ހިތް ބާރުބާރަށް ތެޅެމުން ދިޔަ ނަމަވެސް ފާލިހް ޒާރާ އަށް ހިނިތުންވެލިއެވެ. “ކޮން ޝަރުތެއް؟” ފާލިހްގެ އަޑުގައިވާ ހާސްކަން ފޮރުވަން މަސައްކަތް ކުރަމުން ފާލިހް އަހާލިއެވެ. “ޝަރުތަކީ.. ބުނަންވީ؟” ޒާރާ ބޭނުންވީ ފާލިހް ތަޅުވާލަން ކަހަލައެވެ. ޒާރާ ހެވިފައި ފާލިހްއަށް ބަލަން ހުރި ކަމުގައިވިޔަސް ފާލިހްގެ މޫނުމަތިން ހިނިތުންވުމުގެ އެއްވެސް އަސަރެއް ފެންނާކަށްނެތެވެ. “އަބަދުވެސް ޒާރާ އަކީ ފާލިހްގެ ރައްޓެއްސެއްކަމަށް ބަލަންވާނެ.” ދުވަހަކުވެސް މިގުޅުން ކަނޑާނުލައްޗޭ.” ފާލިހްގެ މިލާފައިވާ މޫނު މައްޗަށް އަލުން އާ ދިރުމެއް އައި […]
ދާދި ކައިރީގައި ހުރި ޒާހިލް ފެނުމުން މަލާކްހުރީ ޤަބޫލުކުރަންދަތިވެފައެވެ. މުޅިންކަޅު އައުޓްފިޓެއްގައި ޒާހިލް ހުރި އިރު ނުހަނު ރީއްޗެވެ. ސްމާރޓެވެ. ޒާހިލްގެ ދެއަތްވަނީ ފުރަގަހަށް ލެވިފައެވެ. ލޮލުގައިވަނީ މައުސޫމްކަމަކާއި ނުތަނަވަސްވެފައި ވުމުގެ ކުލަވަރެކެވެ. ޒާހިލް ކަރުކެހިލުމަށްފަހު ވަރަށް “ފިލްމީ” ގޮތަކަށް އެއްކަކޫ ޖަހައިގެން އިށީނދެލައިފައި އަތުގައި އޮތް މާބޮނޑި މަލާކަށް ދިއްކޮށްލިއެވެ. “މަލާކް… ވިލް ޔޫ އެކްސެޕްޓް ދިސް އެންޑް މޭކް މީ ދަ ހެޕިޔެސްޓް ޕާރސަން ރައިޓް ނައު ބައި ޔޫ ބީއިންގް މައި ގާރލްފްރެންޑް؟” […]
އަތިރިމަތީ ތިބިއްޔާ ތިބި މީހަކު އެފިހާރަދޮށަށް ޖަމާވަންނެގީ މަދުސިކުންތުކޮޅެކެވެ. ހަވީރު ގަޑިކަމުން ފުދޭވަރަކަށް މީހުންވެސް ގިނައެވެ. ފިހާރެތެރޭ ހުރި ޒުވާނާވެސް ބޭރަށް ނުކުތުމަށް އަވަސްވެގަތީ އެވަގުތެވެ. ޝަަަަައިރާ ބިރުން އަވަސްއަވަހަށް ފިހާރަދޮރުމަތިން ދުރުވެލީ އެޒުވާނާގެ އަތުގައޮތް ކަޓަރުން ހަމަލާއެއްދީފާނެތީއެވެ. “އެކޮއި ބޭބެޔަށް ހީވަނީ މީ ނިޒާރުބޭގެ ސޮރުހެން. ބޭބެ ދެކެން އެސޮރު އެގައަށް ވަދެ ނިކުމެއުޅޭ މަންޒަރުު.” ފިހާރަދޮށަށް އެއްވެތިބިތަނުން މުސްކުޅިފުރާގެ މީހަކު އެހެންބުނުމުން އެތާތިބި އިތުރުމީހުންވެސް އިތުރަށްކައިރިވެލީީ ރަނގަޅަށް ބަލައިލުމަށެވެ. ޝަަަަަަަަައިރާވެސް ހުރީ ލިބުނު ސިހުމުން […]
