Skip to content
އެސްފިޔަ

ބޮޑާ ނުވާށެވެ!

މިސްކިތުން ފައިބައިގެން ގެއަށް ދިޔަ މަގުމަތީގައި ކުއްލިއަކަށް ލޮލުގައި އަޅައިގަތީ އަލަށް ހުޅުވާފައިވާ ފިހާރައެއްގެ ޑިސްޕްލޭއެވެ. އަހަރެންނަކީވެސް ކުރަހާ އިންޓީރިއާ ފަރުމާ ކުރުމުގެ މަސައްކަތް ކުރާ މީހެއްކަމުން ފިހާރައިގެ ޑިސްޕްލޭ ހަދާފައިވާ ގޮތް ބަލާލާ ހިތްވިއެވެ. އަދި އެތާންގައި ޑިސްޕްލޭ ކޮށްފައިވާ ކަރަންޓާއި ގުޅޭ އެކި ފާޑު ފާޑުގެ ބޮކި ހޮޅި ބުރިއާއި އަދި އެހެނިހެންވެސް އެއްޗިހި ބަލާލަން ބޭނުން ވިއެވެ.

ފިހާރައާއި ތަންކޮޅެއް ދުރުގައި މަގުގެ އަނެއްފަރާތުގައި ސައިކަލު މަޑުކޮށްލުމަށްފަހު ރަނގަޅަށް ފިހާރައާއި ދިމާއަށް ބަލާލީމެވެ. އިރުކޮޅަކު ފިހާރައާއި ދިމާއަށް ބަލަން އިންފަހުން އަހަރެންގެ ލޮލުގައި އަޅައިގަތީ ފިހާރާގެ ކައުންޓަރުކައިރީގައި ހުއްޓިލައިގެން ހުރި ފިހާރައިގެ ސޭލްސް ގާލްއެވެ. ހުރީ ނިކަން ފަރިވެ ރީތި ވެލާފައެވެ. އިސްތަށިގަނޑުވެސް ވަނީ ފަންކޮށް ލާފައެވެ. އެހެންނަމަވެސް އެހާ ކުލައަލި ކުއްޖެއްނޫނެވެ. އަދި އަހަރެން އަޅައިގަންނަ ގޮތެއްވެސް ނެތެވެ.

އަހަރެން ބަލަން އިނުމުން އެ ކުއްޖާއަށް ހީވީ އަހަރެން އެބަލަނީ އެކުއްޖާ އާއި ދިމާއަށް ކަމުގައެވެ. އަދި އަހަރެންނާއި ދިމާއަށް ތުންފިއްތާލުމަށްފަހު މޫނު މައްޗަށް ފޫހި ގޮތެއް ގެނުވިއެވެ. އަދި ފޯނު ނެގުމަށް ފަހު ކޮންމެވެސް މީހަކަށް ގުޅިއެވެ.
“އާދެބަލަ! ކޮންމެވެސް މީހަކު ބޭރުގަ އިނދެގެން ބަލާ އުނދަގޫ ކުރަނީ” އެކޮޅުން ފޯނު ނެގުމާއި އެކު އެކުއްޖާ ބުންޏެވެ. އެހެން ބުނެފައި ފޯނު ބޭއްވިއެވެ.
އޭނާ އެބުނިއް އެއްޗެއް އަހަރެންނަށް ވަރަށް ރީއްޗަށް އެނގުނެވެ. އޭނާ އެހެންބުނީތީވެސް އެ ފިހާރަތެރެއަށް ވަދެލާނަމޭ އަހަރެންގެ ހިތައް އެރިއެވެ.

ހަމަ ވަރަށް ކުޑަ އިރުކޮޅެއްގެ ތެރޭ، ފިހާރައިގެ ތެރޭގައިވާ ދޮރަކުން، ފިރެހެނަކު ހުސްގަޔަށް ހަދާލާފައި ހުސް ސޯޓް ބުރިއަކާއި ފިހާރަ ތެރެއަށް އައެވެ.

