Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ލޯބިވާއޭ 5

Eekko_11 Level 110 Stories
September 17, 2020 5 Mins Read
11 Comments

“މިލީ.. ވިލް ޔޫ މެރީ މީ..” މިޒްޔަލް އެހެން އަހާލުމައި އެކު މިއްލީ ދިޔައީ ސިއްސައިގެންނެވެ.
މިއްލީ މިޒްޔަލްއަށް އަވަސް ނަޒަރެއް ދިންއިރު އޭނާ އިނީ މިއްލީ އާއި ދިމާލަށް ބަލަހައްޓައިގެންނެވެ. މިއްލީ ލަދުން މަރުވާވަރު ވިއެވެ.
“މިލީ.. ވިލް ޔޫ މެރީ މީ..” މިޒްޔަލް އަނެއްކާ ވެސް ސުވާލު ތަކުރާރު ކޮއްލިއެވެ.
“ޔެސް.. އޯ މައި ގޯޑް.. ޔާލް ރިއަލީ.. ޔެސް.. އައި ވިލް މެރީ ޔޫ..” މިއްލީ މިޒްޔަލް ކޮޅަށް ނެގުމަށް ފަހު ބައްދައިގަތެވެ. އޭރު އުފާވެގެން ގޮސް މިއްލީގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ.
މިޒްޔަލް މިއްލީއަށް އެ ފިނިފެންމާ ދިއްކޮއްލިއެވެ. އަދި މިއްލީގެ ލޮލުގައިވާ ކަރުނަތައް ފޮހެލައިދިނެވެ. މިއްލީ އެ ފިނިފެންމަލުގައި ހިފުމަށްފަހު މިޒްޔަލްއަށް ޝުކުރު އަދާކުރިއެވެ.
މީހަކު ކަރުކެހިލި އަޑަށް މިއްލީއާއި މިޒްޔަލް އެކު އެކީ ފަހަތަށް އެނބުރުނު އިރު ޒަޔާއާއި ލާމިއު ހެވިފައި ބަލަހައްޓައިގެން ތިއްބެވެ.
“ބްރޯ.. ހިނގާ ތިރިއަށް ދާން..” މިއްލީ އެހެން ބުނެލުމާއި އެކު ލާމިއު ތުންއަނބުރާލިއެވެ. އޭނާގެ ވާންއުޅޭ އަންހެނުން ހުއްޓާ މިއްލީ އާއި އެކީ ދިޔުމުގެ ބޭނުމެއް ކޮބާ ހެއްޔެވެ؟
“މިލީ.. އައިމް ސޮރީ.. ބަޓް އައިމް ގޮއިން ވިތް މައި ވުޑް ބީ ވައިފް.. މިލީ ވެސް ދޭ މިޒްޔަލް އާއި އެކީ..” ލާމިއު މަލާމަތް ކޮއްލިއެވެ. ޒަޔާ ވެސް ލާމިއު އެހެން ބުނުމާއި އެކީ ހީލާފައި އޭނާގެ އަތުގައި ހިފައިގެން ތިރިއަށް މިސްރާބު ޖެހިއެވެ.
މިޒްޔަލް އާއި މިއްލީ އެކަކު އަނެކަކަށް ހީލާފައި ތިރިއަށް ދާން ހިނގައިގަތެވެ. ކުއްލިއަކަށް މިޒްޔަލް މިއްލީގެ އުނަގަނޑުގައި ހިފާ އޭނައާ ދިމާލަށް އަނބުރާލިއެވެ.
