Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މާފެއް ނުކުރާނަން ހެއްޔެވެ؟10

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
November 25, 2018 5 Mins Read
9 Comments

ޖެކް އެއީ އުމުރަށް ސިންގަލްކޮށް ހުންނަ މީހެކޭ ދޯ” އަހަންނަށް ހަމަބިމަށް އާދެވުނީ ޝައުން އަހަރެންގެ ކޮނޑުަގައި އަތް އަޅުވާލުމުންނެވެ. “ދެން ޝައުންހާ އެންމެން ލަކީއެއް ނޫނެ. ޝައުންދެކެ ލޯބިވާ ކުދިން ތިއްބަސް އަހަރެންދެކެ ލޯބިވާނެ ކުއްޖެއް ނެތް” ދެމާނައެއް އެކުލެވޭ ގޮތަށް އަހަރެން ބުނީމެވެ. އެއާއެކު ޝައުން ހިނިގަނޑެއް ޖަހާލިއެވެ. “ކޮންތާކު މަދެކެ ލޯބިވާ ކުދިންނަށް ވުރެ ޖެކްދެކެ ލޯބިވާ ކުދިން މާގިނަވާނެ. ސްކޫލްގަވެސް ތީއެއްނު މޭންއަކީ.” އަހަރެންގެ މޭމެތީގައި ޖަހާލަމުން ޝައުން ބުންޏެވެ.

****

ރަހުވާގެ ނަޒަރުން:

“ދެން ޝައުންހާ އެންމެން ލަކީއެއް ނޫނެ. ޝައުންދެކެ ލޯބިވާ ކުދިން ތިއްބަސް އަހަރެންދެކެ ލޯބިވާނެ ކުއްޖެއް ނެތް” އަޝްޖައު އެހެން ބުނުމުން އަހަރެން ގާތަށް އައި ނުލަފާ ހިންނެކެވެ. ތިމާ ދެކެ އިންތިހާއަށް ލޯބިވި އަންހެން ކުއްޖަކު ހުއްޓާ އެކުއްޖާ ހިތުގަ ޖައްސާފަ ނުވިތާކަށް އަތުގައި އޮތް އެންމެ އަގު ބޮޑު ހަދިޔާވެސް އަތުލުމަށްފަހު ތިމާ ދެކެ ލޯބިވާނެ ކުއްޖެއްނެތޭ ބުނުމުން ހިންނެއް ނާންނާނެހެއްޔެވެ؟

ދުވަހެއްގެ ކޮޅުންވެސް އަޝްޖައުއަށް ލޯބިވާ މީހެއް ލިބުމަކަށް އަހަންނެއް ނޭދެމެވެ. އަހަންނަކީ ކިތަންމެ ނުބައި މީހަކަށް ވިއަސް ހެޔޮއެވެ. އަޝްޖައު ކަހަލަ “ޕްލޭ ބޯއިސް” އަށް ވިސްނޭނީ ލޯބި ބީވުމުންނެވެ. އަންހެން ކުދިންނަކީ އެމީހުން ހިތުހުރި ގޮތަކަށް ގެންގުޅެން ތިބި ބައެއް ނޫންކަން އެމީހުންނަށް އަންގައިދޭން ޖެހެއެވެ.

އަހަންނާ ޝައުންގެ ކައިވެނި ހަމަޖެހިގެން ދިޔައީ އަޝްޖައު ކުރިމަތީގައެވެ. އަޝްޖައުގެ މޫނަށް އަރައިފައިބަމުން ދިޔަ ކުލަތަކުން އަހަރެންގެ ހިތް އުފަލުން ނަށަމުން ގެންދިޔައެވެ.

