އެނގުމެއްނެތި…2
ފާހަނައިން ނުކުތް އަލީޝާއަށްް ވީނުވީ އިނގުނީ އެހެން ކުއްޖެއްގެ ދުލުންނެވެ. އީތަންއަށް އޭނާ ބަލައިލީ ޝައްކުގެ ނަޒަރަކުންނެވެ. ބަދަލުގައި އީތަން ބޮޑާގޮތަކަށް ހިނިތުންވެލިއެެވެ.
“ވަރަށް ލުއި މަންޖެއެއް. ވައްޓާލަންވެސް ފަސޭހަ، ނަގަންވެސް ފަސޭހަ…” އީތަން އަލީޝާގެ ކަންފަތްބުޑުގައި ވައިއަޑުން ކިޔައިލިއެވެ. އަލީޝާގެ ލޭ ކެކިގަތެވެ. އޭނާ ގާތަށް އައީ އަމަށަކު ރުޅިއެއްނޫނެވެ. އީތަންގެ މޫނުމަތީ އެތިފަހަރެއް އަޅައިނުލައި އަމިއްލަނަފްސު ހިފެހެއްޓުމަށް އަލީޝާ އަތް މުއްކަވައި ބާރުކޮށްލިއެވެ. އިތުރަށް ރުޅިއަރުވައިލުމުގެ ގޮތުން އީތަން ނުކުމެގެންދިޔައީ އަލީޝާގެ ކޮނޑުގައި ޖެހިގަތްފައެވެ.
ނެގިމަޑުވެފައި ތޫބާ އިނީ، ސިކުނޑީގައި ހިއްޕައިލި، އޭނާ ސަލާމަތްކޮށްދިން އީތަންގެ ސޫރަ ނުފިލައިގެންނެވެ. ކުރެވެމުންދިޔައީ ބަޔާންކުރަން ނޭންގޭކަހަލަ ތަފާތު އިހުސާސެކެވެ. ހިތުގެ ތެޅުން ބާރުވެފައިވާތީ މޭގައި އަތްއަޅައިލެވުނެވެ. އޭރު ގަތް ބިރު ހަނދާންވާތީއާއި، މާ ގިނައިން ކްލޮރިން ފެން ބޮވުމުން ވާކަމެކޭ ހިތާ އޭނާ މަސައްކަތްކުރީ އެކަން ހަނދާންނައްތާލާފައި ފެންފޮދެއް ބޯލައިގެން ނިދޭތޯއެވެ. ނަމަވެސް އެކަން ކާމިޔާބުވާގޮތް ނުވުމުން ވައި ޖައްސައިލުމަށް ގެއިން ބޭރަށް ނުކުމެލިއެވެ. އޭނާއަށް ނުކުމެވުނީ އަލީޝާއަށް އެގޭ ކުރިމަތިން ހުރަސްކޮށްލެވުނު ގަޑިއަށެވެ. އަލީޝާ ފެނުމުން ވިސްނެމުންދިޔަ ހުރިހާކަމެއް ހިތުން ފިލައިދިޔަކަހަލައެވެ. އޭނާގެ ގޭ ކުރިމަތިން އަލީޝާ ހުރަސްކުރުން އެއީ، އާދައިގެ މީހަކަށް ގޭކުރިމަތިން ބިޔޯންސޭ ހުރަސްކުރުންހާ ބޮޑުކަމެކެވެ. އުފާވެރިކަމެކެވެ.
ފަސްދީ މިދެވުނީ ތޫބާކަން ރޭކާލުމުން އަލީޝާ އެނބުރި ބަލައިލިއިރު ތޫބާ ހުރީ އޭނާއަށް ބަލަހައްޓައިގެންނެވެ.
“ތޫބާ.” އަލީޝާ ގޮވައިލިއެވެ. ތޫބާގެ އަނގަހުޅުވުނީ ޖަވާބެއް ދޭންކަންނޭންގެއެވެ. ނަމަވެސް އަނގައިން ބޭރަށް އަޑެއް ނުނިކުތެވެ. “ހައި. އަހަންނަކީ އަލީޝާ އިނގޭ.” އަލީޝާ ކައިރިއަށް އައިސް ސަލާމަށް އަތްދިއްކޮށްލިއެވެ.
“ތީ އަލީޝާކަން ނޭންގެންވީ ކީއްވެ؟” އަލީޝާއާއި ސަލާންކޮށްލި ތޫބާގެ ހިތަށްއެރިއެވެ.
