ނޯޓް:/ވާނިން މި ބައިގެގެ ނިމޭ ތަންކޮޅުގަ އޭޖް ރެސްޓްރިކްޓެޑް ސީންއެއް ހިމެނޭނެއެވެ. _______________________________________ “އައި ލަވް ޔޫ ބޭބީ..” ސުންހާގެ ތުންފަތުގައި ފުރަތަމަ ފަހަރަށް ޔަމާން ބޮސްދިނެވެ. އޭނާގެ ތުންފަތުގައިވެސް ލިޕްސްޓިކް އުނގުޅުނެވެ. “ލަވް ޔޫ މޯރ މާން..” ކޮރާލަމުން ޔަމާންގެ ކަނދުރާގައި ސުންހާ ތުންފަތް ޖައްސާލިއެވެ. އޭނާ ފޯރަނީ އެހިސާބަށް ވިއްޔާއެވެ. މުޅިތަނުގައި ބާރު މިއުޒިކެއް ޖެހި އެންމެން އުފާފާޅުކުރަމުން ދިޔައެވެ. ނަމަވެސް ހޯލުން ބޭރަށް ހިނގައިގަތީ ޝިޔާ އެކަންޏެވެ. އެހެން އެންމެން އުފާކުރަމުން ދިޔައީ […]
މަޑުމަޑުން އެސްފިޔަތަށް ތަޅުވާލަމުން ލޯ ހުޅުވާލި ސުންހާއަށް އޭނާގެ މޫނުމައްޗަށް ދިއްލާފައިވާ ހުދު އަލިފެނުނީ ހިސާބަކަށް ފުސްކޮށެވެ. އެހެންނަމަވެސް ހިތްވަރުކޮށްފައި އޮތްތަނުން ބޯހިއްލާލަން މަސަތްކަތް ކުރިއެވެ. ސުންހާގެ ބޮލަށް އަރައިގެން ދިޔައީ ތޫނު ތަދެެކެވެ. އޭނާގެ އަނގައިން މަޑު އާހެއް ނިކުތެވެ. އެއާއެކު އެނާއަށް މީހެއްގެ ހިލަންވިއެވެ. އެނދުމަތީގައި ބޯ އަޅާލައިގެން ބޯ ޖަހައިގެން އޮތް ޔަމާން ބޯ ހިއްލާލިއެވެ. ފޫކޮޅުގައި ކައްޓެއް ޖެހިފަދައިން ތެދުވެ އެނދުގައި އިށީނދެލިއެވެ. “އަދި ވަރަށް ވީކްއޭ،..ރެސްޓް ކޮށްލާ..” ސުންހާގެ ކޮނޑުގައި […]
“ހުއް..ނުލިބުނޭ އެ ހަވާދު ދަޅެއް.” ގޭދޮރު ހުޅުވާލި ސުންހާ އޭނާގެ އަމިއްލަ ނަފްސަށްވެސް ކުދިކިޔަމުން ދިޔައެވެ. ގޭތެރެއަށް ހިނގާލި ފުރަތަމަ ނަޒަރާއެކު އޭނާގެ ދެލޯ ކުޑަވވިއެވެ. ގޭތެރޭގައި ހިނގަމުންދިޔަ އާދަޔާޙިލާފު ކުޅިގަނޑު ބަލާލަން ޝައުގުވެރިވިއެވެ. އެހެންކަމުން ދޮރު ކައިރކޮށްލަމުން ދޮރު ފުރަގަހުގައި ނިވާވެލިއެވެ. އެއްވެސް މީހަކަށް އޭނާ ނުފެނުނުކަންވެސް ނަސީބެކެވެ. ހިތް ނުތަނަވަސްވެފައިވާ ހާލުވެސް ޝަރީފް އޭނާގެ ވާހަކަ ފަށައިގަތެވެ. “އެއީ މީގެ ސޯޅަ އަހަރު ކުރި މަ އޮފީސް ދަތުރެއްގަ ދިޔައީ އައިޝާގެ ރަށަށް އަހަރެން […]