ކުރިމަތީގައި އެހުރީ އަލޫކްއެވެ. މިރަށުގައެވެ. މިގޭގައެވެ. އޭނާގެ ކޮޓަރީގައެވެ. ހުވަފެނެއްނޫންކަން ގައިމެވެ. މަލާކްއަށް އެސްފިޔަޖަހާކަށް ވެސް ހަނދާނެއްނެތެވެ. “މަލާ..އަހަރެން ހާދަ ވަރަކަށް މަލާ ހޯދީމެ..ކީއްވެ މަލް އަހަރެން ގާތު ނުވެސް ބުނެލީ ރަށަށް އަންނަ ވާހަކަ. މަލާކް ކޮންއިރަކު ބުރުގާ އެޅީ؟ ދެން ކީއްވެތަ އަހަރެން ގާތު ނުބުނީ ރަށަށް އަންނަ ވާހަކަ؟” އަލޫކް ހުރީ ހިތުގައި ޖެހިފައެވެ. އޭނާ މަލާކް ގާތަށް އައިސް އަތުގައި ހިފާލުމާއެކު އަތް ފޮޅުވާލިއެވެ. އަލޫކްއަށް ސިހުން ލިބުނެވެ. “އަހަރެން..” މަލާކްގެ […]
ނިފްޝާއަށް ވަނީ މިހާރު ނަފްސާނީ ގޮތުންވެސް އަސަރު ކޮށްފައިއެވެ. އަދި ފިރިހެނުންދެކެ އޭނާ އިންތިހާއަށް ފޫހިވެއެވެ. ރުޅިވެސް އާދެއެވެ. ބިރުވެސް ގަނެއެވެ. ނަމަވެސް އެނާ ކުރާނީ ކީއްހެއްޔެވެ؟ އެ އޮތްތަނުން ތެދުވެވެނީކީ ނޫނެވެ. ހަތަރެސްފައި ވަނީ ބަނދެފައެވެ. މުޅި ހަށިގަނޑުވަނީ އަނަރޫފަވެފައިއެވެ. އެތާ އޮވެގެން ނިފްޝާއަށް މިހާރު މާތްﷲ އަށް ދުޢާ ކުރެވުނު އަދަދެއްވެސް ނޭނގެއެވެ. އިހްސާން އޭނާއަށް މިހެން އެހަދަނީ ކީއްވެބާއޭ ނިފްޝާގެ ހިތަށް އެތަށް ފަހަރަކު އަރައެވެ. ”ހައިޝަމް.. ސިމާލު… މުޅި މިރަށް ބެލިއިރުވެސް އެހެރީ އަހަރެމެން ނުބަލައި ތަނެއް.. މިރަށުގަ ހުރި ހުރިހާ ފަޅުގެއެއް ބެލިއިރުވެސް އަދި އެހުރީ ނުބަލައި ގެއެއް… ހިގާބަ އެގެއަށް ދާން….” އައިޒަން އޭތާ ވަލުއެތެރޭގައި ހުރި ޓިނުން ހަދައިފައިވާ ކުޑަ ކުޑަ ގެއަކަށް އިޝާރާތް ކުރަމުން ކުރެހިފައި ހުރި އަޑަކުން ބުނެލިއެވެ. ”އާން ހިނގާ އެތަން ބަލާލަން ދާން… މަށަކަށް ހިޔެއްނުވެ ފުލުހުންވެސް އެތަން ބެލިހެންނެއް….” ހައިޝަމް ބުނެލިއެވެ. އައިޒަން ބާރު ހިނގުމެއްގައި ގޮސް އެގެއާއި ހަމައަށް ދިޔައެވެ. އޭނާގެ ހިތް ބާރު ބާރަށް ތެޅެމުން ދިޔައެވެ. އޭނާގެ ހިތް ބުނަމުން ދިޔައީ ނިފްޝާވީ އެތަނުގައި ކަމެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ތެޅެމުން ދިޔަ ހިތަކާއިއެކު