ހާސިލް ވުމަށް އެދި ހިތް ރޮނީ 27
އެރޭގެ ދަންވަރު ތިނެއް ޖަހަން ގާތްވަމުން ދިޔަ ވަގުތެވެ. ސިކުނޑިއަށް ބުރަވެ ވަރުބަލިވެ ނިދި ޖެހިފާ އޮތް އަލްޔާން އަށް ކުއްލިއަކަށް ހޭލެވުނީ އޭނާގެ ފޯނަށް އަންނަ މެސެޖް ޓޯން ގެ އަޑަށެވެ. ފުލުފުލުގައި މެސެޖްތަށް އަންނަމުން ދިޔުމުން ކަންނެތްކަމާއެކު ފޯން ނަގާ ގަދަކަމުން ދެލޯ ހުޅުވާލިއެވެ. ވައިބާރ އެމެސެޖްތަށް ޑައުންލޯޑްވެ ފެންނަން ފެށުމާއެކު އަލްޔާން ގެ ދެލޯ ފުއްމައިގެން ބޭރަށް ނުނިކުތީ ކިރިޔާއެވެ.
*************
އިރުކޮޅެއްކުރީން ގަދަ ނިދިގައި އޮތް އަލްޔާން ގެ މޫނުމަތީގައި ނިދީގެ ކަންފުޅެއްވެސް މިހާރަކު ނެތެވެ. އަލްކާ ގެ ފޯނުން ފޮނުވަމުން ދިޔަ ފޮޓޯ ތަކަކީ އީން އާ ޒިން ދެމެދު ވައިބާ އިން ދެކެވިފާ ހުރި ވާހަކަތަކުގެ ސްކްރީންޝޮޓް ތަކެކެވެ. ތެޅިތެޅި އޮތް ހިތަކާއެކު ތެދުވެ އެނދުމަތީ އިށީނދެ ހަމަޖެހިލަމުން ފަރުވާތެރިކަމާއެކު އަލްޔާން އެވާހަކަތަށް ކިޔަން ފެށިއެވެ. ބައްދަލް ކުރުމަށް އެދި ލިޔެފާވީއިރު އަލްކާގެ ދޮންތަބޭ ގެ ކަރުގައި ވަޅި ޖައްސާގެން ހުރެ ޒިން ފޮނުވާފައިން ފޮޓޯ އާއި އޭގެ ޖަވާބަކަށް އީން މިދަނީ އޭ ލިޔެ ރިޕްލައި ކޮށްފައި ހުއްޓެވެ. އޭގެ އިތުރުންވެސް ތިމަންނަ ބުނި ގޮތަށް ހުރިހާ ކަމެއް ކުރުމަށާއި ގުޑްގާރލް އަކަށް ވާނެ ކަމަށް އުއްމީދުކުރާކަމަށާއި އެހެން ނުވެއްޖެ ނަމަ ދެންވާ އެއްވެސް ކަމެއް ގެ ޒިއްމާ ތިމަންނަ ނުނަގާނެ ކަމުގާވެސް ވެސް ޒިން ލިޔެފައި އޮތެވެ. އޭގެ ޖަވާބުގާ އީން ހަމަ އެކަނި ލިޔެފައި އިނީ “ޔެސް” އެވެ. މެސެޖްތަށް ކިޔާ ނިމުނު އިރު އަލްޔާން ގެ ހިތުގެ ވިންދު އަވަސް ވެ ދަތްކުނޑި ވިކާލެވުނެވެ. އެންމެ ފުރަތަމަ ވެސް އޭނާ އަށް ޝައްކު ކުރެވުނު ފަދައިން އޭނާ އާ ވަކިވުމަށް އީން އަށް މަޖްބޫރު ކުރުވަނީ ޒިން ކަމާއި އަދި އީން ގެ ދުލުން ދެއްކިޔަސް އެދައްކަނީ ޒިން ދައްކަން ބުނާ ވާހަކަ ކަން އެނގި އަލްޔާން ރުޅިގަދަވުމުން ފުއްމައިގެން ތެދުވެ ކޮޓަރީގައި ދެކޮޅަށް ހިނގަންފެށިއެވެ. އެކަމަކު އަލްކާގެ ފޯނުން އެ މެސެޖްތަށް އައީ ކީއްވެބާއޭ ހިތަށް އަރާ އަލްޔާން ވަގުތުން އަލްކާ އަށް ގުޅިއެވެ. އެހެނަސް ފޯނަށް ޖަވާބު ނުދީ ބިޒީ ކުރުމުން ވެގެން އުޅޭ ގޮތް ނޭނގި އޭނާގެ ހިތް ނުތަނަވަސް ވިއެވެ.
އިރުކޮޅެއްފަހުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައި ހުރި އަލްޔާން ގެ ފޯން ރިންގްވާން ފެށުމުން ބަލާލިއިރު ގުޅަނީ އަލްކާއެވެ. އަލްޔާން އަވަސް އަވަހަށް ފޯން ނެގިއެވެ. އަލްކާ ވާހަކަ ދެއްކީ ނިކަން މަޑުމަޑުންނެވެ. ހީވަނީ މީހަކަށް އިވިދާނެތީ ބިރުން އުޅޭ ހެންނެވެ. އޭރު ފޯން ބިޒީ ކުރީ ކޮޓަރީގައި ހުރުމުން ކަމަށާއި މިހާރު ބޭރަށް ނިކުމެ ގުޅީކަމުގައި ބުނެ ވެގެން އުޅޭ ގޮތް އޭނާ އަށް އިނގޭ މިންވަރުން އަލްޔާން އަށް ކިޔާދިނެވެ. އަލްޔާން މިރޭ ބޭރުގައި ހުރެ ދޮރުހުޅުވަން އެދެމުން ދިޔައިރު އީން އުޅުނު ހާލާ ރުއި ރުއިމާ އަދި އޭގެ ފަހުން ދޮންތަ ގުޅާފައި ޒިން އެގެއަށް ގޮސް ކަންތަށް ކުރިގޮތް ކިޔާ ދިނުމުން އީން ކައިރީ ވެގެން އުޅޭ ކޮށް ސާފުކޮށް ކިޔާ ދިނުމަށް އެދުނު ކަމުގައި އަލްކާ ބުންޏެވެ. އެހެނަސް އީން ކަމުގެ ހަގީގަތް ކިޔާ ނުދޭ ކަމަށް ޝައްކުވީތީ އޭނާ އަށް ނިދުދުމުން އޭނާގެ ފޯން ޗެކްކުރީ ކަމަށާއި އަދި އެ މެސްޖްތަށް ފެނުމުން ޒިން އީން ބްލެކްމެއިލް ކުރާކަން އެނގުނުކަމާއި އަދި މިކަމުގެ ސީރިއަސް ކަން އެނގޭތީ އަލްޔާން އާ މިކަން ހިއްސާ ކުރީ ކަމުގާ ވެސް ބުންޏެވެ.
