Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ލޯބިން ދެވިއްޖޭ 4

Ekujjaa Level 1
November 25, 2018 5 Mins Read
9 Comments

ސިންކު ހުރަސްކޮށް ފާހާނާއަށް ވަތް އައިޝާ އޭނާގެ ކަންފަތުގައި ފޯނު ޖައްސާ ބާރުކޮށްލިއެވެ. ގިނަ ދުވަސްތަަކަކަށްފަހު ޝަރީފްގެ ކޯލެއް ލިބުމުން އޭނާގެ ހިތް ތެޅުމުން ދިޔައީ އިންތިހާ ބާރުމިނުގައެވެ. މޭފަޅާފައި ނިކުންނަން އުޅޭހެން ހީވާ ފަހަރުވެސް މަދެއް ނޫނެވެ. “ހަލޯ..” ތުރުތުރު އަޅާއަޑަކުން އައިޝާ ގޮވާލިއެވެ. އެކޮޅުން ޝަރީފް ކަރުކެހިލި އަޑު އިވިގެން ދިޔައެވެ. “އައިޝާ ދޯ..ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން..” ޝަރީފްގެ އަޑު ދުވަސްތަކަކަށްފަހު އަޑުއިވުމުން އައިޝާގެ ހިތުގައި ފަސްދާނުލެވިފައިވާ ލޯބި އުތުރި އަރައިގަތް ކަހަލައެވެ. އެހެންނަމަވެސް އޭނާގެ އިޙްސާސްތަށް ކޮންޓްރޯލް ކުރުމަށް މިއަދު މަޖުބޫރެވެ. “މަގޭ ނަންބަރު ހޯދީ ކިހިނެތް..އަދި މަށަކަށް ހިޔެއް ނުވޭ މިހާރު އަހަރުމެން ދެމީހުން ދައްކަން ޖެހޭނެހާ ބޮޑު ވާހަކައެއް އޮންނާނެހެންނެއް..” އަނގަމަތީގައި އެއް އަތް އަޅައިގެން އައިޝާ ވާހާކަދައްކީ ފާހާނާއިން ބޭރަށް އޭނާގެ އަޑު ފޯރަފާނެތީއެވެ.

” އެކެއް ދޭއް ތިނަކަށް ގުޅައިގެން ތި އޮފީހުގެ ނަންބަރު ހޯދައިގެން ތި އޮފީހުގެ ފަރާތުން އައިޝާގެ ނަންބަރު ލިބުނީ..މިހާ ބުރަ މަސަތްކަތެއް ކޮށްފަ އައިޝާޔަށް މި ގުޅީ ދައްކަން އޮތް ވާހަކައިގެ މުހިންމު ކަމުން.” ކުރިއާ ޙިލާފަށް ޝަރީފުގެ އަޑުގައި މަޑުމައިތިރިގޮތެއް ހުއްޓެވެ. “ކިޔާބަލަ..” އައިޝާގެ ޖަވާުބު ވަރަށް ކުރެވެ. ކިތަންމެ ޝަކުވާއެއް ކުރަން ބޭނުންވިޔަސް އޭނާއަށް އެ ހިތްވަރެއް ނުލިބުނެވެ. “މަގޭ އަންހެނުންނަށް އާލިމްގެ ވާހަކަޔާ އަހަރުމެން ދެމީހުންގެ ދެމެދު އޮތް ގުޅުމުގެ ވާހަކަ ކިޔައިދީފިން..” ފުން ނޭވާއެއް ދޫކޮށްލަމުން ޝަރީފު ބުނެލިއެވެ. “މަށަށް ވަރިހަމަ ބުންޏަސް..” އައިޝާގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބުނެވެ. “އޭނާ ބުނީ އާލިމްއާ ބައްދަލުކޮށްލަން ބޭނުމޯ..” ޝަރީފުގެ ވާހަކައިން އައިޝާގެ ހިތް ނުތަނަވަސްވިއެވެ. އާލިމްއާ ދުރުވާން ޖެހިދާނެތީއެވެ. “ބައްދަލުކޮށްލަން އެކަނި ވިއްޔާ އޯކޭ..އެކަމަކު އާލިމްއަކަށް ނޭނގޭނެ ތީ އޭނާގެ ބައްޕަކަމެއް..” އައިޝާ ބުންޏެވެ.