އައިޒަން ގޮސް ތަޅު ގައި ހިފާލިއެވެ. ނަމަވެސް ތަޅުލައިފައި ހުރުމުން ދޮރު ހުޅުވޭ ގޮތެއް ނުވިއެވެ. ”ސިމާލު… ހައިޝަމް… ހިނގާބަަލަ މި ދޮރު ވައްޓާލަން…” އައިޒަން ހާސްކަން އެކުލެވިގެންވާ އަޑަކުން ބުނެލިއެވެ. ”ނޫން އޭރުން އަހަރެމެން ކުއްވެރި ވެދާނެ… ތީމީހަކު އެއްޗެހި ރައްކާކުރާ ތަނަކަށް ވެސް ވެދާނެ….” ސިމާލު ގަނެފައި ހުރި ބިރާއެކު ބުނެލި ޖުމުލައިން އައިޒަން ރުޅި އަންނަ ގޮތްވިއެވެ. ”ނޫން… އަހަރެންގެ ހިތް އެބަ ބުނޭ ނިފްޝާވީ މިތަނުގައޭ… އާދޭސްކޮށްފަ އަހަރެންނާއިއެކު މިކަން ކޮށްދީބަލަ.. ސިމާލް…. ހައިޝަމް…..” އައިޒަން އާދޭހައިއެކު ބުނެލިއިރު އެދޮލުގައި ކަރުނައިގެ ފަށަލައެއްވެއެވެ. ހައިޝަމް، އައިޒަން އާއި ބައިވެރި ވީ އޭނާގެ އެކުވެރިއަށްޓަކައިއެވެ. ސިމާލުވެސް ބައިވެރިވިއެވެ. އަައިޒަންގެ ހިތަށް ކޮށްފައިވާ އަސަރު އެނގުނީކަމަށް ވެސް ވެދާނެއެވެ. އިން މީހުންގެ ބުރަ މަސައްކަތުން ދޮރު ހަލާކު ކޮށްލެވުނެވެ. ”ތިދެ މީހުން ހުރޭ ބޭރުގަ… މީހަކު އާދޭތޯ ބަލަން… އަހަރެން އެތެރެއަށް ވަންނާނަން..” އައިޒަން އަވަސްވެފައިވާ ހިތަކާއިއެކީ އޭނާގެ ދެ އެކުވެރިންނަށް އިރުޝާދު ދޭ ފަދައަކުން ބުނެފައި ގޮސް އެތެރެއަށްވަނެވެ. އޭގެ ދެވަނަ ސިކުންތުގައި އައިޒަން ހުއްޓުން އެރީއޭނާގެ ކުރިމަތިން ފެނުނު މަންޒަރަކުންނެވެ. މި މަންޒަރު ހުވަފެނަކަށް ވާނެ ބާއޭ އައިޒަން ގެ ހިތަށް އެރީ ކިތަށް ފަހަރަކު ކަމެއްވެސް ނޭނގެއެވެ. ނަމަވެސް އޭނާގެ ކުރިމަތިން އެފެންނަނީ ހަޤީޤަތެވެ. ކުރިމަތިން ފެންނަ މަންޒަރު ހުވަފެނަކަށް ހަދާނީވެސް ކިހިނަކުން ހެއްޔެވެ؟ އައިޒަންގެ ލޮލުން ކަރުނައައީ އޭނާއަށް ނުވެސް އެނގިހުއްޓައެވެ. އައިޒަން ބަލަން ނުހުރެ އަވަހަސް ގޮސް ދުރުގައި އޮތް މެރޫން ކުލައިގެ ހެދުން ހިފައިގެން އައިސް ނިފްޝާގެ ހަށިގަނޑު ނިވާކޮށްލިއެވެ. ނަމަވެސް އައިޒަން އެންމެ ފަހަރަކު ވެސް ނިފްޝާއާ ދިމާއަށް ބަލާފަކައެއް ނެތެވެ. ހެދުން ލައްވަން ކިތަންމެ އުނދަގޫ ވިނަމަވެސް ލޯ ހުޅުވާކަށް