Skip to content
އެސްފިޔަ

ހުޅެވި ހަނދު (ހަށިގަނޑު ރީތިކޮށް ބެހެއްޓުން)

ހަށިގަނޑު ރީތިކޮށް ބެހެއްޓުމަކީ ހަމަ ކޮންމެ މީހަކުވެސް ކުރަން ބޭނުންވާނެ ކަމެކެވެ. މިކަމުގައި ވަކި އުމުރެއް ނެތެވެ. ކުޑަޔަސް، ބޮޑަސް، ފުރާވަރުގެ ކުއްޖަކަސް، ޒުވާނަކަސް، ހަރުމީހަކަސް، މުސްކުޅިއަކަސް ވަކި ތަފާތެއް ނެތެވެ. މިމަޒުމޫނުގައި އަޅުގަނޑު ބަލައިލާނީ ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށްޓަކައި ކުރެވިދާނެ ބައެއް ކަންތައްތަކަށެވެ. ފުރަތަމަ މިބަލައިލަނީ އިސްތަށިގަނޑަށެވެ.
*އިސްތަށިގަނޑު:
އިސްތަށިގަނޑުގެ ތެޔޮކަން ހިފެހެއްޓުމަށްޓަކައި ކޮންމެ ދުވަހަކު ބޯދޮވުމުން ދުރުހެލިވާށެވެ. ކޮންމެ ދުވަހަކު ބޯދޮވުމަކީ އިސްތަށިގަނޑުގެ ތެޔޮކަން ނެތިކޮށްލާ ކަމެކެވެ. އިސްތަށިގަނޑު ތެތްކޮށް ހުންނައިރު ފުނާއެޅުމަކީ އިސްތަށި ފޭބުމުގެ މައްސަލަ ކުރިމަތިވާ ކަމެކެވެ. ބޮލުގައި ލާން ރަނގަޅު ތެލުގެ ތެރޭގައި އެވޮކާޑޯ ހިމެނޭ ތެލާއި ކާށި ތެލާއި އޮލިވް އޮއިލް ހިމެނެއެވެ.
މީގެ އިތުރުން އިސްތަށިގަނޑު ހެދިބޮޑުވުމަށް ބަދަނުގެ ބާވަތްތަކާއި މަހުގެ ބާވަތްތައް އަދި ކިރާއި ސްޕިނެޗް، ދޮންކެޔޮ، އަލުވި، ވިލާތު ބަށި\ޓޮމާޓޯ އަދި ބީންސް ނުވަތަ ތޮޅިއަކީ ބޭނުންކުރުން މުހިއްމު ބާވަތްތަކެވެ.
އިސްތަށިގަނޑު ދޮންނައިރު ކޮންޑިޝަނަރއަކާއެކީ ދޮވުން މުހިއްމެވެ. ކޮންޑިޝަނަރއަކީ އިސްތަށިގަނޑު ވަރުގަދަކޮށް، އިސްތަށިތައް ފޭބުމުގެ މައްސަލަ ކުޑަކޮށްދޭ އެއްޗެކެވެ. މިގޮތަށް، ކޮންޑިޝަނަރ ބޭނުންކުރާއިރު އެ ޝޭންޕޫއާ އެއް ބްރޭންޑެއްގެ އެއްޗެއް ބޭނުންކުރަންވާނެއެވެ. ސަބަބަކީ ދެބްރޭންޑެއްގެ ޝޭންޕޫއަކާ ކޮންޑިޝަނަރއެއް ބޭނުންކުރުމުން އިސްތަށިގަނޑަށް އޭގެ ނޭދެވޭ އަސަރު ކޮށްފާނެތީއެވެ.
އިސްތަށިގަނޑު ދޮވުމަށްފަހު ތުވާއްޔަކުން ރަނގަޅަށް ފެންހިއްކަން ވާނެއެވެ. އަދި ބްރަޝްއިން އިސްތަށިގަނޑު އޮމާންކުރުމުން ދުރުހެލިވާށެވެ. އެއީ އޭގެން އިސްތަށިގަނޑު އޮމާންކުރުމުން، ނޭނގިނަމަވެސް އިސްތަށިތައް ބުޑުން ނެއްޓޭ ގޮތްވާތީއެވެ. އިސްތަށިގަނޑު އޮމާންކުރުމަށް ރަނގަޅީ ފުނަލެކެވެ.
އިސްތަށިގަނޑު ތެތްކޮށް ހުންނައިރު ނިދުމަކީ ރަނގަޅުކަމެއް ނޫނެވެ. ބޯ ދޮވެގެން އައިސް ކޮންމެހެން ނިދަންޖެހިއްޖެނަމަ، އިސްތަށިގަނޑު ދެފަރާތަށް ނުވަތަ އެއް ފަރާތަށް ގަތާލާނީއެވެ. ނުގެތޭ ވަރުގެ އިސްތަށިގަނޑެއްނަމަ، ހުޅިއެއް ޖަހާނީއެވެ.
އިސްތަށިގަނޑުގައި ފާޑުފާޑުގެ ކުލަ ޖެއްސުމަކީ އިސްތަށިގަނޑު ހަލާކުވެ، ވީރާނާވާ ކަމެކެވެ. އޭގެ ބަދަލުގައި ހީނާފަތް ހޭކުން ރަނގަޅުވާނެއެވެ. ފިހާރަތަކުގައި އެކިކުލަކުލައިގެ ހީނާފަތް މިހާރު ވިއްކަން ހުންނަކަން ފާހަގަކޮށްލަމެވެ.
އިސްތަށިގަނޑު ވަރުގަދަކުރަން ބޭނުންނަމަ ބޯދޮންނައިރު ފިނިފެނުން ބޯދޮވުން ރަނގަޅުވާނެއެވެ. އޭގެ އިދިކޮޅު، ހޫނުފެނުން ބޯދޮވެފިނަމަ އިސްތަށި ފޭބުމުގެ މައްސަލަ ވަރަށް އަވަހަށް ކުރިމަތިވާނެއެވެ. ބޯދޮންނައިރު އަބަދުވެސް ތާފަނާ\ ތާ ފެނާ ނުވަތަ ފިނިފެން ބޭނުންކުރާށެވެ.
ރިސިޕް:
ބޭނުންވާނީ: ދެބިސް.
ބިހުގެ އެތެރޭގައިވާ ހުދުބައި ( އެގް ވައިޓްސް) ނަގާށެވެ. އެއަށްފަހު ތަށްޓަކަށް އޭތި އަޅާލާށެވެ. ބޯ ދޮންނައިރު ފުރަތަމަ އިސްތަށިގަނޑު ތެންމާލުމަށްފަހު، ( އެގް ވައިޓްސް) އިސްތަށިގަނޑުގެ ބުޑުތަކަށް ފޯރާނެހެން އިސްތަށިގަނޑުގައި ހާކާށެވެ. އެއަށްފަހު އަނެއްކާވެސް އިސްތަށިގަނޑު ހުސް ފެނުން ދޮވެލާށެވެ. ދެން ޝޭންޕޫ ލައިގެން އިސްތަށިގަނޑު ދޮންނާށެވެ. މިގޮތަށް ހަދާއިރު ކޮންމެހެން ހެއަރ ކޮންޑިޝަނަރއެއް ބޭނުންނުކުރިއަސް ރަނގަޅުވާނެއެވެ. ސަބަބަކީ ބިހުގެ އެތެރޭގައިވާ ހުދުބަޔަކީ ކޮންޑިޝަނަރއެއް ގޮތުގައި ބޭނުންކުރާ އެއްޗަކަށްވާތީއެވެ. ބޯ ދޮންނަ ކޮންމެ ފަހަރަކު މިހެން ނުހެދިއަސް، ދެހަފްތާއިން ދެހަފްތާއިން މި ރިސިޕް ބޭނުންކުރުން ރަނގަޅުވާނެއެވެ.
( ސަމާލުކަމަށް: މި ރެސިޕް، އަށާރަ އަހަރުން ދަށުގެ ކުދިން ބޭނުންކުރުމަކީ ރަނގަޅުކަމެއް ނޫނެވެ. އެކުދިންގެ އިސްތަށިގަނޑަކީ އަދި ހަމަކީވެސް އުފެދެމުން، ބަދަލު އަންނަމުން ދާ އެއްޗަކަށް ވާތީ މިފަދަ ރެސިޕްތައް ބޭނުންކުރުމުން އިސްތަށިގަނޑަށް ނުވަތަ ހަމަށް ނުފައްތަރު ބަދަލެއް އައުމަކީ ވެދާނެކަމެކެވެ. )
( ނުނިމޭ..)