*****

އަޝްޖައުގެ ނަޒަރުންް:

ތިމާ ދުނިޔެއިން އެންމެ ލޯބިވާ އަންހެން ކުއްޖާ އެހެން މީހެއްގެ ހައްގަކަށް ވާތަަން ބަލަން ކެއްވާނީ ފަހެ ކާކަށް ހެއްޔެވެ؟އަދި އެވެސް އެންމެ ގާތް އެކިވެރިޔާއާއެވެ. އަހަރެން ކުރިމަތީގައި ރަހުވާ އަދި ޝައުންގެ ކައިވެނީގެ ކަންކަން ހަމަޖައްސަމުން ދިޔައިރު އަހަރެންގެ ހިތް ކުދިކުދި ވަމުން ދިޔައެވެ. ފިރިހެނެއް ކަމަކު ލޮލަށް ކަރުން ޖަމާވަމުން ދިޔައެވެ. އެހެނަސް އެންމެ ގާތް އެކުވެރިޔާގެ އުފަލަށްޓަކައި އެހުރިހާ ކަރުނައެއް ހިންދައިގެން ހުރީއެވެ. ހަފްތާއެއް ފަހުން ރަހުވާ ޝައުންގެ މިލްކަކަށް ވެގެން ދާނެއެވެ.

******

ރަހުވާގެ ނަޒަރުން:

ކައިވެނީގެ ކަންތައްތައް ހަމަޖެއްސުމަށްފަހު މަންމަމެން ދިޔައިރު ބާރަޖަހާ ބޮޑުވެއްޖެއެވެ. އަޝްޖައުވެސް މަޑުކުރުމެއްނެތި މަންމަމެންނާ އެއްކޮށް ނުކުތެވެ.

ވަރުބަލި ވެފައި ހުރުމުން އަހަރެންވެސް ކޮޓަރިއަށް ދާން ހިނގައިގަތީމެވެ. އެހެނަސް ކޮޓަރިއަށް ނުގޮސް މަޑުކުރަން ޖެހުނީ ޝައުން އަހަންނަށް ގޮވުމުންނެވެ.

“ރަހުވާ. ރަހުވާ ބައްޕަ ގާތު ބުނަން ޖެހޭނެއްނު މެރީކުރާ ވާހަކަ” ބުނަން ނުބުނަން ހުރެފައި ކަހަލަ ގޮތަކަށް ޝައުން ބުންޏެވެ. ޖަވާބެއްގެ ގޮތުން އަހަރެން ހަމައެކަނި ބޯޖަހާލީއެވެ. ވަގުތުން ޝައުން ފޯނު ނަގާ އަހަންނަށް ދިއްކޮށްލިއެވެ. “ކޯލް ހިމް ވައިބާއިން” ޝައުންގެ ފޯނު އަހަރެން އަތަށް ނެގިއިރު އަތް ތުރުތުރު ލަމުންދިޔައެވެ. އަތްތުރުތުރު ލާހާލު ބައްޕަގެ ނަންބަރު ވައިބާގައި ޖެހުމަށްފަހު ގުޅާލީމެވެ.

“ހަލޯ. ހޫ އާ ޔޫ؟” ފޯނު ނެގި ގޮތަށް ބައްޕަ އެހިއެވެ. ހަތަރު އަހަރު ފަހުން އަހަރެެންގެ ކަންފަތުގައި ބައްޕަގެ އަޑު ޖެހުމުން ހިފަހައްޓައިގެން ހުރި ކަރުނަތައް ކޯތާފަތް މައްޗަށް ފައިބާގަތެވެ. ބާރަށް ރޮވިދާނެތިވެ ކަނާއަތުން އަނގަމަތީގައި އަތްއެޅީމެވެ.