“ޔާލް.. ނޮޓް ނައު..” މިއްލީ މިޒްޔަލްއާއި ދިމާލަށް އެހެން ބުނެލުމަށް ފަހު މިޒްޔަލްގެ އަތު ނުޖެހެން ވެގެން ސިޑިން ފައިބަންފެށީ ދުވެފައެވެ. ކުއްލިއަކަށް މިއްލީގެ ފައި އޮޅުނެވެ. ނަމަވެސް މިއްލީ ވެއްޓުމުގެ ކުރިން މިޒްޔަލް އޭނާ ހިފެހެއްޓިއެވެ. އޭރު ލާމިއުއާއި ޒަޔާގެ އިތުރުން އެކުދިންގެ މަންމަމެން ވެސް ތިބީ ނޭވާ ހިފަހައްޓާލައިގެންނެވެ.
“މިލީ.. ބަލައިގެން އުޅެބަލަ..” ޝިއުރާ ބިރުގަނެފައި ހުރިވަރުން ބުނެވުނީ ތަންކޮޅެއް ބާރަށެވެ.
“ސޮރީ މޯމް..” މިޒްޔަލް މިއްލީ ތިރީގައި ބެހެއްޓުމުން އޭނާ ބުނެލިއެވެ. އަދި އެންމެންނަށް ބަލައިލާފައި ރަނގަޅޭ ބުނެލިއެވެ. އެންމެންނަށް ވެސް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ.
އިރުކޮޅަކުން ޕާޓީ ފެއްޓުނެވެ. އެންމެން ޝިއުރާއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔަމުން ދިޔައިރު މިއްލީ ހުރީ މަޑުންނެވެ. އެހެން ދުވަސް ދުވަހު އެވަހަށް ސަކަރާތްޖަހާ ކުއްޖާއަށް ބަދަލެއް އައިކަން ފާހަގަ ކުރެވުނީ ލާމިއުއަށް އެކަންޏެވެ.
ލާމިއު މިޒްޔަލްއަށް ގޮވާ ގެނެސް މިއްލީ ދައްކާލިއެވެ. މިޒްޔަލް ކީއްވީހޭ އަހާލުމުން ލާމިއު އޭނާގެ ސިކުނޑީގައި ހިނގާ ކަންތައްތައް ހިއްސާ ކޮއްލިއެވެ. އެއާއެކު ދެމީހުން ހީލާފައި ޕްލޭން އާއި އެއްގޮތަށް ކަންތައްތައް ފެށިއެވެ.
“އެޓެންޝަން ޕްލީސް..” ލާމިއު އެންމެންގެ މެދަށް ވާގޮތަށް އެރުމަށްފަހު އެންމެންނަށް ގޮވާލިއެވެ. މިއްލީއާއި ޒަޔާ އޭރު އަމިއްލަ ވާހަކައެއްގައި ތިބެފައި ވެސް ލާމިއުއަށް ބަލައިލިއެވެ. އޭރު މިއްލީ ހުރީ އެކުރަން އުޅޭ ކަމެއް ނޭނގިފައެވެ. ޒަޔާވެސް ވާނުވާ ނޭނގިފައި މިޒްޔަލްއަށް ބަލައިލިއިރު އޭނާ ހެވިފައި ހުރިތަން ފެނުމުން ކަމެއް ރާވައިގެން އުޅެނީކަން އެނގުނެވެ.
ނަމަވެސް އޭނާއަށް ވެސް ނާންގާ އެކަމެއް ކުރަން އުޅޭތީ މިޒްޔަލްއަށް ތުންއަނބުރާލިއެވެ. މިޒްޔަލް ޒަޔާއަށް ހީލާފައި ލާމިއުގެ ކައިރީގައި ގޮސް ހުއްޓުނީ ލާމިއު އޭނާއަށް ގޮވާލުމުންނެވެ.