“އަމް… މިއަދު އެހެންވީމަ… އޯކޭތަ ހުރިހާކަމެއް؟ ތަނަކަށް ތަދުވޭތަ؟” އަލީޝާގެ ހިތްހެޔޮކަން ފެނިފައި ތޫބާއަށް ރޯން ނުފެށުނީ ކިރިޔާއެވެ.
“ނޫން. ރަނގަޅު.” ވަރަށް ހިތްވަރުކޮށްފައި ތޫބާ ދުލުން ބޭރުކޮށްލީ ވޭތުވެދިޔަ ފަސް މަސް ތެރޭގައިވެސް ގޭ މީހުނަށް ފިޔަވައި އެހެންމީހަކަށް ބުނެލި ފުރަތަމަ ބަސް ކަންނޭންގެއެވެ. އޭނާއަކީ އެހާވެސް ބަސްމަދު ކުއްޖެކެވެ.
“މީގެ ފަހުން އެއްވެސް ކަމެއް ގޯސްވެއްޖިއްޔާ މަގޭ ކައިރިއަށް އަންނާތި އިނގޭ. ސްކޫލު އެއްވެސް ކުއްޖެއްގެ ފަރާތުން ކިރިޔާވެސް އުނދަގުލެއް ލިބުނަސް އަންގާލާތި.” ސީދާ ސީދަލަށް ނުބުންޏަސް އަލީޝާ ދެއްކީ އީތަންގެ ވާހަކައެވެ. އެކަމެއްގެ ކުޑަވެސް ފަހުމެއް ތޫބާއަކަށް ނުވެއެވެ. ތޫބާ ވަރަށް މައުސޫމުކަމާއިއެކު ބޯ ޖަހައިލިއެވެ. ތޫބާގެ ކޮނޑުގައި ޖަހައިލުމަށްފަހު ލުއި ގޮތަކަށް ހީލާފައި އަލީޝާ ހިނގައިގަތެވެ. އުފަލުން ހަވަޔަށް އަރާހުރި ތޫބާއަށް ހީވީ ޕަރީއަކާއި ދިމާވިހެންނެވެ. އަލީޝާ އެހާ އޭނާއާއި ދޭތެރޭ ހެޔޮކޮށް ހިތަންވީ ސަބަބަކާއިމެދު އެއްގޮތަކަށްވެސް ސުވާލެއް ނޫފައްދައެވެ.
ފިހާރައަކުން ގެއަށްދިޔަ މަގުމަތީ ތޫބާގެ ގޭ ކުރިމަތިންލާފައި ދެވުމުން އަލީޝާގެ ރުޅިގަނޑުވީ އިތުރެވެ. މެންދުރު ހިނގައިދިޔަ ހާދިސާމަތިން ހަނދާންވާތީއެވެ. އެގަޑީ ތުބާއާއި ދިމާވުން އެއީ އޭނާ ހީކުރިކަމެއް ނޫނެެވެ.
އަލީޝާއަކީ އެހެންމީހަކު ވާހަކަދައްކަން ފެށުމުގެ ކުރިން އިސްވެ ވާހަކަދައްކާ ކުއްޖެއް ނޫނެވެ. ނަމަވެސް މިއަދު އޭނާ ތޫބާއާއި ވާހަކަދެއްކީ، އީތަން ތޫބާއަށް ހެދިގޮތުގެ މައްޗަށް އޭނާގެ ޒިންމާއެއްވާކަމަށް އިހުސާސުވާ ވަރުންނެވެ. އަދި ކުރިއަށް އޮތްތާންގައި، ތިމާ ދަރުއެޅި އަލިފާންގަނޑެއްގައި އެހެން މީހަކު ކިރިޔާވެސް ފިހެން ބޭނުންނުވާތީއެވެ.
“ދަރިފުޅާ އަވަސްކުރޭ! އެއޮތް ގަޑިޖެހުނީ.” އަލީޝާގެ މަންމަ ރާއިދާ ގޮވައިލިއެވެ. މިދަނީ މިދަނީއޭ ކިޔައި ސައިތަށި އެއް ފަހަރުން ދަމާލައިފައި އަލީޝާ ގެއިން ނުކުތެވެ. މުޅި ހަޔާތުގައިވެސް އޭނާއަށް ސްކޫލަށް ގަޑިޖެހުނީ އަލަށެވެ. ހުރިހާވެސް މައްސަލައަކީ އީތަންއެވެ. އެކަންތައްގަނޑާއިމެދު ވިސްނޭވަރުން ރޭގަނޑު ނުވެސް ނިދުނީއެވެ. މާދަމާ ހިންގާނީ ކޮންކުޅިގަނޑެއްބާއޭ ހިތަށްއަރާތީއެވެ.
