ކަމީލާ ދަމުން ދިޔައީ އިޝާއަށް ހިނިތުންވެސް ވެލާފައެވެ. “އަނެއްކާ ކަމީލާ އަކީ ޔާމިންގެ ކޮއްކޮއެއް ބާއެވެ.” އިޝާ ވާހަކަދައްކަމުންދިޔައީ އަމިއްލަ ނަފްސާއެވެ. އެކަމަކު ޔުނާންގެ ކައިރީގައި ހުރި ދުވަހު އިޝާއަށް ފެނުނީ އެހާ ސާދާ ސީދާ ކަމީލާއެއް ނޫނެވެ. ވެދާނެއެވެ. ކަމީލާއަށް އިޝާ ނޭނގުނީއެވެ. އެނގުނުނަމަ ހީލަން ކީއްކުރަން ބަލައިވެސްނުލާނެ އެވެ. އޮފީހުން ވެސް ބޭރު ކުރާނެ ކަންނޭނގެއެވެ. “މަށަށްވެސް އަންނަން އެނގުނީ އެ ކަމީލާގެ އޮފީހަށް ހެއްޔެވެ؟” އިޝާއަށް ރުޅި އާދެވުނީ އަމިއްލަ ނަފުސުދެކެ އެވެ. […]
ކަބަޑުތެރޭ އިން މީހާއާއި އަހަރެންނާއި ހަތަރުކަޅި ހަމަވިއެވެ. ދެ މީހުންގެ ހަޅޭއް ހުއްޓުނުއިރު އަހަރެންގެ ދެލޮލުގެ ގޮބޮޅިގަނޑު ނުނިކުތީ ކިރިޔާއެވެ. ކަބަޑުތެރޭ އިނީ އަހަންނާއި އެއްވެސް ތަފާތެއްނެތް އަންހެނެކެވެ. ހަމަ އެއް މޫނެކެވެ. އެއް ހަށިގަނޑެކެވެ. ލައިގެން ހުރި އަންނައުނު ތަފާާތު ނޫންނަމަ ހީވާނީ ލޯގަނޑަކުން އަމިއްލަ ސޫރަ ބެލޭހެންނެވެ. އެމީހާ ހިނިތުންވެލިއެވެ. *********************************** “ހާއި… ކިހިނެތްތަ ހާލުކޮޅު؟” ކަބަޑުން ނުކުތް މީހަކާ އަޅާބަލާފައި އޭނާ އިނީ ވަރަށް ހަމަ ޖެހިގެންނެވެ. “ތި…ތި…ތީ ކާކު؟… ކަބަޑު…ކަބަޑު ތެރެއަށް […]
“އަމްނާ……އާނ ތީ އެއްކަލަ ދުވަހު އެކުއްޖެއްގެ ފޮޓޯ ފޮނުވި ކުއްޖާ ދޯ؟ ހާދަ ސަޅި ބިޓެކޭ ތީ…..” މައިސޫން އެންމެ ފަހުން ބުނެލި ޖުމްލައާއެކީ ދައްކަން ފެށި ވާހަކަތަކަކުން މިރްޒާންގެ ދެބުމަ ކައިރިވިއެވެ. މައިސޫން އަމްނާއަށް ތަޢުރީފުކުރަން ފެށީ އެންމެ ހުތުރު ގޮތްގޮތަށެވެ. މީގެ ކުރިން ވެސް މައިސޫން އޭނަ ލައްވާ ފޮޓޯ ފޮނުވައި އެހެން އަންހެން ކުދިންނާ ބެހޭގޮތުން މިގޮތަށް ވާހަކަ ދައްކާފައިވެއެވެ. އެހެނަސް މިހާތަނަށް އައިއިރު އެއީ މިރްޒާނަށް މާ ބޮޑު ކަމަކަށް ނުވިއެވެ. […]
ދީމާއަށް ހުރެވުނީ ގަނޑުވެފައި ބަލަހައްޓައިގެންނެވެ. ދީމާގެ ހިތުގައި ހުރި ހުރިހާ އެއްޗެއް ކަމީލާއަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ ކަމީލާގެ ހަމަޖެހިފައިވާ މޫނުން ދީމާއަށް އެއްވެސް އެއްޗެއް ދެނެއެއް ނުގަނެވުނެވެ. “ކިހިނެއް ތި ހެދީ؟ ޔުނާން މަޑުކޮށްލައްޗޭ؟” ކަމީލާ އަވަސް އަވަހަށް ފުނޑުވެފައިވާ މުށިތައް ނަގަންފެށިއެވެ. “ޔުނާން އޭ؟ ކޮބާތަ ޔުނާން؟” ދީމާ ވަށައިގެން ހޯދާލިއެވެ. ކަމީލާ އަތުގެ އިޝާރާތުން ކަންފަތަށް ޖަހާފައިވާ އިއާރ ފޯނު ދައްކާލުމާއެކު ދީމާގެ މެޔަށް ހީވީ މީހަކު ގަނޑުފެންތަކެއް އޮއްސާލިހެންނެވެ. އެހާވެސް ބޮޑަށް […]