“މަ ބޭނުން އާލިމްއަށް ކިޔަދޭން މަމީ އޭނާގެ ބައްޕަކަން އެސޮރުވެސް މިހާރު އެހެރީ ހެޔޮ ނުބައި ވިސްނޭވަރަށް ބޮޑުވެފައެއްނު..” ޝަރީފް އޭނާގެ ހިތުގެ އެދުން ހާމަކޮށްލީ ފަސްޖެހުމެއްނެތިއެވެ. “އެހެންވީމާ މިއަދު މެންދުރު އެސޮރު ބަލައި މަ ދާނަން ތިގޭ ދޮށަށް..” އައިޝާގެ އާބަހާއެކު ގޭގެ އެޑްރެސް ލިބުމުން އުފަލުން ހުރެ ޝަރީފް ފޯނު ކަނޑާލިއެވެ.

ހިތް ނުަތަނަވަސް ވެފައި ހުރި އައިޝާ ފާހާނާއިން ނިކުތް އިރު އޭނާއަށް ހައިރާން ކަމެއް ލިބުނީ ލޯގަނޑު ކުރިމަތީގައި އިސްތަށިގަނޑު ރީތިކުރަން ހުރި އާލިމް ފެނުމުންނެވެ. “ކައި ނިމުނީ..” އައިޝާގެ ސުވާލަށް ބޯޖަހާލުން ފިޔަވައި އިތުރުކަމެއް އާލިމް ނުކުރެއެވެ. އަތް ދޮވެލުމަށްފަހު ކައުންޓަރަށް ލާރިދައްކާ ނިމުމުން ސިޓްރަން އިން ނިކުންނަށް ދެމައިން ހިނގައިގަތެވެ. އެދެމެދަށް ވެރިވެފައިވަނީ ހިމޭންކަމެވެ.

“އަމްމް..މިއަދު މެންދުުރު އާލިމް އެބަޖެހޭ މީހަކާއެކީ ތަނަކަށް ދާން..އޯކޭތަ،..” ހިމޭންކަން ފޫއަޅުވާލަމުން އައިޝާ އެއްސެވެ. “ކާކާއެކީ މަންމަ ނުދަންތަ..” އާލިމްވެސް ކޮށްލީ ސުވާލެކެވެ. “އާން މަންމަ ނުދަން..ހާސްނުވޭ ފިރިހެނަކާއެކީ އޭނާގެ ގެއަށް ގޮސްލަންވީ..އެއީ ދަރިފުޅަށް ދެރައެއް ދޭން އުޅޭ މީހެއް ނޫން..” އައިޝާ މަސަތްކަތް ކުރީ އާލިމް ހިތްހަމަ ޖައްސައިދެވޭތޯއެވެ. ކިޔަމަންތެރިކަމާއެކު އާލިމްވެސް ބޯޖަހާލިއެވެ. ވާން އުޅޭ ގޮތް ނޭނގޭ ހާލު އާލިމްގެ ހިތުގައި ވަނީ ބިރުވެރިކަން އުފެދިފައެވެ. ނަމަވެސް އޭނާގެ މަންމައަށް ކުރާ އިތުބާރެއްގެ ބޮޑުކަމުން އޭނާ އެއްބަސްވީޢެވެ.

