Skip to content
އެސްފިޔަ

މާފް ކުރާނެބާ….؟؟؟

މިއަދު އަހަރެން ފަޚުރުވެރިވަމެވެ. ޓީވީއިން އަހަރެންގެ ދަރިފުޅުފެންނަމުންދިޔައިރު އަހަރެންގެ ހިތްވަނީ އުފަލުން ފުރިފައެވެ. ލޮލުން އޮހޮރެމުންދިޔައީ އުފާވެރިކަމުގެ ކަރުނައެވެ. އޯލެވެލް އިމްތިހާނުން ހުރިހާ މާއްދާއަކުން އޭ ސްޓަރ ހޯދައިގެން އޭނާ ދިޔައީ ރާއްޖޭގެ އެއްވަނައަށެވެ. އަދި އިތުރު ދެ މާއްދާއަކުން 100% މާރކްސް ހޯދައި ދުނިޔޭގެ އެއްވަނަވެސް އަހަރެންގެ ދަރިފުޅު ހޯދިއެވެ. އެއީ އަހަރެން ބަނޑުއަޅަ ވިހޭ ދަރިފުޅެވެ. އަހަރެން ފަޚުރުވެރިނުވާންވީ ސަބަބެއް ކޮބައިހެއްޔެވެ؟

ނަމަވެސް އަހަންނަށް މި އިހުސާސްވަމުންދާ ފަޚުރުވެރިކަމަކީ އަހަންނަށް ހަމަ ހައްގުއެއްޗެއް ބާއެވެ؟ އޭނާ އެ ހަރުފަތަށް އެރިޔަ ނުދޭން އަހަރެން ކިހާ މަސައްކަތެއް ކުރިންހެއްޔެވެ؟ އެ ދަރިފުޅުގެ ކިޔެވުމަށް ކިހާ ހުރަސްތަކެއް ކުރިމަތިކުރުވިންހެއްޔެވެ؟ ނަމަވެސް މިއަދު އެދަރިފުޅު އެވަނީ މުޅި މި ދިވެހި ރާއްޖެވެސް ފަޚުރުވެރިވަފަދަ ވަނަތަކެއް ހޯދާފައެވެ.

“އެންމެ ފުރަތަމަވެސް އަޅުގަނޑު ޝުކުރުއަދާކުރަން ބޭނުމީ އަޅުގަނޑު ހެއްދެވިފަރާތަށް!” މައިކު ކައިރިއަށް ހުއްޓުމަށްފަހު އެ ދަރިފުޅުބުނެލިއެވެ. “ދެން އަޅުގަނޑުގެ ކިޔެވުމުގައި އެހީތެރިވެދެއްވި ހުރިހާ ޓީޗަރުންނަށް! އަދި އަޅުގަނޑުގެ ހުރިހާ ރަހުމަތްތެރިންނަށް!”

ޝުކުރުގެ ލިސްޓުގައި އަހަރެންގެ ނަން ނައުމުން އަހަރެންގެ ހިތުގައި ޖެހުނެވެ. އަންނަންވީވެސް ކީއްވެހެއްޔެވެ؟ އަހަރެން މީ އޭނާގެ ދުޝްމިނަކީމުއެވެ. އެހެން ހުރިހާކުދިން އެކުދިންގެ މައިންނަށާއި އާއިލާގެ މެންބަރުންނަށް ޝުކުރުގެ ބަސްތަށް އޮށްސަމުންދިޔައިރު އަހަރެންގެ ދަރިފުޅު އަހަންނާބެހޭގޮތުން އެންމެ ބަހެއްވެސް ބުނެނުލައެވެ.

ދަރިފުޅަށް އަހަރެންގެ ލޯބި އެންމެ ބޭނުންވިވަގުތު އަހަންނަށް ކުރެވުނީ އަނިޔާއެވެ. އަހަރެން މިއަދު އެކަމާ ދެރަވެއެވެ. ކުރިން މިކަން އަހަންނަށް ނުވިސްނުނީ ކީއްވެހެއްޔެވެ؟ ދަރިންނަކީ ދެމަފިރިންނަށް ލިބޭނެ އެންމެ އަގުހުރި އަމާނާތެވެ. ނަމަވެސް އަހަރެން ގަބޫލުކުރިގޮތުގައި، ދަރިންގެ ސަބަބުން އާއިލާ ބަނގުރޫޓުވެ ބަނޑަށް ޖެހެނީއެވެ. ހަރަދުތަށް ގިނަވެ ދެކޮޅު ނުޖެހެނީއެވެ.