“އެވްރީ ވަން.. ވީ ހޭވް އަ ގުޑް ނިއުސް..” ލާމިއު އެހެން ބުނެލާފައި މިއްލީއަށް ބަލައިލިއެވެ. އޭރުވެސް މިއްލީ ހުރީ އެކުރަން އުޅޭ ކަމެއް ނޭނގިފައެވެ.
“މިޒްޔަލްއަށް އޭނާ ލޯބިވާ ކުއްޖާ ލިބިއްޖެ..” ލާމިއު އެހެން ބުނެލުމުން އެންމެން އޭނާއާއި ދިމާލަށް ބަލައިލީ ހައިރާންވެފައެވެ. މިއްލީވެސް ލޯ ބޮޑު ކޮއްލާފައި ލާމިއުއަށް ބަލައިލިއެވެ.
ޝިއުރާ އާއި ޝިފާޒާ ވަނީ މިޒްޔަލްއާއި މިއްލީގެ ކައިވެނީގެ ވާހަކަ ދައްކާފައެވެ. އެދައްކަނީ އެހެން ކުއްޖެއްގެ ވާހަކަ ކަމަށް ހީކޮށް ދެމީހުން ދެރަވެލާފައި ތިއްބާ ލާމިއު މިއްލީއަށް ގޮވާލިއެވެ. އަދި މިއްލީ ގެނެސް މިޒްޔަލްގެ ކައިރީގައި ބެހެއްޓުމަށްފަހު ބުނެލި ޖުމުލައަކުން އެންމެން އެދެމީހުންނަށް ބަލައިލިއެވެ.
“ދޭ އާރ ކަޕްލްސް..” ލާމިއު އެހެން ބުނެލުމުން މިއްލިއާއި މިޒްޔަލް އެކަކު އަނެކަކަށް ބަލައިލިއެވެ. އޭރު މިއްލީ ހުރީ ލަދުން ބުނާނެ އެއްޗެއް ނޭނގިފައެވެ.
ޝިއުރާ އާއި ޝިފާޒާ އެކަކު އަނެކަކަށް ބަލައިލުމަށް ފަހު ހީލިއެވެ. އެމީހުންގެ ހުވަފެން ހަގީގަތަކަށް ވަނީއޭ ހިތަށް އެރިއެވެ. އެންމެން ވެސް ދެމީހުންނަށް މަރުހަބާ ކިއެވެ. ޝިއުރާ ވެސް އައިސް މިއްލީގެ ބޮލުގައި ފިރުމާލުމަށް ފަހު މަރުހަބާއޭ ބުނެލިއެވެ.
މިއަދުގެ އުފާވެރިކަން ދެގުނަ ވިއްޔޭ ކިޔާ އެންމެން ކޭކު ފަޅަން މޭޒު ކައިރިއަށް އައެވެ. އޭރު އަލްހާން އާއި މުޙައްމަދު ވެސް ތިބީ އުފާވެފައެވެ. އެމީހުންގެ އެކުވެރިކަން ދުވަހެއް ދުވަހަކަށް ބަދަހި ވަމުން ދިޔައިރު ޝިއުރާއާއި ޝިފާޒާ އެކުގައި ހޭދަކުރާ ވަގުތުތައް ވެސް ގިނަވަމުން ދިޔައެވެ.
ކޭކު ފަޅާ ނިމުމުން އެންމެން ސައިބޯން ފެށިއެވެ. ޝިއުރާއާއި އަލްހާންއާއި މުޙައްމަދުގެ އިތުރުން ޝިފާޒާ ކާގޭގައި ކާން ތިބިއިރު މުޅިންވެސް ދެކެވުނީ އެމީހުންގެ ދެދަރިންގެ ކައިވެނީގެ ވާހަކައެވެ. އޭރު މިއްލީ އާއި މިޒްޔަލް ބޭރުގައި ހުރި މޭޒެއް ދޮށުގައި ކާން ތިބިއިރު ޒަޔާއާއި ލާމިއު ކައި ނިމިގެން ބޭރު ބެންޗުގައި ވާހަކަ ދައްކަން ތިއްބެވެ.