ފައިވާން އަތައް ނެގުމައްފަހު އިސްއޮބާލައިގެން ހުރެ ކުރިއަށް ފިޔަވަޅު އަޅަންފެށިއެވެ. މަޑުހިނގުމެއްގައި އައި އާރިޔާ އަށް ހުއްޓެވުނީ ގަސްތަކުގެ ތެރެއިން މީހަކު ފެނުނުހެން ހީވުމުންނެވެ. ރީތިކޮށް ހުދުކުލައިގެ ހެދުމެއް ފެނުނުހެން ހީވިއެވެ. ގަހުގެ ގޮފިތައް ވަޔާއި ހެލިލުމުގެ ސަބަބުން ހިޔަންޏެއް ފެނުނީކަމުގެ ކުއްހީއެކެވެ. އެކަން ޔަގީން ކޮއްލުމުގެ ގޮތުން އާރިޔާ ގަސްތަކުގެ ތެރެއަށް ވަނެވެ. ހުރިހާދިމާލެއް ވަނީ ހިމޭންކޮށެވެ. ” އެ ވާނީ ކުއްހީއަކަށް ” އާރިޔާ ހިނިތުންވެލަމުން ގާތުގައި ހުރިގަހަކުން ހުދު ކުލައިގެ މަލެއް ބިނދެލާފައި […]
ރޭގަނޑު އަނދިރިަކާމާ ރާއްޖޭގެ ހިމޭންފަޒާ ޢަލްވަދާޢު ކިޔަމުން ދުވާލުގެ އަލިކަމަށް މަރުހަބާ ކިއެވެ. ތަޙްތަށް ވެރިވެ ގަތް އިރުގެ އަލިން ފަޒާ އަލިކުރަމުންނެވެ. ރޭ ދަންވަރު ވެހުނު ވިއްސާރައިގެ އަސަރު ފިލައިގެން ނުދެއެވެ. މާތަކުގެ ފިޔަތަށް ޖަރީވެފައިވަނީ އެކުދިިކުދި ޝަބްނަމް ތިކިތަކުންނެވެ. އިރު އެރިތާ މާ ގިނައިރެއް ނުވާނެއެވެ. ކަޅު ވިލާތަކުން އަނެއްކާވެސް އެ އިރު ފަރުދާކޮށްލިއެވެ. ވާރޭ ވެހެން އުޅޭ ކަމުގެ ނިޝާނެއް ނުފެނުނަސް ގުގުރި ޖަހާލިއެވެ. މޫސުމުގެ ގޮތުން ގަނޑުގެ ބޮޑެތި ބާނިތަށްވެސް ދަތުރުކުރާލެއް […]
ވާހަކަ ގެނެސް ނުދެވޭތީ ހުރިހާ ކިޔުންތެރިންގެ ކިބައިން މާފަށް އެދެން.. މާޔުއަށް މިދުވަސްކޮ ވާހަކަ ލިޔެވެން ނެތީމަ އަޕް ނުކުރެވެނީ.. މާޔުގެ އާއިލާ ތެރޭ ޖެހިފަ އޮތް މައްސަލައެއްގެ ސަބަބުން އެއްވެސް ކަމެއް ނުކުރެވިގެން މިއުޅެނީ… އަދިވެސް އެއްކޮން ހަމައަކަށް ނޭޅިގެން މިއުޅެނީ… ހޯމަ ދުވަހު ދެން އޮތް ޕާޓު ގެނެސްދެވޭތޯ މިހާރު މިދަނީ މަސައްކަތް ކުރަމުން… މިހާރު އެޕާޓު ލިޔަން ފަށާފަ އޮންނާނީ.. އިރާދަކުރެއްވިއްޔާ ހޯމަ ދުވަހުން ފެށިގެން ވާހަކަ ގެނެސްދޭނަން ގަވާއިދުން… ހުރިހާ ކިޔުންތެރިންނަށްވެސް ވިސްނޭނެކަމަށް އުއްމީދުކުރަން….