އަހަންނަށް ރޮވެން ފެށުމާއެކު ޝައުން ބައްޕައާ ވާހަކަ ދައްކަން ފެށިއެވެ. “ތީ އައްޒާމް ތޯ؟” ބައްޕަގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ޝައުންވެސް ކުރީ ސުވާލެކެވެ. “އާދެ އަޅުގަނޑު މީ އައްޒާމް. ތީ ކޮންބޭފުޅެއްތޯ؟” އަނެއްކާވެސް ބައްޕަ ސުވާލު ތަކުރާރުކޮށްލިއެވެ. ޝައުންއަށް ބަލާލުމަށްފަހު އާދޭސްކުރާ ގޮތަކަށް އަހަރެން ދެފަރާތަށް ބޯހޫރުވާލީމެވެ. އަހަންނަށް ބަލާލުމަަށްފަހު ޝައުން އަހަރެންގެ ކަރުނަ ފުހެދިނެވެ. ” އައި އޭމް ޝައުން. ރަހުވާގެ ބައްޕަ ތަ ތީ؟” “އަހަރެންގެ ނުހުރޭ ރަހުވާ ކިޔާ ދަރިއެއް.” ބައްޕަަގެ އެޖުމްލަތަށް އަހަރެންގެ ކަންފަތުގައި ޖެހުމާއެކު ބާރަށް ރޮވުނެވެ. އަހަރެން ރުއިމުގެ އަޑު މި ފަހަރު ބައްޕައަށް އިވުނީސް ކަން ޔަގީނެވެ. “ރަހުވާ” އަޅައަޅައި ގަންނަމުން ބައްޕަ އަހަރެންގެ ނަން ކީގޮތުން އަހަރެންނަށް ހީވީ ރަނގަޅަށްކަން ޔަގީންވިއެވެ. “ބައްޕާ” އަހަންނަށް ބާރަށް ރޮއެ ގަނެވުނެވެ. ހަތަރު އަހަރު ފަހުން ބައްޕަ އަހަންނަށް ގޮވާލުމުން އިތުރަށް އަހަންނަކަށް ކެތެއް ނުކުރެވުނެވެ. ޖަވާބުގައި ބައްޕަ އެއްޗެކޭ ނުބުނުމުން އަހަރެން މާޔޫސްވާ ގޮތްވިއެވެ. “އަޅުގަނޑު މި އުޅެނީ ރަހުވާއާ ކައިވެނި ކުރަން ވެގެން” ހިނިތުންވެލަމުން ޝައުން ބުންޏެވެ. ދެންވެސް ބައްޕަގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. “އުއްމީދު ކުރަން ރަހުވާއާ އަޅުގަނޑުގެ ކައިވެންނަށް ބައްޕަ އައިސް ދޭނެކަމަށް. ވަރަށް އުފާވާނެ ބައްޕަގެ ވަލީއާއެއްކޮށް އަޅުގަނޑުމެންނަށް ކައިވެނި ކުރެވިއްޖެޔާ. މިއަންނަ ހަފްތާގެ އަންގާރަ ދުވަހު ރަންކިޔުން އޮންނާނެ. ހުކުރު ދުވަހު ކައިވެނި ކުރަނީ. އަޅުގަނޑުމެންގެ އެދުން ބައްޕަ ފުއްދައިދޭނެކަމަށް އުއްމީދު ކުރަން” އެހިސާބަށް ބުނުމަށްފަހު ޝައުން ފޯނު ކަނޑާލިއެވެ. ޝުކުުރުގެ ނަޒަރަކުން އަހަރެން ޝައުންއަށް ބަލާލީމެވެ. އޭރުވެސް ހުއްޓުމެއްނެތި އަހަރެންގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. “ތޭންކްސް ޝާން” އަހަރެންގެ އަޑު ނުކުތީ ކުރެކިގެންނެވެ. “އިޓްސް އޯކޭ. ރަވާ ދެން ދޭ ނިދަން. މަށާ އިނުމަށްފަހު އެހާ އަވަހަށް ނިދިޔަކަ ނުދޭނަން އެނގޭ” އަހަންނާ ދިމާއަށް އެއްލޯ މަރާލަމުން ޝައުން ބުންޏެވެ. ކަރުނައިގެ ތެރެއިންވެސް އަހަންނަށް ހެވުނެވެ. ލަދުގަތް ވަރުން އަހަރެން ދުވެފައި ގޮސް ކޮޓަރިއަށް ވަދެ ތަޅުލީމެވެ.

ނިދަން އޮތް އިރުވެސް އަހަންނަށް ވިސްނެމުން ދިޔައީ ޝައުންއާ މެދުގައެވެ. ހަފްތާއެއްހާ ދުވަސް ފަހުން އަހަރެން ހުންނާނީ ޝައުންގެ އަންބެއްގެ ގޮތުގައެވެ. އެހެން ހިތަށް އެރުމާއެކު މޫނުގައި ދެއަތް އަޅާލެވުނެވެ.

