Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާދީނީލޯބި

ދިރިއުޅުން އަލިކޮށްދިން 6

kudhoo Level 310 Stories100 Comments
September 14, 2020 5 Mins Read
10 Comments

” ޔުމާ އަދިވެސް އެއްޗެއް ނުނެގޭ.. ތިމަންނަ ސްޕޯޓްސް ޓީޝާޓް ކޮޅެއް ގަންނާށޭ ކިޔައިފައި.. ނުފެނުނީތަ..މަށަކަށް ހިއެއްނުވޭ މިތަނުގައި ތިބި ސްޕޯޓްސް އެއްޗަށް ވުރެ ރީތި އެއްޗެއް ލިބޭނެހެން..” ޝަމާ ބުންޏެވެ.  “އާނ! ނުފެނުނު..ދެން މިރޭ އިތުރައް ތަނެއް ބަލަން ދާހިތެއް ނެތް.. ޝަމާމެން ގަންނަން ބޭނުންވި ވައްތަރު ފެނިއްޖެތަ؟..” ޔުމާ އަހާލިއެވެ. ” އަނ! އަހަރެމެން ދެމީހުން ޕޭ ވެސް ކޮށްފައި މިއައީ..” ޝަމާ ބުންޏެވެ. ” އެހެންވިއްޔާ ދާން ނިކުންނަމާ..” ޔުމާ ބުންޏެވެ. “ނޫނޭ އަދި މިރޭ ކާންދާން ވާނެއެއްނޫންތަ؟.. ޔުމާއަށް މިކަހަލަ ދުވަހެއް ލިބޭނީ ހާލަކުން ފަހަރަކު..” މިޝާ ބުންޏެވެ. ” އޯކޭ ހިނގާ ދަމާ..” ތިންމީހުން ކައިރީގައި ހުރި ރެސްޓޯރެންޓެއްގެ މަތީބައިގައި ބޭރުފެންނަ ގޮތަށްއިން މޭޒެއްގައި އިށީނެވެ. ” ޝަމާ އޭނަ ކައިރީ ބުނޭ އާއެކޭ..” އެތައް ދުވަހެއް ވަންދެން އިންތިޒާރު ކުރިކަމަކަށް ފުރުސަތު ލިބުމުން ދެން ނޫނެކޭ ބުނާކަށް ޔުމާ ބޭނުމެއް ނުވިއެވެ. ” އޯކޭ ދެން ދިމާވި އިރަކުންތާ..” ޝަމާ ބުންޏެވެ.

ނާއިލާއަށް މާގިނައިން ހޮޑުލެވޭކަން މާރިޔާއަށް އެނގުނެވެ. ” ދަރިފުޅު ޑޮކްޓަރަށް ދައްކަން ވީއެއްނޫންތަ؟.. މިއަދުވެސް ކިތައް ފަހަރު ލެވިއްޖެ.. އަނެއްކޮޅުން އެއްޗެއް ކެވެނީއެއް ނޫން..” މާރިޔާ ބުންޏެވެ. ނުބުނެ ވާކަށް ނެތުމުން ނާއިލާ އޭނާގެ ޙާލަތު މަންމަ ކައިރީގައި ބުންޏެވެ. މާރިޔާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ހަދާނެ ގޮތެއްވެސް ނޭނގުނެވެ. އެމީހުންގެ ހުރި ހަމައެކަނި ދަރިޔަކީ ނާއިލާއެވެ. ދުނިޔޭގައި ލެއްވިނަމަ ލެއްވިހާ އުފަލެއް ދިނުމަށްޓަކައި އެދެމިހުން ނުކުރަނީ ކޮންމަސައްކަތެއް ތޯއެވެ. ނަމަވެސް މިއަދު މި ލިބުނު ކަބަރަކީ ބަރުދާސްތު ކުރެވޭނެ ފަދަ ކަމެއްނޫނެވެ. ނަމަވެސް ﷲއާ ވަކީލު ކުރުން ނޫން ދެން އޮތީ ކޮންކަމެއް ހެއްޔެވެ؟.. ނާއިލާ އެގޮތައް އުޅެން ފެށުމުންވެސް ދެވުނު ހާ ނަސޭހަތް ވެގެން ދިޔައީ ފޫނެއް ފަޔަށް ފެން ފުރުންފަދަ ކަމަކަށެވެ. ދެއްކިހާ ވާހަކަތަކަށް ޖަދަލުކޮށް ދިނީ ބީރު ކަންފަތެކެވެ. މަންމަ ބަހެއް ނުކިޔާ ހުރުމުން ނާއިލާއަށް އިތުރަށް އެއްޗެއް ކިޔާކަށް ނުކެރުނެވެ.