********************************
“ޔާލް.. ހިއެއް ނުކުރަން މިއަދު ޕްރޮޕޯޒް ކުރާނެ ކަމަކަށް.. އެންޑް ބައިދަވޭ ކޮން އިރަކު ރޫމް ރެޑީ ކުރީ..” މިއްލީ ހުރީ މިއަދުގެ ކަންތައްތަކުގެ ސަބަބުން އުފާވެފައެވެ. އޭނާއަށް މިޒްޔަލް ލިބުނީތީ ހިތާހިތުން ހެއްދެވި ފަރާތަށް ޝުކުރު އަދާކުރިއެވެ.
“މެންދުރު މިލީ ނިދަން ފޮނުވާލާފަ ކުރެވުނުހާ ކަންތައް އެއީ..” މިޒްޔަލް ޖަވާބު ދިނުމަށް ފަހު މިއްލީގެ އަތުގައި ހިފެހެއްޓިއެވެ.
“އަދި އެބައޮތް އެއްކަންތައް..” މިޒްޔަލް އެހެން ބުނެލުމުން އެއީ ކޮން ކަމެއްހޭ މިއްލީ އަހާލިއެވެ. މިޒްޔަލް ޖީބުން އަނގޮޓިއެއް ނެގުމަށްފަހު މިއްލީއަށް ބަލައިލިއެވެ. އަދި އޭނާގެ ކަނާއަތް ހުޅުވާލިއެވެ. މިއްލީ އޭނާގެ އަތް މިޒްޔަލްގެ އަތް މަތީގައި ބޭއްވުމަށް ފަހު މިޒްޔަލްއާއި ދިމާލަށް ބަލައިލުމަށް ފަހު އެއްބުމަ އަރުވާލިއެވެ. އޭރު މިއްލީ ހުރީ އެކުރަން އުޅޭ ކަމެއް ނޭނގިފައެވެ.
މިޒްޔަލް މިއްލީގެ އަތުގައި އެ އަނގޮޓި އަޅުވާދިނުމަށް ފަހު އަތުގައި ބޮސްދިނެވެ. “އައި ލަވް ޔޫ މިލީ..” މިޒްޔަލް ބުނެލިއެވެ. މިއްލީއަށް އުފަލުން ފުންމައި ނުގަނެވުނީ ކިރިޔާއެވެ. ބޭރު ފުށުން ހެވިލާފައި ހުރި ނަމަވެސް އެތެރެއިން ހިތް ނަށަމުން ދިޔައެވެ. އެތަށް ދުވަހެއް ވަންދެން އަޑުއަހާލަން ބޭނުންވެފައި ހުރި ޖުމުލަ އަޑުއިވުމުން އުފާ ވާނެ ނޫން ހެއްޔެވެ؟
“ލަވް ޔޫ ޓޫ ޔާލް..” މިއްލީ ޖަވާބު ދިނުމަށްފަހު މިޒްޔަލްއަށް ހީލިއެވެ. ދެމީހުން ކައި ނިންމިއިރު ޝިއުރާމެންވެސް ކައިގެން ނުކުންނަނީ އެވެ. އެމީހުން ނިކުމެ ސޯފާގައި އަމިއްލަ ވާހަކައެއް ދައްކަން ތިބުމުން ބޭރަށް ދަނިއްޔޭ ބުނެ ދެމީހުން ހިނގައިގަތީ ލާމިއުއާއި ޒަޔާގެ ކައިރިއަށެވެ.
