Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

އެފާފަ (ފުރަތަމަ ބައި)

Xim Level 110 Stories
July 5, 2014 6 Mins Read
13 Comments

“ވެއާއިޒް އާހިލް؟” މުދައްރިސް ނަގާދެމުން ދިޔަ ފިލާވަޅުގެ ތެރެއަށް ގެއްލިފައި އިންދާ ކުއްލިއަކަށް ސިއްސައިގެންގޮސް އާހިލް އަށް ބަލާލެވުނީ ސްޕަވައިޒަރ ޕަރޭ އައިސް އާހިލް ކޮބައިތޯ ސުވާލު ކުރުމުންނެވެ.

ވެގެން އުޅޭގޮތެއް ނޭނގި ހައިރާންވެ އިނދެ ޕަރޭ އާއި ދިމާއަށް ބަލާލަމުން އާހިލް އަތްމައްޗަށް އުފުލާލީއެވެ.
“ކަމައުޓް!” އާހިލް އަތް އުފުލާލުމާއިއެކު ޕަރޭ ވަރަށް އަމުރުވެރިކޮށް ގޮވާލަމުން އަތުގެ އިޝާރަތުން ކުލާހުން ބޭރަށް ނިކުތުމަށް އާހިލްއަށް އަމުރު ކުރިއެވެ.

ސުކޫލުގެ އޮފީހަށް ހާޒިރުކުރަން ޖެހޭވަރުގެ ކަމެއް ކޮށްފައިވާކަމެއް އާހިލްއަށް އެނގިފައި ނެތުމުން ހައެރާން ކަމުގައިހުރެ އާހިލް ބޭރަށް ނިކުތެވެ.
މިހުރިހާދުވަހު ސްކޫލުގައި އުޅުނުއިރުވެސް ދުވަހަކުވެސް އެއްވެސް މައްސަލައެއްގައި އާހިލް އޮފީހަށް ހާޒިރު ކޮށްފައި ނެތެވެ.
އާހިލް ކުލާހުން ބޭރަށް ނިކުތުމުން ޕަރޭ އާއިއެކު އޮފީހަށް އައުމަށް އަތުން އިޝާރާތް ކުރުމަށް ފަހު ޕަރޭ ހިނގައި ގަތެވެ.
ކުލާހުގައި ތިބި ކުދިންނާ ދިމާއަށް ބަލާލާފައި އެއްކޮލުން ހީލަމުން އާހިލު ޕަރޭއާއިއެކު އޮފީހަށް ދިއުމަށް ހިނގައިގަތެވެ.
ކުއްލިއަކަށް އާހިލް ސުކޫލުގެ އޮފީހަށް ގެންދިއުމުން ވެގެން އުޅޭގޮތެއް ނޭނގި ކުލާހުގެ ގިނަކުދިން ގެ ލޯތައްވަނީ އާހިލަށް އަމާޒުވެފައެވެ.
ޕަރޭގެ ފަސްފަހަތުން ހިނގަމުން ދިޔައިރު ވެގެން އުޅެނީ ކީއްކަން އާހިލަށް ނޭންގުމުގެ ސަބަބުން ތަފާތު އެއްޗިހި ހިތަށް އަރާފާބަމުން ދިޔައެވެ. އޮފީހަށްގެންދިމުން ކަންކުރާނެ ގޮތުގެ ތަޖުރިބާ މީގެ ކުރިން އާހިލަށް ލިބިފައި ނެތުމުން އާހިލް ހުރީ ޖެހިލުންވާގޮތް ވެފައެވެ.

އޮފީސްތެރެއަށް ވަނުމާއި އެކު އާހިލްގެ ލޮލުގައި އަޅަގަތީ އޮފީސްތެރޭގައި އިން އެޑަމްގެ ބޭބެ އެވެ.
ހައެރާން ކަމާއިއެކު އާހިލް އޭނާއާއި ދިމާއަށް ބަލާލިއެވެ.
“ޔުއަރ ބްރަދަރ ވޯންޓްސް ޓު މީޓް ޔޫ” ޕަރޭ އެޑަމްގެ ބޭބެއަށް އިސާރާތް ކޮށްލަމުން އާހިލްއާއި ދިމާއަށް އެހެން ބުނެފައި އޮފީސްތެރެއަށް ވަދެގެން ހިނގައްޖެއެވެ.
“މައި ބްރަދަރ!؟..” އާހިލްއަށް ލިބުނު ހައިރާން ކަމުގައި ދަތްވިކާލަމުން ބުނެލިއެވެ.
ދެ ބުމައަށް ރޫ އަރުވާލަމުން ދަތް ވިކާލުމަށްފަހު އާހިލް ފުންނޭވާއެއް ލިއެވެ. އަދި އެޑަމް ބޭބެގެ މަކަރުވެރިކަމާއި ދޭތެރޭ ވިސްނާލުމަށް ފަހު ބޯކަހާލިއެވެ.
“އެޑަމް ކައިރީ އަހަރެން ނަކީ ރަނގަޅު މީހެއް ނޫނޭ ކިއާފަ، އަހަރެންނާއި އެކު އުޅުން މަނާކޮށްފައި މީނާ އަހަރެން އޮފީހަށް މި ގެނައީ ކޮންބޭނުމަކު؟” އާހިލް އެޑަމްގެ ބޭބެދެކެ އައިސްފައިވާ ރުޅީގައި އަމިއްލަ ނަފުސާއި ސުވާލު ކޮށްލިއެވެ.