****

އަޝްޖައުގެ ނަޒަރުން:

ޚިޔާލުތަކުން ދުރުވުމުގެ ބޭނުމުގައި ނިދަން އުޅެއުޅެ އަހަންނަށް ނިދޭގޮތެއް ނުވިއެވެ. ރަހުވާގެ ޚިޔާލުތައް އަހަރެންގެ ސިކުނޑިއަށް ބާރުކުރަން ފެށިއެވެ. ނުނިދުނު ކަމަަށް އެނދުން ތެދުވެގެން އަހަރެން ކޮޓަރީގެ ދެކޮޅަށް ހިނގަން ފެށީމެވެ. އެވަރުންވެސް ޚިޔާލުތަކާ ދުރަށް ދެވޭ ގޮތެއް ނުވިއެވެ. އެވަރުން ނުފުދިގެން އަހަރެން ސްކޫލްގައި އުޅުނު ދުވަސްވަރު ގެންގުޅު ފޮތްތައް އަޅާފައި ހުރި ފޮށިތައް ހާވަންފެށީމެވެ. އަހަރެންގެ ސިކުނޑިއަށް ލުޔެއް ލިބޭތޯއެވެ. ފޮށިތައް ހާވަމުން ދަނިކޮށް ބައިވަރު ސިޓީތަކެއް އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އެ ސިޓީތައް ހިފައިގެން ގޮސް އެނދަން އަރާ ހަމަޖެހިލީމެވެ. އެއަށްފަހު ފަހަރަކު ސިޓީއެއް ނަގައި ކިޔަންފެށީމެވެ. މުޅިންވެސް ލޯބީގެ ސިޓީއެވެ. އަހަރެން ރަށްޓެހިވި ކުދިންގެ ފަރާތުން ލިބިފައި ހުރި ސިޓީތައް ކިޔަމުން ދިޔައިރު އަހަންނަށް ހެވެމުން ދިޔައެވެ. ލިޔެފައި ހުންނަނީ މަޖާ އެއްޗިއްސެވެ.

އެންމެ ފަހަަށް އޮތް ސިޓީ ކިޔަންފެށުމާއެކު އަހަރެންގެ މޫނުގެ ކުލަވަރު ބަދަލުވާން ފެށިއެވެ.

ސިޓީ:

ލޯބިވާ ޖެކްއަށް,

ސަލާމަށްފަހު ލިޔަމެވެ.

ދިވެހި ބަހުން މާ ފަށުވިކޮށް ލޯބީގެ ބަސްތަކެއް ބުނާކަށް އަހަންނަކަށް ނޭންގެއެވެ. މި ވަރަަށްވެސް ލިޔަން މި އެނގެނީ ޖެކް އަހަންނަށް ދަސްކޮށްދީފައި ވުމުންނެވެ.

އަހަރެންގެ ހަޔާތުގައިވެސް ލޯބިވެވުނު ހަމައެކަނި ފަރާތަކީ ޖެކްއެވެ. ޖެކް އަހަންނަށް ލޯބި ހުށަހެޅި ދުވަހަކީ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަހެވެ. އަޝްޖައު ފެނުނީންސުރެ އެދުވަހަކަށް އަހަރެން ވަރަށް އިންތިޒާރު ކުރީމެވެ. ކުލާސް ކުދިން އަޝްޖައުއާ ބެހޭ ގޮތުން ދެއްކި ވާހަކަތައް އަހަންނަކަށް ގަބޫލެއް ނުކުރެވުނެވެ. އެހެންވެ ދެވަނަ ވިސްނުމަކަށް ނުގޮސް އަޝްޖައުއަށް އާ ބަސް ބުނީއެވެ.

