….އާލިކް ނިއުޝާގެ އަތުގައި ހިފައިގެން އެތަނުން ނުކުންނަން ދިޔައެވެ.
އާލިކް ނިއުޝާގޮވައިގެން އޭނާގެ ގެއަށް ދިޔައީ އޭނާގެ ކަޅާއި ހުދުގެ ހުވަފެންތަކުގައި ރީތި ކުލަތަކެއް ޖެއްސުމުގެ ބޭނުމުގައެވެ.
“މަންމާ.. މީ އަހަރެން އިންނަން އުޅުނު ކުއްޖާ. މީ ޒާލް. ޒާލް އަހަންނަށް މި ފެނުނީ އެތަކެއް ދުވަހެއްފަހުން.” އާލިކް ގެއަށް ވަނުމަށްފަހު މަންމަ އަށް ނިއުޝާ ތަޢާރަފް ކޮށްދިނެވެ. “ނިއުޝާ އިހަށް އާދޭ މިކޮޅަށް.” މަންމަ އަށް ބަހެއް ބުނުމުގެ ފުރުސަތުވެސް ނުދީ އާލިކް ނިއުޝާ ގޮވައިގެން އޭނާގެ ކޮޓަރިއަށް ވަނެވެ.
“ހްމްމް.. ދެން ކިޔައިދީބަލަ. އެކަމު ފަރސްޓް ޕްރޮމިސް މީ ނުރޯތި. ޕްލީޒް. އަހަރެންގެ ޒެލް އަކާ ނުގުޅެ ރުއީމަކާ.” އާލިކް ލުއި ހިނިތުންވުމަކާއެކު ނިއުޝާއާ ވާހަކަ ދެއްކިއެވެ.
“އެއީ އަހަރެންގެ ނާރސިންގް ކޯހުގެ ފަހު ސެމިސްޓާރ. އަހަރެންގެ ފޯނަށް ފާޑެއްގެ ނަންބަރަކުން ގުޅަންފެށި. ފުރަތަމަ ފަހަރު އަހަރެން ފޯނު ނެގިން. އެކަމު އެފަހަރު އެ މީހާ ވާހަކަ ދެއްކި ގޮތުން ދެން އަހަރެން އެ ނަމްބަރުން އައި އެއްވެސް ކޯލަކަށް ވެސް މެސެޖަކަށްވެސް ޖަވާބެއް ނުދެން. ދެން އެމީހާ އަހަންނަށް ޖެއްސުން ކުރަން ފެށީ ކުލާހަށްދާ މަގުމަތިން. އަހަރެން އާކް ކައިރީގަ ބުނަންވެގެން ވަރަށް މަސައްކަތް ކުރިން. އެކަމް އާކް އަހަންނާ ވާހަކަ ދައްކާއިރު ތި ރީތިކަން އިތުރަށް ފުރިހަމަކޮށްދޭ ހިނިތުންވުމަށް އެއްވެސް ފަނޑުކަމެއް އަންނާކަށް އަހަރެން ބޭނުމެއްނުވި. އަމިއްލަ މަސައްކަތުން އެމީހާގެ އުނދަގުލުން ސަލާމަތް ވުމަށް އަޒުމް ކަނޑައެޅިން. ނަމަވެސް ދުވަހެއް ދުވަހަކަށް އެމީހާގެ އުނދަގޫތައް ދިޔައީ އިތުރުވަމުން. އެއްވެސް މީހަކާ ހިއްސާ ކުރާނެ ހިތްވަރެއް އަހަރެންގެ ގަޔަކު އޭރު ނެތް. ކްލާހުގަވެސްް އަހަރެންގެ އެއްވެސް އެކުވެރިއެއް ނެތް.” ނިއުޝާގެ ލޮލުން ކަރުން ހިލުނެވެ. “ޒެލް ޕްލީޒް. ނުރޯތި. އާކް ދެކެ ލޯބި ވަންޏާ. އެންޑް ޓެލްމީ.. ކޮންކަހަލަ އުނދަގުލެއް އެމީހާ ކުރީ؟” އާލިކް ނިއުޝާގެ ކަރުނަ ފޮހެދިނެވެ. “އާކް. އަހަންނަކަށް ހިޔެއްނުވޭ އަހަރެން މި ހުރިހާ ވާހަކައެއް ކިޔައިދީފިއްޔާ އާކް އަހަންނާއެކު އުޅެދާނެހެނެއް. އާކް އަހަރެން ދެކެ ފޫހިވާނެ.” ނިއުޝާ އިސްޖަހާލިއެވެ. “ނޫން ޒާލް. ތިހެން ނުބުނޭ. