކުރިމަތިލަނީވެސް ތަފާތުކޮންނެވެ. މާ ބޮޑަށް މާޔޫސްވުމުން ބައެއް މީހުން ހިތްވަރުދޫކޮށްލައެވެ. ދިރިއުޅެން އުނދަގޫ […]
އައި ރުޅީގައި މާއިން ކަންފަތްމައްޗަށް ހޫނު އެތިފަހަރެއް ވީއްލައިލިއެވެ. ” މަންމަ އާ ތިހެން ތަ ވާހަކަ ދައްކަނީ..” މަނިކުގެ ހަޅޭއްލަވައިގަތެވެ. ” އޭ އަހަރެންގެ މަންމަ އެއް ނޫން.. ކިތައްފަހަރު ބުނާނީ އޭ އަހަރެންގެ މަންމަ އެއް ނޫނޭ.. އަހަރެންގެ މަންމަ އަށް ކިޔަނީ ޒާހިދާ ނަސީމް..” އެއަށްވުރެ ބާރަށް މާއިން ބުންޏެވެ. އެއަށްފަހު ބާރުބާރަށް ގޮސް ކޮޓަރިއަށްވަނީ މަނިކު ގޮވަގޮވާ ހުއްޓައެވެ. އެދިޔަ ގޮތައް ގޮސް ޖެހުނުހާ ބާރަކަށް ދޮރު ޖެހިއެވެ. ދެން އެއަށްފަހު […]
” މާއިން.. މާއިން.. މާއިން.. މާއިން” އެއްވެފައިވާ މީހުންގެ އަޑުން އިވެމުން ދިޔައީ އެންމެ ނަމެކެވެ. ދޭސީންގެ އިތުރުން ގިނަ އަދަދެއްގެ ބިދޭސީންވެސް އެތަނަށް ޖަމާވަމުން ދިޔައީ ހަމަ އެންމެ ބޭނުމަކުއެވެ. އެ އެންމެންގެ ލޯބިވާ މާއިންގެ އަޑު އަހާލުމުގެ ބޭނުމުގައެވެ. އާއެނކެވެ. މާއިން އަކީ ރާއްޖޭގެ ނަން މަޝްހޫރު ލަވަކިޔުންތެރެއިން އެކަކެވެ. ގިނަ ބައެއްގެ އަދި ޚާއްސަކޮށް ޒުވާން އަންހެން ކުދިންގެ ލޯބި ލިބިގެންވާ ކުޅަދާނަ ފަންނާނެކެވެ. އުމުރުން އެންމެ ފަންސަވީސް އަހަރުގައި މާއިން އަށް […]
މެރިފައިވާ ދެލޯ މަޑުމަޑުން ހުޅުވުނެވެ. ފެންނަމުން ދިޔައީ ފުސް މަންޒަރު ސާފުވާން ފެށީ ދެތިންފަހަރު އެސްފިޔަ ޖަހާލުމުންނެވެ. އެއަށްފަހު މަލްދާއަށް މިއޮވެވުނު ތަނާމެދު ވިސްނާލެވުނެވެ. ބޮޑަށް ލަފާ ކުރެވެނީ ހަދަން ފަށާފައި ހުރި އިމާރާތެއް ހެންނެވެ. މަލްދާ ތެދުވަން މަސައްކަތް ކުރަނިކޮށް ބޮލަށް އެރި ތޫނު ތަދުން އަނެއްކާވެސް އެ އޮތް ތަނަށް ތިރިވިއެވެ. ބޮލުގައި ރިއްސާވަރުން ކެތް ނުވެގެން ދެއަތުން ބޮލުގައި ބާރަށް ހިފަހައްޓާލިއެވެ. ބިރުންގޮސް މަލްދާ ހިތްބާރުބާރަށް ތެޅެމުން ދިޔައެވެ. އޭނަ މިތަނަށް ގެނައީ […]
މަޑު ހިނގުމެއްގައި ގޮސް ކޮޓަރިއަށް ވަނެވެ. އާރްޔަން އެގަޑީ ގޭގައި ނޫޅެނީ ނަސީބެކޭ މަލްދާގެ ހިތައް އެރިއެވެ. ސާރާގެ ދުލުން ބޭރުވަމުން ދިޔަ ހުރިހާ ޖުމްލައެއްހެން މަލްދާގެ ސިކުނޑި ތެރޭގައި ގުގުމަމުން ދިޔައެވެ. މަލްދާ އަކީ ހަމަ އެހާ ގޯސް ކުއްޖެއް ހެއްޔެވެ. ހަޔާތުގައި އެންމެ އިތުބާރު ކުރި ދެމީހުންގެ ފަރާތުން މަލްދާއަށް ލިބުނީ ކެއްސެވެ. ދެން އިތުރަށް އިތުބާރު ކުރާނީވެސް ވަކި ކާކަށްހެއްޔެވެ؟ އަޒްހާން އޭނަ ކައިރީ އެހެދީ ހުސް ދޮގުހެއްޔެވެ؟ އަޒްހާން ދުވަހަކުވެސް މަލްދާ […]
