
ހުޅެވި ހަނދު (ހަށިގަނޑު ރީތިކޮށް ބެހެއްޓުން) 3
ތިންވަނަ ބައި.
ތުންފަތް. ތުންފަތް ތެތްކޮށް ބަހައްޓަން ބޭނުންނަމަ ލުނބޯ ތަށްޓަކަށް ފެލާލާފަ ހަކުރު ނުވަތަ ބްރައުން ޝުގަރ އެއާ އެއްކޮށްލާފަ ތުންފަތުގަ ހާކާށެވެ. މިގޮތަށް ހަދާއިރު 30 ސިކުންތު ނުވަތަ މިނެޓެއްވަރު ވަންދެން ބަހައްޓާށެވެ.
ހަނދާން ކުރާށެވެ. ލުނބޮއަށް ބައެއް މީހުން އެލާރޖިކް ވާނެއެވެ. އެއްފަހަރު މިހެން ހެދުމަށްފަހު ތުންފަތް ކަހާ ހިރުވާނަމަ ދެން މިހެން ނަހަދާށެވެ. އަދި މިއަށް އެލާރޖިކް ނުވާ މީހުންވެސް އަށްވަށް ނިކުންނައިރު ތުންފަތުގައި ހުރި ލުނބޯގެ އަސަރު އެއްކޮށް ފިލުވަން ވާނެއެވެ.
އެހެން ހަދަން ބޭނުންނޫންނަމަ ދަތް އުނގުޅާ ނިންމުމަށްފަހު ހުސް- ބުރުހުން ތުންފަތުގައި މަޑުމަޑުން ޖައްސާށެވެ. އޭރުން ތުންފަޓް ޓެޓްވާނެއެވެ. ލިޕްސްޓިކް ހާކާނަމަ ހޭކުމުގެ ކުރިން ލިޕްބާމެއް ހާކަށެވެ. އެހެން ހެދުމުން ލިޕްސްޓިކުން ހަމަށް ލިބޭ ގެއްލުން ކުޑަވާނެއެވެ.ދަޓް ހުދުކޮށް ބެހެއްޓުމުން ތުންފަތަށްވެސް ފިޔާތޮށިކަން ގެނުވައެވެ. މީގެ އިތުރުން ސިގިރެޓް ބުއިމަކީ ތުންފަޓް ކަޅުކުރުވާ ކަމެކެވެ.
ފެންވެރުމުގެ ކުރިން ވެސްލިން ބާމް ތުންފަތުގައި ހާކާށެވެ. އަދި ފެންވެރުމުގައިވެސް ތުންފަތް ނޮދޮންނާށެވެ. ފެންވަރާ ނިމުމަށްފަހު ކުޑައިރުކޮޅެއް ވަންދެން ބަހައްޓާލުމަށްފަހު ފިނިފެނުން ތެންމާފައިހުރި ކުޑަ ފޮތިކޮޅަކުން ތުންފަތް ފޮހެލާށެވެ.
ތުންފަތުގައި ދޫނުލާށެވެ. އަދި ދަތްވެސް ނާޅާށެވެ. ކުޅުން ތުންފަތް ތެތްކޮށްދިނުމުގެ ބަދަލުގައި ހިކިކުރުވައެވެ.
ނިދުމުގެ ކުރިން ބީޓްރޫޓް ޖޫސް ތުންފަތުގައި ހާކާލުމަށްފަހު އަނެއްދުވަހު ހެނދުނު ތެދުވެ ދޮވެލާށެވެ.
ބީޓްރޫޓް ޖޫސް ހަދާނެ ގޮތަކީ ބީޓްރޫޓް މިކްސަރުން ގިރާލާނީއެވެ.
ސައިސަމުސަލެއްގެ އޮލިވް އޮއިލް، ހަކުރު، މާމުއި އެއްކޮށްލާފަ ކުޑައިރުކޮޅެއް ވަންދެން ތުމުގަ ހާކާށެވެ.
(ނުނިމޭ)
8 Comments!
Comments are closed.
ތުންފަތް ޓެޓް ވާނެއެއް ނޫން އިނގޭ ތުންފަތް ތެތްވާނެ.
Good information
Athoo haadha molhey
alhe Maash athoo molhu vaan jeheyne ehnu mi ulheny doctor akah vaashey.
Maash, thihen bunefa maashaa allah kiyan jeheyne igey. nooney faharehge esfeena kiyaa vabaa jehidhaane. ( nujahsavaashi)
Ehentha athoo. It’s my dream to become a doctor. Athoo alhe hamu ge doc akah tha vanee
btw good information igey. Good luck
Masha Allah..athoo ves miulheny doc akah vaashey bunefa vaane Insha Allah bunan.. 🙂
Thnx 4 ur kind information athooo!! Athoo kn kahala doc akah vany?? I mean specialise vany kn dha ira akun hey?? Gud job athoo!! Masha allah, vvvv molhu!! Maee ge dua aky athoo aky molhu doc akah vun….ameen!! Thy anhen kuhjeh tha??
v nice…athoo keep it up… and im sure u will be a great doctor…ill pray for it 🙂
ammu dhoonyaa alhe athoo hadhaan nethuniyey. thanks igey hadhaan kohdhinee thee.
maee loabee athoo gynaecologist akah vaan kamah ekam phsicologistakah vaanves beynun. thanks igey dhuaa kohdhi neethee. thi comment ge fahu thankolhu kiyaafa hama hini anna goi vee. aa mee anhen kuhjeh. athoa eh noon athoo igey.
Mystery thanks igey. hurihaa kudhinves athoo ah heyo dhuaa kohdhehchey athoo ah ragalhu goi vumah adhi molhu doc akah vumah.
thanks for the support.