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ދިމާވިޔަސް ޒެލް ދެކެ އަހަރެން ވާ ލޯތްބަކަށް ކުޑަވެސް ބަދަލެއް ނާންނާނެ. ދެން ނުބުނައްޗޭ އެހެން. ޒާލް ތީ އަހަރެންގެ ހުރިހާވެސް މީހަކީ. ޒެލްއާނުލާ އަހަންނަކަށް ދެން ކެތެއްނުވާނެ. ވިލްޔޫ މެރީމީ ޒާލް.” އާލިކް ޒާލްއާ ގާތްވެލިއެވެ. “އާކް ވެއިޓް. އަދި އަހަރެން ހުރިހާއެއްޗެއް ނުވެސް ކިޔައިދެމެއްނު. ދެން…”. “ޒާލް ސްޓޮޕް.. އަހަންނަށް އޯކޭއެ ކޮންމެ ގޮތެއް ވިޔަސް. އައި ޑޯންޓް ކެއާ. ފަހުންވެސް ދެން ތި ވާހަކަ ކިޔައިދެވިދާނެ.” އާލިކް ހިނިތުންވެލިއެވެ. “އާކް…. އަހަރެން ބޭނުން އާކް އާ މެރީ ކުރަން. އެކަމް މައި ޕާސްޓް. އައި ޑޯންޓް ތިންކް ޔޫ ކޭން ހޭންޑްލް އިޓް.” ނިއުޝާ އިސްޖަހާލީ މާޔޫސް ކަމާއެކުއެވެ. ” އެނގޭ ކުއްލިއަކަށް އެހީމަ ޖަވާބު ދޭން އުނދަގޫ ވާނެކަން. ޒެލް ބޭނުންވަރަކަށް ވަގުތު ބޭނުން ކުރޭ. އެކަމް އަަހަރެންގެ ހިތް ހަލާކު ނުކޮއްލައްޗެ.” އާލިކް ލާނެތް ހިނިތުންވުމަކާއެކު ނިއުޝާގެ ގައިގާ ބައްދާލިއެވެ. “އާކް. މިގަޑީ ދެން އަހަރެން ދަނީ ގެއަށް. މިހާރު މާލަސްވެއްޖެ. މަންމަ އަކަށް އަދި ނޭނގޭނެ އަހަރެން އާކް އާއެއްކޮށް އައި ކަމެއްވެސް.” ނިއުޝާ އެނދުމަތިން ތެދުވެ ކޮޓަރި ދޮރާ ދިމާލަށް މިސްރާބު ޖެހިއެވެ. “ޒެލް. އަހަރެން ދާނީ ޒެލް ގެއަށް ލައިދޭން.” އާލިކް ނިއުޝާގެ ފަހަތުން ހިނގައިގަތެވެ.
ގެއާހިސާބަށް އާދެވުނީ ދެމީހުންކުރެ އެކަކުވެސް ވާހަކަ ދެއްކުމެއްނެތި ހަމަހިމޭން ކަމާއެކުއެވެ. “ދަނީ އިނގޭ. މާދަން އޮފީހަށް ދައްޗެ. ލަވް ޔޫ މައި ޑާރލިންގް.” އާލިކް ސައިކަލު ދުއްވާލަމުން ނިއުޝާއާ ދިމާލަށް ބަލާލިއެވެ. ނިއުޝާގެ މޫނުމަތިން ފެންނަމުން ދިޔަ ނުތަނަވަސްކަން އާލިކްއަށް ނުހަނު ރީއްޗަށް ފާހަގަވިއެވެ.