“އަލްޔާން މީ ވަރަށް ސީރިއަސް މައްސަލައެއް..އީން އަށް އެކަނީ މިކަމާ ފޭސް ނުކުރެވޭނެެ..ވަރަށް ބޮޑު ކަންތައްގަނޑެއް އެބަ ހިނގާ..އަހަންނަކަށް ނޭނގޭ ކޮންކަމެއްކަން އެއީ..އެކަމް ޕްލީޒް ހެލްޕް ހާ..ޑޯންޓް ލީވް ހާ އެލޯން..އަހަރެން ގެ މިދެލޮލުން ދެކުނިން އަލްޔާން އަށް ޓަކާ މިރޭ އީން އޮހޮރުވިހާ ކަރުނަ..އަލްޔާން ވީ ދެރަޔަށް ވުރެ ދެގުނަ ނުވަތަ އޭގެ މާގިނަ ވޭން އީން ހިތުގަ އެޅި..އީން އޭނާގެ އަމިއްލަ ނަފްސަށް ވުރެ ބޮޑަށް އަލްޔާން ދެކެ ލޯބިވާ ކަމަށް އަހަރެން ހެކިވަން..” އަލްކާ ދެއްކި ވާހަކައިން އަލްޔާން ގެ ހިތަށް ބަޔާންކުރަން ދަތި އުފާވެރިކަމެއް އިހްސާސްވިއެވެ. އޭނާ ކުރިމަތީ އެހާ ރޫޑްކޮށް ވާހަކަ ދައްކާ ސާބިތުކަމާއެކު ބްރޭކް އަޕް ގެ ވާހަކަ ބުނުމުން އަލްޔާން ހުރީ ހަގީގަތުގާ ވެސް ވަރަށް ބޮޑަށް ހިތުގާ ޖެހި އެކަނިވެރިވެފައެވެ. ދޮގުވާހަކައެއްވެސް މާގިނައިން ތަކުރާރުކޮށް ދައްކާ ކަމުގާވާނަމަ ބައެއްފަހަރަށް އެއީ ތެދުކަމަށް ގަބޫލް ކުރެވެއެވެ. އެގޮތުން އީން ގެ ލޯތްބަތް އަލްޔާން އަށް ކިތަންމެ ކޮންފިޑެންސް އޮތްކަމުގާވިޔަސް ތަކުރާރުކޮށް އޭނާޔާއި ދުރުވުމަށް އީން ކުރަމުން ދިޔަ މަސައްކަތުގެ ސަބަބުން އެ ލޯތްބާމެދު އަލްޔާން ގެ ހިތް ވީ ކިލަނބުވެފައެވެ. އެފަދަ ވަގުތެއްގާ އީން އޭނާ ދެކެ ވާލޯބި އަލްކާ ގެ ދުލުން ކިޔާ ދިނުމުން އަލްޔާން ގެ ހިތް އުފަލުން ފުރުނެވެ. އަދި އެކަމަށްޓަކައި އަލްކާ އަށް ޝުކުރު އަދާކުރިއެވެ. އީން އާ އޭނާޔާ ދެމީހުންގެ އެކުވެރިކަމަށް ބުރުލެއް އަރަން ބޭނުން ނުވާތީ އޭނާގެ އެ އަމަލް ސިއްރުކޮށްދިނުމަށް އަލްކާ އެދުމުން އަލްޔާން އެކަމާ އެއްބަސްވިއެވެ.
**************
އާދައިގެ މަތީން ހެނދުނު ހަޔެއް ޖެހިއިރު އީތަން ގެ ފޯން އެލާރމް ވާން ފެށިއެވެ. ކަންނެތްކަމާއެކު މޯޅިއަކަށް ދެމިލަމުން ދެލޯމަރައިގެން އޮވެ އެލާރމް ނިވާލަމުން އީތަން ތެދުވެ ސޯފާގައި އިށީނެވެ. މިއުޒިކް މަސައްކަތުގެ އިތުރުން ގްރެފިކްސް ޑިޒައިނިން އާ އެނިމޭޝަންސް ގެ މަސައްކަތް ކުރާ އީތަން ކޮންމެ ދުވަހަކުވެސް ތަންކޮޅެއް ފަތިހާ މީހުން ހޭލުމުގެ ކުރީން ތެދުވެ އޭނަށް ނަގާފާ ހުންނަ ޕްރޮޖެކްޓް ތަކުގެ މަސައްކަތް ނިންމާލެވޭތޯ އުޅެއެވެ. އެކަމަކު މި ދުވަސްކޮޅު ކުރަން ލިބިފައި ހުރި މަސައްކަތްތަށް ފުނިޖެހިފާހުރުމުން ތަންކޮޅެއް ކަންނެތް ވިއެވެ. ދެއަތް މޫނުގައި އަޅައިގެން އިރުކޮޅަކު އިނދެފައި އީތަން ދެލޯހުޅުވާލުމާއެކު ކުއްލިއަކަށް މޫނު މައްޗައް މީހަކު ކޮފީމަގެއް ދިއްކޮށްލުމުން ސިއްސައިގެން ގޮސް ފަހަަތަށް ޖެހުނު އިރު އަތުން ޖެހި ކޮފީމަގު ވެއްޓުނެވެ. “އައުޗް..ބައްޔެއް…މޮޔަވީތަ؟ ކަލޭ މިއޮތް ހެނދުނާ ހޭލާ ކީއްކުރަނީ..” ކުރިމަތީގައި ހެވި ދިއްލިފައި ހުރި އަލްޔާން ފެނުމުން އީތަން ދެލޯ ބޮޑުކޮށްލަމުން ބަލާލިއެވެ. އަޅިކުލައިގެ ގަމީހާއެކު ކަޅުޓައި އެއް އަޅާ އޮފިޝަލް އޮފީސް ކިޓް ގައި ތައްޔާރުވެގެން ހުރިއިރު އަލްޔާން ގެ މޫނު މަތި ވަނީ ތާޒާވެ އުޖާލާވެފައެވެ. ރޭ ހަތަރުދަމު އެހާ ހިތާމަ ކޮށް ރޮއެފާ ހުރި ކަމުގެ އެއްވެސް އަސަރެއް ފާޅުވާންނެތެވެ.”