” ކާކު ދަރިފުޅުގެ ބައްޕަޔަކީ.. ދަރިފުޅަށް އެނގޭނަމަ ބުނެބާ؟..” މާރިޔާ ބުންޏެވެ. ” މަންމާ މިދަރިފުޅުގެ ބައްޕަ އެނގުމަކުން ފައިދާއެއް ނުކުރާނެ…މީ އަޅުގަނޑުގެ އަމިއްލަ ދަރިއެއް…” ނާއިލާ ބުންޏެވެ. ” މަންމަ ބުނީ ދަރިފުޅަށް އެނގޭނަމަ ބުނެބަލާށޭ.. ކިހިނެއްވީ އޭނަ ހަވާލުވާން ބޭނުން ނުވީ ދޯ؟..” މާރިޔާ ބުންޏެވެ. ނާއިލާ ބަހެއް ނުކިޔެވެ. އަނެއްކާވެސް މާރިޔާގެ ސުވާލް ތަކުރާރު ކޮށްލިއެވެ. ” ހުޝާން ސައީދު.. މަޝްހޫރު ވިޔަފާރިވެރިޔާ ސައީދުގެ ކުއްޖެއް އެއީ..” ކިރިޔާ އިވޭ ނުއިވޭ ވަރަށް ނާއިލާ ބުންޏެވެ. ނާއިލާގެ ވިސްނުން ހުރީ މަޖުބޫރުން ނަމަވެސް ހުޝާން އެކަމާ އެއްބަސް ކުރުވުމެވެ. އޭނާއަށް ދެރައެއް ދީފައިގޮސް އުފަލުގައި އުޅުނަ ދޭކަށް ނާއިލާ ބޭނުމެއް ނުވެއެވެ. މަންމަ ކައިރީ ނަން ހާމަ ކުރީވެސް މަންމަ ކޮންމެވެސް ގޮތެއް ހަދައިދޭނެ ކަމުގެ އުންމީދުގައެވެ. ނާއިލާގެ ކޮޓަރިން ނިކުތް މާރިޔާގެ މޫނުމަތިވަނީ މިލައިގެން ގޮސްފައެވެ. މާރިޔާ އެކޮޓަރިން ނިކުތްއިރު ސިޓިންރޫމް ސޯފާގައި ނާއިލާގެ ބައްޕަ ހައްމާދު ދޭއްގެ ޚަބަރު ބަލަން ހުއްޓެވެ. މަޑުމަޑުން އައިސް ސޯފައިގައި އިށީން އޭނާގެ އަންހެނުންނަށް ހައްމާދު ބަލައިލިއެވެ. ” ކިހިނެއްވީ؟.. ޚަބަރު ބަލަން ނުނިކުމެގެން އެކަނި މިހުރީ ބަލަންވެސް..” ހައްމާދު ބުންޏެވެ. ” ހައްމާދު ބޮޑު ކަމެއް ވެއްޖެ..” މާރިޔާ ބުންޏެވެ. ” ކިހިނެއްވީ.. ކޮބައިތަ ނާއިލާ؟..” ހައްމާދު އަހާލިއެވެ. ” ހައްމާދު މިވާހަކަ އިވުމުން ވާނެ ގޮތެއް ނޭނގެ.. އެކަމަކު އަހަރެމެންނަށް އޮތީ ކެތްތެރިވުން ﷲއާ ވަކީލު ކުރުން..އަހަރެމެން އަހަރެމެންގެ ދަރިފުޅަށް އެއްވެސް ކަމެއް އުނިއެއް ނުކުރަން އެކަމަކު އެދަރިފުޅު ގޯހެއް ހަދައިފި…” މާރިޔާ ބުންޏެވެ. މާރިޔާގެ މޫނުމަތިންވެސް ވެފައިހުރި ދެރަ އަންދާޒާ ކުރެވެއެވެ. ހައްމާދު ހުރީ އަޑުއަހާށެވެ. ” ނާއިލާ ބަނޑުބޮޑު… މަޝްހޫރު ވިޔަފާރިވެރިޔާ ސައީދުގެ ދަރިއަކަށް..އެކަމަކު އޭނާ އެކަމަށް އެއްބަހެއް ނުވޭ…”  މާރިޔާ ބުންޏެވެ. ހައްމާދުގެ ލޮލުން ކަރުނަ އޮހޮރެން ފެށިއެވެ. ލިބުނު އެންމެ ދަރި މަގުން ކައްސައިލަން އެމީހުނަށް ކުރެވުނީ ކޮންކަމެއް ހެއްޔެވެ. މިއަދު އެދަރީގެ ސަބަބުން އެމީހުންގެ އަގުވެއްޓުނީއެވެ.