އަހަރެން ސައިކަލު ޕާކްކޮށްލުމަށްފަހު ފިހާރަތެރެއަށް ވަނީމެވެ. އަދި ފިހާރަ ތެރޭގައިވާ ޑިސްޕްލޭ ކޮށްފައިވާ އެއްޗިހީގެ އަގުތައް ބަލާލީމެވެ. އެކުން އަހަރެން ބޭނުންވީ އެތަނުގައިވާ ކަރަންޓް ސްވިޗާއި، ސޮކެޓް ފަދަ ތަކެތީގެ އަގު ބެލުމަށެވެ. އަހަރެން ބައެއް އެއްޗިހީގެ އަގު އަހަމުން ދިޔައީމެވެ. ވަރަށް ރުންކުރުކޮށް ޖަވާބު ދެމުން ދިޔައީ އެތަނުގައިވާ ފިރެން މީހާއެވެ. އެއީ އެއަންހެން ކުއްޖާގެ ބޭބެކަން އަހަރެންނަށް އެނގުނެވެ. އަހަރެން އެތަނުގައި ހުރިހާ އިރަކު އެ ފިރިހެން މީހާ އަހަރެންނަށް އަންހެން ކުއްޖާ ނުފެންނާނޭހެން އެއަންހެން ކުއްޖާގެ ކުރިމަތީގައި ހުއްޓެވެ.

އިރުކޮޅަކު ފިހާރަތެރޭގައި ހުރުމަށްފަހު އަހަރެން ނިކުތުމަށް ހިނގައި ގަތީމެވެ.
“އޭއް..” އަހަރެންގެ ފަހަތުން އެފިރިހެން މީހާ ޖެއްސުމުގެ ރާގެއްގައި ގޮވާލިއެވެ.
“ކިހިނެއްވީ؟” އަހަރެން އެނބުރިލާފައި ސުވާލު ކޮށްލީމެވެ.
“ކަމެއް ނުވޭ” އަހަރެން ސުވާލު ކޮށްލުމުން ފާޑަކަށް ހީލުމަށްފަހު އޭނާ ބުންޏެވެ.
“ނުވާނެ، ކަމެއް ވެއްޖެ” އަހަރެން ބުނީމެވެ.
ނޫނެކޭ ކަމެއް ނުވެޔޭ ބުނުމުގެ ގޮތުން އެފިރިހެން މީހާ ބޯ ހޫރާލިއެވެ.
“ކަމެއް ވެއްޖެ، އަދި ވީކަމެއްވެސް އަހަރެންނަށް އެނގޭ” އަހަރެން އެ ފިރިހެން މީހާ އާއި ދިމާއަށް ބުނީމެވެ.
” ވީގޮތަކީ” އަހަރެން ކަންހިނގި ގޮތް އޭނާއަށް ކިޔާދޭން ފެށީމެވެ.
“އަހަރެން މިސްކިތުން ގެއަށް ދިޔަ މަގުމަތީ މިފިހާރަ މިފެނުނީ، މިއީ އަލަށް ހުޅުވާފަ ހުރިތަނެއް ވީމައާއި އަދި އަހަރެން ކަރަންޓް ބައެއް ސާމާނު ހޯދަން އުޅޭތީ މިތާންގައި އެތަކެތި ހުއްޓާ ފެނުނީމަ މިތާ ބޭރުގައި މަޑުކޮށް ބަލަން ހުރީ، އެވަގުތު މި އަންހެން ކުއްޖާއަށް ހީވީ އަހަރެން ބެލީ އޭނަ އާއި ދިމާއަށް ކަމަށް. އަދި ހީވީ ތޯއްޗެއް އަހަރެން މީނައާއި އަޅައި ގަތީއޭ” އަހަރެން ވާހަކަ ދައްކަމުން ދިޔަ އިރު އެދެމީހުން ފާޑަކަށް ރަކިވެފައި ތިއްބެވެ.
“ދެން އަހަރެންނަށް އެނގުނު އަހަރެން ބަލާތީ އުނދަގޫވެގެން މިކުއްޖާ ކަލެއަށް ފޯނުކޮށްފަ އަންނާށޭ ބުނިކަން. ދެން ނިކަން ބަލާބަލަ، ކަލޭ އައިސް ތިހުރީ ހުސްގަޔާ، ތިއީ މިހާރު މީހުންގެ ތެރެއަށް ނިކުންނާވާ ގޮތްތަ؟” އަހަރެން އެހެން ބުނުމުން އޭނާ ވަރަށް ލަދު ގަތެވެ.
“ދެން އަހަރެން ކީއްކުރަން މި އަންހެން ކުއްޖާ އާއި އަޅައި ގަންނަންވީ؟ ތިހާ ބޮޑާވާހާ ރީއްޗެއްވެސް ނޫން. އެނޫނަސް އަހަރެންނަކީ މީހަކާއި އިނދެ ގެން އުޅޭ މީހެއް. އަދި ދަރިއަކުވެސް އެބަހުރި” އަހަރެން ވާހަކަދައްކަމުން ދިޔަ ވަރަކަށް އެމީހުން ރަކިވެ ލަދުގެންފައިވާ ގޮތަކަށް ހެމުން ދިޔައެވެ.
“ދި ޓީވީ ގަދޯ އުޅެނީ؟” އެފިރެހެން މީހާ ދައްކާނެ ވާހަކައެއް ނޭންގުމުން އަހަރެންނާއި ސުވާލު ކޮށްލިއެވެ.
“ނޫން، އަހަރެން މިއީ އަހަރެންގެ އަމިއްލަ ކުންފުންޏެއް ހިނގާމީހެއް” އަހަރެން ޖަވާބު ދިނީމެވެ.
“އޯކޭ، ދެން ދަނީ، އެކަމު ބުނަންތަ މީހަކު ތިމާއަށް ބަލާލިޔަސް އެއީ އަދި އަޅަގަތީ ކަމަށް ހީކޮށް ބޮޑާ ނުވާތި” އަހަރެން އެ އަންހެން ކުއްޖާއާއި ދިމާއަށް ބުނީމެވެ. އޭނާ ލަދުން އިސްދަށަށް ޖަހާލިއެވެ.