ކޮފީ ބޭކާރެއްނު މިވީ..ކަލޭ މިގަޑިއަށް ހިއްލާނެ ކަން ހިނގޭތީ އަދި މަ ކޮފީވެސް މިހެދީ…ދެން ގޮސް ހަދާ އަމިއްލައަށް…މިއުޅެނީ އޮފީހަށް ދާން..ބައްޕަ ރަށުގަ ނެތީމަ އައި ނީޑް ޓު އެޓެންޑް..އިއްޔެ ބުނީ ގުޅާފަ..އެހެންވެ..ދެން އެހެން ނޫނަސް ނައު އައު ތިންކް އިޓްސް ހައި ޓައިމް ޓު ޖޮއިން ބެކް” އެއްފައި މައްޗައް އަނެއް ފައި ލާ ހަމަޖެހިލަމުން އަލްޔާން ކޮފީ މަގުން ކޯވަރެއްބޯލިއެވެ.އަލްޔާން ގެ މޫނަށް ބަލަން ހައިރާންވެ އަނގަހުޅުވިފާ ހުރި އީތަން އަތުކުރީ އޮތް ގަޑިއަށް ބަލާލަމުން ގޮސް އަލްޔާން ގެ ނިތުގަޔާ ކަރުގާ އަތުގެ ނުފުށުން އަތްލިއެވެ.”އޭ…ކަލޭ ހަމަތަ؟؟”
“މަމީ ގަޑިއެއްތަ ހަމަވާން؟” ސީރިއަސްކަމާއެކު ބަލަން ހުރެ އީތަން ކުރި ސުވާލުން އަލްޔާން ދެލޯއަޅާލަމުން އީތަން ގެ އަތް ފޮޅުވާ ކޮއްޕާލިއެވެ.” …ހުމެއް ވެސް ނެތް..މަހީކުރީ ހުންއައިސް ސިކުނޑި ބީތާވީ ކަމަށް..އެހެންޏާ..ކަލޭ އޮފީހަށް ދާން ތައްޔާރު ތިވީ އަދި ހެނދުނު ހަޔެކޭ ޖެހީ..އީތަން ތެދުވެ ހިނގައިގަންނަމުން ކުދިކިޔަންފެށިއެވެ. ” އޭތް..މަޑުކޮށްބަލަ..އެދެން ނުނިދިގެން ހަމަ ރެޑީވެލީ..ތިއެއް ނޫނޭ މަ ކަލޭއާ ވަރަށް މުހިއްމު ވާހަކަ އެއް ޝެއާ ކުރަން އެބަޖެހޭ..” އީތަން ގެ އަތުގާ ހިފާ ދަމާ ގެނެސް ކައިރީގައި ބައިންދަމުން އަލްޔާން އެހެން ބުނުމުން ވެސް އަނެއްކާވެސް އީތަން ދެތުވެ ހިނގައިގަތެވެ. “ހޯ ހޯ..ތި މުހިއްމު ވާހަކަ ބާއްވާ..ކަލެއަށް ދެއްކޭނީ ހުސް އެއް ވާހަކައެއް..މަ އެބަހުރި ބައިވަރު މަސައްކަތް ކުރަންވެފަ..ފަހުން ވާހަކަ ދައްކާނީ” ކުރިއަށް ހިނގައިގަތް އީތަން ހުއްޓުނީ އަލްޔާން ކުއްލިއަކަށް އެއީ އަލްކާ ގެ ވާހަކައެކޭ ބުނުމުންނެވެ. އަލްޔާން ދައްކަން އުޅެނީ އަލްކާގެ ކޮން މުހިއްމު ވާހަކައެއްތޯ އަހަން ކިއުރިއަސް ވީވަރުން އީތަން ދުވެފައި އައިސް އަލްޔާން އާއި ޖެހިފިތިގެން އިށީނެވެ. “ހޫން…މިހާރު ނެތް ދޯ އެއްވެސް ކަމެއް ކުރަން..” ނިތްއަރުވަމުން މާލާމާތުގެ ރާގަކަށް އަލްޔާން ބުނެލީ ދަތްތައް ފެންނަ ވަރަށް ހީލަމުންނެވެ.
އަލްކާ ރޭގަ މެސެޖް ކުރި ހިސާބުން ކަންވީ ހުރިހާ ގޮތެއް އަލްޔާން އީތަން އާ ހިއްސާކުރިއެވެ. އަދި ކޮންމެވެސް ގޮތަކުން އޭނާޔާ ބައްދަލްކުރުމަށް މިއަދު އީން އޭނާގެ އޮފީހަށް ގެނެސް ދިނުމަށް އަލްޔާން އެދުނެވެ. ބޭރުން އެހެން ތަނަކުން ބައްދަލްކުރަން އަލްޔާން ބޭނުން ނުވީ އީން ގެ ފިޔަވަޅުތަކަށް ޒިން ފާރަލާނެހެން ހީވާތީއެވެ. “އަސްލު ބޭރުން ޓަފް ވިޔަސް ..އައި ލައިކް ޔޯ ގާރލް..ޝި އިޒް ކައިންޑް އެނޑް ވައިސް..ގުޑް ޗޮއިސް” ހިޔާލަކަށް ގެއްލިފާ ހެން އިން އީތަން ގެ ކޮނޑުގާ ޖަހާލަމުން އަލްޔާން އެހެން ބުނުމާއެކު އީތަން ހިނިގަނޑެއް ޖަހާލިއެވެ. “އަހަރެން ގެ އީން ވަރަށް އިނޮސެންޓް ވާނެ..ޝީ އިޒް ނެއިވް އެންޑް އިމޯޝަނަލް ބަޓް އައި ލަވް ހާ ޗޯ މަޗް” އަލްޔާން ވެސް އީތަން އެއްބައިވަމުން މާނަވީ ގޮތަކަށް ހީލިއެވެ.