އެޑަމް އޮތީ މީގެ ހަފްތާއެއްކުރިން އެޑަމް އާއި އެޑަމް ބޭބެއާއި ދެމެދުގައި ޖެހިފައިވާ މައްސަލަ އާހިލްއަށް ކިޔާދީފައެވެ. އަދި އެ ގެއިން އެޑަމް ނިކުންނަން އުޅޭ ވާހަކަވެސް ވަނީ ބުނެފައެވެ. މިކަންކަމާއިމެދު ވިސްނާލުމާއިއެކު އާހިލްގެ ޚިޔާލުތައް ވޭތުވެ ދިޔަ ހަފްތާގައި އެޑަމް ކިޔައިދީފައިވާ ވާހަކަތަަކަށް އެނބުރިދިޔައެވެ.

ވޭތުވެދިޔަ ހަފުތާ

“އޭ ކިހިނެއްވީ؟ އަނެއްކާ ހުވަފެނެއް ފެނުނީތަ؟ މާ ބަސްއަހައިގެން މިއަދު ތިއިނީ؟” ހިސާބު ގަޑި ނިމުމާއިއެކު އައްމަޑޭ އައިސް އާހިލްއާއި އެޑަމް ކައިރީގައި ހުއްޓެމުން ބުންޏެވެ.
އާހިލް އާއި އެޑަމް އާއި އައްމަޑޭ އަކީ ހަތްވަނަ ގުރޭޑްއިން ފެށިގެން އެކުގައި އެއް ކުލާހުގައި ކިޔަވަމުން އަނަ ސަކަ މަޖާ މިޒާޖުގެ ރައްޓެހިން ކޮޅެކެވެ. މިއީ ތިންމީހުން އެކުގައި އެއްކުލާހެއްގައި އުޅޭތާ ހަތަރުވަނަ އަހަރެވެ. އެޑަމް އާއި އާހިލަކީ ގްރޭޑް ނުވައެއް ގައި އެއްމެ ރަނގަޅު ނަތީޖާ ހޯދަމުންދާ ދަރިވަރުންގެ ތެރޭގައި މުޅި ސުކޫލުންވެސް ފާހަގަ ކޮށްލެވިފައިވާ ދެ ދަރިވަރުންނެވެ.
” ނޫނޭ، ދެން ޕްރޮމޯޝަން ޓެސްޓަށްވެސް ވާނެނުން ފަރިތަކުރަންވެސް” އާހިލް އަންމަޑޭގެ ސުވާލަށް ހީލަމުން ޖަވާބު ދިނެވެ.
“އެކަމު އެޑަމް މިއީ މިހާރު ވަރަށް ބަސްއަހާ ކުއްޖެއް، ހެހެހެ” އާހިލް އެޑަމް އާއި ދިމާކޮށްލުމުގެ ގޮތުން ބުނެލިއެވެ.
“އާން އެޑަމް އަށް މިހާރަކު ނުވޭ އަހަރުމެންނާއިއެކު ހަވީރު ބުރެއް ޖަހާލަން ދެވޭކަމަކަށްވެސް” އައްމަޑޭ އާހިލް ބުނިއެއްޗަކާ ބައިވެރިވެލިއެވެ.
“އެޑަމް ކަލޭ ކުއްލިއަކަށް ހާދަބޮޑަށް ބަދަލު ވެއްޖެއޭ މިހާރު، އަނެއްކާ ކިހިނެއްވީތަ؟” އައްމަޑޭ އެޑަމްގެ ޑެސްކުގައި އަތް އަޅާލަމުން އެޑަމް ކުރިމަތީ ހުއްޓެމުން އަހާލިއެވެ.
އެޑަމް އައްމަޑޭ އާއި ދިމާލަށް ބަލާލުމަށްފަހު އެއްވެސް އެއްޗެއް ނުބުނެ އިނީއެވެ.
“ހިނގާބަލަ މިއަދު ހަވީރު މަޖާކޮށްލަން އަނެއްކާވެސް ވިލިގިޔަށް ޖައްސާލަން” އައްމަޑޭ ހަވީރަށް ކަމެއް ރަވާލިއެވެ.
“އޭ މަށަކަށް ނުދެވޭނެ ކަލޭމެންދޭ!” އައްމަޑޭ އެހެން ބުނުމާއިއެކު އެޑަމް ޖަވާބުގައި ބުންޏެވެ.