އައިޒަން ގަސްތެއް ނުކުރެއެވެ. ހެދުން ލައްވައި ނިމުމުން ކައިރީގައި އޮތް މަޑު ފިޔާތޮށި ކުލައިގެ ޝޯލް ނިފްޝާގެ ބޮލުގައި އޮޅާލިއެވެ. އޭރު އައިޒަންގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ އަންނަމުން ދިޔައެވެ. ފިރިހެނަކަށްވެސް ކެތް ކުރެވޭނީ ވަކިވަރަކަށެވެ. ހުރިހައި ކަމެއް ކޮށް ނިމުމުން އައިޒަންގެ އެ ކުރެހިފައިވާ އަޑުން ސިމާލު އަށާއި ހައިޝަމްއަށް ގޮވާލީ ފުލުހުންނަށް ގުޅުމަށެވެ. އަދި ވަރަށް އުނދަގުލުން ނިފްޝާގެ ހަތަރެސްފައިގައި އައްސާފައި ހުރި ވާ ތައް މޮހައިލިއެވެ. ލުއިފަތެއްހެން އައިޒަންގެ ބާރުގަދަ އަތްދަނޑި މައްޗަށް ނިފްޝާ ލައިގެން އައިޒަން ބޭރަށް ނުކުތެވެ. އޭރު ފުލުހުންވެސް ވަނީ އެތަނާ ނުހަނު ކައިރީގައިއެވެ. ފުލުހުންގެ ޖިޕު އެތަނަށް ހުއްޓުމުން ތިން މީހުން އަވަސްވެގަނީ ޖިޕަށް ލައިގެން ނިފްޝާ ހޮސްޕިޓަލަށް ގެންދުމަށެވެ. ޖިޕަށް އެރުމަށްފަހު އައިޒަން ހަމަޖެހިލައިފައި ނިފްޝާގެ މަންމަމެންނަށް އެހަބަރު ދިނެވެ. އަދި ނިފްޝާގެ އެ ދިރުމެއްނެތް ހަށިގަނޑާ ދިމާއަށް ބަލަން އިނީ ކަރުނުން ފުރިފައިވި ދެލޮލުންނެވެ. ފަސް މިނެޓު ތެރޭގައި ޖިޕުގޮސް ހޮސްޕިޓަލުގެ ދޮރު ކުރިމައްޗަށް ހުއްޓިއެވެ. ސައިކަލުން ފެއިބި އިހްސާންގެ ތުންފަތުގައި ކުޅެލައިފައި ވަނީ ނުލަފައި ހިނިތުންވުމެކެވެ. އަދި މަޑު ހިނގުމެއްގައި ގޮސް ޓިނުން ހަނދައިފައި ހުރި ކުޑަ ގޭ ދޮރު ކުރިމަތީގައި ގޮސް ހުއްޓުނު އިހްސާން އަށް ސިހުން ގެނުވީ އެގޭގެ ދޮރު ވައްޓާލައިފައި ހުރުމުންނެވެ. އަވަސް އަވަހަށް ގޮސް އެތެރެއަށް ވަނީ އެތަނުގައި ނިފްޝާ އޮތްތޯ ބެލުމަށެވެ. އޭގެ އިރުކޮޅެއްފަހުން އެތަނަށް ހަނާން އާއި ޝާނާއައެވެ. ”އިހްސާން ކިހިނެއްވީ.. ކޮބައި ނިފްޝާ؟” ޝާނާ މޫޅި އެތަނަށް ބަލައިލަމުން ބުނެލިއެވެ. ” ކޮބާހޭ؟ މަށަށްތަ އިނގޭނީ އޭނާ ވީތަނެއް… ކަލޭމެންނަކަށް ނޫންތަ… މަމިތަނުން ދިޔައީ ކަލޭ މެން ކައިރީ ކީކޭ ބުނެފަ….. ކީކޭބުނެފަ ހޭ މަމިތަނުން ދިޔަ އީ…” އިހްސާންގެ ލޮލުން އަލިފާން ކަނި ބުރަ ބުރައި ހުއްޓެެވެ. އޭނާ ހީވީ ހަނާން އާއި ޝާނާވެސް ފިއްސާލަފާނެހެންނެވެ. ހުރިހާ ރުޅިއެއް އޭނާ ބޭލީ ހަނާން އަށާއި ޝާނާއަށެވެ. ”އިހްސާން ރުޅި މަޑު ކުރޭ… އަހަރެމެން ބަނޑުހައިވެފައި ހުރިވަރުން ކާން ދިޔައީ ވަރަށް އަވަހަށް އަންނަން… އަހަރެމެން ދިޔަތާ އަދި ބަރާބަރު ފަނަރަ މިނެޓު ވާނީ… އެކަމަކު އާއިރު މިއޮތީ މިތަން އޮތް ގޮތް… އެ ނިފްޝާގަނޑު ކޮންތާކަށް އެދިޔައީ؟” ޝާނާ ބިރުގަނެފައި ހުރިނަމަވެސް އެކަން ފޮރުވަމުން ބުނެލިއެވެ. ”ހެވޭ ދެން… ކޮންމެހެން ބަހަނާތަކެއް ދައްކާނެ ކަމެއްނެތް… އަންނަން ވީ އަހަރެންނާއެކު ދާން… އަހަރެމެންގެ ޕުލޭން ފުލޮޕް ވީމިދެން ކޮންކަމެއް ކުރެވޭނީ… މިތާ ހުރުމުގެ ބޭނުމެއް ކޮބާ؟ އަންނަން ވީ ދާން…. ބަދަލުވެސް ހިފުނީނު މި…. އެކަަމަކު އަދިވެސް އަހަރެން މިކަން ހުއްޓާއެއް ނުލަން… އަދިވެސް ބަދަލު ހިފާނަން…” އިހްސާން ދަތްތައް ފިއްތާލައިފައި ބުނެލިއިރު އެދެލޮލަށް ބަލައިލި މީހަކުވެސް ބިރު ގަންނާނެއެވެ. ”ކޮބާ މަގޭ ދަރިފުޅު… ކޮބާހޭ މަގޭ ދަރިފުޅު…” އިނާޝާ ހޮސްޕިޓަލަށް ވަނުމާއިއެކު ހަޅޭލަވައިގަތެވެ. ރޯރޯ އޭނާގެ ދެލޯ ވަނީ ރަތްވެފައިއެވެ. ”އިނާ ހަމަޖެހިބަލަ… އިރާދަކުރެއްވިއްޔާ އަހަރެމެންގެ ދަރިފުޅަކަށް އެއްވެސް ކަމެއް ނުވާނޭ… ދެން ނުރޮއިބަލަ… ހިތްވަރު ކޮށްބަލަ… އަލްހަމްދުލިއްލާހް.. އަހަރެމެންގެ ދަރިފުޅުވެސް ފެނުނީނު މި…” ސުޖާއު ދިޔައީ އިނާޝާއަށް ވިސްނައިދެމުންނެވެ. އޭނާގެ ހިތަށްވެސް ވަނީ ނުހަނު އަސަރު ކޮށްފައިއެވެ. ނަމަވެސް އޭނާ ރޯގެން އޭނާގެ އަންހެނުން ހުއްޓޭނީ ކިހިނަކުން ހެއްޔެވެ؟ ނިފްޝާގެ އާއިލާއެންމެން ހޮސްޕިޓާލަށް ދިޔައެވެ. އަދި ނިފްޝާވެއްދި ރޫމްގެ ކާއިރީގައި މަޑު ކޮށްލއިގެން ތިބީ ޑޮކްޓަރު ނިކުމަންނާނެ އިރަކަށެވެ. ”އައިޒަން.. އަހަރެންނަކަށް ނޭނގެ އައިޒަންއަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް… އަހަރެމެންނަށް ތި ކޮށްދިނީ ވަރަށް ބޮޑު ކަމެއް…ދުވަހަކުވެސް އައިޒަންގެ ތި ހެޔޮ ކަން