****************
“އަލްކް..ހޭލަބަ އޮފީހަށްދާން..” ގަދަ ނިދީގައި އޮތް އަލްކާ އަށް ހޭލެވުނީ އީން ގޮވާ އަޑަށެވެ. މޯލިއަކަށް ދެމިލަމުން އަލްކާ ލޯ ހުޅުވުމުން އީން ހިނިތުންވެލިއެވެ.” ހުންނާނެ ބްރެކްފާސްޓް ރެޑީ ކޮއްފަ..ސައިބޮއެގެން ދައްޗޭ..އަހަރެން މިދަނީ ކޮލެޖަށް” ލޯގަނޑު ކުރިމަތީ ހުއްޓި ޝޯލް ރީތިކޮށްލަމުން އީން ބުނެލިއެވެ. “ކޮލެޖަށޭ..އަހަރެން ހީކުރީ އީން ރަށަށް ކޯސް ޗޭންޖް ކުރިކަމަށް އޭރު..” އީން ހަމަޖެހިލާފައި ކޮލެޖަށް ދާ ވާހަކަ ބުނުމުން އަލްކާ ހައިރާންވިއެވެ.
“އާން..އެޕްލައި ކުރީން އެކަމަކު އޭރުން ޖެހެނީ ސެމިސްޓާ ރިޕީޓް ކުރަން. އެހެންވެ ލާސްޓް ސެމް ވީމަ ބައްޕަ ވެސް ބުނީ މިކޮޅުން ކޮންޓިނިއު ކުރަން” ޒިން ގެ އުނދަގޫ އެހާ ބޮޑު އިރު ވެސް އީން މާލޭގައި މަޑުކުރަން ނިންމީ އަނެއްކާ ކީއްވެބާއޭ އަލްކާ ހިތަށް އެރިއެވެ. އެއީވެސް ޒިން ބުނެގެން ކުރި ކަމެއްބާވައޭ ހިތަށް އަރައި އީން ކޮލެޖަށް ދާން ދިޔަ ވާހަކަ ވަގުތުން އަލްޔާން އަށް މެސެޖް ކުރިއެވެ. ޒިން ގެ ފަރާތުން އީން ސަލާމަތް ކުރުމުގައި އެހީވާން އަލްޔާން އާއި އެއްބަސް ވެފާ އޮތުމުން އަލްކާ ތެދުވެ އީން ގެ ކަބަޑުތެރެ ހާވަން ފެށީ ވެގެން އުޅޭ ގޮތުގެ އެއްވެސް ކަހަލަ ކްލޫއެއް އެއް ފެނޭތޯއެވެ.
**************
އާވިއަރަމުން ދިޔަ ކޮފީތަށިން ކޯވަރެއްބޯލަމުން ރޯކޮށްގެން އިން ސިނގަރޭޓު ދަމާލާ ދުންގަނޑު އަރުވާލަމުން ޒިން އޭނާ އިށީދެގެން އިން ގޮނޑިއަށް ލެނގިލިއެވެ. ކުރިމަތީގައި އޮތް ރިންގްވަމުން ދިޔަ ފޯނަށް ވެސް އެނާގެ އެއްވެސް ސަމާލުކަމެއް ނެތެވެ. ޒިން ގެ ކަންފަތުގެ ތެރޭގައި ގުގުމަމުން ދިޔައީ އީން ގެ ވާހަކަތަކެވެ. ވިސްނެމުން ދިޔައީ އޭނާގެ ހިތަށްް ކުރުވަމުން ދިޔަ އިހްސާސް ތަކާ ދޭތެރެގައެވެ. އީން ގެ ރޮވިފާ ހުންނަ މޫނު އޭނާގެ ހިޔާލުން ފިލާ ހަމަ އެންމެ ހިނދުކޮޅެއްވެސް ނުދެއެވެ. ގަސްތުގާ އީން ދެރަކުރި ދުވަހުން ފެށިގެން ހަމަ ނިދިވެސް އޭނާ އަކަށް ނުލިބެއެވެ.ތަނަވަސްކަމާއި އަރާމާ ހިތްހަމަޖެހުމުން ފުރިފާވީ އޭނާގެ ދިރިއުޅުމުގެ ހަމަޖެހުން ގެއްލި ނުތަވަސް ކަމާއި ކުށްވެރިކަމުގެ އަނދިރި އިހްސާސްތަކުން ހަތަރުފަރާތް ބަނަކޮށްފިއެވެ. ތަކުރާރުކޮށް އޭނާގެ ހިތް އެދެމުން ދިޔައީ އީން ގެ ކަރުނަ ފޮހެލާ އެ މޫނުގައި ލޯބިން ފިރުމާލުމަށެވެ. ފަރުވާތެރިކަމާއެކު ގެނެސް މޭތެރޭ ފޮރުވާލަމުން ދުނިޔޭގެ ހުރިހާ އުފަލެއް އެ އުނގަށް ލާ ދިނުމަށެވެ. މިއީ ކޮންކަހަލަ ލޯތްބެއް ބާވައޭ ޒިން ގެ ހިތަށް އެރިއެވެ. އޭނާެ ގެ ހިތް އަމިއްލަ އިހްތިޔާރުން ބޭރުވެ މިހާ ބަސްނާހަނީ ކީއްވެގެން ބާވައޭ ހިތާ ހިތާ ސުވާލްކުރެވެއެވެ. އެތަށް އިރަކު އެތަށް ގޮތަކުން ހިތަށް ވިސްނާދޭން ކުރި މަސައްކަތް ބޭކާރުވުމުން ތެދުވެ ޒިން އިށީނދެލިއެވެ. ނިތުގާ އަތްހާކަލަމުން ކުރިމަތީގައި ހުރި އޭޝްޓްރޭ އަށް ބަލާލެވުނީ އޭނާ އަށް ހުސްކުރެވިފައި ހުރި ސިނގަރޭޓް ތަކުގެ އަދަދު ފެނިފައެވެ. އަލްޔާން އަށް ހިތްދަތިކަން ދޭން ރޭވިހާ ޕްލޭންތަށް ބެކްފަޔާ ކޮށް އެހުރިހާ ދެރަ އޭނާގެ ހިތަށް ލިބެން ފެށުމުން އެންމެ ފަހުން ޒިން ނިންމީ އީން އަށް ހަގީގަތް ހާމަ ކުރުމަށެވެ. އަދި މާފަށް އެދި ހެޔޮހިތުން އަނެއްކާވެސް އެލޯތްބަތް އެދުމަށެވެ.މިފަހަރު އީން ކުރިމަތީ ސަލާން ޖަހަން ޖެހުނަސް ޒިން ހުރީ ތައްޔާރަށެވެ.