ސިންކު ހުރަސްކޮށް ފާހާނާއަށް ވަތް އައިޝާ އޭނާގެ ކަންފަތުގައި ފޯނު ޖައްސާ ބާރުކޮށްލިއެވެ. ގިނަ ދުވަސްތަަކަކަށްފަހު ޝަރީފްގެ ކޯލެއް ލިބުމުން އޭނާގެ ހިތް ތެޅުމުން ދިޔައީ އިންތިހާ ބާރުމިނުގައެވެ. މޭފަޅާފައި ނިކުންނަން އުޅޭހެން ހީވާ ފަހަރުވެސް މަދެއް ނޫނެވެ. “ހަލޯ..” ތުރުތުރު އަޅާއަޑަކުން އައިޝާ ގޮވާލިއެވެ. އެކޮޅުން ޝަރީފް ކަރުކެހިލި އަޑު އިވިގެން ދިޔައެވެ. “އައިޝާ ދޯ..ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން..” ޝަރީފްގެ އަޑު ދުވަސްތަކަކަށްފަހު އަޑުއިވުމުން އައިޝާގެ ހިތުގައި ފަސްދާނުލެވިފައިވާ ލޯބި އުތުރި އަރައިގަތް ކަހަލައެވެ. […]
“އެކަމު އަހަރުމެން ދެމީހުންގެ ސޯޅަ އަހަރަށް ދާ ދަރިއެއް ހުރޭ” ޝަރީފް ބުނެލި އެތިން އަޝްފާއަށް އިންތަނުން ތެދުވެވުނެވެ. “އޭނނ..މަގޭ ކައިރީ ތަންކޮޅެއް ކުރިން ބުނާކަށް ނޭނގުނުތަ..” ވީ ދެރައިގެ މައްޗަށް އަޝްފަ އިސްކުރީ ރުޅިއެވެ. އިސްދަށަށް ޖަހާލުން ނޫންކަމެއް ޝަރީފަކަށް ނުކުރެވުނެވެ. “ކޮންނަމެއް ކިޔާ ކުއްޖެއް..” އަޝްފާ އެއްސެވެ. “މަ ބޭނުން ތި ކުއްޖަކާ ބައްދަލުކޮށްލަން..އަނެއްކާ އެކުއްޖާއަށް އިނގޭތަ ޝަރީފް ތިއީ އޭނާގެ ބައްޕަކަން..” ޝަރީފްގެ ޖަވާބު އަޑުއިވުމާއެކު އަޝްފާ ބުނެލިއެވެ. “ނޫން އެސޮރަކަށް ނޭނގޭނެ..ހިޔެއް […]
“އަހަ..ސުންހާ ދޯ..އަވަހަށް އާދޭ..” ޔަމާންއަށް ގެއްލިފައި ހުރި ސުންހާ ސިހުނީ ލީޑިން ޓީޗަރުގެ އަޑުންނެވެ. ހިނިތުންވެލަމުން އޭނާ ކުލާސް ތެރެއަށް ވަދެ ބޯޑު ކުރިމަތީގައި ހުއްޓިލިއެވެ. އޭނާއަކީ ކިތަންމެ ހިތްވަރުގަދަ ނުވަތަ ބައެއް މީހުން ކިޔާ އުޅޭ “ކޮންފިޑެންޓް ވުމަން” އެކެވެ. އެެހެންނަމަވެސް ވަށްކަޅިން ޔަމާންއަށް ބަލާލެވޭ ކޮންމެ ފަހަރަކު އެ ހިތްވަރު އެލިގެން ދެއެވެ. ދޮންމޫނަށް ރަތް އަރާ އިސްޖަހާލެވެއެވެ. “އޯ ނިއު ޓީޗާރ ސޯ..” އާލިމް މުޅި ކުލާހަށް އިވޭވަރަށް ހަޅޭއްލަވައިގަންއިރު އޭނާ ބުނަން […]
ކަޅުފޮއެ ރޭގަނޑު އަލިކޮށްދެނީ ސާދަ ވިލޭރޭގެ ހަނދުގެ ސަބަބުންނެވެ. އެ ރަނިމަނާގެ އަރިހުގައި ތަރިތަށް ދިޔައީ ޙާދިމުންތަކެއް ފަދައިން ހަރަކާތް ތެރިވަމުންނެވެ. ޖެހިލާ ފިނިފިނި ރޯޅިން ހީކަރުވާ އިޙްސާސެއްކުރެވެއެވެ. ދުވަހަކީ ވިއްސާރަ ދުވަހެއްކަމުގައިވިޔަސް މިހާރު އުޑުމަތިން އެކަމުގެ އަސަރެއް ނުފެނެއެވެ. ނަމަވެސް ފަޒާގައި ހިފާފައިވާ ތެތް ފިނިކަމަށް ބަދަލެއް ނާދެއެވެ. ރާއްޖެގަޑިން ރޭގަނޑު އަށެއް ޖެހީއެވެ. މަގުމަތީގައި ދުއްވާ އެއްޗެހީގެ އަދަދަކަށް ބަދަލެއް ނާދެއެވެ. މަޖީދި މަގު ތޮއްޖެހިފައިވާއިރު ފިހާރަތަކުގައި ބަންދު ބޯޑު އެޅުވެމުން ދިޔައެވެ. މަގުމަތީގައި […]