Comments (12)

  1. ??????

    umm … mi site ga mazumoonu vess liye veytha … ??? i thought esfiyaiga stories ekani kamah hun nany …. anyway thanks for the info

  2. roxe

    aharumennah keeh? mazumoonu noon lhemaai farihi liyunas magey massala eh nei…muhimmu kiyaahivvaa beynun theri ehcheh liyevijjaa….thanks athoo

  3. sal

    Meethives dhen ok. Ekam siyaasee habaru nuliyun edhen

  4. zum

    fyi, it goes like this “ރެސިޕީ” for the english word recipe

  5. athoo ..

    ?????? and roxe ge comment fenuneema athoo hama aslahves varah ufaa vejje. next part ga ithuru mauloomath himanan athoo try kuraanan.
    sal keehve thihen thibuney? ekakuves noolhey siyaasy vaahaka liyaakah. athoo beynun vee hurihaa kudhinnahves hashigadu reethikoh behehtumaa beheygothun mauloomath kolheh dheyn.
    veemaa thiya gothah nuvisnun edhen….

  6. xihoo

    Hah..this is insane

  7. lady

    Your idea is great. Good information. I really like it. It would be good if you include recipies which contain no chemicals. Like natural products (recipies) for hair condtioning, shampooing etc…… i am a person who dont use chemical on hair. Hus natural echehi lanee. Btw vvvvv Good work. I really appreciate it. Hope to see it regularly and without any delays. Thanks athoo 🙂

  8. aii

    Athoo alah liya kuhjeh tha..athoo storys nuliyan tha…thanx for the info..i ll try to use ur tips..

  9. antharees

    goahe noon……. netha vahaka eh…….

  10. myheh

    Isthashi falhaa ehcheh ge information genes dhybala. Plz im begging u.. Help me..

  11. maee

    Thnx athoo 4 ur kind infomation!

  12. athoo ..

    thankx all, for commenting!
    lady, athoo ladyge thi khiyaalu balaiganefin. athoo ves chemical hunna ehchehi beynumeh nukuran.
    aii, athoo aky hama alah liyaa kujjeh. athooge furathama vaahaka ‘dhuniye’ innane mi site ga. ekam eyge photo athoo athun olhigen delete vee meethi up kuran ulheni koh. sorry for that. athoo balaanan iraadha kurehviyaa stories ves genesdhe veytho. mihaaruves kabaduga athoo liyefa huri vaahakthah funi jehifa. hehe.
    myheh dhen thivarah beg nokohba. athoo next part ga isthashi falhaane gotheh genesdhey namey.

Comments are closed.