*******************
އަވިދިއްލާ ހޫނުގަދަ ވެފާ ވީ މެންދުރު ދޭއް ޖެހިވަގުތެވެ. ކޮލެޖް ނިމުމުން އީން ނިކުތި ގެއަށް ދިޔުމަށެވެ. ޒިން ގެ އަމުރަށް އަލްޔާން އާ ހުރިހާ ގުޅުމެއް ކަނޑާލާއިގެން ހުއްޓަސް ހިތުގެ އަޑީން އެދެވެމުން ދިޔައީ އަލްޔާން ފެންނާނޭޭ ވަގުތަކަށެވެ. އޭނާ ގެ ފަހަތުން އަލްޔާން ރޮއެ އާދޭސް ކުރަމުން އަންނަން ބޭނުން ނުވިޔަސް އެސޫރަ ފެންނަން އީން ގެ ބަސްނާހާ ހިތް އެދެއެވެ.އީން އުއްމީދު ކޮށްގެން ހުރީ މިއަދުވެސް ހެނދުނު އަލްޔާން އޭނާ ގެއިން ނިކުންނަ އިރު އިންތިޒާރުގާ ހުންނާނެ ކަމަށެވެ. އެކަމަކު ބައްދަލް ކުރަން ނައި އިރު އަލްޔާން ގެ ކޯލެއް ނުވަތަ މެސެޖެއްވެސް ނައުމުން އީން ހުރީ ވަރަށް ހިތުގާ ޖެހިފައެވެ. އަނެއްކާ ހުރިހާ ކަމެއް ރަނގަޅުބާވައޭ ވެސް ވިސްނުނެވެ. ހިޔާލްތަކުން ސިކުނޑި ބުރަވެފާ ހުރެ އިސްދަށަށް ޖަހައިގެން ހިނގަންފެށި އީން ސިހުނީ ކުރިމަތީ މީހަކު ހުއްޓުމުންނެވެ. “އީތަން!!” އަޅައިގެން ހުރި އަވިއައިނު ނަގަމުން އީން ބަލާލިއެވެ. އީން އަށް ހިނިތުންވެލަމުން އީތަން އެދުނީ ވާހަކައެއް ދައްކާލުމަށް އެނާއާއެކު އައުމަށެވެ. އެއްލިކަޅިން އީން އަށް އެވަގުތު ފެނުނީ އެމަގުގެ ކުރިއަށް އޮތް ގޯޅިކަންމަތީ ޕާރކްކޮށްފައި އޮތް އަލްޔާން ގެ ކާރެވެ. އެތެރެ ނުފެނުނު ކަމުގާ ވިޔަސް އެކާރުގައި އީން ގެ ހަރަކާތް ބަލަން އަލްޔާން އިންނާނެކަން އީން އަށް ޔަގީން ވިއެވެ. އަދި އީން އާ އީތަން ގެ ވާހަކަ ރެކޯރޑް ކުރުވައިގެން ނަމަވެސް ކޮންމެވެސް އިރަކުން އަޑު އަހާނެކަން އީން ގެ ހިތް ބުނަމުން ދިޔައެވެ. އެހެން ކަމުން މޫނުގެ އެކްސްޕްރެޝްން ޓަފް ކޮށްލާ ސީރިއަސް ވެލިއެވެ.”އަލްޔާން ވަލީދު އަހަންނާ ދައްކަން ޖެހޭ ވާހަކަ އެއް މިހާރަކު ނޯންނާނެ” އީން ގެ ޖަވާބުން އީތަން ހައިރާންވެ އަންތަރީސް ވީއިރު އަލްޔާން ގެ މެޔަށް ހީވީ ހަންޖަރެއް ހެރިހެންނެވެ. އޭނާގެ ނަން އެހާ ނަފްރަތުން ފުރިގެންވީ ގޮތަކަށް އީން ގެ ދުލުން އަޑު އިވުމުން އަލްޔާން ވަރަށް ބޮޑަށް ހިތުގާ ޖެހުނެވެ. އީން އަށް ނޭގުނު ކަމަކީ އޭނާ ގެ ހަރަކާތްތަކަށް ބަަލަން އަލްޔާން އިން އިރު އީން ދައްކަމުން ދިޔަ ވާހަކަވެސް އީތަން ގެ ފޯން މެދުވެރިކޮށް އަލްޔާން ލައިވްކޮށް އަޑުއަހަމުން ދިޔަކަމެވެ. “އައިމް އާސްކިން ޓު ކަމް ވިތް މީ..އަހަރެންގެ ދައްކާ ވާހަކަ އަޑު އަހަން އީން..އަލްޔާން އާ ބްރޭކް އަޕް ވީމަ އަހަރުން ގެ ފްރެންޑްޝިޕް އެއްވެސް ނެތީތަ؟” ވިސްނާދޭފަދަ ގޮތަކަށް މަޑުމަޑުން އީތަން ބުނެލިއެވެ.
” ޑޫ އައި ލުކް ސްޓުޕިޑް؟” މަލާމާތުގެ ފާޑަކަށް ހީލަމުން އެހެން ބުނަމުން އަތުން އަމިއްލަ ނިތާ ދިމާލަށް އިޝާރާތް ކުރަމުން އީން ވާހަކަ ދެއްކިއެވެ. “މިތާ ލިޔެފަ އެބައޮތް ތަ އަހަންނަކީ މޮޔައެކޭ..؟ އަހަންނަށް އިނގޭ އީތަން ތިޔައީ އަލްޔާން ފޮނުވައިގެން ކަން..ގޮސް ބުނޭ ރިއެލިޓީ އެކްސެޕްޓް ކުރާށޭ..އީން ދުވަހަކުވެސް ދެން އަލްޔާން ގެ މީހަކަށް ނުވާނެޔޭ” މާނަވީ ގޮތަކަށް އީން އެހެން ބުނެލީ ހިންދިރުވާލަމުން ނެވެ. އެވަގުތު ބާރު ސްޕީޑް ގައި އައިސް ކުއްލިއަކަށް އެމީހުން ކުރިމައްޗައް މަޑުކުރި މާރސިޑީސް އާ ދިމާލަށް އީން ބަލާލީ ހައިރާން ކަމާއެކުއެވެ. ކާރުގެ ބިއްލޫރިގަނޑު ތިރިކުރި ވަގުތު ޒިން ފެނުމާއެކު އީން ގެ ހިތް ނުތަނަވަސް ވިއެވެ.