މާލޭގެ ކާރު ބާރު ބޮޑުވެފައިވާ މަގުތަކުގައި ހިނގާފައި ދިޔަ ދެމައިންގެ ހިމޭންކަން ދެވަނަ ފަހަރަށް ފޫއަޅުވާލީ އާލިމްގެ ފޯނު ރިންގް ޓޯނެވެ. ސްކުރީނަށް އަރާފައި އިން ނަން ފެނުމުން އޭނާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ހިނިގަނޑެއް ޖަހާލަމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ. “އޭ ބުރޯ..” އުފަލުން ފޮޅިފައިވާ ޔަމާންގެ އަޑު ކަންފަތުގައި ޖެހުމުން އޭނާއަށްވެސް ހިނިތުންވެވުނެވެ. “ކީއްވީ..ކަލޯ ދެޢީދު އެއްފަހަރާ ލައިގަތީތަ..” އާލިމްވެސް މަޖާ ރާގެއްގައި ބުނެލިއެވެ. “އޭ ތިއްތި މިސް ވައިބަރ ގްރޫޕަށް އައީ.އޭނާގެ ނަމް މަ ސޭވްކޮށްފިން..” ޔަމާން ބުނެލި ވާހަކައިން އާލިމްގެ ހިތުގައިވާ ޝައްކު ޔަގީނަށް ބަދަލުވިއެވެ. “ކޮން ތިއްތި މިސްއެއް..އެއީ ސުންހާ މިސްއެއް ނޫންތަ..” ނޭނގޭ ކަމަށް ހަދާލަމުން އާލިމް އެއްސެވެ. އެކުވެރިޔާގެ ފަރާތުން މިފަދަ އުޅުމެން ފެންނަ ފުރަތަމަ ފަހަރުކަމުން އޭނާ ހުރީ ހިސާބަކަށް މަޖާވެފައެވެ. “އޭ އާން ސުންހާމިސް..ހިއްހިއް މަ ލޯބިން ކީ އެއްޗެއް ތިއްތި މިސްއަކީ ޔޫ ނޯ އޭނަ ވަރަށް ތިއްތި އެއްނު..” އުޅެވުނު ގޮތުން ލަދުގަނެފައި ޔަމާން ބުނެލިއެވެ. އޭނާގެ އަޑު ކުރިންފަހަރަށް ވުރެ މަޑެވެ. “އޭހް ކައެ ލައިކުވޭ ދޯ..ތެދަށް ބުނެބެ މަ އެއްވެސް މިހަކަށް ނުފަތުރާނަމޭ..” އާލިމް ކޮށްލީ އޭނާގެ ހިތުގައި އިއްޔެއިން ފެށިގެން ކޮއްޓަމުން ދިޔަ ސުވާލެވެ.

އާލިމްއަށް ބަސްޓުވީކަން އެނގުމުން ޔަމާން ހުތްވިއެވެ. “އާން ފަސްޓް ސައިޓް ދެން..އައި ތިންކް ލައިކް ކަންނޭނގޭ ނޮޓް ލަވް އަދި..” އެއްބަސްވުން ނޫނގޮތެއް ޔަމާންއަކަށް ނެތުނީއެވެ އެކުވެރިޔާއަށް އިތުބާރުކުރަމުން އޭނާގެ ހިތުގެ ހާލު ދުލުން ބަޔާންކޮށްދިނެވެ. “ފަސްޓް ސައިޓް ލަވް އޭ ކިޔާބަލަ…ތިހިރީ ރަނގަޅަށްވެސް ހިތާވެފަ ކަލޯ…ސެޓު ވެއްޖެއްޔާ ކޮފީދޭން ވާނެ އިނގޭ.” ލާނެއް ގޮތަަކަށް އެކުވެރިޔާގެ އުފަލުގައި ބައިވެރިވެލަމުން އާލިމް ބުންޏެވެ. ޔަމާންއަށް ޖެއްސުން ކޮށްލާނެ ގޮތެއް އޭނާއަށްވެސް ލިބުނީތާއެވެ. “އެކަމަކު އެއީ މަގޭ ޓީޗަރޭ މީހުން ބުނާނީ ކީކޭ..އޭނަ މަށަށްވުރެ ދެއަހަރު ބޮޑޭ..” ޔަމާންގެ ކަންބޮޑުވުން އޭނާ ހާމަކޮށްލިއެވެ. “އެ މައްސަލައެއް ނޫނޭ..ލޯބިވަންޏާ ހޫ ކެއާރސް..އެހެންނޫނަސް މަށަށްވެސް ހީވޭ އޭނަ ކަލެއާ ގަޔާވާހެން..އައިއްޓެ ބުނިގޮތަށް އެހެން މީހުންނާ ވާހަކަދައްކާއިރު ސުންހާ މިސް ގެ މޫނަށް ނުވާގޮތްތެއް ކަލޭއާ ވާހަކަދައްކާއިރުވޭ މި ބުނީ މޫނު ޓޮމާރޓޯއަކަށްވޭ” ޖެއްސުންކުރަމުން ނަމަވެސް އާލިމް މަަސަތްކަތް ކުރީ ޔަމާންގެ ވިސްނުން ބަދަލުކޮށްލެވޭތޯއެވެ. އާލިމްގެ ވާހަކަ ތަކާ އެއްބަސް ވަމުން ޔަމާން ފޯނު ކަނޑާލީ ޑީލްއެއް ހަދަމުންނެވެ.