ހިތުތެރޭގައި ނުބައިއެއްޗެހި ގޮވަމުން، އީތަން ބައިސްކަލުގެ ޕެޑަލް އަނބުރަމުންދިޔައީ ގައިގައި ހުރި ބާރެއްލާފައެވެ. ބަސްއަހާކުދިން ސްކޫލަށް ގަޑި ނުޖެހޭނެކަން އޭނާ ހަނދާންވީ އަރާމުގައި ގަޔަށް ފެންއަޅަން ހުއްޓައެވެ. އަވަސްއަރުވާލައިގެން ނުކުތްއިރު ރަނގަޅަށް އިސްތަށިގަނޑުން ފެންވެސް ނުހިއްކައެވެ. ސްކޫލު ގޭޓު ފެންނަ ހިސާބަށް އެރުނުއިރު ގޭޓު ލައްޕަނީއެވެ. ލެއްޕުމުގެ ކުރިން އަވަހަށް ދެމިގަނެވޭތޯ އިތުރަށް ސްޕީޑު ބާރުކޮށްލިއެވެ. އެވަގުތު އަނެއް މަގުން ނުކުތް އަލީޝާވެސް އައީ ހަމަ އެ ވިސްނުމުގައި، އެ ސްޕީޑުގައެވެ. އަނެއްކޮޅުން ގާތްކުރަން އައި ބައިސްކަލު ފެނި ގަޑިއަށް ބުރަކިޖައްސައިލެވުނީ އަލީޝާއަށް އެކަންޏެވެ. އީތަންގޮސް އެރީ ލެއްޕުނު ގޭޓަށެވެ. ބައިސްކަލު ދަށުވެފައި ގުޅައަކަށް އޮތް އީތަން ފެނި އަލީޝާއަކަށް ހިނިގަނޑު މަތައެއް ނުކުރެވުނެވެ. އަލީޝާ ހޭން ފެށުމުން އީތަންގެ މޫނު ލަދުންނާއި ރުޅިން ގޮސް ރަތްވެއްޖެއެވެ. އަވަސްއަވަހަށް ބައިސްކަލު ނަގައި ބަހައްޓަމުން ކޮޅަށް ތެދުވިއެވެ. އަލީޝާއާއި ދިމާއަށް ރަނގަޅަށް ބަލައިލެވުނީ ދެނެވެ. އަބަދުހެން ހަރު މިޒާޖެއްގައި ހުންނަ އަލީޝާ ބިނދިބިނދިފައި ހޭތަން އީތަންއަށްވީ އާ މަންޒަރަކަށެވެ. މީނައަށްވެސް މިހެން ހޭން އިނގޭދޯއޭ ހިތަށްއެރިއެވެ. އީތަން ގޭޓުގައި ޖެހުން އަޑު އިވި އެތެރެއިން ގޭޓު ހުޅުވިއެވެ. އަލީޝާއަށް އަލުން ބަލާލުމަކާއިނުލައި އީތަން އެތެރެއަށްވަނެވެ.
އީތަންގެ ރޭވުމުގެ ނަތީޖާ އޮތީ ހަމަ އޭނާ ބޭނުންވި ގޮތަަށެވެ. ޕޫލްގައި އޭނާ ދެއްކި ހީރޯ އަމަލު މުޅި ސްކޫލަށް ފެތުރުނީ ޖަންގައްޔެއްގައި ހުޅުގަނޑެއް ފެތުރޭހާ ފަސޭހައިންނެވެ. އީތަން ހަމަ ހަގީގަތުގައިވެސް ބަދަލުވެއްޖެކަމަށް މީހުނަށް ގަބޫލުކުރެވޭ ކުރުން ވީ އިތުރެވެ. އޭގެ ކުރިން އީތަންއަކީ އެފަދައިން މީހަކު ސަލާމަތްކުރާނެ ކުއްޖެއް ނޫންކަމަށްވީތީއެވެ.