އަޝްޖައުއާ އެއްކޮށް ހޭދަވީ ދުވަސްތަކަކީ އަހަރެންގެ ހަޔާތުގައި އެންމެ އުފާވެރި ދުވަސްތަކެވެ. އަމިއްލަ އާއިލާއާ ދުރުގައި ހުއްޓެއް ކަމަކު އަޝްޖައުގެ ލޯބިން އަހަރެންގެ ހިތް ފުރެމުން ދިޔައެވެ. އަހަރެންނާކީ ދުނިޔޭގަ ހުރި އެންމެ އުފާވެރި ކުއްޖާއަށް ވިއެވެ.

އަޝްޖައުއާ ހިއްސާ ނުކުރިއެއް ކަމަކު އަހަރެން އެތައް ހުވަފެންތަކެއް ދެކުނީމެވެ. ސްކޫލް ނިންމާފައި ކައިވެނިކޮށްގެން އެހަރެމުން ދެމީހުން ލަންޑަންގައި އުޅޭނެ ހިތްގައިމު ދިރިއުޅުން ކޮންމެ ރެއަކު ހުވަފެނުގައި ބަލަމެވެ. އެހުވަންފެން ތަކުގައި ކުލަޖެއްސުމުގެ އުއްމީދުގައި އަހަރެން އަތުގައި އޮތް އެންމެ އަގު ބޮޑު މުދާ އަޝްޖައުއަށް ހިބައިން ދިނީމެވެ.

ހުޅުމާލެ ބީޗަށް އަޝްޖައު ބައްދަލުކުރަން ދާން ބުނި ދުވަހު އަހަރެން އެތަނަށް ދިޔައީ އެއްވެސް ގޮތަކަށް އަޝްޖައު އަހަރެން ދޫކޮށްލާނެ ކަމަށް ހީކޮށްގެންނެއް ނޫނެވެ. އަޝްޖައުގެ އަނގައިން ރުޅިވާން ބޭނުންވާވާހަކަ ބުނި ވަގުތު އަހަރެންގެ ހިތްހީވީ ވަޅިއަކުން ކޮށާ ކުދިކޮށްލިހެންނެވެ. އެދުވަހު އަހަރެންވެސް އަޝްޖައު ގާތު ވަރަަށް ބޮޑު ވާހަކައެއް ބުނަން އޮތެވެ. ނަމަވެސް އަޝްޖައުގެ އަނގައިން ބޭރުވި ލަފުޒުތަކުން އަހަރެންގެ އަނގައިގަ ތަޅުލެވުނެވެ. ބުނަން ބޭނުންވިއެއް ކަމަކު އެންމެ ލަފްޒެއްވެސް ބޭރެއްނުވިއެވެ

ހިތަށް އެންމެ ތަދުވީ އަހަރެންނާ ދިމާއަށް އެއްފަހަރުވެސް ބަލާނުލާ އަޝްޖައު ދިއުމުންނެވެ. އަޝްޖައު ދިއުމާއެކު ހުރިތަނަށް ތިރިވެ އަހަންނަށް ރޮއެ ގަނެވުނެވެ. އެދުވަހު ޝައުންއާ ހުދާ ނެތް ނަމަ އަހަރެން މަރުވީސް ކަން ޔަގީނެވެ.

އަޝްޖައު، އަހަރެން މިއުޅެނީ އެނބުރި ލަންޑަންއަށް ދާށެވެ. އެނބުރި ލަންޑަނަށް ދާއިރު އަހަރެން އަތުގައި އަޝްޖައުގެ އަމާނާތެއް އެބައޮތެވެ. އަހަރެން އަބަދުވެސް އެއަމާނާތައް ރައްކާތެރިވާނަމެވެ. ސީދާކޮށް ނުބުންނަސް އަހަރެން މިބުނީ ކީކޭކަން އަޝްޖައުއަށް ވިސްނޭނެ ކަމަށް އުއްމީދު ކުރަމެވެ.