މިހިތަކުން ފިލައިގެން ނުދާނެ….” އިނާޝާ ، އައިޒަންގެ ކުރިމަށްޗަށް ގޮސް ހުއްޓިލައިފައި ރޮމުން ވާހަކަ ދައްކަމުން ދިޔައެވެ. އައިޒަންވެސް އެއީ އެއްވެސް ކަމެއް ނޫނޭ ބުނެ ވާހަކަ ކުރު ކޮށްލީ ޑޮކްޓަރު ނުކުމުންނެވެ. އިނާޝާ ބާރަށް ގޮސް ޑޮކްޓާރުގެ ކުރިމަތީގައި ހުއްޓި ނިފްޝާގެ ހާލު އެހިއެވެ. ”ނިފްޝާގެ ހާލު ވަރަށް ސީރިއަސް… ވީ އެންމެ އަވަހަކަށް މާލެ ގެންދުން ރަނގަޅީ.. މިތަނުން ދެވެން އޮތް ފަރުވާއެއް އަޅުގަނޑުމެން ދެމުން މިތަނީ…” ޑޮކްޓާރު ހިތާމަޔާއިއެކު ބުނެލި ވާހަކައިން އެތާ ތިބި އެންމެންނަށް ހީވީ މުޅި ދުނިޔެ ހުއްޓުނުހެންނެވެ. އިނާޝާ އަޑުން އަޑު ނަގައި ރޯން ފެށި އިރު ސުޖާއު ހުރީ ބަސް ހުއްޓިފައިއެވެ. ނިފްޝާ މާލެ ގެންދިތާ އޭގެ ދެވަނައަށް ވީ ދުވަހެވެ. މުޅި ރަށުގައި ކިޔަމުން ދިޔައީ ނިފްޝާ މި ފަނާވަނިވި ދުނިޔެއަށް އަލްވަދާޢު ކީ ވާހަކައެވެ. އައިޒަންގެ ކަންފަތާއު ހަމައަށް މި އަޑު ފޯރީ ހޮނު ގުގުރިއެއްގެ ސިފައިގައިއެވެ. ނިފްޝާ މިދުނިޔެއާއި ވަކިވެގެން އެދިޔައީ އެތައް ބައެއްގެ ރުހުން ހޯދައިފައިއެވެ. ދެރަ ނުވާނީ ފަހެ ކާކު ހެއްޔެވެ؟ ސިމާލު އާއި ހައިޝަމް ވެސް ވަނީ ނުހަނު ދެރަވެފައިއެވެ. އެމީހުންގެ ކުރިމަތީގައި އައިޒަން ހުރި އެއް ކަމަކު އޭނާއެކޭ ނެތް މީހެކޭ އެއްގޮތެވެ. އެހިތަށް ކޮށްފައިވާ އަސަރު ގަލަމަކުން ބަޔާން ކުރަން ވެސް ދަތި ވާނެއެވެ. އައިޒަން ހިތްހަމަޖެއްސުމަށްޓަކައި އޭނާގެ ދެ އެކުވެރިން ނުކުރަނީ ކޮން ކަމެއް ހެއްޔެވެ؟ އައިޒަން އަށް ނަސޭހަތްދެނީ އކުވެރިއެއްގެ ހައިސިއްޔަތަކުންނޫނެވެ. ކޮއްކޮ އެއްގެ ހައިސިއްޔަތުންނެވެ. އައިޒަންގެ ކޮންމެ އުފަލެއްގައާއި ހިތާމައެއްގައި އެދެ މީހުން ބައިވެރިވެއެވެ. އައިޒަންގެ މޫނު ފެންނަ މީހަކުގެ ހިތަށް ވެސް އަސަރު ކުރާނެއެވެ. ކޮން ކަހަލަ އަނިޔާވެރި ދުނިޔެއެއް ހެއްޔެވެ؟ ނިފްޝާ މަރުވިފަހުން އެއާއިލާގެ އެކަކުވެސް އެމީހުން ރަށަށް އައިސްފަކާއެއް ނެތެވެ. ދިރިއުޅުން އެއްކޮށް މާލެއަށް ބަދަލު ކުރީއެވެ.