***2 ދުވަސްފަސް**** ވޭތުވެދިޔަ ދެދުވަހު އަރިޔާ އުޅުނީ އީތާންގެ ކުރިމައްޗަށް ނޭރެވޭތޯއެވެ. މިކަން މަލަކުއާއި ޒޯޔާއަށްވެސް ފާހަގައެވެ. ދެމީހުން އަރިޔާ ގާތު އެހިއެއްކަމަކު އަރިޔާ ޖަވާބެއްނުދެވެ. ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ރޭގަނޑުގެ ކެއުމަށް އެންމެން އިންސާފުކުރަމުންދިޔަ އެވެ. އަރިޔާ އާއި ޒޯޔާ އަދި މަލަކު އުޅުނީ މޭޒުމައްޗަށް ކާއެއްޗެހި އެރުވުމުގައެވެ. ހަމަހިމޭންމާހައުލުގައި އެންމެން ކަމުންދިޔައިރު ކުއްލިއަކަށް އީތާންގެ ފޯނު ރިންގުން ހަމަހިމޭންކަން ފޫދުއްވާލިއެވެ. “ހަލޯ……ކިހިނެތްވީ؟” އިތާން ވާހަކަ ދެއްކި އަޑަށް އެންމެން އެދިމާލަށް ނަޒަރު ހިންގާލިއެވެ.” އަހަރެމެން ހޯދި ހޯދުންތަކުން އެ އަންހެންކުއްޖާއަކީ ކާކުކަން އެނގިއްޖެ…”އެކޮޅުން ވާހަކަދެއްކި މީހާ ބުނެލިއެވެ.”އެއީކާކު؟” އީތާން އެހެންބުނެލި ވަގުތު އަރިޔާ ނޫޑުލިސް އަޅާފައި ހުރިތަށި ހިފައިގެން އައެވެ. ފުން ނޭވާއެއްފަޒާގެތެރެއަށް އީތާންދޫކޮށްލުމަށްފަހު އޭނާ ފޯނު ބޭއްވިއެވެ. ކާމެޒުދޮށަށް ހާޒިރުވެފައި ތިބިމީހުންނަށް ބަލާލިއެވެ. “ކޮބާ މިތަނުން މަރިޔަމް އަރިޔާ އަކީ؟” އިތާން އަހާލުމާއެކު ހުރިހާ އެންމެން އީތާން އަށް ބަލާލިއެވެ. ބަދިގެއަށް ވަންނަން މިސްރާބުޖަހާގެންހުރި އަރިޔާ ދެފައިގައި ހީވީ ކަސްތޮޅު އެޅުވުނުހެންނެވެ. އޭނާ މަޑުމަޑުން ފަސްއެނބުރި ބަލާލިއެވެ. މަލަކު ލޮލުގެ އިޝާރާތުން އީތާންއަށް އަރިޔާ ދައްކާލިއެވެ. އީތާން އަވަސްފިޔަވަޅުތަކުން އަރިޔާއާއި ދިމާލަށް އަންނާތީ އަރިޔާ ހާސްވިއެވެ. “ތީ އަރިޔާތަ؟ އީތާން ޔަގީންކުރަންވެގެން އަރިޔާގާތު އަހާލިއެވެ. އަރިޔާ ބޯޖަހާލިއެވެ.”އެހެންވިއްޔާ އަޒުރާ ދަންނަންތަ؟” އީތާން ކޮށްލި ސުވާލުން އަރިޔާ ދެލޯ ބޮޑުބޮޑުވިއެވެ.”ތީ އަޒުރާއްތަގެ….ދަރި..ދަރިފުޅުތަ؟” އީތާންއަށް އަރިޔާ ބަލާލީ ދެލޯބޮޑުކޮށްގެންނެވެ. އޭނާގެ މޫނުން ފެންނަނީހާސްކަމާއި ނުތަނަވަސްކަމެވެ. އީތާން ޖަވަބުގައި ބޯ ޖަހައިލުމުން އަރިޔާގެ ހާސްކަން ދެގުނަ އިތުރުވިއެވެ. އޭނާ އީތާންއަށް ފަސްދިނުމަށްފަހު އެނބުރި ބަދިގެއަށް ދާންއުޅުނީ އީތާން ކުރަން އުޅުނު ސުވާލު އިހުސާސްވުމުންނެވެ. “ވީ ނީޑް ޓު ޓޯކް” އަރިޔާ އަތުގައި ހިފާލަމުން އީތާން އޭނާގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތުނެވެ. އަރިޔާ އެބާރުގަދަ އަތް ނައްޓުވަން އުޅުނެވެ. ހިފަހައްޓާލައިފައި ހުރިލެއްބާރުކަމުން އަރިޔާ ކުރި މަސައްކަތްވީ ބޭކާރެވެ. އީތާން އެދިޔަ ގޮތަށްގޮސް އޭނާ ކޮޓަރިއަށް ވަދެ އަރިޔާ ސޯފާ މައްޗަށް އެއްލާލިއެވެ. އަރިޔާ ކޮޓަރިންނުކުމެގެންދާނެތީ އީތާން ކޮޓަރި ތަޅުލިއެވެ. ސޯފާގައި އިށީނދެއިން އަރިޔާ އިނީ ބިރުންވިރިވިރިއެވެ. ދެންވާންއުޅޭކަންތައްތައް ނޭނގޭހާލު އަރިޔާ އަށް ހުރެވުނީ ބިރުންނެވެ. އީތާން އަރިޔާއަށް ވާގޮތަށް ކުރިމަތީގައި ހުރިސޯފާގައި އީށީނދިއެވެ.”