“މިހާ ހިސާބުން މިއަދުގެ ފިލާވަޅު މި ނިމުނީ. ހުރިހާ ކުދިންވެސް މާދަމާ ފެށޭ ޔުނިޓް ޓެސްޓުތަކަށް ރަނގަޅަށް ތައްޔާރުވެގެން އަންނާތި އިނގޭ.” ކުލާސް ޓީޗަރު ޔާނާ، އަތަށް ފޮތްބޮނޑި ޖަހައިލަމުން ހަނދާންކޮށްދިނެވެ. ކުލާހުން ނުކުތުމުގެ ކުރިން އޭނާ ބަލައިލީ އެންމެ ކުރީ ބަރީގައި އިން އަލީޝާއަށެވެ. އަލީޝާއާއި ކަޅި ބައްދަލުވުމުން އޭނާ ހިނިތުންވެލިއެވެ. އެ ހިނިތުންވުމުން، އޭނާ އެންމެ ރަނގަޅު ނަތީޖާ ހޯދާނެކަމަށް އުންމީދުކުރާ ދަރިވަރު ފާހަގަވެގެންދިޔައެވެ. “އޯލް ދަ ބެސްޓް އަލީޝާ.” ހިނިތުންވުމުން ނުފުދިގެން އެހެންވެސް ބުނަންވެއްޖެއެވެ.
“ހޫނ… މިސްގެ ޗަމްޗީ. މިފަހަރު އޯލް ދަ ބެސްޓްކޮށްދޭނަމޭ ރަނގަޅަށް.” އެންމެ ފަހަތު ބަރީގައި އެ ދިމާއަށް ބަލަން އިން އީތަން ހިތާއިހިތުން ކިޔައިލިއެވެ.
އެރެއެވެ. ސްކޫލު ފުރަގަަހު ފާރުބުރިމަތިން އަރައިގެން ތިން ހިޔަނި އެތެރެއަށް ދެމިގަތީ އިތުރު މީހަކަށް ހިލަމެއްނުވެއެވެ. ސިއްރު ފިޔަވަޅުތަކެއްގައި ސިޑިން އަރައިގެންގޮސް ހުއްޓުނީ ސްޓާފްރޫމް ކުރިމަތީގައެވެ. ތަޅުގައި ހިފައިލުމަށްފަހު ތަޅުލާފައި ހުރިކަން އަންގައިލީ އެތަނުން އެކަކުކަމަށްވާ ރާފިއުއެވެ. ނުލަފާ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވަމުން ޖީބުން ސްޓާފްރޫމް ތަޅުދަނޑި ނަގައި ރާފިއުގެ މޫނު ކުރިމަތީ ހަލުވައިލީ ޖިނާހުއެވެ. ތަޅުދަނޑި ވަގަށް ނެގީ ކޮން މޮޅު އުކުޅަކުންކަމެއް ދެނެވޮޑިގެންވާނީ ހެއްދެވި ފަރާތެވެ. ސްޓާފްރޫމް ހުޅުވާފައި އެތެރެއަށް ވަނުމުގެ ކުރިން ސިޑި ކުރިމަތީ ފާރައަށް ހުރި އީތަންއަށް ރާފިއު ގޮވައިލިއެވެ. ޝްޝްޝް އޭ ކިޔައި އަޑުމަޑުކުރުމަށް އެންގުމަށްފަހު އެތެރެއަށް ވަނުމަށް އީތަން އަތުން އިށާރާާތްކުރިއެވެ. ޖިނާހުމެން ދެމީހުން އެތެރެއަށް ވަަނުމުންވެސް އޭނާ ހުރީ ބޭރުގައި ފާރައަށެވެ. ޖިނާހުއާއި ރާފިއު އެތެރެއަށްވަދެ ފޯނުން އަލިކޮށްގެން ތަން ހާވަަންފެށީ ވީހާވެސް ސަމާލުކަމާއިއެކުއެވެ. ކޮންމެ އެއްޗެއްވެސް ނެގި ތަނެއްގައި ފަރުވާތެރިކަމާއިއެކު އަނބުރާ ބާއްވައެވެ. ފަސްވަރަކަށް މިނެޓުގެ ހޯދުންގަނޑަކަށްފަހު ހޯދާ އެތި އަތުވީ ޖިނާހުއަށެވެ. ރާފިއުއަށް ގޮވައި ޓަޗެއްޖަހައިލުމަށްފަހު ހިނދުކޮޅަކަށް ދެ މޮޔައިންހެން ތެޅިގަތީ އުފާފާޅުކުރުމުގެ ގޮތުންނެވެ. ވަގުތު ބޭކާރުނުކޮށް ދެ މީހުން އެތަނުން ނުކުތެވެ.