އަހަންނަށް ކުރިން ނުވިސްނުނުކަމަކީ، ދަރިންނަކީ މުސްތަގުބަލުގެ ޒުވާނުން ކަމެވެ. އެ ކުދިން ހަރުދަނާކަންމަތީ ބޮޑެތެތި ކުރެވިއްޖެނަމަ މުސްތަގުބަލު އުޖަލާވާނެކަމެވެ.

އަހަރެންގެ ދަރިފުޅަށް ބަލިވެ އިންއިރު ފިރިމީހާ އަހަރެން ދޫކޮށްފައި ދިޔައީއެވެ. އަހަރެން ފަލަވެ ހުތުރު ވުމުންނެވެ. އެހެންމީހުންގެ މަލާމާތް އޭނާއަށް ލިބެނިއްޔެކޯލައެވެ. އެކުގައި ފިހާރައަކަށް ދާންވެސް އޭނާ ޖެހިލުންވެއެވެ. އަހަންނާދިމައަށް އެތަށް މަލާމާތެއް ކުރުމަށްފަހު އަހަރެން ވަރިކޮށްލާފައި އޭނާ ދިޔައިރު އަހަރެންގެ ބަނޑަށް 8 މަހެވެ. އަހަރެންގެ ދަރިފުޅުދެކެ އަހަރެން ފޫހިވީ އެހިސާބުންނެވެ. އަހަރެން އިންތިހައށް ލޯބިވީ ފިރިމީހާ އަހަރެން ދޫކޮށްދިޔައީ އެ ދަރިފުޅުގެ ސަބަބުންކަމަށް އަހަންނަށް ގަބޫލުކުރެވުނެވެ. ދަރިފުޅު އުފަންވީއްސުރެ އަހަރެން އޭނާއަށް ނަފުރަތު ކުރީމެވެ.

ނަމަވެސް ހީކުރިގޮތާ ހިލާފަށް އޭނާ ވެގެން ދިޔައީ ވިސްނުންތޫނު މޮޅު ކުއްޖަކަށެވެ. ކޮންމެ ފަހަރަކު މުޅި ކުލާހުން އެއްވަނަ ހޯދައެވެ. ކޮންމެ އަހަރަކު އިނާމު ދިނުމުގެ ޖަލްސާގައި އޭނާ ގެއަށް ގެންނަ އިނާމުތަކުން ގޭގެ ސިޓިންގް ރޫމު ފުރޭނެއެވެ. ނަމަވެސް އަހަރެން އޭނާއާ ދިމާއަށް ލެވީ ހަޅޭކެވެ. ގެއަށް ކުނި އިތުރު ކުރަނީކަމުގައި ކިޔައި ހުރިހާ އިނާމުތަށް އަންދާލީމެވެ. ދަރިފުޅުކުރަމުންދިޔަ ބުރަ މަސައްކަތުގެ ނަތީޖާ އަހަރެންގެ ދެއަތުން އަންދަމުން ދިޔައިރު ދަރިފުޅު ދުރުގައި ބަލަން ހުރީ ރޮވިފައެވެ. އެމައުސޫމު ދެލޮލުން އޮހޮރެމުންދިޔަ ކަރުނަތަކުގެ އަގު މިއަދު އަހަންނަށް ހާދަ ބޮޑެވެ. އަހަރެން އެވަރަށް އޭނާގެ ކިޔެވުމަށް ހުރަސްތަށް ކުރިމަތިކުރަމުންދިޔައިރުވެސް އެ ދަރިފުޅު އެންމެ ތަންކޮޅެއްވެސް ދޫނުކުރެއެވެ. ކިޔެވުމަށް ކުރަމުންދިޔަ ބުރަ މަސައްކަތަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ކިޔެވުމަށްޓަކައި އެހާ ބުރަ މަސައްކަތްކުރި އެހެން ކުއްޖަކު އަދިއަހަރެންގެ މި ދެލޮލުން ނުދެކެމެވެ.

