ދޮރު ހުޅުވައިލުމާއެކު ޔާމިންގެ ހަށިގަނޑު ވެއްޓުނީ ކަމީލާގެ ގައި މައްޗަށެވެ. ކަމީލާއަށް ހަޅޭއްލަވަައިގަނެވުނެވެ. ރޮމުން ހަޅޭއްލަވަމުން ކަމީލާއަށް ޔާާމިންގެ ހަށިގަނޑު ދުރަށް އެއްލާލެވުނު ގޮތް ނުވެސް އެނގުނެވެ. އަވަސް އަވަހަށް ތެދުވަމުން ކަމީލާ ފާހާނާއިން ނިކުތްއިރު މުޅި މީހާ ތުރުތުރުއަޅައެވެ. ނަމަވެސް އެވަގުތު ކަމީލާގެ އަޑުއިވޭ ހިސާބުގައި އެކަކުވެސް ނެތެވެ. ބިރުން ގޮސް ވިރިވިރި ހުރެ ކަމީލާ އަނެއްކާވެސް ހިނގައިގަތީ ފާހާނާއާއި ދިމާއަށެވެ. ހީވާ ކަހަލައެވެ. ކަމީލާއަށް ކުރިމަތިން ފެންނަމުންދިޔަ ޙަޤީޤަތް ޤަބޫލުނުކުރެވެނީއެވެ. ކަމީލާ ފާހާނާގެ ދޮރުން […]
“ތި އިންނަ ކުއްޖާއަށް ހުރިހާކަމެއް ފުރިހަމަ ކޮށްދޭތި. އެއްވެސް ކަމެއް އުނިވިޔަ ނުދޭތި. އަހަރުމެންނާ ދެކޮޅަށް ތިކަން ކުރިޔަސް މިރްޒާންގެ ޒިންމާދާރުކަން ދައްކަދޭތި. ބޭބެ އުޅޭހެން އަބަދުއަބަދު އަންހެނުންގެ ޝަކުވާ ލިބޭފަދަ މީހަކަށް ނުވާތި. ހިއެއްނުވޭ މިރްޒާން އިންނަން ތިއުޅެނީ ވެސް ބޭބެ އިން ފަދަ އަމިއްލަ އެދުން ބޮޑު ކުއްޖަކާ ހެންނެއް. އެހެންވީމަ މި ޢާއިލާގެ ކުއްޖެއްގެ ގޮތުގަ ފުރިހަމަ މިސާލެއް ދައްކަދޭތި.” ލަތީފް މިރްޒާނަށް ބަލަން އިނދެ ނަޞޭޙަތްތެރިވިއެވެ. ބައްޕަގެ އެ ނަޞޭޙަތް އިވިގެން […]
މީ އަނެއްކާ ކޮންފަދަ ކަންތައްގަނޑެއްބާއޭ ޔާމިންގެ ހިތަށް އަރަމުންދިޔައެވެ. އެވަރުގެ ކުށެއް ކަމީލާ ކުރީ ވަކި ކޮންކަމެއް ހެއްޔެވެ؟ ހިތް ނުތަނަވަސްކަމުން ފުރިގެންވާ ހާލު އަނެއްކާާވެސް ޔާމިން ކުރިޔަށް ހިނގައިގަތެވެ. “ތީ ކުށްހީއެއް އިނގޭތޯ؟ އަޅުގަނޑު ނުފިލަން.” ދެލޯ ބޮޑުކޮށްގެން ހުރެ ކަމީލާ ވާހަކަ ދައްކަމުން ދިޔައީ ފުލުހުންނާއެވެ. ޔާމިން ފެނުމާއެކު ކަމީލާ ދުވެގޮސް ޔާމިންގެ ގައިގައި އޮޅުލައިގަތެވެ. އަދި ބާރުބާރަށް ރޯން ފެށިއެވެ. އެތަނުގައި ތިބިހާ ބައެއްގެ ނަޒަރު އަމާޒުވެފައިވަނީވެސް ސީދާ ކަމީލާއަށެވެ. “ތީ ކޮންބޭފުޅެއްތޯ؟” […]