ފޯނު ޖީބަށް ލަމުން އާލިމް އޭނާގެ ކަނާތްފަރާތަށް ބަލާލިއެވެ. އެއްބުމަ އަރުވާލައިގެން މަންމަ ބަލަހައްޓައިގެން ހުރިތަން ފެނުމުން އޭނާ ހިނިގަނޑެއް ޖަހާލިއެވެ. “އެއުޅޭ ޔަމާން އެންމެ ދުަވަހެއްގެ ތެރޭ މީހަކާ ހިތާވެގެން މޮޔައެެއްހެން ދީވާނާ ވަނީ..” އާލިމް އޭނާގެ މަންމަޔާ ހިއްސާކޮށްލިއެވެ. އައިޝާވެސް ޖަހާލީ ހިނިގަނޑެކެވެ. “ކޮބާތަ އައިކުއާ ޝިމާޒާ ހާދަ ނުފެނެޔޭ..” އައިޝާ އެއްސެވެ. “އައިކު އޭނާގެ ބިޓާ ދުވާލު ދެދަޅަޔަށް މައްސަލަ ޖެހޭތީ ވަރަށް ސިކުވެފަ ހުންނަނީ..ދެން ޝިމާޒު އުޅެނީ އޭނަ ބިޓާ ދުރަށް ނުދެވިގެން..” އެދެމީހުންގެ ހާލަތަ އާލިމް އޮޅުންފިލުވައިދިނެވެ. “ދެން ކޮބާތަ އައިރާ..” މަންމަގެ ވާހަކައިން އާލިމްގެ ދެލޯ ބޮޑުވިއެވެ. މޫނުމައްޗަށް ލަދުވެތިކަމުގެ ކުލަވަރު ވެރިވިއެވެ. “އޭނަ ވިލިނގިއްޔަށް ބަދަލުވީމަ ވަރަށް ދިމާނުވޭ އެކަމު ފޯނުން ވާހަކަދައްކަން..” އައިރާގެ ހިޔާލުތަށް ސިކުނޑީގައި ވަކިހިއްޕާލުމުން އާލިމްގެ ތުންފަތްމަތީ ހިނިތުންވުމެއް ކުޅެލިއެވެ.

*** ** *** ** ***

މެންދުރު ގެ އަވިގަދަ ވަގުތެވެ. މެދު އުޑުގައި އިރު ރަސްކަން ކުރަމުން ދިޔައީ މުޅި ފަޒާއޭގެ އެންމެ ގަދަ އަލިން އަލިކޮށް ހޫނުކޮށްދެމުންނެވެ. ބިޔަބޯ ބޮޑެތި ގަސްތަކުގެ ފަތްތަކު ތެރެއިންވެސް އެއަލި ފުރޭނެމުން ދިޔައެވެ. މާލޭގެ މަގުތަށް އަމާންކޮށް ފެންނަނީ ހުކުރު ވަގުތުކަމުންނެވެ. އަންހެންވެެރިން ގޭގޭގައި ކައްކާ ވަހުން އެކަނިވެސް ބަނޑު ފުރިގެންދާވަރުވެއެވެ. މިސްކިތް ހުރި ކޮންމެ މަގެއްގައިވެސް ޙުތުބާގެ އަޑު ގުގުމާލިއެވެ. ހުކުރު ނަމާދުގެ ގަމަތުގެ އަޑު އިވިގެން ދިޔައީ ރާއްޖެގަޑިން އެކެއް ޖެހިއިރުއެވެ. ނަމާދު ނިންމުމާއެކު މިސްކިތުން ފިރިހެންވެރިން ފައިބަން ފެށިއެވެ. ރާއްޖޭގައި އޮތް އަޙްވަންތަކަމާއި އެއްބައިވަންތަކަން ދައްކުވައިދޭ ހަރަކާތްތަށް ފެންނަމުން ދިޔެވެ.

