ލަމްހާ ރޭގަނޑު ޝިފްޓު އޮންނަ ދުވަސް ދުވަހު ލީން ބަލައި ދެނީ ސުހާންއެވެ. ފުރަތަމަ ލަމްހާ އެކަމާ އިންކާރު ކުރިއަސް މިހާރު ހިތްހަމަ ޖެހެއެވެ. ލީންވެސް އެގޮތް ބޭނުން ވާތީ ލަމްހާއަށް މަޖުބޫރު ވީއެވެ. ސުހާންއަށް އޭނާ އިތުބާރު ކުރެވެއެވެ. ސުހާންވެސް ލީންއާ ދޭތެރޭ ހާއްސަ ގޮތަކަށް ދެކެވެއެވެ. ލީންއަކީ އޭނާގެ އަމިއްލަ ދަރިފުޅު ނަމަ ކިހާ ރަނގަޅު ވީސްހެއްޔެވެ. **** އާދުވަހަކަށް އިރު އެރީ ސުހާންގެ ހަޔާތުގެ ސޮފްހާގައި އަނދިރި ދުވަހެއް ލިޔެލަމުންނެވެ. ދަންވަރު ވަގުތެއްގައި […]
ސުހާން ކާރު މަޑުކޮއްލީ ތަންކޮޅެއް ދުރުގައެވެ. އެވަގުތު މަގުގެ އެއްފަރާތުން ހިނގާފައި އައި ލަމްހާއަށް ސުހާންގެ ކާރު ފެނުނެވެ. އެދިމާއަށް ހިނގައި ގަތްތަނާ ކާރުން ފޭބި ސިއާ ފެނިފައި ލަމްހާގެ ފިޔަވަޅު ހުއްޓުނެވެ. **** ސުހާންގެ ކާރުން ސިއާ ފޭބިތަން ފެނިފައި ލަމްހާގެ މެޔަށް ހީވީ ހޫނު ފެން އެއްޗެއް ޖެހިހެނެވެ. އެއްވެސް އިހްތިޔާރަކާ ނުލައި މެޔާ ދިމާލުގައި އަތް އެޅުނީ ހިތާއި ނާރުތަކުގައި މީހަކު ބާރަށް ހިފާ ފިއްތާލި ކަމުގެ އިހްސާސެއް ކުރެވުމުންނެވެ. ލަމްހާ އަވަހަށް […]
ހަނާ އަށް ހިސާބަކުން ހުއްޓެވުނެވެ. އެ ފެނުނު މީހަކުންނެވެ. އެއީ އެނޫން ދެވަނަ މީހެއް ނޫނެވެ. ހަމްޒާ އެވެ. ”ހަމްޒާ ކިހިނެއް ސަލާމަތްވީ އިންސާނީ ހަމްޒާ މަރުވީތަ؟“ ބާރަ އަހަރު ފަހުން އަނެއްކާވެސް ހަމްޒާ ފެނުމުން އޭނާ އުފާވިއެވެ. ދެމީހުން ބައްދާލައިގެން ހުރީ ދުވަހަކުވެސް ދުލެއް ނުކުރާނަމޭ ބުނާ ފަދަ ގޮތަކަށެވެ. ދެން އޭނާގެ މަންމަ އޭނާ އަށް ސަލާމަތް ކުރެވޭނެ އެވެ. ހަމްޒާ ދުރަށް ޖެހިލިއެވެ. ނުވިސްނާ ހުއްޓާ ކުއްލިއަކަށް ބޯޅައެއް އޭނާގެ ގައިގާ ޖެހުނެވެ. […]
އަމްނާގެ ބަނޑުގައި އޮތަސް އެއީ އަހަރެންގެ ދަރިއެއް ނޫންކަން މާކުރިންވެސް އަހަރެންނަށް އެނގެއެވެ. އަމްނާއަށްވެސް ހީވީ ބޮޑު އުފަލެއް ލިބުނީހެންނެވެ. އާއެކެވެ. އޭނާ ބުނީވެސް އެހެންނެވެ. ” މި މުސީބާތުންވެސް ސަލާމަތްވެއްޖެ..” ކޮންމެ ގޮތަކަށް ލިބުނު ކަމުގައިވިޔަސް އަހަރެން އަޑުއަހާގޮތުން މައި ކުލުނަކީ ވަރަށް މަތިވެރި އެއްޗެކެވެ. ނަމަވެސް އަމްނާގެ ހިތުގައި އެދަރިއަށް ކުޑަވަރެއްގެ ކުލުނެއްވެސް ނެތެވެ. ގެއަށް ދޫކޮށްލީ ޑޮކްޓަރުގެ އެތައް ނަޞޭހަތަކަށްފަހު ތިންދުވަސް ފަހުންނެވެ. އަމްނާއަށް ދެން ދަރިއަކު ލިބޭނެ ކަމުގެ ކުޑަވެސް ޔަގީންކަމެއް […]
“މިންނު އިޒް ދިސް ޓްރޫ؟” ޔޫސުފް ދުވަމުން ކަހަލަ ގޮތަކަށް އައިސް ފޯނު މިންހާއަށް ދައްކައިލިއެވެ. މިންހާ އޭނާގެ ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހީނލައިގެން އިނދެ ބޯ ޖަހައިލިއެވެ. “ގޯޑް އައި ސޯ ހެޕީ. އައި ކާންޓް ވެއިޓް ފޯރ ދިސް ޓު ހެޕަން” އެއީ ތެދެއްކަން ޔަޤީން ވުމާއެކު ޔޫސުފް ގޮސް މިންހާ އަދި ނަވާރް ގައިގައި ބައްދައިގަތެވެ. **** އިންޓަނޭޝަނަލް ބްރޭކްގައި ވޯލްޑް ކަޕް ކޮލިފައިން އަދި ޔޫރޯ އާއި އޭޝިއަން […]
