Skip to content
އެސްފިޔަ

ހުޅެވި ހަނދު (ހަށިގަނޑު ރީތިކޮށް ބެހެއްޓުން)

ދެވަނަ ބައި. މަދުބަޔަކަށް ނަމަވެސް ބޯ ތަލަވުމުގެ މައްސަލަ ކުރިމަތިވެއެވެ. މިހެން ދިމާވަނީ ޑިހައިޑްރޮޓެސްޓޮސްޓެރޯން ނުވަތަ ޑީ.އެޗް.ޓީ ކިޔާ ހޯރމޯނެއްގެ ސަބަބުންނެވެ. މިހޯރމޯން އާންމުކޮށް ހުންނަނީ ފިރިހެނުންގެ ގައިގައެވެ. ނަމަވެސް މިކަމަށްވެސް ހައްލެއް އެބައޮތެވެ. ކާށިތެޔޮ ބޮލުގައި ލާފައި ކުޑަކޮށް ބޯ މަސާޖް ކޮށްލާށެވެ. ދެން އެއަށްފަހު ބްރަޝްއަކުން މަޑުމަޑުން ބޯ ކަހާލާށެވެ. ކޮންމެ ދުވަހަކުވެސް ކުޑައިރުކޮޅެއް ވަންދެން މިގޮތަށް ހަދާށެވެ. ހަފްތާއެއް ވަންދެން މިގޮތަށް ހެދުމުން މަޑުމަޑުން ބޮލުގައި އިސްތަށި ފަޅަން ފަށާނެއެވެ. ރަނގަޅަށް އިސްތަށި ފަޅާ ރަނގަޅުވަންދެން މިގޮތަށް ހަދާށެވެ. • ލޯ. ލޯ ކަޅުވުމުގެ މައްސަލައަކީވެސް ގިނަ މީހުންނަށް ކުރިމަތިވެފައިވާ މައްސަލައެކެވެ. މިކަން ހައްލުކުރުމަށް ކޮންމެ ދުވަހަކުވެސް ނިދާ ހޭލައިގެން ފިނިފެނުން ލޯކައިރި ދޮންނާށެވެ. ލޯކައިރި ތާފަނާ\ތާފެނާ ނުވަތަ ހޫނުފެނުން ނޮދޮންނާށެވެ. މީގެ އިތުރުން، ބުރަމަސައްކަތުގައި އުޅުމަށްފަހު މޫނު ފިނިފެނުން ދޮވެލުމަކީވެސް މޫނު ތާޒާކޮށް ބަހައްޓައިދޭނެ ކަމެކެވެ. އައިސް އަލަމާރިއަށް ލާ ފިނިކޮށްފައި ހުންނަ ސައިފަތް ޕެކެޓު ފަސްވަރަކަށް މިނެޓު ވަންދެން ، ކޮންމެ ދުވަހަކުވެސް ލޯކައިރީގައި ޖައްސާލެވިދާނެއެވެ. ބޭނުން ކުރުމަށް އެންމެ ރަނގަޅީ ގްރީން ޓީއެވެ. ލޮލުގެ ފެނުން ރަނގަޅުކުރުމަށް ފަތުގެ ތެރޭގައި ހިމެނޭ ސްޕިނެޗް، މަހުގެ ތެރޭގައި ހިމެނޭ ޓޫނާ،ބިސް، ނަޓް، ބީންސް އަދި އޮރެންޖް ފަދަ ކާނާ ބޭނުންކުރަންވާނެއެވެ. އަތްވަށް ނިކުންނައިރު، އަވިން ތިމާގެ ލޯ ސަލާމަތްކުރުމަށްޓަކައި އަވިއައިނު އަޅަންވާނެއެވެ. ސީދާ އަށްވަށް ބެލުމުން ލޮލުގެ ފެނުން ދަށްކޮށްލައެވެ. އަދި އަނދިރީގައި ފޮތްކިޔުމުންވެސް ދުރުހެލިވާށެވެ. އެހެން މީހުންގެ ނަމްބަރު އައިނު ނާޅާށެވެ. އެހެން ހެދުމުން ތިމާގެ ލޮލާ އަދި އެނަމްބަރު އައިނު އަޅާ ފަރާތުގެ ލޮލަށްވެސް ގެއްލުން ލިބިދާނެއެވެ. ލޯ ކައިރީގައި ފިނިކުރި ކިޔުކަންބާ ފޮތި އަޅާށެވެ. މިހެން ހަދާއިރު 15-20 މިނިޓު ވަންދެން ފޮތި އަޅާފައި ބާއްވަންވާނެއެވެ. 19 ގަޑިއިރަށްވުރެ އިތުރަށް ކޮންޓެކްޓް ލެންސް ބޭނުންނުކުރާށެވެ. އައިނު ( ޚާއްސަކޮށް) 3ޑީ އައިނު މާގިނައިރު އަޅައިގެން ނޫޅޭށެވެ. އެއީވެސް ލޯ ހަލާކުވާ ކަމެކެވެ. ޑޮކްޓަރެއްގެ ލަފާގެ މަތިން ނޫނީ ލެންސާއެކީ ނުނިދާށެވެ. ސަބަބަކީ ޚާއްސަކޮށް ނިދުމުގައި ލޯ އޮކްސިޖަނަށް ބޭނުންވާތީއެވެ. އޮކްސިޖަން ލޮލު ތެރެއިން ވަދެގެން ދިޔުން ހުއްޓުވަނީ ލެންސެވެ. މޫދަށް އެރޭއިރު ލެންސާއެކީ ނޭރޭށެވެ. ގޮގްލްސް އަޅާނަމަ ލެންސް ލެއްވިއަސް މައްސަލައެއް ނެތެވެ. ރެސިޕް. ބޭނުންވާނީ: ގަލަމެއް. ކޮންމެ ރެއަކުވެސް ނިދާއިރު ގަލަމެއްގެ ކޮޅަށް އެކަނި ބަލަހައްޓައިގެން ދެތިން ސިކުންތު ވަންދެން އޮވެލާށެވެ. ސޭކު ކަމެކޭ ހީވިނަމަވެސް މިހެން ހެދުމުން ތަންތަނަށް ލޯ އަމާޒު ކުރަން ވަރަށް ފަސޭހަވާނެއެވެ. ( ނުނިމޭ….)

Comments (15)

  1. athoo ..

    v bodah sorry ehaa dhuvahu kiyuntherin inthizaarukuran jehsuneee thee. ekam miadhu up nukurevuney athoo maa bodah boluga thadhuvaathey. mirey up kuran jehuney ehennve.

  2. el.................

    v.ravgaihu

  3. sal

    Knowledgeable

  4. black widow

    varah rangalhu mauloomath libije…thnks varah boda

  5. Faai

    Thnkx athoo… 🙂

  6. issa

    Thankss

  7. athoo ..

    Thankx all.

  8. sum 1

    mee kon kahala vaahaka ehtha :p

  9. zum

    again its resipee.. dhivehin bunanya

  10. athoo ..

    sum 1 mee mazmooneh vaahaka eh noon.
    zum alhe athoo dheneh ‘recipe’ e bas beynumeh nukuraanan.
    Thanks to everyone who read this article..

  11. maee

    Thnx a lot athoo!! Maee doc ah dhekkyma vx buni fahn e in xercise kuran!!plxxx upload da nxt prt ASAP!! Thnx again!

  12. athoo ..

    maee mihaaru innaane aneh bai. kiyaafin dhoa. thankx igey.

  13. leyfa

    interesting 🙂

  14. athoo ..

    thanks leyfa.

  15. sajuwa

    v gina informations libihje

Comments are closed.