ސުކޫލަށް ދިޔުމަށްޓަކައި ޔުނީފޯމް ދޮވެ އިސްތިރިކުރީ އޭނާ އަމިއްލައަށެވެ. އަމިއްލައަށް ކާއެއްޗެއް ހަދާލައިގެން ސައިބޮއެލައިގެން ސުކޫލަށް ދާއިރު އަހަރެން ކޮބައިހެއްޔެވެ؟ ކޮންމެ ހަފްތާއަކު އެ ނާޒުކު ދެއަތުން ހަން ދުއްވަލައިގެން އެއްޗެހި ދޮންނަށް ދޫކޮށްލައިގެން އަހަރެން ސޯފާގައި އޮތީއެވެ. ދަރިފުޅު ސުކޫލަށް ގޮސްފައިއަންނަ އިރުވެސް އަހަންނަށް ނޭނގޭނެއެވެ.

އެދުވަސްތަށް އެނބުރި އަންނާނެނަމައެވެ. އެ ދަރިފުޅުގެ ޔުނީފޯމު ދޮވެދީ އިސްތިރިކޮށްދޭނީ މި ދެއަތުންނެވެ. އެންމެ ރުލެއްވެސް ނުހުންނާނެވަރު ކުރާނަމެވެ. ސުކޫލަށް ދިއުމުގެކުރިން އޭނާ ބޯނީ އަހަރެންގެ މި ދެއަތުން ގިރައިދޭ ބުއްތައްޓެވެ. އެކަނިމާއެކަނި ސުކޫލަށް ދިޔަކަ ނުދޭނަމެވެ. އަހަރެންގެ މުށުތެރޭ ފޮރުވާލައިގެންވެސް ސުކޫލާހަމައަށް ގެންގޮސްދޭން އެދުވަސް އަދި އަންނާނެނަމައެވެ. ނަމަވެސް……

ސުކޫލުން ނިމިގެން އައިސް ގެއަށް ވަނުމައެކު ގޭތެރޭގެ މަސައްކަތްތަށް އޭނާއަށް ޖައްސަމެވެ. ކުނިކެހުމާއި ތަންތަން ސާފު ކުރުމެވެ. ތަށިތަށް ދޮވުމާއި މޮޕް ލުމެވެ. ފިލާވަޅު ދަސްކުރުމަށް އެންމެ ވަގުތުކޮޅެއްވެސް ނުދީ ވޭތޯ ބަލަމެވެ. ޓެސްޓަށް ދިއުމުގެ ކުރިން އޭނާ ފޮތުގައި އަތްލާތަނެއް އަހަރެން ނުދެކެމެވެ. ނަމަވެސް ހުރިހާ ޓެސްޓަކުން ފުލް މާރކްސް ނުވަތަ ވަރަށް މަތިން ހޯދައެވެ.

އަހަރެންގެ ދަރިފުޅަށް ލިބޭނެ ހަމައެކަނި ހުސްވަގުތަކީ ނިދާގަޑިއެވެ. އެއްރެއެއްގެ ދަންވަރު އަހަރެން އޭނާގެ ކޮޓަރީގެ ދޮރު ހުޅުވާލީމެވެ. އަހަރެން ހައިރާންވިއެވެ. މޭޒުދޮށުގައި ފޮތްތަށް ހާވައިގެން ފިލާވަޅު ދަސްކުރަން އޭނީ އަހަރެންގެ ދަރިފުޅެވެ. އަހަރެންގެ ހިތްވަރުގަދަ ދަރިފުޅެވެ. އެ ދެލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. ޓެސްޓުތަކުން މިހާ މަތީ މާރކްސް މި ހޯދަނީ އޭނާގެ ނިދިކޮޅު ނަގާލައިގެން ކުރާ ބުރަ މަސައްކަތުންނެވެ. ނަމަވެސް އަހަރެން ކަންތަށް ކުރީ ކިހިނެއްހެއްޔެވެ؟ އޭނާގެ ކާމިޔާބީތަށް އަންދާ އަޅިއަށް ހެދީ ކީއްވެހެއްޔެވެ؟ އެ ދަރިފުޅުގެ ހިތް އަލިކަމަކީ އޭނާއަށް ﷲ ދެއްވެވި އަގުހުރި ނިއުމަތެކެވެ. ކިތަންމެ ކުޑަވަގުތުކޮޅަކަށްވެސް ފިލާވަޅު ދަސްކޮށްފިނަމަ އޭނާ މަތިން މާރކްސް ނަގާނެއެވެ.