ސިޑި ކައިރިއަށްގޮސް އަތުގައި ހުރި ގަނޑުތައް ޖިނާހު ދައްކައިލުމުން އީތަން އާާދައިގެމަަތިން އޭނާގެ ބޮޑާ ހިނިތުންވުން ފާޅުކޮށްލިއެވެ. އޭނާވެސް ދެ އެކުވެރިންނާ ޓަޗެއް ޖަހައިލުމަށްފަހު އެދެމީހުންގެ ކުރިން އިސްވެ ސިޑިން ފައިބަންފެށިއެވެ. ތިރީ ބުރިއަށް ފައިބައިގެން ފުރަގަހަށް ނުކުމެވުނީ ސީދާ ގާޑު މީހާގެ ފުރަގަހަށެވެ. ތެޅިގަތް ހިތަކަށް ނުބަލައި ތިން މީހުން ސިޑި ފަހަތަށް ދެމިގަތީ ތިން މީދާހެންނެވެ. ގާޑު މީހާ ހުރީ ޕްލޭގްރައުންޑުގެ މެދުގައި ފޯނާއި ކުޅެންށެވެ.
“ބޮޑުބަނޑު އެތާ މެދުގަ ކީއްތަ އެ ކުރަނީ؟” އީތަންމެން ގާޑުމީހާއަށް ދީފަ އިންނަ ވަނަމުން އެމީހާއަށް ނިސްބަތްކޮށް އޭނާ އެއްސެވެ. އޭނާ ވާހަކަދެއްކީ ވައި އަޑުންނެވެ.
“ޕޮކެމޮން ހިފަނީކަންނެ.” ރާފިއު ވަރަށް ސީރިއަސްވެފައި ބުންޏެވެ.
“ރާއްޖޭގަ އަދިވެސް ޕޮކެމޮން ގޯ ކުޅެވޭތަ؟”ޖިނާހުވެސް ސީރިއަސްގޮތަކަށް އަހައިލިއެވެ.
“އާނ. ކުރެދޫ ރިޒޯޓުގަ ވަރަށް ގިނަޔޯ.” ރާފިއުވެސް ވަރަށް ވެފައި ބުނެލިއެވެ. އެ ދެމީހުންވެސް ވާހަކަދެއްކީ ވައި އަޑުންނެވެ.
“މަށަށް ހެވޭ އޭނަ ކޮންމެ މޮންއެއް ހިފިޔަސް. އެތަނުން ދުރަށްދަނިކޮށް!” އީތަން، ޖިނާހުއާއި ރާފިއުގެ ހޫނު ވާހަކަގަނޑު މެދުކަނޑައިލިއެވެ. ކިތަންމެ ސިނގުރުޅި އައިސްފައި އިނަކަސް އޭނަ ވާާހަކަ ދެއްކީ އަދިވެސް ވައި އަޑުންނެވެ. ގާޑުމީހާ މާ ގިނައިރެއްނުވެ އެނބުރި ގޭޓު ކައިރިއަށް ގޮއްސިއެވެ. އީތަންމެން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލާފައި ފާރުބުރިއާއި ހަމައަށްގޮސް އަނެއްފަޅިއަށް ފުންމައިލިއެވެ. އެންމެ ފުރަތަމަ އީތަންއެވެ. ދެން ޖިނާހުއެވެ.
“އޭތް! އަވަހަށް ފައިބަބަލަ!” އީތަން މަޑުމަޑުން ގޮވައިލިއެވެ. “ޝިޓް! ބޮޑުބަނޑު އައީބާ އަނެއްކާ؟” ރާފިއު އަނގައިންވެސް ނުބުނުމުން އީތަން ކުޑަކޮށް ހާސްވިއެވެ.
“ކު… ކު…” ރާފިއުގެ އަޑު އިވިލައިފިއެވެ.
“ކު ކު؟ ކުކުޅެއް ފެނުނީތަ؟” ޖިނާހު އެއް ބުމަ ހިއްލައިލިއެވެ.