“ދަރިފުޅާ. ކޮންތާކުން ތި އައީ؟” ނިއުޝާ އައިސް ގެއަށް ވަނުމާއެކު އޭނާގެ މަންމަ ބުންޏެވެ. “މަންމާ. އާލިކް ފެނިއްޖެ. އޭނަ އަހަރެން ކައިރީގަ އިންނަން އަހައިފި. އަހަންނަކަށް ނޭނގެ ހަދާނެ ގޮތެއް ދެން.” ނިއުޝާ އޭނާގެ މަންމަގެ އުނގުގައި ތުއްތު ކުއްޖެއް ފަދައިން ބޯއަޅައިގެން އޮވެ ރޯން ފެށިއެވެ. “ދަރިފުޅާ. އެންމެ ފަހަރަކުވެސް ތި ސިކުނޑިން ވިސްނާލަބަލަ. ތިއީ ރަނުގެ ފުރުސަތެއް. ދަރިފުޅުގެ މާޒީ އެނގިއްޖެއްޔާ ދަރިފުޅާ އިންނާނެ މީހަކުވެސް ވާނެހެނެއް މަންމަ އަކައް ހިޔެއްނުވޭ. ލަސްނުކޮއް އާލިކް ކައިރީގަ އާއެކޭ ބުނޭ. އިނުމަށްފަހު ލޯބިވަންޏާ ވަރިކުރާކަށް ނުކެރޭނެ. އަނެއްކާ ދަރިފުޅު ހުރިހާ އެއްޗެއް ކިޔައިދިނީތަ؟” ނިއުޝާގެ މަންމަ ނުހަނު އޯގާތެރިކަމާއެކު އޭނާގެ ބޮލުގައި ފިރުމަމުން ވާހަކަ ދެއްކިއެވެ. “މަންމާ އަހަރެން އުޅުނީ ކިޔައިދޭން. ހުރިހާ ވާހަކައެއް ކިޔައި ނުދެވެނީސް އޭނަ ބުނެފި އިންނަން ބޭނުމޯ. ފަހުންނޯ ކިޔައިދޭނީ.” ނިއުޝާ އޭނާގެ ކޯތާފަތްމަތީ ރޮނގަކައް ދެމިފައި ހުރި ކަރުނަ ތިކިތައް ފޮހެލާ މަންމަގެ މޫނައް ބަލާލިއެވެ. “ދަރިފުޅާ. ހެޔޮނުވާނެ މަންމައަށްޓަކާ އެއްވެސް ވާހަކައެއް ކިޔައިނުދޭތި. އިންނަން ގަބޫލުވޭ.” ނިއުޝާ މަންމަގެ ހައްގުގާ އާލިކްއާ އިންނަން ގަސްތުކުރިއެެ. އަދި އޭނާގެ އުމުރުދުވަސް މީހަކާ ނީނދެ ހުހަށް ހުންނަން ބޭނުން ނުވާތިވެސް މެއެވެ. “ދެންދޭ ފެންވަރާލައިގެން ކާން ނުކުންނަން. މަންމަ ހުންނާނީ ދައިފުޅައް އެންމެ މީރުވާނެ ގޮތަށް ނޫޑްލްސް ސޫޕް ހަދާފަ.”
“ކިހިނެއް އަހަރެން އާލިކް އަށް މިހާބޮޑު އޮޅުވާލުމެއް އޮޅުވާލާނީ. އެއީ އަހަރެން މިހާތަނައް އެންމެ ލޯބިވީ މީހާ.” މާގަޑުން ފައިބަމުން ދިޔަ ފިނި ފިނި ފެންތިކިތައް ނިއުޝާގެ މުޅި ހަށިގަނޑުގައި ބޮސްދެމުން ދިޔައިރު ނިއުޝާގެ ޙިޔާލުތައް އުދުހެމުން ދިޔައީ މުޅީން އެހެން ދުނިޔެއެއްގައެވެ.
