އެހެންނަމަވެސް އަޅާނުލާ ގޮސް ސިންކް ކައިރީ ހުއްޓި އަތްދޮވެލުމަށް ފަހު ލޯގަނޑުން ބަލާލިއިރު ހުދުކުލައިގެ ގަމީހަކާ ކަޅު ފަޓްލޫން ލައިފައި ފަހަތުން ފެންނަން ހުރި މީހާފެނި އީން ގެ އަނގަހުޅުވި ދެލޯ ބޮޑުވެ ހުއްޓުން އެރިއެވެ. އެއީ ހީވީ ހީވުމެއް ކަމަށް ހީކޮށް އަވަސް އަވަހަށް ފަހަތް ބަލާލީ ޔަގީން ކޮށްލުމުގެ ގޮތުންނެވެ. އެއީ ހުވަފެނެއް ނޫނެވެ. ލައިގެން ހުރި ކޯޓު އެއް އަތް މަތީ އަޅުވާލައިގެން ރުޅިވެރި ނަޒަރަކުން އީން އާ ދިމާލަށް ބަލަން ހުރީ […]
ފޮޓޯއަކަށް ފަހު ފޮޓޯއެއް ބަދަލުވަމުން ދިޔައިރު ނުހާ ތުރުތުރުއަޅައެވެ. އަނގަ ތަންމިނަން ހުޅުވައިގެން ހުރި އާސިފް ހުއްޓުން އަރާފައި ހުރީ ލޮލަށް ފެންނަމުން ދިޔަ މަންޒަރާއި މެދު ބުނާނެ އެއްޗެއް ނޭނގިފައެވެ. ނުހާ އާއި މާކިން ގެ އެފޮޓޯތަކަށް ބަލަން ތިބި އެންމެން ނުހާ އާއި ދިމާއަށް ބަލަމުން ދިޔައީ ސުވާލުގެ ނަޒަރަކުންނެވެ. “ވަޓް އިޒް ދިސް އަޔާން؟” އާސިފް ދުވަހަކުވެސް އަޔާން ދެކެ މިހާ ރުޅިއައިސްފައެއް ވާހަކައެއް ނުދައްކައެވެ. “ޓްރްތު.” އަޔާން ހުރީ އާސިފްގެ ހުރިހާ […]
ދެލޯ އެދެމުން ދިޔައީ ހިތް ފުރެންދެން ޝާރިފްގެ މޫނަށް ބަލާށެވެ. އެކަމަކުވެސް ރާއިދު ޖެހިގެން އިނުމުން ޒާޔާއަށް އިސް އުފުލާލަންވެސް ނުކެރުނެވެ. “ވާހަކަ ދައްކަބަލަ؟” ރާއިދު މޭޒުމަތީގައި އަތް ބާއްވާލަމުން ޝާރިފްއަށް ބަލާލިއެވެ. “މި އުޅެނީ ކިހިނެއްވެގެންތަ؟” ހިތް ނުތަނަވަސް ވާން ފެށުމުން އެންމެ ފަހުން ޒާޔާގެ އަނގަ ހުޅުވުނެވެ. އަދި އިސްއުފުލާ ޝާރިފްގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. އެވަގުތު ޝާރިފްވެސް އިނީ ޒާޔާގެ މޫނަށް ބަލަހައްޓައިގެންނެވެ. ދެމީހުންގެ ހަތަރު ކަޅި ބައްދަލުވި ވަގުތު މުޅި ކައުނުވެސް […]
ޖެކް އެއީ އުމުރަށް ސިންގަލްކޮށް ހުންނަ މީހެކޭ ދޯ” އަހަންނަށް ހަމަބިމަށް އާދެވުނީ ޝައުން އަހަރެންގެ ކޮނޑުަގައި އަތް އަޅުވާލުމުންނެވެ. “ދެން ޝައުންހާ އެންމެން ލަކީއެއް ނޫނެ. ޝައުންދެކެ ލޯބިވާ ކުދިން ތިއްބަސް އަހަރެންދެކެ ލޯބިވާނެ ކުއްޖެއް ނެތް” ދެމާނައެއް އެކުލެވޭ ގޮތަށް އަހަރެން ބުނީމެވެ. އެއާއެކު ޝައުން ހިނިގަނޑެއް ޖަހާލިއެވެ. “ކޮންތާކު މަދެކެ ލޯބިވާ ކުދިންނަށް ވުރެ ޖެކްދެކެ ލޯބިވާ ކުދިން މާގިނަވާނެ. ސްކޫލްގަވެސް ތީއެއްނު މޭންއަކީ.” އަހަރެންގެ މޭމެތީގައި ޖަހާލަމުން ޝައުން ބުންޏެވެ. **** […]
