ތިޔަ ލޯބި އަދު ލިބޭނެބާާ 2

- by - 48- September 13, 2020

ސާރާ އަށް ބުނެވުނީ އެހާހިސާބަށެވެ. ސާރާ އަށް ވީގޮތް ފެނިފައި މަލްދާ، ސާރާ ބަލަހައްޓައިގެން އިން ދިމާލަށް ބަލައިލިތަނާ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. “ބައްޕާ…” މަލްދާ އަށް ބުނެވުނީ އެހާ ހިސާބަށެވެ. ބިރުން ދާހިއްލަން ފެށީ މަދު ސިކުންތުކޮޅެއް ތެރެެއެވެ.

“ނަފީީސާާ!! ނަފީސާ!!” މުޅި ގޭތެރެ ގުގުމައިގެން ދިޔައީ ޚާލިދުގެ ހަޅޭކުގެ އަޑުންނެެވެ. “ކިހިނެއްވީތަ؟….. މަލްްދާ؟” ކޮޮޓަރިން ނުކުއިން ނަފީސާއަށް ޚާލިދާއި އޭނަގެ ފަހަތުން ގޭތެރެެއަށް ވައިން މަލްދާ ފެނުމުން ވީ އަމަށަކު ހައިރާނެއް ނޫނެވެ. ” ނަފީސާ އަށް އިނގޭތަަ މީނަ ނުކުއިންކަން؟ ނަފީސާއަށް ވަރަށް ރަނގަޅަށް އިނގޭނެ ވަރަށް ރުޅި އަންނާނެކަން އެކަހަލަ ތަނަކަށް ދާން… ” ނަފީސާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ވާނީވެސް އެހެންތާއެވެ. މަލްދާ ނިކުމެގެން ދިޔަ ކަން ނަފީސާއަކަށް އެއްގޮތަކަށްވެސް ނޭނގެއެވެ. ” މީދޯ މިވީ ގޮތަކީ… މަ ރަށުގަ ނެތް ވަގުތު ބަލާފަ އަވަހަށް މަލްދާ ފޮނުވީ މުޅި ރަށް ކުޑަ ކުރަން… ތެޅޭނެހާ ވައްތަރަކަށް ތެޅެން… މަށަށް މިރޭ ރަށަށް ނާދެވުންނަމަ ނޭނގުނީސްް މި ގަނޑެއް ގަންނަ ކަމެއް.. ލަދުންް ބޯހަލާކު” ޚާލިދުގެ ރުޅިގަނޑު ދިޔައީ ހައްތަހާ ގަދަވަމުންނެވެ. އަނެއްް ކޮޅުން ޚާލިދުގެ ވިހަގަދަ ބަސްތައް އިވިފައި މަލްދާގެ ހިތުގައި ރިއްސާލިއެވެ. ނަފީސާ އަނގައިން އެންމެ ބަހެއްވެސް ބޭރެއް ނުކޮއްލައެވެ. ” ހަމަ މިހާރު ކޮޓަރިއަށް ވަދޭ… މީގެ ފަހުން ލާހިކެއް ކަލެއަށް  ބޭރަށް ނިކުންނާކަށް” ޚާލިދު ފަހު ބަސްއިއްވުމަށްފަހު އެދިޔަ ގޮތައް ގޮސް ކޮޓަރި ތެރެއަށް ވަދެ ދޮރު ޖެހިއެވެ. ނަފީސާ މަލްދާއާ ދިމާލަށް ބަލާލުމަށްފަހު ޚާލިދު ފަހަތުން ގޮސް ވަނީ ކޮޓަަރިިއަަށެވެ.