ނިފްޝާއަށް އެހެން ހެދީ ކޮން ބައެއްކަމެއް އަދިވެސް ފުލުހުންނަށް ވަނީ ނުހޯދިފައިއެވެ. ނަމަވެސް އެމީހުން ހުއްޓާ ނުލައި މަސައްކަތް ކުރަމުން އެދަނީ އެ މީހުން ފެނޭތޯއެވެ. ***ފަސް އަހަރު ފަސް*** ޕޮލިސް ޔުނީފޯމްގައި ސައިކަލުގައި ދުއްވާފައި ދިޔަ ޒުވާނާއަށް ވަނީ އެތައް ބައެއްގެ ލޯތައް އަމާޒުވެފައިއެވެ. ނަމަވެސް އެއިން އެއްވެސް ކަމަކަސް އަޅާނުލައި އެ ޒުވާނާ ދިޔައީ މަގުމައްޗަށް ސަމާލުވަމުންނެވެ. ދުއްވާފައި ގޮސް އެ ޒުވާނާ މަޑު އެކޮށްލީ ހީވާގޮތުންނަމަ އޭނާގެ ގޭ ދޮރުމަތީގައިއެވެ. ”އަހާ… ދަރިފުޅާ އައިޒަން… މިއަދު ހާދަ އަވަހަކަށް ތި އައީ… އެހެންނާ އަންނަ ގަޑިއަކު ނޫނެއްނު މިއަދު ތިޔައީ؟” އައިޒަން ގޮސް ގެއަށް ވަތް އިރަށް އައިޒަންގެ މަންމަގެ ސުވާލުތަކަކައި ކުރިމަތިވިއެވެ. ” ހުމް… މިއަދު ކުޑަކޮށް ބޮލުގައި ރިއްސާތީ އަވަހަށް މިއައީ…” އައިޒަން އޭނާގެ މަންމަ ގާތުގައި އެހެން ބުނެފައި ކޮޓަރިއައި ދިމާއަސް މިސްރާބު ޖެހިއެވެ. ހަމަ ހަޤީޤަތުގައިވެސް އައިޒަން މިއަދު އެއުޅެނީ ވަރަށް ބޮޑަށް ބޮލުގައި ރިއްސާތީއެވެ. އައިޒަން ގޮސް އެނދުގައި އޮއްތާލިއިރަށް ނިފްޝާގެ އެކި ހިޔާލުތަކުން އޭނާގެ ސިކުނޑި ފުރާލިއެވެ. އަދިވެސް އައިޒަންއަށް އެއުޅެނީ ނިފްޝާގެ ހިޔާލުތަކުން ދުރުނުވެވިގެންނެވެ. އެ ހިޔާލުތަކުން ދުރުވެވޭތޯ މިހާރު އައިޒަން އެތައް މަސައްކަތެއް ކޮށްފިއެވެ. އެކި ހިޔާލުތަކުގައި އޮތް އައިޒަންގެ ލޮލަށް ނިދި ސަވާރުވީ ބަސް ބުނާހާ އަވަހަށެވެ. އައިޒަންއަށް ނޭނގުނީ އޭނާގެ ހަޔާތުގައި ބާކީ އޮތް ދުވަސްތައް އޭނާއަށް ވެއެތު ކުރަން ޖެހޭނީ ކިހިނެއްކަމެވެ. އޭނާގެ ހަޔާތުގައި ކުރިއަށް ވާނީ ކޮންކަމެއް ކަމެވެ. ތަގުދީރު އެނގޭނީ ފަހެ ކާކަށް ހެއްޔެވެ؟ (ނުނިމޭ)
ދާއިން ގޮވާލުމުން ކައިޒީން ގޮސް އެނދުގައި އޮށޯވެލީ ދާއިން އާ ޖެހިފިތިގެންނެވެ. ” އެހެންވީމަ އަދި 4 މަންތްސް ވަންދެން މިކޮޅުގަ މަޑުކުރަން ޖެހޭނެންނު ދޯ. ސޯ ޖޮބަކައް ދާންކަމަށް މި ވިސްނަނީ. މިހާރު ދާން ގެ އެކައުންޓްވެސް ދެން ގާތްގަނޑަކައް ހުސްވަނީ. ޖޮބަކައްނުގޮސް ނުވާނެ ދޯ” އެއް އަތް ނިއްކުރި މަތީގައި ބާއްވާލައިގެން އަނެތް އަތުން ކައިޒީންގެ ވަށާލަމުން ދާއިން ބުނެލިއެވެ. ” ތިހެން ދޯ ދެން ހަދަން ޖެހޭނި. އެކަމް އާން […]