ރޮވިފައި ހުރި އަޑަކުން ހައްމާދު ވާހަކަ ދެއްކިއެވެ. ” ދެން ކިހިނެއްތަ ހަދާނީ؟.. މާރިޔާ ވިސްނަނީ ކިހިނެއް ހަދަންތަ؟..” ހައްމާދު އަހާލިއެވެ. ” މި ވިސްނަނީ އެގެއަށް ދާން.. އަހަރެމެންގެ ދަރިއަށް ދެރައެއްދީފައި އެމީހުން އުފަލުގައި އުޅޭކަށް އަހަރެން ބޭނުމެއް ނޫން.. އަހަރެމެން ދިޔައީމައި އެމީހުނަށްވެސް އެނގޭނެ ދޯ އެމީހުންގެ ދަރިންވެސް ކަންތައް ކުރާގޮތް.. މަޔަކު ހިތުގައި އަޅައިވޭން އެނގޭނީ ހަމަ މަޔަކަށް..” މާރިޔާ ބުންޏެވެ.

” ލާނާ ދައްތަ އެބޮތް ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެފަ..” ޒުލޭޚާ ބުންޏެވެ. ” ކޮންވާހަކައެއް ތޯ؟..” ލާނާ އަހާލިއެވެ. ” މުނާން ބޭނުންވަނީ ލާނާއާ އިންނަން..ދައްތަގެ އެއްވެސް މައްސަލައެއް ނެތް.. އެކަމަކު ލާނާއަކަށް މަޖުބޫރެއް ނުކުރާނަން މުނާންއާ އިންނާކަށް… ލާނާ ބޭނުންވާ ގޮތެއް ބުނަންވީ..” ލާނާ ހުރީ ކިޔާނެ އެއްޗެއް ނޭނގިފައެވެ. މުނާން އަކީ އެގޭތެރޭގައިވެސް ހުރި ލާނާއަށް ފެނުނު އެންމެ ރަގަޅު ކުއްޖާއެވެ. އެހާ ރަގަޅު މީހަކު އޭނާއާ އިންނަން އެހުމުން ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. “ލާނާ ވިސްނައިފައި ޖަވާބެއް ދީ… ކޮންމެ ޖަވާބެއް ދިނަސް ދައްތަ އަދި މުނާންވެސް މަރުޙަބާ ކިޔާނެ…އެއީ ލާނާގެ އަމިއްލަ އަތުގައި އޮތް ކަމެއް..” ޒުލޭޚާ ބުންޏެވެ.