އަތުގެ އިޝާރާތުން ކާރަށް އެރުމަށް ޒިން އެދުނު ނަމަވެސް އަލްޔާން ބަލަން ހުންނާެކަން އިނގޭތީ ނޭނގޭ ބާރަކުން އީން ގެ ފައިގައި ކަސްތޮޅު އެޅުވިފަދައެވެ. ގުޑިވެސްނުލާ އީން ހުރުމުން ޒިން ތުންފިތާލަމުން އަވަސް ހަރަކާތާއެކު ކާރުން ފައިބައިގެން އައިސް އީން ކުރިމައްޗައް ހުއްޓުނެވެ. “ހައި އަލްޔާން ގެ ސެކެޓްރީ…މިތާ ކީއްކުރަނީ؟” ތޫނު ނަޒަރަކުން އީތަން އަށް ބަލާލަމުމަށް ފަހު ދެޖީބަށް އަތް ޖަހާލަމުން ޒިން އަހާލިއެވެ.”ވެލް އަހަންނަކީ އަލްޔާން ގެ ސެކެޓްރީއެއް ނޫން ފްރެންޑެއް..އެންޑް މިތާ މިހިރީ އީން އާ ވާހަކަ ދައްކާލަން ..މައްސަލައެއްތަ؟” އީތަން ވެސް ހަމަ އެ ރާގުގައި ޒިން އަށް ޖަވާބު ދިނެވެ. “ނޯ ..ނޮޓް އެޓް އޯލް..އެކަމަކު މި ވަގުތު އަހަރެން އީން ބޭނުން..މި ބުނީ ވާހަކަ ދައްކަން ބޭނުމޭ..” އަނގަމަތީ އަތް އަޅާލާ މަޑުމަޑުން ދަތްދޮޅި ކަހާލަމުން ޒިން ވާހަކަ ދެއްކީ އީތަން ގެ މޫނަށް ބަލާވެސް ނުލާ ބޮޑާ ގޮތަކަށެވެ. “ޝެލް ވީ އީން..” ޒިން ގެ އެ ނުރައްކާތެރި ނަޒަރުން އީން ގެ ހިތް ފިނިވިއެވެ. ކިތަންމެ އަދަބުވެރިކަމާއެކު ކާރުގެ ދޮރު ހުޅުވާލަ ދިނަސް އޭނާ ކުރީ އަމުރެއްކަން އީން އަށް އެނގި އިސްދަށަށް ޖަހާލަމުން މަޑުމަޑުން ގޮސް ކާރަށް އެރިއެވެ. އުމުރަށް ޖަލަށް ލާން ހުކުމް ކޮށް ކަސްތޮޅު އަޅުވައިގެން ގޮސް ފުލުހުންގެ ވެހިކަލަށް އެރުވި ކުއްވެރިޔެއްހެން އެ އަގު ބޮޑު މާރސިޑިސް ކާރަށް އެރި ވަގުތު އީން އަށްް އިހްސާސްކުރެވުނެވެ.
އީން މެން ދިޔަތަން ބަލަން ހުރި އީތަން ފުން ނޭވާއެއް ދޫކުރަމުން އަލްޔާން ގެ ކާރާ ދިމާލަށް ހިނގާގަތެވެ. އަލްޔާން ގެ ހިތަށް މިވަގުތު ކުރާނެ އަސަރު ވިސްނި އީތަން ހުރީ ހިސާބަކަށް ޖެހިލުންވެސް ވެފައެވެ. މަޑުމަޑުން ގޮސް ކާރަށް އަރައި އީތަން އިށީނެެވެ. ދެމީހުންގެ ދެމެދަށް ވެރިވެފާ ވީ ހިމޭންކަމެވެ. އަލްޔާން އަޅާފައި ހުރި ކަޅުކުލައިގެ އައިނުން އޭނާގެ ލޯ ފަރުދާވެފާ ވީއިރު އެމޫނު މަތީގައިވި އަސަރު ދެނެގަނަންނަން އީތަން އަށް އުނދަގޫވި ނަމަވެސް ހުންގާނުގައި އިނގިލިތަށް ހިންގާލަ ހިންގާލާ ހުރިއިރު އަތުގައިވީ މަޑު ތުރުތުރުލުން ފާހަނގަ ކުރެވުނެވެ. ޒިން ގެ ކާރު ވަކި ހިސާބަކަސް ދެވުުން އަލްޔާން ދުއްވާލީ އޭގެ ފަހަތުންނެވެ.
**********
“ބުނި ހުރިހާ ގޮތަށް ކަންތަށް ކުރުމުންވެސް ކީއްވެތަ ފަހަތުން ނެއްޓެން ނޭގިގެން ތި އުޅެނީ” ކާރުގޮސް ޒިން މެން ގޭ ގޭޓް ކުރިމައްޗައް މަޑުކުރުމުން ރުޅިވެރި ރާގެއްގެގައި ނުރުހުންވެ އިނދެ އީން ބުނެލިއެވެ. ވަކި ޖަވާބެއް ދިނުމެއް ނެތި ޒިން ކާރުން ފައިބައިގެން ގޮސް އީން އިން ފަރާތުގެ ދޮރު ހުުޅުވާ ފޭބުމަށް އެދުނެވެ. އަޑު އިވޭކަމަށް ވެސް ނަހަދާ ތުންފިތާލައިގެން ހުރެ އީން އަނެއް ފަރާތަށް މޫނު އަނބުރާލީ ޒިން ބުނާހާ ގޮތަކަށް ހަދަން ބޭނުން ނުވީތީއެވެ. އީން ގެ އެ ހަރަކާތުން ޒިން ރުޅިއައިނަމަވެސް ކޮންޓްރޯލް ކުރަމުން ފުންނޭވާއެއް ދޫކުރަމުން ވަރަށް ރީތިކޮށް އީން ގާތު ކާރުން ފޭބުމަށް އެދުނެވެ. ކާހާތަން ހިރުވާވެސް ނުލާ ހުރި އީން އަށް ޒިން ބުނި އެއްޗެއް އަޑު އިވުނު ހެން ވެސް ހީނުވެއެވެ. އެއާއެކު ބަލާކަށް ނުހުރެ އީން ގެ އެއް އަތުގާ ހިފާ ލުއްކެތްޖަހާ ކާރުން ނެރެގެން ގަދަކަމުން ކަހަލަ ގޮތަކަށް ގޮސް ޒިން ވަނީ ގޭތެރެއަށެވެ. ޒިން ގެ އެ ހަރާކާތަށް ބަލަން ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން އޮތް ކާރުތެރޭ އިން އަލްޔާން ގެ ލޭ ކެކި ރުޅި އިންތިހާ އަށް ދިޔައެވެ. އެހެނަސް މިއަދު މިކަން ކޮޅެއްގަ ޖައްސަން ބޭނުން ވީތީ ވިސްނުންތެރިކަމާއެކު ފައިބައިގެން ގޮސް ޒިން ފަހަތުން އެގެއަށް ވަނެވެ. ގޭޓް ބަލަހައްޓން ހުރި މީހާއަށް އަލްޔާން އެނގޭތީ މާ ބޮޑު އުނދަގުލަކާ ނުލާ އެތެރެއަށް ވަދެވުނެވެ.