“ކޮބާ މަ ބުނީމެއްނުން” އެޑަމް އެހެން ބުނުމާއިއެކު އައްމަޑޭ ބުންޏެވެ.
“އެކީއްވެތަ! ކަލޭ ކުރިންވެސް އަހަރުމެންނާއިއެކު ހިތައް އެރިތަނަކަށް ދަނީނުން” އެޑަމް އެހެން ބުނުމުން އާހިލް އެޑަމް އާއި ދިމާއަށް ބުންޏެވެ.
މީގެ ކުރިން އެޑަމް އާއި އާހިލް އާއި އައްމަޑޭ އަކީ ހަމަ ކޮންމެ ދުވަހަކުވެސް ހަވީރު ދުއްވާލަން ނޫނީ ހިނގާލަން ދާބައެކެވެ. އެހެން ނަމަވެސް މިފަހަކަށް އައިސް އެޑަމް އަށް އާހިލް މެންނާއި އެކު އެއްވެސް ތާކަށް ނުދެވެއެވެ.
“ބޭބެ، ރުޅިއަންނާނެ ގިނަވަގުތު ބޭރުގަ އުޅެންޏާ!” އެޑަމް ސަބަބު ބުނެދިނެވެ.
“ހެހެހެހެ. އަޅެ ތިއީ ވަރައްގެ ބޭބެއެއްނުން، އޭނަ އުޅެނީ ކަލެއާއި ހިތާވެގެންތަ؟” އާހިލް މަލާމާތުގެ ގޮތުން ހިނިގަނޑެއް ޖަހާލަމުން އެޑަމް އާއި ދިމާއަށް ބުންޏެވެ.
އާހިލް އެހެން ބުނުމުން އެޑަމް އާހިލް ބުނިއެއްޗަކާއި ނުރުހުނުކަން އޭނާ އާހިލާއި ދިމާއަށް ބަލާލި ގޮތުން އެނގުނެވެ.
“ދެން ހިނގާބަލަ މިއަދުދާން، ބޭބެކައިރީ ބުނޭ ގްރޫޕް ސްޓަޑީސްއެއް ހަދާށޭ މިދަނީ” އައްމަޑޭ ޚިޔާލެއް ދިނެވެ.
“އޭ! އެއޮށް އައީ ސަރ” ޓީޗަރ އައިސް ކުލާހަށް ވަނުމާއި އެކު އާހިލް އައްމަޑޭ ކައިރީ ބުންޏެވެ.
ބްރޭކް ގަޑި ލިބުމުން އަނެއްކާވެސް އެތައް އިރަކު ތިންމީހުން ވާހަކަދެއްކުމަށްފަހު އެއްމެ ފަހުން އާހިލްއާއި، އެޑަމް އާއި އައްމަޑޭ އެއްބަސްވީ ހަވީރު ވިލިގިއްޔަށް ދިއުމަށެވެ.

“އޭ ހަނދާންކުރާތި ފައިވް ތާޓީއަށް އައުމަށް” ސުކޫލުން ގެއަށްދާން ނިކުތުމާއިއެކު އާހިލް އައްމަޑޭ އާއި އެޑަމް އަށް ގޮވަލާފައި ގަޑި ހަނދާން ކޮށްދިނެވެ.
“އޯކޭ” އެޑަމް ވަރަށް ހާސްކަމުގައި ހުރެ އެއްބަސްވުމުގެ ގޮތުން ބޯޖަހާލަމުން ގެއަށް ދިއުމަށް ބައިސްކަލަށް އަރާ ދުއްވާލިއެވެ.
ތިންމީހުން ނިންމީ ސުކޫލުގެ މެންދުރުފަހުގެ އަންހެން ކުދިންގެ ސެސަން ނިމޭގަޑީގައި ސުކޫލުދޮށަށް އައުމަށްފަހު ވިލިގިއްޔަށް ދިއުމަށެވެ.
އެޑަމްގެ ބޭބެ އާހިލްމެން ނާއި އެކު އުޅުން މަނާކުރީވެސް އެޑަމް އަންހެންކުދިން ނިމޭގަޑީގައި އާހިލް މެންނާއި އެކު ސުކޫލުދޮށަށް އައިސް ހަދާތީއެވެ.

