އައު ފެށުމެއް އިސްމާޢީލް ޢަލީ ކަނދޮޅުދޫ އަހަރެންގެ މައިންބަފައިން އަހަރެން މިއަނިޔާވެރި ދުނިޔެއާއި ޙަވާލުކޮށް ދާއިމީ ހަޔާތަށް ދިއުމުގެ ދަތުރުފެށީ އަހަރެން ވަރަށް އުފަލުގައި ދުނިޔެވީ ހަޔާތް ހޭދަކުރާނެ ކަމުގެ ފޮނިއުއްމީދުގައި ކަމުގައިވެދާނެއެވެ. އަހަރެން ތެދުވިއިރު ގަޑިން ހަތެއް ޖަހާނެއެވެ.އަހަރެން ފަތިސްނަމާދަށް ދިޔައީ މިދިޔަ ބޮޑުޢީދު ދުވަހުއެވެ.އެއީ އީދުނަމާދަށް ދާންވެގެން ފާތުން އައިސް އުނދަގޫ ކުރީމަ ތެދުވިދުވަހެކެވެ.އެނޫނީ ނަމާދެއްކުރި ހަނދާނެއް ނުވެއެވެ.އަހަރެން ތެދުވާގޮތަށް ދަނީ ކުނިކަހާށެވެ.ކޮންމެ ދުވަހަކުވެސް ގޭދޮށް ކުނިކަހަމެވެ.އެގަޑީގައި ފާތުން ވާހަކަތައް ހިފައިގެން އަންނާނެއެވެ.ރަށުތެރޭގެ ޚަބަރުތައް […]
ބައްޕާ. އަހަރެން ވާނީ ވަރަށް ދުވަސް ވަންދެން ބައްޕަޔާ މަންމައަށް ކަމެއް ސިއްރުކޮށްފަ ” ރިޒްނީ ރިފްއަތާ ދިމާއަށް ބަލާލަމުން ބުނެލިއެވެ. ” ކޮންކަމެއް ސިއްރުކޮށްފަ އޮތް ވާހަކަ ތިބުނީ ” ރިފްއަތު އަހާލިއެވެ. ” ބުނެބަލަ ” ރިޒްނީ ނިޔާޒް ގާތުގައި ބުނެލިއެވެ. އެވަގުތު ނިޔާޒް އަސަރުން ފުރިގެންވާ ގޮތަކަށް ރިޒްނީގެ މޫނަށް ބަލާލިއެވެ. ” ނުބުނިއްޔާ އަހަރެން ބުނާނަން. މިއަދު މީ ވިޔާމްގެ ނަމުގަވާ ބަލި ފަސޭހަވީ ދުވަސް. އެއާއެކު ސިއްރުވެފަ ހުރި ހުރިހާ […]
މިވާހަކައިގެ ލިޔުންތެރިޔާގެ ބަލި ހާލަތު ހުރިގޮތުން ވާހަކަ މެދުކެނޑިފައިވާ ވާހަކަ ދަންނަވަމެވެ. ނައިނާގެ ބަލިހާލަތު ރަނގަޅުވިހާ އަވަހަކަށް ވާހަކަ ކުރިއަށް ގެންދެވޭނެ ވާހަކަވެސް ދަންނަވަމެވެ. މިކަމަށް ހުރިހާ ކިޔުންތެރިންގެ ކިބައިން ލިޔުންތެރިޔާގެ ފަރާތުން މަޢާފަށް އެދެމެވެ.
ކާރު ތެރޭގައި އިންއިރު ވެސް ކެތްތެރިކަން ކޮޅުން ލަމުން ދިޔަ މިރްޒާނަށް ކުޑަ ދޮރުން ބޭރު ބަލަމުން އާތިފް އެ ބުނި ފިހާރަ ފެނޭތޯ ބަލަމުން ދިޔައެވެ. އެންމެ ފަހުން މިރްޒާން އެހެން އިންދާ ކުއްލިއަކަށް ފިހާރައެއްގެ ނަންބޯޑުން އެ ނަން ފެނިފައި މިރްޒާނަށް ކުއްލި ގޮތަކަށް މަޑުކުރާށޭ ބުނެލެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި ކާރު ކުއްލިއަކަށް ބުރަކި ޖައްސާލި ތަނާހެން މިރްޒާން ކާރުގެ ދޮރު ހުޅުވައި ފޭބިއެވެ. އަދި އަވަސްވެފައިވި ހިތަކާއެކީ ދިގު ފިޔަވަޅުތަކެއްގައި ފިހާރައިގެ […]
ދަނބުކުލައާއި އޮރެންޖުކުލަ ގުޅިލާމެހިގެން ދިޔަ މަންޒަރު އުޑުމަތިން ފާޅުވިއެވެ. އިރުއޮއްސެން މާގިނަ ވަގުތެއް ނެތްކަން އުޑުމަތިން ސާބިތުކޮށްދިނެވެ. ދޫނި ސޫފާސޫފީގެ އަޑު ސިކުންތުކޮޅަކަށްވުރެ ސިކުންތުކޮޅެއް މަޑުވަމުން ގޮސް އެ އަޑުއެކީހެން ކެނޑުނެވެ. ބީހިލާ ފިނި ރޯޅިތަކުގެ ސަބަބުން ހަށިގަނޑަށް އަރާމުކަން ގެނެސްދިނެވެ. ހިތްގައިމު ކަމުގެ ދެވަނައެއް ނުވާ މިސާލެކެވެ. ރަތްވިއްލާ އޮއްސުނު މަންޒަރުގައި ކަޅު ކުލައިގެ ދޫނިބައިގަނޑުތަށް އުދިހިލައެވެ. ބާރަގަޑިިއިރުގެ ބުރަ މަސަތްކަތަށްފަހު އަރާމުކުރަން އެ އެއްޗެހިވެސް މިސްރާބުޖެހީއެވެ. މީގެ އެތަށް އިރެއް ކުރިން މޫދުގެ ލޮނުގަނޑު […]