“އާކް. އަހަރެން..” ނިއުޝާ ފެންވަރައިގެން ނުކުމެ އާލިކް އަށް ގުޅާލީ އާލިކް ކުރި ސުވާލުގެ ޖަވާބު ދޭން ވެގެންނެވެ. “މާ ބޮޑަށް މިސް ވީ ދޯ. ހެހެ… އަހަރެންވެސް ހަމަ ތި ހާލުގަ. ޒެލް އަށް ގުޅަން އިޅެނިކޮށް ތި ގުޅީ.” އާލިކް ނިއުޝާގެ ވާހަކަ މެދުކަނޑާލުމަށްފަހު ވާހަކަ ދެއްކިއެވެ. “އާކް. އަހަރެން ޖަވާބު ދޭންވެގެން މި ގުޅީ.” ނިއުޝާ ހިތްވަރު ކޮށްލާފައި ބުންޏެވެ. “އަދިވެސް އެއަފަހަރު އަހަން. ވިލް ޔޫ މެރީ މީ ޒެލް؟” އާލިކް ފަނޑިވުމެއްނުވާނޭ ފަދަ ހިނިތުންވުމަކާއެކު އަހާލިއެވެ. “ޔެސް.” ތެޅިތެޅި އޮތް ހިތަކާއެކު މޭގައި އަތް އަޅާ ބާރުކޮށްލުމަށްފަހު ނިއުޝާ ޖަވާބުދިނެވެ. އެ އަޑުގައި ހުރި ނުތަނަވަސްކަން އާލިކްގެ ތޫނުފިލި ސިކުނޑިއަށް ދެނެގަނެވުނެވެ.
ދެމީހުން އެކަކު އަނެކަކާ މާގިނަ ވާހަކަތަކެއް އެ ވަގުތުކޮޅު ފޯނަކުން ނުދައަކައެވެ. ކައިގެން އައިސް ނިއުޝާވެސް އޮށޯތީ ނިދޭތޯއެވެ.
ޖެހިގެންއައި ދުވަހު ހެނދުނު އޮފީހަށް ދާން ތައްޔާރުވެގެން ނިއުޝާ ކޮޓަރިން ނުކުތް އިރު ސިޓިން ރޫމުން މަންމަ ކޮންމެވެސް މީހަކާ ވާހަކަ ދައްކާ އަޑު އިވެއެވެ. “ނިއުޝާއަށް އަނިޔާ ނުކުރާތި. އެއީ މި މަންމަގެ ހުރިހާވެސް މީހަކީ. ލޮލުގެ ކޮއެ ފަދައިން ބަލަމުން އައި ދަރިއެއް އެއީ. މި މަންމަ އެ ދަރިފުޅު ބެލީ އަނިޔާ ކޮށްގެނެއް ނޫން” މަންމަގެ ގިސްލުމުގެ އަޑު ނިއުޝާއަށް އިވެންފެށީ އެހިސާބުންނެވެ. “މަންމާ އަހަރެން ޒާލްދެކެ ވަރަށް ލޯބިވޭ. އަހަރެން ޒާލް އަކަށް އަނިޔާއެއް ނުކުރާނަން. އަހަރެންގެ ހުރި ފެންވަރަކުން ޒާލް ވީހާވެސް އުފަލުގަ ގެންގުޅެވޭތޯއަހަރެން ބަލާނަން. މަންމާ މީ އަހަރެން ކުރާ ވަޢުދެން. އިންޝާ ﷲ މިވަޢުދު އަހަރެން ފުއްދާނަން. އަދި އަހަރެން ބޭނުން އަހަރެން ޒާލް އާ އިނުމުގެ ކުރިން ނިއުޝާގެ ނަން ޒާލްއަށް…” “އާކް. މިތާ ކީއްކުރަނީ؟” އާލިކް ގެ ވާހަކަ މެދުކަނޑާލުމަށްފަހު ނިއުޝާ ވާހަކަ ދައްކަން ފެށިއެވެ. “ހިނގާ މިއަދު އަހަންނާއެކީ އޮފީހަށް ދާން. ޒެލް ގޮވައިގެން އޮފީހަށް ދާންވެގެން އަހަރެން މި އައީ ޒެލް ބަލާ.” އާލިކް ނިއުޝާއާ ދިމާލަށް ބަލާލީ ލޯބިން ފުރިގެންވާ ނަޒަރަކުންނެވެ. “ދަރިފުޅާ އެކަމު ސައި ބޮއެގެން.” ނިއުޝާގެ މަންމަ ނުހަނު އޯގާތެރިކަމާއެކު ނިއުޝާ އާ މުޙާޠަބު ކުރިއެވެ.
