….އާލިކް ނިއުޝާގެ އަތުގައި ހިފައިގެން އެތަނުން ނުކުންނަން ދިޔައެވެ. އާލިކް ނިއުޝާގޮވައިގެން އޭނާގެ ގެއަށް ދިޔައީ އޭނާގެ ކަޅާއި ހުދުގެ ހުވަފެންތަކުގައި ރީތި ކުލަތަކެއް ޖެއްސުމުގެ ބޭނުމުގައެވެ. “މަންމާ.. މީ އަހަރެން އިންނަން އުޅުނު ކުއްޖާ. މީ ޒާލް. ޒާލް އަހަންނަށް މި ފެނުނީ އެތަކެއް ދުވަހެއްފަހުން.” އާލިކް ގެއަށް ވަނުމަށްފަހު މަންމަ އަށް ނިއުޝާ ތަޢާރަފް ކޮށްދިނެވެ. “ނިއުޝާ އިހަށް އާދޭ މިކޮޅަށް.” މަންމަ އަށް ބަހެއް ބުނުމުގެ ފުރުސަތުވެސް ނުދީ އާލިކް ނިއުޝާ ގޮވައިގެން އޭނާގެ ކޮޓަރިއަށް ވަނެވެ. “ހްމްމް.. ދެން ކިޔައިދީބަލަ. އެކަމު ފަރސްޓް ޕްރޮމިސް މީ ނުރޯތި. ޕްލީޒް. އަހަރެންގެ ޒެލް އަކާ ނުގުޅެ ރުއީމަކާ.” އާލިކް ލުއި ހިނިތުންވުމަކާއެކު ނިއުޝާއާ ވާހަކަ ދެއްކިއެވެ. “އެއީ އަހަރެންގެ ނާރސިންގް ކޯހުގެ ފަހު ސެމިސްޓާރ. އަހަރެންގެ ފޯނަށް ފާޑެއްގެ ނަންބަރަކުން ގުޅަންފެށި. ފުރަތަމަ ފަހަރު އަހަރެން ފޯނު ނެގިން. އެކަމު އެފަހަރު އެ މީހާ ވާހަކަ ދެއްކި ގޮތުން ދެން އަހަރެން އެ ނަމްބަރުން އައި އެއްވެސް ކޯލަކަށް ވެސް މެސެޖަކަށްވެސް ޖަވާބެއް ނުދެން. ދެން އެމީހާ އަހަންނަށް ޖެއްސުން ކުރަން ފެށީ ކުލާހަށްދާ މަގުމަތިން. އަހަރެން އާކް ކައިރީގަ ބުނަންވެގެން ވަރަށް މަސައްކަތް ކުރިން. އެކަމް އާކް އަހަންނާ ވާހަކަ ދައްކާއިރު ތި ރީތިކަން އިތުރަށް ފުރިހަމަކޮށްދޭ ހިނިތުންވުމަށް އެއްވެސް ފަނޑުކަމެއް އަންނާކަށް އަހަރެން ބޭނުމެއްނުވި. އަމިއްލަ މަސައްކަތުން އެމީހާގެ އުނދަގުލުން ސަލާމަތް ވުމަށް އަޒުމް ކަނޑައެޅިން. ނަމަވެސް ދުވަހެއް ދުވަހަކަށް އެމީހާގެ އުނދަގޫތައް ދިޔައީ އިތުރުވަމުން. އެއްވެސް މީހަކާ ހިއްސާ ކުރާނެ ހިތްވަރެއް އަހަރެންގެ ގަޔަކު އޭރު ނެތް. ކްލާހުގަވެސްް އަހަރެންގެ އެއްވެސް އެކުވެރިއެއް ނެތް.” ނިއުޝާގެ ލޮލުން ކަރުން ހިލުނެވެ. “ޒެލް ޕްލީޒް. ނުރޯތި. އާކް ދެކެ ލޯބި ވަންޏާ. އެންޑް ޓެލްމީ.. ކޮންކަހަލަ އުނދަގުލެއް އެމީހާ ކުރީ؟” އާލިކް ނިއުޝާގެ ކަރުނަ ފޮހެދިނެވެ. “އާކް. އަހަންނަކަށް ހިޔެއްނުވޭ އަހަރެން މި ހުރިހާ ވާހަކައެއް ކިޔައިދީފިއްޔާ އާކް އަހަންނާއެކު އުޅެދާނެހެނެއް. އާކް އަހަރެން ދެކެ ފޫހިވާނެ.” ނިއުޝާ އިސްޖަހާލިއެވެ. “ނޫން ޒާލް. ތިހެން ނުބުނޭ. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ދިމާވިޔަސް ޒެލް ދެކެ އަހަރެން ވާ ލޯތްބަކަށް ކުޑަވެސް ބަދަލެއް ނާންނާނެ. ދެން ނުބުނައްޗޭ އެހެން. ޒާލް ތީ އަހަރެންގެ ހުރިހާވެސް މީހަކީ. ޒެލްއާނުލާ އަހަންނަކަށް ދެން ކެތެއްނުވާނެ. ވިލްޔޫ މެރީމީ ޒާލް.” އާލިކް ޒާލްއާ ގާތްވެލިއެވެ. “އާކް ވެއިޓް. އަދި އަހަރެން ހުރިހާއެއްޗެއް ނުވެސް ކިޔައިދެމެއްނު. ދެން…”. “ޒާލް ސްޓޮޕް.. އަހަންނަށް އޯކޭއެ ކޮންމެ ގޮތެއް ވިޔަސް. އައި ޑޯންޓް ކެއާ. ފަހުންވެސް ދެން ތި ވާހަކަ ކިޔައިދެވިދާނެ.” އާލިކް ހިނިތުންވެލިއެވެ. “އާކް…. އަހަރެން ބޭނުން އާކް އާ މެރީ ކުރަން. އެކަމް މައި ޕާސްޓް. އައި ޑޯންޓް ތިންކް ޔޫ ކޭން ހޭންޑްލް އިޓް.” ނިއުޝާ އިސްޖަހާލީ މާޔޫސް ކަމާއެކުއެވެ. ” އެނގޭ ކުއްލިއަކަށް އެހީމަ ޖަވާބު ދޭން އުނދަގޫ ވާނެކަން. ޒެލް ބޭނުންވަރަކަށް ވަގުތު ބޭނުން ކުރޭ. އެކަމް އަަހަރެންގެ ހިތް ހަލާކު ނުކޮއްލައްޗެ.” އާލިކް ލާނެތް ހިނިތުންވުމަކާއެކު ނިއުޝާގެ ގައިގާ ބައްދާލިއެވެ. “އާކް. މިގަޑީ ދެން އަހަރެން ދަނީ ގެއަށް. މިހާރު މާލަސްވެއްޖެ. މަންމަ އަކަށް އަދި ނޭނގޭނެ އަހަރެން އާކް އާއެއްކޮށް އައި ކަމެއްވެސް.” ނިއުޝާ އެނދުމަތިން ތެދުވެ ކޮޓަރި ދޮރާ ދިމާލަށް މިސްރާބު ޖެހިއެވެ. […]
އަޅުގަނޑަކީ މީގެ ކުރިން “ދުރުވުމެއް ނޭދެމޭ” ގެ ވާހަކަތަށް ިޔަމުންއައި ފަރާތެވެ. ނަމަވެސް ދިމާވި މައްސަލައެއްގެ ސަބަބުން ވާހަކަ ކުރިއަށް ގެންދިޔުމަށް ވަނީ ހުރަސް އެޅިފައެވެ. އަދި އަޅުގަނޑު ވާހަކަ ލިޔަމުން އައި އައިޑީ ވެސް ވަނީ ގެއްލިފައެވެ. އެހެންކަމުން އަޅުގަނޑު މި ގަސްތު ކުރަނީ މި ނަންމަތީގައި ވާހަކައިގެ ކުރިޔަށް އޮތްބައި ފުރުހަމަ ކުރުމަށްށެވެ. އަޅުގަނޑުގެ ސަބަބުން ކިޔުންތެރިންނަށް ދިމާވި އެނެމެހާ ދަތިތަކަށް މަޢާފަށް އެދެމެވެ.