މިއަދު އަހަރެން މާފަށް އެދެން ބޭނުމެވެ. ބިކަވެ ބަނޑަށް ޖެހޭނެކަމަށް ހީކުރި އަހަރެންގެ ދިރިއުޅުމަށް އުޖާލަކަން ގެނެސްދެވޭނެ ހަމައެކަނި މީހަކީ އަހަރެންގެ ދަރިފުޅެވެ. އަހަރެން ބަލިވެ ތަންމަތި ވާދުވަހަކުން ބަލއިދޭން ހުރި ހަމައެކަނި މިހަކީ އަހަރެންގެ ދަރިފުޅެވެ.

ދަރފުޅު އައިސް ގެއަށް ވަނުމުން އަހަރެން ގޮސް ބައްދާލާނަމެވެ. އަދި ބުނާނަމެވެ. މަންމައަށް މާފް ކުރާށެވެ. މަންމަ ބަނޑު އަޅާ ވިހޭ ހަމައެކަނި ދަރިއަކީ ތިއީއެވެ. ދަރިފުޅުގެ ހިތްވަރުގަދަކަން މިއަދު މަންމައަށް ފެނިއްޖެއެވެ. ކުރިން މަންމައަށް ކަންތަށްކުރެވުނީ ރަނގަޅަށް ނޫންކަން ވިސްނިއްޖެއެވެ. މަންމައަށް މާފްކުރާށެވެ.

އަހަރެންގެ ދަރިފުޅު އަހަންނަށް މާފްކުރާނެބާއެވެ؟

ނިމުނީ

Comments (24)

  1. Hoody

    Hi guyxx!!!!! here is another one!!!!!! enjoy it!!!! 😀

  2. anth

    have been waiting for ur next story…..loved the story ‘delete’…u have some talent hoody 🙂 keep it up

  3. jiji....

    Nice…. V asaru kohfi… Madun namaves mujuthamaugaa higaa kameh mee….

  4. anth

    hoody,u have talent ,… 🙂 keep it up

  5. LILLY

    hey I like it very much….keep it up hoody….waiting 4 another story…..

  6. your sister

    nice…………………. 🙂 keep it up……………! 🙂

  7. nash

    vvvv.nice!!!hama nurovuny kiriyaa….i luv it <3….kyp it up!!!!!hope to c more interestin stories of urs!

  8. MANSHA

    digukoh liyelinama varah habeys vaane.but mivaru ves ok hama.
    hehehe

  9. athoo ..

    This story is related to my life.
    it’s just what mom did to me.
    thankx you a lot, hoody.

  10. nanmu

    Wow. Obviously heart touching. Plus so emotional. Loved it. I was likka baby when i read this. It just touched my heart. Umwah to this story.

  11. nooko

    Oh its such a touching story hope to see ur next story soon

  12. Hoody

    Thnkxx Alll!!!!!! 🙂

  13. Anonymous

    mivaahaka kiyaa nimunu iruves neygunu e ee anhen kujjehkan noony firihen kujjehkanves…ekan engunu nama v salhi vees

  14. ainthu

    V emotional

  15. yoolin

    vr asaru gandha

  16. humey

    Varah salhi

  17. Hoody

    to Anonymous… vaahakaige cover photo akee vex varah bodu role eh kulhey ehcheh!!!! photo ga innaane boy eh!!! thnkx all for your comments!!!

  18. mai

    …touching story…aslu haaluga ulhegen kiyavaa kudhin maa kiyevumah try kurane…keep it up…

  19. testing carried

    Hoody vvvvvvvvvvvvvvvv molhu story liyan………. kiaaraa ah v vvvvvvvvv reathi Hoodh ge stories

  20. Nabhaan

    wow…i lyk th sone…i realy lyk ur stories

  21. alma

    adhi dhigu kolinama.varah reethi

  22. Saamidh

    I like this one… v asaru kohfi… thy hama mashahves dhimaavi goiy… but mom ge faraathakun noon… dad ge faraathun…

  23. twotwo

    i love your stories, they are soo real and emotional >_<

  24. ?Jaeminie?

    Thanks Hoodybe mikahaal nice story thah genesdheythy… ❤️❤️

Comments are closed.