ގެއަށް އައުމަށްފަހު އެޑަމް ވިސްނަމުން ދިޔައީ ހަވީރު އާހިލްމެންނާއި އެކު ބޭރަށް ދިއުމަށް ބޭބެކައިރީ ދައްކާނެ ބަހަނާއަކާއި މެދުގައެވެ.
މިހާރު އާހިލް އާއި އައްމަޑޭއާއި އެކު ބޭރަށް ނުދާތީ އެމީހުން އެޑަމް އާއި ދިމާކުރާތީވެސް އެކަމާއި އެޑަމް ވަރަށް ކަންބޮޑުވެއެވެ. އެކަމުވެސް ވެގެން އުޅޭ ހަގީގީ ސަބަބު އާހިލްމެންކައިރީ ބުނެދޭނީ ކިހިނެއް ހެއްޔެވެ؟ ކަމުގެ ޙަޤީގީ ސަބަބު އާހިލްމެންގެ ކައިރީގައި ބުނެފިނަމަ އާހިލްމެން އެޑަމް އާއި މެދު ދެކިފާނެ ގޮތަކާއިމެދުވެސް އެޑަމް ކަންބޮޑުވެއެވެ.
އެހެންނަމަވެސް އެކަންކަން އެއްވެސް ފަރާތަކާއި ހިއްޞާ ނުކުރެވި ހިތުތެރޭގައި ހުރެ އެކަމާއިމެދު ފިކުރުކުރުމުގެ ސަބަބުން އެޑަމްއަށް ލިބެމުންދިޔަ ހާސްކަން މާބޮޑެވެ.
ކޮންމެ ގޮތެއް ވިޔަސް އެވާހަކަތަށް އާހިލް އާއި އައްމަޑޭ އަށް މިއަދު ކިޔާދިނުމަށް އެޑަމް ނިންމިއެވެ.
“އެޑަމް، ކޮންތާކަށް ދާން ތިއުޅެނީ؟” އެޑަމް ބޭރަށް ދިއުމަށް ތައްޔާރުވެލުމާއިއެކު އެޑަމްގެ ބޭބެ ހުސެންމަނިކު  އަހާލިއެވެ.
“މިދަނީ ގްރޫޕް ސްޓަޑީސް އެއް ހެދުމަށް” އެޑަމް ހިތްނުތަނަވަސް ކަމާއިއެކު ހުސެން މަނިކު އާއި ދިމާއަށް ބަލާ ނުލާހުރެ ޖަވާބުދިނެވެ.
“ކޮންބަޔަކާއި އެކު ތިދަނީ؟” ހުސެންމަނިކު އަނެއްކާވެސް ސުވާލުކުރިއެވެ.
“އާހިލް އާއި އައްމަޑޭ އާއި އެއްކޮށް” އެޑަމް ފަރުވާކުޑަ ގޮތަކަށް ބުނެލުމަށްފަހު މޭޒުމަތީގައިވާ ނޯޓްފޮތް ނަގައިގެން ބޭރަށް ނިކުތުމަށް ހިނގައިގަތެވެ.
ހުސެންމަނިކު އެއްޗެއް ނުބުނެ ހިތްހަމަ ނުޖެހުމާއިއެކު އެޑަމްއާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ.
އާހިލް އާއި އައްމަޑޭ އަކީ އެޑަމްގެ އެއްމެ ގާތް ދެ އެކުވެރިން ކަމުގައިވީނަމަވެސް އެ ދެމީހުނާއި އެކު ބޭރަށް ނުދިއުމަށާއި އަދި އެމީހުންނަކީ ހުސެންމަނިކުގެ ނަޒަރުގައި ރަނގަޅު ބައެއް ނޫންކަމުގައި މިހާރު ކިތައްމެ ފަހަރަކު ހުސެންމަނިކު ވަނީ އެޑަމް ކައިރީ ބުނެފައެވެ. އެހެން ބުނެފައި ވަނިކޮށް އެކަން ބޮލާލާ ޖަހާފައި އެމީހުނާއިއެކު އެޑަމް ބޭރަށް ދިއުމުން ހުސެންމަނިކު ވަރަށް ހިތްހަމަ ނުޖެހުނެވެ. އެހެން ނަމަވެސް ބޮޑުފުޅަދޫއަށް ކުރިދަތުރުގައި ހިނގި ހާދިސާގެ ސަބަބުން އެޑަމް ހުސެންމަނިކު ދެކެ ރުޅިއައިސްފައިވުމުން އެޑަމް މިހާރަކަށް އައިސް ކުރާކަންކަމާއި ހުސެންމަނިކު މާބޮޑަށް ފާޑުކިއާ ނުހަދައެވެ.