މަލްދާއަށް ކުރެވެމުން ދިޔައީ ކުއްވެރިކަމުގެ އިހުސާސެވެ. އަދި އެއަށްވުރެެ ބޮޑަށް ދެރަވީ އޭނަގެ ބައްޕަގެ ބަސްތައް އިވިފައެވެ. ބައްޕަ ހަމަ ކުޑަކޮށްވެސް މަލްދާއަށް އިތުބާރު ނުކުރަނީބާއޭ ހިތައް އަރަމުން ދިޔައެވެ. ކުޑައިރުއްސުރެވެސް ކަންތައް ވަމުން އަންނަނީ މިހެންނެވެ. ޚާލިދު އަކީ ވަރަށް ހަރުކަށި މިޒާޖެއްގެ މީހެކެވެ. ދަރިފުޅާއޭ ބުނެ ލޯބިން ވާހަކަ ދައްކާލަނީ މަދު ފަހަރަކުއެވެ.

“ދަރިފުޅާ؟..” މިފަދަ ހިޔާލުތަކަކަށް ގެއްލިފައި ހުއްޓާ މަލްދާ ސިހުނީ ކޮޓަރިއަށް ވައިން ނަފީސާ ފެނިފައެވެ. ” މަންމަ މީނީ ވަރަށް ހިތްހަމަ ނުޖެހިފަ.. މަންމަ އެއްގޮތަކަށްވެސް ހިޔެއް ނުކުރަން ދަރިފުޅު ތިވަރު ކަމެއް ކޮއްފާނެޔެކޭ…… މަންމަ އަށް ނޭނގި ދިޔަ ކަން އިނގުން ނަމަ އަދި މާ ރުޅި އައިސް.. އެހެންނޫނަސް ބައްޕަ ބުންޏަސް މަންމަވެސް އެހާ ހިތްހަމައެއް ނުޖެހޭ ބޭރަށް ދާކަށް.. މީ އެންމެ ފަހު އަހަރު.. ދެން ކިޔެވުމަށް ވަގުތު ހުސްކުރޭ ދަރިފުޅާ…” ނަފީސާ ހިތްހަމަ ނުޖެހި ހުއްޓެއް ކަމަކު ވާހަކަ ދެއްކީ މަޑުމައިތިރި ކަމާއެކީއެވެ. މަލްދާ އިސްދަށަށް ޖަހާލައިގެން އިނީ ކުރެވުނު ކަންތަކާ ދެރަ ވެފަ ހުރީމައެވެ. ” ދެން އަވަހަށް ނިދޭތޯ ބަލާާ…” މަލްދާގެ ބޮލުގަ ފިރުުމާލުމަށްފަހު ނަފީސާ ނިކުންނަން ހިނގައިގަތެވެ.

މާޔޫސްވެފައިވާ މަލްދާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ އަޒްހާންް މަތިން ހަނދާންވުމުންނެވެ. މިރޭ އަޒްހާން އާ ދިމާވި ވަގުތަކީ ހަތަރު އަހަރު ތެރޭ ދިމާވި އެންމެ އުފާވެރި ވަގުތޭވެސް މަލްދާ ހިތައް އެރިއެވެ. އަޒްހާން އާއި ވާހަކަ ދައްކަން ތަންކޮޅެއް ގިނައިރު ހުރެވުނު ނަމައޭވެސް ހިތައް އަރަމުން ދިޔައެވެ. ނަމަވެސް މިހާރު ކުރާނެ ކަމެއް ނެތެވެ. މަލްދާއަށް އިނގޭހާވެސްް އެއްޗަކީ ކުރިން ވާހަކަ ދެެެއްކާހެެންް މިހާރު ވާހަކަަ ދައްކާކަށް ނުކެރެއެވެ. މިހާރު މާ ބިރު ގަނެއެވެ. ހިތް އަވަސްވެއެވެ. ކުރިން ކުރެވުން އިހުސާސް ތަކާއި މިހާރު ކުރެވޭ އިހުސާސްތައް ހާސްބައި ތަފާތެވެ. މިފަދަ ހިޔާލުތަކެއްގަ އޮއްވާ މަލްދާއަށް ނިދުނު އިރެއްވެސް ނޭނގެއެވެ.

