ބެލްޓަށް ރުފިޔާ ދައްކަން ކައުންޓަރާ ދިމާއަށް ދާން އެނބުރުނު ވަގުތު ފަހަތުގައި ހުރި ވިޝާމް ފެނުމުން ލަމްހާ ސިހުނެވެ. ވިޝާމް ހީލުމުންވެސް ލަމްހާ އަޅާ ނުލާ ދުރަށް ޖެހިލިއެވެ. ލަމްހާގެ ފަހަތުން ވިޝާމް ފިހާރައިން ނުކުތެވެ. “ވިޝާމް،.. ކިޔެއް ތިކުރަނީ؟ ކިހިނެއް ވެގެންތަ އަހަރެން ފަހަތުން ކުނަ މެއްސެއްހެން ތި އެނބުރެނީ” ލަމްހާ ނުރުހިފައި އަހާލިއެވެ. “ހަހަ.. ލަމް ރުޅިއައީތަ.. އަހަރެން ހީކުރީ ލަމްއަށް އަހަރެން ނުފެންނާތީ ކަމަށް އަހަރެން ހީލީމަވެސް އަޅާ ނުލާ ދިޔައީ.. އެހެންވެ […]
ހަތްވަނަބައި “ލައު ވާހަކަ އެއް ބުނަންތަ..؟” ސާހިލް ލައުރާގެ ދޮން މޫނަށް ފުންނަޒަރަކުން ބަލާލަމުން އަހާލިއެވެ. ލައުރާ މަޑުމަޑުން ބޯޖަހާލީ ކިރިޔާ ސާހިލް އަށް އެނގޭ ވަރަށެވެ. “އަހަރެން ލައު ފެނުނު ފުރަތަމަ ވަގުތުގައިވެސް ލައު ވަރަށް ކަމުދިޔަ.. ނޭނގެ އެއީ ކީއްވެގެން ކަމެއް.. އެކަމް.. އަހަރެންނަށް އެއްކަމެއް ޔަގީންވި.. އެއީ އަހަރެން މިހާރު ލައުއާއި ގަޔާވާކަން.. ލައު އައި ލަވް ޔޫ..” ސާހިލް އޭނާގެ ހިތުގެ އަޑު ލައުރާގެ ކުރިމަތީގައި ބަންޑުން ކޮށްލިއެވެ. *** ސާހިލް […]
“ލަމްހާއޭ ކިޔައިގެން ތިކަހަލަ އެންމެ ބަހެއް ބުންޏަސް.. ދެވަނަ ފަހަރަށް ދިޔަ ދުލުން އެއްޗެކޭ ނުބުނެވޭ ވަރު ކޮއްލާނަން.. އެނގިއްޖެތަ.. ތިހިރީ ވަރިކޮށްފަ.. ދާން އުޅޭ މިތަނުން.. ރައްކާވޭ!” ވިޝާމް އެހެން ބުނެފައި ބަރު ފިޔަވަޅުތަކެއްގައި ގެއިން ނުކުމެގެން ދިޔައެވެ. ވިޝާމް ދިޔަފަހުންވެސް އެތަށް އިރަކު ހަނާއަށް އެހުރި ފިޔަވަޅު މަތީ ހުރެވުނެވެ. ހަނާގެ ލޮލުން ހޯސްލާފައި ކަރުނަ އަންނަނީއެވެ. އެކޮޓަރީގެ ހަމަ ހިމޭންކަން ނަގާލީ ހަނާގެ މަޑު ގިސްލުމެވެ. އާދުވަހަކަށް އިރު އެރިއެވެ. ވަސީމާ އާއި […]
އަހަރެން ކުރި ސުވާލަށް އުމައިރު ހިތްހަމަ ނުޖެހުނު ހެން ހީވިއެވެ. ރާގައިގަ އެކަން ހުއްޓަސް މޫނުމަތިން އެކަން ދައްކައި ނުލިއެވެ. ” ދެން އުމައިރުއަށް ފެނިފަވާނަމަ ބުނެވިދާނެއެއްނު…” އަހަރެން އަނެއްކާވެސް އަހާލީމެވެ. ” އާނ! މީހުން ކިޔާތީ އަޑުއެހިން މުޅި ރަށުގައި އެއްގެއިން އަނެއްގެއަށް ބަނޑުހައިހޫނުކަން ފިލުވަން އާދޭސްކުރަމުން ދުވިޔޭ…މިހާރު މަށަކަށް ނޭނގެ..” އަމިއްލަ މައިމީހާގެ ވާހަކަ ދެއްކުމުންވެސް ނޭގުނު މީހެއްކައިރީގަ އިތުރަށް އެވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބައިބާއޭ އުމައިރުގެ ހިތައް އެރިއެވެ. ********************************************** އަހަރެން އެގެއިން […]
