ކިޔުންތެރިންގެ ސަމާލުކަމަށް! ވާނަން އުމުރަށް މި ވާހަކަ އަކީ އަޅުގަނޑު ‘އެސްފިޔަ ދިވެހި ވާހަކަ ސައިޓް’ ގައި ލިޔުނު އެންމެ ފުރަތަމަ ވާހަކައެވެ. އަދި މި ވާހަކައިގައިވާ ނުހަނު ގިނަ ކުށްތައް ފާހަގަ ކުރެވުމުން އަޅުގަނޑު ވަނީ އަނެއްކާ އަލުން މި ވާހަކަ މި ސައިޓްގައި ޝާޢިރުކުރަން ނިންމާފައެވެ. ކުދި އަދި އެއާއިއެކު ބޮޑެތި ބަދަލުތަކާ އެކުގައެވެ. މި ވާހަކަ ރެގިއުލާރކޮށް އަޕްލޯޑް ކުރެވިގެންދާނެ ވާހަކަ އިއުލާނުކޮށްލަމެވެ. އަދި އަޅުގަނޑުގެ ނުނިމި ހުރި ހުރިހާ ވާހަކައެއް އަލުން […]
ދުވަސްތައް ފާއިތުވަމުން ދިޔަ ގޮތެއްވެސް ނޭނގެއެވެ. އަހަރެންނަށް މަޖާނެގުނުގޮތެއްވެސް ނޭގެއެވެ. މުޅި ރޭގަނޑު އުފާ ކުރުމުގައި ވަގުތުތައް ގުނީމެވެ. އިރުއަރަން ކައިރިވުމުން ގޮސް އޮށޯންނަނީއެވެ. ދުވާލު ހޭލާއިރު މެންދުރުވެދާނެއެވެ. އެކިމަޖަލާ ސަކަރާތުގައި ހޭދަކުރަމުން އަހަރެންގެ ޗުއްޓީ ކުރުކުރީމެވެ. އަހަރެން ރަށުގައި ނެތީސް މަންމަ އުޅުނީ ކިހިނެއްތޯވެސް އެންމެ ފަހަރަކުވެސް އަހަރެންގެ ހިތަކަށް ނާރައެވެ. މަންމަގެ ހާލު ބައްޕަ އެނބުރިއައުމުންވެސް އަހާނުލަމެވެ. އަހަރެން މަންމަ މަތިން ހަނދާންވީވެސް ފުރަންއައިސް ދޯނީގައި ހުއްޓާއެވެ. އެކަމާ ދެރަވެސްވިއެވެ. ނަމަވެސް އަހަރެންނާއެކު އަމްނާ […]
“އެއީ ސުހާން ބޭބެ އެއްނުން.. މަންމިގެ ފުރެންޑެކޭނުން” ލީން ބޯ އަރިކޮއްލާފައި ބުނެލިއެވެ. “ސުހާން..” ލަމްހާއަށް އެނަން ކިޔާލެވުނެވެ. އަދި ފަސް އެނބުރިފައި ބަލާލެވުނެވެ. ކާރުގައި ލައްވެލައިގެން ހުރި ސުހާން އޭނާއަށް ފެނުނެވެ. ލަމްހާއާއި ދިމާއަށް ބަލާލާފައިވެސް ނުފެންނަކަމަށް ހެދި އަނެއް ފަރާތަށް އެނބުރުނެވެ. ސުހާންގެ މިއަމަލުން ލަމްހާގެ ހިތަށްް ކުޑަކޮށް އުނދަގޫވިއެވެ. އެހެންޏާ އޭނާ ފެންނައިރަށް ކޮންމެވެސް އެއްޗެކޭ ކިޔާ ޖެއްސުން ކޮއްލާތީ ސުހާން އެހެން ކަންތަށް ކުރުމުން ލަމްހާ ހައިރާންވިއެވެ. **** އެރެއެވެ.. ސިޓިން […]
ޝަމްސް އޮފީހުން ގެއަށް ވަދެގެން އައި އިރު އޭނާގެ މޫނުމަތިން ކަރުނަ ހިލި ހުއްޓެވެ. ” އަނެއްކާ ކިހިނެއް ވީ “ޝަމްސް ފުރަތަމަ ފަހަރަށް ވެސް ބުނެލި ޖުމްލައިން ޔުމްނު އަށް ހީވީ ދުނިޔޭގެ ހިނގުން ހުއްޓުނު ހެންނެވެ. …… ”އަމާނީ މަރާލައިފަޔޯ އޮތީ. ދެ ލޮލަށް ވަޅިޖަހައިފަ ހަށިގަނޑުގެ ބައިތަށް އެތަން މިތަނަށް އުކައިފައި. އޭނާގެ ހަށިގަނޑު ފެނިފައި ސަމީރާ އަށް ސްޓޮރޯކެއް ޖެހުނު. އޭގެ ކުރިން ވެސް ދެ ސްޓޮރޯކު ޖެހުމުގެ ސަބަބުން މިފަހަރު […]
އަހަރެމެން ދިޔައިރު އަމްނާގެއަކު ނޫޅެއެވެ. ނަފީއްސައްތަ އަވަހަށް އުޅުނީ އަހަރެމެން އުޅޭނެ ތަނެއް ދައްކާށެވެ. އަހަރެންނާ ބައްޕަޔާ އުޅެން އެއް ކޮޓަރި ދިންއިރު އަހަރެން އުޅޭ ގެއަށްވުރެން ބޮޑުކަމަށް ދައްކައެވެ. ތެޅިގަލުން ރާނާފައިވާ ހަތަރުކޮޓަރިއަކާ ބަދިގެއެއް އެކޮށް ރާނާފައި ހުއްޓެވެ. ނަމަވެސް ފާޚާނާ ކުރަން ދާން ޖެހެނީ އަތިރިމައްޗަށެވެ. ނޫންނަމަ ގިފިލީގައި ވަޅުކޮނެގެންނެވެ. އަހަރެންނަށް އެއީ މާ ބޮޑުކަމަކަށް ނުވެއެވެ. އެއީ އަހަރެންވެސް ރަށުގައި އުޅުނު ގޮތްކަމުންނެވެ. **************************************************** އަމްނާ ގެއަށް އައިސްވަންއިރު ރޭގަނޑުން ބާރަޖަހާފިއެވެ. އޭރު […]