ކިހިނެތް އަސްލު އަރިޔާ އާއި އަހަރެންގެ މަންމައާއި ދިމާވީ؟” އީތާން ސުވާލިކޮށްލުމުން އަރިޔާ އިސްއުފުލާލިއެވެ. އަރިޔާ ބޮލުގައި އެދުވަހުގެ ހަނދާންތައް އާވިއެވެ.ހާސްވިޔަސް އޭނާ އެވާހަކަ ކިޔާ ދިނެވެ.” އައި ވޯޒް ކިޑްނޭޕްޑް ދެޓް ޑޭ….އެކަންކުރި މީހުން އުޅުނީ އަސްލު އަހަރެން މަރާލަން … އެދުވަހު އަޒުރާއްތަ ކާރު ކުރިމައްޗަށް ނޭރިނަމަ އަހަރެން މިދުނިޔޭގައި ނުހުންނާނެ… އެދުވަހަށްފަހު އަހަރެން ބަލާބޮޑުކުރީ އަޒުރާއްތަ…އަޒުރާއްތަ މެލޭއަށް ފޮނުވީވެސް އަޅުގަނޑު….އެކަމަކު… މިހާރު ދެހަފްތާވެދާނެ ޙަބަރެއްނުވާތާ….”އަރިޔާ މުނުމަތިން ފެންނަނީ ހާސްކަމެވެ. އީތާންއަރިޔާ އަށް ފެންނުޅިއެއް ދިއްކޮށްލިއެވެ.”ކޭން އައި ލީވް ނާއު؟”އަރިޔާ ފެންފުޅީގައި ހިފާލަމުން އަހާލިއެވެ..”ޔާ… ދެން ދިޔަސް އޯކޭ..” އީތާން އެހެންބުނެލުމުން އަރިޔާ ތެދުވެގެން ދޮރާއި ދިމާލަށް މިސްރާބުޖެހިއެވެ. “ވަން މޯތިން…..މައި މޮމް ހޭޒް ޕާސްޑް އަވޭ..” އަރިޔާ ފެން ބޯންހުރިވަގުތު އެހެން އީތާންބުނުމުން އަރިޔާ ކޮށިއެރިއެވެ. “ތީ ދޮގެއް”އަރިޔާ އެކަމާ ދެކޮޅުހެދިއެވެ. އޭނާ އީތާން އަށްބަލާލިއެވެ. އީތާންގެ މޫނުމަތިން ފެނުނު ނުތަނަވަސްކަން އޭނާއަށް ވަޒަންކުރެވުނެވެ.އެވަގުތު އަރިޔާގެ ސިކުނޑިއަށް ކަމެއް ނަގާގަނެވުނެވެ. މިދެހަފްތާތެރޭގައި ޑޮކްޓަރ ވިވިއަން އޭނާއަށް ނުގުޅާސަބަބު އެނގުނެވެ. އެވަގުތު އަރިޔާގެ ދެލޮލުން ހޯސްލައިފައި ކަރުނަފޭބިއެވެ. ދެފައިން ވާގިނެތިގެން ވެއްޓެންދިޔަވަގުތު އީތާން އޭނާ ހިފެހެއްޓިއެވެ.އަރިޔާ އަނގަމަތީގައި އަތްއެޅިފައިވާއިރު އީތާންއަށް އަރިޔާގެ ގިސްލުމުގެ އަޑު އިވުނެވެ.
އެއީ ކޮން ބައެއް ބާއެވެ؟ އެމިހުން އެއުޅެނީ ކީއް ކުރަން ބާއެވެ؟ ހަމަ އެކަނި އިނގޭ އެއްޗަކީ އެމިހުން ކުރަން އެއުޅޭ ކަމަކީ އެތައް ބައެއްގެ ދިރިއުޅުން އެފުށްމިފުށަށް ޖަހާލާނެ ކަމެއް ކަމެވެ. **** ފަޒްލާ އިނީ މިޝްޔާ އެގޮތަށް ދިޔުމުން ހައިރާން ވެފައެވެ. އެހެނީ މި ހުރިހާ ދުވަހު ޒައިން މިޝްޔާ އަށް ކިތަންމެ އުނދަގުލެއް ކުރިއަސް އެގޮތަށް ރޮއެ، ރުޅިއެއް ނާދެއެވެ. ޒައިން އާއި ގުޅުމެއް ވީ ކަމެއް ކަމަށް ހިތާ ފަޒްލާ އިނީ […]