Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި 2 ވަނަ ބައި

shiff Level 110 Stories
November 25, 2018 2 Mins Read
7 Comments

ރޭގަނޑު ނުވައެއް ޖަހަން ކައިރިވީއިރު އަހަރެމެން ތިބީ މިއުޒިކް ޝޯވ ބަލަން ދާން ތައްޔާރުވެގެންނެވެ. އެއީ ރާއްޖޭގެ މަޝްހޫރު ބައެއް ލަވަކިޔުންތެރިންނާއި މާލޭގެ ނަށާގުރޫޕެއް ގެނެސްގެން ބާއްވާ ޢީދުގެ ހާއްސަ ޝޯވ އެކެވެ. ޝޯވ އޮތީ ރަށުގެ ބަދަރުމަތީގައި އެކަމަށް ތައްޔާރުކުރެވިފައި ބޮޑު ސްޓޭޖެއްގައެވެ. އަހަރެމެންނަށް އެތަނަށް ދެވުނުއިރު އެންމެ ފުރަތަމަ ލަވަ ފެށިގެން ކުރިއަށް ދަނީއެވެ. ކުޅިބަލާ މީހުންތައް ގިނަކަމުން ސްޓޭޖް ހުރި ހިސާބަށް ކައިރިވެވެން ވެސް ނެތެވެ.

“ދެން ވެސް ރީތިކޮށް ފެންނާނީ ތަންކޮޅެއް ދުރުގަ ތިބީމަ.”

ނަތާގެ ބަހަށް އަހަރެމެން ފަހަތަށް ޖެހެން ފެށީމެވެ. އަދި ތަންކޮޅެއް މީހުން މަދު ދިމާއެއްގައި ގޮސް ހުއްޓުނީމެވެ.

“އަދިކިރިޔާ ސާފު ވައިކޮޅެއް ވެސް ލިބޭވަރު މިވީ” ފުން ނޭވާއެއް ދޫކޮށްލަމުން އަހަރެން ވަށައިގެން ހޯދާ ބަލައިލީމެވެ. ވަކި މަޤުޞަދެއް އޮވެގެންނެއް ނޫނެވެ. އެކަމަކު ހަވީރު ފެނުނު ޒުވާނާ އަހަންނާ ވަރަށް ގާތުގައި ހުރިތަން ފެނުމުން ހަތަރެސްފައި ފިނިވެ، ނޭވާ އަވަސްވިއެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ހަމަ އެވަގުތު އޭނާ އަށް ވެސް އަހަރެން ފެނުނެވެ. އެކަމަކު އޭނާ ތެޅިގަތީ ހާސްވެގެން އުޅޭ މީހަކު ފަދައިންނެވެ. ހަވީރު އެ ބެލުމުގައި ހުރި ޝައުޤުވެރިކަމެއް މިފަހަރަކު ނެތެވެ. ގިނަ އިރުތަކެއް ނުވެ ސަބަބު އަހަންނަށް ވިސްނުނެވެ. އޭނާއާ ނުހަނު ގާތުގައި ހުރީ އޭނާގެ އަންހެނުން ނުވަތަ ލޯބިވެރިޔާއެވެ. އެ އަންހެން ކުއްޖާ އިރުއިރު ކޮޅުން އޭނާގެ އަތުގައި އޮޅުލައިގަނެއެވެ. އަދި ކަންފަތް ކައިރީގައި ސިއްރުން ކޮންމެ ވެސް އެއްޗެކޭ ބުނެލައެވެ. އެހެންކަމުން އަހަރެން ގަސްތުކުރީ އެ ދިމާއަށް ނުބެލުމަށެވެ. އެކަމަކު މިއުޒިކްގެ އަޑު ގަދަވެ، ކޮންމެ ލަވައެއްގެ އެންމެ ފޯރިގަދަވާ ވަގުތު އޭނާ ހުންނަނީ އަހަންނާ ދިމާއަށް ބަލަންކަން ފާހަގަ ކުރެވުމުން އަހަންނަށް ވެސް އެކަމަށް އިޖާބަދެވުނެވެ. ހަތަރުކަޅި ބައްދަލުވާ ކޮންމެ ވަގުތަކު ހިނިތުންވެވެން ފެށިއެވެ.

އެއީ ރީތި ޒުވާނެކެވެ. އާންމުކޮށް ފެންނަ ދިވެހި ފިރިހެނުންނަށް ވުރެ ހަމުގެ ކުލަ އަލިވެފައި، އިސްކޮޅުން ދިގެވެ. ކުރުކޮށް ކޮށާފައިވާ ތުނބުޅީގެ ސަބަބުން ފިރިހެން ވަންތަކަން އިތުރުކޮށްދެއެވެ. ހީނލާއިރު އެހުންނަ ހިތްގައިމު ގޮތަކުން އަހަރެންގެ ހިތަށް ކޮންމެވެސް ކަހަލަ އާދަޔާހިލާފު އަސަރެއް ކުރަމުން ދިޔައެވެ. ބުނެދޭކަށް ނޭނގެއެވެ. ބޭއިޚުތިޔާރުގައި ވެސް އެމޫނަށް ބެލެނީއެވެ. އެއީ ކާކު ހެއްޔެވެ؟ އޭނާގެ މަޤުޞަދަކީ ކޮބާ ހެއްޔެވެ؟ އަހަރެން ލައިގެން ހުރި ހެދުމަށް މަލާމާތް ކުރަނީ ހެއްޔެވެ؟ ނޫނެކެވެ. އެއީ މަލާމާތުގެ ބެލުމެއް ނޫނެވެ. ދެން ކީއްވެ ހެއްޔެވެ؟ އެއީ ރަނގަޅު މީހެއް ނަމަ ކައިރީގައި އަންހެނުން ބަހައްޓައިގެން އެގޮތަށް ހިލޭ އަންހެނަކާ ދިމާއަކަށް ނުބަލާނެއެވެ. އަހަރެންގެ ހިތަށް ފޫހިކަން ވެރިވިއެވެ. އެކަމަކު އެއީ ހިނދުކޮޅެއްގެ ކަމެކެވެ. އަނެއްކާ ވެސް ހިނިތުންވުންތައް ބަދަލުކުރަން ފެށީމެވެ. ގާތްގަނޑަކަށް ހަތަރުގަޑިއިރަށް ދެމިގެންދިޔަ ޝޯވ ނިމުނުއިރު ވެސް އަހަރެންގެ ދެފައި ވާޅެއްނުވެއެވެ. ވަރުބައްޔެއް ނުވެއެވެ. އަދިވެސް އެތަނުގައި ހުރެވޭނެނަމައޭ ހިތަށް އަރަމުން ދިޔައެވެ.