“ކު… ކުރަތްޕެއް!” ރާފިއު ކިރިޔާ އިވޭވަރަށް ގޮވައިލިއެވެ. ގާޑު މީހާއަށް އިވޭނެތީއަށްވުރެ ބޮޑަށް ކުރަތްޕަށް އިވިދާނެކަމަށް ބިރުންނެވެ. އޭނާ ހުރީ ފާރުބުރިގައި ބޮޑު ކުރަތްޕެއް އިނުމުން ގާތްވާންވެސް ނުކެރިފައެވެ. އީތަންއާއި ޖިނާހުއަށް އެއްފަަހަރާ ނިތްކުރީގައި އަތް ޖަހައިލެވުނެވެ. ކުރަފިވެސް އަންނަންވީ މި ވަގުތުހެއްޔެވެ؟ ހުރިހާ މައްސަލައެއް ކުށެއްނެތް ކުރަފި ބޮލުގައި އެމީހުން އެޅުވީ، ރާާފިއު ކުރަފިދެކެ ބިރުގަންނަކަން އެއީ އެކުގައި އުޅެ ބޮޑުވި އެ ދެމީހުން މާ ރަނގަޅަށްވެސް ދަންނަ ކަމަކަށް ވާތީއެވެ.
“މިކޮޅުން ފައިބާ.” އެހެންފަޅިއަކަށް ޖެހުމަށްފަަހު އީތަން ގޮވައިލިއެވެ. ބާރުބާރަށް އައިސް ރާފިއު ފުންމައިލީ އީތަންގެ ގައިމައްޗަށެވެ. ތަދުވިވަރުން ދެތިން ހުތުރު ބަހެއް ދުލުން ބޭރުވި ނަމަވެސް އީތަން އެކަމަކާ އަޅައެއްނުލިއެވެ. އޭނާ ބޭނުންވި އެތި އަތުޖެހުމުން ވެފައި ހުރި އުފާ މާ ބޮޑުވުމުންނެވެ.
ޓެސްޓުތަކާއިހެދި އަވަދިނެތި އުޅުން ދެ ހަފްތާ ފާއިތުވެދިޔައީ އަވަސްގޮތަކަށެވެ. އެހެން ކުދިންނެކޭ އެއްފަދައިން އަލީޝާވެސް އިނީ ޓެސްޓުތަކުގެ ނަތީޖާ ދުށުމަށް ކެތްމަދުވެފައެވެ. އާދައިގެ ޔުނިޓް ޓެސްޓުތަކެއް ނަމަވެސް އޭނާއަކީ ކުރާކޮންމެ ކަމެއްގައިވެސް ކުރެވުނު އެންމެ ފުރިހަަމައަށް ކަންތައް ކުރަން ބޭނުންވާ ކުއްޖެކެވެ. ކުއްލިއަކަށް ކުލާހަށް ވަދެގެން އައީ ގުރޭޑު ދިހައެއްގެ ލީޑިންގ ޓީޗަރެވެ. އޭނާގެ މޫނުމަތީ ވީ ނުތަނަވަސްކަމެކެވެ. އަނެއްކާ ކާކު ކީއްކުރީބާއޭ އަލީޝާގެ ހިތަށްއެރިއެވެ.
“ސްޓާފް ރޫމުން، މި ގްރޭޑުގެ ޔުނިޓް ޓެސްޓު ޕޭޕަރުތަކުގެ ޖަވާބު ގަނޑުތަކެއް މަދުކަން ދެންމެއަކު ފާހަގަވެއްޖެ. އެހެންވީމަ ތިކުދިންގެ ދަބަސްތައް ޗެކްކުރަން މި އުޅެނީ އިނގޭ.” ލީޑިންގ ޓީޗަރު އެހެން ބުނެލުމާއިއެކު އެހެން ދެ ޓީޗަރަކު ވަދެ ހުރިހާ ކުދިންގެ ދަބަސްތައް ހުޅުވައި ބަލަންފަށައިފިއެވެ. ކުއްލިކުއްލިއަށް ކުދިންގެ ދަބަސް ފާސްކުރުން އެއީ އާކަމެއް ނޫނެވެ. ނަމަވެސް ޖަވާާބު ކަރުދާސްތައް މަދުވެގެން އުޅޭ އެއީ ފުރަތަމަ ފަހަރެވެ. އެ ތަނުން އެއް ޓީޗަރަކު އައިސް އަލީޝާގެ ދަބަސް ހުޅުވައި ފޮތްތައްވެސް ނަގައި ބަލަން ފެށުމުން އަލީޝާ އިނީ ހަމަޖައްސައިލާފައެވެ. އޭނާގެ ދަބަހުގައި ފޮރުވަންޖެހޭވަރުގެ އެއްޗެއް ނޯންނާނެކަމުގެ ޔަގީންކަން އޮތުމުންނެވެ. ނަމަވެސް ދަބަހުގެ އެންމެ އެތެރެ ވަތްގަނޑުން ނެގި ގަނޑުތައް ފެނުމުން ޓީޗަރު އަލީޝާގެ މޫނަށް ބަލައިލިއެވެ. އަލީޝާގެ ބޮލުގައި ޖެހުނީ ބޮޑު ސުވާލުމާކެކެވެ. އެ ވަތްގަނޑަށް އޭނާ ގަނޑުތަކެއް ލީ ހަނދާނެއްނުވެއެވެ.