އެއް ސަފެއްގައި މިސްކިތުން ފައިބައިގެން އައި ހުދުގަމީހުގައި ތިބި ޒުވާން ހަތަރު ފިރިހެންކުދިންނެވެ. އަތުގައި މުސައްލައެއް އޮތެވެ. ޕޭވްމަންޓްމަތިން ހިނގާފައިދިޔައިރުވެސް އައިކް، ޝިމާޒް، އާލިމް އަދި ޔަމާންއާ ދެމެދު ތަފާތު ވާހަކަތައް ދެކެވެމުންދިޔައެވެ. “އޭ މަގޭ މަންމަ ބުނީ ތިމީހުން ގޮވައިން ކާން އަންނާށޯ..” ޝިމާޒު ބުނެލިއެވެ. އައިކްއާއި ޔަމާން އެއްބަސްވިކަމުގައިވިޔަސް އާލިމްގެ ފަރާތުން ލިބުނީ ތަފާތު ޖަވާބެެކެވެ. “މަގޭ މަންމަ ބުނެގެން އެބަޖެހޭ މީހަކާއެކީ ގެޔަކަށް ޖައްސާލަން..” ބޯކަހާލަމުން އޭނާ ބުނެލިއެވެ. “މީހަކާއެކީގައޭ..ކާކުބާ..” ޔަމާން އޭނާގެ ކޮނޑުގައި އަތް އަޅުވާލިއެވެ. “އާން ނޭނގޭ މަށަކަށް ކާކުކަމެއް އެކަމު މަންމަ ބުނީ އޭނަ މަ ބަލައިއައީމަ ގޮސްލާށޯ..” ދެކޮނޑު އަރުވާލަމުން އާލިމް ބުނެލިއެވެ. އެންމެންވެސް އޭނާއަށް އެއްބާރުލުން ދިނުމުން އެހެން އެންމެންނާ ތަފާތު މިސްރާބަކަށް އޭނާ ހިނގައިގަތެވެ.

ގޭ ދޮރުމައްޗަށް ގޮސް ހުއްޓިލި އާލިމްގެ ލޮލުގައި އަޅައިގަތީ އޭނާގެ އިންތިޒާރުގައި ހުރި މަންމަ އައިޝާއެވެ. މަންމަގެ ކުރިމަތީގައި ކަޅު ކުލައިގެ ޕްރައިވެޓް ކާރެއް އޮތެއް. ހިތުގައި އެތަކެއް ސުވާލެއް އުފެދިފައިވީނަމަވެސް ދުލުން ބޭރު ނުކޮށް އާލިމް އިޙްތިޔާރުކޮށްލީ މަންމައަށް ނިއްއަރުވާލުމެވެ. “ދަރިފުޅު ބަލައިއައިސް..އަވަހަށް ދޭ..” އައިޝާޔަށް ވުރެ އެއްފޫޓު ދިގު އާލިމްގެ ކޮނޑުގައި ހިފައި އޭނާ ގަޔާ ކައިރިކޮށްލިއެވެ. ހިތުގައި އުތުރި އަރަމުން ދިޔައ އިޙްސާސްތަކުގެ މައްޗަށް ބާރު ފޯރުވަމުން އާލިމްގެ ނިއްކުރީގައި އޭނާ ބޮސްދިނެވެ. އެ ދަރިފުޅާ ވަކިވެދާންޖެހިދާނެކަމުގެ ބިރު ހިތުގައި އުފެދިފައިވަނީ އިންތިހާއަށެވެ.

މަންމަގެ ހަރަކާތްތަށް ހުރި އާދަޔާޙިލާފް ގޮތުގެ ސަބަބުން އާލިމްގެ ދެބޮމަ ގޮށްޖެހުނެވެ. ސަބަބެއް ނެތި މަންމަ އެހެން ކަންތަށް ނުކުރޭނެޔޭ އޭނާ ހިތަށް އެރިއެވެ. “ކިހިނެތް މިވަނީ މަންމާ..ކޮންތާކަށް މަ ފޮނުވަނީ ތި..” އާލިމްގެ ސުވާލަށް އައިޝާ ޖަވާބުދިނުމުގެ ކުރިން ފަހަތުގައި އޮތް ކާރު ތެރެއިން އިވުނު އަޑުގެ ސަބަބުން އާލިމް ފަސް އެނބުރި ބަލާލިއެވެ. “އެހާ ގިނައިރެއް ނުވާނެ..” އާލިމްގެ ދެބުމަ ގޮށްޖެހުނެވެ. އެހެންނަމަވެސް މަންމަގެ އަތުން ދޫކޮށްލަމުން އޭނާ ކާރަށް އެރިއެވެ. ނަމަވެސް އޭނާގެ މޫނުމަތީ ކުލަވަރަކަށް ބަދަލެއް ނާދެއެވެ. ޑްރައިވަރ ސީޓުގައި އިން ފިރިހެންމީހާޔާ އޭނާޔާ ވައްތަރުގޮތެއް ހުއްޓޭ އާލިމް ހިތަށްއެރިއެވެ. އެއީ އޭނާޔާ ކޮންމެވެސް ގުޅުމެއް އޮންނަ މީހެއްކަމަށް އެހިތް ބުނަމުން ދިޔައެވެ.