އެރޭ ނިދަން އޮށޯތުމުން ވެސް އަހަންނަކަށް ނުނިދުނެވެ. އެ ނުދަންނަ ޒުވާނާގެ ހިޔާލުތައް އަހަންނަށް އުނދަގޫ ކުރަނީއެވެ. އެއީ މީގެކުރިން ދުވަހަކު ވެސް ނުވާގޮތެކެވެ. ލޯމަރާލާއިރަށް ފެނަންނަނީ އޭނާގެ ރީތި މޫނުވެ. އެ ހިނިތުންވުމެވެ.

އެގޮތުގައި އެރޭ ފާއިތުވެގެން ދިޔައީއެވެ. ހެނދުނު އަހަންނަށް ހޭލެވުނީ ތަންކޮޅެއް ލަހުންނެވެ. ތިންވަނަ ޢީދު ދުވަހުގެ މެންދުރު ކުރީގައި އެއްވެސް ކުޅިވަރެއް ނެތެވެ. އެހެންކަމުން އަހަރެން ދިޔައީ މުނާމެންގެ ގެއާ މާދުރު ނޫން ހިސާބެއްގައި އޮތް ފެންގަނޑެއްގެ ކައިރިއަށެވެ. އެއީ މަދުން ނޫނީ ރާއްޖޭގެ އެއްވެސް ރަށަކުން ނުފެންނާނެހާ ހިތްގައިމު ކުޅިއެކެވެ. ކުޅީގެ ފެންގަނޑާއި، ކުޅިއާ ގުޅިފައިވާ ސަރަހައްދު ފެނުމުން ސިފަކުރެވެނީ ރީތި ތަސްވީރެކެވެ. ކުޅީގެ ވަށައިގެން ހެދިފައިވާ ފެހިކަންގަދަ ދިގު ވިނަތައް އަހަރެންގެ އުނަގަނޑުން މައްޗަށް އަރައެވެ. ވިނަގަނޑުތެރޭގައި މީހުން ހިނގަން އޮތް ހަނިމަގަކުން ގޮސް އަހަރެން ފެންގަނޑު ކައިރީގައި ހުއްޓުނީމެވެ. ފެންގަނޑުގެ އަނެއް ފަރާތުން ފެންނަނީ ބޮޑު ރުއްދަނޑެކެވެ. އެއީ ކިތަންމެ ގިނައިރު ބަލަން ހުއްޓަސް ބަލާފޫހިނުވާނެ މަންޒަރެކެވެ. މަޑުމަޑު ރޯޅިތަކާއެކު ފެންގަނޑަށް އަންނަ ލޮޅުންތަކާއި، ކުދިކުދި ދޫނިތައް އުދުހިފައި އުޅޭގޮތުން އަހަރެންގެ ހިތަށް ފިނިކަން ލިބެއެވެ.

“މިހާރު ހޯދާ ހޯދާ ވަރުބަލިވެއްޖެ! ކިހިނެއް އެނގޭނީ އެކަނި މިތަނަށް އަންނާނެ ކަމެއް؟” ނަތާގެ އަޑަށް އަހަރެން ސިހުނެވެ. އޭނާ ކައިރީގައި ނުބުނެ އައުމުން ހުރީ ކަންބޮޑުވެފައެވެ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shiff

Level 110 Stories

Other Articles

Previous

ދުރުވުމެއް ނޭދެމޭ…4

Next

މަޢާފް ކުރާށެވެ.

Next
November 25, 2018

މަޢާފް ކުރާށެވެ.

Previews
November 25, 2018

ދުރުވުމެއް ނޭދެމޭ…4

7 Comments!

  1. No one says:
    November 25, 2018 at 6:26 am

    Thakkolheh kuryyy…. Dhn faharakun dhigukolachey vaahaka

  2. go says:
    November 25, 2018 at 8:11 am

    Mih vaahaka varah varah hadih….

  3. Neel malik says:
    November 25, 2018 at 8:54 am

    Vaahaka goaheh noon. Ekam rangalhu kollan jehey thunkolhu tha ebahuritha. But ok vaane. Mistakes ves jeheyne. ey ehves kame noon

  4. ill says:
    November 25, 2018 at 9:22 am

    Shiff Dhatha haadha habare nuvey now. I really want to no the real name of you. Can I. Please. Vaahaka salhi. Beynun vanee vaahaka ge 3 part aa shiff Dhatha ge full name aa

  5. shiff says:
    November 25, 2018 at 10:27 am

    Haha…thanks for commenting..tommorror next part…

  6. shiff says:
    November 25, 2018 at 10:38 am

    ?❤alhugadhu real name adih igeaneh

  7. Miuthou says:
    November 25, 2018 at 4:39 pm

    Very nice sorty ???

Comments are closed.

Next Episodeލޯބި 3 ވަނަ ބައި←


All Right Reserved!