“އަލީޝާ. އާދޭ އޮފީހަށް.” އެ ގަނޑުތަކަށް ބަލައިލުމަށްފަހު ލީޑިިންގ ޓީޗަރު ބުނެލިއެވެ. އަލީޝާގެ ދެލޯ ބޮޑުވިއެވެ. އެއީ ހަމަ ގެއްލުނު ޖަވާބު ކަރުދާސްތަކެވެ. އޭނާގެ ދަބަހަށް އެ އެއްޗެހި ވަތް ގޮތެއް ހަމަ އެއްގޮތަކަށްވެސް ނުވިސްނުނެވެ. މުޅި ކުލާހުގެ ނަޒަރު އެ ވަގުތު ހުއްޓިފައިވީ އަލީޝާއަށެވެ.
“މިސް… އަޅުގަނޑަކަށް ނޭންގެ…” އަލީޝާ އަމިއްލަ ދިފާއުގައި އެއްޗެއް ބުނަން އުޅުނު ނަމަވެސް ލީޑިންގ ޓީޗަރު ހުރީ އަހާ ގޮތަކަށް ނޫނެވެ. އޭނާއާއި އެކީ ކުލާހުން ނުކުމެގެންދިޔަ ވަގުތު އަލީޝާއާއި ޔާނާގެ ކަޅި ބައްދަަލުވިއެވެ. ޔާނާގެ ލޮލުގައިވީ ނުރުހުން ފެނި އަލީޝާގެ ފަހު އުންމީދުވެސް ގެއްލި ދިޔަކަހަލައެވެ. އިތުބާރަކީ ހާދަހާ ފަސޭހައަކުން ގެއްލިދާ އެއްޗެކެވެ. އަލީޝާ ދިފާއުކުރެވޭނެ އެއްވެސް ގޮތެއް ނެތުމުން އެ ކަރުދާސްތައް ނެގީ އަލީޝާކަމަށް އިދާރާއިން ނިންމިއެވެ. އަދަބެއްގެ ގޮތުން ޓެސްޓުތަކުން ސުމެއް ދިނުމަށްފަހު އަލީޝާ ހަފްތާއަކަށް ސަސްޕެންޑުކޮށްލިއެވެ. ކޮނޑުގައި ދަބަސް އަޅުވައިގެން ގޭޓުން ނުކުންނަން ދިޔަ އަލީޝާއަށް ކެންޓީނާއި ދިމާލުން އައި އީތަން ހަނާއަޅައިލިއެވެ. އޭނާގެ މޫނު ފެނުމުން އަލީޝާގެ މޫޑުވީ ހައްތަހާ ހަރާބެވެ.
“ކަލޭ ކުރިކަމެއް ދޯ އެއީ” ޔަގީންކޮށްލުމަށް އަލީޝާ އަހައިލިއެވެ.