“ހޭއި.. ހިނގާލަން ދާނަންތަ؟..” މިޒްޔަލް އެމީހުންނާއި އަރާ ހަމަވެފައި ސުވާލު ކޮއްލިއެވެ. އެދެމީހުން އެއްބަސްވުމުން ހަތަރު މީހުން އެކުގައި ހިނގައިގަތީ ރަސްފަންނަށެވެ. އޭރު ގަޑިން 5 ޖަހަނީއެވެ. ލާމިއުގެ އަތުގެ މުލައްދަނޑީގައި އަތް އަޅުވާލައިގެން ހިނގާލާފައި ދިޔަ ޒަޔާއަށް ބައެއް އަންހެން ކުދިންގެ ރުޅިވެރި ނަޒަރު ދިޔައީ އަމާޒުވަމުންނެވެ. ހަމަ އެގޮތަށް މިޒްޔަލްއަށް ވެސް ބައެއް ފިރިހެން ކުދިން ބަލަމުން ދިޔައީ އޭނާ މިއްލީގެ އަތުގައި ހިފައިގެން ދާތީއެވެ. ހީވާ ގޮތުން މުޅި މި މާލޭގައި ވެސް ލާމިއުއާއި މިއްލީގެ ރީތިކަމާއި ވާދަ ކުރެވޭނެ ބައެއް ނެތީއެވެ.
ނަމަވެސް އެއިން އެކެއްގެ ސަމާލުކަމަށް ވެސް އެކަމެއް ނައެވެ. އެމީހުން އަމިއްލަ ވާހަކަ އެއްގައި ތިބެ ކުރިއަށް ދިޔައެވެ. ރަސްފަންނަށް ގޮސް ވަދެވުމާއި އެކު ފެނުނީ އެކި ކޮޅު ކޮޅަށް ދުވެ އުޅުނު ކުޑަކުދިންނާއި ތަންތަނުގައި އިށީނދެގެން ތިބި ބޮޑެތި މީހުންނެވެ.
ކުއްލިއަކަށް ޝައިހާ އައިސް މިއްލީގެ ކުރިމައްޗަށް އެރުމާއި އެކު އޭނާއަށް ހަޅޭއްލަވައި ނުގަނެވުނީ ކިރިޔާއެވެ. “ޝައި.. ސާބަސް އިނގޭ.. ކިރިޔާ ބިރުން ހިތް ނުހުއްޓުނީ..” މިއްލީ އޭނާއާއި ދިމާލަށް އެހެން ބުނެލުމަށް ފަހު ވެސް ޝައިހާގެ ގައިގައި ބައްދާލިއެވެ. 2 މަސް ވަންދެން ރާއްޖޭން ބޭރުގައި އުޅެފައި އައި ނަމަވެސް މިއްލީގެ އެންމެ ގާތް އެކުވެރިޔާއަށް ވީތީ ހަނދާން ވާނެތާއެވެ.
“ޝައި.. ޔޫ ލުކް އޯސަމް.. އެކޮޅަށް ދިޔަ ފަހުން މާ ރީތި ވެއްޖެ ދޯ..” މިއްލީ ޝައިހާއާއި ދިމާލަށް ބުނެލާފައި ހީލިއެވެ. އޭރު ލާމިއު އާއި ޒަޔާގެ އިތުރުން މިޒްޔަލްވެސް ހުރީ އެމީހުންނަށް ވަގުތު ކޮޅެއް ދީގެންނެވެ.
“ޔާ.. މިލީ ވެސް ވަރަށް ސަޅި އިނގޭ.. އެނީ ވޭސް ހޭވް ޔޫ ސީން މައި ބީއެފް..” ޝައިހާ އެހެން ބުނެލާފައި ހީލިއެވެ. އަދި މިއްލީއާއި ދިމާލަށް ބަލައިލާފައި އެއްލޯ މަރާލިއެވެ.
“އޯ މައި ގޯޑް.. ޝައި ރިއަލީ.. ހޭވް ޔޫ ފައުންޑް ޔުއާ ޕްރިންސް..” މިއްލީ ގަބޫލު ނުކުރެވިފައި އެހެން އަހާލިއެވެ. އަދި ލާމިއުމެން ކޮބާތޯ ބަލައިލިއެވެ. އޭރު އެމީހުން ތިބީ ދުރުގައި ހުރި ބެންޗެއްގައި ވާހަކަ ދައްކާށެވެ.