” ޒެލް. އަހަންނަށް ހީވަނީ ޒެލް ވަރަށް ބޮޑަށް ތަފަާތު ވެއްޖެހެން ޒެލް އަހަންނަށް ގެއްލިފަ ފެނުނު ފަހުން. ތި އައި ބަދަލު އަހަންނަށް ކިޔައިދީފާނަންތަ؟”ދެމީހުންގެ ދެމެދުގައިވީ ހިމޭންކަން ފުނޑުފުނޑު ކޮށްލީ އާލިކްގެ ފިރިހެންވަންތަ އަޑުންނެވެ. “ކުރިންވެސް ބުނީމެންނު މީހަކު އަހަންނަށް ވަރަށް އުނދަގޫ ކުރިއޭ. އެ ހަނދާންތައް އަދިވެސް ނުފިލާތީ ކަމަށް ވެސް ވެދާނެ. އެކަން ރަނގަޅު ކުރަން ވަރަށް މަސައްކަތް ކުރާނަން. އޯކޭތަ؟” ނިއުޝާ ހިނިތުންވެލީ ހިތުގައި ބިންވަޅު ނެގިފައި ހުރި ޒަޙަމް ތައް ފޮރުވަން ވެގެންނެވެ. “ހެހެ… އެހެންތަ؟ލަވް ޔޫ.”
އޮފީހުގެ ގިނަ މަސަކަތްތައް ކުރަން ނިއުޝާއަށް ވީ އުނދަގޫ ކަމަަކަށްށެވެ. ހާސްވެފައިވާ ސިކުނޑިއަށް އިތުރު ހާސްކަމެއް ގެނުވީ ކުރަންހުރި މަސައްކަތްތައް ފެނިފައެވެ. އެހާސް ކަމުގެ ތެރޭގައި އިންދާ ފޯނަށް އައީ އާލިކްގެ މެސެޖެކެވެ. “ލަވް ޔޫ ސްވީޓްހާރޓް..” ނިއުޝާގެ ލޮލުން ކަރުނަ ހިލުނީ އާލިކް އޭނާދެކެ ވާ ލޯބި އެނގިފައެވެ. ހުރިހާ ކަމެއްގެ ހަޤީގަތް އާލިކް އަށް އެނގޭ ދުވަހަކުން އޭނާއަށް އާލިކް ގެއްލޭނެކަން ޔަގީނެވެ.
ކައިވެނި ކުރާނެ ދުވަހެއް ހަމަޖެއްސީ ދެ އާއިލާގެ މަޝްވަރާގެ މަތިންނެވެ. ނިއުޝާ އަދި އޮފީހަށް ވަތްތާ މާގިނަދުވަސް ވެފައި ނުވާތީ އޭނާއަށް ޗުއްޓީ ހޯދަން ވަރަށް ދަތިވިއެވެ. އެހެންނަމަވެސް އާލިކްގެ އެހީތެރިކަމާއެކު ނިއުޝާއަށް އޮފީހުން ޗުއްޓީ ލިބުނެވެ. ކައިވެނީގެ ދުވަސް ކައިރި ވީވީހެން އާލިކްގެ އުފާވެރިކަން ދިޔައީ އިތުރުވަމުންނެވެ. އެހެން ނަމަވެސް ނިއުޝާގެ ހިތަށް ވެރިވަމުން ދިޔަ ނުތަނަވަސްކަން ދިޔައީ ހައްތަހާ ބޮޑު ވަމުންނެވެ.