އާޅެން ކަލާގެ ހިޔަނި އިސްމާޢީލް ޢަލީ ކަނދޮޅުދޫ ކަލާގެ ހިޔަނިފަދައިން އެކުގައިވާން ބޭނުމެވެ. ކަލާ އެހެންމީހުންނާއި ވާހަކަ ދައްކާނަމަ ޙަސަދަވެރިވެވެއެވެ. ކަރުދާސް ކޮޅުކޮޅުގައި ތިޔަނަން ލިޔެފުރާލަމެވެ. ބޯކޮޅުބަލަމުންހިނގުމަށް ވަނީ އާދަވެފައެވެ. ކިޔެވުން މަތީން ފޫހިވެއްޖެއެވެ. އެއްވެސް ކަމެއް ކުރާހިތެއްނުވެއެވެ. ނިދުނީމާ ހުވަފެނުގައި ފެންނަން ބޭނުމީ ހަމަކަލާއެވެ. ކަލާ އަބަދުވެސް ދުރަށް ދާކަމުގެ އިޙްސާސް ކުރެވެއެވެ. ކަލާގެ ތިޔަރީތިކަމަކީ ޖާދޫއެކެވެ. ﷲގެ ކުޅަދުންވަންތަކަމުގެ ފުރިހަމަ ނަމޫނާއެކެވެ. ކަލާގެ ފަންކަޅު ދިގު އިސްތަށިގަޑުން މިއަޅާވަނީ ބަނދެވިފައެވެ. އެކަކު މާބޮޑަށް ލޯބިވެއްޖެ […]
މާހިރުގެ ދެމަފިރިން އެކުގައި ކާރުގައި ގެއަށް ފޮނުވާލުމަށްފަހު މިދުއާމް އާއި ހަމްޒާ ގެއަށްދިޔާއީ ސައިކަލުގައެވެ. މާހިރުއާއި ހިދާ އަކީ އަބަދުވެސް ނުރަނގަޅުކަމެއް ނޫންނަމަ ދަރިންގެ އުފަލަށް އިސްކަންދޭ ބަޔަކަށްވުމުން ދިޔައީ ލަސްނުކޮށް އައުމަށް ބުނެފައެވެ. ފަސްއަހަރުފަހުން ކިޔެވުން ނިންމާލައިގެން އައިރު ރަށުތެރެ އަށް އައިސްފައިވާ އުމްރާނީ ބަދަލުތަކުގެ އިތުރުން ހިތްގައިމު އަރާމު ފިނިވައި ޖައްސާލުމުގެ ނިޔަތުގައި ދުއްވަމުންދިޔަ މިދުއާމްގެ ލޮލުގައި އެދިމާއިން ގޯޅިއަކުން ލަނބާލި އަންހެން ކުއްޖާ އަޅައިގަތުމާއެކު ދުއްވަން އިން ހަމްޒާގެ ކޮނޑުގައި ކޮޢްޓާލުމަށްފަހު އެދިމާއަސް […]
އިރުއޮއްސެން ގާތްވުމުން ތިން މީހުންވެސް ވަކިވީ ރޭގަނޑު ބައްދަލުވުމަށް ނިންމުމަށްފަހުއެވެ. މިންހާ ގެއަށް އައިސް ވަންއިރު ސިޓިން ރޫމުގައި އޭނަގެ މަންމަ އާއި ބައްޕަ ތިއްބެވެ. އޭނަވެސް ގޮސް ސިޓިން ރޫމު ސޯފާގައި އިށީނެވެ. ”މަންމާ… ބައްޕާ… މިރޭ އަޝޫ ގެއަށް ގޮސްލަންތަ ތުއްތު އާ އާން އާ އަޝޫ އާ ހަތަރު މީހުން ނޫޑުލްސް ކާން… އަޅުގަނޑުމެން ހަތަރު ކުދިން ކައްކާާނީ… ކުޑަކޮށް މަޖާކޮށްލަން… ދެން މިޑް ޓާމް ބްރޭކްވެސް ނިމެނީއެއްނު… އޭރުން އަނެއްކާވެސް އެންމެންވެސް […]
“ރުކޫ…. ރުކާޔަތު…” އަމްރުއާއި ދުރުގައި ކޮޅަށް ހުރި ނިޝާނަށް ބަލާލަމުން ނިކަތު އެހެން ބުނެލިއެވެ. ނީޝާންގެ ފައިން ހީވީ ވާގި ދޫވި ހެންނެވެ. އެބުނި އެއްޗެއް ވަގުތުން ނިޝާންއާއި އަމްރުއަށް އެނގުނެވެ. އަމްރުގެ މޫނުމަތީގައި ލުއި ހިނިތުންވުމެއް ވިއެވެ. ނަމަވެސް ނިޝާންގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ. “ނިކޫ… ދަރިފުޅު ކީކޭ ކިޔަން ތިއުޅެނީ…” ނިޝާން އެހެން ބުނެފައި ނިކަތުގެ ކައިރިއަށް އަންނަން ހިނގައިގަތެވެ. އޭނާގެ ހިތަށް އަރަމުން މިއަންނަ ކަންތައް ދޮގަކަށް ވާނެނަމައެވެ. “އަޅުގަނޑަށް ކިޔަނީ […]