ބާރުބާރަށް ސިޑިން މައްޗައް އަރައިގެން ގޮސް އޭނާގެ ކޮޓަރިއާ ހަމައަށް ދިޔައިރު ވެސް ޒިން ހުރި ހަމައެބާރު މިނުގާ އީން ގެ އަތުގާ ހިފަހައްޓައިގެންނެވެ. ޒިން އަތް ދޫކުރެވޭތޯ އީން ދިޔައީ އޭރުވެސް ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ.އަވަސް ހަރާކާތާ އެކު އީން ގޮސް ސޯފާގައި ބޭންދުމަށް ފަހު ކުރިމަތީގައި ހުރި މޭޒުގައި ފައިން ޖަހާ ގެނެސް ކައިރިކުރަމުން ޒިން އިށީނީ އީން ގެ ކަކުލުގައި ފައި ޖެހޭ ހިސާބު ކައިރީގައެވެ.
“ކީއްވެތަ ރީތިކޮށް ބުނެގެން އީން އަށް އެއްކަމެއްވެސް ނުކުރެވެނީ..ގަދަބާރު ނުދައްކާ އެއްކަމެއް ވެސް ނުކުރެޔޭ..ދެން ބުނާނެ އަހަރެން ބާރުގެ ބޭނުން ކުރަނީޔޭ..” ހަރުކަށިކަން ރާގެއްގާ ނަމަވެސް ޒިން ވާހަކަ ދެއްކީ މަޑުންނެވެ. “ހަމަ ނޭގޭތީތަ ތިއަހަނީ..އެއީ އަހަރެން ޒިން ބުނާ ގޮތް ހަދަން ބޭނުން ނުވާތީ..ނަފްރަތު ކުރާތީ ޒިން ދެކެ..މިހާރު އެގިއްޖެ!” އީން ވާހަކަ ދެއްކީ ރުޅިއައިސް ރަތްވެފާ ހުރެގެންނެވެ. އެއްޗެކޭ ނުބުނެ ހުރެ އީން އާ ހަތަރު ކަޅި ހަމަކުރަމުން ޒިން އެ މޫނަށް ބަލާލިއެވެ. ކަޅުކަން ގަދަ އެ ބޮޑު ދެލޮލުގެ ރުޅިވެރި ނަޒަރު އެނާ އަށް އަމާޒުވެފާ ވީއިރު އީން ގެ ދުލުން ބުނި ފަދައިން އެދެ ލޮލުން ވެސް ޒިން އަށް ފެނުނީ ނަފްރަތުގެ ޖަޒްބާތެވެ. ހިތަށް އުނދަގޫވި އެވަގުތު ތެދުވެގެން ގޮސް ޒިން ހުއްޓުނީ ފަރުދާ ކަހާލެވިފާ ހުރި ކުޑަދޮރުކައިރީގައެވެ. ” އަލްޔާން އާ އެކަންޏެއް ނޫން އޭނަ ޔާ ގުޅުން ހުރި އެއްވެސް މީހަކާ އީން ވާހަކަ ދައްކަން އަހަރެން ބޭނުމެއް ނޫން..” ހިތްހަމަނުޖެހިފައި ހުރެ ޒިން އެހެން ބުނުމާއެކު އީން ފުއްމައިގެން ތެދުވެގެން ގޮސް ޒިން ކުރިމަތީ ހުއްޓުނެެވެ. ” ކީކޭ؟؟ ބަލަ ޒިން ހީކޮށްގެން އުޅެނީ އަހަންނަކީ ޕަޕެޓެއް ކަމަށް ތަ؟ ނޫނީ އަހަންނަކީ ހިތެއް ސިކުނޑިއެއް ނެތް ރޮބަޓެއްތަ ޒިން ގެ ޑައިރެކްޝަންސް އާ އެއްގޮތަށް ހުރިހާ ކަމެއް ކުރަން..” ރުޅިއައިސް ގެން ގޮސް އީން އަށް ހުރީ ރޮވޭގޮތް ވެފައެވެ. އެ ސުވާލުތަކަށް އިތުރު ޖަވާބެއް ނުދީ ޒިން ބަލަހައްޓައިގެން ހުރި ގޮތުން އޭނާގެ ޖަވާބަކީ އާއެކޭ ކަމުގެ އިހްސާސްވެ އީން އަށް އިތުރަށް އުނދަގޫވިއެވެ. “ކީއްވެތަ އެއްޗެކޭ ނުބުނެ ތި ހުންނަނީ…” ޒިން ގެ މޭމަތީ ދެއަށް އަޅާ ފަހަތަށް ކޮއްޕާލަމުން އީން ބުނެލިއެވެ. ދެންވެސް ޒިން ގެ އެއްވެސް އެއްޗެކޭ ނުބުނެ އިނުމުން އީން އަށް ރަނގަޅަށް ވެސް ރޮވުނެވެ. މި ފިރިހެނާ ބޭނުން ވަނީ މުޅި އުމުރަށް އޭނާގެ ގައިދުގައި އީން ބަހައްޓަން ކަން އެނގުމުން ހަތަރުފަރާތުން ބެދުނު ކަމުގެ އިހްސާސް ވެ އީން ގެ ނޭވާ ހާސްވާ ގޮތްވިއެވެ. ކޮންމެވެސް ގޮތަކުން މިކަމުން ސަލާމަތްވާން އެދި އޭނާގެ ހިތް ތެޅިފޮޅެން ފެށިއެވެ. “ނޫން…ބޭނުމެއް ނޫން ޒިން ގެ އަޅަކަށް ވެގެން މިހެން އުޅެން..އިރުއިރުކޮޅާ އަހަންނަށް ތިދޭ ކުދި އަނިޔާ އަށް ވުރެ އެއްފަހަރުން ތިދޭން އުޅޭ އަނިޔާ ލިބިގަތަސް މާ ރަނގަޅު..އައި ކާންޓް ޓޭކް އިޓް އެނީ މޯރ…އޯކޭ!! ކުރޭ އަހަރެން ގެ ވީޑިއޯ ލީކް..ބޭޒާރުކޮށް ގިނަ ކޮށްލާ އަހަރެން މުޅި ދުނިޔެއަށް…”އީން ރޮވިފާ ހުރެ ހަޅޭއްލަވަމުން އަނެއްކާ ވެސް ކުރިއަށް ޖެހިލާފައި ޒިން ގެ މޭގާ އަތް އަޅާ ކޮއްޕަން ފެށުމުން ޒިން އޭނާގެ އެއް އަތުން އީން ގެ ދެއަތް ހިފަހައްޓާ ހުއްޓުވިއެވެ. ކޮޓަރީގެ ބޭރުގައި އެވާހަކަ އަޑު އަހަން ތިބި އީތަން އާ އަލްޔާން ދެމީހުން އެކަކު އަނެކަކު ގެ މޫނަށް ބަލާލެވުނީ ހައިރާންކަމާއެކުގައެވެ. އަލްޔާން އައި ރުޅިން މުއްކަވާލަމުން ފާރުގައި ޖަހާލެވުނެވެ. އަޑުއަހަން ކެތްނުކުރެވުމުން ވަންނަން ދިމާކުރި އަލްޔާން ގެ އަތުގާ ހިފާ މަޑުކުރުމަށް އީތަން އެދުނީ ޒިން ދައްކާ ވާހަކަ އަޑުއެހުން މުހިއްމުވީމައެވެ.