“ޔާ.. މަޑުކުރޭ.. އޭނަ މިތާ ކައިރީ ހުރި ފިހާރައަކަށް ގޮސްވީ.. އައީމަ މީޓް ކޮއްދޭނަން އިނގޭ..” ޝައިހާ އުފާވެފައި ބުނެލިއެވެ.
މިއްލީ ޝައިހާއާއި އެކީ ވާހަކަ ދައްކަން ހުރިއިރު އިރުއިރުކޮޅާ މިޒްޔަލް އަށް ބަލައިލެވެއެވެ. މިޒްޔަލް ހީލާއިރު ބައެއް ފަހަރު މިއްލީއަށް ވެސް ހީލެވެއެވެ. އެކަން ޝައިހާއަށް ފާހަގަ ވުމާއި އެކު މިއްލީގެ ގާތު އަހާލަން ނިންމިއެވެ.
“މިލީ.. ހާދަ ފާހަގަ ވެޔޭ މިލީ މިޒްޔަލްއަށް ބަލާކަން.. ކޮން ކަމެއް..” ޝައިހާ ހެވިލާފައި އެހެން އަހާލުމާއި އެކު މިއްލީ ވެސް ޝައިހާއަށް ބަލައިލުމަށް ފަހު ހީލިއެވެ.
“ޝައި.. ހީ އިޒް މައި ބޯއި ފްރެންޑް..” މިއްލީ ބުނެލިއެވެ.
“ވާއު މިލީ.. ރިއަލް ކޮން ތަ.. އައި ކާންޓް ބިލީވް އިޓް.. އެންޑް އައި ގެސް ޔޫވާ ދަވަން ޓުސޭ ދެޓް ޔޫ ވޯންޓް ޓޭކް އެނީ ބީއެފް..” ޝައިހާ އުފާވެފައި މިއްލީއަށް މަރުހަބާ ކިޔާލިއެވެ. އަދި ކުރީގެ ވާހަކައެއް ހަނދާން ކޮއްލަދިނެވެ. މިއްލީ ލަދުން ހުރެ ހޫމްއޭ ބުނެލުމަށް ފަހު މިޒްޔަލްއަށް ބަލައިލިއެވެ. އޭރު މިޒްޔަލްވެސް އިނީ މިއްލީއަށް ބަލަހައްޓައިގެން ނެވެ. ދެމީހުން އެކަކު އަނެކަކާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓާ ޝައިހާ ކުއްލިއަކަށް މިއްލީގެ ގައިގައި ހިފައިގަތުމާއި އެކު މިއްލީ ސިއްސައިގެން ދިޔައެވެ.
“ޝައި..” މިއްލީ ރުޅި އައިކަމަށް ހެދެމުން ޝައިހާއަށް ބަލައިލިއެވެ.
“ސޮރީ..” ޝައިހާ މަޢާފަށް އެދުނެވެ. އެއާއެކު މިއްލީ ހީގަތެވެ. އަދި ކަމެއް ނޫނޭ ބުނެ ކީއްވީތޯ އަހާލިއެވެ. ޝައިހާ މިއްލީގެ އަތުގައި ހިފައިގެން ގޮސް ކުއްޖެއްގެ ގާތުގައި މަޑު ކޮއްލިއެވެ.
“މިލީ.. މީޓް މައި ބޯއިފްރެންޑް..” ޝައިހާ އެހެން ބުނެލުމާއި އެކު މިއްލީ ބަލައިލިއެވެ. މިއްލީ އާއި އޭނާގެ ހަތަރުކަޅި ހަމަ ވުމާއި އެކު ދެމީހުންނަށް އެއްފަހަރާ ލޯ ބޮޑުކޮއްލެވުނެވެ.