އެއްކޮށް ހިމޭންވެފައިވާ ރަށްތެރެއިން ފަތިސް ވަގުތުގެ ބަންގީގެ އަޑުއިވން ފެށުމާއެކު ނިދާފައި އޮތް ނަފީސާ ހޭލިއެވެ. ނަފީސާ ނަމާދު ކޮށް ނިމިގެން މަލްދާއަށް ގޮވިއެވެ. ތެދުވާހިތް ނުވެ އޮވެފައިވެސް އަވަހަށް އިރުއަރަންވާއިރަށް ނަމާދު ކުރެވޭތޯ ތެދުވިއެވެ. ނަމާދު ކޮށް ނިންމާފައި ރޮށިފިހެ ނިންމާލުމަށްފަހު މަލްދާ ނިކުތީ ކުނި ކަހާށެވެ. އެެގަޑީ ބެލްކަންޏަށް ނުކުއިން އަޒްހާން، މަލްދާގެ ލޮލުގައި އަޅައިގަތެވެ. ތިރިން ސޯޓެއް ލައިގެން ހުރިއިރު އެ ކަސްރަތީ ހަށިގަނޑު އޮތީ ހާމައަށެވެ. ހޭވިފައިވާ އިސްތަށިގަނޑު ފެނިފައި ދެންމެކަން ހޭލީ އިނގުނެވެ. އަޒްހާން ހަށިގަނޑަށް ބަލަހައްޓައިގެން މަލްދާ އަށް ހުރެވުނީއެވެެ. ކުރި ހުންނަ ގޮތާ މިހާރު ހާދަ ތަފާތޭ ހިތައް އެރިއެވެ. ކުރީގައި އެހުންނަ “ޗަބީ” ކަމެއް މިހާރަކު ނެތެވެ. އަންހެން ކުދިން މިހާރު އަޒްހާން އަށް ހިތް ކިޔާލެއް ގިނަވާނެކަން އިނގުމާއެކީ ހިތައް ކޮންމެވެސް ވަރެއްގެެ ނުތަނަވަސްވެރިކަމެއް ވެރިވިއެވެ. “ދަރިފުޅާ ކުނިކަހާ ނިމު…… ދަރިފުޅާ! އަޅެ މިހާރު ކުނި ކަހަން ނުކުއިން ފަހުން ކޮންއިރެއް” ނަަފީސާ ނުކުއިން  އިރު މަލްދާއަށް އަދި ކުނި ކަހަން ނުފެށެއެވެ. “މަންމަ…. މި… ނިންމާލަނީ ވަރަށް އަވަސް ވާނެ ދެން” ސިއްސައިގެންދިޔަ މަލްދާ ހަމަޖެހެމުން ޖަވާބު ދިނެވެ. ނަފީސާ ބޯހޫރުވަމުން އެތެރެއަށް ވަނެވެ. މި މަންޒަރު ބަލަން ހުރި އަޒްހާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. މަލްދާ ކުނިކަހަން ހުރި މަންޒަރަށް ގެއްލިފައި އަޒްހާން އަށްވެސް ހުރެވުނީއެވެެ.

މަލްދާ ކުނިކަހާ ނިންމާލާފައިި ފެންވަރައިގެން ސައިބޯން ނިކުއިން އިރު ޚާލިދުވެސް ސައިބޯން ހުއްޓެވެ. މަލްދާ ފެނުމާއެކު ސައިބުއިން ހުއްޓާލާފައި ގޭން ނިކުމެގެން ދިޔައީ މަލްދާއާ އަނގައިންވެސް ނުބުނެއެވެ. މަލްދާ ދެރަވި ނަމަވެސް ބައްޕަ ކުރިމަތީ ޗުއްޕުވެސް ބުނާކަށް އޭނާއަކަށް ނުކެރެއެވެ.