“….އަދި އޭގެ ސަބަބުން އެމީހުން އިންތިހާއަށް އުފާވާންޖެހެއެވެ. އެއީ އެމީހުން އެއްކުރާ ހުރިހާ ތަކެއްޗަށްވުރެ ހެޔޮ އެއްޗެކެވެ.” މާނައިގެ ފަހަތުގައި ޔޫނުސް ސޫރަތޭ ލިޔެވިފައިވިވުމުން އެއީ އެ ސޫރަތުގެ އާޔަތެއްކަން މާޝާއަށް އެނގުނެވެ. ނޭނގުނީ އެ އާޔަތުން ދޭހަވާ އެއްޗެކެވެ. އޭނަ އިންތިހާއަށް އުފާވާންޖެހެނީ ކޮންކަމަކާ މެދުގައިހެއްޔެވެ؟ ދަޢުވަތުގެ ފަހަތުގައި ވެސް ލިޔެފައިވީ އެ ސުވާލެވެ. އެ ސުވާލުގެ ޖަވާބު ހޯދުމަށްޓަކައި ދާންވީ ތަނާއި ތާރީޚު ލިޔެވިފައިވިއެވެ. އެއީ ގެ ކައިރީގައި ހުންނަ މިސްކިތެއްކަމާއި ސުވާލުގެ ޖަވާބު […]
“އެންމެ ރަނގަޅު. އަހަރެން ގޮތެއް ނިންމާފައި ޖަވާބެއް ދޭނަން.” ނާސިރު އެއްވެސް އަސަރެއް ނެތް ގޮތަކަށް ބުނެލިއެވެ. މާހިލް ބަސްއަހާ ކުއްޖެއްހެން އިސްޖަހާލަމުން ލައްބައޭ ބުނެލަމުން އެތަނުން ދިޔުމަށް ހިނގައިގަތެވެ. ނާސިރު ފުންނޭވާއެއް ލާފައި ގެއާ ދިމާލައް މިސްރާބުޖެހީ ވަރުބަލިވެފައިވާ ހިތަކާއި ގެންނެވެ. ނާސިރު އަނެއްކާވެސް އޮފީހައް ދިޔުމުގެ ޚިޔާލު ދޫކޮށްލާފައި ދިޔައީ ގެއަށެވެ. ހަޤީޤަތުގައި ވެސް އޭނާއަށް ވަރުބަލިކަން އިހްސާސްކުރެވޭލެއް މާ ބޮޑީއެވެ. ތިމާއީ ބޮޑު ކުއްވެރިއެއް ފަދަ އިހްސާސްތަކެއް އޭނާގެ ހަށިގަނޑު ވަށާލާފައިވާ ކަހަލައެވެ. […]
ރޭގަނޑު ނުވައެއް ޖަހަން ކައިރިވީއިރު އަހަރެމެން ތިބީ މިއުޒިކް ޝޯވ ބަލަން ދާން ތައްޔާރުވެގެންނެވެ. އެއީ ރާއްޖޭގެ މަޝްހޫރު ބައެއް ލަވަކިޔުންތެރިންނާއި މާލޭގެ ނަށާގުރޫޕެއް ގެނެސްގެން ބާއްވާ ޢީދުގެ ހާއްސަ ޝޯވ އެކެވެ. ޝޯވ އޮތީ ރަށުގެ ބަދަރުމަތީގައި އެކަމަށް ތައްޔާރުކުރެވިފައި ބޮޑު ސްޓޭޖެއްގައެވެ. އަހަރެމެންނަށް އެތަނަށް ދެވުނުއިރު އެންމެ ފުރަތަމަ ލަވަ ފެށިގެން ކުރިއަށް ދަނީއެވެ. ކުޅިބަލާ މީހުންތައް ގިނަކަމުން ސްޓޭޖް ހުރި ހިސާބަށް ކައިރިވެވެން ވެސް ނެތެވެ. “ދެން ވެސް ރީތިކޮށް ފެންނާނީ ތަންކޮޅެއް […]