މިހާރު އަދި އަޝްޖައު އަހަރެން ދެކެ ލޯބިނުވިއަސް ކޮންމެސް ދުވަހަކުން އަހަރެން ދެކެ ލޯބިވާނެކަމަށް އުއްމީދުކުރަމެވެ. އެދުވަހަކަށް އަބަދުވެސް އަހަރެން އިންތިޒާރު ކުރާނަމެވެ. އެއީ މީގެ ވިހި އަހަރު ފަހުން ވިއަސްމެއެވެ. އަޝްޖައު އެނބުރި އަހަރެން ގާތަށް އައިސްފިނަމަ އުފަލުން ހުރެ އަހަރެން އަޝްޖައު ގަބޫލުކުރާނަމެވެ. އަހަރެންގެ ހިތުގައި އަބަދުވެސް ވާނީ ތިނަމެވެ. ދުވަހަކުވެސް މިހިތުން ތިނަން ފިލައިގެން ނުދާނެއެވެ.

އަޝްޖައު ދެކެ ލޯބިވާ

ޖަންނަތު.

ސިޓީ ކިޔާ ނިމުނުއިރު އަހަންނަށް ހުރެވުނީ ގުޑިލާންވެސް ނޭންގިފައެވެ. މީގެ ކުރިން އަހަންނަށް މި ސިޓީ ނުފެނުނީ ކީއްވެ ހެއްޔެވެ؟ ސިޓީގެ ކޮންމެ އިބާރާތަކުން އަހަރެންގެ ހިތަށް އަސަރުކުރިއެވެ. އަނެއްކާވެސް އެންމެ ފަހު ދެ ޕެރެގްރާފް އަހަރެން ކިޔާލީމެވެ. އެއާއެކު ޖަންނަތު ބުނެފައި އެއިނީ ކީކޭކަން އަހަންނަށް ވިސްނުނެވެ. ވަގުތުން އަހަރެން އަތުން ގަނޑު ވެއްޓުނެވެ. “ޖާން” އެހެން ހުރިހާ ކަމެއް މަތިން އަހަރެން ހަނދާންނެތުނެވެ.

ފޯނު ނަގާ ވަގުތުން ޔާނީގެ ނަންބަރު ފެނޭތޯ ފޯނުގެ ކޮންޓެކްޓް ހާވަން ފެށީމެވެ. ނަސީބުގަދަކަމުން ޔާނީގެ ނަންބަރު އަހަރެން އަތުގައި އިނެވެ. ކިތަންމެ ދަން ގަޑިއަކަސް އަހަރެން ބޭނުންވީ ޔާނީއަށް ގުޅާށެވެ.

ފޯނު ރިންގްވީ ތަނާހެން ޔާނީ ފޯނުނެގިއެވެ. “ހަލޯ. ޔާނީތަ؟ ކެން ވީ މީޓް ރައިޓް ނައު؟” “މްމް މީ ޔާނީ ކިހިނެއްވީ؟ ޖެކް ދޯ ތީ މިއޮށް ދަންވަރު ކިހިނެއް..” ” ޔާނީ ތިރިއަށް ފައިބާ އައި އޭމް ގޮއިން” ޔާނީއަށް އިތުރު އެއްޗެއް ބުނުމުގެ ފުރުސަތު ނުދީ އަހަރެން ފޯނުކަނޑާލީމެވެ. އެއަށްފަހު ސިޓީ ހިފައިގެން ދުވެފައި ކަހަލަ ގޮތަކަށް އަހަރެން ގެއިން ނުކުތީމެވެ.

****

ރަހުވާގެ ނަޒަރުން:

އަހަންނަށް ހޭލެވުނީ ޖީނާ ގޮވަން ފެށުމުންނެވެ. ރޭގައި ލަހުން ނިދުމުގެ ސަބަބުން ބޮލުގައިވެސް ރިއްސަމުން ދިޔައެވެ. “މަންމީ ކޮއްކޮ ބަނޑުހައި ވެއްޖެ” ދެއަތުން ލޯ އުނގުޅަމުން ޖީނާ ބުންޏެވެ. އަހަރެން އަވަހަށް ތެދުވެގެން ޖީނާ ރީތިކޮށްގެން ކޮޓަރިން ނިކުތީމެވެ. އޭރު ޝައުންވެސް ކޮޓަރިން ނުކުންނަނީއެވެ. ޝައުން ފެނުމާއެކު ޖީނާ ދޫވެފައި ގޮސް ޝައުން ގައިގައި އޮޅުލައިގަތެވެ. އަހަރެންވެސް ހިނިތުންވެލަމުން ގޮސް ބަދިގެއަށް ވަނީ ހެނދުނުގެ ނާސްތާ ތައްޔާރުކުރާށެވެ.