“ކޮބާ އެޑަމް” އާހިލް އައިސް ސުކޫލު ކައިރީ މަޑުކޮށްލުމާއިއެކު އައްމަޑޭ އަހާލިއެވެ.
“އެޑަމް ނޭގެ އަންނާނެ ކަމެއްދޯ، އެކަމު ކަލޭ ތިހުރީ ގަޑި ނުޖެހި އައިހެއްނުން ހެހެހެ” އާހިލް ހިނިގަނޑެއް ޖަހާލަމުން އައްމަޑޭގެ ސުވާލަށް ޖަވާބުދެމުން އައްމަޑޭއާއި ދިމާކޮށްލިއެވެ.
“އޭނަ އެގެންގުޅޭ ބޭބެއެއްގެ ސަބަބުން މިހާރު އޭނައަށް އެއްވެސް ކަމެއް ނުވާނެ” އާހިލް އެޑަމް އަށް ނިސްބަތްކޮށް ބުންޏެވެ.
“މިއަދު އޭނަ އައިސްފިއްޔާ ވާނެ އޭނަގެ ބޭބެގެ ހަގީގަތް ހޯދަން” އައްމަޑޭ ކަންކުރާނެ ގޮތެއް ބުނެދިނެވެ.
“އެއަށް އަންނީ” އެޑަމް ބައިސްކަލުގައި ތަންކޮޅެއް ދުރުން އަންނަތަން ފެނުމާއިއެކު އާހިލް އައްމަޑޭ ގައިގާ ކޮށްޓާލާފައި ނިތް އެއްލަމުން ބުނެލިއެވެ.
“ކޮބާ ކަލެއަށް އާދެވިޖެ ދޯ؟” އެޑަމް އައިސް މަޑުކޮށްލުމާއި އެކު އައްމަޑޭ ބުނެލިއެވެ.
“ބޭބެ މިއަދު ކަލޭ ފޮނުވައިފިދޯ ހެހެހެ؟” އާހިލް އައްމަޑޭ އާއި ބައިވެރިވެލުމުގެ ގޮތުން ހިނިގަނޑެއް ޖަހާލަމުން އެޑަމް އާއި ދިމާކޮށްލީމެވެ.