އަރައިގެން އައި އިރާއެކު ސާރާ ތައްޔާރުވަމުންދިޔައީ ފައުޒާން ހެނދުނު ހިނގާލަން ދާން ބުނެފަ އޮތީމައެވެ. ފައުޒާންގެ އަތުގެ ހިފައިގެން މަޑު ހިނގުމުގައި ރަސްފަންނާ ދިމާލަށް ދަމުން ދިޔައެެވެ. ” މަންމީ, ލުކް” ފައުޒާން ރަތް ދަޅަ އަޅަމުންދާ އިރަށް ބަލަމުން ބުނެލިއެވެ. ސާރާ އަރަމުންދާ އިރަށް ބަލާލީ ހިތަށް ލިބިފައިވާ މާޔޫސްކަން ކުޑަ ކުރާށެެވެ. ރޭގެ ހާދިސާއަށްފަހު އަރުޝްއާ އެއްގޮތަކަށްވެސް ވާހަކަ ނުދައްކަން އަޒުމު ކަނޑައެޅިއެވެ. ހެނދުނު ހޮސްޕިޓަލަށް ދިއުމަށް ތައްޔާރުވެގެން އަމިއްލަ އެޕާރޓްމަންޓުން ނުކުމެ އަރުޝް […]
“ޔެސް…” ދަތް ޖައްސާލަމުން އަލިޝްކާގެ ކަންފަތް ބުޑުގައި އަވްޔަން ބުނެލިއެވެ. އަލިޝްކާ ދެލޯ ކުޑަކޮށްލަމުން އަވްޔަންއަށް ބަލާލީ ކޭކުފޮތި އަތަށް ނަގައިގެން ހުރެއެވެ. “ޔެސްއޭ..ކޮންކަމަކަށްބާ..” އަވްޔަންގެ އަނގަޔަށް ކޭކުފޮތިލައިދިން އަލިޝްކާގެ ހިތުގައި ސުވާލު އުފެދުނެވެ. މަންޒަރު ބަލަން އެންމެން ތިބީ ހިމޭންވެފައެވެ. ހިނިގަނޑު ހިފާއްޓާލައިގެންނެވެ. “ސުވާލު ކުރީމެއްނު..މަ މިދިނީ ޖަވާބު..” ކޭކު ކައިނިންމާފައި އަވްޔަން މަސަތްކަތް ކުރީ ވާހަކަ ދަށްކާށެވެ. ނާއިލް ނިއްކުރި މަތީގައި ޖަހާލިއެވެ. “ހަމަ އެއަށްވުރެ ރީއްޗަށް ބުނަން ނޭނގުނު ބާ..” ސައިފްވެސް ހުރީ […]
ނަދީމްގެ އަތުގައި އޮތް ކެވެލިކޮޅު ދީމާ އަތުލީ ތެޅިތެޅި އޮތް ހިތަކާއި އެކުގައެވެ. “އެކަމަކު މީ ކޮންތާކުން ފެނުނު އެއްޗެއް؟” ދެބުމަ ގޮށް ޖެހިފައިވާ ދީމާގެ ހާސްކަމުން ދޭހަ ވަނީ އެ ކެވެލިކޮޅާއި ދީމާ އާއި ގުޅުމެއްވާ ކަމަށެވެ. “ތީ ޒުބޭދާ މަރުވިއިރު ލައިގެން ހުރި ހެދުމުގައި އެޅިފައިވާ ކެވެލިކޮޅެއް. ތީ ދީމާގެ އެއްޗެއް ތޯ.؟” ނަދީމް ދީމާއަށް ބަލަމުން ގެންދިޔައީ ޝައްކުގެ ނަޒަރަކުންނެވެ. “އާން. މީ އަޅުގަނޑު.-” ދީމާ ބުނަމުން ގެންދިޔަ ޖުމްލަ ފުރިހަމަ ކުރަން […]