ޒުލޭޚާ ލާނާއާ ވާހަކަ ދައްކާލަން އިނުމަށްފަހު ކޮޓަރިއަށް ވަންނަން އުޅުނު ވަގުތު ގޭގެ ބެލް ޖެހި އަޑު އިވުނެވެ. ދޮރު ހުޅުވާލިއިރު ތިބީ ޒުލޭޚާ ދަންނަ ބައެއް ނޫނެވެ. ނަމަވެސް އެމީހުންގެ ސަލާމް ބަލައިގަނެ މަރުހަބާ ކިޔެވެ. އަދި ވަނުމަށްޓަކައި ތަން ދައްކައި އިށީނުމަށް ދައުވަތު ދިނެވެ. ” ލާނާ ދެތަށި ޖޫސް ގިރައިގެން އާދެބާ..” ނުދަންނަ ބަޔަކަށް ވިޔަސް ޒުލޭޚާއަކީ އަބަދުވެސް މެހުމާނުންނަށް ކަމޭހިތާ މީހެކެވެ. ” ކީއްކުރައްވަންތޯ؟..” ޒުލޭޚާ އަހާލިއެވެ. ” މިއައީ ވަރަށް ބޮޑު ވާހަކައެއް ދައްކާލަންވެގެން..” މާރިޔާ އެހެން ބުނި ވަގުތަކީ ސައީދުއައިސް ގެއަށް ވަން ވގުތެވެ. އޭނަވެސް ގޮސް ސޯފައިގައި އިށީދެލިއެވެ. ” ކޮންބައެއްތަ؟..” މަޑުމަޑުން ސައީދު ޒުލޭޚާ ގާތުއަހާލިއެވެ. ” މެހުމާނުންތަކެއް..” ޒުލޭޚާ ބުންޏެވެ. ” އަވަހަށް ބުނޭ ކޮންވާހަކައެއްތަ؟..” ޒުލޭޚާ ބުންޏެވެ. ” ފަހަރެއްގަ ތިބޭފުޅުންނަށް އަޅުގަނޑުމެން މިދައްކާ ވާހަކަ ޤަބޫލު ނުކުރެވިދާނެ.. އެކަމަކުވެސް އުއްމީދު ކުރަން އަޅުގަނޑު މެންނަށް މިކަމުގައި އެހީތެރި ވެދިނުމަށް.. އަހަރެމެން މިއައީ ތި ބޭފުޅުން އަތުން ފައިސާގެ އެހީއެއް ހޯދާކަށް ނޫން.. އެކަމަކު އަހަރެމެންގެ ހުރި ހަމައެކަނި އަންހެން ދަރި ތިބޭފުޅުންގެ ދަރި ހުޝާންއަށް ބަލިވެ އިންކަން އެނގިގެން..” މާރިޔާ ބުންޏެވެ. ” ކީއްކޭ؟..” ޤަބޫލު ނުކުރެވޭ ފަދަ ރާގެއްގައި ސައީދު ބުންޏެވެ. ނަމަވެސް އެވާހަކައިގެ ތެދުކަން ޒުލޭޚާއަށް އެނގެއެވެ. ޒުލޭޚާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މިފަދަ ދުވަހަކާ ކުރިމަތިވެދާނެ ކަމަކަށް ޒުލޭޚާއަކަށް ތައްޔާރު ވެވިފައެއް ނެތެވެ. އަދި އޭނާގެ ދަރި ދެއްކި ވާހަކަތައް ވެސް އިވިފައިވަނީ އޭނާގެ ދެކަންފަތަށެވެ. ” ޒުލޭ މިމީހުން މިކިޔަނީ ކީކޭތަ؟..” ޤަބޫލުކުރަން ދަތިވާ ފަދަ ގޮތަކަށް ސައީދު ބުންޏެވެ. “އެމީހުން އެ ކިޔަނީ ރަގަޅު އެއްޗެއް.. ސައީދު ހުޝާންއަށް ގުޅާފަ ބުނޭ ގެއަށް އަންނަން.. ކޮންނަމެއްތަ ކިޔަނީ..؟..” ޒުލޭޚާ ސައީދުއާ ވާހަކަ ދައްކަމުން މާރިޔާ ކުރެން އަހާލިއެވެ. ” އަހަރެންނަށް ކިޔަނީ މާރިޔާ ދެން މީ ފިރިމީހާ ހައްމާދު..” މާރިޔާ ބުންޏެވެ. ” މާރިޔާ އަހަރެމެންނަށް މާފުކުރޭ..ބައެއްފަހަރު ދަރިންނަށް ކިތަންމެ ރަގަޅު ތަރުބިއްޔަތެއް ދޭން އުޅުނަސް މަގުން ކައްސައިލަފާނެ.. އަހަރެމެން ނުބުނާން ތީ ނުވާ ކަމެކޭ.. އަހަރެމެންގެ ދަރިން ގެއިން ބޭރަށް ނިކުތުމަށްފަހު އެދަރިން ކުރަނީ ކޮންކަމެއްތޯ އަހަރެމެންނަކަށް ނުވެއް ބެލޭ..އަނެއްކޮޅުން ބަލާކަށްވެސް ނުދުވޭނެ..އެއީ ބޮޑެތިވެފަ ތިބި ދަރިންނަށް ވީމަ..” ޒުލޭޚާ ވަރަށް ދެރަވެފައި ވާހަކަ ދެއްކިއެވެ. ” އަހަރެމެން މީގަ ޒުލޭޚާ މެން ކުއްވެރިއެއް ނުކުރަން…އެކަމަކު މިފަދަ ކަމެއް ކޮށްފަ ފިލަން ދުވުމަކީ ޙައްލެއް ނޫން..ހަވާލު ނުވިޔަސް މީ ހުޝާންގެ ދަރިއެއްކަން އަހަރެމެންނަށް ޔަގީންވާތީ މިއައީ..” މާރިޔާ ހުރީ ދޫދީފައި ދާގޮތަކަށް ނޫނެވެ. އެމީހުން ވާހަކައިގައި ތިއްބާ ހުޝާން އައިސް ގެއަށް ވަނެވެ. ހުޝާން ނާއިލާއާ ރައްޓެހިވެގެން އުޅުނަސް ނާއިލާގެ މައިންބަފައިންނެއް ނުދެކެއެވެ.