“އޭ! ބިޓުންތައް ނިކުންނަ ރަނގަބީލު އެޖެހީ” އަންހެން ކުދިންގެ ދަންފަޅި ނިމުމުގެ ރަނގަބީލު ޖެހި އަޑު އިވުމާއިއެކު އައްމަޑޭ ބުނެލިއެވެ.
“މިއަދު ދާނެކަމެއް ނެތް އެމީހުން ފަހަތަކުން، ހިނގާ ވިލިގިއްޔަށް ދާން ދަމާ!” އައްމަޑޭ ބައިސްކަލު ދުއްވާލަން ފަރި އަޅާލުމާއިއެކު އެޑަމް އައްމަޑޭގެ ބައިސްކަލުގައި ހިފަހައްޓަމުން ބުންޏެވެ.
“މަޑުކޮށްބަލަ! މިއަދު މައޮންނާނީ ކުއްޖަކު ކައިރީ ބުނެފައޭ އަންނާނަމޭ” އައްމަޑޭ ބައިސްކަލުން ފައިބާފައި ބުންޏެވެ.
“އެހެންވީރު ދޭ! ލަސްނުވެ އަންނާތި، އަހަރުމެން މަޑުކޮށްލާނަން ބިޓުން ގުނަން، ހެހެހެހެ” އާހިލް އައްމަޑޭ ހިނގައި ގަތުމުން ބުންޏެވެ.
“ފިސާރި ވަރެއްގެ މީހެއް މި އައްމަޑޭ މިއީ” އައްމަޑޭ ދިއުމުން އެޑަމް ހީލާފައި ބުންޏެވެ.
“ކަލޭ ކީއްވެތަ މާލަސްވީ؟” އެޑަމް ލަސްވި ސަބަބެއް ހޯދުމަށް އާހިލް އަހާލިއެވެ.
“މަށަށް ވީގޮތަކީ ގެއަށްގޮސްފަ ނިދުނީ” އެޑަމް ވިސްނާލާފައި ޙަޤީގީ ސަބަބު ފޮރުވަމުން ޖަވާބު ދިނެވެ.
“އޭއް! ދެން އާދޭ، މިހާރު އޮންނާނީ ވާވަރު ވެފަ! ހެހެހެ” އައްމަޑޭ ގޮސް އަންހެން ކުއްޖެއް ކައިރީ ހުއްޓުމާއިއެކު އާހިލް އައްމަޑޭއާއި ދިމާއަށް ގޮވާލިއެވެ.
“ތިހެން ހުއްޓާ ތިތަނަށް ތެމިގެން ފައިބަފާނެ” އާހިލް އެހެން ބުނުމާއިއެކު އެޑަމް ވަރަށް ބާރަށް ހީގަތެވެ.
“ބަލާއެއްނުން، ކަލޭމެނާއި ހެދި ބިޓަކާއި ވާހަކަވެސް ދައްކާ ނުލެވޭނެ” އައްމަޑޭ އައިސް އާހިލްމެން ކައިރީގައި ހުއްޓެމުން އާހިލް އާއި އެޑަމްއާއި ދިމާއަށް ބުންޏެވެ.
“ބަލަ މިއަދު އައީ ބިޓުން ކައިރިއަކަށް ނޫނޭ، މިއަދު އައީ ވިލިގިއްޔަށް ދާން، އެހެންވީމަ….” އާހިލް އައްމަޑޭއަށް ޖަވާބު ދިނެވެ.
“އޯކޭ، އެހެންވީއިރު ހިނގާ ނައްޓާލަމާ!” އެހެން ބުނެފައި ތިންމީހުން ބައިސްކަލަށް އަރައިގެން ދުއްވާލިއެވެ.
“ވިލިގިއްޔަށްގޮސްފަ ދޯ ސައިބޯނީ؟” އާހިލް ބަނޑުހައިވެފަ ހުރުމުން އަހާލީމެވެ.
“އާން، ވިލިގިލީގަ ހުންނާނެ ވަރަށްފައްކާ ހޮޓަލެއް” އައްމަޑޭ ބޯޖަހާލަމުން ޖަވާބު ދިނެވެ.
“އެޑަމް ކީއްވެތަ ބަހެއްނުބުނެ ތި އިންނަނީ؟” އެޑަމް ބަހެއް ނުބުނެ އިނުމުން އައްމަޑޭ އަހާލިއެވެ.
އެޑަމް ވިސްނަމުން ދިޔައީ މިއަދު އާހިލް އާއި އައްމަޑޭކައިރީގައި އެޑަމް އަށް ދިމާވެގެން އުޅޭ ޙަޤީގީ މައްސަލަ ކިޔާދޭނެ ގޮތަކާއި މެދުއެވެ.

ތިންމީހުނަށް ވިލިގިއްޔަށް ދެވުނުއިރު އިރުއޮއްސި ހަގަޑި ބައިވެއްޖެއެވެ.
“އޭއް ފުރަތަމަ ހިނގާ ސައިބޯން ދަމާ، މިހާރު ގޮހޮރު ހީވަނީ ވަޔާ ތެޅޭހެން” ފެރީއިން ފައިބާ ބައިސްކަލު ދުއްވާލުމާއިއެކު އާހިލް ބުންޏެވެ.
“އާން ހިނގާދަމާ، މަވެސް މިހުރީ ވަރަށް ހައިވެފަ، އެ ހޮޓާ ވަރަށް ފައްކާވާނެ، އެތާންގައި އޮންނާނެ އޯޕަން އެރިއާއެއް، އެތަނުގައި ތިބޭނީ އަނގަތަޅަން” ދާން ކަނޑައަޅާފައިވާ ސައިހޮޓަލުގެ ކުޑަ ތަޢާރަފެއް އައްމަޑޭ ދިނެވެ.
“ކޮބާ ކޯއްޗެއް ގެންނާނީ؟” ހޮޓަލުގެ ހާމައަށް އޮތް އޭރިއާގައި ހުރި މޭޒެއް ކައިރީ އިށީންނަމުން އައްމަޑޭ އަހާލިއެވެ.
“ހެދިކާއާއި ކަޅާދޯ ގެންނާނީ” އާހިލް ބުނެލިއެވެ.
“އާން” އެޑަމް ބޯޖަހާލަމުން ކުރު ޖަވާބަކުން އެއްބަސް ވެލިއެވެ.