” އެހެމް އެހެމް…” ސާރާ ކޮޓަރިއަށް ބޯދިއްކޮއްލުމަށްފަހު މަލްދާ ގޮވާލިއެވެ. ” ކިހިނެތްވީ..” މަލްދާ ފެނުމުން ސާރާ ފެނުމުން ސުވާލު ކޮއްލިއެވެ. “ބަލަ.. މަލް އަންނަން ޖެހެނީ ކަމަކުތަ؟ އަލީ ކައިރިއަށް ނުދެވިގެން ދޯ ލަސްވެގެން ތިއުޅެނީ؟…” ފުރަތަމައިނުންވެސް މަލްދާ އަލީގެ ވާހަކަ ފެށިއެވެ. ” މަލް….” ސާރާ އަށް ދެލޯ ބޮޑުކޮއްލަމުން ގޮވާލެވުނެވެ. އެއަށްފަހު ހީހީފަ ދެ އެކުވެރިން ވަރަށް ގިނައިރު ވާހަކަ ދެއްކިއެވެ. ސާރާ ކިތައްމެ މަނާ ކުރިނަމަވެސް މަލްދާ އަލީ އޭ ކިޔައިގެން […]
” ވަޓް ދަ ހެލް..” ފިނިފެންއެތި މޫނުގައި ޖެހުމާއެކު ފުންމައިގެން ތެދުވި އާރްޔަންގެ ދުލުން ބޭރުވިއެވެ. ކުރިމަތީގައި މަލްދާ ހެވިދިއްލިފައި އިންތަން ފެނުމުން އައިއްސަ ހުރި ރުޅިގަނޑު އައި ނައި ތަނެއް ނޭނގި ގެއްލިއްޖެއެވެ. ” މީ އަދި ފެށުން… ” މިހެން ބުނެލުމަށްފަހު އަނެއްކާވެސް މަލްދާ ތައްޔާރުވާން ދިޔައެވެ. އާރްޔަން ދެފަރާތައް ބޯހޫރުވާލުމަށްފަހު ތެދުވީ ދެންއިތުރަށް ނިދަން ނޯންނަންވެގެންނެވެ. ކައިވެނީގެ ފުރަތަމަ ދުވަހު އަނބިމީހާގެ ފަރާތުން މި ލިބުން ހަދިޔާ އާރްޔަން ދުވަހެއްގެ ކޮޅުންވެސް ހަނދާން […]
” އަނބި ގަބޫލުކޮއްފިން…” އާރްޔަންގެ ދުލުން މިހެން ނިކުތުމާއެކު އިސްޖަހާލައިގެން އިން މަލްދާއަށް އާރްޔަން އާއި ދިމާލަށް ބަލައިލެވުނެވެ. އާރްޔަންވެސް މަލްދާއާއި ދިމާލަށް ބަލައިލީ އެވަގުތެވެ. އާރްޔަންގެ މޫނުމަތިން ފެންނަނީ ލޯތްބެވެ. އާރްޔަން ހީކުރީ މަލްދާވެސް އާރްޔަން ދެކެ ލޯބިވާކަމެވެ. މަލްދާގެ ހިތުގައި ފޮރުވިފައިވާ ނަފުރަތު އިނގޭ ދުވަހަކުން އެހިތައް ކުރާނީ ކޮންކަހަލަ އަސަރުތަކެއްބާއެވެ. ކައިވެނީގެ ކުޑަކުޑަ ހަފްލާ ނިންމާލުމަށްފަހު މަލްދާ އިނީ އޭނައާއި އާރްޔަން އަށް ހާއްސަ ކުރެވިފައިވާ ކޮޓަރީގައެވެ. އިރުކޮޅެއް ވަންދެން ޒީނަތްތެރި ކުރެވިފައިވާ […]
” އަހަރެން އާރްޔަން އާ އިންނަން ގަބޫލު..” ނަފީސާގެ ވާހަކަ މެދުކަނޑާލުމާއެކު،ލޮލުން ފައިބަމުން ދިޔަ ކަރުނަ އަތުގެ ނުފުށުން ފުހެލަމުން މަލްދާ ބުންޏެވެ. ” ދަރިފުޅަށް ކިހިނެތް އިނގުނީ..” ނަފީސާ އިނީ ހައިރާން ވެފައެވެ. ” އަސްމައްތަ މިއަދު ދެއްކި ވާހަކަތައް އަޑު އިވުން.. ބުނޭ މަލް ކައިވެނި ކުރަން ތައްޔާރަށޭ ހުރީ..” މިވާހަކަ އަޑު އިވުމާއެކީ ނަފީސާގެ މޫނަށް އުފާވެރިކަން ވެރިވިއިރު ދުރުގައި މިވާހަކަތައް އަޑުއަހަން އިން ސާރާގެ ފައިދަށުން ހީވީ ބިންގަނޑު ދަމައިގެންހެންނެވެ. ދެލޯ […]