Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

އައު ފެށުމެއް

ismail ali kaleyfaanu Level 310 Stories100 Login100 Comments
January 7, 2019 2 Mins Read
3 Comments

އައު ފެށުމެއް

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

އަހަރެންގެ މައިންބަފައިން އަހަރެން މިއަނިޔާވެރި ދުނިޔެއާއި ޙަވާލުކޮށް ދާއިމީ ހަޔާތަށް ދިއުމުގެ ދަތުރުފެށީ އަހަރެން ވަރަށް އުފަލުގައި ދުނިޔެވީ ހަޔާތް ހޭދަކުރާނެ ކަމުގެ ފޮނިއުއްމީދުގައި ކަމުގައިވެދާނެއެވެ.

އަހަރެން ތެދުވިއިރު ގަޑިން ހަތެއް ޖަހާނެއެވެ.އަހަރެން ފަތިސްނަމާދަށް ދިޔައީ މިދިޔަ ބޮޑުޢީދު ދުވަހުއެވެ.އެއީ އީދުނަމާދަށް ދާންވެގެން ފާތުން އައިސް އުނދަގޫ ކުރީމަ ތެދުވިދުވަހެކެވެ.އެނޫނީ ނަމާދެއްކުރި ހަނދާނެއް ނުވެއެވެ.އަހަރެން ތެދުވާގޮތަށް ދަނީ ކުނިކަހާށެވެ.ކޮންމެ ދުވަހަކުވެސް ގޭދޮށް ކުނިކަހަމެވެ.އެގަޑީގައި ފާތުން ވާހަކަތައް ހިފައިގެން އަންނާނެއެވެ.ރަށުތެރޭގެ ޚަބަރުތައް ގެނެސްދޭނެއެވެ.މީހުންގެ ވާހަކަވެސް ދައްކާނެއެވެ.މިއަދުގެނައި އެންމެޚާއްސަ ޚަބަރަކީ ރޭގައިޕޮލިސް ކުއްޖެއް މިރަށަށް އައިވާހަކައެވެ. އެކުއްޖާގެ ރީތިކަމުގެވާހަކައެވެ. ދޭތެރެ ދޭތެރެއިން ޕޮލިސްކުދިން ބަދަލުވާނެއެވެ.

އަހަރެން ހުރީ އަލަށް އައިޕޮލިސްކުއްޖާ ދެކިލާ ހިތުންކެތްމަދުވެފައެވެ.އަހަރެން ފެންވަރާ ރީތިވެގެން ބޮޑުބޭބެއަށް ސައިހެދުމަސްފަހު ބޮޑުބެ ދައްތައަށްވެސް ސައިދިނުމަށްފަހު ކުޑަގޮތެއް ހަދާލައިގެން އަހަރެން ދިއައީ  ޕޮލިސް ސްޓޭޝަނާ ދިމާ އަތިރިމައްޗަށެވެ.ޕޮލިސް ސްޓެޝަން ކައިރީގައިހުރި ބޮޑުހިރުދުގަހެއްގައި އެލުވާފައިވާ ޖޯއްޔެއްގައި އަހަރެން މަޑުކޮށްލީ ޕޮލިސްކުއްޖަ ނުކުންނާނެ ވަގުތަކަށްޓަކައެވެ.މާގިނައިރަކު އެގޮތަށް އިންތިޒާރު ކުރާކަށް ނުޖެހުނެވެ.ޕޮލިހުންގެ ރީތި ނޫކުލައިގެ ޔުނީފޯމުގައި ހުރިއިރު އެކުއްޖާ ވަރަށް ސްމާޓެވެ.ކަނާތުން ތޮފިހިފަހައްޓާލައިގެ ވަރަށް ފިރިހެންވަންތަ ހިނގުމެއްގައި މިސްރާބު ޖަހަފައިހުރީ ސީދާ އަހަންނާ ދިމާއަށެވެ.އަހަރެން ލަދުން އިސްޖަހާލުމުގެ ބަދަލުގައި ނަޒަރުސީދާ އޭނައަށް ހުއްޓާލާއިގެން އިނީމެވެ.އަހަރެންއެގޮތަށް ބަލަންފެށުމުން އޭނަގެފައި އޮޅޭގޮތްވީހެން އަހަންނަށް ހީވިއެވެ. އެއީއެއޮފުގަދަ ކަޅުބޫޓުކިބަ އަނެއްކިބާގައި ޖެހުނީމައެވެ.

