Skip to content
އެސްފިޔަ

ކަލާގެ ހިޔަނި

އާޅެން

ކަލާގެ ހިޔަނި

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

ކަލާގެ ހިޔަނިފަދައިން އެކުގައިވާން ބޭނުމެވެ.

ކަލާ އެހެންމީހުންނާއި ވާހަކަ ދައްކާނަމަ ޙަސަދަވެރިވެވެއެވެ.

ކަރުދާސް ކޮޅުކޮޅުގައި ތިޔަނަން ލިޔެފުރާލަމެވެ.

ބޯކޮޅުބަލަމުންހިނގުމަށް ވަނީ އާދަވެފައެވެ.

ކިޔެވުން މަތީން ފޫހިވެއްޖެއެވެ.

އެއްވެސް ކަމެއް ކުރާހިތެއްނުވެއެވެ.

ނިދުނީމާ ހުވަފެނުގައި ފެންނަން ބޭނުމީ ހަމަކަލާއެވެ.

ކަލާ އަބަދުވެސް ދުރަށް ދާކަމުގެ އިޙްސާސް ކުރެވެއެވެ.

ކަލާގެ ތިޔަރީތިކަމަކީ ޖާދޫއެކެވެ.

ﷲގެ ކުޅަދުންވަންތަކަމުގެ ފުރިހަމަ ނަމޫނާއެކެވެ.

ކަލާގެ ފަންކަޅު ދިގު އިސްތަށިގަޑުން މިއަޅާވަނީ ބަނދެވިފައެވެ.

އެކަކު މާބޮޑަށް ލޯބިވެއްޖެ ނަމަ އަނެކަކު ފުރަގަސް ދެއެވެ.

ކަލާގެ ކަމަކީ ރީތި ކުދިންކުދިން އަތުއަޅުވާލުމެވެ.

ދެއިރު ދެދަޅައަށްބަދަލުކުރާ ހެދުމެކޭ އެއްގޮތެވެ.

ރީތިސޫރައެއް ދެއްވިއަސް ބޮޑާވާކަށް ނުވާނެއެވެ.

އެކަލާނގެ ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވާށެވެ.

 

 

 

 

 

 

 

 

Comments (2)

  1. Dhaskuraa kujja

    V salhi……hama varah salhi ibaaraai koffa hurileh….maashaa allaah

    1. ismail ali kaleyfaanu
      Dhaskuraa kujja

      shukran. biismi kiyaafai avahah fattava.

Comments are closed.