“ދެން ގެނެބަލަ ތީތި.. މިހާރު ލީން ހުންނާނެ އަހަރެން ނުގޮސްގެން ލަސްވެފަ” ލަމްހާ އެހެން ބުނެފައި ފަށުގައި ހިފިއެވެ. ސުހާން އެފަށް ދަމައިގަތް ވަގުތު ފަށް ކެނޑިގެން ވެއްޓުނެވެ. **** “ސޮރީ.. އަހަރެން ގަސްތަކުއެއް ނޫން” ލަމްހާގެ ރުޅިވެރި ނަޒަރު އޭނާއަށް ހުއްޓުމުން ސުހާން ދެރަވިއެވެ. އެއީ އޭނާ ގަސްތުގައި ކުރި ކަމެއް ނޫނެވެ. “އެހެންނޭވާނީ ދެންވެސް ކުޑަކުއްޖެހެން އުޅެންޏާ.. ކުރިންވެސް އެފަށް އަހަރެންނަށް ރީތިކޮށް ދިންނަމަ އެހެނެއް ނުވީހެއްނުން” ލަމްހާ ނުރުހުންވެފައި ދުރަށް ހިގައިގަތެވެ. “ލަމް […]
” މަންމަ ތިހުރީއެއް ނޫ…އެހެން ނޫނަސް ތީ މިހާރު ވަޅުލާންވެސް ތައްޔާރަށް ތިބި ބައެއް…އެމީހުންނާއިގެން އަބަދު އުޅެގެން ވަކި ވާނެ ފައިދާއެއް ނޯންނާނެ” އަމްނާ ބުންޏެވެ. އަޅެފަހެ އަހަރެން ދެލޯ އަނދިރީހެއްޔެވެ. އަހަރެންނަށް ނުވިސްނެނީ ކީއްވެހެއްޔެވެ. އެތަނުން އެކަކީ ނުވަމަސް ވަންދެން ބަނޑުގަ އަހަރެންބާއްވައިގެން ވިހެ އެ ހަށިގަނޑުން ލޭ ބޯންދީގެން އަހަރެންގެ ހިތުގައި ނުޖައްސައި ބޭނުން ހުރިހާ ކަމެއް ކޮށްދީގެން ބަލައި ބޮޑުކުރި މައިމީހާއެވެ. އެނދުގައި މިއަދު ދެލޯ ނުހުޅުވި އޮތީ އެތައް ދަލެއް އޮހޮރުވައިގެން […]
އެއީ އަހަރެންގެ އުމުރުން 9 އަހަރުގައި އެވެ. ބ. އޭދަފުއްޓައް ދިއުމަށްޓަކައި އަހަރެންނާއި އަހަރެންގެ އާއިލާ މީހުން ފުރީ ހުކުރު ދުވަހެއްގެ ހެނދުނު 6 ޖަހާ ކަންހާއިރު އާދައިގެ ދޯންޏެއްގައި އެވެ. ދުވަހަކީ އުޑުމަތި ސާފު ވައިމަޑު ހިތްގައިމު ދުވަހެއް ކަމުން މޫދުގައި އެންމެ ރާޅުބާންޏެއް ހާ މިންވަރު ވެސް ނެތެވެ. ދޯނީގައި ތިބި މީހުން ދިޔައީ މަޖާކޮށް ސަކަރާތް ޖަހަމުން ނެވެ. ކުދިވެރިން ދިޔައީ ފޯރީގައި ތާސްބައި ކުޅެ މަޖާކުރަމުންނެވެ. ބޮޑެތި މީހުން ތިބީ އޮލަ […]
“އަހަރެން ކިހިނެއް ލަމްހާ ގާތު އަހާނީ.. އަހަރެން ފެނުނަސް އޭނާ ރުޅި އަންނަ ހެން ހީވަނީ.. ކޮންމެވެސް އެއްޗެކޭ ކިޔާ ކޯޅެން ފަށާނެ” ސުހާން ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. އެރެއަށް މަސައްކަތް ނިންމާލާފައި އާޒިމް ފަހަތުން ސުހާންވެސް ނުކުމެގެން ދިޔައެވެ. އާދުވަހަކަށް އިރު އަރައިފިއެވެ. އެހެން ދުވަސް ދުވަހަށް ވުރެ އަވަހަށް މިއަދު ލަމްހާއަށް ހޭލެވުނެވެ. މާރިއާ އައުމުގެ ކުރިން ހެނދުނުގެ ސައި ހަދާފައި އޭނާ ވަނީ ފެންވަރާށެވެ. ލޯގަނޑު ކުރިމަތީ ހުރެ ރީތި ވެލާފައި އޭނާގެ […]