“ޕިސް ޕިސް ޕިސް… އެކަހަލަ ކަންތައްކޮށްފަ އަދި އެހެން މީހުން ބޮލުގަ އަޅުވައެންނު އެބަ. ލަދެއްނު ތީ ބަސްއަހާކުއްޖަކަށް.” އީތަން ވަރަށް ދެރަވާކަން ދައްކައިލަމުން ދެފަޅިއަށް ބޯ ހަލުވައިލިއެވެ. “ދެން ކަލެއަށްވެސް އިނގޭނެ ލަދަކީ ކޮބައިކަން!” ތަންކޮޅެއް ކައިރިއަށް އާދެވުމުން ދެ ލޯ ބޮޑުކޮށްލާފައި ވައިއަޑުން އީތަން ބުނެލިއެވެ. “ގުޑް ލަކް ބަޑީ.” އިީތަން އަލީޝާގެ ކޮނޑުގައި އަތް ޖަހައިލަމުން ފަސްދީފައި ހިނގައިގަތެވެ. ޕްރިންސިޕަލް ރޫމުން ނުކުތްއިރު ގަތް ލަދުން ރޮވެން ގާތްވެފައި ހުރި އަލީޝާގެ ލޮލުގައި މިހާރު ހިތާމައިގެ ކަންފުޅެއްވެސް ނެތެވެ. އެ ހިތް ފުރިފައިވީ ނަފްރަތުންނެވެ. ފަހަތަށް އެނބުރި އީތަންގެ އަތު މުލައްދަނޑީގައި ހިފައި ހުއްޓުވައިފިއެވެ. އީތަން އެނބުރި ބަަލައިލިއެވެ.
“މިހާތަނަށް ކަމެއް ނުކޮށް ހުރީމަ ހީނުކުރާތި މަށަށް ނުކެރެނީއޭ. މަ ރުޅިއަރުވައިގެން ވާނެގޮތް ދައްކާލާނަން.” މިފަހަރު ބޮޑު އިންޒާރު ދިނީ އަލީޝާއެވެ. އަލީޝާ ނޫން އެހެން މީހަކުނަމަ އެފަދަ އިންޒާރަކުން އީތަންގެ ހިތަށް ކަހަރުވަކެކޭވެސް ނާރާނެއެވެ. ނަމަވެސް އޭނާއަށް އަލީޝާގެ ގޮތް އިނގޭތީ ފާޑަކަށް ޖެހިލުންވިއެވެ. އެ ޖެހިލުންވުމާއިއެކުވެސް ހިތުގެ ކަނެއްގައި ވީ އުފާވެރި ހިތްއަވަސްވުމެކެވެ. އަލީޝާ ހަދާނެ ގޮތެއް ބެލުމަށް އޭނާއަށް އިންތިޒާރުކުރެވެންފެށުނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
23 Comments!
Comments are closed.





nxt prt monday ga ingey
Whyyyyyyyy???
sowwy?
eyy vrh salhi hama habbu ??????????❤❤????? and the best character was bodu bandu vrh loabi eyna i can imagine him as nicki minaj pregnant brontho??????? and raafiu ge personalityves osam..bye luv NECKEY MINEYYJJ
thnx 4 reading… i see ur obsessed with nicki minaj i undersatnd cause i love her too
kukulhu keumun hashigandah inthihaa faidhaavane.bodu bandu kairi bunedhehcheyy….dhen raafiu go r n akah nuhedhikamahttakai shurkuriyaaa
ge*
i think bodubandu eats enough kukulhu already but i’ll pass him that msg anyway. n i hv no idea wat ur talking bout? naafiu ei kihaa reethi nameh
oooops i meant to say rafiu ingey i didnt add N instead of R on purpose ingey… nop.. not at all
stop talkin like u dont know..lol and ya enan hadi eh nun but use nukuri kamattaka shurkuru
i think u missed my corection comment. n ur welcome
Hii..v reethi mi part ves..and raafiu ku ku..hahaha..ethankolhu v majaa..see ya on monday
thaanx c u 2
Ohhh… i love ur stories???… cant wait to see the ending of this one
thank u nimendhen kiyachey?
So intresting i like it but heevani mi part maa short hen vedhaane maa kiyaahithun ineema kamah ves hehehe anyways waiting for the next part?????
glad u like it mi part aslu kuree part ah vure thankolheh dhiguvaane dhen oi bai miah vure dhiguveytho balaanan
Where is the 3rd part…. cabt wait for it…???
3rd part maadhan kuda inthizaaareh?
Wowww.. ?? Mi story hama habeys ingey jinni.. ?? varah nufenna type eh ge story eh Mi.. Ehn ve varah predict kuran dhathi.. Hehe..Very curious.. #IN WAITING ❤️❤️❤️
Thanx sis
Wow.. wat a story.. I really like it
Thnx aisha