….އާލިކް ނިއުޝާގެ އަތުގައި ހިފައިގެން އެތަނުން ނުކުންނަން ދިޔައެވެ. އާލިކް ނިއުޝާގޮވައިގެން އޭނާގެ ގެއަށް ދިޔައީ އޭނާގެ ކަޅާއި ހުދުގެ ހުވަފެންތަކުގައި ރީތި ކުލަތަކެއް ޖެއްސުމުގެ ބޭނުމުގައެވެ. “މަންމާ.. މީ އަހަރެން އިންނަން އުޅުނު ކުއްޖާ. މީ ޒާލް. ޒާލް އަހަންނަށް މި ފެނުނީ އެތަކެއް ދުވަހެއްފަހުން.” އާލިކް ގެއަށް ވަނުމަށްފަހު މަންމަ އަށް ނިއުޝާ ތަޢާރަފް ކޮށްދިނެވެ. “ނިއުޝާ އިހަށް އާދޭ މިކޮޅަށް.” މަންމަ އަށް ބަހެއް ބުނުމުގެ ފުރުސަތުވެސް ނުދީ އާލިކް ނިއުޝާ ގޮވައިގެން އޭނާގެ ކޮޓަރިއަށް ވަނެވެ. “ހްމްމް.. ދެން ކިޔައިދީބަލަ. އެކަމު ފަރސްޓް ޕްރޮމިސް މީ ނުރޯތި. ޕްލީޒް. އަހަރެންގެ ޒެލް އަކާ ނުގުޅެ ރުއީމަކާ.” އާލިކް ލުއި ހިނިތުންވުމަކާއެކު ނިއުޝާއާ ވާހަކަ ދެއްކިއެވެ. “އެއީ އަހަރެންގެ ނާރސިންގް ކޯހުގެ ފަހު ސެމިސްޓާރ. އަހަރެންގެ ފޯނަށް ފާޑެއްގެ ނަންބަރަކުން ގުޅަންފެށި. ފުރަތަމަ ފަހަރު އަހަރެން ފޯނު ނެގިން. އެކަމު އެފަހަރު އެ މީހާ ވާހަކަ ދެއްކި ގޮތުން ދެން އަހަރެން އެ ނަމްބަރުން އައި އެއްވެސް ކޯލަކަށް ވެސް މެސެޖަކަށްވެސް ޖަވާބެއް ނުދެން. ދެން އެމީހާ އަހަންނަށް ޖެއްސުން ކުރަން ފެށީ ކުލާހަށްދާ މަގުމަތިން. އަހަރެން އާކް ކައިރީގަ ބުނަންވެގެން ވަރަށް މަސައްކަތް ކުރިން. އެކަމް އާކް އަހަންނާ ވާހަކަ ދައްކާއިރު ތި ރީތިކަން އިތުރަށް ފުރިހަމަކޮށްދޭ ހިނިތުންވުމަށް އެއްވެސް ފަނޑުކަމެއް އަންނާކަށް އަހަރެން ބޭނުމެއްނުވި. އަމިއްލަ މަސައްކަތުން އެމީހާގެ އުނދަގުލުން ސަލާމަތް ވުމަށް އަޒުމް ކަނޑައެޅިން. ނަމަވެސް ދުވަހެއް ދުވަހަކަށް އެމީހާގެ އުނދަގޫތައް ދިޔައީ އިތުރުވަމުން. އެއްވެސް މީހަކާ ހިއްސާ ކުރާނެ ހިތްވަރެއް އަހަރެންގެ ގަޔަކު އޭރު ނެތް. ކްލާހުގަވެސްް އަހަރެންގެ އެއްވެސް އެކުވެރިއެއް ނެތް.” ނިއުޝާގެ ލޮލުން ކަރުން ހިލުނެވެ. “ޒެލް ޕްލީޒް. ނުރޯތި. އާކް ދެކެ ލޯބި ވަންޏާ. އެންޑް ޓެލްމީ.. ކޮންކަހަލަ އުނދަގުލެއް އެމީހާ ކުރީ؟” އާލިކް ނިއުޝާގެ ކަރުނަ ފޮހެދިނެވެ. “އާކް. އަހަންނަކަށް ހިޔެއްނުވޭ އަހަރެން މި ހުރިހާ ވާހަކައެއް ކިޔައިދީފިއްޔާ އާކް އަހަންނާއެކު އުޅެދާނެހެނެއް. އާކް އަހަރެން ދެކެ ފޫހިވާނެ.” ނިއުޝާ އިސްޖަހާލިއެވެ. “ނޫން ޒާލް. ތިހެން ނުބުނޭ. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ދިމާވިޔަސް ޒެލް ދެކެ އަހަރެން ވާ ލޯތްބަކަށް ކުޑަވެސް ބަދަލެއް ނާންނާނެ. ދެން ނުބުނައްޗޭ އެހެން. ޒާލް ތީ އަހަރެންގެ ހުރިހާވެސް މީހަކީ. ޒެލްއާނުލާ އަހަންނަކަށް ދެން ކެތެއްނުވާނެ. ވިލްޔޫ މެރީމީ ޒާލް.” އާލިކް ޒާލްއާ ގާތްވެލިއެވެ. “އާކް ވެއިޓް. އަދި އަހަރެން ހުރިހާއެއްޗެއް ނުވެސް ކިޔައިދެމެއްނު. ދެން…”. “ޒާލް ސްޓޮޕް.. އަހަންނަށް އޯކޭއެ ކޮންމެ ގޮތެއް ވިޔަސް. އައި ޑޯންޓް ކެއާ. ފަހުންވެސް ދެން ތި ވާހަކަ ކިޔައިދެވިދާނެ.” އާލިކް ހިނިތުންވެލިއެވެ. “އާކް…. އަހަރެން ބޭނުން އާކް އާ މެރީ ކުރަން. އެކަމް މައި ޕާސްޓް. އައި ޑޯންޓް ތިންކް ޔޫ ކޭން ހޭންޑްލް އިޓް.” ނިއުޝާ އިސްޖަހާލީ މާޔޫސް ކަމާއެކުއެވެ. ” އެނގޭ ކުއްލިއަކަށް އެހީމަ ޖަވާބު ދޭން އުނދަގޫ ވާނެކަން. ޒެލް ބޭނުންވަރަކަށް ވަގުތު ބޭނުން ކުރޭ. އެކަމް އަަހަރެންގެ ހިތް ހަލާކު ނުކޮއްލައްޗެ.” އާލިކް ލާނެތް ހިނިތުންވުމަކާއެކު ނިއުޝާގެ ގައިގާ ބައްދާލިއެވެ. “އާކް. މިގަޑީ ދެން އަހަރެން ދަނީ ގެއަށް. މިހާރު މާލަސްވެއްޖެ. މަންމަ އަކަށް އަދި ނޭނގޭނެ އަހަރެން އާކް އާއެއްކޮށް އައި ކަމެއްވެސް.” ނިއުޝާ އެނދުމަތިން ތެދުވެ ކޮޓަރި ދޮރާ ދިމާލަށް މިސްރާބު ޖެހިއެވެ. […]
ސިންކު ހުރަސްކޮށް ފާހާނާއަށް ވަތް އައިޝާ އޭނާގެ ކަންފަތުގައި ފޯނު ޖައްސާ ބާރުކޮށްލިއެވެ. ގިނަ ދުވަސްތަަކަކަށްފަހު ޝަރީފްގެ ކޯލެއް ލިބުމުން އޭނާގެ ހިތް ތެޅުމުން ދިޔައީ އިންތިހާ ބާރުމިނުގައެވެ. މޭފަޅާފައި ނިކުންނަން އުޅޭހެން ހީވާ ފަހަރުވެސް މަދެއް ނޫނެވެ. “ހަލޯ..” ތުރުތުރު އަޅާއަޑަކުން އައިޝާ ގޮވާލިއެވެ. އެކޮޅުން ޝަރީފް ކަރުކެހިލި އަޑު އިވިގެން ދިޔައެވެ. “އައިޝާ ދޯ..ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން..” ޝަރީފްގެ އަޑު ދުވަސްތަކަކަށްފަހު އަޑުއިވުމުން އައިޝާގެ ހިތުގައި ފަސްދާނުލެވިފައިވާ ލޯބި އުތުރި އަރައިގަތް ކަހަލައެވެ. […]