“އެބަ އިނގޭތަ ތި ކިޔޭ އެއްޗެއް؟؟..އަހަރެން ނޫޅެން އީން ބޭޒާރު ކުރާކަށް..ހަގީގަތަކީ އެހެން މީހަކު އީން އާ ދިމާލަށް އެފަދަ ނަޒަރަކުން ބަލާލަން އަހަރެން ގެ ހިތް ނޭދޭ..” ކުރިއަށް ބުނަން އުުނުނު ވާހަކަ ނުބުނެވި ކަރުތެރެ ބެދޭކަހަލަ އިހްސާސެއް ވުމުން ދެތިން ފަހަރަކު ހިންދިރުވާލަމުން ޒިން އަނެއްކާ ވެސް ފެށިއެވެ. ” އަހަރެން އީން ދެކެ ވަރަށް ލޯބިވޭ..”
“ލޯތްބޭ !!! ޝަޓް ޔޯ ފިލްތީ މައުތް..ޖަސްޓް ޝަޓް އިޓް…އަހަންނަށް ނޭންގި އަހަރެންގެ އިތްފަތްތެރިކަން ފޭރިގަންފަ ތި ބުނަނީ އަހަރެން ދެކެ ލޯބިވެޔޭތަ..!!!!” ޒިން ގެ ދުލުން ލޯބިވެޔޭ ބުނި އަޑު އިވި ރުޅިއައިސް އީން ގެ މޫނު ރަތްވިއެވެ. ވަކިވަކިން ލަފްޒުތަކަށް ބާރުލަމުން އީން ބުނެލި އެ ޖުމްލަ އަލްޔާން ގެ ކަންފަތަށް އިވުނީ ހޮނު ގުގުރިއެއްގެ ސިފާގައެވެ. އެ ހިނދުކޮޅުތެރޭ ނޭވާ ލާން ވެސް އަލްޔާން ހަނދާންނެތްފަދައެވެ. މުޅިގައިން ހީބިހަނަގާ ހިތްފިނިވެ ދެފައިން ވާގިދުވާ ފަދަ އިހްސާސެއް އަލްޔާން އަށް ކުރެވުުނު އިރު ކެތްތެރިކަން ވެސް ކޮޅުން ލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
24 Comments!
Comments are closed.




Wowww… It’s just awesome.. I Luv it.. When next part??
Thanx rifoo ??
Next wed Insha Allah
wow v reethi… speechless hama ??????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ when is next part ?? avahah up kohdhehchey
Thanx so mch? Ava’s vaane…
Alhey avahah up kohla dhehchey next part…… desperately waiting……knme faharaku vx dum thana dum thanana akun this nimmaalany. Plx plx avahah up kohlahchey….????
Hehe??? ehehn dhw mivany asluvaes
Alhey noon?????Alyan ah bust vi dhw☺️☺️???zin ge Balifayaki een so mifaharu een n alyan gulhuvaaba plx??☺️??????n thnk yuh mihaa avahah up kohdhinyma
❤️❤️❤️❤️❤️??????story is osm?????????Mashaallah Mashaallah alhe expression thah sifakohdhyfa hunna leih furihama kamun rovey ??????????vv curious vey eba mihaaru avahah next part up kohdhehchey ❤️?????????❤️❤️❤️❤️❤️❤️❤️?
Owwww????? thanks alot Maya …inthizar kolla inge Insha Allah wed next up vaane
mi story haada haada Reechey.plx plx Next part avaha up kolha deeba
Thank you airah❤️
Mi part vex vrh vrh reethi…❤❤?????…Kurimathin sifa vaa hen hee vany story kiyaa iru…Alhe alyaan aa een gulhuvaba…❤❤????…I feel sorry for him???….Waiting for next part..❤❤????…You are very telented??❤❤…Keep it up dear…Will be with you…?????❤❤…Thankolgeh kuru mi bai…Alhe next episode dhigu koh up kohdhehchey ingey plx ❤❤????…Hope avahah up kohdheyne kamah…
Thanks ikleel…??? Last episode dhigu kury eha gina duvas fahun up kuryma.?
???????een fakeerah hadhaagoth Zinn ??dhenn avahah gulhuvaa alyaan aai een ???
?
Awwwwn thank you soooooo much anjal.. Thi up kuri heekuri varah vure avahah… Mi part ves Hama habeys ingey… #IN WAITING ❤️❤️❤️
??? thanx…hpe u all enjoyed.??
Wow.. can’t wait to see the next part…
Thanx ❤️..u ll get to read soon ingey
Oh my godd.. itxx just wooow.. sooo nice . when next part . so curious
Thafaathu
V nice when next part avas kohlahchey
When next part?? Waiting waiting waiting.
Hey when next part??? I cant wait
Ma beynunvanee eenge loabeege sababun zin islaahuvaan…and zin ah een liben….thi alyan is like a random hero…but i like zin’s devilish character…