އަހަރެންނާއި ވަރަށް ގާތުގައި ހުއްޓިހުރެ ކީއްކުރާ ކުއްޖެއްތޯ ސުވާލުކޮށްފިއެވެ. އަހަރެންމިއީ ޖެހިލުންވާނެ މީހެއްނޫނެވެ.ހަމަވަރަށް ސާފުކޮށް މިތަނަށް އައިސް އިން ބޭނުން ބުނެފީމެވެ.އަހަރެންގެ ޖެހިލުން ކުޑަކަމުގެސަބަބުން ކަމަށް ވެދާނެއެވެ.އޭނާ ވަރަށްބޮޑަށް ދާހިއްލަމުންދާކަން ފާހަގަކުރެވުނެވެ.އެރީތި ޔުނީފޯމުގެ ބައެއްހިސާބު ތެމެމުންދެއެވެ.އަހަރެން އޭނައަށް ދަޢުވަތެއް ދިނީމެވެ.މިފަރާތު އަތިރިމައްޗަށް އައުމަށެވެ.އެވަގުތު އެހެން ޕޮލިސް ކުއްޖެއް ސާއިމުއޭ ކިޔާ ގޮވާލިއެވެ.ދެން އޭނާ ދަނީއޭބުނެފައިހިގައްޖެއެވެ. އަހަރެންވެސް ގެއަށް ދާން ހިގާގަތީމެވެ. ދަމުންދަމުންވެސް ވަރަށް ބާރަށް އަނެއްކާ ހަނދާންކޮށް އަންނައްޗޭ ގޮވާލީމެވެ.ތެދެކެވެ.ޖަމީ ބުނެފިއްޔާ އަންނަންވާނެއޭ ޙަމީދު ބުނެލިއެވެ. އެއީވެސް އަހަރެންގެ ނަންބަރެކެވެ.މިވަގުތު ޔުނީފޯމުގައި ހުރީމަ އަހަންނާ މައްލަވަ ނުކޮށް ދިޔައެއްކަމަކު އެސޮރުވެސް ވަރަށް ލާނެތްވާނެއެވެ.

އަހަރެންގެއަށް އައިއިރު ބޮޑުބޭބެއާއި އައިސައްތަ ޖޯލިފަތީގައި ގުޑުގުޑާ ދަމަން ތިއްބެވެ.އަހަރެންއައުމާއިއެކު ބުޅާމަސްގަޑަކަށް ލޯއަޅާހެން ބޮޑުބޭބެ އަހަންނާ ދިމާއަށް ބަލަމުން ދިއައެވެ. އަދިގުޑުގުޑާގެ ނޮޅީގެ ތުން އަހަންނާ ދިމާއަށް ދިއްކޮށްލިއެވެ.އަހަރެން އެކައްޗެކޭވެސް ނުބުނެ ބަދިގެއަށްވަދެ ދޮލަގަށް ހަނޑޫކޮޅެއް އަޅައިގެން އައިސް އެމީހުންގާތުޖޯލިފަތީގައި އިށިނީމެވެ.އަދި އެމީހުންނައި ބައިވެރިވެގެން ދުންގުޑުގުޑާ ދެމީމެވެ.ދުން ބުއިމުގެ އިތުރުން ސިގިރޭޓުވެސް އަހަރެން ބޮމެވެ.އެވަގުތު ފާތުންވެސް އަތުވެއްޖެއެވެ.ފާތުން އައުމާއިއެކު އައިސައްތަ ދުންގަޑު އާކޮށްލަދޭން ބުނެފިއެވެ.ފާތުންވެސް ދުންގުޑުގުޑާ ދެމުމުގެ އިތުރުން ސިގިރެޓް ބޯނެއެވެ.މިއީ ނާތަހުޒީބު ސިއްޙަތަށް ގެއްލުންހުރި އަމަލެއްކަމެއް އަހަރެމެންނަކަށް ނޭގެއެވެ.