އިތުރަށް އެވާހަކަތައް އަޑު އަހާ މަންޒަރުތައް ބަލާނެހާ ހިތްވަރު ނެތުމާއެކު ކަރުނަވީ ދެލޮލާއެކު އެތަނުން ދިއުމަށް ފަސްއެނބުރި ހިނގައިގަތް އިއާންގެ ފުރަތަމަ ފިޔަވަޅާއެކު ހުއްޓުން އެރީ އޭނަ އެހާލުގައި ހުއްޓާ އިތުރު މީހަކަށް ފެނުމުންނެވެ. އިއާންގެ ލޮލުގައިވި ކަރުނަތައް ފެނުމާއެކު އަޝްރާގެ ހިތުގައި ސުވާލުތައް އުފެދިގެން ދިޔައެވެ. އިއާންގެ މޫނު މަތިން އެހިތަށް ނުހަނު އަސަރުކޮށްފާވަކަން ހާމަވާން ހުއްޓެވެ. ކުރިން އުޖާލާކަން ފެންނަން ހުރި މޫނު މަތިން މިހާރު ފެންނަމުން ދަނީ ހިތާމަވެރިކަމެވެ. ހިތުގައި ފުނިޖެހެމުން ދިޔަ […]
ޙިބާ އާއި ހުމާޔާ ދެކުދިންނަކީވެސް ހިކި ކޮށް ތިބޭ ދެކުދިން ކަމުން ހިބާގެ ހެދުން ހުމާ ލުމުންވެސް ހުމާގެ ގަޔައް މާ ބޮޑު ތަފާތެއް ނުފެނެއެވެ. ނަމަވެސް ހުމާ އާންމުކޮށް ލައި އުޅޭ ހެދުންތަކާއިބަލާފައި މާބޮޑައްވެސް ދޫކަން ހުމާއަށް އިހްސާސް ކުރެވުނެވެ. ޢެހެން ކަމުން ދެންވެސް އެ ލައިގެން ތިރިއަށް ދާންވީކަމާއިމެދު ޔަޤީން ނުވެފައި ލޯގަނޑުން ބަލަހައްޓައިގެން ހުރީއެވެ. ޙިބާ ގޮސް އޭނާގެ އަލަމާރީގެ އެކިއެކި ދިމާ ހޯދާފައި އެންމެ ފަހުން އައީ ޝޯލެއް ހިފައިގެންނެވެ. އެއީ […]
އެތެރެއަށް ވަންނަންތޯ؟ އަޅުގަނޑަކީ ނަދީމް. ކުޑަ މަޢުލޫމާތެއް ސާފްކޮށްލަން.” އެތަނުން އެކަކު ކުރިޔަށް ޖެހިލާ ދީމާ އާއި ވާހަކަ ދައްކަންފެށިއެވެ. ފުލުހުންގެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި ދީމާ އަށް ފަސްއެނބުރި ބަލާލެވުނީ ކަމީލާގެ މޫނަށެވެ. “ދުރުވޭ. އަނެއްކާ ކިހިނެއްތޯވީ؟” ދީމާ ފުލުހުންގެ ދެމީހުންނާއި އެކު ގޯތި ތެރޭގައި ހުރި ހުސް ގޮޑިތަކާއި ދިމާއަށް ހިނގައިގަތެވެ. “ވަރަށް ރަޙުމުކުޑަ ގޮތަކަށް ދެވަނަ މަރެއް އެއް ގެއަކުން ވެފައިވާތީ މިކަންތައް ވަރަށް ސީރިއަސްކަމާއި އެކީގައި ބަލަމުން މިދަނީ. އެހެންވެ އަވަށްޓެރިންނަށްވާތީ […]