“އަސްލު އަހަރުމެން ވިލިގިއްޔަށް މިއައީ ވަރަށް ބޮޑުކަމަކު ދޯ އައްމަޑޭ” އާހިލް ވިލިގިއްޔަށް ދިޔަ މަޤްޞަދާއި ހަމައަށް ދިއުމަށް ވާހަކަ ފެށިއެވެ.
“އާން. އަސްލުވެސް ވަރަށް ބޮޑު ބޭނުމަކު” އައްމަޑޭ އާހިލުގެ ވާހަކާގައި ބައިވެރި ވެލިއެވެ.
“އެއީ؟” އާހިލު އާއި އައްމަޑޭ ކިޔަން އުޅޭ އެއްޗެއް ނޭންގިފައި އިނދެ ހައިރާންކަމުގައި އެޑަމް އަހާލިއެވެ.
“އެޑަމް ބުނެދީބަލަ އަސްލު ކޮބައިތަ މިހާރު ކަލެއަށް ދިމާވެގެން އުޅޭ މައްސަލައަކީ؟” އައްމަޑޭ އެޑަމްއާއި ދިމާއަށް ބަލާލަމުން އެޑަމް އަށް ދިމާވެގެން އުޅޭ ކަންތައް އޮޅުން ފިލުވުމަށް ވާހަކަ ފެށިއެވެ.
“ތިބުނީ؟” އެޑަމް އަދިވެސް އިނީ ވާނުވާއެއް ނޭންގިފައެވެ.
“މިބުނީ އެޑަމް އާއި އެޑަމްގެ ބޭބެއާއި އޮންނަނީ ކޮންގުޅުމެއްހޭ؟، އަހަރުމެން ކުރިން ނުދަންނަ ބޭބެއެއް ކުއްލިއަކަށް މިހާރު އެޑަމްއަށް ލިބިގެން އެޑަމް ގެއިން ނުނިކުމެވިގެން ތިއުޅެނީ ކީއްވެހޭ؟” އާހިލް ދައްކަން އުޅޭވާހަކަ އެޑަމް އަށް ތަފްޞީލް ކޮށްދިނެވެ.
އެއާއި އެކު އެޑަމްގެ މޫނުމައްޗަށް ހާސްކަން ވެރިވެގެންދިޔައެވެ. އަދި އެވާހަކަ ވަށާނީ ކިހިނެއްކަމާއި މެދު ވިސްނާ ފިކުރު ކޮށްލިއެވެ.
އާހިލް އެހެން ބުނުމުން އެޑަމް ބޯޖަހާލަފައި ފުން ނޭވާއެއް ލަމުން ކުރިމަތީގައިވާ ސައިތަށިން ސައިގެ ކޯވަރެއް ބޯލިއެވެ. އަދި ހާސްކަން ފިލުވާލުމަށް އަތުން މޫނުމަތި ފޮހެލިއެވެ.
“އާން އެހެންޏާފަހެ، ކަލޭތިއީ އަންހެން ކުއްޖެއްތަ، ގެއިން ނުކުތަ ނުދީ ހިފަހައްޓާކަށް؟” އައްމަޑޭ އާހިލުގެ ވާހަކައަށް އިތުރުކޮށްލިއެވެ. އެހެން ނަމަވެސް އެޑަމް އެއްވެސް އެއްޗެއް ނުބުނެ ހަމަހިމޭން ކަމުގައި އެ ސުވާލުތަކަށް ޖަވާބުދޭނެ ގޮތަކާއިމެދު ވިސްނަން އިނެވެ.
“އަނެއްކާ އެޑަމްދެކެ އެޑަމްގެ ބޭބެ ލޯބި ވަނީތަ؟ އޭނަ ކަލެއާއި ހިތާވީތަ؟” އާހިލް އެހެން ބުނުމުން އެޑަމް ހިތްހަމަ ނުޖެހުމުގެ ނަޒަރަކުން ބަލާލިއެވެ.
“އާން އެންޏާފަހެ މިހެން ނުބުނާވަރެއްތަ އައްމަޑޭ؟” އާހިލް އިތުރަށް އެޑަމްގެ އެކަން ހޯދުމުގެ ގޮތުން ބުނެލިއެވެ.
“ނޫން ބުނެވޭނެ ދޯ؟” އައްމަޑޭވެސް އާހިލް އާއި ބައިވެރި ވެލިއެވެ.
“އޯކޭ، އަހަރެންވެސް މިއަދު މިއައީ ކަލޭމެނަށް ހުރިހާ ވާހަކައެއް ކިޔާދޭން” އެޑަމް ފުންނޭވާއެއް ލުމަށްފަހު ލިބިފައިވާ ހާސްކަން ފިލުވާލަން މަސައްކަތް ކުރަމުން ވާހަކަ ފެށިއެވެ.
“އަޑުއަހާ! އަހަރެންނަށް މިވާހަކަތައް ބުނާނެ ގޮތެއް ނޭންގިގެން މިއުޅެނީ، އެކަމު މިކިޔާދެނީ” އެޑަމް ވަރަށް ސީރިއަސް ކަމާއިއެކު ވާހަކަ ފެށިއެވެ. އާހިލްއާއި އައްމަޑޭ ވަރަށް ސީރިއަސް ވިއެވެ. އަދި އެޑަމް ކިޔަން އެއުޅޭ އެއްޗެއް ކަނުލާ އެހުމަށް އެކަކު އަނެކަކުގެ މޫނަށް ސުވާލުގެ ނަޒަރަކުން ބަލާލަމުން ހަމަ ހިމޭން ވެލިއެވެ.
“އަސްލު ވެގެން އުޅޭގޮތަކީ…” އެޑަމް އެހެން ބުނެފައި ފުންނޭވާއެއް ލަމުން އަނެއްކާވެސް މަޑުޖެހުނެވެ. އެ ވާހަކަ ހަމަ ބުނަންވީ ބާއޭ އެޑަމްގެ ހިތަށް އަރަމުން ދިޔައެވެ.