ދުވަހުގެ ބާކީބައި ހޭދަވީ މަލްދާ ކޮޓަރީގައި އޮއްވައެވެ. ދެދުވަސް ފަހުން ސްކޫލް ހުޅުވޭތީ އެކަމާވެސް މަލްދާ އިނީ ފޫހިވެފައެވެ. ހަގީގަތުގައިވެސް މަލްދާ މިހާރު ކިޔަވާ ހިތް ކެނޑިއްޖެއެވެ. އޯލެވެލް އިމްތިހާނުގައި ހޯދިކަހަލަ ނަތީޖާއެއް ނުގެނެވޭނެކަން އިނގެއެވެ. އެކަމް މަލްދާ އެންމެ ހާސްވަނީ މަންމަ ދެރަވާނެތީއެވެ. އެކަމާ ވިސްނާ ކޮންމެ ފަަހަރެއްގައިވެސް ހިތުގައި ރިއްސާލައެވެ.

އިރުކޮޅެއްް ފަހުން މަލްދާގެ ފޯން ރިންގު ވާން ފެށިއެވެ. ބަލައިލި އިރު ގުޅަނީ ސާރާއެވެ. “ހަލޯ… އޭ ކިހިނެއްތަ.. މަ ހުވާ ހާދަ ބިރެއްގަތޭ.. މަލް ބައްޕަ މިހާރު އޯކޭތަ؟” ސާރާ އަޑުންވެސް އޭނަ ހާސްވެފައި ހުރި މިންވަރު އެނގިގެން ދިޔައެވެ. ” އޯކޭއޭ މިހާރު.. ކީއްވެ ކުރިން ނުގުޅީ” މަލްދާ ކޮށްލީ ޝަކުވާއެކެވެ. “އަސްލު ރޭގަނޑު ބިރުން ނުކެރުން ގުޅާކަށް.. މަލް ބައްޕަަ އަށް އިނގިދާނެތީ.. ހެނދުނު ހިތައް އެރީ އަނެއްކާ ފޯން އަތުލީބާވޭ.. މަލް އަކަށްވެސް ނޭނގުނު ވިއްޔަ ގުޅާކަށް.. ދެން އެންމެ ފަހުން ނުހުރެވިގެން މިގުުޅީ… ” ސާރާ ހުރިހާ ވާހަކައެއް އެއްފައްޗަކަށް އަމުނާލިއެވެ. މަލްދާއަށް ކުޑަކޮށް ހެވެންވެސް ހެވުނެވެ. “އާން އޭ އަސްލު ކުޑަކޮށް މޫޑް އޮފް ވެފަ ހުރީމަ… ” ދެ އެކުވެރިން ވާހަކަ ދައްކަން އެތައް އިރަކު އޮތެވެ. މަލްދާ އަޒްހާންގެ ވާހަކަވެސް ސާރާ ކައިރީ ކިޔެވެ. އަޒްހާން ފެނުމުން ކުރެވޭ އިހުސާސްތަކުގެ ވާހަކަ އެވެ. އަޒްހާން ފެނުމުން ވިންދު އަވަސްވާ ވާހަކައެވެ. ހުރިހާ ވާހަކައެއް އަޑު އެހުމަށްފަހު ސާރާ މަލްދާއާ އެވަރަށް ދިމާވެސް ކުރިއެވެ. ގާތްގަނޑަކަށް އެއްގަނޑިއިރުގެ ދިގުު ކޯލަކަށްފަހު މަލްދާ ފޯނު ބޭއްވިހެންް ހިޔެއްނުވެ އަނެއްކާ ރިންގު ވާންް ފެށިއެވެ. ބަލާލިއިރު ގުޅަނީ ނުދަންނަ ނަމްބަރަކުންނެވެ. ދެ ހިޔާލެއްގައި ހުރެފައި މަލްދާ އެންމެ ފަހުނެ ފޯން ނެގިއެވެ. “ހަލޯ މަލް؟….. ” އެންމެ ފުރަތަމަ އެ އަޑު ކަންފަތައް އެރުމާއެކު މަލްދާގެ ހިތުގެ ތެޅުން އަވަސްވެލިއެވެ. އެއީ މަލްދާ އެއަޑެއް އިވުމަށް އެންމެ ބޭނުންވާ މީހާގެ އަޑެވެ.

ނުނިމޭ

48

You may also like...

5 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ

Leave a Reply

Your email address will not be published.