އަހަރެން އެހެން ބުނެފައި ފިހާރައިން ނިކުތުމަށް ހިނގައި ގަތުމާއިއެކު އަހަރެން ނަށް ނިދިން ހޭލެވުނެވެ. އަދި އަހަރެންނަށް ފެނުނީ ރީތި ހުވަފެނެއްކަން އެނގުނެވެ.

(ނިމުނީ)

 

Comments (15)

  1. faathun

    kada nimunugoiy

  2. Xim

    Kithamme kada viyas huvafeneh veema nimunu goiy….

  3. eem

    Dhenmiyah kiyanvee hamavaahakathah this a joke . Vaahaka liyaameehehge fenvareh xim ge nei.so stop it soon

  4. Xim

    Adhi meehaka kamu nudhiumakee kameh huhtaalan jehey kameh kamugai alhugan’du nudheken..Mieegai varah saafukoh bunefa vaane eiee huvafenekey..vaahaka ekey noon.

  5. me

    yes. xim ah hama thaaeedhu. ehen noonas mi vaahaka hama salhi. bt huvafenakah nuhedhi nama maa reethi vees hen me ah ves heevany. ekam hama mi vaahaka hadiey bunaany reethi kiyan nengey meehaku.

  6. shai

    eem gaathu ahaalan beynun kameh hama nuvaairah huhtaalanytho adhi ekamaky eem v kuraahiyy vaa kamaeh hama yageen nuhutaanekan… …xim ah thaaidhu so xim carry on u can do it.. nice mi baives…

  7. shai

    eem gaathu ahaalan beynun vey hama kameh nuvaairah huhtaalanythoadhi ekamaky eem v kuraa hiyy vaa kameh hama yageen nuhutaanekan… xim ekama beygothun dhin javaabah hama thaaidhu so xim carry on u can do it aharun men mithiby xim eky……….

  8. shiroo

    Dis like it. u can do better xim

  9. leem

    molhethi meehun vaahaka liuneema veenu mivaahaka hama habeys mi ie aanmu gothehga hingaa kanthah varah salhi husha alhaadheefa in goi

  10. leem

    ……faadu kiyumakee kuri erun kihineh ingenee xim akee molhu vaahaka liyuntheri akah nuvaane kameh keep it up xim 🙂

  11. Xim

    Hurihaa Khiyaalakahves marukhabaa kiyan, comment kurahvaa adhi vaahaka vidhaalhuvaa emmehaa beyfulhun nah varah bodah shukuriyyaa..

  12. mystyrious grl

    vrh ibraitheri miulheyy anhenn kudhinnah
    vakin haassa koh male therey kudhinnah

  13. habeys

    ވާހަކަ ލިޔުން ހުއްޓާނުލުން އެދނެ.. އެކަމަކު އިބާރާތްތައް ރީތި ކޮއްދެއްވުން….. ދެއްވި މެސެޖްވެސް ރަނގަޅު… ޝުކުރިއްޔާ

  14. Mystery Girl

    V nice…. Kyp it up!!!! Reethi hama mivaahaka… Adhives ithurah vaahaka liyuneema improve vaane…. So carry on..adhi comment liyaa enmehaa beyfulhunves liyuntheriyaa ah support kuravva, ebeyfulhaage hunaru ithurah ra’ngalhu kurevvumah help vaan vaane. No one is perfect… Xim keep it up!!! I luvd it…

  15. SARA

    SALHI VAAHAKAEH.

Comments are closed.