ވިޝާމްގެ ހަށިގަނޑު ދުރު ކުރަން މަސައްކަތް ކުރަނިކޮށް ގޭގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. ލަމްހާ ސިހިފައި ބަލާލިއިރު ދޮރުމަތީ ހުރީ ސުހާންއެވެ. ވިޝާމްއާއި ލަމްހާ ތިބިގޮތް ފެނިފައި ސުހާންގެ އަތުގައި އޮތް ކޮތަޅު ދޫވިއެވެ. **** “ސުހާން..” ވިޝާމް އޭނާގެ ގައިން ދޫކޮއްލި ވަގުތު ބަލާފައި ލަމްހާވެސް އަވަހަށް ދުރަށް ޖެހިލިއެވެ. “ސުހާން.. މިއީ ތިހީކުރާ ކަހަލަ ކަމެއް ނޫން” ލަމްހާ އަވަހަށް ބުނެލިއެވެ. ސުހާން އެއްވެސް ބަހެއް ނުބުނެ އެތެރެއަށްވަނެވެ “ކަލޭ މިތާ ކީއްތިކުރަނީ؟” […]
އެހިސާބު ވަށައިގެން ހޯދަނިކޮއް ސުހާންގެ ލޮލުގައި އަޅައިގަތީ ބިންމަތީގައި އޮތް ރިހިފަށެވެ. އެފަށް ނަގާފައި ސުހާން އެފަށް ރީތިކޮއް ބަލާލިއެވެ. އެއީ ލަމްހާގެ ފަށްކަން އެގުމުން ސުހާންގެ ހިތަށް ވަނީ ގޮތް ނޭނގޭ ބިރެކެވެ. ކުރިމަތީގައި ހުރި ވީރާނާވާން ކައިރި ވެފައިވާ އިމާރާތަށް ބަލާލެވުނީ ލަމްހާ ވީ އެތަނުގާ ކަމަށް އެހިތް ބުނަމުން ދާތީއެވެ. **** ދެމީހުންވެގެން ލަމްހާ ވެއްދީ ކޮޓަރިއަކަށެވެ. ލަމްހާގެ ބުރަކަށީގައި އަޅާ ކޮއްޕާލި ގޮތުން ލަމްހާ ބިންމައްޗަށް ވެއްޓުނެވެ. ވެއްޓުނު ގޮތުން އޭނާ […]
މިއީ ކުރިން މަގޭ ބައްޕަ ހިންގަމުން އައި ބިޒްނެސްއެއް…އެކަމަކު މިހާރު ބައްޕަ މަރުވިތާ އެތައް އަހަރެއްވެއްޖެ… އަހަރެން މިއުޅެނީ އާއިލާ ގޮވައިގެން އެމެރިކާއަށް ބަދަލުވާން…އެހެންވެ މިކޮޅު ތީ އަހަރެންގެ ހުރިހާ ތަނެއް ވިއްކާލާފަ ދާން މިއުޅެނީ… ފުރަތަމަ ވިސްނީ ކުއްޔަށް ދޭން…އެކަމަކު ދެން އެއްކޮށް ގޮސް އެތަނުގައި އެހެންކަމެއް ފަށަން ގަސްތުކޮށް ފައި އޮތުމުން ވިއްކާލަން މިއުޅެނީ…” މެތިވް ބުންޏެވެ. ” އަހަރެންނަށް އޯކޭ…ކަލޭ ބޭނުން އަގެއް ކިޔާ ގަންނަން މިހުރީ..” އަހަރެން ބުނެލީމެވެ. ބިޒްނެސް އެކޭ […]
ސުހާންގެ ލޯބި ލަމްހާ ގަބޫލު ނުކުރިނަމަވެސް ސުހާން ލަމްހާއާ އެކުވެރިކަން ބާއްވަން ބޭނުމެވެ. ލޯބިވެރިއެއްގޮތުގައި ކާމިޔާބު ނުކުރެވުނު ނަމަވެސް ލަމްހާގެ ހިތުގައި ސުހާންއާ ދޭތެރޭ ކުޑަވެސް ހާއްސަކަމެއް ވާނަމަ އޭނާއަށް ފުދޭނެއެވެ. **** ޖެހިގެން އައި ދުވަހެވެ. މިއަދު ސުހާންގެ ހުންވެސް ހަމައަކަށް އެޅިއްޖެއެވެ. ކޮފީއެއް ގިރާލައިގެން އައިސް ސުހާން އިށީނީ ސްޓަޑީ ރޫމްގައި ހުރި މޭޒެއް ކައިރީގައެވެ. ލެޕްޓޮޕު ހުޅުވާލައިގެން އޭނާ އޮފީހުގެ ނުނިމި ހުރި މަސައްކަތްތައް ހަދަން ފެށިއެވެ. ސުހާން ގެންގުޅޭ ފައިލެއް ނުފެނިގެން […]
ތަނެއް ދޮރެއް ނުބަލާ ދުވަމުން ދިޔަ އަހާނާ މީހެއްގެ ގައިގައި ޖެހިފައި ވެއްޓުނެވެ.” ޕިސް ޕިސް ޕިސް އަހޫ. ކެހެނައްވޫ ހީވެންނޫ ބިރެއު ފެނީގެން އޮންނާހެން.“އަހާނާ އަށް ތެދުވާން އަތް ދިއްކުރުމުން ކިއާރާ ހުވަދޫ ބަހުން ބުނެލިއެވެ. ************************* ” ދެން. ކީއާ.“ އެހެން ކިޔާފައި އަނެއްކާވެސް އަހާނާ ދުއްވައިގަތެވެ. ކިއާރާ ވާނުވާ ނޭނގޭ ހާލު އަހާނާ ފަހަތުން ދުވަން އުޅެފައި ވެސް ދެކޮޅަށް ބޯހޫރުވާލަމުން މިޝްޔާމެންގެ ގޭދިމާލަށް ހިގައިގަތެވެ. ކިއާރާ އަށް އެގެއަށް ދިޔައިރު ގޭތެއިން […]