ނަމްބަރު ބަދަލު ކޮށްފަ ނުދިނީ ކީއްވެ؟” ޝާރިފްގެ ރާގުގައި ވަނީ ޝަކުވާ އެވެ. އެވަގުތު ޝާރިފްގެ ކަންފަތްމަތީގައި އެތިފަހަރެއް އަޅާފާނަމޭ ޒާޔާ ހިތަށް އެރިއެވެ. އެންމެ ފަހަރަކުވެސް ޒާޔާގެ ހާލު އަހާލިއްޔާ ވާނީ ކީއް ހެއްޔެވެ؟ މި ހުރިހާ ދުވަހު ޒާޔާ އުޅުނީ ކިހިނެއްތޯ ވެސް އަހާލުން ޝާރިފްއަކަށް މުހިއްމެއް ނުވިއެވެ. ޝާރިފްގެ މޫނަށް ބަލަން ހުރެ ޒާޔާގެ ހިތުން ކިތަންމެ އެއްޗެއް ކިޔި ކަމުގައިވިޔަސް ދުލާއި ހަމައަށް އެއްވެސް ލަފްޒެއް ނައެވެ. ވީ ދެރައިން ހިތަށް […]
ނުހާ މާކިންއަށް ބަލަން އޮތީ ތެދުވަން ވެސް ނޭނގިފައެވެ. މާކިންވެސް ހަމަ އެފަދައެވެ. ނުހާގެ އަތުގައި ހިފަން ދިއް ކޮށްލި އަތް ނަގަންވެސް ނޭނގިފައި މާކިންއަށް ހުރެވުނީ ނުހާއާ ދިމާއަށް ބަލާށެވެ. މާޒީގެ ސޮފްހާތަކަށް ސިކުނޑި ދަތުރު ކުރަމުން ދިޔައީ އެސްފިޔަ ޖަހާލިހާ އަވަހަށެވެ. އެވައުދުތަކެވެ. އެލޯބިން ފުރިގެންވާ ފިރުމުންތަކެވެ. އެކުގައި އެއް ހަށިގަނޑަކަށް ވެގެން ހޭދަކުރިހާ ވަގުތުތަކެވެ. ކޮންފަދަ ލޯބިވެތި ހިތްގައިމު ދުވަސްތަކެއް ހެއްޔެވެ؟ “މަށެއް ބޭނުމެއްނޫން މި ބުރައެއް އުފުއްލާާކަށް. ޅައުމުރުގައި ގައިދުވެގެން ކަލޭގެ […]
ދެމީހުން އެތައް އިރަކު ވާހަކަ ދައްކަން ތިއްބެވެ. މިވީ ދުވަސްތަކުގައިވެސް އަނީސް ގާތު އެ ވާހަކަ ބުނާނޭ ގޮތެއް ނާޖިދު އަކަށް ނުވިސްނުނެވެ. އަނީސް ގާތު ބުނެފިނަމަ އެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުމަށް އަރާނޭ ލޮޅުމެއް އޭނާ އަށް ލަފާ ކޮށްލާކަށް ނޭނގެއެވެ. ސިކުނޑީގައި އެނބުރެން ފެށީ މީގެ އަހަރުތަކެއް ކުރިން އަޔާން މަލަކް އާ އެކު އުޅުނު ދުވަސްވަރު އައިމަން ބުނެފައިވާ ވާހަކަ ތަކެވެ. ހިޔާލް ގެ މަންޒަރަށް އެ ދުވަސްތައް ފެންނަން ފެށުމާއެކު […]