ގެއަށް އައިސްވަން ހުޝާންގެ ކަންކަށި މަށްޗަށް އަރައިގެން ދިޔައީ ސައީދުގެ އަތުގެ ހަމަލާއެކެވެ. ވީތަދާއެކު ހުޝާންއަށް ސިހުން ގެނުވިއެވެ. ބައްޕަގެ މޫނުމަތިން މިނޫނީ ދުވަހަކުވެސް މިފަދަ ރުޅިވެރިކަމެއް ހުޝާންއަށް ފެނިފައެއް ނެތެވެ. ހައިރާންކަން އެކުލެވިގެންވީ މޫނަކާއެކު ހުޝާން އޭނާގެ ބައްޕައަށް ބަލާލިއެވެ. ” އެނގޭތަ މީ ކީއްކުރަން އައިސް ތިބި ބައެއްކަން..އަހަރެމެން ދެމަފިރިން ހުޝާންއަށް ދިން ތަރުބިއްޔަތަކީ ތީތަ..ލަދުން ހަލާކުވޭ… ދެން ކަންތައް ކުރަންވީ ގޮތެއް ބުނެބާ..؟” ސައީދު ރުޅިވެރިކަމުން ފުރިގެންވީ ހާލު ބުންޏެވެ. ޙަގީގަތުގައި ރުޅިއަށްވުރެ ދެރަ އިހުސާސް ކުރަން ޖެހުނީއެވެ. ދަރިންނަށްޓަކައި ދެކެމުން އައި ފޮނި ހުވަފެންތައް ވިއްސިވިހާލިވާތަން ކުރިމަތިން ފެންނަން ފެށީއެވެ. ” ކީއްވެ އަނގައިން ނުބުނެ ތިހުރީ.. ކުރެވުނު ކަންތައް ނޭނގުނު ދޯ ދެން ކިޔައިދޭން ވީތަ؟..” ސައީދު އަނެއްކާވެސް އަހާލިއެވެ. ގޭތެރޭގައި އަޑުހަރު ވެގެން އެވަގުތު ގޭގައި ތިބި މުނާންއާއި ލުމާ އަދި ލާނާވެސް ސިޓިންގ ރޫމަށް ނުކުތެވެ. އެމީހުންނަށްވެސް ސައީދުގެ މޫނުމަތިން އެފަދަ ރުޅި ވެރިކަމެއް ފެނިގެން މިދިޔައީ އަލަށެވެ. ” މީ ކޮންބައެއް؟.. އަޅުގަނޑަކަށް ނޭނގޭ..” ހުޝާން ކިޔަމަންތެރިކަމާ ހައިރާންކަން އެކުލެވިގެންވީ އަޑަކުން ބުންޏެވެ. ހުޝާން އެހެން ބުނިތަނުން މާރިޔާ ވާހަކަ ދައްކަން ފެށިއެވެ. ” ހުޝާންއަށް ފަހަރެއްގައި އަހަރެމެން ނޭނގިދާނެ… އެކަމަކު ހުޝާންއަށް ނާއިލާ ނޭނގިއެއް ނުދާނެކަން ނޭނގެ..” މާރިޔާ ބުންޏެވެ. މާރިޔާ ބުނި ނަމުން ވެގެން އުޅޭގޮތް ހުޝާންއަށް ނަގައިގަނެވުނެވެ. އެވަގުތުވެސް އޭނާގެ ހިތުތެރޭގައި ހިނގައިގަތީ ރުޅިވެރިކަމެވެ. ނާއިލާ ކައިރީގައި ހުރިނަމަ އޭނާގެ އަތުން ފައިން ގޯހެއްވެސް ހެދިދާނެކަން ޔަގީނެވެ. ނަމަވެސް އިތުރަށް ކިޔާނެ އެއްޗެއް ނޭނގި ހުޝާން އިސްދަށަށް ޖެހިއެވެ. ” ހުޝާން، ނާއިލާއާ ކައިވެނިކުރަން ތައްޔާރުވޭ.. މަންމަ ބޭނުމެއް ނޫން މަންމައަށް މާމަ ކިޔަން ލިބޭ ކުއްޖަކު ދުނިޔޭގައ ހުރެ އަހަރެމެންގެ ލޯބިން ބިކަވާކަށް.. މާރިޔާ އެހަދަނީ ތެދުކަން މަންމައަށް އެނގޭ.. ދަރިފުޅު ނާއިލާއާ ދެއްކިވާހަކަ މަންމަ ދެކަންފަތުން އެހިން..އެހެންވީމަ ދަރިފުޅު ކިތަންމެ ވަރަކަށް މިކަން ދޮގުކުރިޔަސް މަންމަޔަކަށް ނެތް މިކަން ދޮގު ކުރެވޭކަށް..” ޒުލޭޚާ ބުންޏެވެ. ހަފްތާއެއްގެ ތެރޭގައި ކައިވެނީގެ ހުރިހާ ކަމެއް ހަމަޖެހޭނެ ވާހަކަ ޒުލޭޚާ ބުންޏެވެ. ހުޝާންއަށް އެކަމާ ދެކޮޅަށް އެއްޗެކޭ ބުނާކަށް ނުކެރުނެވެ. މާރިޔާމެން އެގެއިން ނިކުމެގެން ދިޔައީ ހިތްހަމަޖެހުމާއެކުގައެވެ. ގެއަށް ދެވުމާއެކު އެންމެ ފުރަތަމަވެސް އެ ޚަބަރު ނާއިލާއަށް ދިނެވެ.

