މަންމަ ގަބޫލް ނުވާ މައިގަނޑު ސަބަބަކީ އިނާލް ގެ އާއިލާ ވެސް ގަބޫލް ނުވާތީކަން އެނގުނަސް އެ ވާހަކަ އެވަގުތު އީނާލް ގާތު ބުނާކަށް ޒައިން ގަސްތެއް ނުކުރިއެވެ. ފަހަތަށް ދެ ތިން ފިޔަވަޅު އަޅާލުމަށް ފަހު އީނާލް ދުވެފައި ދިޔަ ތަން ބަލަން ޒައިން އަށް ފެނުނީ ކަރުނައިގެ ސަބުން ފުސްކޮށެވެ. އޭނާ އީނާލް ގޮސް ލޯ މަތިން ގެއްލެން ދެން ހުއްޓެވެ. އީނާލް ގެއްލުމާއެކު އޭނާ އަނެއްފަރާތަށް އެނބުރުނެވެ. “އީން އައި އެމް ސޮރީ” […]
ދެންމެ އިވިގެންދިޔަ އަޑުތަކުގެ ސަބަބުން ހުއްޓުން އަރައިފައި ހުރި ދާނިޔަލްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ބުނާނެ އެއްޗެއް ސިކުނޑިއަށް އެވަގުތު ނުވެސް އައީއެވެ. އާލާ އެހާ ފުނަށް އެ މައްސަލައިގައި ފީނަފާނެކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. އާލާގެ ތޫނުފިލިކަމާމެދު ދާނިޔަލްއަށް ޝައްކެއް ކުރާނެ ޖާގައެއް ހަމަގައިމުވެސް މިއަދު އާލާ ނުދެއެވެ. ފާޑަކަށް ގަބުވެފައި ހުރި ދާނިޔަލްއަށް ކުރެވުނު ކަމަކީ ވަކި ވަކިން އެންމެންގެ މޫނުމައްޗަށް ނަޒަރު ހުއްތާލުމެވެ. ޝަޒިއްޔާ އާއި މަނިކުގެ މޫނުމަތިން ފިޔަވައި އެންމެންގެ މޫނުމަތިންވެސް […]
ދުވަސްތައް އެގޮތުގައި ފާއިތުވަމުން ދެއެވެ. އާލާ ހޯދުމަށް ވިޝާލް ކުރަމުންދިޔަ މަސައްކަތަކަށް އެއްވެސް ކުރިއެރުމެއް ނުލިބެއެވެ. އާލާ ފެންނާނެ ދުވަހަކަށް އިންތިޒާރުކުރަމުންދިޔައީ ކޮންމެވެސް ދުވަހަކުން އާލާ ފެންނާނެއޭ އޭނާގެ ހިތް ބުނާތީއެވެ. އަނެއްކޮޅުން އައިފާ މަސައްކަތް ކުރަމުންދިޔައީ އާރާ އާއި ޝާއިމް ދުރުކުރުމަށެވެ. އާރާ ފެނުނަސް އައިފާ ގާތަށް އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. އެނބުރެމުން ދިޔަ ފަންކާއަށް ބަލަން އޮތް އައިފާ ސިކުނޑިއަށް އެކި ހިޔާލުތައް ވަދެ ނިކުމެ ހަދަމުން ދިޔައެވެ. ޝާއިމް އޭނާގެ މީހަކަށް […]
އަތުގައި އޮތް ކޮތަޅުވެސް މަލަކާއަށް އަތުގެ ކޮޅަށް ހޫރާލެވުނީ ލިބުނު ހިތްދަތިކަމާއި ރުޅީގައެވެ. އޭނައާއި ހިނިތުންވެލާފައި ވާހަކަ ނުދައްކާއިރު އެހެން އަންހެނަކާ ވާހަކަ ދައްކަމުން އެދިޔައީ ދަތްޕިލަ އަތްމަައްޗަށް ނަގައިގެންނެވެ. މަލަކާގެ ހިތަށް އައިހާ އެއްޗެއް ކިޔަން ބޭނުން ވިޔަސް ދުލާއި ހަމައަށް ފޯރާ ގޮތެއް ނުވިއެވެ. މަލަކާގެ ހިތުގެ އުދާސްތައް އަޑުއަހާނެ އެއްވެސް ކަންފަތެއް ނެތެވެ. މީހުންގެ ލޯތައް މަލަކާއަށް އަމާޒުވެފައި ހުރި ކަމުގައި ވިޔަސް މަލަކާގެ ލޮލުން ފައިބަމުންދާ ކަރުނަތައް ހުއްޓުވާކަށް މަލަކާ މަސައްކަތެއް […]
އެވަގުތު ޒިޔަލް ހޭލައިގެން ރޮއެގަތެވެ. ނިދިފައި އޮތް ޒާޔާއަށް ހޭލެވުނީ ވެސް އެވަގުތުއެވެ. އަދި ޒާޔާއަށް ނިދުނުތާ މާގިނަ އިރުތަކެއްނުވެއެވެ. އެހެންވެ ޒާޔާގެ ބޮލަށް ހުރީ ފާޑަކަށް އެނބުރުން އަރާފައެވެ. ކައިރީގައި ހުރި ބުއްފުޅި ނަގާ ޒިޔަލްގެ ތުބުގައި ޖެއްސީ ރާއިދުއެވެ. ޒާޔާއަށް ކަމެއް ވާނީ ޒާޔާގެ ދެލޯ ހުޅުވިގެން ނޫން ހެއްޔެވެ؟ ރާއިދު ކޮޓަރި ތެރޭގައި ހުރި ކަމެއްވެސް ޒާޔާއަށް ރޭކާނުލައެވެ. އަނެއްކާވެސް އަރާމު ނިދީގެ ތެރެއަށް ޒާޔާ ގެބިގެން ދިޔައީއެވެ. ސިގެރެޓަކަށްފަހު ސިގެރެޓެއް ހުލިވަމުން […]