ބާރު ސްޕީޑެއްގައި ކާރު ދުއްވާލިއެވެ. މަންޒިލަށް ވާސިލްވެވެދެން މުޅި ކާރުތެރެއަށް ފެތުރިފައިވަނީ ހިމޭންކަމެވެ. ކަޅު ކުލައިގެ ޕްރައިވެޓް ކާރު މަޑުކޮށްލީ ނޫކުލައިގެ ބިލްޑިން އެއް ކުރިމައްޗަށެވެ. “އަޅުގަނޑަކީ ޝަރީފް…” ކާރުން ފޭބުމަށްފަހު އެ ނުދަންނަ ފިރިހެންމީހާ ބުނެލިއެވެ. އޭނާ ދިއްކޮށްލި ސަލާމުގެ އަތުގައި އާލިމް ހިފާލީ ބޯޖަހާލަމުންނެވެ. “އަޅުގަނޑު މިތަނަށް ގެނައީ ކީއްކުރަންތޯ..” ނުތަނަވަސްވެފައިވާ އާލިމް ބުނެލިއެވެ. “ތިއެއް އިނގޭނީ މިގެއަށް ވަނީމައެއްނު..” ހިނިތުންވެލަމުން އެފިރިހެން މީހާ ކުރީގައި ހުރެ ހިނގައިގަތެވެ.

ލިފްޓަށް އެރި ޝަރީފްގެ ހިތުގައި ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ވިއެވެ. ފަނަރަ އަހަރަށްފަހު ދަރިފުޅާ ބައްދަލުވުމުން އޭނާ ހުރީ ނިކަން އުފަލުންނެވެ. ކިތަންމެ ބޮޑުވެފައި ހުއްޓަސް އެ ދަރިފުޅު ގައިގައި ބައްދާލާ މި ފަނަރަ އަހަރު ނުދެވުނު ލޯބި ދޭ ހިތްވިއެވެ. ލިފްޓުން ފޭބުމަށްފަހު ޝާރީފްގެ ފިޔަވަޅުތަކާ އެއްވަރަށް ހިނގަމުން ދިޔަ އާލިމްއަށް ވަދެވުނީ ބޮޑު އެޕާރޓްމަންޓަކަށެވެ. ހަތަރެސްކަނުންވެސް ފެންނަމުން ދިޔައީ ޝާހީ ކަމެވެ.