ހުޝާން ވިސްނަމުން ދިޔައީ އެކަމުން އޭނާ ސަލާމަތްވާނެ ގޮތެކެވެ. އެކަމަކު މަންމަޔަށް އެކަން އެނގުމުން ދެން ސަލާމަތްނުވާނެ ކަންވެސް އެނގެއެވެ. ” ނާއިލާ ކަލޭ ހިތުން އަހަރެންނާއި ކައިވެނި ކުރުމުން ކަލޭ ބޭނުންވާ އުފާތައް ލިބޭނެ ކަމަށްތަ ހީކުރީ..އެހެން ހީނުކުރޭ ތި ކުރެވެނީ މޮޔަ ކަމެއް..؟..” އައި ރުޅީގައި ނާއިލާއަށް ގުޅާގެން ހުޝާން އެއްޗެހި ކިޔަން ފެށިއެވެ. ” އަހަރެން މިކުރަނީ ކިތަންމެ މޮޔަ ކަމަކަށް ވިޔަސް މީ ހުޝާންގެ ދަރިޔަކަށް ނޫނީ ނުވާނެ.. މިއަދު ހުޝާން އަހަރެންނާއި ކައިވެނި ނުކުރިޔަސް މި ދަރި އުފަންވީމައި މީހުން ބުނާނެ ނަހަލާލު ދަރިއެކޭ…ކައިވެނިން ބޭރުގައި ލިބުމުން ނަހަލާލު ވެދާނެ..އެކަމަކު މިދަރީގެ ބައްޕައަކީ ތީކަން ބަދަލެއް ނުވާނެ…ހުޝާން ބޭނުން ނުވިޔަސް އަހަރެންނަށް މި ލަނޑު ދީފައި ހުޝާންއަށް ތިހާ އުފަލުގައި އުޅެން ދޫކޮށްލާކަށް އަހަރެންވެސް ބޭނުމެއް ނޫން..” ނާއިލާވެސް ރައްދު ދިނުމަށްފަހު ފޯނު ބޭއްވިއެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kudhoo