ނޯޓް: ކުޑަ ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މި ޕާރޓް ތި ހުރިހާ ކިޔުންތެރިނާއި ހަމައަށް ގެނެސްދިނުން ލަސްވީތީ އަޅުގަނޑު ތި ހުރިހާ ކިޔުންތެރިންގެ ކިބައިން ނިހާޔަތައް މަޢާފަށް އެދެން. 6 ވަނަ ޕާރޓް ވަރަށް އަވަހަށް ގެނެސްދޭނަން އިންޝާ ﷲ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eekko_11

Level 110 Stories

I am a 14 year old girl who loves to read and write stories. ? Both positive and negative comments are welcomed. Feel free to comment. Can contact me via Instagram: _.eener_sh._

Other Articles

Previous

އަންނަންދެން ހުންނާނަން ލޯބިން 3

Next

ވޭން

Next
September 17, 2020

ވޭން

Previews
September 17, 2020

އަންނަންދެން ހުންނާނަން ލޯބިން 3

11 Comments!

  1. ?LamHaa? says:
    September 17, 2020 at 1:19 pm

    Maasha allah V V reethi mi part vx
    Kaaku shaihaa ge boyfriend akee anehkaa
    Curiously waiting for nxt part
    Stay safe dear

    1. Eekko_11 says:
      September 17, 2020 at 4:48 pm

      Hehe thank you so much dear?❤️?❤️?? lets see dhw who it is???
      Stay safe you too dear❤️????❤️?❤️❤️?❤️??

  2. Eekko_11 says:
    September 17, 2020 at 4:51 pm

    Salaam dear readers????❤️?❤️❤️?
    How are you all????????❤️?❤️?❤️?
    Here’s the fifth part of the story❤️?❤️???❤️?? First of all i would like to apologize to everyone????❤️❤️ because of a technical problem i haven’t been able to upload thus part?????❤️?❤️?❤️?
    Please stay with me through comments?❤️?❤️?❤️?❤️❤️
    Both positive and negative comments are welcomed?❤️?❤️?❤️?❤️?❤️
    Stay safe everyone and tc❤️?❤️??❤️?❤️??❤️
    Ly all❤️❤️❤️?❤️?❤️?❤️?❤️?❤️?❤️??❤️?❤️

  3. unknown queen says:
    September 17, 2020 at 6:40 pm

    Wow!!!!!!!!! Vvvvvvvvvv reethi omg it’s soooo sweet????????♥️♥️
    Next avahah up kollacchey ??
    Lysm.. TC ♥️♥️

    1. Eekko_11 says:
      September 19, 2020 at 11:21 am

      Thank you so much dear?☺️☺️?
      Insha Allah next part maadhama submit kollaanan
      Lym and tc dear❤️☺️

  4. R¥N says:
    September 17, 2020 at 8:34 pm

    Maasha Allah…eekko varah reethi mi part ves???????????????????gud luck ????????????tc. Ly

    1. Eekko_11 says:
      September 19, 2020 at 11:22 am

      Thank you so much dear?☺️☺️?
      Thank you☺️☺️
      Lysm and tc dear❤️☺️

  5. ❤shyn❤ says:
    September 18, 2020 at 1:40 pm

    Wooow..v.reethi mi part ves..????curiously waiting for the nxt part ♡♡♡…
    Lysm ❤❤❤

    1. Eekko_11 says:
      September 19, 2020 at 11:22 am

      Thank you so much dear?☺️☺️?
      Insha Allah next part maadhama submit kollaanan
      Lysm and tc dear❤️☺️

  6. Shaima shaee says:
    September 19, 2020 at 8:52 am

    Eeeko masha Allah Vrrrr Reethi mipartves ???????Curiously waiting for the next part. Hama vrrrr nice?????

    1. Eekko_11 says:
      September 19, 2020 at 11:23 am

      Thank you so much dear?☺️☺️?
      Insha Allah next part maadhama submit kollaanan
      Thank you
      Lysm and tc dear❤️☺️

Comments are closed.

Next Episodeލޯބިވާއޭ 6←


All Right Reserved!