“އަޝްފާ އަޝްފާ..މިހިރީ އެސޮރު..” ޝަރީފްގެ އަޑަށް ބަދިގެ ތެރެއަށް ނިކުތް އަންހެން މީހާއަށް ބަލަހައްޓައިގެން އާލިމްއަށް ހުރެވުނީއެެވެ. “މީ ދޯ ކަލެޔާ އެ އައިޝާއަކާ ހޭވި ހަޑީގެ އަސްލަކީ..” ފުރަތަމަވެސް އަޝްފާ ބެހިގަތީ އައިޝާޔާއެވެ. ހިތަށް އައިހައި ހުތުރު އެއްޗެއް އޭނާ ގޮވަން ފެށިއެވެ. އާލިމްގެ ލޭ ކެކިގަތް ފަދައެވެ. އޭނާގެ މަންމަޔާ ދިމާލަށް އެފަދަ އެއްޗެއް މީހަކު ބުނުމުގެ ކުރިން އޭނާގެ ކަންފަތް ބީރުވީނަމައޭ ހިތަށް އެރިއެވެ. “އޭ މައިތިރި އަރާ ހަމަ ތިހެން ހުރެފަ ކުށެއް ނުކުރާ މީހަކާ ނުބެހެވޭނެ ދޯ..ހާދަ ހަޔާތްކުޑައޭ..” އާލިމްވެސް ހަޅޭއްލަވައިގަތެވެ. “އައްޗި ކަލެއެއްނޫންތަ ހަޔާތްކުޑައީ ބޮޑެތި މީހުންނަށް އިޙްތިރާމު ކުރަން ނޭނގެނީތަ..ކަލޭ މަންމަވެސް ހަމަ ދިފާޑު ކަންނޭނގެ..މަށާ މަގޭ ފިރިޔާ ދޭތެރެއަށް ވަތް ބޮޑު***” އަޝްފާގެ ވާހަކަ ނިމުމާއެކު އޭނާގެ މޫނުމައްޗަށް އަރައިން ދިޔައީ އާލިމް އަތުގެ ހޫނު ހަމަލާއެކެވެ. “އޭ ދެމީހުން ހަމަޖެހިބަލަ..” ޝަރީފް މަސަތްކަތް ކުރީ އެދެމީހުން ހަމައަކަށް އެޅުވޭތޯއެވެ. “ކަލޭ ކިޔާދީބަލަ..މަގޭ މަންމަޔާ ދެމީހުން ގަތީ ކޮންގަނޑެއް..” މަދުން ނޫނީ ނުފެންނަ އާލިމްގެ ރުޅިވެރި މޫނު ކަޝްފްވެގެން ދިޔައެވެ. “ޖަވާބު ދާރީވާށޭ..ކަމެއް ނުކުރަނޭހެއް މަގޭ މަންމަގެ ބޮލުގަ އެވަރު އިލްޒާމެއް މިހިރަ އަންހެނާ ނާޅުވާނެ ދޯ..” ޝަރީފްގެ ފަރާތުން ޖަވާބެއް ނުލިބުމުން އަޝްފާއަށް އިޝާރާތްކުރަމުން އާލިމް އަނެއްކާވެސް ސުވާލުކޮށްލިއެވެ. އެއާއެކު ޝަރީފް ފަހަރަކު މީހެއްގެ މޫނަށް ބަލާލިއެވެ.

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ekujjaa

Level 1

Other Articles

Previous

މާފްކުރާށޭ ކަލާ 18

Next

ދުރުވުމެއް ނޭދެމޭ…4

Next
November 25, 2018

ދުރުވުމެއް ނޭދެމޭ…4

Previews
November 25, 2018

މާފްކުރާށޭ ކަލާ 18

9 Comments!

  1. Ekujjaa says:
    November 25, 2018 at 9:54 am

    Hi everyone it’s a little late ik?? but hurihaa kudhinahves mi part kamudhaane kamah ?❤????ummedhukuran ?? I actually wrote 2,0000 words in this part ??but unfortunately internet kendi kendigen libuneema 1,000 something save veee ?? i was trynna bring a long part..insha allah next part miadhu upkohlaanan??? and there’ll be a surprise in the next part ??? love you all ??? and I can’t thank you enough for the support ❤❤❤❤❤I’ll be replying to all comments ??????

  2. Kudoo says:
    November 25, 2018 at 12:36 pm

    Alhey next part avahah up kohdhybala

    1. Ekujjaa says:
      November 25, 2018 at 2:18 pm

      E part dlt vegn miulhenyy but I’m trying my best to re write ?????

  3. R@! says:
    November 25, 2018 at 12:53 pm

    Woww.surprice ga kihineih baa vaany..

    1. Ekujjaa says:
      November 25, 2018 at 2:21 pm

      Thanks..Expect high dear ?????

  4. bangtan lover says:
    November 25, 2018 at 3:39 pm

    vvv reethi. ,,,next part avahah upkohdheythiii plxxxxxxxxxxxxxx

    1. Ekujjaa says:
      November 26, 2018 at 10:29 am

      Alheyyyyyy thank you A.R.M.Y mate ❤❤❤?? yes I will insha allah ?????

  5. @AL@A says:
    November 25, 2018 at 7:17 pm

    Aley pls do something to that meehaagandu and man check my mis thah and can u write the other part for M e man ok ☺☺☺

    1. Ekujjaa says:
      November 26, 2018 at 10:27 am

      Yeah I will do something to the meehaagandu ??? lol but I need to clear ur misunderstanding..I have no idea who you’re or no idea bout what ya talkin bout ??????And I’m not a male ???

Comments are closed.

Next Episodeހިތް ލޯބިން ދެވިއްޖޭ 5←


All Right Reserved!