އާޒިމް ކާރު ފެނުމުން ސުހާން އެދިމާއަށް ހިނގައިގަތެވެ. ކުރީ ސީޓުގައި އަންހެން ކުއްޖަކު އިންކަން އެނގުމުން ސުހާން އެރީ ފަހަތަށެވެ. “އާޒިމް ކަލޭ ވަގު ބިޓުން ގެން ގުޅޭކަން އެނގިއްޖެއްޔާ އޭޝްލީ މެޑަމް ކަލޭގެ ދުވަސް ދުއްވާލާނެ އިނގޭ” ކުރީ ސީޓުގައި އިން ކުއްޖާއާ ދިމާއަށް ބަލާލަމުން ސުހާން ދިމާކޮއްލިއެވެ. ލަމްހާވެސް ފަސްއެނބުރި ބަލާލީ އެވަގުތުއެވެ “ކަލޭތަ؟” ދެމީހުނަށް އެކުއެކީ އަހާލެވުނެވެ. **** “ކަލެއެކޭ މަށާ އަވަލަވައިގެން އުޅޭ ޖިންނި އެކޭ ނެތޭނުން ތަފާތެއް.. ހަމަ ދާހާތާކުން […]
ހެނދުނުން ސުރެ ހުއްޓުމެއް ނެތި ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. މެންދުރު ވީތަނުން ވިދާ ގުގުރަން ފެށިއެވެ. މުޅި ދުނިޔެ ވަނީ އަނދިރި ކަމުގެ ސާލެއްގެ ތެރޭގައެވެ. ވައި ބާރު ކަމުން މަގު މަތީގައި ހުރި ގަސްތައް ބިމުން ލޫހި ވެއްޓިދާނެހެން ހީވެއެވެ. ކޮޓަރީ ކުޑަދޮރު ކައިރީ އިށީންދެލައިގެން މިންހާ ބޭރު ބަލަން އިނެވެ. ވާރޭ ތިކިތައް ބިއްލޫރިގަނޑުން ތިރިއަށް ފައިބައި މަންޒަރަކީ މިންހާ ވަރަށް ބަލާހިތްވާ މަންޒަރެކެވެ. މާލޭގައި އުޅުނު އިރުވެސް ވާރޭ ވެހެން ފަށައިފި […]
ފުން ވިސްނުމެއްގެ ތެރޭގައި ވަނިކޮށް ސުހާން ސިހުނީ ވަރަށް ބާރު ދުވެއްޔެއްގައި އައި ސްނޯ ބޯޅައެއް އޭނާގެ ބޮލުގައި ޖެހުމުންނެވެ. ނުވިސްނަ އިންދާ ޖެހުމުން އޭނާ ނުވެއްޓުނީ ކިރިޔާއެވެ. **** އެއީ ކާކުގެ ކަމެއްތޯ ބަލަންވެގެން ފަހަތަށް އެނބުރުނު އިރު އެތާ ބައިވަރު ކުދިން ކުޅެން އުޅެއެވެ. އެކުދިންތަކުގެ ތެރެއިން އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުރި އަންހެން ކުއްޖާ ފެނުމުން އެއީ އެކުއްޖާގެ ކަމެއް ކަމަށް ސުހާންއަށް ހީކުރެވުނެވެ. ބެންޗުން ތެދުވެފައި އޭނާ އެކުއްޖާއާއި ދިމާއަށް ދިޔައެވެ. […]
އަހަރެންނަށް އިރުކޮޅަކަށް އެތާ މަޑުކޮށްލެވުނެވެ. ނަމަވެސް މަންމަ އިސްއުފުލާ އަހަރެންނާ ދިމާލަށް ބަލާވެސް ނުލައެވެ. އަހަރެން މަޑުމަޑުން ގޮސް މަންމަގެ ކޮނޑުމަތީ ބޯއަޅާލީމެވެ. އަދި މާފަށް އެދުނީމެވެ. މަންމަ ހިފަހައްޓާއިގެން ހުރި ކަރުނަތައް ލޮލުން ފޭދެން ފެށީ އެވަގުތުއެވެ. މަންމަ ގިސްލަގިސްލާފައި ރުޔެވެ. އަހަރެންނަށް އެމަންމަގެ ހިތުގައި ޖެއްސުނީ ކިހާވަރަކަކަން އިޙުސާސް ކުރެވުނެވެ. އެމަންމަ އުފާ ކޮށްލަދޭންވެސް އަހަރެން ނޫނީ އެހެން މީހަކު ހުރީއެއްވެސް ނޫނެވެ. މަންމަ އަހަރެންނަށް ހެޔޮހިތުން މާފްކުރިއެވެ. ********************************************* އަހަރެން އެތެރެއަށް ވަނީ […]