“ދަރިފުޅާ މަންމަ އަކަށް ހިޔެއްނުވޭ އާލިކް ދަރިފުޅުދެކެ ރުޅި އަންނާނެ ހެންނެއް. އެއީ އެއަށް ވުރެ ބޮޑަށް އޭނަ ދަރިފުޅު ދެކެ ލޯބިވޭ.. ހިތްވަރު ގަދަ ކުރާތި ދަރިފުޅާ. ކަމެއް ދިމާވާއިރަށް ރޯން ނުފަށާތި. ދަރިފުޅަށް ވެސް ބާރެއް އޮތްކަންއެހެން މީހުންނަށް އަންގަންޖެހޭނެ. ފިނޑި ވެގެންނެއް ރަނގަޅު މީހަކަށްނުވެވޭނެ.”ކައިވެނި ވެވޭ މާލަމަށް ނިއުޝާ ނުކުތުމުގެ ކުރިން ނިއުޝާގެ މަންމަ އޭނާއަށް ހިތްވަރުދީ ނަސޭހަތްތެރި ވިއެވެ.
ކައިވެނީގެ ހުރިހާ ޙަރަދެއް ކުރީ އާލިކްގެ އާއިލާއިންނެވެ. އާއިލާގައި ހުރި ހަމައެކަނި ފިރިހެން ދަރި ވީމަ ކަމަށްވެސް ވެދާނެއެވެ. ކައިވެނީގެ ހަފްލާގައި އެންމެންގެ މޫނުމަތިން ފެންނަމުންދިޔައީ އުފާވެރިކަމެވެ. ނިއުޝާ ފިޔަވާއެވެ. ހުދުކުލައިގެ ރޭނދާ އާއި އެސް ތަކުން ޖަރީކޮށްފައިވާ ހުދު ކައިވެނީގެ ހެދުމުގައި ނިއުޝާގެ ރީތިކަން އިތުރަށް ފުރިހަމަ ކޮށްދެއެވެ. އާލިކްއަށް ވެސް ނިއުޝާއާ ދިމާލަށް ބަލަން ހުރެވުނީ ކިހާ އިރަކު ކަމެއް ވެސް ނޭނގެއެވެ. ޝާއިރެއްގެ ފަށުވި އިބާރާތްތަކެއް އަމުނާލައިގެން އެތަކެއް ޅެމެއް ހެދޭވަރަށް ނިއުޝާ މިރޭ ފުރިހަމަ އެވެ.
އިރު އޮއްސި ރަތް ވިލާތަކުގެ ރަތްކަން ދުނިޔޭގެ ސަތަހައިގެ މައްޗައް ފެތުރިއްޖެއެވެ. ކައިވެނި ޕާޓިވެސް ނިމުނީއެވެ. އާލިކްއާއި ނިއުޝާގެ އިތުރުން ދެފަރާތުގެ އާއިލާ އާއި މަދު ރައްޓެހިން ކޮޅެއް ފިޔަވާ އެ މާލަމުގައި ނެތެވެ. ކައިވެނީގެ ފުރަތަމަރޭ އާލިކް ނިންމީ މާލެ ކައިރި ރިސޯޓެއްގައި ހޭދަ ކޮށް ލުމަށެވެ. އެއަށްފަހު ދުބާއީގެ ހިތްގައިމު މާހައުލުގައި އެކަހެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ނިއުޝާއާއެކު ހަނީމޫނަށް ދާށެވެ.
ކާރު އައިސް މަޑުކޮށްލުމާއެކު އާލިކް އާއި ނިއުޝާ ކާރަށްއެރީ ގެއަށް ދިއުމަށެވެ. ގެއަށް ގޮސް ތައްޔާރުވެގެން 8 ޖަހާއިރު ރިސޯޓަށް ދާން ފުރުމަށެވެ. ކާރު އޭގެ ހަރު ދުވެލީގައި މިސްރާބުޖެހީ އާލިކްގެ ގެއާދިމާލަށެވެ. އާލިކް އާއި ނިއުޝާގެ ހަޔާތުގެ ނައު ދުއްވާލީ އަމާން ކަމާއެކު އޭގެ ބަނދަރަށް ވާސިލް ވުމަށް ޓަކައެވެ. އެހެން ނަމަވެސް އާލިކް އަށްނޭނގި އޮތް ކަމަކީ މި ދަތުރުގައި ކުރިމަތި ލާންޖެހޭ އެތަކެއް ތޫފާނެއް ކުރިމަތިވެފައި އޮތް ކަމެވެ.
4 Comments!
Comments are closed.
When next..
insha allah tomorrow
Where is the other parts?
kuryge parts thah hunnaany thankolheh kurin up koffa..