ހެނދުނުގެ ސަޔަަށް އިންސާފުކުރި ގަޑީ ޖީނާއާ ޝައުން ވަރަށް ސަކަރާތްޖެހިއެވެ. އެއީ ކޮންމެ ދުހަވެއްގެ އާދައެވެ. ޝައުން ޖީނާ ގެންގުޅެނީ އަމިައްލަ ދަރިއެއް ފަދައިންނެވެ. ޝައުންއާ ޖީން ޖަހާ ސަކަރާތް ބަލަން ހެވިފައި އަހަންނަށް އިނދެވުނެވެ.

ކުއްލިއަކަށް ގޭދޮރުގައި ވަރަށް ބާރަށް ތަޅައިގަތެވެ. އަހަންނާ ޖީނާ ގާތު މަޑުކުރުމަށް ބުނުމަށްފަހު ޝައުން ގޮސް ދޮރުހުޅުވިއެވެ.

ދޮރުމަތީގައި ހުރި މީހަކު ޝައުން ކޮށްޕާލުމަށްފަހި އެތެރެއަށް ވަނެވެ. އަހަރެން އިންތަނުގެ ގޮތުން އެމީހާގެ މޫނެއް ރީއްޗަކަށް ނުފެނުނެވެ. އެމީހާގެ ފަހަތުން އަންހެނަކުވެސް ގޭތެރެއަށް ވަނެވެ.

ނުނިމޭ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

އުފެއްދުންތެރި ލިޔުމަކީ ކޮބާ؟

Next

ލަފްޒަކުން 10

Next
November 25, 2018

ލަފްޒަކުން 10

Previews
November 25, 2018

އުފެއްދުންތެރި ލިޔުމަކީ ކޮބާ؟

9 Comments!

  1. Kiyara says:
    November 25, 2018 at 2:00 pm

    Slm alaikum. Miothy story ge 10vana bai. Mi baives genesdhevunu leh las kamah takai kiyuntheringe kibain maafah edhemeve. Ekam midhuvaskolhu busy kamun avahah up kurevey gotheh nuvey. ISA dhen oiibai next Sunday ga. Eah vure kurin liyevihjeyaa eyahh vure kurin up kohdheynan.
    Kiyara

  2. shaan says:
    November 25, 2018 at 2:21 pm

    alhyy avas kohdeeba plz kiyaa lobee

    1. Kiyara says:
      November 25, 2018 at 5:06 pm

      Vvvv try kuraanan avas kureveytho. Kiyara ves beynumy vyhaa ves avahah genasdheyn vaahaka. Thanks shaan

  3. Uknwme;) says:
    November 25, 2018 at 2:29 pm

    Alhey. I cant wait for the next part . Love this story ❤

    1. Kiyara says:
      November 25, 2018 at 5:09 pm

      Awwwn thanks dear ♥️

  4. Kudoo says:
    November 25, 2018 at 3:05 pm

    When is next

    1. Kiyara says:
      November 25, 2018 at 5:06 pm

      ISA next sunday ga

  5. Anonymous says:
    November 25, 2018 at 4:47 pm

    Maa sha allah.. vrh salhi.. ?????? it’s ok kiyara.. bxy ves vaanennu dhw.. take your time.. ? thedhah bunaanama las viyasves vaahaka mathin foohseh nuvey iraadhakurevvythy.. hehe.. ? I ge eboiyy suvaaleh.. ashjau akee dybala tha noony right side ga ein boy tha? Kiyara ge reply eh libeyne kamah vvvvvvvvv bodah ummeedhu kuran.

    1. Kiyara says:
      November 25, 2018 at 5:08 pm

      Varah ufaavehjje understand vyma. Dybala is shaun. Ashjau is shuhbman.

Comments are closed.

Next Episodeމާފެއް ނުކުރާނަން ހެއްޔެވެ؟11←


All Right Reserved!