“ހުއް..ނުލިބުނޭ އެ ހަވާދު ދަޅެއް.” ގޭދޮރު ހުޅުވާލި ސުންހާ އޭނާގެ އަމިއްލަ ނަފްސަށްވެސް ކުދިކިޔަމުން ދިޔައެވެ. ގޭތެރެއަށް ހިނގާލި ފުރަތަމަ ނަޒަރާއެކު އޭނާގެ ދެލޯ ކުޑަވވިއެވެ. ގޭތެރޭގައި ހިނގަމުންދިޔަ އާދަޔާޙިލާފު ކުޅިގަނޑު ބަލާލަން ޝައުގުވެރިވިއެވެ. އެހެންކަމުން ދޮރު ކައިރކޮށްލަމުން ދޮރު ފުރަގަހުގައި ނިވާވެލިއެވެ. އެއްވެސް މީހަކަށް އޭނާ ނުފެނުނުކަންވެސް ނަސީބެކެވެ. ހިތް ނުތަނަވަސްވެފައިވާ ހާލުވެސް ޝަރީފް އޭނާގެ ވާހަކަ ފަށައިގަތެވެ. “އެއީ މީގެ ސޯޅަ އަހަރު ކުރި މަ އޮފީސް ދަތުރެއްގަ ދިޔައީ އައިޝާގެ ރަށަށް އަހަރެން […]
އިސްމާޢިލް ޢަލީ ކަނދޮޅުދޫ މުޙައްމަދު ހެނީއެވެ.މޫނުބަލާ ލޯގަނޑު ބަލަހައްޓައިގެން ހުރެ އެތަކެއް ފަހަރު މިގޮތަށް ހުނުނެވެ.އަންހެނުންނެތް ދަނޑިވަޅެއްގައި އެހިތާމަ ގޭގައި ގެންގުޅޭ ކުއްޖަކު ފިލުވާލަ ދިނީތިއެވެ. ކައިވެނީގެ ޙަޔާތައް ހަތް އަހަރު ވެފައިވާއިރު އަދި މިވަރުގެ އުފަލެއް ނުލިބެއެވެ.އެކުއްޖާގެ އޯގާތެރިކަމުގެ ނިޝާންތައް މުޅިގައިގެ އެތައް މިތަނުގައި ވެއެވެ.އެ ނިޝާންތައް ފެނުމުން ހިތަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބިގެންދެއެވެ. ހަމައެއާއިއެކު ހިތަށް ވަރަށް ބޮޑު ނުތަނަވަސް ކަމެއް ވެރިކުރުވައެވެ. މާދަމާ އަންހެނުން އެނބުރި ރާއްޖެ އަންނަނީއެވެ. އައުމާއި އެކު […]
“މިއީ ދެން މާ ދުރެއްވެސް ނޫނެއްނު؟” އަހަރެން ހިނިތުންވެލީމެވެ. “މިއަދު ކޮބާތަ ލައި؟” “ދެންމެ ގުޅާފަ ބުނީ ނެތޭ މިއަދު މިކޮޅަށް އާދެވޭކަށް. އެގެއަށް ބީރައްޓެހި ބަޔަކު އައިސްގެން އުޅޭތީ” ލައިޝާ އުޅެނީ ރަށުގެ އަނެއް އަވަށުގައި ހުންނަ ގެއެއްގައެވެ. މެންދުރުގަޑީގައި ހިނގާފައި ދާން ޖެހިއްޖެނަމަ އެއީ ވަރަށް ދުރެވެ. “އަދި ބުނި ހަވީރު އެގެއަށް ސައިބޯން އަންނާށޭ ވެސް!” ނަތާ ބުންޏެވެ. “އަދި ހަވީރު ވާނީ ކޮން އިރަކުން؟” އަހަރެން ފޯނުން ގަޑި ބަލައިލީމެވެ. “އުޅޭ […]
ރޭގަނޑުގެ އަދިރިކަން އަލިކޮށް ދިނީ ސާދަ ވިލޭރޭ ހަނދުގެ ސަބަބުންނެވެ. ރަސްރަސްކަލުންގެ ހާދިމުންގެ ފަދައިން ތަރިތަށް ވިދާ ބަބުޅަމުން ދިޔައެވެ. ރެއަކީ ވަރަށް ފުރިހަމަ ރެއެކެވެ. ބުރާސްފަތި ވިލޭރޭ ކަމުން ސުކޫލުގެ މަސަތްކަތާއި އޮފީސް އޮފީހުގެ މަސަތްކަތް ނިންމާލަމުން ޗުއްޓީ ދެދުވަހަށް އެންމެންވެސް ދިޔައީ ތައްޔާރުވަމުންނެވެ. މާލޭ މަގުމަތީގައި ހިނގާބިނގާވެ އުޅޭ މީހުންގެ ޢަދަދު އެހެން ރޭތަކާ ޙިލާފަށް މިއަދު ގިނަހެން ހީވެއެވެ. ފުރުޣާން މިސްކިތް ކައިރިން ހިނގާފައި ދިޔަ ދެ ޒުވާނުންގެ މެދުގައި ތަފާތު ވާހަކަތަށް […]