ނުނިމޭ..

Share Article

Follow Me Written By

Xim

Level 110 Stories

I am a freelance writer, who always love to write about different topics.

Other Articles

Previous

ބަރުބާދު (ސަތާރަވަނަބައި)

Next

އުމުރަށް (ތިންވަނަ ބައި)

Next
July 5, 2014

އުމުރަށް (ތިންވަނަ ބައި)

Previews
July 1, 2014

ބަރުބާދު (ސަތާރަވަނަބައި)

13 Comments!

  1. shaph says:
    July 5, 2014 at 3:58 pm

    first part aa balaafa mi part w reethi . unmeedhu kuran next part miah wureh furihama vaanekamah:D by the way , r u the same zim who is writing the story ( hinithun welymaa kalaa ) ???wil wait 4 the next awsome part :* plxx up sooooooon

    1. Hahahaha says:
      July 5, 2014 at 5:55 pm

      ey Bala moyagandaa,, e ee e zim eh nooney… Shaph gaboolunukuranyaa balaabala hinithun velymaa kalaa kiyAa zim aa mi vaahaka give xim aa..balaabala furathama akurah. :-p

    2. Hahahaha says:
      July 5, 2014 at 5:56 pm

      kiyAa eh noon, liyaa

  2. Aksham says:
    July 5, 2014 at 8:06 pm

    Edam kaaryga buney vegen ulhey goeh kiyaaadheyshey eyrun hadhan v goeh kiyaadheynamey.. hehe varah obi 🙂

  3. aju says:
    July 6, 2014 at 1:49 am

    Mi vaahakaiga bas magu madhufaharaku namavas , maa ragalhu noon kama feney , mihin bunaa iruves engey aee mi age ge gina .kudhin vaahaka dhakka bas magu kan . Ekamakuves vaahaka egga mihin basmagu behetteema kiyaaka eha faseyha eh noon.

  4. BadiKaiddha says:
    July 6, 2014 at 3:59 am

    No suspense . Vegen ulhey goin maa reecchah ves ingen Othman foohi

  5. Xim says:
    July 6, 2014 at 10:51 am

    Dialog egothah genesdheefai evanee e furaige kudhin vaahaka dhakkaa ulhey gothah veehaaves aslaai ehgothah genesdhinumasheve.

  6. Xim says:
    July 6, 2014 at 10:52 am

    Hurihaa Khiyaalu thakaai faadu kiun thakahves marukhabaa kiyameve.

  7. Milli Adam says:
    July 6, 2014 at 12:35 pm

    Yoope ge tha

    1. rippe says:
      August 1, 2014 at 10:23 am

      hmmmmmmm

    2. rippe says:
      August 1, 2014 at 10:23 am

      hmmmmmmm

  8. bulhinko says:
    July 29, 2014 at 1:39 am

    thyvatharu meehaku uhley mirashugaves ma varah foohivey

  9. IsHa says:
    September 13, 2019 at 2:59 pm

    Reethi

Comments are closed.



All Right Reserved!