Level 310 Stories100 Comments

I really appreciate people who correct me, because with out them, I might have been repeating mistakes. " The more that you read, The more things you will know "

Other Articles

Previous

ދަރިފުޅުގެ ދުޢާ

Next

އިމްތިޙާން 26

Next
September 14, 2020

އިމްތިޙާން 26

Previews
September 13, 2020

ދަރިފުޅުގެ ދުޢާ

10 Comments!

  1. Naa says:
    September 14, 2020 at 6:09 am

    Varah reethi. Alhey haadha dherey. E hushaan gandu adhives islaahu nuveydho. Balahchey theena ah reethi gotheh vaane. Dhen bust vaany yuaan ulhey goi kanneyge. Yumaa ves buny yes . Dhen laana ge turn mee. Hope she gives him a good answer. Lumaa ves rangalhu boy eh hoadhaafa munaan kairy bunaane hen heevany. Waiting for the next part……..stay safe darrrls

    1. kudhoo says:
      September 14, 2020 at 11:09 am

      ??Thank you Naa.

  2. Ram says:
    September 14, 2020 at 6:59 am

    VVV reethi maasha allah

    1. kudhoo says:
      September 14, 2020 at 11:10 am

      ?? Thank you Ram

  3. Milna says:
    September 15, 2020 at 12:11 pm

    Bandubodu iru kaiveni kuran hurrah eh nuvaane

    1. kudhoo says:
      September 16, 2020 at 4:55 am

      alhuganduge hoadhun thakun..adhi engifaivaa gothun eyga khilaafuthakeh hurey. ?Thnks milna

  4. Anonymous says:
    September 15, 2020 at 4:47 pm

    masha allah kudhu …vrh furihama mibaives

    1. kudhoo says:
      September 16, 2020 at 4:56 am

      ???Thank you

  5. thiththaaa says:
    September 15, 2020 at 4:48 pm

    masha allah kudhu … mibaives vraha reethi

    1. kudhoo says:
      September 16, 2020 at 4:57 am

      ??? Thank you thiththaaa

Comments are closed.

Next Episodeދިރިއުޅުން އަލިކޮށްދިން 7←


All Right Reserved!