Skip to content
އެސްފިޔަ

ހުޅެވި ހަނދު (ހަށިގަނޑު ރީތިކޮށް ބެހެއްޓުން) ފަހުބައި

ހަން.
މޫނުގަ މާގިނައިން އަތްލުމުން\ އަތް ކޭއްތުމުން އަތުގެ ތެޔޮކަން ކަނޑުވާލައެވެ. އަދި މޫނުގައިވާ ޒައްރާތަކެއްވަރުވާ ކުޑަކުޑަ ލޯލިތައް ތެރެއިން ލާފައި ޖަރާސީމު ނުވަތަ ހިރަފުސް ވަދެގެން ދެއެވެ.
ހަންގަނޑުގެ އޮމާންކަމާއި ތެޔޮކަން ހިފެހެއްޓުމަށްޓަކައި އަންހެން ބޭފުޅުން ދުވާލާކު 9 ތަށި ފެން އަދި ފިރިހެން ބޭފުޅުން ދުވާލަކު 13 ތަށި ފެން ބުއިމަށް އާދަކުރައްވަން ޖެހޭނެއެވެ.
ހަފްތާއަކު އެއްފަހަރު އެނދުގެ ތަންމަތި ފޮޅާ ސާފުކޮށް އަދި ބެޓްޝީޓު ބަދަލުކުރަން ޖެހޭނެއެވެ. ސަބަބަކީ ހިރަފުސް، އަނގައިގެ ކުޅު ނުވަތަ އެފަދަ އެހެންވެސް ޖަރާސީމު ނިދާ ތަންމަތީގައި ހުންނާނެތީއެވެ.
ފެންވަރާ ނިމުމަށްފަހު ލަސްނޮކޮށް ލޯޝަން ލުމަކީ ގައިގެ ތެޔޮކަން ހިފަހައްޓާދޭނެ ކަމެކެވެ. އަދި ލުނބޯ ހުތު ފަންޏަކީ ހަންގަނޑު އޮމާންކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްދޭ އެއްޗެކެވެ.
މޫނުގައި ބިހި (ޕިމްޕަލްސް) ނަގާނަމަ ޓޮމާޓޯ ( ވިލާތު ބަށި) މިކްސަރަކުން ގިރާލުމަށްފަހު ބިހިތަކުގައި ހާކާށޭވެ. ކޮންމެ ދުވަހަކުވެސް ފަސްވަރަކަށް މިނެޓު ވަންދެން މިގޮތަށް ހެދުމުން ބިހިތައް ވަރަށް އަވަހަށް ރަނގަޅުވެއެވެ.
ނޫންނަމަ، ޓޮމާޓޯ ޕޭސްޓް ބިހިތަކުގައި ގަޑިއިރެއްހާއިރު ވަންދެން ހާކާފަ ބަހައްޓާށޭވެ. ބިހިތައް އަވަހަށް ރަނގަޅުވުމުގައި ބެރީގެ ތެރޭގައި ހިމެނޭ ސްޓްރޯބެރީ، މަލްބެރީ، ޝެރީ، އަދި ބްލޫބެރީ މުހިއްމު ދައުރެއް އަދާކުރެއެވެ.
ޔޯގަރޓަކީ ހަން އަލިކޯށްދޭ އެއްޗެކެވެ.
ކަރުގައި ތަންތަން ކަޅުވެފައި ހުރުމަކީ ބައެއް މީހުންނަށް ދިމާވެފައިވާ މައްސަލައެކެވެ. މިކްސަރުން ކިޔުކަންބާ ގިރާލުމަށްފަހު، ކަފަ ބުރަކުން ނުވަތަ ކަފަ ކޮޅަކުން ކަރުގައި ކަޅުވެފައި ހުންނަ ތަންތަނުގައި ދިހަ ވަރަކަށް މިނެޓު ވަންދެން ހާކާށެވެ. ކޮންމެ ދުވަހަކުވެސް މިގޮތަށް ހަދާށެވެ.
އެންޓި ބެކްޓީރިއަލް ސައިބޯންޏަކީ ބާޒާރުގައި އާންމުކޮށް ވިއްކަން ހުންނަ ސައިބޯންޏެކެވެ. ނަމަވެސް ފާހަގަކޮށްލަންޖެހޭ ކަމަކީ އޭތި ބޭނުންކުރުމުން ހެލްތީ\ ސިއްހަތަށް ފައިދާހުރި ބެކްޓީރިއާވެސް ނެތިގެން ދާތީއެވެ. ވީމާ ރަނގަޅީ އެންޓި ބެކްޓީރިއަލް ބޭނުން ނުކުރުމެވެ. އާދައިގެ ސައިބޯނިންވެސް ރަނގަޅަށް ދޮވެފިނަމަ ބެކްޓީރިއާ ހަށިގަނޑުން ނައްތާލެވޭނެއެވެ.

( ނިމުނީ )

Comments (5)

  1. Maash

    Thanks athoo

  2. athoo ..

    You are most welcome, mash!

  3. happu

    athoo ves hadhany mihen tha?:p

  4. athoo ..

    Happu sorry igey maa lahun reply kuran jehineema.
    athooves baeh ehchehi try kuran. Ekam ragalhivaaney thi hurihaa kudhinves sihhathah faidhaa huri kaanaa beynun kureema.
    happy new year.

  5. athoo ..

    Happu malaamaathuge gothun comment nukuraane kamah ummeedh kuran.

Comments are closed.