އަހަރެން ބެލުމުގެ ޒިންމާއާއި ޙަވާލުވީ ބޮޑުބޭބެއާއި އައިސައްތައެވެ.ބޮޑުބޭބެއަކީ ކުދިވިޔަފާރި ކޮށްގެން އުޅޭމީހެކެވެ.އައިސައްތައަކީ ލޯފަންމީހެކެވެ.އެހެންނަމަވެސް މަސައްކަތްކޮށް އުޅޭނެއެވެ. ފަސްވަޤުތުނާޅާ ނަމާދުކޮށް ޤުރްއާން ކިޔަވާ ހަދާނެއެވެ.ޢަންމާފޮތުގެސޫރަތްތައް ހިތުން އެނގޭތީ ފަތިސްނަމާދަށްފަހު އެސޫރަތްތައް އަޑުބާރުކޮށް ކިޔާނެއެވެ.އެކަމަކު ވަރަށް ދޫ ނުބައިވާނެއެވެ.

އެދެމަފިރިންގެ ދަރިއަކު ނުހުރެއެވެ.ބޮޑުބޭބެ އަހަރެން ބެލުމާއި ޙަވާލުވާންޖެހުނީ އެހެންކަމަށް ވެދާނެއެވެ.އަހަރެން ފެންވަރުވައިދީ ހަދަނީ ބޮޑުބޭބެއެވެ. މުޅިގާގައި ސައިބޯނި ލައިދީ ހަދާނެއެވެ. އަހަރެންނާއި ބެހުމަކީ ބޮޑުބޭބެގެ އާދައެކެވެ.އަހަރެން ބޮޑުވަމުން އައީ ނުކިޔަވާ ޖާހިލުކުއްޖެއްގެ ގޮތުގައެވެ.މީސް މީހުންގެ އެނދު ފަޅުފިލުވައިދޭ މީހެއްގެ ގޮތުގައެވެ.ދުންފަތުގެ އިސްތިޢުމާލު ކުރުމަށް ދެވިހިފާފައިވާ ކުއްޖެއްގެ ގޮތުގައެވެ.

އަހަރެންގެ ބައްޕަ ނިޔާވިތާ ހަފްތާއެއްވީ ދުވަހު މަންމަ ނިޔާވެއްޖެއެވެ. އެއިރު އަހަރެން ވަރަށް ކުޑައެވެ. އަހަރެން ހަނދާނެއް ނުހުރެއެވެ. އަހަރެންނަށް މިވާހަކަތައް ކިޔާދިނީ އައިސައްތައެވެ.އެމީހުން ނިޔައުވުމުން ގެފަޅުވިއެވެ. އެއްވެސް ބަޔަކު އެގޭގައި އުޅޭކަށް ބޭނުމެއް ނުވެއެވެ. ބުނެވެނީ ކޮންމެވެސް މީހަކު ބައްޕައަށް ސިހުރު ހެދީކަމުގައެވެ.

( ނުނިމޭ )

 

 

 

Share Article

Follow Me Written By

ismail ali kaleyfaanu

Level 310 Stories100 Login100 Comments

Other Articles

Previous

ބޭނުންވަނީ އުމުރަށް 20 ވަނަ ބައި

Next

ހަދިޔާ (ސައުވީސްވަނަ ބައި)

Next
January 8, 2019

ހަދިޔާ (ސައުވީސްވަނަ ބައި)

Previews
January 7, 2019

ބޭނުންވަނީ އުމުރަށް 20 ވަނަ ބައި

3 Comments!

  1. No one says:
    January 7, 2019 at 9:38 pm

    Kn irakun next part

  2. jin says:
    January 8, 2019 at 9:21 am

    avahah up kurachey igey v kiyaa hihvey eba

    1. ismail ali kaleyfaanu says:
      January 8, 2019 at 5:21 pm

      thanx. iradha kurevyya mirey.

Comments are closed.



All Right Reserved!